
“ދަރިފުޅާ ރިއުމާން..” ޒުބޭރު މިހެން ބުނެފައި އައިސް އޭނާ ކައިރީގައި ހުއްޓިލުމުން އެހިތް ތެޅެން ފެށި ވަކި ވަރެއް ބަލާފައެއް ނޫނެވެ. އެހައި ދުވަހަށްފަހު އެ މުޑުދާރު ފިރިހެނާގެ މޫނުފެނި ރިއުމާން ދެއަތް މުއްކެވުނެވެ. ފޮރުވައިގެން އުޅުނު ހުރިހާ ރުޅިވެރިކަމަކާއި ހިތާމަތަކެއް ފެންމަތިވި އިރު އެހިތުގައި ވަޅުލެވިފައި ވީ ބިރުވެރިކަން އަނެއްކާ ވެސް ގުޑިލި ކަހަލައެވެ.
ރިއުމާން އޭނާގެ ބައްޕައަށް ބަލާވެސް ނުލައި އެތެރެއަށް ހިނގައި ގަތެވެ. އޭރު ހާޖަރާ ކައި ނިމިގެން ސިޓިން ރޫމަށް ނިކުއިން އިރު ފާތުމަ ކާމޭޒު ކައިރީގައި އިނެވެ. ރިއުމާން ފެނިފައި ހާޖާރާ އެދިޔަ ގޮތަށް ގޮސް އެދަރިފުޅު މެއާއި ލައި ބޮނޑި ކޮށްލިއެވެ. ރިއުމާން ގަދަވެ ސަލާމަތުން ހުރީތީ އޭނާ ހަމްދު ކުރަމުން ރިއުމާން މޫނުގައި ފިރުމާލިއެވެ.
“ދަރިފުޅާ..” ރިއުމާންގެ ނޫފައި ގައިންފައި ހުރި ކޮލުގައި އަތްލަމުން ހާޖަރާ ބުނެލިއެވެ. “މަންމާ.. ކިހިނެތް؟” ރިއުމާން ހިނިތުން ވެލަމުން ބުނެލިއެވެ. އޭރު ޒުބޭރު ދުރުގައި މި މަންޒަރު ބަލަން ހުރި އިރު ރިއުމާން އެގޮތަށް ފާތުމަމެން ކުރިމަތީގައި އޭނާއާއި އަނގައިން ވެސް ނުބުނުމުން ލަދުގަތެވެ.
“މަންމަ ރަނގަޅު ހަމަ.. ދަރިފުޅު ސަލާމަތުން ހުރީތީ މަންމަގެ ހުރިހާ އެދުމެއް ފުރިހަމަ ވީއެ..” ހާޖަރާ ހިނިތުންވެލިއެވެ. “ބައްޕަ ވެސް ކިރިއާ ބިރުން ހަލާކު ނުވީ ދަރިފުޅަށް ކަމެއް ވެދާނެތީ..” ޒުބޭރު މިހެން ބުނެފައި އައިސް ރިއުމާންގެ ކޮނޑުގައި އަތްލަން އުޅުމުން އޭނާ ދުރަށް ޖެހިލިއެވެ. ޒުބޭރުގެ އެ ދެއްކުންތެރިކަން ފެނި ރިއުމާން ރުޅިއައެވެ. “އަޅުގަނޑަށް އަދި ގޮތެއް ނުވޭ ބައްޕާ..” ރިއުމާން އޭނާއަށް ލޯ އަޅާލަމުން ޒުބޭރު ދެބުމަ ގޮށް ޖެހުނެވެ. ރިއުމާންގެ އަމަލުތައް ހުރިގޮތުން އޭނާ ހިތްހަމަނުޖެހުނެވެ.
“އާދެ ކާން އަވަހަށް.. ކައިގެން އަރާމު ކޮށްލާ ދެން..” ރިއުމާންގެ ހާލު ހުރިގޮތް ފެނުމުން ހާޖަރާ ބުނެލިއެވެ. “ނޫނޭ.. އަޅުގަނޑު އެބަޖެހޭ ނިއުސް ކޮންފަރެންސްއަކަށް ދާން. އެކަމަށް އެބަޖެހޭ ތައްޔާރު ވެލަން.” ރިއުމާން މިހެން ބުނެފައި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ލެއްޕުމަށްފަހު އޭނާ ހަށިފުރައި ނޭވާއެއް ލިއެވެ.
ޒުބޭރު ފެންނަ ހިސާބެއްގައި ހުންނަން ވެސް އޭނާ ނޭދެއެވެ. އޭނާއަށް ވާނަމަ މިހާރުން މިހާރަށް އެގެއިން ނިކުމެގެން ދާނެއެވެ. ނަމަވެސް ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އެހެން މީހުން ކުރިމަތީގައި އެކަން ނުދެއްކިއެއް ކަމަކު ޒުބޭރުގެ އެންމެ ބަލާލުމަކުން ވެސް ހިތް ބިރުގަނެއެވެ.
ޒުބޭރުގެ ޚިޔާލުތައް ދުރުކޮށްލަމުން ރިއުމާން ލޯގަނޑު ކުރިމަތީގައި ހުއްޓި ބުރުގާ ބާލައި އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. އެދޮން ކޯތާފަތް ނޫފައި ގެންފައި ވާއިރު ތުންފައި ކައިރި ކުޑަކޮން ފަޅައިގެން ގޮސްފައިވިއެވެ. ކޮލުގައި މަޑުމަޑުން އަތްލުމުން އެތަނުގައި ރިއްސާލިއެވެ. އެގޮތަށް ހުރެ އޭނާ އިންޓައިވިއު ދޭން ދާން ވީބާއޭ އޭނާ ހިތަށް އެރިއެވެ. މި ޚިޔާލުގައި ހުރެ ވަރުބަލި ކަމާއިއެކު އެނދުގައި އޮށޯވެ އިރުކޮޅަކަށް ބަރުވެފައިވާ އެސްފިޔަތަށް މަރާލިއެވެ.
****
“ސާޖެންޓް އައްޔާދް.. މިތަނަށް މި ގެނެވުނީ ކީއްވެގެން އިނގޭ އެހެއްނުން..” ތަހުޤީޤް ކުރާ ކޮޓަރިތެރޭގައި ހުރި ފުލުސް އިންސްޕެކްޓަރ މާނިއު އަލީ ބުނެލިއެވެ. އޭރު މޭޒު ކައިރީގައި ގޮނޑިއެއްގައި އައްޔާދް އިން އިރު އޭނާގެ ނަޒަރު ހުރީ ސީދާ ފުލުސް އޮފިސަރަށް ހުއްޓިފައެވެ.
“ލައްބަ.” އައްޔާދް ދިނީ ކުރު ޖަވާބެކެވެ. “އައްޔާދް މިގެނެވުނީ އާއިޝަތް ޖަނާނީގެ މަރުގެ މައްސަލަ ތަހުޤީޤް ކުރިއިރު ހުރިހާ ހެއްކެއް ފޮރުވާ ހަޤީޤަތް އޮޅުވާލުމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އިބްރާހިމް މަހުދީއަށް އެހީތެރިވެދިން ކަމަށް އޭނާ ބަޔާނުގައި ބުނެފައި ވުމުން” މޭޒުގައި އަތް ވިއްދާލައިގެން ހުރެ ބުނެލިއެވެ.
“މަހުދީ މަޤާމުން ވަކި ކުރީތަ؟” އައްޔާދް އަހާލިއެވެ. “އާނ.. ދެންމެ ރައީސް އޮފީހުން ނެއްލި ބަޔާނެއްގައި އޭނާ މަޤާމުން ވަކި ކޮށްފި ކަމަށް އަންގައިފި.. ސުވާލު ކުރާނީ އައްޔާދްއެއް ނޫން. އަހަރެން.” މާނިއު ލޯ އަޅާލަމުން ބުނެލިއެވެ. “އޯކޭ ބޮސް.” އައްޔާދް މިހެން ބުނުމުން އޭނާގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލުމަށްފަހު އިށީނެވެ.
“މިތަނުން ބޭރުގައި ތީ އަހަރެންގެ ރަޚްމަތްތެރިއެއް.. އެކަމަކު މިތާ އެތެރޭގައި ތިއީ ކުށްވެރިއެއް.. ދިސް އިޒް އޭން އިންވެސްޓިގޭޝަން.” މާނިއު މިހެން ބުނުމުން އައްޔާދް ހީލިއެވެ. “އިންޓެރޮގޭޓް ކުރޭ އެހެން ވީމަ..” އައްޔާދް އޭނާ އިން ގޮނޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. “ޖަނާނީގެ މަރުގެ މައްސަލާގައި ހަޤީޤަތް އޮޅުވާލީ ކީއްވެ؟” މާނިއު އަހާލިއެވެ.
“މަޖުބޫރުވެގެން.. އަހަރެން ނެތިން ދެން އެއްވެސް ކަމެއް ފޮރުވާކަށް. އޭނާ އިންޒާރު ދިނީ ވަޒީފާއިން ވަކިކުރާނެ ކަމުގެ. ބައްޕަގެ ވިޔަފާރިއަށް ގެއްލުން ދޭނެކަމަށް.. އާއިލާއަށް ނުރައްކާވާ ހިސާބަށް ދިޔައީމަ ދެން ހިތާ ދެކޮޅަށް އެކަން ކުރަން ޖެހުނީ. އާނ.. އަހަރެން އެކަންތައް ފޮރުވާފައި ބުނިން ޖަނާނީ މަރުވީ އޯވަ ޑޯޒްވެގެންނޭ.. އެކަމު އޭގެ ފަހުން އެންމެ ރެއަކު ވެސް އަހަންނަށް ހަމަޖެހިލައިގެން ނިދި ނުލިބޭ.. ޝީ ހައުންޓް މީ އިން މައި ޑްރީމްސް. އަހަރެން ހުރި ހުރިހާކަމެއްގެ ޒިއްމާ ނަގަން.” އައްޔާދް އެއްވެސް ޖެހުލުމެއްނެތި އޭނާ ކުރި ކުށަށް އިޢުތިރާފް ވިއެވެ.
“ވީޑިއޯ ފޫޓެޖްތައް ނައްތާލީ އައްޔާދްތަ؟” މާނިއު އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނދެފައި ތަހުޤީޤައިގެން ކުރިއަށް ދިޔައެވެ. “އެ އެއްޗެއްހި ނައްތާލި ނަމަ މިހާރަކު އެ ހުރިހާ ޓީވީ ތަކަކުން ނުދައްކާނެ.” އައްޔާދް މިހެން ބުނުމުން މާނިއު އޭނާ ކައިރިއަށް ޖެހިލިއެވެ.
“ތިބުނަނީ އެ ފޫޓެޖް ލީކް ކޮށްލުމުގައި އައްޔާދްގެ އަތެއް ވެއޭތަ؟ ޔޫ ޑިޑް އިޓް؟” މާނިއު ލޯ އަޅާލަމުން ބުނެލިއެވެ. “ޔޫ މައިޓް އޭސް ވެލް ތިންކް ދެޓް.. އައި ކުޑުންޓް ޕޮސިބަލީ ކޮމެންޓް..” އައްޔާދް މިހެން ބުނެފައި މޭމަޗަށް އަތް ހުރަސް ކޮށްލަމުން ގޮނޑީގައި ލެނގިލިއެވެ. މާނިއު ގާތަށް ހިނި އައުމުން އޭނާ ނުހޭން ތުންފަތުގައި ދަތް އެޅީ އެތަނުގައި ކެމެރާ ހުންނާނެތީއެވެ.
****
“ރިއުމާން.. ދަރިފުޅާ. ހޭލަބަލަ.” މީހަކު ގޮވާއަޑަށް ނިދިފައި އޮތް ރިއުމާން ސިހިފައި ހޭލިއެވެ. އޭރު ކައިރީގައި ހާޖަރާ ހުއްޓެވެ. “ގަޑިން ކިހާ އިރެއްވީ؟ އަޅެ ނިދުނިއްޔޭ..” ރިއުމާން ހާސްވެފައި އަހާލިއެވެ. “އަދި ކިރިޔާ ތިނެއް ޖެހީ.. ދަރިފުޅު ނިދިފައި އޮތީމަ ނުގޮވީ. ދެން ހަވީރު ވާތީ ގޮވަން މިއައީ. އަވަހަށް ތައްޔާރު ވެލައި.” ހާޖަރާ މިހެން ބުނެފައި ރިއުމާންގެ ބޮލުގައި ފިރުމާލިއެވެ. އިރުކޮޅަކު ހާޖަރާގެ މޫނަށް ބަލަން އިނދެފައި ރިއުމާން އޭނާ މަންމަގެ ގައިގައި އޮޅުލައިގަތެވެ. ބޭއިޚްތިޔާރުގައި އޭނައަށް ރޮވެން ފެށުނެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު ހާޖަރާ މަޑުމަޑުން އޭނާ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
“މަންމާ.. މަންމާ އަޅުގަނޑަށް މަޢާފް ކުރޭ. މިހުރިހާ ދުވަހު ވަރަށް ގޯސްކޮން މަންމައާއި ދޭތެރޭ ކަންތައް ކުރެވުނީ.. ވަރަށް ހަދާންވޭ މަންމަ މަތިން.” ރިއުމާން ރޮވިފައި އިނދެ މިހެން ބުނުމުން ހާޖަރާގެ ލޮލުން ވެސް ކަރުނަ ނިރާލިއެވެ. އެތަށް ދުވަހަކަށްފަހު ރިއުމާން އޭނާއާއި އެގޮތަށް ވާހަކަދެއްކުމުން ހިތަށް ހަމަޖެހުން ލިބުނެވެ.
“ހުއްޓާލައި.. އެއީ ރިއުމާންގެ ކުށެއް ނޫން. ކަންތައް ދިމާވި ގޮތުން ދަރިފުޅަށް އެހެން ކަންތައް ކުރެވުނީ. ދެން އެވާހަކަ ނުދައްކާ. މަންމަ މި އައީއެއްނުން މިހާރު. މަންމަ ވަރަށް އުފާވޭ ދަރިފުޅުގެ މަސައްކަތުން.. އަބަދުވެސް ތިގޮތުގައި ހުންނާތި.” ހާޖަރާ މިހެން ބުނެފައި ރިއުމާންގެ ކަރުނަތަށް ފޮހެލަ ދިނެވެ. “އަހާ ދެން ހުއްޓާލާ.. އަވަސް ކޮށްލައިގެން އިންޓަވިއު ދޭން ދާން ތައްޔާރުވޭ.. މަންމަގެ ރަންގަޑު ޓީވީއިން ދެކިލާ ހިތުން މިހާރު ކެތްވަނީކީ ނޫން..” ހާޖާރާ މިހެން ބުނުމުން ރިއުމާން ގާތަށް ހިނިއައެވެ.
އޭނާ ފެންވަރައި ތާޒާ ވެލައިގެން ނިކުއިން އިރު ހަމްނާ ގެއަށް އައިސް އުޅެއެވެ. ރިއުމާން ރީތި ވާން ފެށުމުން ހަމްނާ ރީތިވާ މޭޒު ކައިރީގައި ލެނގިލަމުން އޭނާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. “ހާދަ ލައިޓްކޮށް މޭކްއަޕް ކޮށްފައި ތިހުރީ.. ފައުންޑޭޝަން ހާކާލަ ދެންތަ ނޫފައި ގެންފައި ހުރި ތަންތަން ފޮރުވާލަން..” ހަމްނާ އެހީއެއް ވެދޭން އަހާލިއެވެ.
އެވަގުތު ރިއުމާން ލޯގަނޑަށް ނަޒަރު ހުއްޓާލަމުން އޭނާގެ ކޮލުގައި އަތްލިއެވެ. “ނޫން.. އަހަރެން ބޭނުން އެމީހުން އަހަންނަށް ކޮށްފައި ހުރި އަނިޔާތައް ފެންނަން.. މަހުދީ ކަހަލަ މީހުން ބާރުގެ ބޭނުން ކޮށްގެން އެކުރާ އަނިޔާ އެމީހުންނަށް ހަމަ ލޮލަށް ފެންނަން ޖެހޭނެ.. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމޭ ކިޔާފައި ހަޤީޤަތް ފަޅާއަރަން ހެދީމަ އަނގަ ބަންދުކޮށްލަނީ. މަހުދީމެންނަށް އިނގެން ޖެހޭނެ އަބަދަކު އެގޮތަކަށް ނުހިފޭއްޓޭނެކަން..” ރިއުމާންގެ މޫނުމަތިން ފާޅުވީ ރުޅިވެރި ކަމެވެ. އޭނާ އަވަސް އަވަހަށް ދަބަސް ހިފައިގެން ހާޖަރާ ކައިރީގައި ދަނީއެ ބުނެ ނިކުތެވެ. އޭރު ކުޑަ ބެލްކަނީގައި ޒުބޭރު އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު ރިއުމާން އަނގައިން ވެސް ނުބުނެ ސިޑިން ފައިބައިގެން ދިޔައެވެ. ބޭރު މަގުމައްޗަށް ނިކުއިން އިރު އާދިލް ހަމަ ގަޑިއަށް އޭނާ ބަލައި ސައިކަލުގައި އައިސް މަޑުކޮށްލިއެވެ.
ނޫސް ކޮންފަރެސް ބޭއްވުމަށް ހަމަޖެހިފައި އޮތް ތަނަށް ރިއުމާން ވަދެގެން ދިޔައިރު އެތަނުގައި ޝާފިޤު އޭނާގެ އިންތިޒާރުގައި ހުޓެވެ. އާދިލްއަށް އެތެރެއަށް ނުވަދެވޭނެތީ އޭނާ ބޭރުގައި މަޑުކޮށްލީއެވެ. “ރިއުމާން.. އަވަހަށް އާދޭ. އެންމެން އިންތިޒާރުގައި އެތިބީ..” ޝާފިޤު މިހެން ބުނުމުން ރިއުމާން ހިނިތުން ވެލާފައި ދުރުގައި ހުރި އާދިލްއަށް ހަނާ އަޅާލަމުން އެތެރެއަށް ވަދެގެން ދިޔައެވެ.
އެކި މީޑިއާ ތަކުގެ މީހުން ގޮނޑި ބަރިތަކުގައި ވީއިރު ރިއުމާންގެ ލޮލުގައި ނާހިދް އަޅައިގަތެވެ. ނާހިދަށް އޭނާ ފެނުމުން ހިނިތުންވެލައި އޭނާގެ ގޮނޑީގައި އިށީނދެލިއެވެ. ޓިވީ އިން ވަގުތުން ދެއްކުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް ގެނެސް ދިނުމަށް އެކި މީޑިއާތަކުން ކެމެރާ ހަރުކޮށްފައި ހުރިއިރު ރިއުމާން ގޮސް އެންމެންނަށް ކުރިމަތި ލަމުން އިށީނދެލިއެވެ. އޭރު އޭނާ ކައިރީގައި ޝަފީޤު އިންއިރު ބައެއް ޖަމްއިއްޔާގެ މީހުންގެ އިތުރުން އެއް ފުލުސް އޮފިސަރަކު އިނެވެ.
އިންޓަވިއު ފެށިގެން ކުރިއަށް ދިޔައިރު އެކި ނޫސްވެރިންގެ ސުވާލުތަކަށް ރިއުމާން ވަރަށް ކެރި ހުރެ ޖަވާބު ދިނެވެ. “މިކަންތައް އާންމުގެ ކުރިމައްޗަށް ގެނައުމުގައި އެހީވީ ކޮންފަރާތެއްތޯ؟ ހަމަ ގައިމު ވެސް އެކަހަލަ ހެކި ތަކެއް ލިބޭނީ އެތެރެއިން ކޮންމެ ވެސް މީހެއްގެ އެހީއާއި އެކު.” ކޮންފަރެންސް ނިމެން ގާތްވެފައި ވަނިކޮން ނޫސްވެރިއަކު މިހެން އެހުމުން ރިއުމާން ހީލިއެވެ. އޭނާއަށް ކުރިން ވެސް މި ސުވާލު ކުރާނެކަން އިނގެއެވެ.
“އާދެ.. އިތުރު ފަރާތެއްގެ އެހީ އާއިއެކު މިކަން މި ކާމިޔާބުވީ. ހަޤީޤަތަކީ އެއީ ކޮންފަރާތެއް ކަން ޚުދު އަޅުގަނޑަށް ވެސް ނޭނގޭކަން. ތިބޭފުޅުން ފަހަރެއްގައި ޤަބޫލު ނުކޮށްފާނެ.. އެކަމަކު އެންމެ ފުރަތަމަ އަޅުގަނޑަށް ކޮންޓެކްޓު ކޮށް މިކަމުގެ ހަޤީޤަތް އާންމުނަށް އަންގަން އެދުނު އިރު އެފަރާތުން ޝަރުތު ކުރީ އެންމެ ކަމަކަށް. އެއީ އޭނާގެ އަސްލު ހޯދަން ނޫޅުމަށް.. އެހެންވީމަ އެކަން ނުކުރީ.. ނަމަވެސް މި ފުރުސަތުގެ ބޭނުންކޮން އެއީ ކޮންމެ ފަރާތަކަށް ވިއަސް އަޅުގަނޑު އޭނާއަށް ވަރަށް ބޮޑަށް ޝުކުރުވެރި ވަން.. އެ ފަރާތުގެ އެހީއާއި ނުލައި މުޖުރިމަށް ހައްޤު އަދަބު ނުލިބި އާޢިޝަތް ޖަނާނީއަށް އިންސާފް ނުލިބުނީސް.” ރިއުމާން ކެމެރާއާއި ދިމާއަށް ނަޒަރު ހުއްޓާލަމުން މިހެން ބުނއި އިރު އޭނާ އެ ބަސްކޮޅު ރައްދު ކުރީ ސީދާ އައްޔާދަށްށެވެ. އެއީ ކާކުކަން ހާމަ ނުކުރި ނަމަވެސް އައްޔާދްއަށް ޝުކުރު އަދާކޮށް ތަޢުރީފް ކުރީ ފުލުހުންނަށް އެކަން ކުރީ އައްޔާދްކަން ކޮންމެ ވެސް އިރަކުން އިނގޭނެތީއެވެ. އޭރުން އޭނައަށް ލިބޭނެ އަދަބު ކުޑަ ވެދާނެ ކަމުގެ އުއްމީދުގައެވެ.
****
އެއް ހަފްތާފަހުން ފުލުހުންނަށް މަހުދީގެ ދަރިފުޅު ހޯދުނެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ކޯޓުގައި ފެށިގެން ދިޔައިރު މަހުދީގެ ޝަރީއަތް ވެސް ކުރިއަށް ދިޔައެވެ. އާއިޝަތް ޖަނާނީގެ އާއިލާއިން ރިއުމާންއަށް ޝުކުރު އަދާ ކުރިއިރު އެމީހުންގެ ދަރިފުޅަށް އިންސާފު ލިބުނީތީ ބޭއްވި ހިނގާލުމުގައި މާލޭގެ ހަތަރު އަވަށުން އެތަށް ބައެއް ބައިވެރި ވިއެވެ.
އައްޔާދްގެ މައްސަލަ ތަހުޤީޤުކޮށް އޭނާ ދިން ބަޔާނާއި އަދި ރިއުމާން ސަލާމަތްކޮށްދީ، ކުރެވުނު ހަޤީޤަތް ހާމަ ކުރުމުގައި އިސް ރޯލެއް އަދާކުރީ އޭނާ ކަމުން ޖަލު ހުކުމެއް ނާދެއެވެ. ނަމަވެސް އޭނާ މަޤާމުން ވަކި މުއްދަތަކަށް ސަސްޕެންޑް ކުރެވިގެން ދިޔައެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ރިއުމާންއަށް އޭނާ އިންސާފު ހޯދުމުގައި ކުރި މަސައްކަތަށް ތަޢުރީފް ކޮށް ވަޒީފާއިން ވެސް ކުރިއެރުން ލިބުނެވެ.
އޮފީސް ނިންމާލުމަށްފަހު ނިކުއިން ރިއުމާން އަތުކުރި ގަޑިއަށް ބަލައިލިއެވެ. އަޞުރަށް ގޮވަން ކައިރިވެފައި ވީއިރު އޭނާ ހުރީ ބަނޑުހައިވެގެން ގޮސް ހާންތިވެފައެވެ. ހެނދުނު ސައިބުއި ގޮތަށް ބްރޭކްއަށް ގެއަށް ދިޔުން އޭނާ ހުއްޓާލައިފިއެވެ. ސަބަބަކީ ޒުބޭރުއެވެ. ދެ ހަފްތާ ވީއިރު ވެސް ރިއުމާން އޭނައާއި މަދުން ނޫނީ ދެތިން ބަހެއް ބުނެ ނުލައެވެ. ގޭގައި އަބަދުވެސް ކޮންމެ ވެސް އެއްބަޔަކު އުޅެތީ ޒުބޭރު އޭނައަކާއި ކައިރިއެއް ނުވެއެވެ. ދެން އޭނާ އެކަހަލަ ކަމެއް ކޮށްފާނެ ކަމާއިމެދު ޚުދު ރިއުމާންއަށް ވެސް ޝައްކެވެ.
“ހޭއި ބޭބީ..” ރިއުމާން ކައިރިއާށް ސައިކަލު ހުއްޓާލަމުން އާދިލް ބުނެލިއެވެ. “ކޮން ބޭބީއެއް؟ ކިހާއިރެއް ވެއްޖެ މިހާރު މިތާ ހުންނަތާ.. މިގޯޅި އެޅީއޭ ބުނީމަ މި ފޭބީ ވެސް.” ރިއުމާން ކުދި ކިޔަމުން ސައިކަލު ފަހަތަށް އެރިއެވެ. “އަހާ.. ނުބުނަން ދޯ ވަކި ގޯޅިއެކޭ. ހާދަ މޫޑީވެފައި ތިހުރީ.. ބޮސް އެއްޗެކޭ ބުނީތަ؟ ގައިމު އޭނާ ބިރުން ޕްރޮމޯޓް ވެސް ކޮށްދީފިއެއްނުން..” އާދިލް ހިނިގަނޑެއް ޖަހާލުމުން ރިއުމާން އޭނާގެ ކޮނޑުގައި ޖަހާލިއެވެ.
“ހިނގާބަ ކާން ދާން.. އައި އެމް ސޯ ހަންގްރީ.” ރިއުމާން މިހެން ބުނުމުން އާދިލް ރެސްޓޯރަންޓަކާއި ދިމާއަށް މިސްރާބުޖެހިއެވެ. ‘ސިޓްރަން’ގެ މަތީ ބަޔަށް ދެމީހުން އެކީ އަރައި އެތަނުން ހުސް މޭޒެއްގައި އިށީނދެލިއެވެ. ގަދަ ނޫ ކުލައިން ފަވާލެވިފައި އޮތް ކަނޑުގެ ރާޅުތައް ކަފަމުން ފެރީއާއި ލޯންޗު ފަހަރު ދަތުރު ކުރަމުން ދިޔައިރު މާލޭ ފަޅުތެރޭގައި ވެސް އެތަށް ދޯންޏެއް އޮތެވެ. ވެލާނާ އެއާޕޯޓަށް މަތިންދާ ބޯޓުތައް ޖައްސާ މަންޒަރު ފެންނަމުން ދިޔައިރު ހަވީރު އަތަށް އަޅައިފައި އޮތުމުން ފިނި ވައިރޯޅިތައް ފަޒާގައި ޖެހިލައެވެ.
“އައި ލަވް ދިސް ޕްލޭސް..” މާސިންގާ ކަނޑަށް ނަޒަރު ހުއްޓާލައިގެން އިން ރިއުމާން ބުނެލިއެވެ. “އެހައި އޯޕަންވެފައި ކަނޑު ފެންނާތީ އެންމެ ސަޅީ.. ވެޑިންސް ބާއްވަން ވަރަށް ރީތި ވާނެ.” ރިއުމާން މިހެން ބުނުމުން އާދިލްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. “އަނެއްކާ ރިއުމާން ކައިވެނި ކުރަން ވިސްނަނީތަ؟” އާދިލް ހިނި އައިސްފައި އިނދެ ބުނެލިއެވެ.
“ނޫން.. ނޯ ވޭ.” ރިއުމާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ކުރަން ވިސްނަންޏާ އައި އެމް ނޮޓް ދެޓް ބޭޑް.. ބުނެލީ ހަމަ.” އާދިލް ލާނަތް ގޮތަކަށް ބުނެލުމުން ރިއުމާން މޭޒުމަތީގައި އޮތް ކުޑަ ފޮތިކޮޅު އޭނައާއި ދިމާއަށް އެއްލިއެވެ. “ޝަޓް އަޕް.. އޯޑަރ ކުރަން ވީނުން.” ރިއުމާން މަޢުލޫއު ބަދަލުކޮށްލިއެވެ.
ވެއިޓަރަށް އޯޑަރު ދިނުމަށްފަހު ދެމީހުން ކެއުމާއިގެން ކުރިއަށް ދިޔައެވެ. “ވާހަކައެއް އަހާލަންތަ؟ ރިއުމާންގެ ޕޭރެންޓްސް އައިސް އުޅޭތާ މިހާރު ކޮން ދުވަހެއް.. އަދި ދިމާ ވެސް ނުވޭ” އާދިލް ތައްޓަށް ކޯކު އަޅަމުން ބުނެލިއެވެ.
“އެކީއްކުރަން އާދިލް އެމީހުންނާ ބައްދަލު ކުރަނީ؟” އުލުން ތަށީގައި ހުރި ސްޕެގެޓީކޮޅު އޮޅާލަމުން ރިއުމާން ޖަވާބުދިނެވެ. “ވަލީ ހޯދަން.” އާދިލް މިހެން ބުނުމާއި އެކު ރިއުމާން އޭނާއަށް ލޯ އަޅާލިއެވެ. “ޔާ ރައިޓް.. ވަރަށް ހީވެޔޭ ތިކަން ވާނެޔޭ. ޔޫ އާ ސޯ ސްޓުޕިޑް..” ރިއުމާން ހެމުން ބުނެލިއެވެ. “އިނގިދާނެތާ ތޯ. ދެން ކީއްކުރަން ވިސްނަނީ މިހާރު؟ ދެން ކޭސް ވެސް އެއޮތީ ނިމިފައި. ވަޓްސް ނެކްސްޓް؟” އާދިލް ޝައުޤުވެރި ކަމާއިއެކު އަހާލިއެވެ.
“އައްދެ.. ހާދަ އިންޓަރެސް ވެފައި. ދެން އޮތީ ކޮންމެވެސް އެހެން މިނިސްޓަރެއް ފަޅާ އަރުވާލުން.” ރިއުމާން ޖެއްސުމަށް ބުނެލިއެވެ. “ހަމަ ތިކަން ވެސް ކުރަންވީ.. އަހަރެން މިހުރީނުން ހެލްޕް ވާން. ޔުއާ ޕާޓްނާ އިން ކްރައިމް..” އާދިލް ހެމުން ބުނެލިއެވެ. ދެމީހުން އެކި ވާހަކަ ދައްކަމުން ދިޔައިރު އާދިލްގެ ނަޒަރު ރިއުމާން އިން ވަތްކެއް ނުވެއެވެ. އޭނާ އެހެން ހުރެލާފައި އެބުނާ އެއްޗެއްސަށް ރިއުމާން މާ ބޮޑު ސަމާލުކަމެއް ނުދީ މަޖަކަލަކަށް ހަދާލިއަސް އެ ހިތުގެން އެދުން އަދި ހާމަ ކުރާނެއެވެ.
****
އެނދުގައި އޮތް އައްޔާދް ފަންސޫރުން ގަނޑެއްގައި ކުރަހަމުން ދިޔައެވެ. ކުރަހަމުން ދިޔަވަރަކަށް ފާޅުވަނީ އަންހެން ކުއްޖެކެވެ. އެލޮލާއި ހިމަ ނޭފަތް އެ ދިގު މޫނާއި ވަރަށް ގުޅެއެވެ. އިސްތަށިގަނޑުން އެއްބައި ވެއްޓިފައި އޮތްއިރު އެ ތުންފަތުގައި ވަނީ ލުއި ހިނިތުން ވުމެކެވެ. އައްޔާދް އިނގިލިން ފަންސޫރުގެ ކުރެހުމުގައި ހާކަމުން ދިޔަވަރަކަށް އެ ސޫރަ ބޮޑަށް ފާޅުވަމުން ދިޔައެވެ.
“ދޮންބޭ..” ދޮރުގައި ޓަކި ޖަހާލިއަޑަށް އައްޔާދް ސިހިފައި އެ ގަނޑު އެނދުމަތީގައި އޮތް ސްކްރެޗް ފޮތް ތެރެއަށް ލައި އެނދުގެ ފަޑީގައި ލެނގިލިއެވެ. “ދޮންބެ ހިނގާ ސައިބޯން. މެންދުރު ނުވެސް ކައިއެއްނުން ތިހުރީ.. މަންމަ އެބަހުރި އެކަމާއި ދެރަވެފައި.” އަނާ އައިސް އެނދުގައި އިށީނދެލަމުން ބުނެލިއެވެ. އައްޔާދް ސަސްޕެންޑް ކުރި ފަހުން ބޭރަށް ގޮހެއް ވެސް ނޫޅެއެވެ. އެއްވެސް މީހަކާއި މާގިނައިން ވާހަކަ ނުދައްކާ އިރު ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރި ތެރޭގައެވެ.
“މަންމަ ކައިރި ބުނޭ ސައިބޯ ހިތެއް ނެތޭ..” އައްޔާދް ރިމޯޓުން ކޮޓަރީގައި ހަރުކޮށްފައި ހުރި ޓީވީ ހުޅުވާލަމުން ބުނެލިއެވެ. “ދެން ތިހެން ނަހަދާ.. ބަނޑުހައި ވާނެ. އޯ އަދި އެބަހުރި ދޮންބެ ހޯދަން ކުއްޖަކު އައިސް..” އަނާ ލާނަތް ގޮތަކަށް ހީލަމުން ބުނެލިއެވެ. “ކާކު؟” އައްޔާދް ދެބުމަ ކައިރިކޮށްލަމުން އަހާލިއެވެ. “ހަނދާންވޭތަ އަނާ ސްކޫލްގައި އުޅުން އިރު ބެސްޓް ފްރެންޑެއް ހުއްޓެއްނުން. ކްލާސްމޭޓެއް.. ގެއަށް ވެސް އަންނާނެ އޭރު. އޭނަ ލަންކާއަށް ކިޔަވަން ގޮސް އުޅެފައި ފައިވް އިޔާޒް ފަހުން ނިންމާލާފައި އިއްޔެ މިކޮޅަށް އެ އައީ.” އަނާ އަވަސް އަވަހަށް އޮޅުން ފިލުވައި ދިނެވެ.
“ކާކުތަ؟ ނޭނގުން..” އައްޔާދަށް އޮޅުން ނުފިލުމުން އަހާލިއެވެ. “ލައިބާ.. ރިމެމްބަރ ޝީ ހޭޑް އަ ކްރަޝް އޮން ޔޫ.” އަނާ ހެމުން ބުނެލިއެވެ. “އޯ.. ނައްނި؟ ޗަބީ ނައްނި؟” އައްޔާދް ހަނދާން ވުމުން ބުނެލިއެވެ.
“ހޫމް.. ނައްނި. އޭނަ ފަލައެއް ނޫން އިނގޭ މިހާރު ޗަބީ ކިޔާކަށް އޭރު ދޮންބެ ދިމާ ކުރި އަކަސް. އެބައިން ސިޓިން ރޫމުގައި މަންމަ ކައިރި.. ހަމަ ދޮންބެ ދެކިލާ ހިތުން އެ އައީ” އަނާ ޖެއްސުމަށް މިހެން ބުނެފައި ތުއި ވެލިއެވެ. “ސްޓޮޕް އިޓް.. މި ދަނީއޭ..” އައްޔާދް ބޯ ހޫރާލަމުން އެނދުން ތެދުވިއެވެ. “ޓީޝާޓެއް ލައިގެން އަންނާނީ.. އަނެއްކާ ނައްނި ފެއިންޓް ވެދާނެ ދޮންބެ ފެނިފައި.” އަނާ މިހެން ބުނެފައި ހެމުން ކޮޓަރިން ނިކުތެވެ.
އައްޔާދް ޓީޝާޓެއް ގަޔަށް މަހާލުމަށްފަހު ކޮޓަރިން ނިކުއިން އިރު ސިޓިން ރޫމުގައި ސޯފާގައި މަންމަ ކައިރީގައި އަންހެން ކުއްޖަކު އިނެވެ. ފަސްދީގެން އިންއިރު އެ އިސްތަށިކޮޅު ފަންވެފައި ކަނދުރާއާއި ހަމައަށް އަރައެވެ. “އައްޔާދް.. ދަރިފުޅާ އަވަހަށް ހިނގާ ސައިބޯން” މާރިއާ ގޮވާލުމާއި އެކު ލައިބާ ފަސް އެނބުރުނެވެ. އޭރު ކުރިމަތީގައި ހުރި އައްޔާދް ފެނި އޭނާ ކަޅި ޖަހާނުލައި ބަލަހައްޓައިގެން ހުރެވުނީއެވެ.
ކުރިން ހިކިކޮން ހުރި މީހާ މިހާރު ހަށިގަނޑު ރީތިވެފައި ބޮޑު ތުނބުޅިއެއް ވެސް ލައިފިއެވެ. ލައިބާ ފެނުމުން އައްޔާދް ހިނިތުން ވެލާފައި ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ. ތެދެކެވެ. ލައިބާ މިހާރު ހުރީ ވަރަށް ބޮޑު ތަން ހިކިފައެވެ. އޭނާ ލައިގެން ހުރި ގަމީހުން ވެސް އެރީތި ކަން އިތުރުކޮށްދެއެވެ. ކުރިން ކިޔާ ޗަބީ ކަން ގޮސް މޫނުގެ ބައްޓަން އިތުރަށް ފާޅުވެއެވެ.
“ނައްނި.. ހާއި.” އައްޔާދް އާދައިގެ ގޮތަކަށް ހީލަމުން ބުނެލި އިރު ލައިބާ އަދިވެސް އަނގައިން ބަހެއް ބޭރުނުވެ ހުރީއެވެ. “ލައިބާ ޔޫ ނޯ މައި ބްރަދާ.. ހޮޓް ދޯ މިހާރު.. ޕޮލިސް ސާޖެންޓަކަށް ވީމަ ހޮޓް ވާނުން.” އަނާ އެމީހުން ކައިރި ހުއްޓިލައި އައްޔާދްގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ. “ޔާ ރައިޓް. މިހާރު ސަސްޕެންޑް ކޮށްފައި..” އައްޔާދް މިހެން ބުނުމުން އަނާ އޭނާ ކޮނޑުގައި ޖަހާލިއެވެ.
“ދެން އެއްކަލަ އައްޔާދް.. ހިނގާ އަވަހަށް ސައިބޯން ސައި ތަށިތައް ހިހޫ ނުވަނީސް.” މާރިއާ މިހެން ބުނެފައި ހިނގައިގަތެވެ. “ޚަބަރުން ކިއީން އެވާހަކަ.. އައްޔާދް ވަރަށް ރަނގަޅު ކަމެއް ކުރީ. ޔޫ ސޭވްޑް ދެޓް ރިޕޯޓާރ. އެހެންވީމަ ދެން އަދި ސަސްޕެންޑް ކުރިއަސް އެއީ މައްސަލައެއް ނޫން..” ލައިބާ ލަދުން ހުރެ ބުނެލިއެވެ.
އޭނާއަށް އައްޔާދް ކުރިމަތީ ހަމައަށް ނޭވާ ވެސް ނުލެވެއެވެ. “ބަލާބަލަ ދޮންބެ ކޮއްލި ވަރު ނައްނިއަށް.. އަޅާނުލާ. ކުރިން ވެސް ދޮންބެ އަބަދު ދިމާ ކުރާނީ. އަހަރެން މިހުރީނުން.. ހިނގާ ސައިބޯން.. ނައްނިގެ ފޭވްރިޓް ރޯސް ޕާން އެބަހުރި.” އަނާ މިހެން ބުނެފައި ލައިބާ ގޮވައިގެން ކާގެއާއި ދިމާއަށް ދިޔައެވެ. އޭރު އައްޔާދް ވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.
****
އާދިލްގެ ސައިކަލު ފަހަތުގައި އިން ރިއުމާން ގެއާއި ކައިރިއަށް މަޑުކޮށްލުމުން ފޭބިއެވެ. “ބާއި.. ތޭންކްސް ފޯ ދަ ލަންޗް.” އާދިލް ހިނިތުންވެލަމުން ބުނެލިއެވެ. “އާނ ދެން އަބަދު އަހަރެން ވިއްޔަ ޓްރީޓް ދެނީ.” ރިއުމާން ބުނެލިއެވެ.
“އަދި ކައްކަވެސް ދޭނަމެއްނުން..” އާދިލް މިހެން ބުނުމުން ރިއުމާން އޭނާގެ ފުއްކިބައިގައި ކުޑަކޮން ޖަހާލިއެވެ. “އެއްކަލަ އާދިލް އަނެއްކާ ފެށީއޭ.. އައި އެމް ލީވިން!” ރިއުމާން ހެވިފައި ހުރެ މިހެން ބުނެފައި ގޯޅިގަނޑު ތެރެއަށް ހިނގައިގަތެވެ. އޭނާ ގޮސް ލޯމަތިން ގެއްލެން ދެން އިނދެފައި އާދިލް ސައިކަލު ދުއްވާލިއެވެ.
ގޭތެރެއަށް ވައިން އިރު އެއްވެސް މީހެއް ފެންނަން ނެތުމުން ރިއުމާން ފާތުމަމެން ކޮޓަރިއާއި އޭނާގެ ކޮޓަރި ބަލާލިއެވެ. އެކަކުވެސް ގެއަކު ނެތެވެ. އޭނާ ދަބަސް އެނދުމައްޗަށް އެއްލާލުމަށްފަހު ނިކުމެ އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ތުމުގައި ޖަހާލިއެވެ.
“ދަރިފުޅު އައީތަ؟” ޒުބޭރުގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ބޯންހުރި ފެންތައް ނޯށަށް އަރައި ކޮށިއެރިއެވެ. އޭނާ ހަމައަކަށް އެޅިލަމުން ޒުބޭރުއަށް ނަޒަރު ހުއްޓާލި އިރު ބެލްކަނީ ކައިރީގައި ސިނގިރޭޓެއް ތުމުގައި ޖަހައިގެން ޒުބޭރު ހުއްޓެވެ.
ގޭތެރެއަށް ނަޒަރު ހިންގާލަމުން އިތުރު އެއްވެސް މީހެއް ނެތްކަމުގެ އިހްސާސް އޭނާއަށްވިއެވެ. އޭރު ޒުބޭރި ގޭތެރެއަށް ވަދެގެން އާދެއެވެ. “މަންމަ ވީ ފާތުމައާއި އެކީ ވިޔަފާރި ކުރަން ގޮސް.. ނަދާ ވެސް އެމީހުންނާއި އެކީ ދިޔައީ. ހަމްނާ އަދި އޮފީހުން ނާދޭ.. އެހެންވީމަ ބައްޕަ އެކަނި މިހުރީ ގޭގައި.” ޒުބޭރު މިހެން ބުނި އިރު ހީވީ ރިއުމާންގެ ހިތުގައި އޮތް ސުވާލު އެނގިގެން ޖަވާބު ދިން ހެންނެވެ.
ރިއުމާންގެ ހިތް އަވަސް ވަމުން ދިޔައިރު އޭނާ ބޭނުންވީ އަވަހަށް ކޮޓަރިއަށް ވަދެ ތަޅުލައިގެން އިންނާށެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކާއި އެކު ކުރީގެ ހަނދާތައް ޚީޔާލުގައި ފުނި ޖެހެމުން ދިޔައެވެ. އޭނާ ކުޑައިރު އަނިޔާ ކޮށްލި ގޮތެވެ. އޭނާ ލެވި ހަޅޭކުން ކަރުން ލޭރަހަ ލީ ދުވަސްތެކެވެ. އެހެންމީހުން އޭނާ ކިބައިން ހުރިހާ އަބުރެއް ނޮޅާލި އިރު އެއްވެސް ބާރެއް ނެތި އޮންނަން ޖެހުނު ގޮތެވެ. އެޚިޔާލުތަކުން އޭނާގެ ނޭވާ ތާށިވަމުން ދިޔަ އިހުސާސް ވީއިރު ނިއްކުރިން ދާތިކި ފާޅުވިއެވެ.
ރިއުމާން އަވަސް އަވަހަށް އަނގައިން ވެސް ނުބުނެ ފެންފުޅި އައިސް އަލަމާރިއަށް ލާފައި ތެދުވެ ދޮރު ލެއްޕި ވަގުތު އޭނާގެ ހަރަކާތްތައް ހުއްޓުނެވެ. ޒުބޭރުގެ އެއަތް އޭނާގެ ކޮނޑުގައި ބީހިލުމުން އެތެރެއަށް ލީ ނޭވާ ވެސް ތާށިވިއެވެ. އެއަތް ދަތުރު ކުރަން ފެށުމުން އޭނާ ބަންދުކޮށް ހިފައްޓައިގެން ހުރި ރުޅި ކެކި އުތުރި ގަތެވެ. ނޫނެކެވެ. ދެނެއް އެދުވަސްތައް ތަކުރާރު ވިޔަކަ ނުދޭނެއެވެ.
ކުއްލިއަކަށް ރިއުމާން ގެނައި ހަރަކާތަކާއި އެކު ގައިގައި ހުރި ބާރެއް ލާފައި އެ އަތް ތިލައިގެ ހޫނުކަން ޒުބޭރުގެ މޫނުމައްޗަށް އަރުވާލިއެވެ. ލޮލުން ކަރުނަ ފާޅުވީ ނަމަވެސް އެލޮލުގައި ވަނީ ރުޅިވެރިކަމުގެ އަލިފާނެވެ. “ހަބަރުދާރު ދެން އަހަރެން ގައިގައި އިނގިލި ކުރި ޖައްސާލި އަސް!” ރިއުމާން އިނގިލި ދިއްކޮށްލަމުން ހަޅޭ ލަވައިގެން އިރު އެމޫނުމަތިން ފެނުނީ މިނޫނީ ދުވަހަކު ވެސް ޒުބޭރު ނުދެކޭހާ ނަފްރަތެވެ.
-ނުނިމޭ-
41 Comments!
Comments are closed.
Enjoy reading.
Will riuman finally face her fears?
Hmm.. eba ragalhuvey
Nop I don’t think so……she’s a brave girl now…….she’ll fightttt
yes!! Riuman all the way! ?
Masha allah. varah furihama mi bai ves. Riuman stay strong. Don’t let zubeyru lay a finger on you
woww this is so amazingg.. i think so… keep it up
habeyyys! hama inthizaaruga mi inaani. hey aruvaalathi zubeyru ah. love u layaa mihaa reethi kon konme dhuvahaku up kohdhey thi. hama best thi. love your stories
alhe thi zubair ah hadhaalaba janaany ah hedhi goii hehehe Btw story v salhi ??? waiting for nxt part….
Ey ahyadhu aa riumaan aa gulhuvaaa balaa plz plz plz plz plz plz
Keh kohba
Hmm hmmm eba rangalhu vey?
aslu layaa ge vaahaka tha kamudhaa sababaki hama story ge plots change vaa goi. eh kantha nimey irah hama ane kantha fashaane. kuri story ga ves. kiyuntherin shaugu verivaa gotha genes dheythi varah hiy hama jehey. mithaa gina kiyintherin huredhaane beykaaru vaahaka liyefa hama vaahaka dhigu kuran nooni vaahaka dhaa hisaabe neygethi. Layaal ehen nuvaathi igey. Keep it up. Varah salhi dhen kuri ah oi bai varah interesting vaane hen heevani.
Yes riuman! hama zubeyru dhuvas dhuvaalan v dhen.
Kerigen kurimathi laane haa hiy varu mihaaru Riumaan ah libifa dhw hunan vaanee. Alun zubeyru Riumaan aa behuna nudhechey pls. Avaha ayyadh n Riumaan ge baatha genesla dheebaa
Mage hee hee halaaku
Thanks all. I’ll update tonight around 10. ?
koba tha story. varah inthizaaru kureve eba
where are you layaa….i am a very big fan of you….ummmmah….
??????
story akah mivarah comment eh nukuran ingea adhi eh….. it means that you are very special… may Allah bless you darling…. wish you all the success… my favourite author….. still waiting for this story…..you are very unique…
????????????
Waiting ?
V foohi faadehgge laibaa eh aisgn
Layaa kobatha story. Haadha inthizaarei kurevijjey. Avahah up kohdhyba
what happened layaa??…..i am waiting….. so curious to know whats going to happen…. if u can’t upload…. tell us what happened…
??????
Kobaaaaaaaaaaaaaaaaaaaaa
Alhe dhen up kohla dheebaa. Story kiyaafa noonee nunidhan mi hunanny
inthizaaru koh koh varubali vany ??? avas kohba plx…….
layaa…. where are u??
??????
Layaa maadan early morning class ves eba oeh?? but Stry ge intizàruga nunida meeeni…?? if I can’t up tonight plzzz let us no…??
Layaa story kobaa…?
Layaa ah niduny kanneynge…..?? ehenve kanneynge stry up nuvanee…. ??
Gud nyt layaa stry up nuvaane kamah balaafa mi nidani..????
layaa..kobatha story..roveny a…avahah up kohdheebala..plx plx plx plx plx plx plx plx plx plx plx plx plx plx plx plx plx plx plx plx plx plx pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz????????????????????????????????
goodnight layaa….
????☕☕☕☕
??????
????
Koba story..updste nukureveynama kurin angaalinama..eyrun inthixxaaruga thibeykah nujeheynenu
varah dhera vey eba story up nukuraathee…… mivaru reetho story eh nei…… but up kuran buni gadi ah up nukurevuny dhw….. you should at least tell what happened…..
?????
layaa kihiney thi hadhany??
v goi bunelan jeheynenun….
wheres the story?? 🙁 🙁 🙁
alhey you guys i”m sorry. i’m having some issues with my laptop. eheve up nuvegen mi ulheni. i will update as soon as it gets fixed. sorry for keeping you all waiting. hopefully tonight up vaane kureveyne kama mi balani. ❤️
oh. ok dear. fix it sooon. mihaaru vaahaka kiyaa hithun keh vani ki noon ?