އިންތިހާޔަށް (11ވަނަ ބައި)
އޭރު އައިޝާގެ ގައިން ތުރުތުރު އަޅަމުން ދިޔައެވެ. މުޅި މޫނުމަތި ހުރީ ރަތްވެފައެވެ.
އެނދުމަތީގައި ހުސްގަޔާ ރިޔާޒް ގައިގައި ބައްދާލައިގެން އޮތް ފަރީޝާ ސިއްސައިގެން ދިޔައީ އައިޝާގެ އަޑަށެވެ. ކުއްލިއަކަށް އައިޝާ ފެނުމުން ބަހެއްވެސް ބުނަން ނޭންގިފައި އެއިން ގޮތައް ފަރީޝާ އިނީއެވެ. އައިޝާ ފެނުމުން އަވަސް ކޮށްލާފައި އެއްޗެހި ލައިގެން ރިޔާޒް ނިކުންނަން ދިޔައެވެ. ރަތްވެފައިވާ ބޮޑު ދެލޮލުން އައިޝާ ރިޔާޒްގެ މޫނަށް ބަލައިލިއެވެ. އެބެލުމުގައި އިންތިހާ ދަރަޖައިގެ ނަފްރަތު ފެނިގެން ދިޔައެވެ. ބަހެއް ނުބުނެ އަވަސްކޮށްލާފައި ރިޔާޒް ނިކުމެގެން ދިޔައެވެ. ރިޔާޒް ދިޔަ ދިމާއަށް ބަލަންހުރުމަށްފަހު އައިޝާ ދެން ބަލައިލީ އޭނަގެ މަންމައާއި ދިމާއަށެވެ. އޭރު ފަރީޝާއިނީ ގައިގައި ރަޖާގަނޑު އޮޅާލައިގެން އެނދުމަތީއެވެ.
މަންމަ އެގޮތައް ފެނުމުން އައިޝާ ހުރީ ބަސްހުއްޓިފައެވެ. ރުޅި އައިވަރުން ފަޅައިގެންދާން އުޅޭހެން ހީވިއެވެ. އަނެއްކޮޅުން އެހާ ދެރަވެސްވިއެވެ. އައިޝާގެ ހަޔާތުގައި އައި އެންމެ އަނދިރި ދުވަސްތަކާ ގުޅިފައިވި ބައްޕައާއި އެކީ ފެނުމުން އައިޝާ އިންތިހާޔަށް ދެރަވިއެވެ. އެއީ ބައްޕަ ކަމުގައި ވިޔަސް މިއަދު އައިޝާގެ އެކަނިވެރިކަމުގެ ފަހަތުގައި ވަނީ ހަމަ އެބައްޕައެވެ. ރިޔާޒްއެއީ އައިޝާގެ ބައްޕަކަމަށް ގަބޫލެއްވެސް ނުކުރެއެވެ.
ދޮރުމަތީގައި ބަލަން ހުރުމަށްފަހު އައިޝާ ކޮޓަރީގެ ތެރެޔަށް މަޑުމަޑުން ވަންނަމުން ދިޔައެވެ.
“އިޝީ…” ރޮއިގަނެފައި ފަރީޝާ ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އަތުގެ އިޝާރާތުން އައިޝާ އެކަން މަނާ ކުރިއެވެ. ހިނގަމުން ހިނގަމުން އައިސް އެނދާ ހަމައިން އައިޝާ ތިރިޔަށް ގުދުވެލިއެވެ. ދެން ތެދުވީ ތަޅަންމަތީގައި އޮތް ފަރީޝާގެ ހެދުން ދެއިނގިލި ކުރިން ހިފައިގެންނެވެ. ހެދުން ބޮލާ ހިސާބަށް އުފުލައިލުމަށްފަހު ބޯ އަރިކޮށްލުމަށްފަހު އެޔަށް ބަލައިލިއެވެ. އެވަގުތު އައިޝާގެ ދެލޯ ރަތްވެގެން ދިޔައެވެ. އައި ރުޅިން ހެދުން އަތްދަމާ ފަރީޝާގެ މޫނު މައްޗައް ހޫރައިލިއެވެ.
ހެދުން އައިސް ޖެހުނީ ފަރީޝާގެ މޫނު މައްޗަށެވެ. ހެދުން މޫނުމަތިން ތިރިކޮށްލުމަށްފަހު އައިޝާގެ މޫނަށް ބަލައިލިއެވެ. އައިޝާގެ މޫނުމަތީގެ ކުލަވަރު ފެނިފައި ފަރީޝާ ހިންދިރުވައިލިއެވެ.
ކުއްލިއަކަށް އައިޝާ ގޮސް ފަރީޝާގެ އަލަމާރި ހުޅުވައިލިއެވެ. ކޮނޑުގައި އަޅުވައިފައި ހުރި ހެދުންތައް ނެގުމަށްފަހު އޭއްޗިހިތައް ހިފައިގެން ކޮޓަރިން ނިކުތެވެ. އައިޝާ ކުރަން އުޅޭކަމެއް ބަލައިލަން ފަރީޝާވެސް ރަޖާގަނޑު ގައިގައި އޮޅައިގެން ފަހަތުން ދިޔައެވެ.
“އިޝީ ކީއްކުރަން ތިއުޅެނީ؟” އައިޝާގެ ފަހަތުން ދަމުން ފަރީޝާ ބުނެލިއެވެ.
އައިޝާ އެދިޔަ ބާރުމިނުގައި ގޮސް އެއްޗެހިތައް އަޅައިލީ ގޭގެ ގުދަނަށެވެ. އެތަނުގައި ހުރި އަލަމާރިއެއްގެ ތެރެއިން ދަނޑި ފޮއްޓެއް ނުގެމަށްފަހު އަލިފާން ރޯކުރަން އައިޝާ އުޅުނެވެ. އެވަގުތު ފަރީޝާ އައިޝާގެ އަތުގައި ހިފެހެއްޓިއެވެ.
“އިޝީ… ރުޅި މަޑުކޮށްފަ މަންމަ މިކިޔާ އެއްޗެއް އަޑުއަހާބަލަ…” ރޮމުން ރޮމުން ފަރީޝާ ބުނެލިއެވެ. ފަރީޝާގެ އަޑަށް އައިޝާ އެއްމިޔަކަނިން ހީލިއެވެ. އަދި ފަރީޝާގެ މޫނަށް ބަލައިލިއެވެ.
“ކޯންޗެއް އަހަންވީ؟ އަހަންވީ ދަރިފުޅު މަސައްކަތުގަ ބުރަކޮށް އުޅެފަ ގެޔަށް އައި އިރު އޭނަގެ މަންމަ އޮރިޔާމުން ހިލޭ ފިރިހިނެއް ވައްދައިގެން އޮތީ އޭ؟” ދެލޯ ބޮޑުކޮށްލަމުން އައިޝާ ހަޅޭތްލަވައިގަތެވެ. އެއަޑަށް ފަރީޝާ ސިހުނެވެ.
“އެއީ ހިލޭ ފިރިހެނެއް ނޫން.. އެއީ އައިޝާގެ ބައްޕަ…” ފަރީޝާ ބުނެލިއެވެ.
“އިނދެގެންތަ އުޅެނީ؟ އޭނ… އިނދެގެންހޭ އުޅެނީ؟” އައިޝާ އެޔަށްވުރެ ބާރަށް ހަޅޭތްލަވައިގަތެވެ. ފަރީޝާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
“ކޮބާ އެއްޗެއް ނުބުނެވުނެއްނު!!! ކީއްކުރަންލާ ހެދުމެއް؟ ހުސްގަޔާ ހުންނަންވީނު؟ ހިލޭ ފިރިހެނުން ކުރިމަތީ ހެދުން ބޭލޭ މީހަކު ކޮންމެހެން އަލަމާރިފުރާ ކޮންހާ ހެދުމެއް ގެންގުޅޭކަށް؟” މިހެން ބުނުމަށްފަހު ހުރިހާ ހެދުމެއްގައި އައިޝާ ރޯކޮށްލިއެވެ. އަދަމުންދިޔަ އަލިފާންގަނޑަށް ބަލަން ހުރެފައި އައިޝާ އެތަނުން ދާން ހިނގައިގަތެވެ.
އައިޝާ ދިއުމުން އެހުރިތަނަށް ފަރީޝާ ތިރިވިއެވެ. އަމިއްލަ ދަރިފުޅުގެ ލޮލަށް އެފަދަ މަންޒަރެއް ފެނުމުން ކުރާނެ އަސަރު ފަރީޝާއަށް އިހުސާސް ކުރެވެއެވެ. މި ހަގީގަތާއި ކުރިމަތި ނުލެވުނު ދަރިޔަކު އަދި ފަރީޝާގެ ބޮޑު ސިއްރު ފަޅާއަރައިފިނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ފަރީޝާ އަޑުން އަޑުނަގައި ރޮމުންދިޔައެވެ.
“އިޝީ ދެކެ ކިތަންމެ ލޯބިވިޔަސް އަހަރެންނަކީ ވަރަށް ނުބައި މަންމައެއް… މަންމައަަށް މާފްކުރޭ އިޝީ!!” ރޮމުން ރޮމުން ފަރީޝާ ބުނެލިއެވެ.
ގެޔަށް އައިސް ވެދެވުމާއި އެކީ އައުސް ފެންވަރައިލައިގެން ނިކުތެވެ. އޭރު އަމީރާ ހުރީ ކާން ހަދައިފައެވެ. މީހަކާއި އަނގައިންވެސް ނުބުނެ ކައިގެން އައުސް ދިޔައީ ކޮޓަރިއަށެވެ.
“އައުސް…ކަމެއް ގޯސްވީތަ؟” އެނދުމަތީ އޮތް އައުސް ފެނިފައި އާލިމް އަހައިލިއެވެ.
“ބަލީތަ؟” އައުސް އަނގައިން ނުބުނެ އޮތުމުން އަނެއްކާވެސް އާލިމް ސުވާލުކުރިއެވެ.
“އެކޮޅުގަ ކަމެއްވީތަ؟” އައުސްގެ އަތުގައި ހިފައިލަމުން އާލިމް އަހައިލިއެވެ. އެވަގުތު ރުޅިއައިސްގެން އާލިމްގެ އަތް އައުސް ފޮޅުވައިލިއެވެ.
“ތިއްތި ޕްލީޒް އަހަރެންނަކަށް ކަމެއް ނުވޭ!” މިހެން ބުނުމަށްފަހު އައުސް ގެއިން ނިކުމެގެން ދިޔައެވެ.
އެދިޔަ ބާރުމިނުގައި އައުސް އެރީ ގޭގެ ޓެރަހަށެވެ. އެވަގުތު އެތާކު އެކަކުވެސް ނެތެވެ. ފުން ނޭވަޔެއް ދޫކޮށްލުމަށްފަހު ފޯނު ނަގައި އައިޝާއަށް ގުޅައިލިއެވެ. ނަމަވެސް އެކޮޅުން ފޯނެއް ނުނެގިއެވެ. އެއްފަހަރު ނުނެގުމުން ދެތިން ހަތަރު ފަހަރު ގުޅިއެވެ. ނަމަވެސް އައިޝާގެ ހަބަރެއް ނުވިއެވެ.
“އައުޓީ!!” އައުސް ސިހުނީ ފަހަތުން ޒީޝާ ގޮވައިލުމުންނެވެ. އޭރު އާލިމްވެސް ޒީޝާގެ ފަހަތުގައި ހުއްޓެވެ. ޒީޝާ އައިގޮތައް އައިސް އައުސްގެ މޭމަތީގައި ގޮށްމުށުން ތަޅަންފެށިއެވެ. އަނގައިންވެސް ނުބުނެ ޒީޝާގެ މޫނަށް ބަލަން އައުސް ހުރީއެވެ. ފަހަތުގައި އާލިމްވެސް މަންޒަރު ބަލަން ހުއްޓެވެ.
“އިނގޭތަ ކިހާވަރަކަށްކަން ގުޅުނީ؟ ހަފްތާއެއް ވެގެން ދިޔައިރު ގުޅާވެސް ނުލާ… ތީ ކޮންކަހަލަ ބެސްޓް ފްރެންޑެއް؟ ޒީ ދެރަވިވަރު އިނގޭތަ؟” ޒީޝާގެ ހުރިހާ ޝަކުވާއެއް އައުސްގެ ކުރިމަތީ އަމުނައިލިއެވެ. އޭރު ޒީޝާއަށް ރޮވެމުންދިޔައެވެ. އައުސް ވަގުތުން ޒީޝާގެ ގައިގައި ބައްދައިލިއެވެ. ޒީޝާ އުޅުން ގޮތް ފެނިފައި އައުސްއަށް ކުޑަކޮށް ހެވުނެވެ.
“ހޭނެ ކަމެއް ނެތް…” އައުސްގެ ބުރަކަށީގައި ބޮނޑިޔެއް އަޅައިލަމުން ޒީޝާ ބުނެލިއެވެ.
“މީ އައުޓީގެ ކުޑަކުޑަ ބޭބީ އެއްތަ؟ މީ އައުޓީގެ ކްރައި ބޭބީތަ؟” ޅަ ގޮތަކަށް އައުސް ބުނެލިއެވެ. އެޔާއި އެކު ޒީޝާއަށްވެސް ހެވުނެވެ.
ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ފުސްވަމުން ދިޔައެވެ. ލޯފުރާ ކަރުނަ ޖަމާވުމުން އަނެއްފަރާތައް އެނބުރި އާލިމް ދާން ހިނގައިގަތެވެ. އައުސްގެ ހިތުގައި ޒީޝާއާއި ދޭތެރޭ އެކުވެރިކަން ފިޔައި އެހެން އެއްޗެއް ނެތް ކަމުގައިވިޔަސް، ޒީޝާގެ ހިތްވަނީ އާލިމްގެ ކުރިމަތީ ފަޅާއަރައިފައެވެ. އެގޮތައް އެދެމީހުން ގައިގޯޅިކޮށް އުޅޭތަން ފެންނަ ކޮންމެ ފަހަރަކު އާލިމްގެ ލޯ ކަރުނުން ފުރެއެވެ.
ކޮޓަރިޔަށް ވަދެވުމާއި އެކު އާލިމް އެނދު މައްޗައް ވެއްޓިގަތެވެ.
“ލައި ކީއްވެގެން ދިޔައީ؟ ލައި ދިޔައީމަ މިއަދު ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ!! ލައި ހުރިނަމަ މިއަދު ޒީ ހުންނާނީ އަހަރެންގެ މީހެއްގެ ގޮތުގަ…” ފަންކާއަށް ބަލަން އޮވެ އާލިމް ބުނެލިއެވެ.
“އާލް ކީކޭ ތިކިޔަނީ؟” ހިޔާލަކަށް ގެއްލިފައި އޮތް އާލިމް ސިހުނީ ކައިރިން މަންމަގެ އަޑު އިވުމުންނެވެ. އަމީރާ އައިސް އާލިމްގެ ކައިރީ އިށީނެވެ.
“މި… މިކިޔަނީ އައުސް…” އާލިމް ބުނަން އުޅުން ޖުމްލަ ހުއްޓުނީ އަމީރާ އަތުގެ އިޝާރާތުން ހުއްޓުވީމައެވެ.
“ކިތަންމެ ވަރަކަށް މަންމައަށް ފޮރުވަން އުޅުނަސް ތިކަމެއް ނުވާނެ… ދަރިފުޅުމެން އަޅާ ހުރިހާ ފިޔަވަޅެއް މަންމައަށް އިނގޭ…” އާލިމްގެ އަތުގައި ހިފައިލަމުން އަމީރާ ބުނެލިއެވެ.
“މަންމައަށް އިނގޭ އާލްގެ ހިތުގަ އޮތް އެއްޗެއްވެސް… މަންމަ ޔަގީންކަން ދެން… އައުސް އަކަށް އާލް ބޭނުންވާ މަގާމެއް ނުލިބޭނެ…. ޒީ ކިތަންމެ ވަރަކަށް އުޅުނަސް އައުސްގެ ހިތްވަނީ މާ ކުރިން އެހެން ކުއްޖަކަށް ދީފަ… އެޖާގައެއް އައުސްއަކަށް ނުލިބޭނެ އެކަމަކު ދަރިފުޅަށް ލިބިދާނެ….” މަންމަގެ ހިތްވަރުގެ ބަސްތަކުން އާލިމްއަށް އިތުރު ހިތްވަރެއް ލިބެމުން ދިޔައެވެ.
“އެކަމަކު މަންމާ ދުނިޔޭގަ ނެތް ލޯތްބެއް އައުސް އަކަށް ނުލިބޭނެ އެއްނު!!!” އާލިމް ފެންކަޅިވެގެން ދިޔައީ ކޮއްކޮއާއި މެދު ވިސްނުމުންނެވެ.
“ކެތްކޮށްލާ އަދި ރަގަޅުވާނެ… އައުސްއަށް ވެސް ރަގަޅު ގޮތް މެދުވެރިވާނެ.. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކުގަ!!!” އަމީރާ އާލިމްގެ ގައިގައި ބައްދައިލިއެވެ. ދުވަހަކު ނުވިސްނޭ ފަދަ ގޮތަކަށް މަންމަ ވިސްނައިދިނުމުން ބޮލުން އެތައް ކަމެއް ލުއިވެގެން ދިޔައެވެ. އަދި ޒީޝާގެ ލޯބި ހާސިލް ކުރުމަށް އަޒުމް ކަނޑައެޅިއެވެ. މިހާރު އާލިމް ހުރީ އެކަންޏެއް ނޫނެވެ. މަންމަވެސް އާލިމްއާއި އެކު ވާކަން އިނގުމުން ހިތައް ލިބުން ހަމަޖެހުން ބަޔާކޮށްދެންވެސް ދަތިވިއެވެ.
އަނދިރީގައި ލައިޓަރެއް އަޅާލަ އަޅާލަ އައިޝާ ސޯފާގައި އިނެވެ. ކަރުނުން ފުރިފައިވާ ދެލޯ އެކީ ހުރީ ރަތްވެފައެވެ. އަލިފާންކޮޅު ފެންނަ ކޮންމެ ފަހަރަކު ސިފަވެގެން ދަނީ މަންމަގެ އެނދުމަތީގައި ފިރިހިނަކު ގޮވައިގެން އޮތް މަންޒަރެވެ. އައިޝާގެ ހަޔާތައް ބޯމަތިވި އެންމެ ވަރުގަލަ ވިލާގަނޑާއި އެކީގައި މަންމަ އެފަދަ ގޮތަކަށް ފެނުމުން ބުނެދެން ނޭންގޭ އެތައް އުދާހަކާއި ހައިޖާނެއް އައިޝާގެ ހިތުގައި އުފެދެމުންދިޔައެވެ. އެވަގުތު ހިރަފުސް އަރާފައިވާ މާޒީ އައިޝާގެ ލޯކުރިމަތީ ސިފަވަމުން ދިޔައެވެ.
ކުރީގައި ލައިޝާއާއި އެކީ ހޭދަކުރި އުފާވެރި ދުވަސްތައް އައިޝާގެ ކުލަ ސްކްެރީނުން ފެންނަމުންދިޔައެވެ. ހެވިފައި އެކީ މަޖާކުރި ދުވަސްތައް ފެންނަމުންދިޔައެވެ. ލައިޝާއަށް ކުއްޖަކު ފެނިގެން އައިޝާ ކައިރީ އައިސް އެކުއްޖާގެ ފުރިހަމަކަމުގެ ވާހަކަ ދެއްކި ދުވަސް ހަނދާންވިއެވެ. މަންމައާއި ލައިޝާއާއި އެކީ އަމިއްލަ ދުނިޔޭގައި އުފަލާ މަޖަލުގައި އުޅުން ދުވަސްތަކަށް ހިރަފުސްއެރީ ރިޔާޒްގެ ސަބަބުންނެވެ. އެނުލަފާ އިންސާނާގެ ސަބަބުން މިއަދު އައިޝާގެ އުފާތައް ފޭރިގަނެފިއެވެ. މިއަދު އައިޝާ މުޅިންހެން އެކަނިވެރިޔަކަށް ހަދައިފިއެވެ.
“އާހް…” އައިޝާ ސިހުނީ އަތައް ހޫނުވުމުންނެވެ. އައި ރުޅިން އަތުގައި އޮތް ލައިޓަރު އަތްދަމައި ހޫރައިލިއެވެ.
އެދިޔަ ބާރުމިނުގައި ލައިޓަރު ގޮސް ހުއްޓުނީ ފަރީޝާގެ ފައިބުޑުގައެވެ. މީހެއްގެ ހިލަން ވުމުން އައިޝާ އިސްއުފުލާ ބަލައިލިއެވެ. އޭރުވެސް ފަރީޝާ ހުރީ ގަޔަށް ރަޖާގަނޑު އޮޅައިގެންނެވެ. ފަރީޝާ ފެނުމުން އައިޝާ އެދިޔަ ބާރުމިނުގައި ކޮޓަރިޔަށްވަދެ ދޮރު ޖެހިއެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. ނިދިފައި އޮތް އައުސްއަށް ހޭލެވުނީ ކަންފަތް ބުޑުގައި މީހަކު އައިސް ހަޅޭތްލަވައި ގަތުމުންނެވެ.
“އައުޓީ ތެދުވޭ!!!” ޒީޝާ ބާރު ބާރަށް ގޮވަމުން ދިޔައެވެ.
“ހޫނ.. އެއްކަލަ އަޑުގަދަ ފުރޭތަ އެރީދޯ؟” ކަންފަތުގައި އަތް އަޅައިލަމުން އައުސް ބުނެލިއެވެ.
“ދެން ތެދުވޭ އޮފީހަށް ދާން…” ޒީޝާ ބުނެލިއެވެ. އެއަޑަށް ކައްޓެއް ހެރިގެން ކޮޅަށްޖެހުންފަދަ ގޮތަކަށް އައުސް ކޮޅަށް ޖެހުނެވެ. އަދި ދުވެލާފައި ފާހާނާއަށް ދިޔައެވެ.
“ހާދަ މަސައްކަތައް ފަރުވާތެރިއޭ ދޯ؟” އައުސް ދިޔަ ދިމާއަށް ބަލައިލަމުން ޒީޝާ ބުނެލިއެވެ. އަދި ޒީޝާވެސް އޮފީހަށްދާން ތައްޔާރުވާން ދިޔައެވެ.
އޮފީހުގެ ހަރަތު ފާރުގެ ތެރޭގައި ފައި ޖެހުމާއި އެކީ އައުސް މިސްރާބުޖެހީ އައިޝާގެ ކެބިންއަށް ދިއުމަށެވެ. ހަލުވި ހިންޏެއް ފަދައިން ހިނގާފައި އައިސް އައިޝާގެ ކެބިންއަށް ވަތް އައުސް ހުއްޓުންއެރީ އައިޝާ ފެނުމުންނެވެ. އައިޝާގެ އެންމެ ބަލައިލުމަކުން އައުސްގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ.
“ހުއްދަ ނުހޯދާ ވަނުމަކީ ބޭއަދަބީ ކަމެއް…” އައުސް ފެނުމުން އައިޝާ ފުރަތަމަވެސް ބުނެލީ އެހެންނެވެ. އައުސް ބޭރަށް ނިކުތުމަށްފަހު ދޮރުގައި ޖަހައިލިއެވެ.
“ކަމް އިން..” އައިޝާ ބުނެލިއެވެ.
“ކިހިނެއް ވީ؟” އައުސް ގޮނޑީގައި އިށީނުމުން އައިޝާ ނޫންގޮތަކަށް އަހައިލިއެވެ.
“މާލެ އާދެވުނީމަ ބުނަން އުޅުން ވާހަކަ ކޮބާ؟” އައުސް އަހައިލިއެވެ. އައިޝާ ކުޑަކޮށް ހީލިއެވެ.
“މިވާހަކައިގެ ޕީސްއެއް އައުސް އަކީ… އެހެންވީމަ އައުސްއަށް އިނގުން ވަރަށް މުހިންމު އަހަރެންނަކީ ކާކުކަން… އައިޝާ.. ލައިގެ އިޝީ… ލައިގެ ބެސްޓް ފްރެންޑް…” ސަލާމް ކޮށްލަން އަތް ދިއްކޮށްލަމުން އައިޝާ ބުނެލިއެވެ. ބަސް ހުއްޓިފައި އައުސް އައިޝާގެ މޫނަށް ބަލަމުން ދިޔައެވެ.
“އިޝީ” އައުސް އެނަން ކިޔައިލިއެވެ.
“ހައިރާންވުން ލާޒިމް…. ކުއްލިއަކަށް ލައި ވަކިވެގެން ދިޔައީމަ އައުސް ހިތާމަ ކުރާނެކަން އިނގޭ… ލައި އެގޮތައް ކަންތައްކުރީ ސަބަބެއް ނެތިއެއްނޫން….. އައުސް އަތައް މިއަދު އަހަރެން މި ހަވާލުކުރަނީ އަހަރެންވެސް ހަގީގަތް ބަލަން އަތްނުލާ އެއްޗެއް….” ކައިރިން ފޮތެއް އައުސްއާއި ދިމާއަށް ދިއްކޮށްލަމުން އައިޝާ ބުނެލިއެވެ.
“މީ ކޯންޗެއް؟” ފޮތައް ބަލައިލަމުން އައުސް އަހައިލިއެވެ.
“ބަނޑޭރިގަނޑަށް ނުބަލާ… ތި ފޮތް ކިޔާލާ…. ތި ފޮތް އަހަރެން އަތުގަ އޮންނަތާ ހައަހަރުވީ އެކަމަކު ބަލައިލަންވެސް ނުހުޅުވަން…. ތީ އައުސް ކިޔަންޖެހޭ ފޮތެއް….. ތި ފޮތްކީމަ ހުރިހާ ސުވާލެއްގެ ޖަވާބުލިބޭނެ….” އައިޝާގެ ވާހަކަ ނިމުމުން އައުސް ފޮތް ހިފައިގެން ދިޔައެވެ. އަދި އެކަނި އިނދެގެން ވަރަށް ވިސްނިއެވެ.
“އިޝީ” އަކީ އައުސް ވަރަށް ގިނައިން އަހާ ނަމެކެވެ. ލައިޝާގެ މައިގަނޑު ވާހަކައަކަށް އޮންނާނީ އިޝީގެ ވާހަކަތެކެވެ. އެވާހަކަތަކުން އެކަނިވެސް ލައިޝާގެ ހިތުގައި އިޝީއަށްޓަކައި ވާ މަގާމް އިނގެއެވެ. އައުސްއަށް ވުރެވެސް މަތީ މަގާމެއް ލައިޝާގެ ހިތުގައި އިޝީއަށް ދެވިފައި ވާކަން އައުސް ގަބޫލުކުރެއެވެ. ނަމަވެސް ލައިޝާ ދިިރި ދުނިޔޭގައި ދުވަހަކުވެސް އިޝީއަކާ ބައްދަލު ވާގޮތެއް ނުވެއެވެ. (ނުނިމޭ)
13
23 Comments
Comments are closed.
Yay me 1st. Adi nukiyan. Kiyaafa commenteh kollan eba
So jum ah dhw emme furathama mi part kiyaalevuneemi. Oh god this is so interesting…. Fareesha ah dhen vaanee kihineh baa? Aalim ah zeege loabi libeynetha anekka? Aus athah mi dhinee laishage diary dhw Ifaau? Interesting. Just wow??
Just wow❤
Hihi Ana v slow vaane kiyan. Ehenve nukiyaa comment kuree. So pretty stry. I think laige diaryhen mi dhinee aus ah!! Let’s see what happens.
ވަރަށް ރީތި!! ތަންކޮޅެއް ކުރީ އެކަމަކު
Awesome story I loved it
Omg kihineh evee? Iph fareesha oriyaan kohlleetha ishy e???
Haan I ah vs heevanee eiy laige diary hen e dhinee aus athah ishy. Masha allah v furihama iph. Love it??
Haha eyna naked koh bahattaa. Ok vaane.??
Eyna ah hedhun kolheh gannan vaane dhaan dho
Avahah thi foiy kiyan ulhey auty. So beautiful story.
mi story ge baeh than than kolhun sifavanee sony channel in dhahkkaa drama “beyhadh” ge baithah…
anyways…story reethi
mi storyga aisha ge bai eynee hama beyhadh ga ulhey maya ge gothah… v dheravey mihen bunan aisha ge bai ga maya copy koffa eynee…. 🙁
Omg omg omg. Haha v hevijje farittey ah hadhaaligoiy fenuneema. Haha QueenBee thibunee ragalhah eyna bahattaa oriyaamun. 😛
Loabi vaahaka eh. Ifaau you are great?????
Salhi
Story v furihama. Mee v kiyaa hithun kiyaalevey vaahaka eh. Thankolheh dhigukoh genesdheebala please
Beautiful story
alhey vaahaka thankolheh dhigu kohlabala.. short koh gennanyaa duvaalaku 2 part genas deyn v nun plx.. vvvv kiyaa hithun mi hunnany..
Ahahahaa…
Fareesha yah eyoh v gotheh dhw…
Ekm Aisha ge rulhigadha kamaawvw dhw..
Bt stry hama superb ingey.
Wow waiting for next part. Thedheh Ifaau thankolheh dhigu kohllaa noonee 2 part genesdheebala mee nikamethi kiyun theriyehge aadheys.
Koba story? Miadhu haadha lahey up vaaleh. Waiting please upload fast
Hehe thank you all.??
Salhi 🙂 Masha Allah!!