
މި ދުނިޔެ މަތީ ކަމެއް ކުރަންޏާ ފައިސާ އިން ވިޔަސް އެކަމެއް ނުވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ. މަންމަ މެން ބުނި ގޮތުގައި އަހަރެން ގުޅެން އެންމެ އެކަށޭނަ މީހަކީ އެއީ އެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ.
ފައިސާ އަކީ ދާއިމީ އެއްޗެއް ނޫން ކަމާ އެއީ ވަގުތީ އުފަލެއް ކަމުގައި ބުނެއެވެ. ދިރިއުޅުމަށް ބޭނުން ވަނީ ހަމަ އެކަނި ފައިސާ އެއް ނޫނެވެ. އަދި މުއްސަނދި ކަމެއް ވެސް ނޫނެވެ. ދިރިއުޅުމަށް ބޭނުން ވަނީ ތެދުވެރި ކަމާއި ވަފާތެރި ކަމެވެ. އެކަމުން ނިކަމެތިންނާއި ފަޤީރުން އިސްތިސްނާ އެއް ނުވެއެވެ. ހަމަ އެހެންމެ ފައިސާ އާ ލޯބި އެއީ ވަކި ދޭއް ޗެކެވެ. ތެލާ ފެނާ އެކު ނުވާނޭ ބުނާ އުސޫލުން ފައިސާ އާ ލޯބި ވެސް އެއީ އެކު ނުވާނެ ދޭއް ޗެވެ. އަހަރެން ޤަބޫލު ކުރަމެވެ. އެއްވެސް މަޔަކު އެ މީހެއްގެ ދަރި އަކަށް ދެރަ ގޮތެއް ވާކަށް ނޭދޭނެއެވެ.
ދަރިންނަށް ޓަކައި މައިން ކޮންމެ ކަމެއް ވެސް ކުރާނީ އެ ދަރިންގެ ހެވާ ލާބަ އަށެވެ. އެއްވެސް މަޔަކަށް އެމީހެއްގެ ދަރިއެއް ދުވަހަކު ވެސް ބޮޑެއް ނުވާނެއެވެ. އެއީ ހަމަ ދުނިޔޭގެ އާދައެވެ. އަހަރެންނަށް ވެސް އެވަރު އެނގެއެވެ. އެގޮތުން މަންމަ މެން ނުބުނެ ދިނަސް ކުރަންވާ ކަން ތައް ތަކާއި ނުކުރަންވާ ކަން ތައްތައް ނޭނގޭ ވަރަށް އަހަރެންގެ ސިކުނޑި ވެސް މިހާރު އެހާ ޅައެއް ނޫނެވެ.
އެގޮތުން މަންމަ މެންނަށް ވިސްނައިދޭން އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. ފައިސާ އާ މުދާ ކިތައްމެ ގިނަވި ނަމަވެސް އިޚުތިރާމާ ލޯތްބަކީ ދުވަހަކު ވެސް އެއިން ލިބޭނެ އަދި ގަނެވޭނެ އެއްޗެއް ވެސް ނޫންކަން ހަނދާން ކޮށް ދެމުންނެވެ. އަމުދުން ލޯތްބަކީ ފައިސާ އަށް ގަނެވޭ ވަރަށް ވުރެ ބާރު ގަދަ ރަނަށް ވުރެވެސް އަގުހުރި ވަރުގަދަ ގުޅުމެކެވެ. ވީ އިރު ލޯބި ވުމަކަށް ދެރަ ނިކަމެތި ފަޤީރެއް ނޯންނާނެއެވެ. ހަމަ އެހެންމެ ދެމީހެއްގެ މެދުގައި އުފެދޭ ލޯތްބަކީ އެމީހުންގެ މުސްތަޤުބަލް ބިނާ ކުރުމަށް ކިހާ މުހިއްމު އެއް ޗެއްކަން ތަކުރާރު ކޮށް ހަނދާން ވެސް ކޮށް ދެމުންނެވެ.
އެހެނަސް މަންމަމެން އަހަރެން ދައްކާ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. ވެދާނެއެވެ. ހުރިހާ ކަމެއް ވެސް ފައިސާ އިން ވަޒަން ކުރާތީ މި ޒަމާނަށް ލޯބި އެއީ މާ މުހިންމު އެއް ޗެއްކަން މަންމަމެން ވިސްނަން ބޭނުން ނުވީވެސް ކަމަށެވެ. އެގޮތުން މަންމަ މެންނަށް ވިސްނާ ދިނުންވީ އަހަރެންނަށް ކުރެވުނު ބޭކާރު ކަމަކަށެވެ. އެންމެ ފަހުން މަންމަ މެންގެ ނިންމުން އިއްވިއެވެ. އިހުބަހާއި ފަހުބަސް ކަމުގައި ބުނެއެވެ.
އާދިލް އާ ނީނދެ ނީޝާމް އާ އިނދެއްޖެ ނަމަ ޝާނީ ކިޔައި ދަރިއެއް އެ މީހުންގެ ނުހުންނާނެ ކަމަށާ އަދި މަންމަ މެންގެ ހިޔާވަހި ކަމުން ވެސް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ބުނަމުންނެވެ. އެއް ފަހަރު ވެސް އަހަރެން ނަށް ފަހުން ދިމާވެދާނެ ދެރަ ގޮތަކަށް ކުޑަ ކޮންވެސް ވިސްނައި ލުމެއް ނެތިއެވެ. ހަޤީޤަތް އެނގި ތިބެވެސް މަންމަމެން ނަށް މުހިއްމު ވީ އަހަރެންނަށް ވުރެ ބޮޑަށް ފައިސާއެވެ.
ކުރާނެ ކަމެއްނެތެވެ. މަންމަ މެންގެ ގޮތް ދޫނުކުރުމާއި މަންމަ މެންގެ ބަހާ ޢަމަލު ހުރިގޮތުން މަންމަ މެންގެ ނިންމުމަކީ ފަހުން އެކަމަށް ބަދަލެއް ނުގެންނާނެ ނިންމު މެއްކަން ޤަބޫލުކުރަން އެހިސާބުން އަހަރެންނަށް މަޖުބޫރު ވިއެވެ. އެހެނަސް މަންމަ މެންގެ ނިންމުމަށް އެއްބަސް ވާކަށް އަހަރެންގެ ޒަމީރު ތަނެއް ނުދިނެއެވެ.
ސަބަބަކީ ލޯބި ނުވާ މީހަކާ އިނދެގެން އުފާވެރި ޚަޔާތެއް ވޭތުކުރެވި ދާނެހެން އަހަރެންނަށް ޤަބޫލު ނުކުރެވޭތީއެވެ. އަމުދުން ނުވެސް ދަންނަ މީހެއްގެ އަތް މަށްޗަށް އަހަރެންގެ މުސްތަޤުބަލް ދޫކޮށްލަން ބޭނުން ނުވާތީއެވެ. އަދި އެނގި ހުރެ ހަލާކުގެ ތެރެޔަށް ވެއްޓެން އަހަރެން ނޭދޭ ތީއެވެ. ނީޝާމް އަހަރެން ދެކެ އިންތިހާ އަށް ލޯބި ވެއެވެ. ހަމަ އެ ފަދައިން އަހަރެން ވެސް ނީޝާމް ދެކެ ނިހާޔަތަށް ލޯބި ވަމެވެ. ބަޔަކަށް ނޭނގުނު ކަމުގައި ވިއަސް އަހަރެމެން ދެމީހުން އެކަކު އަނެއްކަކަށް ބޭނުން ވެފައިވަނީ އިންތިހާ އަށެވެ. އަހަރެން ނީޝާމް އަށް އިތުބާރު ކުރަމެވެ. ހިތާ ފުރާނަ އަށް ވުރެވެސް ބޮޑަށެވެ.
އެގޮތުން އަހަރެންގެ ޚަޔާތުގެ ބައިވެރި އެއްގެ ގޮތުގުގައި ނީޝާމް ޚިޔާރު ކުރީ ހުރިހާ ގޮތަކަށް ވެސް ވިސްނައި ފައެވެ. އަހަރެން ނީޝާމް ގެ އަތުގައި ހިފީ ވަރުގަދަ ހިއްވަރަކާ އެކުގައެވެ. ފައިސާ އާ ނުލައިވެސް އުފާވެރި ޚަޔާތެއް ވޭތު ކުރެވި ދާނެކަން މަންމަ މެންނަށް ސާބިތު ކޮށްދިނުމުގެ އަޒުމް ގައެވެ.
އެގޮތުން ކައިވެންޏަށްފަހު އަހަރެން ބޭނުންވީ ދިރިއުޅުންވެސް ނީޝާމް މެންގެ ރަށަށް ބަދަލު ކުރާށެވެ. ކުޑަ އިރުއްސުރެ އުޅެ ބޮޑުވި ގެޔާ މަންމަމެން ދޫކޮށްދާން ޖެހުމުން ދެރަވި ނަމަވެސް އެނޫން ގޮތެއް މިއަދު އަހަރެންނަށް ނެތީމަ އެވެ. އަދި އެއީ އަހަރެމެން ދެމީހުންނަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކިގެންނެވެ.
ނަމަވެސް ނީޝާމް ބޭނުންވީ އަހަރެއްހާ ދުވަހު މާލޭގަ މަޑުކޮށް ލުމަށްފަހު ރަށަށް ބަދަލު ވުމަށެވެ. އަހަރެން ނީޝާމުގެ ނިންމުމަށް މަރުޚަބާ ކީ އުފަލައި އެކުގައެވެ. އަދި އަހަރެން ނީޝާމް އުޅޭ ކޮޓަރި އަށް ބަދަލުވެ ދިރިއުޅުމައިގެން ކުރިޔަށް ދިޔައިމެއެވެ. ކޮޓަރި ކުޑަ ކަމުން ކުރީކޮޅު އުޅެން ވަރަށް އުނދަގޫ ވިއެވެ. ނަމަވެސް ދުވަސް ވީ ވީ ހެން އެތަނަށް އައީ ހޭނެމުންނެވެ.
އެހެނަސް އެގޮތުގައި މާގިނަ ދުވަސްތަކެއް ނުވެއެވެ. ކަންތަށް ދިމާވީ އަހަރެން ހުވަފެނުންވެސް ނުދެކޭހާ ދެރަ ގޮތަކަށެވެ. ރިހޭ ފައިމަށްޗަށް ފޮއެ ވެއްޓުނު ކަހަލައެވެ. އަހަރެމެންގެ ކައިވެންޏަށް ފަސްމަސް ވީ ދުވަހު ރަށުން ގުޅާފަ ނީޝާމު އަށް އެންގީ މަންމަ ވަރަށް ބަލި ކަމަށާ ރަށަށް އަންނަ އެއްޗެއް އޮތިއްޔާ ވީހާވެސް އަވަހަކަށް ރަށަށް ގޮސް ދިނުމަށެވެ.
ކުއްލި އަކަށް މަންމަ ބަލިވި ޚަބަރު ލިބުމުން އަހަރެން ވަރަށް ދެރަވިއެވެ. ނީޝާމު އަށްވެސް ހަދާނެގޮތް ހުސްވި ކަހަލަ އެވެ. އެހެނަސް ކަރު އެލިގެން ފަހަތަކަށް ނުޖެހުނެއެވެ. ކޮންމެ ކަމެއްގައިވެސް ނީޝާމު ސާބިތުވެ ހުރީ އަހަރެންނަށް ޓަކައި ކަމުން އޭނަ އަވަސް ވެގަތީ އޮފީހުން ޗުއްޓީ ލިބޭތޯއެވެ.
ނަސީބު އެހީވީ ނީޝާމު އާ އެއްކޮޅަށެވެ. އެއްމަސް ދުވަހުގެ ޗުއްޓީ އޮފީހުން ހަމަޖެހިގެން ދިއުންވީ ނީޝާމުގެ އިތުރުން އަހަރެންގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނު ކަމަކަށެވެ. އަދި ލިބުނު ކުޑަ ވަގުތު ކޮޅުގެތެރޭގައި އެ ދުވަހުން ދުވަހަށް ދަތުރުގެ ހުރިހާ ކަމެއް ނިންމާ ދަތުރަށް ތަތްޔާރު ވީމެވެ.
ނުނިމޭ
4 Comments!
Comments are closed.
Nice
Beykaaru vaahaka ginaee
Beykaaru vaahaka
thanks all lovey coments