“ހެހެހެ………މަ ހާދަ ތަޅުވާ ހިތްވެޔޭ އޭނަ. ކުރީދުވަހު އަހަރެން ގުޅާފަ ބުނިން އަނެއްކާވެސް އަނބިދަށުވެގެންހޭ ތިއުޅެނީ. މިފަހަރު މުޅިން ވެސް އަނބީގެ ބަހަށް ހެއްލުނީހޭ. ތިހެން އުޅެންޏާ މަ އަނެއްކާވެސް އަނބި ޖަހައިގަންނާނަމޭ. ހެހެހެހެހެ……..މަށަށް ހަމަ ޔަޤީން އޭނަ މިހާރު އަލްބަމެއް ހަދަން ފަށާފާނެކަން. ރަނގަޅަށްވިއްޔާ މިހާރުއްސުރެ އަންހެނުންނާ މައްސަލަޖެހިފަ އޮންނާނީ. ވީހާވެސް ރަނގަޅީ އޭނަ އެގޮތަށް އުޅުނިއްޔާ. އަލްބަމެއް ނެރޭއިރަށް އޭނަ ދުވަހަކުވެސް އަޑިއަށް ނުފޮނުވޭވަރަށް ފޮނުވޭނީ އޭނަ މިހާރުއްސުރެ އެ ހާސްކަމުގަ އުޅެންޏާ. މިހާރު ވެސް އޭނަގެ ލަވަތަށް އެބަ އުޅޭ ދުނިޔޭގެ ޗާޓުގަ. މަ ބޭނުމީ އޭނަގެ ސޫރަ ޓީވީއިން ވެސް ނުދެއްކޭނެ ވަރަށް އޭނަ ބަދުނާމު ކުރަން!” އަޒާންގެ ކަނާތް ފަރާތުން ފަސް ފިޔަވަޅު ދުރުގައި ހުއްޓިހުރި އެ ބިޔަ ފިރިހެން މީހާގެ ވާހަކަ ނިމުނީ ރުޅިވެރި އަޑަކުންނެވެ. އެ މީހާ އެ ދެއްކީ ކާކުގެ ވާހަކަކަން ނަގައިގަނެވުނު ވަގުތު އަޒާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. އެ މީހަކު އިތުރަށް ވާހަކަ ދެއްކިއެއްކަމަކު އަޒާނަށް އެއަށް ސަމާލުކަމެއްދެވޭ ގޮތެއް ނުވިއެވެ. ތިއްތިބެއާއި މެދު ވިސްނެން ފެށުމާއެކު އޭނައަށް ކައިރިން ފެންނަމުން މި ދިޔަ ސޫރައަކީ އޭނައަށް އާ ސޫރައެއް ނޫންހެން އޭނައަށް ހީވިއެވެ. އެ އަލިކޮށް ހުރި ބިޔަ މޫނާއި ތުނިކޮށް ކޮށާލެވިފައިވާ ބުޅި އިސްތަށިގަނޑު އޭނައަށް ފެނުނީ އަލަށް ނޫންހެން އަޒާނަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އެ ސޫރަ އޭނައަށް ފެނުނީ ކޮންތަނަކުންކަން ނަގައިގަންނަން އަޒާނަށް ހިނދުކޮޅެއް ނެގިއެވެ. އެހެނަސް ދެންވެސް އެމީހެއްގެ ނަން ހަނދާނަކަށްނައެވެ. އަޒާން ވިސްނުމެއްގެ ތެރޭގައި އެމީހާއަށް ބަލަން ހުއްޓާ އެމީހާ ފޯނު ކަންފަތުން ވަކި ކޮށްލަމުން އަޒާނާއިވީ ފަރާތަށް އެނބުރިލުމާއެކު އޭނައަށް ސިހުމަކާއެކީ އިސްޖަހާލެވުނެވެ. އެ މީހާ ފޯނާއި ކުޅެމުން އަޒާންގެ ފުރަގަހުން ގޮސް އޭނައަށް ފަސްދިނުމުން ވެސް އަޒާނަށް ދެންވެސް އެއްފަހަރު އޭނައަށް ބަލާލެވުނެވެ. އެމީހާ ފިހާރައިން ނިކުމެގެން ދިޔަތަން ބަލަން ހުރެފައި އަޒާން އައިމަން ހޯދަން އަވަސްވެގަތެވެ.
“އައްމު!” މިނެޓްތަކެއްގެ ހޯދުމަށްފަހު އަޒާނަށް އައިމަން ފެނުނީ ހަރުގަނޑެއްގެ ކައިރީގައި ކަކޫމައްޗަށް ތިރިވެ އިންދައެވެ. ދެންމެ އިވުނު ވާހަކައިންނާއި ބާރަށް ހިނގުމުގެ ސަބަބުން އޭނަގެ އަޑުގައި ހާސްކަމެއްވިއެވެ.
“ޔަޕް!” އައިމަން އެތާހުރި ޔޯގަޓް ތަށްޓެއް ނަގައި އޭގެ ބޭރު ބަލަމުން ޖަވާބު ދިނެވެ. އޭނައަށް އަޒާންގެ އަޑުގައި ތަފާތެއްވިކަން ފާހަގަ ނުވާ ފަދައެވެ.
“އައްމު….ދެންމެ…..މީ، ތި…ތިއްތިބޭގެ ވައިފް ފިލްމެއް ކުޅުނެއްނުދޯ؟” އަޒާން އޭނަގެ އަޑު ހަމައަކަށް އެޅޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ. އޭނަ މި ޚަބަރުގެ އަސްލު އެނގުމެއްނެތި އައިމަން ހާސްކުރުވާކަށް ބޭނުމެއްނުވިއެވެ.
“އާނ…….ދީވާނާ ހިތް މަގޭ. ފޫހި ފިލްމުގަނޑެއް ހުވާ!” އައިމަން މެހެނާޒަށް އަންނަ ރުޅިއެއްގެ ސަބަބުން ބުނެލިއެވެ.
“މީ…..އެ ފިލްމް ކުޅުނު ފިރިހެން މީހާއަށް ކިޔަނީ ކީކޭ؟” އަޒާން ނޫންކަމަށް ހަދާފައި ސުވާލުކުރީ އޭނަ ނެތް ހަނދާނެއް އައިމަން ހުންނާނެއޭ ހިތާއެވެ. އޭނައަށް ވުރެ ބޮޑަށް އައިމަނަށް ފިލްމީ ދާއިރާގެ މަޢުލޫމާތު އެނގޭތީވެއެވެ. އަޒާންގެ އެ ސުވާލުން އައިމަން ނުރުހުންވެފައި ކަހަލަ ގޮތަކަށް އަތުގައި ހުރި ޔޯގަޓް ތަށި ހަރުގަނޑުގައި ބެހެއްޓިއެވެ. އެއަށްފަހު އެ ނުރުހުންތެރިކަމާއެކީ ކޮޅަށް ތެދުވިއެވެ.
“މާޒިންއެކޯ އޭނައަށް ކިޔަނީ! ޒާން އޭނަގެ ފޭނަކަށްވުމުގެ ކުރިން އޭނައާއި ބެހޭގޮތުން ވާހަކަތަކެއް ބުނެލަން ބޭނުން #. އެ މާޒިންއަކީ ތިއްތިބޭގެ ވައިފްއާ އެއްކޮށް ތިއްތިބެއަށް ޗީޓްކުރި މީހެއް. ދޭއި ބޯތް ހާޓް ހިމް އަ ލޮޓް! އަހަންނަށް ވެސް މި ހުރިހާ ވާހަކަތައް ސާފުވީ އެ މެހެނާޒްގެ މަރުގެ ސިއްރު އެނގޭތޯ ބަލަންވެގެން ސާޗްކޮށް ނޫސްތައް ކިޔަން ފެށީމަ. ދޭއި އާރ ޖަސްޓް ޑިސްގަސްޓިންގް francepharmacie.fr!” އައިމަން އެހެން ބުނެ އާދައިގެ މަތިން ރުޅިވެރިކަމާއެކީ ނުބައި ބަސްތަކެއް ކިޔާލިއެވެ. އަޒާނަށް އައިމަންގެ ރަތްވެފައިވާ މޫނަށް ބަލަން ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. ދެންމެ އޭނައަށް މި ފެނުނީ އައިމަން އެ ސިފަކުރި ނުބައި ޝަޚުޞިއްޔަތުކަން އޭނައަށް އެވަގުތު ޔަޤީން ކުރެވުނެވެ. މާޒިން އުޅެނީ އަނެއްކާވެސް ތިއްތިބެއަށް ކެއްސެއްދޭންކަން އެނގުންވުމުން އަޒާންގެ ހިތް ނުތަނަވަސްވިއެވެ. އޭނަ ވީހާވެސް އަވަހަކަށް މި ޚަބަރު ތިއްތިބެއަށް ގެންގޮސްދޭންވީ ކަމަށް އޭނަގެ ސިކުނޑި ބުނެލައިފިއެވެ.
އަޒާނަކީ އެކަނި ދަތުރުކުރަން އާދަވެފައި ހުރި ކުއްޖަކަށް ނުވިޔަސް އޭގެ އަނެއްދުވަހުގެ ހެނދުނު ހެނދުނާ ހޭލައިގެން އޭނަ ޑްރައިވަރާއިއެކީ ފޭދުއަށްދާން ދަތުރުފެށިއެވެ. މިއީ އައިމަންގެ އާދައެއް ކަމަށްވިޔަސް މި ނޫނީ އަޒާން ދުވަހަކުވެސް ގޭގެ އެކަކަށްވެސް އެންގުމެއްނެތި ގެއިން ނިކުމެގެން ގޮސްފައި ނުވެއެވެ. ދުވަހަކީ ހުކުރު ދުވަހަށްވެފައި އެ ގަޑީގައި ގޭގެ އެންމެން ތިބީ ގަދަ ނިދީގައެވެ. އޭނަ އަނބުރާ ގެއަށް އަންނައިރު ވެސް މަންމައާއި ބައްޕައާއި އައިމަން ހޭލާނެހެނެއް އޭނައަށް ހިއެއްނުވެއެވެ. އެމީހުންނަށް އޭނައަށް އިވުނު ވާހަކަތައް ނާންގަން އަޒާން ނިންމީ ތިއްތިބެއާއި ބެހޭގޮތުން ގޭގެ ތެރޭގައި ވާހަކައެއް ދެކެވިއްޖެނަމަ ގޭގެ ހިމޭންކަން ނެތިދާނެކަން ޔަޤީން ކުރެވޭތީވެއެވެ. އައިމަން ކައިރި ބުނެފިނަމަ އޭނަ މަންމައާއި ބައްޕައާއި ޙިއްޞާކުރާނެކަން އަޒާނަށް އެނގެއެވެ. އެ ވާހަކަތައް އިވިފައި މަންމައާއި ބައްޕަ ވަކި ތިއްތިބެއަށް އެހީވާކަށް ނޫޅޭނެކަން ވެސް އަޒާނަށް އެނގެއެވެ. ތިއްތިބެ ގެއިން ނިކުމެގެން ދިޔަ ދުވަހު އެމީހުންގެ ބޮލުގައި ވެސް އެޅުވި އިލްޒާމްގެ ސަބަބުން އެ ދެމީހުންވެސް ތިބެނީ ތިއްތިބެއަށް ހިސާބަކަށް ނުރުހުންވެފައެވެ. ވަކިން ޚާއްޞަކޮށް ބައްޕައެވެ. އެހެނަސް އެއީ އެކަން ވާންޖެހޭ ގޮތެއް ނޫނެއްނޫން ހެއްޔެވެ؟ ހަމައެކަނި އެއްވަގުތުކޮޅެއްގައި ޖަޒުބާތުގައި ޖެހުމުގެ ސަބަބުން ބުނެވޭ ބަސްތައް ގުޅުން ކަނޑާލަންޖެހޭ ސަބަބަކަށްވެގެން ނުވާނެ ނޫންހެއްޔެވެ؟ މަންމައާއި ބައްޕައަށް އެކަން ވިސްނޭނެ ނަމައެވެ. ކޮންމެއަކަސް އަޒާން އޭނައަށް ވެވުނު ވަރަކުން ގުޅުން ދަމަހައްޓަން ނިންމިއެވެ. އޭނައަކީ މީހުންނާއި ވާހަކަ ދައްކައި އެކުވެރިވާން އެހާ މޮޅު މީހަކަށް ނުވިޔަސްމެއެވެ.
ވިސާމްގެ ތަނަވަސް ގޭގެ ދޮރު ކައިރީގައި މަޑުކޮށްލި ވަގުތު އޭނަގެ ދެއަތް ފިނިވެ ހިތުގެ ތެޅުން އަވަސްވިއެވެ. މިވަގުތު އެގޭގައި ތިއްތިބޭގެ އިތުރުން ތިއްތިބޭގެ އަންހެނުން ވެސް އުޅޭނެކަން ހަނދާންވި ވަގުތު އޭނަ އިތުރަށް ނުތަނަވަސްވިއެވެ. ދުވަހުގެ އެ ވަގުތު ގޭގެ ބެލް ޖަހާލުމުން އެމީހުންނަށް އުނދަގޫވެދާނެއޭ ހިތައި އަޒާން އަނބުރާ ދާންވެސް އުޅުނެވެ. އެހެނަސް މާޒިންގެ ރުޅިވެރި އަޑު ހަނދާނަށް އައުމުން އަޒާން ހިތްވަރުކޮށްފައި ތުރުތުރު އަޅަމުން ދިޔަ އަތުން ގޭގެ ބެލް ޖަހާލިއެވެ. މާ ގިނައިރެއްނުވެ ގޭގެ ދޮރު ހުޅުވުނެވެ.
“ކޮން ކުއްޖެއް؟” ދޮރު މަތީގައި ހުރި ޝަފަޤް ހުރީ ހިނިތުންވެގެނެއްކަމަކު އޭނަގެ ނިތަށް ރޫގިނަވިއެވެ.
“ޒަން…ނާން…..އަ….އަޒް…..އަޒާން! އަޒާން.” ދުވަހަކުވެސް ނުފެންނަ މީހަކު އޭނައާއި މުޚާތަބު ކުރުމުން އާދައިގެ މަތިން އަޒާންގެ އަނގަ އޮޅޭ ގޮތްވިއެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ.
“އަޒާން……އަޒާން ޚާލިދު، ދޯ؟” ޝަފަޤް މަންމަގެ ވާހަކަތައް ހަނދާން ކޮށްލަމުން އޭނަގެ ކުރިމަތީގައި ހުރީ ކޮން ކުއްޖެއްކަން ދެނެގެންފިއެވެ. އަޒާން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލަމުން ބޯޖަހާލިއެވެ.
“ހެހެ…..އަވަހަށް ވަދޭ…..މިޝީ ދޫނި ބަލާބަލަ މިހިރީ ކޮން ބޭބެއެއް؟” ޝަފަޤް އެ ދޮރު ބޮޑުކޮށް ހުޅުވައި އަޒާނަށް ތަންދައްކަމުން ސިޓިންގް ރޫމުގެ ސޯފާގައި އިން މިޝްކާއަށް ގޮވާލިއެވެ. މިޝްކާ ސޯފާއިން ތެދުވުމެއްނެތި ދޮރާއި ދިމާލަށް ބަލާލި ވަގުތު އަޒާން ވަދެފިއެވެ. މިޝްކާ އަޒާން ފެނިފައި ދެބުމަ ކައިރި ކޮށްލަމުން ތިރީ ތުންފަތް ފުރޮޅާލިއެވެ.
“ހެހެހެ……..މިޝީއަށް ނޭނގޭނެ ޒާންބެ. އެހާ ކުޑައިރުވިއްޔާ ފެނުނީ. އެކަމަކު މިއީވެސް ބޭބެއެއް އިނގޭ. ހާދަ ބޮޑުވެއްޖެޔޭ ކޮއްކޮ…..” އަޒާން ގޮސް މިޝްކާގެ ކައިރިއަށް ކަކޫމައްޗަށް ތިރިވެ މިޝްކާގެ ބޮލުގައި ފިރުމާލިއެވެ. ޝަފަޤްގެ ފަރާތުން ފެނުނު އެކުވެރިކަމާއި އެތައް ދުވަހެއްފަހުން މިޝްކާ ފެނުމުން އޭނަގެ ހިތުގައިވި ނުތަނަވަސްކަން ފިލައިދިޔައެވެ.
“އުނހު! ކޮއްކޮ ބޭބެ ކިޔަން ބައްޕިގެ ފްރެންޑަކަށް. ތި ބޭބެއަށް ކިޔާނީ ޒޯންބެ.” މިޝްކާ ސީރިއަސްކަމާއެކީ އަޒާން ބުނި ނަން ހަނދާންކޮށްފައި އެހެން ބުނެލުމާއެކު އަޒާނަށާއި ޝަފަޤަށް އެކީގައި ހެވުނެވެ.
“އަޒާން ސައިބޮއިގެންތަ ތިއައީ؟” ހުނުމުގެ ތެރެއިން އެހެން އަހާލަމުން ޝަފަޤް ހުނުން ހުއްޓާލިއެވެ.
“ސައި ބޭނުމެއްނޫން. ތިއްތިބެ ކޮބައިތަ؟” އޭނަ އައި މަޤްޞަދު ހަނދާންވެފައި އަޒާން ކޮޅަށް ތެދުވިއެވެ. ތިއްތިބެއަކީ ކާކުކަން ނަގައިގަންނަން ޝަފަޤަށް ހިނދުކޮޅެއް ނެގިއެވެ.
“ތިއްތިބެ ގޭގަ ނެތް. ޖޮގިންގްއަށް ގޮއްސަ ހުރީ.” ޝަފަޤް ސީރިއަސް މޫނަކާއެކީ ބުނެލިއެވެ. ވިސާމާއި އޭނައާއި ދެމެދު އަދިވެސް މާ ބޮޑު ވާހަކައެއް ނުދެކެވޭތީ އޭނަ ހުރީ ހިތްދަތިވެފައެވެ. ހަމަ އެ ހިނދުކޮޅުގެ ތެރޭގައި ވެސް ވިސާމާއެކީ ހޭދަކުރި ހުރިހާ އުފާވެރި ވަގުތުކޮޅެއް އޭނަގެ ލޯކުރިމަތިން ސިފަވެގެން ދިޔައެވެ. ވިސާމްގެ އެ ގާތްކަން އޭނައަށް ދެން އިޙްޞާޞެއް ނުކުރެވޭނީތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ.
“އޮހް…….” ޝަފަޤްގެ ހިތް ދެރަވީ ވަގުތު އޭނަގެ ޖަވާބުން އަޒާންގެ ހިތް ވެސް ގެނބުނެވެ.
“ކީއްވެ ތިއްތިބެ ހޯދަން ތިއައީ؟” އަޒާންގެ މޫނުމަތީގެ ކުލަވަރު ފެނިފައި އޭނަ ބުނަން އައީ މުހިއްމު ވާހަކައެއްހެން ޝަފަޤަށް ހީވިއެވެ. އަޒާނަށް އިރުކޮޅެއް ވަންދެން ޝަފަޤަށް ބަލަން ހުރެވުނެވެ. މި ވަގުތަށް ދާންވީއޭ ހިތަށްއެރިއެވެ. އެހެނަސް މި ވާހަކަ ތިއްތިބެއަށް ފޯރުމެއްނެތި ގިނައިރު ވާ މިންވަރަކަށް ތިއްތިބެ ގާތްވަމުން އެދަނީ ފުން މިން ނޭނގޭ އަނދަވަޅަކާއެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން އަޒާނަށް ވަގުތުން ވާހަކަ ދެކެވުނެވެ.
“އަޅުގަނޑު….ތިއްތިބޭ ދައްތައާ ވަކިން ވާހަކަ ދައްކަން ބޭނުން.” އަޒާން އެވަގުތުން އެވަގުތަށް ނަމެއް ހަދާލަމުން ވެސް އެހެން ބުނެލީ ސީރިއަސްކަމާއެކީގައެވެ. ޝަފަޤް ބޭއިޚްތިޔާރުގައި ހިނިތުންވެލުމަށްފަހު ވަގުތުން މިޝްކާ ހައްލަން ފެށިއެވެ. މާ ގިނައިރެއްނުވެ އެއްޗެއް ކުރެހުމުގެ ބަހަނާގައި މިޝްކާ ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. މިޝްކާ ލޯމައްޗަށް ގެއްލުމުން އަޒާން ސޯފާގައި އިށީނުމަށް ޝަފަޤް ޢިޝާރާތް ކުރިއެވެ. އަޒާން ދިގު ސޯފާގައި އިށީން ވަގުތު ޝަފަޤް އެތާ ވަކިން ހުރި ސޯފާގައި އިށީނެވެ. އެތާ ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އޮތް މުޞްޙަފު އަޒާންގެ ލޮލުގައި އެޅީ އެ ވަގުތެވެ. ހަމަ އެއާއެކު އޭނަގެ މެއަށް ގޮތެއްވިއެވެ. އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު ޝަފަޤް ކީކޭތޯ އަހާލިއެވެ. އެއާއެކު އަޒާން ހަމައަކަށް އެޅުމުން އިއްޔެ ފިހާރައިގެ ތެރެއިން އަޑުއިވުނު ވާހަކަތައް އޭނަ ޝަފަޤާއި ޙިއްސާ ކުރިއެވެ. މާޒިންގެ ނަން އިވުނީއްސުރެ ޝަފަޤްގެ މޫނުމައްޗަށް ކަންބޮޑުވުން ވެރިވަމުން ދިޔައެވެ. އަޒާން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުންވެސް އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެ އިނދެވުނީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ.
“މި ވާހަކަތައް ވީހާވެސް އަވަހަކަށް ތިއްތިބެއަށް ކިޔައިދިނުން އެދެން. ހިއެއްނުވޭ މާޒިންގެ ރޭވުން ކުޑަ ރޭވުމަކަށް ވާނެހެންނެއް. ތިއްތިބެ އާ އަލްބަމެއް ހަދަން ފަށައިފިތަ؟” އަޒާން އަހާލިއެވެ.
“ފެށި. އެކަމަކު މިހާރު އެކަން ހުއްޓައިފިހެން ދައްތައަށް ހީވަނީ.” ޝަފަޤް އެރޭ އޭނައާއި ވިސާމްގެ ދެމެދުގައި އުފެދުނު ޒުވާބު ނިމުނުގޮތް ހަނދާނަށް ގެންނަމުން ބުނެލިއެވެ. އެހެނަސް ވިސާމްގެ އެ ބަސްތަކުގައި ބުރަދަނެއް ވާހެން ޝަފަޤަށް ހިއެއްނުވެއެވެ. އެއީ ވިސާމް އެރޭ އިން ކޮޓަރި އަދިވެސް ހުރި ގޮތަށް އެބަހުއްޓެވެ.
“ހުއްޓިތޯ ޔަޤީންކޮށްދޭތި. ޕްލީޒް ޑޫ ސޭވް ހިމް ދިސް ޓައިމް.” އަޒާން އާދޭހުގެ ރާގަކަށް އެހެން ބުނެލަމުން ކޮޅަށް ތެދުވިއެވެ. ޝަފަޤް ބޯޖަހާލަމުން ވައި އަޑުން އިން ޝާ ﷲ އޭ ބުނެލިއެވެ. ޝަފަޤް ބުނި އެއްޗެއް ނަގައިގަނެވުނު ވަގުތު އަޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް އަނެއްކާވެސް ބަލާލެވުނީ ކުރިމަތީގައި އޮތް މުޞްޙަފަށެވެ.
“ސުވާލެއްކޮށްލަންތަ؟” އަޒާން އަހާލިއެވެ. ޝަފަޤް އަޒާނަށް ބަލާލަމުން ހޫންލައްވާލިއެވެ.
“މިގޭގަ ޤުރުއާން ކިޔަވަނީ ކޮން ބައެއް؟” އަޒާން ކޮށްލި ސުވާލުން ޝަފަޤްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
“ދައްތައާއި މިޝްކާ. ތިއްތިބޭ ބައެއްފަހަރު އަޑު އަހައިގެން ހުރޭ ދައްތަ ކިޔަވާއިރު.” ޝަފަޤް ވިސާމްގެ ވާހަކަ އިތުރު ކޮށްލީ އަޒާން އަޑުއަހަން ބޭނުންވާނީ އޭނަގެ ވާހަކައޭ ހިތާއެވެ.
“ލެޓް މީ ގެސް. ދައްތަ ލަވަ އަޑު ނާހަންދޯ؟ އެހެންވެ ތިއްތިބެ ލަވަ ކިޔުން ހުއްޓާލީ؟” އަޒާން އެއްޗެއް އޮޅުން ފިލުވަން އުޅޭ ފަދައަކުން އަހަމުން ދިޔައެވެ. ޝަފަޤް ފުން ނޭވައެއް ދޫކޮށްލިއެވެ.
“އާނ ދައްތަ ލަވަ އަޑު ނާހަން. އަޑު އަހާ ހިތެއްނުވެސްވޭ. އަބަދުވެސް އަޑުއަހާ ހިތްވަނީ ޤުރުއާން. ޙަޤީޤީ ދުނިޔެއަކީ ނުވާ އެއްޗެއްކަން ސާބިތުކޮށްދޭން މަސައްކަތް ކުރާ އެއްޗަކަށްވުރެ ޙަޤީޤީ ދުނިޔެއާއި ކުރިމަތިލާން ހިތަށް ސާބިތުކަން ދޭ އެއްޗެއް ދައްތަ ޚިޔާރު ކުރަނީ.” ޝަފަޤް އެހެން ބުނެލަމުން މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލީ އަޒާން އޭނަގެ ވާހަކައާއި ދެކޮޅު ހަދާނެއޭ ހިތާއެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް އަޒާން ވެސް ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލި ގޮތުން އޭނަގެ ހިތުގައި އަޒާނަށްޓަކައި ކުލުނެއް އުފެދުނެވެ. އަޒާން އެގެއިން ނިކުމެގެން ދިޔަތަން ބަލަން ޝަފަޤަށް އިނދެވުނީ އަޒާނަށް ހިދާޔަތް އިތުރުކޮށްދެއްވުމަށްއެދި ދުޢާކުރާ ޙާލުގައެވެ.
އަޒާން ދިޔަތާ މާ ގިނައިރެއްނުވެ ދާހިއްލާ ފޯވެފައި ހުރި ވިސާމް ގެއަށް ވަތް މަންޒަރު ފެނިފައި ޝަފަޤްގެ ހަނދާނަށް ވަގުތުން އައީ އަޒާން ދެއްކި ވާހަކަތަކެވެ. ވިސާމަށް ގޭގެ ތެރެއަށް ނުވެސް ވަދެވެނީސް ޝަފަޤް އޭނަގެ ކައިރިއަށް ދާން ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ. އޭނަ ވިސާމްގެ ކުރިމައްޗަށް ގޮސް ހުއްޓުނުތަނާހެން ވިސާމް ކުއްލިއަކަށް އޭނަގެ އަތަށް ދަމައި ގެނެސް ބައްދާލި ގޮތުން ޝަފަޤްގެ ހިތް އަވަސްވިއެވެ.
“އޯންވް……ލޯބި އަހަރެން އެހާ ކުޑަ ވަގުތުކޮޅަކަށް ދިޔައިމަވެސް މިސްވީތަ؟” ވިސާމް ޝަފަޤްގެ ގައިގައި ބައްދައިގެން ހުރެ ދެފަރާތަށް މަޑުމަޑުން ހެލުވެން ފެށީ ދެ ލޯބިވެރިން ނަށަން އުޅޭ ފަދައަކުންނެވެ. އެވަގުތު އޭނަގެ މޭމަތީގައި ބޯއަޅައިގެން އޮތް ޝަފަޤް ހުރީ ވިސާމަށް މިއައި ކުއްލި ބަދަލާއިމެދު އަންތަރީސްވެފައެވެ.
“ހަގީއެއް ދިނީމަ ލަދުންތަ އެއްޗެކޭ ނުބުނީ؟ ހިއެއްނުކުރަން ތިއީ ތިހާ ލަދުގަންނަ ކުއްޖެއްކަމަށް. ލޯބި ހަނދާން ނެތުނީތަ އެރޭގެ މަތިން؟” ވިސާމް ޝަފަޤާއި ދުރުވެލަމުން އެހެން ބުނެ އެއްލޯ މަރާލިއެވެ. ޝަފަޤް އެވަގުތު ޙައިރާންކަމުން ފުރިބާރުވަމުން ދިޔައެއްކަމަކު ވިސާމް ބުނެލި ވާހަކައިން އޭނަގެ މުޅި މޫނު ރަތްވިއެވެ. އޭނައަށް މޫނުގައި އަތް އަޅާލަމުން ވިސާމަށް ފަސްދީފައި ދާން ހިނގައިގަނެވުނެވެ. އެހެނަސް މާ ދުރަކަށް ނުދެވެނީސް ވިސާމް އޭނަގެ އަތުގައި ހިފަހައްޓާލަމުން އޭނަގެ ނަމުން ގޮވާލިއެވެ.
“ޝަފޫ ޑާރލިންގް މަޑުކޮށްލަބަލަ އިހަށް.” ވިސާމް ދެންވެސް ސަމާސާ ރާގަކަށް އެހެން ބުނެލަމުން ލަސް ފިޔަވަޅުތަކެއް އަޅާލަމުން ޝަފަޤާއި ގާތްވެލިއެވެ. ވިސާމްގެ ޙަރަކާތްތަކުގެ އަސްލު ނޭނގޭ ކަމަށްޓަކައި އޭނަ ހިސާބަކަށް ބިރުގަންނަ ގޮތްވެސްވިއެވެ. އެހެނަސް ދެން ވިސާމް ވާހަކަ ދެއްކި ރާގުން އޭނަގެ ހިތް ވިރިގެން ދާން ފެށިއެވެ.
“ޝަފަޤް، އަހަންނަށް އިނގޭ ޝަފަޤް ތިހިރީ މިހާރު ވަރަށް ދެރަވެފަކަން އަހަރެން އެގޮތަށް ވާހަކަ ދެއްކީމަ. އެކަމަކު އަސްލު ޝަފަޤްގެ އެއްވެސް ކުށެއްނެތް. އަހަންނަށް މާ ބޮޑަށް ރުޅިގަދަ ކުރެވުނީ އެރޭ. ޝަފަޤްއަށް ވެވެންޏާ އަހަންނަށް މަޢާފުކޮށްދޭތި. އަހަރެން ޝަފަޤްއާ ދުރުގަ ނުއުޅޭނަން ދެނެއް. މިޝްކާގެ ހާޒިރީގައި ވެސް އަދި ޣައިރު ހާޒިރީގައި ވެސް. އެއީ އެދެވަގުތު ވެސް އަހަރުމެންގެ ގުޅުން ރަނގަޅު ނުވާހާ ހިނދަކު އަހަރުމެންނަށް އެންމެ ފުރިހަމަ ގޮތުގަ ޢާއިލާއެއް ބިނާ ނުކުރެވޭނެތީ. އެހެންވީމަ އަހަރެން ބޭނުންވޭ އާ ފެށުމަކުން ފަށަން، ޝަފަޤް. އަހަންނަށް އެ ފުރުޞަތު ދީ.” ވިސާމް އާދޭހުގެ ނަޒަރަކުން ޝަފަޤަށް ބަލަން ހުރެ ބުނެލިއެވެ. ޝަފަޤަށް ވިސާމަށް ބަލަން ހުރުން ނޫންކަމެއް ނުކުރެވުނެވެ. އޭނަ ބަލަބަލާހުއްޓާ ވިސާމް އޭނަގެ ސޯޓުގެ ޖީބުން ތަޅުދަނޑި ފައްޗެއް ނެގިއެވެ. އެއަށްފަހު އޭގެ ތެރެއިން ތަޅުދަނޑިއެއް ވަކި ކޮށްލަމުން ސީދާ އޭނަގެ ކައިރީގައި ހުރި އޭނަ ޅެން ލިޔާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި އެ ދޮރު ތަޅުލުމަށްފަހު އެ ތަޅުދަނޑި ފަތި ޝަފަޤްގެ އަތަށް ލައިދިނެވެ.
“އަހަންނަށް ކުރާ އިތުބާރު ގެއްލޭ ކޮންމެ ފަހަރަކު މިއަށް ބަލާލާތި. މީތި ދެން އޮންނާނީ ޝަފަޤްގެ އަތުގަ.” ވިސާމް ޝަފަޤްގެ އެ އަތުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. ދެންވެސް ޝަފަޤް އެއްޗެކޭ ނުބުނުމުން ވިސާމް ޝަފަޤާއި ދުރަށްޖެހިލިއެވެ. އޭނަ ޝަފަޤަށް ފަސްދޭން އުޅުނު ވަގުތު ޝަފަޤް ކުއްލިއަކަށް އޭނަގެ ގައިގައި ބައްދާލިއެވެ. ވިސާމްވެސް ލަސްލަހުން ޝަފަޤްގެ ގައިގައި ބައްދާލި ހިނދު އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. އޭނަ ދެންމެ ޖައްސާލީ ދުވުމުގެ ތެރެއިން އޭނަގެ ޚިޔާލަށް އައި ޑްރާމާއެއްގެ ބައެކެވެ. އޭނަ މިފަހަރު ކުޅިގަނޑެއް ރާވާލީ މާޒިން ކޮންމެ ކަމެއް ކުރިޔަސް އޭނައަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދައަކުންނެވެ. ކުރީ ފަހަރު ގޮތަށް މިފަހަރު ވެސް މާޒިން އޭނަގެ އަންހެނުންނާއި ގާތްވާން މަސައްކަތް ކުރާނެކަން ވިސާމަށް ޔަޤީން ކުރެވެއެވެ. އެކަމުގެ ތެރެއިން މާޒިން ބޭނުންވަނީ އޭނަގެ ސިކުނޑި ހާސްކޮށް އޭނަ ދަށްކޮށްލާށެވެ. އެހެނަސް މިފަހަރު އެހެންނެއްނުވާނެއެވެ. މިފަހަރު މާޒިން އޭނަގެ އަންހެނުން ގޮވައިގެން ދިޔަޔަސް އޭނައަށް މައްސަލައެއްނެތެވެ. އޭނަ މިވަގުތަށް ޝަފަޤް ހައްލާލީ މިޝްކާއަށްޓަކައެވެ. މެހެނާޒް ގޮތަށް ޝަފަޤް ވެސް މާޒިނާއި ކައިރިވެ އޭނަ ދޫކޮށް ދިޔުމުން ޝަފަޤް ވެސް ކިހާ ގޯސްކަން އޭނައަށް މިޝްކާއަށް ސާބިތުކޮށްދެވިދާނެއެވެ. މިފަދަ ޚިޔާލުތަކުން ހިތް ފުރުވާލި ވިސާމަށް ނޭނގުނުކަމަކީ، ޝަފަޤަކީ މެހެނާޒް ނޫންކަމެވެ. ޝަފަޤަކީ ކިތަންމެ ރީތި މީހަކު ފެނުނަސް އެ ރީތިކަމުގެ އަވައިގައި އެހާ ފަސޭހައިން ޖެހޭނެ ކުއްޖެއް ނޫންކަމެވެ. އޭނައަކީ ކޮންމެ ޙާލަތެއްގައި ވެސް އޭނަގެ ފިރިމީހާއަށް ޤަދަރު ކުރާނެ ކުއްޖެއްކަމެވެ. އަދި އޭނައަކީ ކިތަންމެ ކުޑަ މިންވަރަކުން ވެސް ލަދުކުޑަ ކަމެއް ކުރަން ޖެހިލުންވާނެ ކުއްޖެއްކަމެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ކަންތައްވެގެން ދާނީ ވިސާމް ހީކުރި ގޮތާއި ޚިލާފަށްކަން އޭނައަށް ރޭކާވެސް ނުލައެވެ. އޭނަގެ ޙަޔާތުގައި ދެން ކަންތައް ހިނގާނީ އޭނަގެ މާޒީއާއި އިދިކޮޅަށްކަން އޭނަ އެއްގޮތަކަށް ވެސް ނުދެނެ ހުއްޓެވެ.
ނުނިމޭ
2832 Comments
Comments are closed.
omg this is just wowwwwww
Btw… chum 1st dho? haha
hehe……Alhamdhulillah! (All praise and thanks belong to Allah) 🙂
Varah reethi.. 🙂
Mi baige inthixaaruga gutta upload kohdheneeves..
*Mi baige inthixaaruga hutta upload kohdhineeves*
Alhamdhulillah! 🙂
Ma sha Allah v v reethi. thihaa ibraiytheri vahakabeh genesdheythy v ufaa vey. Alhamdhulillah mi vahaka in alhugandah v faidhaa kurey. Jazakillah khair
Anekkaaves kiyuntheriakah faidhaa eh kuraa vaahaka ivuneema varah bodu hiyvvareh libijje. Alhamdhulillah! 😀 Jazakillah Khairan for the support. Maai Allah alhamen emmennah hidhaayaiy ithuru kohdhevvaashi. Ameen!
Maa Shaa Allah.. jana vareh neh hama..???????????????????????????????????????????????????
jana ah libifaivaahaa hunareh dhevvy hama ekani Allah swt. Ehenvyma Alhamdhulillah! 🙂
Maa shaa Allah.. jana vareh neh hama ????????????????????????????????????????????????????????????????????????????????????????????????
Alhamdhulillah! 🙂
Varah varah reethi
Alhamdhulillah! 🙂
Alhey janaa.. jaahilunnaky kobaa kan bunedhybaa.. ahannah kuhjjakka dhimaa ah ehn bunevigen.. jana ge comment ga ehn indha fenigen aslu e bas boluga harulaafa indha eyna ais ehcchehi thakeh kiyaa undhagoo kuran hedhyma ehn bunevuny.. eyna magey boa kaalaa eba eiy kncheh hoa.. plxx plxx janaa bunedhybaaaaa..
jaahil means ignorant
jaahil ge maana aky hama ekani ignorant noony thandhoru nudhanna meeheh noon arabi bahuga. 🙂 Arabi bahuge komme baheggai ves ethah maana eh ekulevigen vey. vakin khaassakoh kureege Arabi bahuga. egothun jaahil aky ‘aaqil, ebahuge idhikolhu. ‘aaqil aky emeehegge sikundeege beynun rangalhu gothugai hifai amilla nafsu control kureveyne meeheh. ehenveema jaahil aky emeehegge amilla nafsu control nukurevey meeheh. ey emeehakah ‘ilm nulibumun thandhoru neyngumuge sababun noony eyna ah hidhaayaiy nulibumuge sababun. Arabi bahuga meehaku jaahil akah vedhaane vaguthy gothun ves. Ey baeh faharu baeh ihsaasthakegge sababun aharumen emmenves sikundeege beynun kuran nukulhedhidhaanethy. Ey varah gadha rulhiegge sababun noony hithaamaegge sababun kamahves vedhaane. efadha ihsaasthakegge sababun aharumennah baeh faharu nuvisnaa ves kanthah kureve ehnu dho? ehenveema e vaguthu kolhattakai emeehaku vaany jaahil akah. ekamaku rangalhu nimmunthah nimman visnun beynun kuran feshyma anekkaaves ‘aaqil akah vedhaane. 🙂 mi maana aky kureege Arabi bahugai jaahil ge maana kan adhives effaharu bunelan. jana ves midhany Arabi dhaskuramun. Riya ves try kollahchey. aslu varah salhi Quran attakai Allah swt khiyaaru kurevvi bas. 🙂
https://lightup0nlight.wordpress.com/2014/04/06/jaahil-vs-aaqil/
saafu vejje kamah heekuran. varah bodah maafah edhen jana ge sababun riya aai evves meehegge dhemedhuga oiy gulhumah neydhevey asareh koffiyya 🙁
Jazakallah Khair.. mi part ves varah reethi MaashaAllah.. ekm hàadha kurey janaaaaa.. but nice
Barakallah Laka! 🙂 Adhu, jana ulhunin miavvure dhigu kureveytho. Aslu dhen adhi hury varah exciting thanthankolhu. varah bodah thalhuvaalan beynunvi. ekamaku reyga maa bodah lasveethy mihaa hisaabun up kolly. dhen anna baeh miavvure dhigu kureveytho balaanan In Sha Allah 🙂
Oh Jana.. you are my favorite writer.. Haadha molhey.. Keep it up…
Alhamdhulillah! 🙂
🙁 wisam ge visnun huri gothun furathama ves rovijje…. 🙁 wisam e jessy acteh kanengunyma shafag haadha haadha dheravaaney dhw….. keekkuraany…… nuvisneyne wisam akah. wisam bondi eh bovunyma noony maithiri nuvaane…… ya allah…. wisam fadha meehunnah heyo visnun dhevvaashi….. ameen….. jana darllin mi bai ves varah reethi… v kiyaahithun indhaa e nimunee…. hithah araa ekee ekahchakah kiyaalan libeyne nama ey…. ekamu jana! shafag wisam kairyga azaan e dhekki vahakathah bunaane baa? ya ah fennany bunan…. shafag ehen bunyas wisaam anekka ves rulhi annaany shafag dheke kannenge dhw….. varah vahaka dhw midhekkuny…. hehehehe… jana hithah araane dhw ya mee haadha anga gadha meehekey…. sorry enegy….. 🙂 🙂 🙂 …. aneh bai avaskollachey jana
hehe….Wisaam ge visnun ehen hury eyna ge hayaathuga silsilaa akah eki meehun eyna ah kehi dhineethy dho? 🙂 dhen eyna ah abadhuves amilla nafsattakai rakkaatheri kamuge fiyavalhu elheyne ehnu? dhen jana othy raavaafa eyna ah emme fahun vaane goiy 😀 ya ge thi dua gai jana ves baiverivan. Ameen!
avas kureveytho eba balan In Sha Allah. hehe….jana ves hama thihaa varah anga gadha kanneynge. 😛 so no hard feelings. Alhamdhulillah! 🙂 🙂 🙂
FB Post: (related to part 30)
We must be extremely careful with the words that we use when communicating with our parents. Most of the time we don’t even realize the pain that they went through and the sacrifices they made just for our sake. It’s easy for us to hear a story about 2 people where one person went through a lot for the other person but the one on the receiving end never did anything to appreciate the one who helped him. Its easy for us to shout out in defense of the person who made the sacrifices but got ignored in return. But we forget that we are also part of such a story. A story where a woman went through months and months of pain just for you when she had the choice not to. A story where she showered with you an incredible amount of love. A story where she was ready to do anything for you. A story where a man worked day and night just for your future. A story where this man’s only dream was to see you becoming successful. How would these two people feel if you grew up and got so busy with your career that you would rarely spend any time with them? How would they feel when they come to know that it irritates you when they call you? How would they feel when you disregard an opinion they give about a decision in your life? How is that fair in any stretch of the imagination that you should raise your voice in front of those two people due to whose efforts you reached this point in life?
So let’s take a step today to strengthen our relationship with them and show them the type of love we never showed them before!
#Parents #Selfreminder
FB Post: (related to part 30)
Rasool (SAW) was known to the people around him as “The Honest and the Trustworthy” even before he preached anything about Islam. Shows the type of character we should have if we are to reach out to the hearts of people.
#Selfreminder
FB Post: (related to part 31)
Up until now I’ve tried my best to keep these posts as short as possible so that I’m sure that it gets read. But this is going to be one of the longer posts that I urge you to read. I don’t know how many young brothers and sisters are reading this but I will let you know that this is food for thought especially for you. The ideas in this post are purely based on my own reflections so you are absolutely free to disagree with me on any point. So here I go.
=5 kinds of songs, 5 kinds of sentiments=
Songs can be basically divided into 5 popular kinds based on how we react to them. There are certain feelings that arise and certain conclusions that we reach when listening to each of those kinds. I’m going to walk you through each kind.
1. Love songs: Those “I’ve been searching for the right one for so long and then I found you” songs. A whole chunk of lyrics is either dedicated to describing how you were before you were with that person or describing how beautiful and different that person is. It would also describe how restless you are without that person because now your whole life revolves around him/her. The conclusion that you reach from these songs is that you can’t be happy unless and until you meet the “right person”. That you have to go through a lot of heartbreaks before reaching that special someone. And when you do meet them, nothing is ever going to make you sad. Nothing is going to change, there will absolutely be no more problems and no more painful experiences because the “love” that you have found now is perfect. Basically it’s that love that is going to save you from all the negativity of this world.
2. Songs of depression: Those songs about break ups and heartbreaks. Those that describe what happens when you get separated from the love that is talked about in love songs. If it’s not talking about love directly, then it’s talking about all the reasons why this world is a horrible place. About how people don’t appreciate what you do. About how you feel like you are shattered in pieces and will never be recovered again. The main message in these songs is that sadness is endless. That this world is so full of hatred and there is no one who could heal your heart.
3. Songs about freedom: Songs that say, who needs love? All you need is freedom to be happy. All you need to do is party and have fun. And for some unknown reason, breaking rules and being shameless is an essential part of enjoyment. Hence basically you NEED to do whatever you want by breaking the rules and be shameless if you are to be happy.
4. Songs that say “I’m perfect, you are at fault”: Those songs where the singer is extremely obsessed with himself or herself. These songs will describe the amount of money and luxuries he or she has. They will describe how the individual does not need anyone and how he or she could just rule the world. This category also includes those songs about “moving on” from a break up where the singer has now become tougher. They will talk about how horrible the singers’ exes were and for some reason it’s always the exes’ fault. The conclusion that we reach from these songs is that even if you end up hurting your own self in life, it’s never your fault. You will always have someone else to blame.
5. Songs that make you “cool”: Those songs that barely have any lyrics to them. Or those songs that are in a language that you don’t even know but are popular and have millions of views. You feel compelled to listen to them because all the popular kids at school like them. Since you look up to those who are popular around you, you feel like you are a step closer to becoming like them when you listen to those songs. So downloading these songs on your PC or on your phone is just a means of trying to fit into the ever changing society around you.
There are some other kinds of songs as well but these 5 are according to my observations, the most popular. So why did I tell you all of this? I told you this because when I started learning about the Quran, the mindset that I just described above was COMPLETELY shattered.
I used to wait for the perfect love. And the Quran taught me that the only perfect love I can find is with Allah. Because He is the Only One Who is perfect. If I could learn to love Allah, I would truly know how to show love to other people as well. And the truest of love that I could experience from another human being is love for the sake of the One Who is the source of love. Because at the end of the day, everyone has a reason to love. When that reason is permanent, that love would stay with you forever.
I used to think sadness and grief are never ending and the world around me kept telling me to be even sadder. And then there is the Quran, in which there is literally a command NOT to be sad and not to lose hope. It taught me that even if I become sad, I could always complain to Allah. Because He is the only One Who knows my feelings best without even having to explain them. And because He is the One Who shows mercy and He is the One Who responds to any caller who calls Him.
I used to think I would be happy if I could become free and do whatever I want. But the Quran taught me that my life would only get worse if I do so. I would get completely enslaved to the world around me and I would do whatever I do not for myself, but only to impress other people around me. The Quran taught me that it’s only Allah I should try to please and that would give me the strength to stand up for my own self and for the right thing wherever I am.
I used to always have the tendency to blame others when something bad happens. But the Quran taught me to hold myself accountable. To be more responsible and mature instead of whining and pointing fingers at others every time something bad happens. I learned that I should always try to find my fault first even when I know that I’m not wrong. And from experience, I learnt that it solves LOTS of problems in life and avoids LOADS of drama.
I used to try to fit in to the society. But the Quran taught me to find my own identity. And I learned that the best identity I can have is that of a true muslim, who has a purpose in life. I learned that I don’t need to listen to something I don’t even know the meaning of, to feel dignified. Because Allah has dignified all human beings. And honour belongs to Allah, and his Messenger (SAW) and the believers.
So now when I come across one of those shallow lyrics, I go “Meh! Who needs those anymore?”
mi page ah ziyaairaiy koh post thah kiyaalun edhen. adhi video eh hurinama e video balaalun edhen. adhi evves post akun faidhaa eh kurinama e naseyhaiy aailaa aai ekuverinna hissaa kurunves edhen In Sha Allah. mi fb post thah fb gai noolhuvva kiyuntherinnah comment thakuge zariyyaain foarukohdheveyne vaahaka bunelan In Sha Allah 🙂
https://www.facebook.com/Asr-1445208739121696/
V reethi maashaALLAH
masha allah v furihama…jana thigothuga kuriah dhaathi abadhuves…aharenge dhuaa aky jana thikuraa masakkathuga Allah barakaiyy levvun…in shaa allah i’m always with u jana…n i hv hama jana kiya v rangalhu ekuverieh…unmeedhu kuran jana ge mikahala iburaiyy libey ethah vaahaka eh kiyan libeyne kamah…
It was worth a read! Alhamdhulillah! 🙂 May Allah bless your work.
dhen aneh bai kon irakun. wisaam rangaihu kobbala
Waiting waiting