Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (13)

layaal
January 11, 2017
7 Mins Read
70 Views
22 Comments

އިރުއިރުކޮޅަކާއި ފާރުގައި ހުރި ގަޑިއަށް ނަޒަރު ހުއްޓާލަމުން ބެލްކަނިން ނިކުމެ މަގުގެ ދެކޮޅު ބަލާލާފައި މާރިއާ ގޭތެރެއަށް ވަދެއެވެ. “ކޮބާތަ؟ އަދިވެސް ނާދޭ..” މާރިއާ ކަންބޮޑުވެފައި ބުނެލިއެވެ. އޭރު އާޒިމް ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން ދެފައި ހަލުވާލަ ހަލުވާލަ އިނެވެ. “ދެންމެ ގުޅީމަ ބުންޏެއްނުން މިއަންނަނީއޭ..” އާޒިމް ބުނެލިއެވެ.

“އަހަރެން އޭރު ވެސް ބުނިން ފުލުހަށް ވަންނާނެ ކަމެއް ނެތޭ.. ބޮޑު ވިޔާފަރިއެއް އޮއްވަ ކީއްކުރަން އެހެން ވަޒީފާއަކަށް ދާންވީ. އާޒިމް ވެސް ނޫޅުނު އޭނަ ހުއްޓުވާކަށް” މާރިއާ ހިތްހަމަނުޖެހިފައި އާޒިމްއާއި ދިމާއަށް ބުނެލިއެވެ. “އެ ގޯސްވީ އަހަރެން.. އައްޔާދް ބޭނުން ކަމެއްދޯ ކުރާނީ.. އޭނާ ބިޒްނަސް ކަންކަމުގައި ޝައުގުވެރިކަން ނުހުންނަންޏަކާ އެކަމެއް ގަދަކަމަކުން ނުކުރެވޭނެ ދޯ. އަނާ އެހުރީނުން ބިޒްނަސްގައި އަހަންނަށް އެހީވައި.. އެއީ އޭނާ އެކަން ކުރާ ހިތްވާތީ. އައްޔާދް އެގޮތް ބޭނުން ނުވުން އެއީ މައްސަލައެއް ނޫނޭ. ހަމަޖެހިބަލަ.” އާޒިމް ފޯނާއި ކުޅެން އިނދެ ބުނެލިއެވެ.

“ހަމައެއް ނުޖެހެވޭނެ.. މިހާރު ގަޑިން އެހެރަ މެންދަމު އެކެއް ޖަހަނީ! އަދިވެސް ހަވީރު ދިޔަގޮތަކަށް އޭނަ ނާދޭ.. މިއަދު ގައިމު ޑިއުޓީ އެއްވެސް އޮތީކީ ނޫން.. އަހަރެން ހާދަ ބިރެއް ގަނެއޭ އޭނަ ޑިއުޓީއަށް ދިޔަ ޔަސް. ހީވަނީ ހަމަ މީހަކު ކަމެއް ކޮށްފާނެއޭ. އަނެއްކާ ސަރުކާރުގެ އެހައި ނުފޫޒު ގަދަ މީހުންނާއި އެކު އެ މަސައްކަތް ކުރަނީ.. އަހަންނަށް ޔަޤީން އެ މަހުދީ ބުނެގެންކަން..” މާރިއާ ދައްކަމުން ދިޔަ ވާހަކަ އާޒިމް މެދު ކަނޑާލިއެވެ.

“ހުއްޓާލަ! ކިތައްފަހަރު ބުނެފިން ތިވާހަކަ ނުދައްކާށޭ!” އާޒިމް ސޯފާއިން ތެދުވެ އަމުރުވެރި ގޮތަކަށް ބުނެލިއެވެ. “އެވާހަކަ ނުދެއްކުމަކުން ހަޤީޤަތް ބަދަލެއް ނުވާނެ.. އެ މަހުދީ އަހަރެންގެ އައްޔާދް ލައްވަ ހުރިހާ ހެއްކެއް ފޮހެލާފައި.. ބިރު ދައްކައިގެން އެ މައްސަލަ ހިންދާލި އިރު އޭނާ އެކަން ކުރީ މަޖުބޫރު ވެގެންނޭ.. އަނެއްކާވެސް މިކަންތައް މިއޮތީ ފެންމަތިވެފައި.. އެންމެ ރެއަކު ވެސް ހަމަ ނުދި ނުލިބޭ މިކަމުގައި އައްޔާދް ބެދި ދާނެތީ.. ވިސްނާ ވިސްނާ މިހާރު އަހަރެންގެ ސިކުނޑި ހުރިކަން ވެސް ނަސީބު. އެކަމު އާޒިމް ނުވާނެ އެކަމާއި ވިސްނައިގެންނެއް.. އެވާހަކަ ދައްކައިގެން ވެސް.” މާރިއާ ވާހަކަދެއްކި އިރު އެއަޑުގައި ހިތާމަ އެކުލެވިފައި ވިއެވެ.

އާޒިމް ޖަވާބެއް ދިނުމުގެ ކުރިން ގޭގެ ބެލް ޖެހުނު އަޑަށް މާރިއާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރި އައްޔާދް ފެނި އޭނާ ދެލޯ ބޮޑުވިއެވެ. “އައްޔާދް! ކިހިނެތް… އާޒިމް ނިކަން އަވަހަށް އާދެބަލަ!” މާރިއާ ހާސްވެފައި ގޮވާލި އަޑަށް އާޒިމް ވެސް އަވަސް ފިޔަވަޅުތަކެއްގައި އެތަނަށް އައިސް ހުއްޓެލިއެވެ.

އޭރު ދޮރު ކުރިމަތީގައި ހުރި އައްޔާދްގެ ތުންފަތާއި އަނގަމަތި ފަޅައިގެން ގޮސް ލޭ ހިކިފައި ވީއިރު ލޯ ކައިރި ވަނީ ދުޅަވެފައެވެ. އާޒިމް އަވަހަށް އައްޔާދް ގައިގައި ހިފައްޓައިގެން ގެންގޮސް ސޯފާގައި ބޭންދިއެވެ. އޭރު މާރިއާ ދުވެފައި ގޮސް ފެން ފުޅިއަކާއި ގަނޑުފެން ހިފައިގެން އައެވެ.

އައްޔާދް ހަމައަކަށް އެޅުނު އިރު އޭނާގެ އަތް ތަންތަން މެށިފައި ހުރުމުން އާޒިމް އެތަނުގައި ބޭސް އަޅައިދިނެވެ. “ކިޔާދީ. ކިހިނެތް ވީ ކަމެއް މީ؟” އާޒިމް ސުވާލުކުރުމުން އައްޔާދް ވެގެން އުޅޭގޮތް ކިޔާދިނެވެ. “ދަރިފުޅު އެހުރިހާ ކަމެއް އެ ކުއްޖާއަށް ކިޔާ ދިނީ؟” މާރިއާ ހައިރާންވެފައި އިނދެ އަހާލިއެވެ. ޖަވާބުގައި އައްޔާދް ބޯ ޖަހާލުމުން އާޒިމް ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލިއެވެ.

“ކޮބާ އޭނަ މިހާރު؟” އާޒިމް އަހާލިއެވެ. “ނޭނގެ.. އޭނަ ނިކުއިން ގޯޅިގަނޑުން. ގެއަށް ކަންނޭގެ ދާނީ މިހާރު.. އަޅުގަނޑު ނުދަން ފަހަތަކުން” އައްޔާދް ފެންފުޅިން ފެން ފޮދެއް ބޯލަމުން ބުނެލިއެވެ. “މިހާރު ފުލުހުންނަށް އެމީހުން އަންގަފާނެ ދޯ.. މަހުދީ ފަޅާއަރައިފިއްޔާ.. ދަރިފުޅުގެ ވާހަކަ ވެސް. ނޫން.. އާޒިމް ގޮތެއް ހަދާ.. އެމީހުން އައްޔާދް ގެންގޮސްފިއްޔާޔޯ؟” މާރިއާ ހާސްވެފައި އަހާލިއެވެ.

ނަމަވެސް ސޯފާގައި އިށީނދެ ދެއަތުން މޫނު ފޮރުވާލައިގެން އިން އާޒިމް އެއްވެސް ޖަވާބެއް ނުދެއެވެ. އައްޔާދް ވެސް ހިމޭނުން އިރު އެމޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. “ކީއްވެތަ އަނގައިން ނުބުނެ ތިއިނީ.. އެމީހުން އަހަރެމެންގެ ދަރިފުޅު ގެންގޮސްފާނެއޭ. އާޒިމް އެއްޗެކޭ ބުނެބަލަ!” މާރިއާ ރޮވިފައި ހުރެ ގޮސް އާޒިމްގެ ކޮނޑުގައި ހިފައި ތަޅުވައި ގަންނަމުން ބުނެލިއެވެ.

“ކީކޭތަ ބުނަންވީ! އާނ.. ފުލުހުން އައްޔާދް ހައްޔަރު ކޮށްގެން ގެންގޮސްފާނެ އެ މައްސަލައިގެ ހެކިތައް ނައްތާލީތީ! އެކަން ފޮރުވީތީ! ޑިފެންސް މިނިސްޓަރު ހައްޔަރު ކުރާއިރު އެކަމުގައި އެއްބައިވި އެންމެންނަށް އަދަބު ލިބޭނެ.. ރިއުމާން ވެސް ފުލުހުންނަށް ބަޔާން ދޭނެ. އަހަންނަކަށް ނުކެރޭނެ ޒުބޭރުއަށް ގުޅަފަކާއި އެއްޗެކޭ ބުނާކަން. އަހަރެމެން ވާހަކަ ނުދައްކާތާ ވެސް މިހާރު ކޮން ދުވަހެއް. އައި އެމް ހެލްޕްލެސް.. ނުކުރެވޭނެ އެއް ކަމެއް ވެސް!” އާޒިމް ހަޅޭލަވައި ގަތެވެ.

“ނޫން.. ނޫން ތިހެން ނުބުނޭ. އެއީ ހުރި ހަމައެކަނި ފިރިހެން ދަރިއަކީ. އައްޔާދް.. ދަރިފުޅާ.. ކޮންމެ ވެސް ގޮތެއް އޮންނާނުން. އެމީހުން ނުވާނެ ދަރިފުޅު ގެންގޮސްގެންނެއް.. މަންމަ މަރުވެދާނެ..” މާރިއާ ރޮއެގެންފައި އައްޔާދްގެ މޫނުގައި ފިރުމާލިއެވެ. “މަންމާ.. މިއީ އަޅުގަނޑަށް ކުރެވުނު ކުށުގެ އަދަބު. މަޖުބޫރު ވެގެން ވިއަސް އެކަމުގައި އަޅުގަނޑު ބައިވެރިވިން.. އޭގެ އަދަބު ވެސް ލިބޭނެ. އައި ޑިޒާވް އިޓް.” އައްޔާދް ހިތްވަރުކޮށްފައި މިހެން ބުނިއިރު އެ މޫނުމަތިން އުދާސްކަން ފާޅުވިއެވެ.

“ނޫން.. މަންމަ ޤަބޫލެއް ނުކުރާނަން. ދަރިފުޅު އެކަން ފަޅާއަރުވާލީ އެއްނުން ތި.. ރިއުމާން ވެސް ސަލާމަތް ވެސް ކޮށްދިނީނުން. އެހެންވީމަ ކޮންމެސް ގޮތެއް އޮންނާނެ.. ނުގެންދެވޭނެ.. ނޫން.” މާރިއާ ރޯން ފެށުމުން އައްޔާދް އޭނާގެ މަންމަ ގައިގައި ބައްދާލިއެވެ. އައްޔާދްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ މާރިއާ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު އާޒިމް ދުރުގައި ބަސްމަދުވެފައި އިނެވެ.

****

އިރުގެ ރަން ދޯދިތައް އާ ދުވަހަކަށް މަރުޚަބާ ކީއިރު މިއަދަކީ ބޮޑު ދުވަހަކަށް ވާނެއެވެ. ލެޕްޓޮޕް ހިފައިގެން އޮފީހަށް ދާން ނިކުއިން ރިއުމާން ފެނި ފާތުމަ އޭނާއަށް ގޮވާލިއެވެ. “މިއަދު އޮފީހަށް ދާނެ ކަމެއް ނެތެއްނުން.. އަދިވެސް މޫނުން ދުޅަކަން ކުޑަ ނުވޭ. ޒުބޭރުމެން ވެސް އަންނާނެ މެންދުރު ހާއިރު. މަޑުކޮށްލަން ވީނުން.” ފާތުމަ މިހެން ބުނުމުން ރިއުމާން އެކަމާއި ދެކޮޅު ހެދިއެވެ.

“ނޫން.. އަޅުގަނޑު އެބަޖެހޭ މިއަދު މިހުރިހާ ކަމެއް ނިންމަން.. މިހާ ދުވަސް ވަންދެން ކުރި މަސައްކަތް ކާމިޔާބު ކުރުމަށް އިތުރު މިނެޓެއް ވެސް ބޭކާރު ކޮށްލާކަށް ނެތިން..” ރިއުމާން މިހެން ބުނެފައި އަވަސް ފިޔަވަޅު ތަކެއްގައި ގެއިން ނިކުތެވެ. ހަމްނާގެ ސައިކަލުގައި ރިއުމާން މިސްރާބުޖެހީ އޭނާގެ މަސައްކަތް ކުރާ އާ އޮފީހާއި ދިމާއަށްށެވެ.

ސައިކަލު ޕާކުކޮށްލުމަށްފަހު އަވަސް ފިޔަވަޅު ތަކެއްގައި ރިއުމާން އޮފީސް ތެރެއަށް ވަދެގެން ދިޔައެވެ. “ރިއުމާން.. ކޮންތާކު އިއްޔެ ހަތަރު ދަމު އުޅުނީ.. ހާދަ ވަރަކަށް ގުޅީމޭ..” ކެބިން ތެރޭގައި ހުރި ޝާފިޤް ނިކުމެ ގޮވާލިއެވެ. ރިއުމާން ވަގުތުން ކެބިން ތެރެއަށް ވަދެ އޭނާގެ ލެޕްޓޮޕް ހުޅުވާލަމުން ލިޔެފައި އިން ރިޕޯޓެއް ޝާފިޤަށް ދައްކާލިއެވެ.

ރިޕޯޓު ކިޔަމުން ދިޔައިރު އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފެނި ރިއުމާން އިނީ އޭނަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ކެތްމަދުވެފައިއެވެ. “ރިއުމާން.. އާ ޔޫ އޯކޭ؟ ދުޅަވެފައި ދޯ މޫނު ތިހުރީ.. ޑި ޑިންޓް ނޯޓިސް..” ޝާފިޤް ރިޕޯޓު ކިޔައި ނިންމާލުމަށްފަހު ރިއުމާންއަށް ރަނގަޅަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. “އަޅުގަނޑު އޯކޭ.. ރިޕޯޓު މިވަގުތުން ވަގުތުން ޕަބްލިޝް ކުރެވިދާނެތޯ؟” ރިއުމާން އަހާލިއެވެ. “ޔެސް! ހަމަ މިހާރު ކުރަންވީ.. އެ މަހުދީއަށް ވަރަށް ގިނަ ދުވަހު މިކަން ސިއްރުކޮށްގެން އުޅެވިއްޖެ. އައި އެމް ޕްރައުޑް އޮފް ޔޫ ރިއުމާން.. ތިކަހަލަ ނޫސްވެރިން މިޤައުމަށް ބޭނުންވަނީ.” ޝާފިޤު މިހެން ބުނެފައި ހިނިތުންވެލިއެވެ.

“މި ރިޕޯޓާއި އެކު އަދި އިތުރު އެއްޗެއް އެޓޭޗް ކޮށްލަން ބޭނުން..” ރިއުމާން މިހެން ބުނެފައި ލެޕްޓޮޕްގައި އިން ވީޑިއޯއާއި އޯޑިއޯ ހުޅުވާލިއެވެ. އެ އެއްޗެހި ބެލުމަށްފަހު ޝާފިޤު ގޮނޑީގައި ލެނގިލިއެވެ. “މަހުދީގެ ދުވަސް މި ދިޔައީ ދެން. އޭނަ ދަރިފުޅަށް ވެސް ދެން ސަލާމަތެއް ނުވެވޭވެ. ވެލްޑަން ރިއުމާން.. އެކަމަކު އެބަ އޮތް ސުވާލެއް.. އަހަންނަށް ޔަޤީން މިހުރިހާ އެއްޗެއް ރިއުމާންއަށް އަމިއްލައަށް ނުލިބޭނެކަން.. މިއީ ފުލުހުންގެ ކަސްޓަޑީގެ ދަށުގައި ހުންނަ އެއްޗެހި.. ކާކު މިކަން ފަޅާއަރުވާލަން ހުރިހާ ޚަބަރެއް ދިނީ؟” ޝާފިޤްގެ ސުވާލުން ރިއުމާންއަށް ވިސްނާލަން މަޖުބޫރުވިއެވެ.

އައްޔާދްގެ ނަން ހާމަ ކުރަން އޭނާ ޖެހިލުންވިއެވެ. “އޭނާގެ ނަން ހާމަކުރެވޭކަށް ނެތް.. އެކަން ހާމަ ކުރަން ޖެހިއްޖެއްޔާ ކުރާނަން. އެކަމަކު މިހާރު މުހިއްމީ މިކަމުގައި އެހިތެރިވި ފަރާތެއް ނޫން.. މުހިއްމީ ޤާތިލަށް އަދަބު ލިބުން.” ރިއުމާންގެ ޖަވާބު ލިބުމުން ޝަފީޤު އެކަމާއި އެއްބަސް ވެ އެ ރިޕޯޓު އެމީހުންގެ ވެބް ސައިޓުގައި ޝާޢިއު ކުރިއެވެ. އެ ރިޕޯޓުގައި އިއްޔެ ހިނގައި ދިޔަ ހާދިސާ ފާޅުކޮށް ރިއުމާން ކިޔާދީފައި ވިއިރު އޭގައި ފުލުސް އޮފިސަރ އައްޔާދް އޭނާ ސަލާމަތް ކޮށްދިން ކަމަށް ޖަހާފައިވިއެވެ. މީގެ އިތުރުން ހުރިހާ ހެއްކެއް އޭގައި އެޓޭޗް ކޮށްފައި ވީއިރު ސުރުހީގައި ‘އާއިޝަތް ޖަނާނީގެ މަރު: ޑިފެންސް މިނިސްޓާރ އިބްރާހިމް މަހުދީގެ ދުލުން.’ ލިޔެވިފައި ވިއެވެ.

****

“އާނ. އަހަރެންނަށް އެނގި ހުރެ އެ އަންހެން ކުއްޖާ މަރާލީ. އެކަން ކުރީ ވެސް އަހަރެންގެ ދަރިފުޅު.. އެކަން ފޮރުވީ އަހަރެން. އެކަން ފޮރުވަން ޖެހުނީ އަހަރެންގެ ދަރިއަށް އެކަންތައް ރަނގަޅަށް ނުކުރެވުނީމަ.. އައި ވޮޒް އައުޓް އޮފް ކަންޓްރީ.. އޭނަ ވެސް މޮޔަ ކަމުން އަންގާނުލައި ގޯންޏަކަށްލާ ކަނޑު ފެއްތީ.” މަހުދީގެ އަޑުން އެ ބަސްކޮޅު ކޮންމެ ޓިވީ ޗެނަލަކުން އަޑު އިވެމުން ދިޔައެވެ.

ޚަބަރުތަކުގެ ފަލަ ސުރުހީއަށް މިކަން އަރާފައި ވީއިރު ހުރިހާ ހެއްކެއް އޮތީ ރައްޔިތުންގެ ކުރިމައްޗަށް ބޭޒާރުވެފައެވެ. “މިއަދު ހެނދުނު އާންމުވި މި ރިޕޯޓުގައި ނޫސްވެރިޔާ ރިއުމާން ޒުބޭރް ކިޑްނާޕް ކުރެވުނު ކަމަށް ލިޔެފައި ވީއިރު އާއިޝަތް ޖަނާނީގެ މަރުގެ ފަހަތުގައި ވީ އާ ހެކިތަކެއް މިވަނީ އާންމު ކޮށްފައި. މިކަމާއި ގުޅެގޮތުން ފުލުހުން ދީފައިވާ ޖަވާބަކީ ނޫސްވެރިއަކު ކިޑްނާޕް ކުރި ކަމަށާއި އަދި އެ މައްސަލަ މިހާރު ތަހުޤީޤް ކުރަމުން ދާތީ އިތުރު އެއްޗެއް ދެންނެވެން ނެތް ކަމަށެ. ރިޕޯޓް އާންމު ވުމައި ގުޅިގެން ޑިފެންސް މިނިޓަރގެ ބަހެއް މިކަމުގައި ނުލިބޭ އިރު މިއަދު އޮފީހަށް ނުދުރުވާކަމަށް އެއޮފީހުން ޚަބަރު ލިބިފައިވޭ. މިކަމާއި ގުޅެ އިތުރު ތަފްޞީލް ލިބޭ ވަރަކުން ބެލުންތެރިންނާއި ހިއްސާކުރަމުން ދާނަން..” ޓީވީ އިން ހޫނު ޚަބަރެއްގެ ގޮތުގައި މިޚަބަރު ގެނެސް ދިން އިރު އައްޔާދް އޭނާގެ ކޮޓަރީގައި ޓިވީ ހުޅުވައިގެން އިނެވެ. އޭރު އޭނާގެ ފޯނަށް އެތަށް ބަޔަކު ގުޅަމުން ދިޔައިރު އޭނާ އެއްއިން އެއްވެސް ކޯލަކަށް ޖަވާބެއް ނުދެއެވެ.

އިރުކޮޅެއްފަހުން ސްކައިޕް އިން އަނާ ގުޅަން ފެށުމުން އައްޔާދް ޖަވާބު ދިނެވެ. “ކިހިނެތް ވެގެން މިއުޅެނީ؟ ދެން ޚަބަރު ކިޔާލީމަ މި އިނގުނީ.. އޯމައި ގޯޑް! މޫނަށް ކިހިނެތްވެފައި ތިހުރީ.. އެއީ ތެދެއް ދޯ އެހެން ވީމަ..” އެކޮޅުން އަނާ އެއްފަހަރާ ސުވާލުކޮށްލިއެވެ. “ޔާ..” އައްޔާދް ކުރު ޖަވާބެއް ދިނެވެ. “ދެން ކިހިނެތް ހަދަނީ؟ މަންމަ ހުރީ ހާސްވެފައި ދޯ. އަކަކުވެސް އަހަރެން ކައިރި އަކު ނުބުނޭ.” އަނާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

“އަނާ ތިއުޅެނީ ބިޒްނަސް ކަމަކު ބޭރަށް ގޮސް ދޯ.. އެހެންވެ ނުބުނީ.” އައްޔާދް ބުނެލިއެވެ. “އަހަރެން ދާނަން މާދަން.. ޑޯންޓް ވޮއީ. އެއްވެސް ކަމެއް ނުވާނެ. އައި ވިލް ޓޯކް ޓު ރިއުމާން.. އިނގޭ އެފަހަރު ރަށަށް ގޮއްސައައި ފަހުން އެއްވެސް ކަނެއްކްޝަންއެއް ނެތްކަން.. ބަޓް ސްޓިލް.. އޭނަ އައްޔާދް ގޯސްކޮށްފައިކައި ހަމަ ގައިމުވެސް ނެތް އެ ރިޕޯޓުގަ ލިޔެފައެއް.” އަނާ ވިސްނާލަން އިނދެފައި ބުނެލިއެވެ.

“ނޫން.. އޭނައާއި އިތުރު ވާހަކައެއް އެކަކުވެސް ދައްކާނެ ކަމެއް ނެތް.. އޭނައަށް އެހެން ވީވެސް އަހަންނާ ހެދި.. އިފް އައި ޑި ޑިންޓް ރީޗް އައުޓް ޓު ހާ..” އައްޔާދް މިހިސާބަށް ބުނެފައި ޚިޔާލަށް ގެއްލުނެވެ. “ކީކޭ؟ ސޯ އޭނައަށް އެހުރިހާ ހެއްކަކާއި ސްޓޯރީއެއް ދިނީ ދޮންބެ؟ އާ ޔޫ ސީރިއަސް!” އަނާ ވާނުވައި ނޭނގި އިނދެފައި ބުނެލިއެވެ.

ޖަވާބުގައި އައްޔާދް ހަމައެކަނި ބޯ ޖަހާލީއެވެ. “ވީ ކެން ޔޫސް ދެޓް.. ދޮންބެ އޭނައަށް ހަޤީޤަތް ކިޔާ ނުދިން ނަމަ މިކަން ފަޅައެއް ނާރާނެ.. އޭނަ އެ ރިޕޯޓުތަކެއް ވެސް ނުލިޔާނެ. ދޭ ކާންޓް އެރެސް ޔޫ.. ދޯ.” އަނާ މިހެން ބުނުމުން އައްޔާދް ޖަވާބެއް ނުދިނެވެ. އޭނާ އެކަމުގައި ރިއުމާންއަށް އެހީވި ނަމަވެސް އެންމެ ފުރަތަމަ އެހުރިހާ ހެއްކެއް ފޮރުވާ ހެދީ އޭނައެވެ. އެކަން ކުރުމުގައި ބައިވެރިވީތީ އެކަމުގެ އަދަބު ލިބޭނެކަން އޭނާއަށް އިނގެއެވެ.

****

ކޮޓަރިތޭރޭގައި ވަނީ ސިނގިރޭޓުގެ ދުން ހިފާލާފައެވެ. އެނދު ކައިރީގައި އިށީނދެގެން އިން މަހުދީ ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ހުސްކުރަމުން ދިޔައިރު އޭނާއަށް ސިޓިން ރޫމުގައި ހުޅުވާފައި ހުރި ޓީވީއިން ކިޔަމުން ދިޔަ ޚަބަރުގެ އަޑު އިވެއެވެ. އޭނާ އެވަނީ މިހާރު މުޅި ރާއްޖެއަށް ބޭޒާރުވެފައިއެވެ. އޭނާ އަމިއްލައަށް އެކަމަށް އިޢުތިރާފް ވީއިރު ސީސީޓީވީ ފުޓޭޖް އެއޮތީ ފެންނާށެވެ.

މަހުދީ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލި އިރު އެ ހުރިހާ އެއްޗެއް އޭނާގެ އަތުން ބީވަނީއެވެ. މާގިނަ އިރެއްނުވެ ޖަލުގެ ގޮޅިއަށް އޭނާ ލެވޭނެކަން މަހުދީއަށް ޔަޤީނެވެ. އެހާވަރުން އުޅެގެން ފޭރިޤެން މަޤާމު ވެސް ބީވެގެން ދިޔައީޔެވެ. ހޯދި މުދަލާއި ފައިސާގެ ބޭނުން މިއަދަކު ކުރެވޭކަށް ނެތެވެ.

ކުއްލިއަކަށް ގޭތޭރޭގައި އަޑުގަދަވެ އޭނާ ނަން ގޮވަމުން ދިޔަ އަޑު އިވުނެވެ. މާގިނަ އިރެއް ނުވެ އެކޮޓަރި ދޮރުގައި ތަޅައިގަތުމާއި އެކު ވަގުތު އައިސް ޖެހުނީކަން މަހުދީއަށް އިނގުނެވެ. އޭނާ ފަހު ފަހަރަށް ސިނގިރޭޓުގެ ދުންތައް ދަމާލުމަށްފަހު ބޭރުކޮށްލަމުން ތެދުވެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފުލުސް ޔުނީފޯމުގައި ތިބި ފަސް މީހުން ކޮޓަރި ތެރެއަށް ދެމިގަތެވެ.

“މަހުދީ އިބްރާހިމް ޔޫ އާ އަންޑް އެރެސްޓް!” އެތަނުން އެއް ފުލުސް އޮފިސަރަކު މިހެން ބުނެފައި މަހުދީގެ އަތުގައި ބިޑިއަޅުވައި އެ ކޮޓަރިން ނެރުނެވެ. އޭރު އޭނާގެ އަންހެނުން ސޯފާގައި އިސްޖެހިފައި އިންއިރު އަނގައިން ވެސް ނުބުނެއެވެ. “ކޮބާތޯ ހާނިމް މަހުދީ؟” މަހުދީގެ އަންހެނުންނާއި އެތަނުން އެކަކު ސުވާލު ކުރިއެވެ.

“ނޭނގެ!” އޭނާގެ އަންހެނުން ރުޅި އައިސްފައި ޖަވާބުދިނެވެ. “އަޅުގަނޑު މިކުރާ ސުވާލަށް ޖަވާބުދީ!” އެ ފުލުސް އޮފިސަރު ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އޭރު އެތަނުން ދެ ފުލުސް އޮފިސަރުން ގޮސް ދެން ހުރި ދެ ކޮޓަރި ހޯދައި ބަލައި މުޅި ގެ ފާސްކުރި އިރު ވެސް މަހުދީގެ ދަރިފުޅެއް ނުފެނުނެވެ. “ހެނދުނު ހޭލިއިރު ގެއަކު ނެތް.. ގުޅީމަ ނުނަގާ ފޯނެއް. ދެން ނޭނގެންޏާ ނޭގޭއޭ ދޯ ބުނާނީ” މަހުދީގެ އަންހެނުން ރޮވިފައި ބުނެލިއެވެ.

އިމާރާތުން ތިރިއަށް މަހުދީ ބިޑި އަޅުވައިގެން ނިކުއިން އިރު އެ ހިސާބުގަނޑުގައި ނޫސްވެރިންނާއި އެކި މީޑިއާ ތަކުގެ މީހުން އެއްވެފައި ތިއްބެވެ. އެމީހުން މަހުދީގެ ފޮޓޯ ނަގަމުން ދިޔައިރު އޭނާ ހުރީ އިސްޖެހިފައެވެ. ފުލުހުން އެދިޔަ ގޮތަށް ގޮސް މަހުދީ އެމީހުންގެ ވެހިކަލަށް އެރުވުމަށްފަހު އެހިސާބުން ދުއްވާލިއެވެ.

****

ސައިކަލުގައި ގެއަށް ދާން މިސްރާބުޖެހި ރިއުމާން ހުރީ ހިތްހަމަޖެހިފައެވެ. އޭނާ ބޭނުންވި ކަންތައްވީއެވެ. ނަމަވެސް މަހުދީގެ ދަރިފުޅު އަދި ވީތަނެއް ނޭނގޭތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ޚަބަރުތަކުން ކިޔައެވެ. އޮފީހުގައި އެންމެން އޭނާއަށް ހިތްވަރުދީ ތަޢުރީފް ކުރިއިރު ނާހިދް ވެސް އޭނާއަށް ގުޅިއެވެ. ކުރިން ކަންތައް ކުރެވުނު ގޮތާއި މެދު މަޢާފަށް އެދި ރިއުމާންގެ ހިތްވަރަށް ސާބަސް ދިނެވެ.

މިހުރިހާ ކަމެއް ވީއިރު އަދިވެސް އައްޔާދްގެ ޚަބަރެއް އޭނާއަކަށް ނުވެއެވެ. ރޭގައި އޭނާ ދިމާއަށް އެހައި އެއްޗެހި ކިޔުނިކީ ގަސްތަކު ނޫނެވެ. އެގަޑީގައި ގައިންފައި ހުރި ބިރާއި އައިސްފައި ހުރި ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގުނީއެވެ. ނަމަވެސް އޭނާ އައްޔާދަށް ކުރާ ނަފްރަތަށް ބަދަލެއް ނާދެއެވެ. އޭނާ ކިތަންމެ ގޮތަކުން ރިއުމާންއަށް އެހީވެ އޭނާ ސަލާމަތް ކޮށްދިން ކަމަކު އައްޔާދް އެހުރީ އޭނާއަށް އޮޅުވާލާ ކެހި ދީފައެވެ.

ގެ ކައިރީގައި ސައިކަލު ޕާކުކޮށްލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އެ ގޯޅިގަނޑު ތެރެއިން ލާފައި ހިނގައިގަތެވެ. އެވަގުތު ފޯނަށް އާދިލް ގުޅިއެވެ. “ހަލޯ.. ތޭންކްސް.. އެކަމު އަދި މަހުދީގެ ދަރިއެއް ނުފެނޭ.. ފިލީހެން ހީވަނީ… ޔާ ފުލުހުން އޭނާ ހޯދާއެބަ. ޑޯންޓް ވޮރީ. އޭނާއަށް އަދަބު ލިބޭނެ.. ގުޅާނަން އިނގޭ ފަހުން..” ރިއުމާން މިހެން ބުނެފައި ފޯނު ބޭއްވުމަށްފަހު ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން މައްޗަށް އެރިއެވެ. އޭނާ ހަވީރުން ނޫސްވެރިންނަށް އިންޓަވިއު ދިނުމަށް ވަނީ އެއްބަސް ވެފައެވެ. ވީމަ އެކަމަށް ތައްޔާރު ވުމަށް ރިއުމާން އަވަސް ވެލިއިރު އޭނާ ހުރީ މަހުދީ ބިޑި އަޅުވައިގެން ގެންދިޔަ މަންޒަރު ޓީވީއިން ފެނުމުން ހިތްހަމަޖެހިފައެވެ.

ނަމަވެސް ގޭތެރެއަށް އެންމެ ފުރަތަމަ އެޅި ފިޔަވަޅާއި އެކު ކުރިމަތިން ފެނުނު ސޫރައިން އޭނާގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާގެ މާޒީ އަނެއްކާ އޭނާގެ ދިރުއުޅުމަށް އައީއެވެ. “ދަރިފުޅާ ރިއުމާން..” ޒުބޭރު މިހެން ބުނެފައި އައިސް އޭނާ ކައިރީގައި ހުއްޓިލުމުން އެހިތް ތެޅެން ފެށި ވަކި ވަރެއް ބަލާފައެއް ނޫނެވެ. އެހައި ދުވަހަށްފަހު އެ މުޑުދާރު ފިރިހެނާގެ މޫނުފެނި ރިއުމާން ދެއަތް މުއްކެވުނެވެ. ފޮރުވައިގެން އުޅުނު ހުރިހާ ރުޅިވެރިކަމަކާއި ހިތާމަތަކެއް ފެންމަތިވި އިރު އެހިތުގައި ވަޅުލެވިފައި ވީ ބިރުވެރިކަން އަނެއްކާ ވެސް ގުޑިލި ކަހަލައެވެ.

-ނުނިމޭ-

40
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

އެވިއްސާރަ ރޭ… ތިންވަނަބައި

Next

އިންތިހާޔަށް (11ވަނަ ބައި)

Next
January 11, 2017

އިންތިހާޔަށް (11ވަނަ ބައި)

Previews
January 11, 2017

އެވިއްސާރަ ރޭ… ތިންވަނަބައި

22 Comments

  1. layaal says:
    January 11, 2017 at 5:44 pm

    Enjoy reading.
    Will her dark past make its way into her life yet again?

    1. Xxx says:
      January 11, 2017 at 6:22 pm

      I don’t think so….
      Can u write next part long plxxx…..
      Waiting 4 next part….
      Good luck layaa…. ❤❤

    2. Xxx says:
      January 11, 2017 at 6:27 pm

      Story v v v v v v v rythi….. ❤
      Love it ?

  2. noori says:
    January 11, 2017 at 5:58 pm

    Fainlly!! Mahudhee bust v. varah salhi igey layaa. dhen mihaaru masala eki zubeyru. aneh part kiyaa la hithun keh madhu vefa. ❤️❤️

  3. Yalv says:
    January 11, 2017 at 6:00 pm

    Haadha kurey , ekam vv reethi

  4. imagination says:
    January 11, 2017 at 6:01 pm

    not again. that zubeyru goanyakah laafa ehlaalan vi. huvaa mibuniiii

  5. Kalhu handi says:
    January 11, 2017 at 6:03 pm

    Riumaan bappa mifaharu gaiga ahlan furusathu nudheythi…. Riumaan mihaaru thihiry bodu vefa mihaaraku ehnneh faadu faadakah nubeheveyne.. Kudairu behuneh kamaku… Hihvaru kohfa mikamaaves kurimathilaa eyrun kaamiyaabu vaane konmes dhuvahakun.

  6. hanaa says:
    January 11, 2017 at 6:15 pm

    wow!! varah salhi iegy.

  7. hyny says:
    January 11, 2017 at 6:15 pm

    dhn riumaan vy eynage vahushee bafaa bust kohlan… anyway story v interesting…

  8. Naadhee says:
    January 11, 2017 at 6:18 pm

    V reethi mi story

  9. eight says:
    January 11, 2017 at 6:20 pm

    dhen alhey ayyadh jail ah dhaani tha? plx ehen nahadhacehy. varah salhi igey

  10. Redrose says:
    January 11, 2017 at 6:31 pm

    Mi partves v reethi

  11. shile says:
    January 11, 2017 at 6:42 pm

    Can fight with the powerful and most dangerous ppl but cant say even a word to the rapist, her father. Bappa ge bed falhufiliuvaan fashanvee alun.
    disgusting. What is the use of her courage she showed to others if she cant fight for herself

    1. Laali says:
      January 11, 2017 at 6:48 pm

      Lets see what happens now that she is grown up. I don’t thinl she is the same anymore. Every girl needs to stand up for herself. Riuman you can do it!

  12. Aadhu says:
    January 11, 2017 at 6:53 pm

    Mi part ves v nice…

  13. orchid says:
    January 11, 2017 at 6:56 pm

    Riuman you can do it! E zubeyryu ah kulhi dhakaalathi. Varah salhi vaahakal layaa

  14. Eliina says:
    January 11, 2017 at 7:02 pm

    dhen kobaa mahudhee dhari? eyna ah dhw aslu adhabu liben v. hope he will be found. and plx don’t let riuman do whatever zubeyru asks for. eyna mihaaru dhen bodu vefa nun ehuri. she is so much more strong! next part dhigu kohlachey igey layaa dhooni ?

  15. moonlight says:
    January 11, 2017 at 7:13 pm

    Ayyadh gen dhani tha dhen? alhey eyrun e meehunge love story neenaane tha. and kon irakun tha loabige bae gens dhani. still no couple in this story. hope it will happen soon. varah reethi mi part ves. ❤️

  16. Aisha says:
    January 11, 2017 at 8:01 pm

    A zubair maraalan v emmen kurinatheega??

  17. Faathee says:
    January 11, 2017 at 8:26 pm

    No not again. Pls layaal dhen zubeyru eyna aa behuna nudhechey. Pls pls

  18. Kiara says:
    January 11, 2017 at 9:35 pm

    Pls up the stry asap.i wanna read nxt prt.this is fntstc.i love this story.????❤❤???????

  19. Anonymous says:
    January 11, 2017 at 9:43 pm

    riumaan mifaharu kurin hedhihn sirru kohgn nuhunnaathi.. ur brave girl.. riumaan mifaharu madun nuhunnaathi,..

Comments are closed.

All Right Reserved!