
ހުރީ ވެވިފާ ބާކީ… (ފަހުބައި)
“އިކާން މިރޭ ވީ ސްޓޫޑިއޯގަ.. ބުނި ގެއަށް އައުމުގެ ކުރިން ގުޅާނަމޭ… އޭނަ އައުމުގެ ކުރިން ސްޓޫޑިއޯއަށް ދޯ ދާންވީ…” ފައިވާނަށް އަރަމުން ތާރާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
“ތިވެސް ވަރަށް ސަޅި ގޮތެއް… އޭނަ ހިތަކަށްވެސް ނާރާނެ ތާރާ ސްޓޫޑިއޯއަށް ގޮސްދާނެއެކޭ ނޫންތަ… ހިނގާ އަވަހަށް ދަމާ… ދެޓްސް އަ ގުޑް ޕްލޭން..” ދޮރު ހުޅުވާލަމުން އުލްފާ ބޭރަށް ނުކުމެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. އުލްފާގެ ފަހަތުން ތާރާ މިސްރާބު ޖެހިއެވެ. ތާރާގެ ލޯ ތޮޅެން ފެށުމުން އެއްއަތުން އެލޯމަތީ އަތް ހާކަމުން ގޮސް ލިފްޓް ކައިރިއަށް ހުއްޓުނު އިރު ތާރާގެ ހިތް ބާރުބާރަށް ތެޅެނީއެވެ. ކޮންމެވެސް ދެރަކަމެއް ވާން އުޅެނީއޭ ތާރާގެ ހިތްބުނަމުން ދިޔައީ ކީއްވެކަމެއް ތާރާއަކަށް ނުވިސްނުނެވެ.
*** *** *** *** *** ***
ޒުމްރާގެ ގައިގާ އިކާން ލައްވުމާއެކީ އެއް އަތުން މޭޒުގައި ހިފަހައްޓާލަމުން ދުރަށް ޖެހިލީ މޫނު ކުނިކޮށްލަމުންނެވެ. “އިކާން.. މިހާރު ވަރަށް ބަދަލު ވެއްޖެ… މި ހުރިހާކަމެއް މިހެން މިވީ އެ ތާރާއާ ހެދި… އޭނަ ދޫކޮށްލާ… ވަރިކޮށްލާ… އޭރުން އަހަރެންނާ އެކީ އުޅެންޖެހިގެން އޯކްވަރޑް ފީލެއް ނުވާނެއްނު….”
ޒުމްރާގެ ދުލުން ނުކުންނަމުން ދިޔަ ބަސްތަކުން އިކާނަށް ހިމޭނުން ހުރެވޭ ގޮތެއް ނުވިއެވެ. “ޒުމްރާ… މޮޔަ ވީތަ؟.. އަހަރެން ތާރާ ވަރިއެއް ނުކުރާނަން… މިކަމުގަ ތާރާގެ ކުށެއް ނެތެއްނު… ކުށްކުރީ އަހަރެމެން ދެމީހުން… އަހަރެން އެދުވަހު ކިހާ އާދޭހެއް ކުރިން ޒުމްރާއާ ކައިވެނި ކުރަން… އެދުވަހު ޒުމްރާ ބުނީ މިގުޅުން ބޭއްވެނީ ބެޑް ރިލޭޝަނެއް ގޮތަށް އެކަންޏޭ.. ދެން މިހާރު ކީކޭތަ ތި ކިޔަނީ؟…” ޒުމްރާއާ ދުރަށް ޖެހެމުން އިކާން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ކުރަމުންނެވެ.
“އިކާން ތިބުނީ ދެން ތާރާ ވަރިއެއް ނުކުރާނަމޭތަ؟… ވަރި ނުކުރިޔަސް އޯކޭ.. އިކާނަށް މި ރިލޭޝަން ކުރިއަށް ގެންދެވޭނެ ނޫންތަ؟… ކުރިންވެސް އޮތް ގޮތަށް…” މޭޒުކައިރީ ހުރި ބޮޑު ގޮނޑީގައި އިށީންނަމުން ޒުމްރާ ހަމަޖެހެން މަސައްކަތް ކުރިއެވެ.
“ކުރިން އޮތް ގޮތަށް މި ގުޅުން ބާއްވަން ބުނާ އިރު ޒުމްރާއަކީ ތާރާ މަންމައެއް ގޮތަށް ދެކޭ މީހެއް.. އަހަރެން ކިހިނެއް މި ރިލޭޝަން ކޮންޓިނިއު ކުރާނީ… ޓްރައި ޓު އަންޑަސްޓޭންޑް… މިކަމެއް ނުވާނެ…” ޒުމްރާގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓެމުން އިކާން މޭޒުމަތީ އިށީނުމަށްފަހު ދެއަތް ޖޯޑުކޮށްލިއެވެ.
“އިކާނާ ނުލާ އަހަންނަކަށް ނޫޅެވޭނެ.. އައި ނީޑް ޔޫ… އިކާން ބުނި ވަރަކަށް އިތުރަށްވެސް ފައިސާ ދީފާނަން.. ޕްލީސް އަހަރެން ދޫކޮށްނުލާ…” ގޮނޑި ދަމާލަމުން ޒުމްރާ ކުރިއަށް ޖެހިލީ އިކާންގެ އަތުގައި ހިފާށެވެ.
“ނޯ.. ދެން ނުވާނެ… އިޓްސް އޯވާ.. ޒުމްރާއަށް އިނގޭނެ އަހަރެން މިދައްކަނީ ރަނގަޅު ވާހަކައެއްކަން…” މޭޒުގައި އިކާން އަތް ވިއްދާލީ މޭޒުމަތިން ފައިބާށެވެ. ނަމަވެސް އެއަށްވުރެއް ކުރިން ޒުމްރާ ގޮނޑިން ތެދިވެ އިކާންގެ ކޮނޑުގައި ހިފެހެއްޓިއެވެ.
“އިކާން ޑޯންޓް ޑޫ ދިސް ޓުމީ… އައި ކޭން ފިނިޝްޔޫ… އިކާން… އަހަރެން ރުޅި ނާރުވާތި… އެއްބަސްވީ އެއްބަސްވުން ހަނދާން ނެތުނީތަ.. ދެމީހުންގެ ލައިފްގެ ޕާސަނަލް ކަންކަމާ ނުބެހޭވޭނެ… ސޯ ޕާސަނަލް ކަންކަމާ ނުބެހި މިކަން ކޮންޓިނިއު ކުރެވެން ޖެހޭނެ. އެހެންނޫނީ….” އިކާންގެ މޫނާ ދިމާއަށް ޒުމްރާގެ ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ އޭނާ ވާހަކަ ދެއްކަމުން ދިޔައިރު ފަހަރެއް ފަހަރެއް އޭނާގެ އަޑު ހަރުކަށިވަމުންނެވެ.
“އަހަރެންނަށް ބިރު ދައްކަން ކަމަށްދޯ ތިއުޅެނީ… ޖަސްޓް ލީވް… މިތަނުން ޒުމްރާ ދާން އުޅޭ… އަހަރެންގެ އެންމެ ފަހުގެ ނިންމުން މި ބުނީ.. ޒުމްރާއަށް ފެންނަ ގޮތަކަށް ކަންތައް ކުރަންވީ.. އައި ޖަސްޓް ޑޯންޓް ކެއަރ… ނައު ގެޓް ލޮސްޓް…” އަޑުގެ ނެތްތަނަށް އިކާން ހަޅޭއްލަވައިގަތެވެ. އިކާންގެ ހިތުގެ އުދާސްތައް ބޭރުކޮށްލަމުން ޒުމްރާގެ އަތުގައި ހިފާ ސްޓޫޑިއޯގެ ދޮރާ ދިމާއަށް މިސްރާބު ޖެހީ އޭނާ އެތަނުން ނެރޭށެވެ. ދޮރާ ގާތްވެފައި ހުއްޓާ ކުއްލިއަކަށް ސްޓޫޑިއޯގެ ދޮރު ހުޅުވުމުން އެ ދޮރާ ދިމާއަށް އިކާނަށް ބަލާލެވުނީ ހައިރާން ކަމާ އެކީގައެވެ.
“އިކާން….” ހައިރާންވެފައި ހުރެ ފިޒާމަށް ބަލާލެވުނީ އިކާން ގާތުގައި ހުރި ޒުމްރާގެ މޫނަށެވެ. އޭނާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެން ހުރެ އިކާން އޭނާ އެ ތަނުން ނެރެނީއެވެ.
“ކަލޭ ދެން މިތަނަށް ނާންނާތި؟.. މަށަށް ގުޅައިގެންވެސް ނުވާނެ…” ދޮރުން ބޭރަށް ޒުމްރާ ނެރުމަށްފަހު ބަންލާފަ ދޮރުފަތް އިކާން ލައްޕާލިއެވެ. އޭރު ސްޓޫޑިއޯ ތެރެއަށް އައިސް ވަތް ފިޒާމް ކަރު ކެހިލަމުން އެތެރެއަށް ވަނީ ބޮކިތައް ދިއްލާލަމުންނެވެ.
މިރޭ ކަންތައް ދިމާވިގޮތް ކިޔައިދެމުން ދިޔައިރު އިކާން ހުރީ ދެއަތަށް ހިނގާލަ ހިނގާލައެވެ.
*** *** *** *** *** ***
“އަޅެ މީތަ ސަޕްރައިޒްއަކީ… ކިހާ ދުވަހެއްވެއްޖެހެން ހީވަނީ…” އުލްފާ ސުވާލުކޮށްލަމުން ތާރާގެ ކޮނޑުގައި ފިރުމާލިއެވެ.
“ނޭނގެ ހީވަނީ ވަން މަންތުހެން ވާނީ… އަހަރެން ކިޓްއަކުން ޓެސްޓު ކުރިން… ޕޮސިޓިވްކަމަށް ދެއްކީމަ ޔަގީން ކުރަން މިއައީ… އިކާނަށް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން ބޭނުމީ…” ތާރާ ވާހަކަ ދައްކަދައްކާ ހުއްޓާ ލެބޯޓްރީއިން ތާރާއަށް ގޮވާލުމުން އޭނާ އެތަނަށް ދާން އަވަސްވެގަތެވެ.
“އުލް.. މަޑުކުރޭ އިނގޭ… އިކާން ގުޅިއަސް ކޯލް ނުނަގައްޗޭ…” ތާރާ ލެބޯޓްރީއަށް ވަންނަން އަވަސްވެގަތެވެ.
ޕްރެގްނެންސީ ޓެސްޓު ހަދަން ލޭދިނުމަށްފަހު ތާރާ ލެބޯޓްރީއިން ނުކުތީ އެއްއަތުގެ ލޭ ނެގިދިމާލުގައި ތަތްކޮށްފައިވާ ކަފަކޮޅުގައި ހިފަހައްޓައިގެން ހުރެއެވެ. އުލްފާގެ މަގަތުގައި އިށީންނަމުން ތާރާ ވާހަކަ ދެއްކިއެވެ. “ވަރަށް ކަޑަ… ރިޕޯޓްގެ ނަތީޖާ ލިބޭނީ މާދަމާއޯ… މިރޭ ސަޕްރައިޒެއް ނުދެވޭނެއްނު…” ތުންގަނޑު ވިކާލަމުން ތާރާ ޖަވާބުދިނީ ކަރު އެލުވާލަމުންނެވެ.
“ސޯ ވީ ކޭން ޕްލޭން ސަމްތިން ފޯ ޓުމޯރޯ ނައިޓް… ސަޅިއެއްނު އެގޮތް… ހެނދުނު ރިޕޯޓް ނަގާފަ ޕޮސިޓިވް ވެއްޖިއްޔާ ޕާޓިއެއް ޕްލޭން ކުރާނީ… އެގޮތް ސަޅިއެއްނު…. ދެފަރާތުގެ ފެމިލީ އެންމެންނަށް އިންވައިޓް ކުރާނީ…. މިރޭ ގެއަށް ގޮސް މޮޅުގޮތެއް ރާވާލާނަން… ހިނގާ ދެން ގެއަށް ދާން… ތި ލޭ ނެގިތަން އިކާނަށް ނުދައްކާތި.. އެހެންނޫނީ ހުރިހާ ކަމެއް ބަސްޓް ވާނެ…” އެ ހޮސްޕިޓަލުން ދެއެކުވެރިން ނުކުމެ ގެއާ ދިމާއަށް ދާން މިސްރާބު ޖެހީ މާދަމާ ލިބޭނެކަމށް ބުނި ރިޕޯޓާ ދޭތެރޭ ވިިސްނަަމުންނެވެ.
އުލްފާ ގެއަށް ދިޔައީ ވަރަށް ލަސްވިފަހުން އޭނާގެ ފިރިމީހާ ޝާމް ގުޅާ ވަރުންނެވެ. އެކިގޮތްގޮތަށް ޕްލޭންތައް ރާވާލުމަށްފަހު އުލްފާ އެގެއިން ދިޔުމުން ލަސްނުކޮށް އިކާންގެ ނަންބަރަށް ތާރާ ގުޅާލިއެވެ. “އިކާން.. ކޮން އިރަކު ގެއަށް އަންނަނީ.. އައިމް ޓަޔަޑް… ވަރަށް ނިދި އައިއްސި..” ވާހަކަ ދައްކަމުން ކޮޓަރައަށް ވަދެ އެނދުގައި ތާރާ އޮށޯތެވެ. އިކާނާ ފޯނުން ވާހަކަ ދައްކަން އޮވެ ތާރާގެ ގައިމަތީގައި ރަޖާގަނޑު އަޅާލީ އޭނާއަށް ފިނިވާތީއެވެ. ވާހަކަ ދައްކަން އޮންނަތާ އިރުކޮޅެއްވީފަހުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް އިކާން ވަތްތަން ފެނި ތާރާ އެނދުމަތިން ތެދުވިއެވެ.
“ހާދަ މިސްވެފަ…” ތާރާގެ ކޮލުގައި ހިފާލަމުން އިކާން ގާތްވެލިއެވެ.
“ހޫން.. ހިނގާ ދެން ނިދަން ވަރަށް ޓަޔަޑްވެއްޖެ.. އުލްފާއާ އެކީ ބޭރަށް ގޮސްލާފަ މިއައީ…” ގަމީހުގެ ގޮށްތައް ނައްޓުވަމުން ތާރާ ވާހަކަ ދެއްކި އިރު އޭނާއަށް އާފުރެވުނެވެ.
“މިއަންނަނީ…” ފާޙާނާއަށް ވަންނަމުން އިކާން ލައިގެން ހުރި ގަމީސް ބޭލިއެވެ. ހެދުން އަޅުވާ ހަރުގައި އެ ގަމީސް އަޅުވާލުމަށްފަަހު އިކާން ފާޙާނާއަށް ވަދެ މޫނުދޮންނަން އިސްކުރު ދޫކޮށްލިއެވެ. ޒުމްރާއާ އެކީ މިރޭ ދިމާވި ކަންތައް ފިލްމެއްގެ ސިފައިގައި އިކާންގެ ލޯމައްޗަށް ސިފަވިއެވެ. ޒުމްރާއާ ދިމާއަށް ކިއުނު އެއްޗިހި ހަނދާންވުމުން ހުއްޓުން އެރިއެވެ. ފިޒާމް ބުނިފަދަ ގޮތަށް ކަންތައް ވެދާނެތީ އިކާން ފަސްޖެހުނެވެ. ޒުމްރާ ސްޓޫޑިއޯއިން ނެރުނު ފަހުން އަދި އިކާނަށް ނުގުޅައެވެ. ދެން އެކަންތައް ހަމައަކަށް އެޅުުނީކަމަށް އިކާން ހީކޮށްގެން ހުރިނަމަވެސް އިކާންގެ ހިތުގައި ބިރުވެރިކަމެއްވަނީ އަށަގެންފައެވެ.
މޫނު ދޮވެލައިގެން އިކާން ފާޙާނާއިން ނުކުމެ ތާރާއާ ދިމާއަށް ބަލާލިއެވެ. އޭރު ތާރާއަށް ވަނީ ނިދިފައެވެ. ތާރާގެ މަގަތުގައި އޯށޮވެ ނިތްކުރިމައްޗަށް އަތް ބާއްވާލައިގެން އިކާން އޮތީ ވިސްނާށެވެ. ރޭގަނޑުގެ ނިދިން މަޚްރޫމުވެފަ ވިސްނާ ފިކުރުކުރަން އޮވެވުނީ ކިހާއިރެއް ވަންދެންކަން އިކާނަކަށް ނޭނގުނެވެ.
ކޮޓަރިތެރެއަށް އެޅިފައިވާ އަވީގެ ސަބަބުން އިކާނަށް އުނދަގޫ ވިއެވެ. ދެލޯ ހަނިކޮށްލަމުން ތާރާ އޮތް ފަރާތަށް އިކާން އެނބުރިލި އިރު އިކާނަށް ލިބުނީ ހައިރާންކަމެކެވެ. އެނދުންތެދުވެ ފާޙާނާތެރެ ބަލާލުމަށްފަހު ކޮޓަަރިން ބޭރަށް އިކާން ނުކުތީ ތާރާއަށް ގޮވަމުންނެވެ. ސިޓިންގް ރޫމްތެރެ ކުނިކަހަން ހުރި ސީތާ ފެނުމުން ތާރާ ކޮބައިތޯ އިކާން އަހާލިއެވެ. “ތާރާ މެޑަމް ދުރުވީ ބޭރަށް…”
ސީތާ ދިން ޖަވާބުން އިކާންގެ ސިކުނޑީގެ ދިމާލެއްގައި ރިއްސާލިއެވެ. އިކާންގާތު ނުބުނެ ތާރާ އެ ދިޔައީ ކޮންތާކަށް ހެއްޔެވެ. ތާރާއަކީ ދުވަހަކުވެސް އިކާން ގާތު ނުބުނެ ތަންތަނަށް ދާ ކުއްޖެއް ނޫނެވެ. ކޮޓަރިއަށް ވަދެ އިކާން އެންމެ ފުރަތަމަވެސް ބޭނުންވީ ތާރާއަށް ގުޅައިގެން އޭނާ ދިޔަތަނެއް އޮޅުންފިލުވާށެވެ.
*** *** *** *** *** ***
އުލްފާމެންގޭ ދޮރުމަތީ ހުރެ އުލްފާގެ ނަންބަރަށް ތާރާ ގުޅާލީ އެގޭ ދޮރު ނުހުޅުވައިގެންނެވެެ. “އޭ އަދިވެސް މޯނިންގް ނުވަނީތަ.. މަމިއައީ ރިޕޯޓް ހިފައިގެން…” ފޯނު ކަނޑާލުމަށްފަހު ދޮރު ހުޅުވާލަމުން އެތެރެއަށް ވަންނާށޭ އުލްފާ ބުނެލީ ބޮލުގެ އިސްތަށިގަނޑު އެއްކޮށްލުމަށްފަހު ހުޅިއެއް ޖަހާލަމުންނެވެ. ނިދާ ހޭލި ގޮތަށް ހުރުމުން ތާރާ ގާތު ސޯފާގައި އިށީންނާށޭ ބުނެ އުލްފާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
މޫނުދޮވެގެން އުލްފާ އައިސް ތާރާ ގާތު އިށީނެވެ. “ކީކޭތަ ރިޕޯޓްގަ އޮތީ…” އުފަލުން ތެޅި ފޮޅެމުން އުލްފާ ވާހަކަ ދައްކަމުން ދިޔައީ ތާރާގެ ފާރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ.
“އަދި ނުބަލަން.. ޔޫ ނޯ އައިމް ނާވަސް… އުލްފާއާ އެކީ ބަލާނީ… ނޯ ނޯ ނޯ ޔޫ އޯޕަން ދިސް… އައި ކާންޓް…” ތާރާގެ އަތުގައިއޮތް ސިޓީއުރަ އުލްފާ އާ ދިމާއަށް ދިއްކޮށްލަމުން ތާރާ ވާހަކަ ދެއްކިއެވެ. އެ ސިޓީ އުރައިގައި އުލްފާ ހިފުމާއެކު ދެއަތުން ތާރާގެ މޫނު ނިވާކޮށްލިއެވެ. ރިޕޯޓް ނަގާ ނިއުޅުވާލުމަށްފަހު ތާރާގެ މޫނަށް އުލްފާ ބަލާލިއެވެ.
“ކީކޭ އޮތީ… ބުނެބަލަ…” އަނގައިން ބަހެއް ނުބުނެ އުލްފާ އިންގޮތުން ތާރާ ސުވާލުކުރަން ފެށިއެވެ. އުލްފާގެ ފަރާތުން ޖަވާބެއް ނުލިބުމުން އުލްފާގެ އަތުގައި އޮތް ރިޕޯޓް ތާރާ ޖަހައިގަތެވެ.
“އުލް… އުލް.. ސީ ދިސް… އައިމް ޕްރެގް.. ޕޮސިޓިވް.. ޔޭ….” އުފަލުން ތާރާ ގޮނޑިން ތެދުވެ ފުމެން ފެށިއެވެ.
“ތާރާ ކާމް ޑައުން.. ޔޫ އާ ޕްރެގް.. ތިހެން ނޫޅޭ.. ވަރަށް ބަލައިގެން އުޅެންވާނީ… ކޮންގްރެޓްސް.. ލެޓްސް ޕްލޭން ދަ ޕާޓީ… ޔޭ… ކޮބާތަ އިކާން؟…” ތާރާގެ ގައިގާ ބައްދާލުމަށްފަހު އުލްފާ ޖަވާބުދިނެވެ.
“މިގޭ ކައިރީ ހުއްޓާ އިކާން ގުޅި.. އަހަންނަކަށް ނޭނގުނު ބުނާނެ އެއްޗެއް… ސޯ އަހަރެން ބުނީ އުލްފާ ބަލިވެގެން މިގެއަށް އައީއްޔޭ… ޝާމްވެސް މާލޭގަ ނެތީމަ މިރޭ ވަންދެން މިގޭގަ މަޑު ކުރާނީއްޔޭ…” އަނގަޔަށް ވައްތަރެއް ޖައްސަމުން ތާރާ ވާހަކަ ދެއްކުމަށްފަހު އުލްފާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.
“ހެހެހެ… ތާރާވެސް ދޯ.. އޯކޭވާނެ… އަހަންނަށް ގުޅައިފިއްޔާ ބަލިކަމަށް ހެދެން ދޯ ޖެހޭނީ… ހިނގާ ސަޕްރައިޒް ޕްލޭންކުރަން ދޯ… ބަޓް ކޮފީއެއް ބޮއެގެން ވާނީ…” ބަދިގެއާ ދިމާއަށް އުލްފާ ހިނގައިގަތީ ސިޓިންގްރޫމުގަ ހުރި ބޮޑު ގަޑިއަށް ބަލާލަމުންނެވެ.
*** *** *** *** *** ***
އުލްފާއާ އެކީ އިކާނަށް ސަޕްރައިޒް ޕާޓީއެއް ތައްޔާރުކޮށް ނިންމާލުމަށްފަހު ތާރާ ރީތިވެގެން އައީ ވަރަށް އަވަސްއަރުވާ ލައިގެންނެވެ. ފުއްޕާހަންތަކުން ރީތިކޮށްފައިވާ ޓެރަސްއަށް ބަލާލަމުން ތާރާ ހިނިތުންވެލިއެވެ. ދައުވަތު ދިން އެންމެން އޭރު އެތަނަށް އައިސް މަޑުކޮށްގެން ތިބީ ތާރާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. ތާރާ ފެނުމާއެކީ ކުރިއަށް ޖެހެމުން އާތިފް ވާހަކަ ދެއްކީ ނުހަނު ލޯތްބާއެކީގައެވެ. “ދަރިފުޅާ ތާރާ.. ބައްޕަ ވަރަށް އުފާވެއްޖެ… އަދި އިކާނަކަށް ނޭނގޭ ދޯ… ދައްތަގެ ފޯނަށް ގުޅާފަ ބައްޕަ ބުނިން އަންނައްޗޭ.. ތާރާއަށް ދައްތަ ނުގުޅާތަ؟..” ތާރާ ބޯޖަހާލަމުން އަތް ދަބަސްތެރެއިން ފޯނު ނަގާ އޭގެ ސްކްރީނަށް ބަލާލީ އެއްވެސް މިސްޑް ކޯލެއް އައިސްފައިވޭތޯއެވެ.
“ނޫން.. ދައްތަ ނުގުޅާ.. ވެދާނެ ބިޒީ ވީ ކަމަށް… އިކާނަށް ގުޅަންވީ ދޯ.. ކޭކް އައިއްސިތަ… ކޮބާ ޓެސްޓްގެ ރިޕޯޓް…” އުލްފާއާ ދިމާއަށް ބަލާލަމުން ތާރާ އަވަސްވެގަތީ ހުރިހާ ކަމެއް ނިމިފަ ހުރިތޯ ޔަގީން ކުރާށެވެ.
ދުރުގަ މަންޒަރު ބަލަން ހުރި ސައްތާރު ބޯ ހޫރުވާލިއެވެ. “އާމިރާ… އިނގޭތަ ޒުމްރާ މިއަދު ގޭދަށުން ދުރަށް ނުގޮސް އެހުންނަނީ އެތާ އެނބުރިލަ އެނބުރިލަ… އިކާން އަދިވެސް އެކަން ކުރަމުން ދާއިރު އާމިރާ ތިހުންނަނީ އެ ސޮރު ހުއްޓުވަން އެއްވެސް ކަމެއް ނުކޮށް.. މިހާރު ތާރާ ބަނޑުބޮޑު… ކަންތައް މާ މައްޗަށް ނުދަނީސް އިކާން އިސްލާހުކުރަން އަހަރެން ވާހަކަ ދައްކާނަން…” ސިއްރުސިއްރުން ސައްތާރު ވާހަކަ ދެއްކީ އެހެންމީހަކަށް އަޑު ނީވޭނެހެން މަޑުމަޑުންނެވެ.
*** *** *** *** *** ***
އިރުއޮއްސެން ކައިރިވީއިރު ފިޒާމަށް ގުޅައިގެން އެންމެ ފަހުން ނުކުތް ލޯބީގެ ފިލްމެއް ހޯދައިގެން އިކާންމެން ދިރިއުޅޭ ގެއަށް އައީ ތާރާއަށް ވެފައިވާ ވައުދު ފުއްދާށެވެ. އިކާންމެން ގޭގެ ޓެރަސްގައި ދެމަފިރިންނަށް ލޯބީގެ ފޮނި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގޮތަށް ހުރިހާކަމެއް ރާވާލައިގެންނެވެ. މިރޭ ދިހައެއް ޖަހަންވާއިރަށް ހުރިހާކަމެއް ތައްޔާރުކޮށް ނިންމާލަން އިކާން ބޭނުންވިއެވެ. ހިތުގެ ބައްޓަމަށްހުރި ފުއްޕާހަން ތަކެއް ގަނެގެން އަންނަން ފިޒާމްކައިރީ ބުނި އިރު އިކާންގެ ފޯނު އެއްކޮށް ނިވިއްޖެއެވެ. ފޯނު ޖީބަށް ލަމުން ގޭތެރެއަށް ވަދެގެން އިކާން ލިފްޓާ ހަމައަށް ދިޔައިރު އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ފިނިފެންމާ ބޮނޑި ބިންމައްޗަށް ވެއްޓުނެވެ. ޗުސް ކަނޑާލަމުން އިކާން އެ މާބޮނޑި ނަގަން ގުދުވިއެވެ. މާބޮނޑި ނަގަން ގުދުވެގެން އޮތް އިރު އެތަނަށް މީހަކު އައިސް ހުއްޓުމުން އެމީހާގެ ފައިތިލައަށް އިކާން ބަލާލީ ހައިރާން ކަމާއެކުގައެވެ. ތެދުވެ ހިންދެމިލަމުން އިކާންގެ ކުރިމައްޗަަށް ހުއްޓުނު މިހާގެ މޫނަށް އޭނާއަށް ބަލާލިއެވެ. އަނގައިން ބުނަން ބޭނުން ނުވާތީ ޒުމްރާގެ ކައިރިން ރެކިގެން އިކާން ލިފްޓަށް އަރަން ދިޔައެވެ.
“އިކާން… އޭ މަޑުކޮށްބަލަ..” އިކާންގެ ފަހަތުން ލިފްޓަށް އަރަމުން ޒުމްރާ ވާހަކަ ދެއްކިއެވެ. ޒުމްރާ ދައްކަމުން ދިޔަ ވާހަކައަށް އިކާން ދިނީ ބީރު ކަންފަތެކެވެ.
“ކީއްވެތަ މަ އިގްނޯ ކުރަނީ… އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން މިއައީ… ޕްލީސް މަ ދައްކާ ވާހަކަ އަޑު އަހާބަލަ…” ނުވަ ވަނަ ބުރިއަށް ލިފްޓް އައިސް ދޮރު ހުޅުވުމުން އިކާން ލިފްޓުން ފޭބުމަށްފަހު އޭނާގެ އެޕާޓްމަންޓަށް ވަންނަން ދޮރު ހުޅުވާލިއެވެ.
“ޒުމްރާ ހަމަ މިހާރު މިތަނުން ދޭ.. އަހަރެން ބޭނުމެއް ނޫން ޒުމްރާއާ ވާހަކަ ދައްކާކަށް…” އިކާން އެއްޗިހި ކިޔަމުން މަސައްކަތް ކުރީ ދޮރު ލައްޕާށެވެ. ނަމަވެސް ޒުމްރާ އެއަށްވުރެ ހުށިޔާރެވެ. އެޕާޓްމަންޓް ތެރެއަށް ޒުމްރާ ދެމިގަތުމުން އިކާން ދުރަށް ޖެހިލިއެވެ. އިކާންގެ އަތުގައި ހުރި ސާމަނުތައް ސޯފާ ކައިރީ ހުރި ކުޑަ މޭޒުމަތީ ބެހެއްޓުމަށްފަހު އެނދާ ދިމާއަށް ހިނގައިގަތެވެ.
އެނދުގައި އިށީނުމަށްފަހު ފުންނޭވާއެއް އިކާން ބޭރުކޮށްލީ އޭނާގެ ސިކުނޑިއެއް ލުއިކަމެއް ހޯދާށެވެ. ނަމަވެސް ކުރިމަތީ ހުރި ޒުމްރާ ފެނުމުން އޭނާގެ ހިތާ ސިކުނޑިއަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއްހެއްޔެވެ.
“އަހަރެން ދެން އިކާނަށް ދުވަހަކުވެސް އުނދަގުލެއް ނުކުރާނަން.. ހެޔޮނުވާނެ އިކާން އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ… އިކާން ކައިރީ ލޯބިވެޔޭ ބުނަންވީ ކިހާވަރަކަށްތަ… އިކާނާ ނުލާ އަހަންނަކަށް ނޫޅެވޭނެޔޭ ބުނީމަވެސް އިކާން ދުރަށް ދަނީ ކީއްވެގެންކަން އަހަންނަށް އެނގިއްޖެ… އިކާން އަހަރެން ދެކެ ވާ ލޯބި ތި ގުރުބާން ކުރަނީ އެހެންވެގެންތަ؟… ތާރާ ވަރިނުކުރާނަމޭ ބުނީމަ ހީވި ކޮންމެވެސް މަޖުބޫރީ ހާލަތެއް އޮތީމައޭ އިކާން އެހާ ދުރުވާނީ… އަހަރެންނަށް ކަމެއް ކޮށްދެންޏާ ތާރާގެ ބަނޑުގައިވާ ދަރި ވައްޓާލާ…” ޒުމްރާގެ ވާހަކަ ނިމުމުން އިކާންގެ ފުންމައިގެން އެނދުމަތިންތެދުވެ ޒުމްރާއާ ދިމާއަށް ބަލާލީ ސުވާލުން ފުރިގެންވާފަދަ ނަޒަރަކުންނެވެ.
ޒުމްރާގެ އަތްދަބަސް ތެރެއިން ނެގި ފައްސަތޭކަ ރުފިޔާގެ ފައިސާ ބޮނޑި އިކާންގެ މޫނާ ދިމާއަށް ހޫރާލިއެވެ. “ޕްލީސް ގެޓް ރިޑް އޮފް ހަރ… އަހަރެމެން އާ ފެށުމަކުން ފަށާނީ… މާލޭގަ އުޅެން ބެނުން ނޫނިއްޔާ އެހެންތާކަށްވެސް ދެވިދާނެ… މި އެންމެންނާ ދުރަށް ދާން ހިނގާ.. ޖަސްޓް ޔޫ އެންޑް މީ…” ޒުމްރާގެ އަނގަ މައިތިރި ނުވާނެކަން އެނގުމުން ޒުމްރާގެ ގައިގާ އަޅާ ދުރަށް ކޮއްޕާލެވުނެވެ.
“ތާރާއާ މެރީ ކުރިއިރު އަހަންނަކަށް ނޭނގޭ ތީކަމެއް ތާރާގެ ދައްތައަކީ… އެނގުނު ނަމަ އަހަރެން ތާރާއާ މެރީ ނުކުރީމުސް… ޒުމްރާއަކީ ކާކުކަން އެނގުނު ހިސާބުން އަހަރެން ޒުމްރާއާ ދުރަށް ދާން ފެށިން.. އަހަރެން ބޭނުމެއް ނޫން ޒުމްރާގެ މޫނު ދެކޭކަށްވެސް.. މިތަނުން ދާން އުޅޭ… އަހަރެން މިހުރީ ވަރަށް ރުޅިއައިސްފަ… އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް ކަލޭ މިތަނުން ރައްކާވޭ…” ރުޅިއައިސްފައި ހުރުމުން އިކާން ބޭނުންވީ އެކޮޓަރިން ބޭރަށް ނުކުންނާށެވެ. ހިތްނުތަވަސްވާ ގިނަ ވަގުތުތައް އިކާން ހޭދަކުރަނީ އެޓެރަހުގައެވެ. ޓެރަސްއަށް ނުކުމެވެން ހުރި ކެހޭ ދޮރު ހުޅުވާލި ވަގުތު އޭނާގެ ފައިދަށުން ބިިންގަނޑު ދެމިގަތް ކަހަލައެވެ.
މުޅިތަން ވަނީ ޒީނަތްތެރިކޮށްފައެވެ. އެކި ކުލައިގެ ބޮކިތަކުންނާ ފުއްޕާ ހަންތަކުންނެވެ. ދުރުގައި ވާ ބެނާއަށް އިކާންގެ ނަޒަރު ހުސްކޮށްލެވުނެވެ.
“ގޮއިން ޓު ބީ އަ ޑޭޑް…”
ޓެރަސްތެރޭ އެންމެން ތިބީ ހުއްޓުން އަރާފައެވެ. އެކަކަށްވެސް ބަހެއް ބުނާކަށް ނުކެރުނެވެ. އިކާންގެ ކޮޓަރިތެރޭ ދެކެވުނު ހުރިހާ ވާހަކައެއް ބޭރުގައި ތިބި މީހުންނަށް އަޑު އިވުނެވެ. ރޭގަނޑުގެ ވަގުތެއް ކަމުން އެ ކެހޭ ބިއްލޫރި ދޮރުން އިކާނަށް ބޭރު ނުފެނުނަސް ޓެރަސްގައި ތިބި އެންމެންނަށް އެކޮޓަރިތެރޭ ހިނގި ކަންތައް ސާފުކޮށް ފެނުނެވެ.
ތާރާ އިނީ ޓައިލްސް މައްޗަށް ތިރިވެގެން ރޯށެވެ. ތާރާއާ ވާހަކަ ދައްކަމުން އުލްފާ މަސައްކަތް ކުރަމުން ދިޔައީ އޭނާ ހުއްޓުވޭތޯއެވެ. ތާރާގެ ގާތުގައި ހުރި އާތިފް އިކާނާ ދިމާއަށް ބަލާލުމުން އިކާން މަޑުމަޑުން އިސް ޖަހާލީ ކުށްވެރިއަކު ފަދައިންނެވެ. އާތިފް ބާރު ހިނގުމެއްގައި އިކާނާ ދިމާއަށް އަންނަތަން ފެށުމުން އިކާން ލަދުން ދެލޯ މަރާލިއެވެ. ހުރިހާ ކަމެއް މި ފަޅާއެރީ ވަރަށް ނުބައި ދަނޑިވަޅެއްގައެވެ. މީހުންގެ ފަރާތުން މަލާމާތާ ނަފްރަތާ ރުޅިވެރި ބަސްތައް ރައްދުވާނެކަން އިކާނަށް އެނގުނެވެ. އިކާނަށް ފަސްދީ އާތިފް ވަނީ އެކޮޓަރި ތެރެއަށެވެ. ޓެރަސްގައި ތިބި މީހުންފެނި ގަބުއަރާފައި ހުރި ޒުމްރާވެސް ހުރީ ހަދާނެގޮތް ހުސްވެފައެވެ.
ގައިގާ ހުރި ބާރެއްލާފަ ޒުމްރާގެ ކަންކަށިމަތީގައި އާތިފް ޖެހިއެވެ. “ކަލޭގެ ހުރި ގޮތް ކުޑަކަން… މަ ހިއެއް ނުކުރަން ކަލޭ މިހާ ދަށުދަރަޖައަށް ވެއްޓި ދާނެއެކޭ… އަހަރެން ކަލެއާ އެކީ އެންމެ ސިކުންތަކުވެސް އުޅޭކަށް ބޭނުމެއް ނޫން.. ކަލޭ ތިހުރީ ވަރިކޮށްފަ…” އާތިފް އެނބުރި ބަލާލީ ތާރާއާ ދިމާއަށެވެ. އޭރުވެސް ތާރާ އަޑުންއަޑުނަގާ ރޮމުން ދިޔައިރު އެތާ ތިބި އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ.
އިކާން ކުރިއަށް ފިޔަވަޅެއް އެޅީ ތާރާ ކައިރިއަށް ދާށެވެ. މާފަށް އެދޭށެވެ. އެ މަންޒަރު ފެނި ތާރާގެ އަތް އިކާނާ ދިމާއަށް ދިއްކުރަމުން އޭނާ ތެދުވަން މަސައްކަތް ކުރިއެވެ. “ހަބަރުދާރު.. އެންމެ ބަހެއް އަޑުއަހާކަށް މަ ބޭނުމެއް ނޫން.. އަހަރެން ބޭނުމީ އިކާންގެ ހަޔާތުން ދުރަށް ދާން… އިކާނާ އެކީ އަހަންނަށް ދުވަހަކުވެސް ނޫޅެވޭނެ.. މާފެއްވެސް ނުކުރެވޭނެ… ބައްޕާ ހިނގާ ދާން… އަހަރެން ބޭނުމީ މިތަނުންދާން…” ރޮމުން ތާރާ ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށް ގިސްލެވެއެވެ.
ތާރާކޮޅަށް ތެދުވީ އުލްފާގެ އަތުގައި ހިފަހައްޓައިގެންނެވެ. އިސްޖަހައިގެން ހުރި އިކާންގެ ލޮލުން ކަރުނަ އޮހެމުން ދިޔައިރު ތާރާދެކެ ލޯބިވިޔަސް ތާރާ ހޯދަން މަސައްކަތް ކުރާނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. މިއަދު އޭނާއަކީ ބޭވަފާތެރިއެއްކަން ހާމަވެއްޖެއެވެ. ސައްތާރާ އާމިރާއަށްވެސް އިސްޖަހާލެވުނެވެ. އިކާނާ ޒުމްރާގެ ކުޅިގަނޑު ފަޅާއެރިއިރު އެމީހުންވެސް ލަދުގަތެވެ. ރޮމުން އިކާންގެ އަތުގައި ހިފާ ތަޅުވާލަމުން އަލީޝާ ވާހަދެއްކީ އޭނާއަށް އެ ފެނުނު މަންޒަރު ގަބޫލު ނުކުރެވުނީމައެވެ. “ދޮންބޭ… ބުނޭ އެއީ ދޮގެކޭ… ދޮންބޭ… ޕްލީސް.. ތާރާ އެ ދަނީ… ތާރާ ހުއްޓުވާ…”
އާތިފް ބޭނުންވި ވަރަށް އެއްޗެހި ނުކިއީ ތާރާ ހުރި ހާލަތާ މެދު ވިސްނާފައެވެ. އިކާނާ ޒުމްރާއާ ދިމާއަށް މޫނު ކުނިކޮށްލަމުން އާތިފް އެތަނުން ނުކުންނަން ހިނގައިގަތެވެ. އާތިފްއާ އެކީ ތާރާ ނުކުތީ އޭނާގެ ގެއަށްދާށެވެ. އެ ތަނަށް އައިސްތިބި އާއިލާގެ މެމްބަރުންނާ ރަހްމަތްތެރިން ނުކުމެގެން ދިޔައިރުވެސް އިކާންއާ ޒުމްރާ އެ ހުރި ފިޔަވަޅުމަތީ ހުއްޓުން އަރާފަ ތިބީއެވެ. ޒުމްރާ އޭނާގެ ކޯތާފަތުގައި އަތް ހާކާލަމު ދޮރާ ދިމާލަށް މިސްރާބު ޖެހިއެވެ.
“އާތިފް.. ކީއްވެ އަހަރެން ވަރިކޮށްލީ… އަހަރެން ވަރިކޮށްލީ.. މިއަދު އަހަރެން ބާކީވީ… މިހުރިހާ ކަމެއް މިވީ އޭނައާ ހެދި… އޭނައާ ހެދި…” ކުދިކިޔާ ޒާތަށް ވާހަކަ ދައްކަމުން ޒުމްރާވެސް އެ އެޕާޓްމަންޓުން ނުކުތެވެ. ތިރިއަށް ދާން ލިފްޓަށް އެރިއިރު އެނާހުރީ ހަމައިގައެއް ނޫނެވެ. ދުވަމުން ކަހަލަ ގޮތަކަށް ޒުމްރާ ލިފްޓުން ނުކުތީ ތާރާމެން ކޮބައިތޯ ބަލާށެވެ. މަގުގެ އެއްފަރާތުގައި އޮތް ކާރަށް ތާރާއާ އާތިފް އެރި މަންޒަރު ފެނުމުން ޒުމްރާ ދުއްވައިގަތެވެ.
“އަހަރެން ކަލޭ މަރާލާނަން… ކަލެއާ ކަލޭގެ އަމަޔާ ހެދި މަގޭ ދިރިއުޅުން މި ހަލާކުވީ…”
ދުވެފައި ޒުމްރާ ނުކުތީ ކަރު ބުޑުން ހަޅޭއްލަވަމުންނެވެ. ކާރުގެ ފަހަތު ސީޓުގައި އިން ތާރާއަށް ޒުމްރާ އަންނަތަން ފެނުމުން އާތިފްއަށް ގޮވާލިއެވެ. މަގުގެ މެދާހަމައަށް ޒުމްރާ ނުކުތް ވަގުތު އެމަގުން ދުއްވާފައި އައި ޕިކަޕެއްގައި ޖެހި ޒުމްރާ ވިއްސައިގެން ދިޔަ މަންޒަރު ފެނުމުން ތާރާ ހަޅޭއްލަވައިގަތެވެ.
*** *** *** *** *** ***
ގަބުވެފައި ހުރި އިކާނަށް ހޭވެރިކަމެއްވީ ސައިރެންގެ އަޑަށެވެ. އެ އެމްބިއުލަންސް މަޑުކޮށްގެން އެއޮތީ އިކާންމެން ގޭކައިރިއަށް ކަން އެނގުމުން ޓެރަސްގެ ރޭލިންގް ދަގަނޑުގަނޑާ ދިމާއަށް އިކާން ޖެހިލީ ވެގެންއުޅެނީ ކީއްތޯ ބަލާށެވެ. ޓެރަސްމަތީ ހުރެ ތިރިއަށް ބަލާލިއިރު އެގޭ ކުރިމައްޗަށް އެތައްބައެއް އެއްވެގެން އުޅޭތަން ފެނުމުން އިކާންގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ތާރާއަށް ކަމެއް ވީބާއޭ ހީވުމުން އިކާނަށް އެތާކު މަޑެއްނުކުރެވުނެވެ. ތިރިއަށް ދާން ދުއްވައިގަތެވެ.
ގެއިން ނުކުތް އިރު މަގުމަތީ ތިބި މީހުން އިކާނާ ދިމާއަށް ބަލަމުން ދިޔަކަން އޭނާއަށް ފާހަގަވިއެވެ. އެތާ އެއްވެފައި ތިބި މީހުންނަށް ވެގެން އުޅޭ ކަންތައް އެނގޭ ކަހަލައެވެ. އެންމެންގެ ނަޒަރު އިކާނަށް އަމާޒުވެފައިވާ އިރު އެ އެންމެން އޭނާއަށް މަލާމަތް ކުރަމުން ދަނީއޭ އިކާނަށް ހީވިއެވެ. މީހުންގެ މޫނުތަކަށް ބަލަމުން މަޑުފިޔަވަޅުތަކެއްގައި އިކާން ކުރިއަށް ދިޔައެވެ. އޭނާ މަސައްކަތް ކުރީ އެ އެންމެންގެ ތެރެއިން ތާރާގެ މޫނު ފެނޭތޯއެވެ.
ލެއިން ތަތްތެޅިފައި އޮތް ޒުމްރާގެ ހަށިގަނޑު އެމްބިއުލަންސަށް ލީތަން ފެނުމުން އިކާންގެ ދެލޯ ބޮޑުވިއެވެ. ތާރާ ކޮބާތޯ ބަލަން އޭނާގެ ކަޅި ވަށައިގެންވާ މީހުންގެ މޫނުތަކަށް ހިންގާލިއެވެ. އެމްބިއުލަންސް ކައިރީ ތާރާއާ އާތިފް ހުރިތަން ފެނުމުން އިކާންގެ ފިޔަވަޅު މަޑުމަޑުން ފަހަތަށް އެޅެންފެށުނެވެ. ފަހަށް ޖެހެމުން ޖެހެމުން ދިޔައިރުވެސް އިކާންގެ ކަޅި އަމާޒްވެފައިވަނީ ތާރާއަށެވެ. މީހުންތަކުގެ ތެރެއިން ދުރަށް ޖެހެމުން ދިޔަވަރަކަށް އޭނާގެ ލޯމަތިން ތާރާ ގެއްލެންދެން ބަލަން ހުރެވުނީ ތާރާ ދެން ދުވަހަކުވެސް ނުފެންނާނޭ އިކާންގެ ހިތަށް އެރުމުންނެވެ.
*** *** *** *** *** ***
“އިކާން… އޭ… އިކާން ހޯދަން ބުނި އިންފޮމޭޝަން ލިބިއްޖެ…” ސްޓޫޑިއޯ ތެރޭގައި ހުރި ސާމާނުތައް ފޮށިތަކަށް އަޅާ ބަންދުކުރަން އިން އިކާން ކޮޅަށް ތެދުވެ ފިޒާމާ ދިމާއަށް ބަލާލިއެވެ. “ތާރާމެން އުޅެނީ މެލޭޝިޔާގަ… މިހާރު ވިހަން ވަރަށް ކައިރިވެފަ ހުރީ… އުލްފާ ކައިރީ ވަރަށް އާދޭސްކޮށްގެން ތާރާ ހުރިތަން ކިޔައިދިނީ.. ދެން ޒުމްރާ… އޭނާވީ ގުރައިދޫގަ…”
“ފިޒާމް… ތޭންކްސް އަލޮޓް… ފިޒާމްކަހަލަ ރައްޓެއްސެއް ނުލިބޭނެ… އަހަރެންނަށް ވިސްނައިދީ ހިތްވަރުދީ ނަސޭހަތްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ… ދުވަހަކުވެސް ފިޒާމްގެ ތި އެހީތެރިކަން އަހަރެން ހަނދާން ނައްތައެއް ނުލާނަން… އަހަރެން ބޭނުން ޒުމްރާއާ ބައްދަލުކޮށްލަން ދާން… މަންމަގެ ރަށަށް އަހަރެން ބަދަލުވުމުގެ ކުރިން ޒުމްރާއާ ވާހަކަ ދައްކާލަން ވަރަށް ބޭނުން…” ފޮށިގަނޑުތައް ބަންދުކުރަން މޭޒުމަތީ އޮތް ޓޭޕްރޯލް ނަގަމުން އިކާން ވާހަކަ ދެއްކިއެވެ.
“ތާރާއާ މީޓެއް ނުކުރާނަންތަ؟… އޭނާ ވިހަން ވާއިރަށް މެލޭޝިޔާއަށް ދަމާ… އެކޮޅަށް ދިއުމުގެ ކަންތައް އަހަރެން ހަމަޖައްސައި ދީފާނަން…” ހަތް މަސް ވޭތުވެދިޔައިރު އިކާނަށް އައިސްފައިވާ ބަދަލު އެންމެ ގާތުން ފެނިފައިވަނީ ފިޒާމަށެވެ. ތާރާދެކެ އިކާންވާ ލޯބި އެންމެ ރަނގަޅަށް އެނގޭ އެކަކީވެސް އެއީއެވެ.
“ނޫން… އަހަރެންނަކަށް ނުކެރޭނެ ތާރާއާ ކުރިމަތިލާކަށް… ތާރާ ދެއްކި ވާހަކަތައް އަހަރެން ހަނދާން އެބަހުރި… އޭނަ އަހަރެން ދެކޭކަށް ބޭނުމެއް ނޫން…” ފޮށިތަކުގައި ޓޭޕް އަޅާ ނިންމާލުމަށްފަހު ގޮނޑީގައި އިށީނދެ އިކާން ހަމަޖެހިލިއެވެ.
ފޯނުގެ ސްކްރީން އޮންކޮށްލުމަށްފަހު ސްކްރީންގައިވާ އިކާނާ ތާރާގެ ކައިވެނި ޕާޓީގެ ފޮޓޯއަށް ބަލަން އިނދެ އިކާންގެ އަތުން އެ ތަސްވީރުގައި ފިރުމާލެވުނެވެ. އެންމެ ފަހު ފަހަރަށް ތާރާއާ އިކާނާ ދެމެދު ދެކެވުނު ވާހަކަތައް އިކާންގެ ސިކުނޑިތެރޭގައި ވަށާލިއެވެ.
*** *** *** *** *** ***
“ދައްތަ ދޯ އެކްސްއޯއަކީ…އަހަރެމެންގެ ކައިވެންޏަށް ފަހުވެސް ދައްތައާ މީޓްކުރިންތަ؟…” ރީތިވާ މޭޒުމަތީހުރި ޓީޝޫފޮށިން ޓިޝުލެއް ނަގަމުން ތާރާ ވާހަކަ ދެއްކީ ޒުމްރާއާ އިކާންގެ ގުޅުން އޮތް ހިސާބު އޮޅުން ފިލުވާށެވެ.
އިކާން ބޯޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. “އާން.. އެކަމަކު އަހަންނަކަށް އޭރު ނޭނގޭ އެއީ ތާރާގެ ދައްތަކަމެއް… ކައިވެނި ޕާޓީގެ ވީޑިއޯ ފެނުމުން އެއީ ތާރާގެ ދައްތަކަން އެނގުނީ… ސޮރީ ތާރާ އަހަންނަށް މާފްކުރޭ… އަހަރެން އެހެން ނޫޅޭނަން… އަހަރެމެންގެ ދަރިފުޅައްޓަކާވެސް…”
“އިކާން… އަޅެ… ކީއްވެ ކައިވެންޏަށްފަހު އެހެން އުޅުނީ… އެއީ އިކާންގެ ޕާސްޓް ނަމަވެސް އަހަންނަށް މާފް ކުރެވުނީސް… އެކަމަކު އިކާން ކައިވެންޏަށްފަހު އެހެން އުޅުނީ.. އަދި އެވެސް ދައްތައާ އެކީ.. ޗީ… އިކާނަށް އެއީ އަހަރެންގެ ދައްތަކަން ނޭނގނު ނަމަ އަދިވެސް އެފަދަ ސިއްރު ގުޅުމެއް ހިނގާނެއޭ ދޯ ތިބުނީ….. އަހަރެން މާފެއް ނުކުރާނަން.. އިކާން ތިކުރީ މާފް ލިބޭކަހަލަ ކަމެއް ނޫން.. އަހަރެން ކޮންކަމެއް ނުކޮށްދެނީ… އެކްސްއޯ ގެ ކަންތައް އަހަންނަށް އިނގޭ… އެކަމަކު އެންމެ ފަހަރަކުވެސް އެއީ ދައްތަ ކަމަކަށް ހިއެއް ނުކުރަން… އަހަރެން ހީކުރީ އެއީ ޒިވީއޭ.. އިކާންގެ ޕާސްޓޭ…” ޑްރެސިންގް ޓޭބަލްމަތީ ދެއަތް ވިއްދާލަމުން ތާރާ ވާހަކަދެއްކީ އޭނާއަށް ކޮޅަށް ހުންނަން އުނދަގޫވީމައެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އެ ކޮޓަރީގައިވާ ހަމަހިމޭންކަން ނަގާލީ އަނެއްކާވެސް ތާރާއެވެ.
“އިކާން… އަހަންނަށް ދެން އިކާނާއެކީ ނޫޅެވޭނެ… އަހަންނަށް ކަމެއް ކޮށްދެންޏާ… އަހަރެންނާ ކޮންޓެކްޓް ނުކުރިއްޔާ ރަނގަޅީ… އަހަރެން ކުރިމައްޗަަށް އިކާން އަންނަ ކޮންމެ ފަހަރަކު އިކާންވީ ބޭވަފާތެރިކަން ހަނދާންވަނީ… އަހަރެންވެސް މީ އިންސާނެއް… އެދުވަސް ހަނދާންކޮށް ހިތާމަ ކުރާކަށް އަހަރެން ބޭނުމެއްނޫން… މިކުއްޖާއަށްވެސް ރަނގަޅުވާނީ އިކާންގެ ހިޔަނިވެސް ނޭޅުނިއްޔާ… މިގޭން އިކާން ދޭ… ދާށޭ..” ނުރޯން މަސައްކަތް ކުރަމުން ތާރާ ވާހަކަ ދެއްކީ ވަރަށް ހިތްވަރުކޮށްގެން ހުރެއެވެ.
ތާރާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެދޭން އިކާން ބޭނުންވި ނަމަވެސް ތާރާއާ ގާތްވާކަށް އިކާނަކަށް ނުކެރުނެވެ. އިސްޖަހައިގެން ހުރެ ތާރާގެ ގެއިން އިކާން ނުކުމެގެން ދިޔައީ ތާރާ ކުރިމައްޗަށް ނުދާނަން ކަމަށް އަޒުމްކަނޑައަޅައިގެންނެވެ. ހިތްމަތީ ގާބުރިއެއް ބާއްވައިގެން ހުރެ އެ ދިޔަ ގޮތަށް އިކާން ދިރިއުޅެމުން އައީ އޭނާގެ ސްޓޫޑިއޯގައެވެ. ލިބުނު ހިތާމައާ ހިތްދަތިކަމުގައި އެކަނި ދުވަސްތައް ހޭދަކުރަމުން ދިޔައިރު ވަގުތުން ވަގުތަށް ނަމާދުކޮށް ޒިކުރުކުރުން ނޫންކަަމެއް އިކާން ނުކުރެއެވެ. ތާރާއަށް އުފާވެރި ދިރިއުޅުމެއް ލިބުމަށާ ޒުމްރާއަށް ހެޔޮމަގު ދެއްކެވުމަށް އެދި އިކާން ދުއާ ނުކުރާ ވަގުތެއް ނާދެއެވެ.
*** *** *** *** *** ***
“ރަށަށް ދިޔުން ހަމަޖެހިފަ އިނީ މާދަމާ… ސޯ ގުރައިދޫއަށް ދަންޏާ މިއަދު ދާން ޖެހޭނެ… އެކެއްޖަހާއިރު އޮންނަ ފެރީގަ ދާންހިނގާ… އަަހަރެންގެ ރައްޓެއްސެއް އެކޮޅުގަ އުޅޭނެ…” އިކާންގެ ކޮނޑުގައި ހިފާލަމުން ފިޒާމް ވާހަކަ ދެއްކީ އިކާން ގެއްލިފައި އިންހެން ހީވުމުންނެވެ.
“ހިނގާ ދަމާ…” ގޮނޑިން ތެދުވެ ބޯކޮށް ފަޅާފައިވާ ތުންބުޅީގައި އަތް ހާކާލަމުން ފުންނޭވާއެއް އިކާން ބޭރުކޮށްލިއެވެ. އެ ސްޓޫޑިއޯގައިވާ އިކާންގެ ސާމާނުތައް ފޮށިތަކަށް އަޅާ ބަންދުކޮށް ނިމުނީއެވެ.
މާލެއިން ގުރައިދޫއަށް ދަތުރުކުރަމުންދިޔަ ފެރީގައި އިން އިރު ބުނެދޭން ނޭނގޭ ކަަލަ އުނދަގޫތަކެއް އިކާނަށް އިހްސާސްކުރެވުނެވެ. އެތައް ދުވަސްތަކަކަށްފަހު ޒުމްރާއަށް ބައްދަލުކޮށްލަން އޭނާ ހުރީ ބޭނުންވެފައެވެ. ޒުމްރާގެ ހާލު ބަލާ ނުލާ ފުރައިގެން ދާން އޭނާ ބޭނުން ނުވީއެވެ.
ކ. ގުރައިދޫގެ ބަނދަރަށް ފެރީ ގާތްކުރުމުން ފިޒާމް ގޮނޑިން ތެދުވެ އިކާނަށް ބަލާލިއެވެ. އެ ފެރީގައި ތިބި އެންމެން ފޭބިއިރުވެސް ތެދުވަން ބޭނުންނުވެފައި އިކާނަށް އިނދެވުނީ ކީއްވެކަމެއް ނޭނގެއެވެ. ހިޔާލަކަށް ގެއްލިފައި އިންހެން އިކާން އިނީ ހުއްޓުން އަރާފައެވެ.
“ހިނގާ ދާން… އަހަރެންގެ ރައްޓެއްސެއް އެހުރީ ބަލާ އައިސް…” ދެޖީބަށް އަތް ޖަހައިގެން ތޮށިގަނޑުމަތީ ހުރި ޒުވާނާއަށް އިޝާރާތްކޮށްލަމުން ފިޒާމް ވާހަކަ ދެއްކިއެވެ. ބޯޖަހާލަމުން އެފެރީއިން ފޭބުމަށްފަހު އެރަށުގެ މަލަމައްޗަށް އިކާން ނަޒަރު ހިންގާލިއެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އާދެވުމުން ފިޒާމްގެ އެކުވެރިޔާ އެތަނަށް ވަދެ އެމީހުންނަށް ޒުމްރާއާ ބައްދަލު ކުރެވޭނެގޮތް ހަމަޖައްސައިދިނެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކާއެކީ އެތެރެއަށް ވަންނަން އިކާން ހިނގައިގަތުމުން ފިޒާމް ބޭރުގައި މަޑުކުރިއެވެ. ހަތްމަސްފަހުން ޒުމްރާއާ ބައްދަލުކުރަން އިކާނަށް އާދެވުނު ފުރަތަމަ ދުވަހަށް ވީތީ އެމީހުންނަށް އެކަހެރި ވަގުތުކޮޅެއް ދޭން ފިޒާމް ބޭނުންވިއެވެ.
މަރުކަޒުގައި ބަލިމީހުން ދިރިއުޅޭ ކޮޓަރިބަރިން އެތެރެއަށް ވަދެގެން ދިޔައިރު ދެފަރާތުގައި ހުރި ކޮޓަރިތަކާ ދިމާއަށް އިކާން ބަލަމުން ދިޔައީ ޒުމްރާ ދެކޭ ހިތުން ކެތްމަދުވެފައި ހުރުމުންނެވެ. ޒުމްރާއަށް ދެރަގޮތެއް ވާކަށް އިކާން ބޭނުމެއް ނޫނެވެ. ރަނގަޅު މަގާ ހެޔޮވިސްނުން ޒުމްރާއަށް ދެއްވާތޯ އިކާން އަބަދުވެސް ދުއާ ކުރެއެވެ.
ހިނގަމުން ދިޔަ ކޮރިޑޯގެ އެންމެ އެތެރެއިން ފެންނަން ހުރި ދޮރު ހުޅުވާލުމަށްފަހު ޒުމްރާ ދައްކާލަމުން އެ މުވައްޒަފު ބޭރުގައި މަޑު ކުރިއެވެ. ކޮޓަރިތެރެއަށް އިކާން ވަދެ ވަށައިގެން ބަލާލިއެވެ. އެއީ ވަރަށް ކުޑަ ކޮޓަރިއެކެވެ. އާދައިގެ އެނދަކާ ކުޑަ ކަބަޑެއް ބަހައްޓާފައިވާ އެ ކޮޓަރީގެ އެއްފަރާތެއްގައި ހުރި ކުޑަދޮރު ކައިރިއަށް އިކާންގެ ނަޒަރު ހުސްކޮށްލެވުނެވެ. ޒުމްރާ ހުރީ އެކުޑަދޮރު ކައިރީ ބޭރު ބަލާށެވެ. ނޫކުލައިގެ ގަޔަށް ދޫ ހެދުމެއްގައި ހުރިއިރު ޒުމްރާގެ އިސްތަށިގަނޑުވަނީ އެއްވެސް ތަރުތީބެއްނެތި ދޫކޮށްލާފައެވެ. ކުޑަދޮރުން ބޭރުބަލަން ހުރެ ޒުމްރާ ވާހަކަ ދައްކަމުން ދިޔައީ އެކަނިމާ އެކަންޏެވެ.
އިކާން ކުރިއަށް ޖެހިލީ ޒުމްރާ ކިޔާއެއްޗެއް ސާފުވާނެހެން އަޑުއިވޭތޯއެވެ.
“އިކާނާ ނުލާ އަހަންނަކަށް ނޫޅެވޭނެ.. އިކާން ދިޔައީ ކީއްވެ… އަހަރެން އެކަނިކޮށްލާފަ.. ބާކީ ކޮށްލާފަ… އަހަރެމެން ދެތަން ވިޔަސް އަހަރެން ލޯބިވަނީ އިކާންދެކެ..” އިވެމުން ދިޔަ ބަސްތައް އަޑުއަހަން ހުރި އިކާންގެ ލަގޮނޑީގައި ރިއްސާލިއެވެ. ޒުމްރާއަށް ގޮވާލަން ބޭނުންވި ނަމަވެސް އިކާންގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ޒުމްރާއަ ކުރިމަތިލާނެހާ ހިތްވަރު އިކާންގެ ގައިގާނެތީއެވެ. އެކޮޓަރީގައި މަޑުކުރަން އިކާނަށް ކެތްނުވާނެތީ އިކާން ބޭނުންވީ އެތަނުން ދާށެވެ. މިހާ ހިސާބަށް އިކާނަށް އާދެވުނީވެސް ވަރަށް ހިތްވަރުންނެވެ.
ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ޒުމްރާ ނޭފަތް ދަމާލިއެވެ. އޭނާގެ ކުރަކި ވެފައިވާ އަޑުން ރާގެއް އަޅުވާލުމުން އެ ކޮޓަރިން ނުކުންނަން އިކާން އެޅި ފިޔަވަޅު ހުއްޓުނެވެ. މަޑުމަޑުން ޒުމްރާއާ ދިމައަށް ބަލާލިއިރު އަދިވެސް އޭނާ ހުރީ ކުޑަދޮރުން ބޭރަށް ބަލާށެވެ. ޒުމްރާ އެކިޔަނީ އިކާންއަށް އެންމެ ރީތި އެއްލަވައެވެ. ތާރާއާ ވަކިވި ހިސާބުން އިކާން ލަވައެއް ނުކިޔައެވެ. އަޑެއްވެސް ނާހައެވެ. ލަވައިގެ ދުނިޔެއިން އިކާން ވަކިވެގެން ދިޔައީ އެކަމުން ކުރިއަށް ދާން ބޭނުން ނުވާތީއެވެ.
އެ ހޯދި އުފާތަކާ، އެރޭތައް ގެއްލުނީ
ނަޔާ މޫސުމް ބަހާރު، މިލާ ގޮސް މޯޅިވީ
އެވީ މަޖްބޫރުގާ. ދެތަން އަދު ވެއްޖެޔޭ
އުފާތައް ގެއްލިފާ ވަށާލީ ބަނަކަމޭ
އުދާހާ ކަރުނަޔާ ވަނީ މިހަޔާތުގާ
ނިމެންވީހޭ ވޭނުން… މި ވޭނުން…
ޒުމްރާގެ އަޑުން އެލަވައިގެ ފަހު ބައިތުތައް އިވުމުން އިކާންގެ ދެލޯ ކަރުނުން ފުރުނެވެ. މިއަދު ޒުމްރާ އެވަނީ މުޅި ދުނިޔެއިން ބާކީ ވެފައެވެ. އަޅާލާނެ އާރެއް ޔާރެއް ނެތް މީހަކަށް ވެފައެވެ. ހިންދިރުވާލުމަށްފަހު އިކާން ވާހަކަ ދައްކަން އަނގަހުޅުވާލިއެވެ. “ޒުމް… ޒުމްރާ…”
މޫނުމައްޗަށް ވެއްޓިފައިވާ ކުރު އިސްތަށިތައް އެއްފަރާތްކޮށްލަމުން އިކާނާ ކުރިމަތިލާން ޒުމްރާ އެނބުރިލިއެވެ. ޒުމްރާއަށް ކުރިމަތީ ހުރީ ހިކިވެ އަނަރޫފަވެފައިވާ ޒުވާނެކެވެ. މީހާގެ މޫނުމަތި ނުފެންނަވަރަށް ތުނބުޅިފަޅާފައިވާ އިރު އިކާންގެ ހެދުން އެޅުމާ ސްޓައިލް ހުރިގޮތުން ޒުމްރާއަށް އެއީ ކާކުކަން ދެނެގަންނާކަށް ނޭނގުނެވެ.
“ތީކާކު… އަހަރެން ބުނީ މިތަނަށް އިކާން ގެނެސްދޭށޭ… ތީ ކާކުހޭ…” ދެލޯ އަޅާލަމުން އިކާން ކައިރިއަށް ޒުމްރާ ފިޔަވަޅު އަވަސްކޮށްލިއެވެ.
“ޒުމް.. މީ އަހަރެން.. މީ އިކާނޭ…” ޒުމްރާގެ ދެއަތުގައި ހިފަމުން ވާހަކަ ދެއްކި އިރު އިކާނަށް ރަނގަޅަަށްވެސް ރޮވިއްޖެއެވެ.
“ނޫން… ނޫން.. ކަލޭ މިތަނުންދޭ.. އަހަރެންގެ އިކާން ގެނެސްދީ… އިކާން ގެނެސްދީ… އިކާން… އަހަރެން ބާކީ ވެއްޖެ.. އިކާން.. އަހަރެން ދޫކޮށްލާފަ ދިޔައީ… އަހަރެން އެކަނިކޮށްލާފަ އެންމެން ދިޔައީ… ކަލޭ މިތަނުން ދޭ… މިތަނުންދާށޭ.. އިކާން ގެނެސްދީ… އިކާން ހުރިތަކުން ހޯދައިގެން ގެނެސްދީ…” އިކާންގެ ގަމީހުގައި ހިފަހައްޓައިގެން ހުރެ ޒުމްރާ ހަޅޭއްލަވަމުން ދިޔައީ މޮޔައެއްހެންނެވެ.
ޒުމްރާ ހަމައަކަށް އަޅުވަން އިކާން މަސައްކަތް ކުރި ނަމަވެސް އިކާން ދައްކަމުންދިޔަ އެއްވެސް ވާހަކައެއް ޒުމްރާއަށް ނީވޭ ކަހަލައެވެ. ޒުމްރާގެ އަޑުގަދަވަމުން ދާތީ އިކާން ހާސްވިއެވެ. އެވަގުތު ކޮޓަރިއަށް ވަދެގެން އައި ޑޮކްޓަރުންނާ ނަރުހުންގެ ޓީމް ޒުމްރާގެ އަތުގައި ހިފަހައްޓައިގެން އިކާނާ ދުރުކުރަން މަސައްކަތް ކުރިއެވެ. ގަދަ ބާރުން ޒުމްރާ ދުރުކުރުމަށްފަހު އިކާން ގާތު ބޭރަށް ދާށޭ ޑޮކްޓަރު ބުނެލުމުން އިކާން އިސްޖަހާލިއެވެ. ޒުމްރާގެ ގަޔަށް ބާރު އަރުވަމުން އަޑުގެ ނެތްތަނަށް އޭރުވެސް ހަޅޭއްލަވަނީއެވެ.
“އިކާން.. އިކާން… އާދޭ.. އަހަރެން މިތަނުން ގެންދޭ… އިކާން… އަހަރެން މަރުވެދާނެ… އިކާން ގެނެސްދީބަލަ… ކޮބާހޭ އިކާން…” ރޮމުން ޒުމްރާ ގޮވަމުން ދިޔައީ އިކާނަށެވެ. އިކާން ފެނުމުންވެސް ޒުމްރާއަށް އެއީ ކާކުކަން ވަކި ކުރަން ނޭނގުނެވެ.
އިސް އޮބާލައިގެން ހުރެ އިކާން އެތަނުން ނުކުންނަން ހިިނގައިގަތީ މަންޒިލެއްނެތް އޮޑިއެއް ފަދައިންނެވެ. އިކާން ބޭނުންވީ އޭނާގެ ރައްޓެހިންނާ އާއިލާ މީހުންނާ ދުރަށް ދާށެވެ. މުޅި ދުނިޔެއިން އެކަހެރިވާށެވެ. އޭނާގެ އަމިއްލަ ނަފްސު ގަބޫލުކުރަމުން ދިޔައީ އޭނާއަކީ ބާކީ ވެފައިވާ މީހެއްގެ ގޮތުގައެވެ. އެކަނިވެރިއެއްގެ ގޮތުގައެވެ. އަތުގައި އަޅާފައިވާ ޗޭނަށް ބަލާލުމަށްފަހު އިކާންގެ ދެލޯ މަރާލަމުން ބުނެލިއެވެ.
“ހުރީވެވިފާ ބާކީ…”
(ނިމުނީ)
45 Comments!
Comments are closed.
Asluves nimuny tha stry.. Salhi
When ehn stry eh kiyaalan libeyny 🙂
Yayy!! 😀
Me first! 😉
Vaahaka ehaa reethi koh genesdheefa kihine tha thi nimmaaly? Nimmun v kada. Ehaa kiyaa hithun kee vaahaka eh dhn mihen nimmeema v foohi
Storyge namaky kobaa…hury vevifaa baaky…ehnvi iru baaky vegenehnnu story nimeyny…hahaha
Asluves khneh thi ninmaaly. Alun fahubai liyan feney.
Yes.. we dnt need to forgive those cheaters. Ending was perfect and realistic.
Varah salhi story… Thi nimumaaa vaahakaiga namaa emme gulheneee emmenves vee baakeeee… ?????????????????? dhen up kuraanee mansha 2 dhw
story hama v salhi. ☺??
Idk about others ekam i didn’t like nimmun.. Story anehhen v nice just nimmun is ? Mashaa genesdheny kon irakuntha? Manshaa ah v inthizaaru kurevey eba..
Ending is so disappointing. v reethi vaane kamah heekuri but this story is below average.
Kihineh thihedhee fahubayah.. nimun vvvv kada eohreethi vaahakaige fahubaiga veenuvee ehves neygunu kurugalhuvaalaafa egoy migothah thi ninmaalee.. vaahakaige fahubai noon hurihaa baithakeh vvv reethi ekamaku fahubayah thigenesdhin gothun mulhivaahaka hadivehje.
Vaahaka v v v salhi.. Aharen mee thaaraa namaves ikan aa ekee noolheynan.. Thanjs for uploading this beautiful story.. ?
Aslu vaahaka ge nimun reethi. Ekam vaahaka varah avas aruvaalaigen nimmaafa miothy. Miavuren maa furihama ah nimmaaleveyne. Vaahaka avahah ninmaalan beynun vegen nimmaafa hen heevany.
Vaahaka kuriyah gendhyaee v reethikoh , ekamaku nimun v hadi, vaahaka nunimenees gadhakamun nimmaafa othy , zumra guraidhu ah gendhiya sababehves neyngunu , Ziv ah veegothehves neyngunu , mashah heevany shaxlyn aa dhekolhah bayaku comment kuryma hinhama nujehigen hadhaali gotheh hen, shaxlyn aky mihaa fenvaru dhah vaahaka liyaa kujjeh noon, dhen faharakunves visnaalaane kamah ummeedhu kuran,
Miaai thoofaanakun hithah libidhin sihun..filaaii gen numedhe eyy mi meyy ga v rihun.. Mihen v kyhve heyy kusheh hama v ma heyy.. Fikuru kurevey ne eyy.. Hithah kehh vaane heyy.. Loluge ninjeh nethey hithuge vindheh nethey.. Huri vevifaaa… Baakee…baakee…????????
Story vvvv salhi..
And Hama rovijje…
I missing my ex-bf a lot..??
:'( Nimunee tha???ehennahadhaane shaazoo
Kobaa vaahakaige aneh bai.. ikaange anhenun kairiah nudanyta?alhe plx aneh bai genasdeebala.. ikaan ge wife kairiah gengos dheefa mivaahaka ninmaali nama v reethi vees.. vaahaka incomplete koh mi nimuny..
Chee chee chee!! Miothy avas aruvaalaafa ninmaalaafa. Varah hadi
Alhe mi vaahakaige next episode eh genes dheane kamah hope kuran… Mi vaahaka maa avahah thi ninimally ???
varah salhi vaahaka eh asluves hama rovejje….fahubaiyves salhi hama…..Thanx lyn
Kaemen chee chee kiyaane kameh nei.. mi story liyun iru heevee ehn vadha kamehhen.. nugovaakah ehchcheh neiy.. dhn vaahaka nimman ves nimmaane dhw knmmes gothakah.. nimmeema ves hajameh nuvi.. kaemen amilla ah vaahaka liyefa kiyaabala dhn.. huvaa mi buny.. kaemennaa hedhi migothah mi story nimmaalaafa miothy.. ??
Ehen myhunnabaa hajam nuvy nuny mi vaahaka liyunu liyun theriyaa ahbaa hajam nuvy. Negative comment libeyne myhun echehi ves govaanee ehkamaku nujehey adhi vaahaka kurukohlaafa ninmaalaakah. Mi buny bayaku myhuge negative kamakaa hedhi give up kuraakah nujehey. Comment kuri myhunna hajam nuvithaa mi vaahaka liyunu liyun theriyaa ah ves hajameh nuvi.
Ninmun ehgothaka ves kamaku nudhey vaahaka feshigen aairu rangalhu ehkamaku avas aruvaalaafa ninmaafa othyma varah foohi. Mansha vaahaka ves fahubai othy varah joke koh liyefa hyvany avas aruvaalaigen liyefa oihen. Anekaa mi vaahaka ves hama ehen mi v. Dhen liyaa story ga mihen nuvaane kama unmeedhu kuran.
Ninmun kamaku nudhey. Ninmaafa oi gothun Vaahaka hama eh nujehey.
dhen kon irakun new story eh genes dheynee
Salhi… Perfect ending
kon irakutha new story genes dheny.. at least buny dhw ingey dhn vaahaka kiyaalan libenyaa ves.
shax kobaa tha mansha vaahakage 2 vana baaaa…..
shax kobaa tha mansha vaahakage 2 vana baaaa…..konirakun geenes deniiiii
alhey.. shaz mansha 2 kobaatha?? eagerly waiting
shax mee mihaaaru 2017 enu kobaa mansha 2 ?????????????????????? mihaaru inthizaaru kuraathaa kon duvahe
Esfiya ga mikahala liyun therin ginaee. vaahaka up nukuraathaa reader eh comment eh kuriyas alhaa ves nulaane. New vaahaka nereyne dhuvahe bunelaafa alhaanulaa hunna nama aharumen ves alhaa nulaa thibeynan. Vaahaka eh irehgai neremun aeethee kiyamun dhiyaee. Nuliye hutaali kama vanyaa nukiyaa ves thibedhaanan.
It was way too supper
loooooooooooooooooooooooooooooooooooooool
Den inaany mansha 2 dho
koba mansha vaahakaage 2vana baa????????????
Alhey kobaatha manshaa 2
Shax lyn ??✨✨✨✨✨✨
Mansha 2 genesdheebrr Please??✨
U told Dho 2017 gaeyy Puleez???
Shaz bby Genahcheyyy Mansha 2.?
It Was Fab.✊✊✊
One Of the Best Storiezzz??❤
Please Veehaaves Avahakah Liyahcheyy.?
Mansha Ge Lovestory Fulfill Vaane Irehge Inthizaarugai.????
I love Your Storiess.? Bodah Romance Bai bodu veema Specially.?✌
Mansha 2 genesba avahah
Nuliyanna bunelyma ingeyny wait nukuran
Shaaz manshaage dhevana bai kobaatha plx. Dhevana bai v beynun
Vaahakaige feshun ehaa reethiveevefa ekam nimun salhi eh noon… Zumra ge age 45 ey dhw iny liyefa, dhen e age meehun ulhey tha mivarah loabi nulibigen Moya vegen… Aslu beynun vi gothakah noon nimuneekee… So sad.. 🙁
Mansha 2 kobaaa…… Mihaary 2017 vx nimeny mioh. Adhi vx vaanuvaa eh neygey. Alhey v eagerly waiting eyy mansha kiyan. Plxxxxxx avahah genes dhybaaa mansha 2
alheyy….when manshaa 2?????????waiting…please avaskohbba………dheravyy
Alhey mihaaru 2017 vx nimenee mi adhivx manshaa 2 eh nufeney
Did she leave esfiya ?