Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ..15

shooty Level 210 Stories100 Comments
January 15, 2017 6 Mins Read
18 Comments

ިތް ބޭނުމޭ..15

” އަހަރެންގެ ބޭބީ އެއްނޫންތަ ދެން ލިލީ ބަނޑުގަ ތި އޮތީ؟ ޑޭމިޓް ލިލިއަން!! އަހަރެން ގާތު ނުބުނެ ޒެއިން ގާތު ބުނެވިއްޖެ ދޯ؟ އަހަރެންނަށް ލިލީ ޓްރަސްޓް ކުރަނީ ހަމަ އެހައި ކުޑަކޮށްތަ؟” އެޒިލް ލިލިއަން ގެ އަތް ދުރުކޮށްލަމުން ގޮސް އެނދުމަތީ އިށީނދެ ދެ އަތުން މޫނު ފޮރުވައިލިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު ލިލިއަން ގޮސް އެޒިލް ގާތު އިށީނެވެ. އަދި މަޑުމަޑުން އެޒިލް ގެއަތް މޫނުން ނައްޓުވަމުން ގެންގޮސް އޭނާގެ ބަނޑުގައި ޖައްސައިލިއެވެ. އެއާއި އެކު ލޯ މަރައިލިއިރު ލިލިއަންގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ.

“އެޒިލް އައި އެމް ސޮރީ.. އެކަމަކު އަހަރެންނަށް ވުރެ އެޒިލް އަށް ބޮޑަށް ބޭނުންވާނެ މިލީނާ އަށް ލިބެން އުޅޭ ބޭބީ… އަހަރެންނަށާ އެޒިލް އަށް މީ އަހަރުމެންގެ ބޭބީ އެއް ކަން އެނގުނަސް ދުނިޔެ އެގޮތަކަށް ގަބޫލެއް ނުކުރާނެ.” ލިލިއަން ގެ ޖުމްލައިން އެޒިލްއަށް އެ މޫނަށް ބަލައިލެވުނެވެ.

“މިލީނާގެ ބަނޑުގަ އޮތީ އަހަރެންގެ ދަރިއެއް ނޫން ލިލީ!!!” އެޒިލްގެ ޖުމްލަ އާއި އެކު ލިލިއަން ގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

“ދެން ކާކުގެ؟ ޒިލް އަށް ކިހިނެތް އިނގުނީ؟؟” ލިލިއަން ގެ އަޑުގައި ވަނީ ހައިރާންކަމެވެ.

“އަހަރެންނަށް އިނގުނީ..މިލީނާގެ ދުލުން އެއްބަސް ވީމަ.. އަހަރެން ބޭނުން ލިލީ އާ މެރީ ކުރަން.. މިހާރު ދެން އެއްވެސް ހުރަހެއްނެތެއްނު..” އެޒިލް ލިލިއަންގެ އަތުގައި ހިފާލަމުން އެއަތުގައި ބޮސްދިނެވެ.

“އައި…އަމް.. އަހަރެންވެސް ބޭނުން މެރީކުރަން..އެކަމަކު ޒެއިން ގާތު ބުނަން ޖެހޭނެއެއްނު.” ލިލިއަން ގެ ޖުމްލައަށް އެޒިލް ބޯ ޖަހައިލިއެވެ.

“ހިނގާ ދާން.. ހަމަ މިހާރު އަހަރެން ބޭނުން ޒެއިން އަށް ވެސް އެލީން އަށް ވެސް އަންގަން.. ލެޓްސް ގޯ..” ލިލިއަންގެ އަތުގައި ހިފައި ނަގަމުން އެޒިލް އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ކޮމްޕިއުޓަރު ކައިރީ ލިއުމެއް ޓައިޕްކުރަން އިން އެލީން އަށް ނަޒަރު ހުއްޓާލައިގެން ޒެއިންއިނެވެ. ލިލިއަން ބަލާ ދިޔައިރު ގޭގައި ނެތް ވާހަކަ ޖަބީން ބުނުމުން ޒެއިން އިތުރަށް ލިލިއަން ހޯދަން ނޫޅެ އައީ ލިލިއަން ކޮންމެސް އެހެން ތާކަށް ދިޔަކަން އިނގިގެންނެވެ.

ޒެއިން ގެ ނަޒަރު ހުއްޓިފައިވާތަން ފެނި އެލީން އަށް ހިނިތުން ވެލެވުނެވެ. އެލީންގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނި ޒެއިން އިށީންދެގެން އިން ގޮނޑިން ތެދުވެގެން ގޮސްއެލީންގެ ގޮނޑީގެ އަތްގަނޑުގައި ދެއަތުން ހިފަހައްޓައިލަމުން އޭނާ އާއި ދިމާއަށްއަނބުރައިލިއެވެ.

“އަހަރެންނާ ދިމާއަށް ބަލާފަ ހެނީ ތި، އަނެއްކާ އަހަރެންގެ މޫނުގަ މާ މަޖާ އެއްޗެކޭލިޔެފަ އޮތީ ތަ؟” ޒެއިން ގެ މޫނުމަތީ ވަނީ ލާނެތްކަމެވެ. އެލީން އާއި އެކު ހޭދަކުރެވޭ ކޮންމެ ވަގުތެއްގައި ވެސް ޒެއިން ގެ ހިތަށް އާދަޔާ ހިލާފު ހަމަޖެހުމެއް ލިބެއެވެ.

“އޮޅިގެންވިޔަސް ތި ބުނެވުނީ ހަމަ ރަނގަޅަށް… އެހެން މީހުނަށް ނޭނގުނަސް ޒެންގެ މައިންޑް ރީޑް ކުރަން އެލީ އަށް އިނގޭ..” އެލީންވެސް ލާނެއް ހިނިތުން ވުމަކާއި އެކު ޒެއިން އާއި ސަމާސާ ކޮށްލަމުން ކޮލުގައިވެސް ހިފައިލިއެވެ.

” އަހަރެން ބޭނުން މެރީ ކުރަން..” އެލީން ގެ މޫނުގައި ފިރުމައިލަމުން ޒެއިން އިއްވާލި ޖުމްލައިން އެލީންގެ ހިތް ތެޅިލިއެވެ.

“މީ ޓޫ..އެކަމު އޭރުންލިލިއަން އޯ؟” ކަޅިޖަހައި ނުލައި އިނދެ ޒެއިންގެ މޫނަށް ބަލަމުން އެލީން އަހައިލިއެވެ.

“ލިލިއަން އާއި އެޒިލްމެރީ ކުރާނެ އެއް ނު.. މިހާރު އެޒިލް އަށް ވެސް ހަގީގަތް އިނގުނީމަ ހިއެއް ނުވޭ އެހައި ފަސޭހައިން ލިލިއަން އަހަރެންނާ މެރީ ކުރިޔަ ދޭނެ ހެނެއް…” ޒެއިން ހިނިތުން ވެލަމުން އެލީންގެ މޫނާއި މޫނު ގާތް ކޮށްލުމާއި އެކު ދޮރުގައި ޓަކި ޖަހައިލި އަޑުއިވުމުން ޒެއިންގެ މޫނަށް ހަދައިލި ގޮތް ފެނި އެލީން އަށް ހީލެވުނެވެ.

“ކަމް އިން..” ހަމަ ޖެހިލަމުން ޒެއިން ގޮވައިލިއެވެ.

ލިލިއަން ގެ އަތުގައި ހިފާލައިގެން ޒެއިންގެ ކެބިން ތެރެއަށް ވައިން އެޒިލް ފެނިފައި އެލީން އަށް ވެސް އިންތަނުން ތެދުވެވުނެވެ.

“އަހަރެން… އަހަރެން މި އައީ ޒެއިން ގާތު ލިލިއަން ދޫކޮށްލާށޭ ބުނަންވެގެން.. އައި ކެން ޓޭކް ކެއާރ އޮފް ހާރ” އެޒިލް ގެ ޖުމްލައިން ޒެއިން އަށް ހިނިތުން ވެލެވުނެވެ.

“ޝީ އިޒް އޯލް ޔުއާސް… އަހަރެން ދުވަހަކު ވެސް ލިލިއަން އާއި މެދު ރަހުމަތްތެރިއެއްގެ ނަޒަރުން ނޫން ގޮތަކަށް ނުދެކެން..” ޒެއިން ހަށަން ބަނދެލަމުން ކުރިމަތީގައި ތިބި ޖޯޑަށް ރަނގަޅަށް ބަލައިލިއެވެ. ވަރަށް ވެސްގުޅެއެވެ. ހީވަނީ ހަމަ އެކަކު އަނެކަކަށްޓަކައި ހައްދަވާފައި ވާހެންނެވެ.

“ކޮބާ މިލީނާ؟ އޭނަ ގާތު އަހައިފިންތަ؟” އެލީން އަހައިލިއެވެ.

“އަހަރެން މިލީނާ ވަރިކޮށްފިން.. އޭނަ އެކަމަށް އިއުތިރާފު ވީމަ އަހަރެން ބޭނުމެއް ނޫން އޭނަ އާ މެރީ ކޮށްގެން އުޅޭކަށް.. އެޓްލީސްޓް އަހަރެންނަށް އޮޅުވައި ނުލިނަމަ އުޅެވުނީސްކަންނޭނގެ..” އެޒިލް ގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ މާޔޫސް ކަމެއް ފާޅުވާން ހުއްޓެވެ.

“ސޯ؟ ލިލިއަން ޕްރެގް ވާހަކަ ނުބުނެ މެރީ ކުރަންތަ ހަމަ ތި އުޅެނީ؟؟” ޒެއިން ލިލިއަން ގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

“އަހަރެން ދެން ބޭނުމެއް ނޫން އެކަކަށްވެސް އޮޅުވައިލާކަށް.. އަހަރެން މިއަދު މަންމަ ގާތު ބުނާނަން ހުރިހައި ހަގީގަތެއް ވެސް..” ލިލިއަން ގެ ނިންމުމާއި މެދު ހިތްހަމަޖެހުމުން ޒެއިންވެސް ހިނިތުންވެލަމުން ހުރިހައި ކަމެއް ވެސް ރަނގަޅު ވާނެއޭ ބުނެލިއެވެ.

އެޒިލްމެން ދިއުމުން ޒެއިން އެލީން އާއި ގާތް ވެލަމުން އެދެއަތުގައި ހިފައިލިއެވެ.

“ހުރިހައިކަމެއް ދެން މި ނިމުނީނު..” އެލީންގެ އަތުގައި ބޮސްދެމުން ޒެއިން ހިނިތުންވެލިއެވެ.

“އައި ލަވް ޔޫ އެލީ.. ވިލް ޔޫ މެރީ މީ؟؟” ޒެއިން އެފަދަ އެއްޗެކޭ ބުނެފާނެ

ކަމަށް ނުވިސްނައި ހުރި އެލީންގެ ލޮލުގައި ވަގުތުން އުފާވެރި ކަމުގެކަރުނަ ވިދައިލިއެވެ. ބުނާނޭ އެއްޗެއް ނޭނގިފައި އިރުކޮޅަކު ހުރުމަށްފަހު އެލީން ޒެއިންގެ ހަށިގަނޑުގައި ބައްދައިލިއެވެ.

“އިޒް ދެޓް އަ ޔެސް؟” އެލީންގެ ހަށިގަނޑުގައި ދެއަތުން ވަށައިލަމުން  ޒެއިން އަހައިލިއެވެ.

“އޮފްކޯޒް.. އައި ލަވް ޔޫ ޒެއިން މާލިކް..ހެހެހެ” އެލީން އުފަލުން ބުނެލި ޖުމްލައިން ޒެއިން ރުޅިއަންނަކަމަށް ހެދިލަމުން އެލީން ގަޔާ ދުރުކޮށްލިއެވެ.

“ދެން ދުވަހަކުވެސް ތިހެން ނުބުނައްޗޭ… ތީ ހަމަ އެކަނި އަހަރެންގެ މީހެއް.. އެންޑް އެލީ ލޯބިވާން ޖެހޭނީ ވެސް ހަމަ އެކަނި އަހަރެން ދެ.. ނޫނީ ޕަނިޝްމެންޓެއް ލިބޭނެ އިނގޭ..” ސީރިއަސް ވާން އުޅުނެއް ކަމަކު ޒެއިން އަކަށް ހިނިގަނޑު މައިތިރިއެއް ނުކުރެވުނެވެ. އެއާއިއެކު އެލީންވެސް ހީގަންނަމުން ޒެއިންގެ މޭގައި މަޑުމަޑުން ޖަހައިލިއެވެ.

ލިލިއަން ގޭގައި ނޫޅޭ ވަގުތު ބަލާފައި ޖަބީން ލިލިއަން ގެކޮޓަރިއަށް ވަދެލީ އެކޮޓަރި ފޮޅާލަން ކަމަށެވެ. ޑްރެސިންގް ޓޭބަލް މަތި އޮތްގޮތް ފެނިފައި ދެފަރާތަށް ބޯ ހޫރައިލަމުން ޑްރެސިންގްޓޭބަލް އާއި ދިމާއަށް ޖަބީން ހިނގައިގަތެވެ. ޑްރެސިންގް ޓޭބަލް މަތި ތަރުތީބުކޮށް ނިމުމަށް ފަހުގައި ވަތްގަނޑު ހުޅުވައިލީ ވަކި މަގުސަދެއްގަ އެއް ނޫނެވެ. ނަމަވެސް ކަމެއް އިނގެން ވެއްޖެއްޔާ އަބަދުވެސް ކޮންމެވެސް ކަމެއް މެދުވެރިވެއޭ ބުނާ ފަދައިން ޖަބީން އަށް ވެސް ވަތްގަނޑުތެރޭގައި އޮތް ދެ ‘ޕްރެގްނެންސީ ކިޓް’ ފެނިފައި ޖަބީން އަށް ހީވީ މުޅި ދުނިޔެ އެނބުރިގަތްހެނެވެ.
” ޕްރެގްނެންސީ ކިޓް.. ޕޮޒިޓިވް” މަޑުމަޑުން ޖަބީންއަށް ކިޔައިލެވުނެވެ. ފައިކޮޅުން ވަރު ދޫވާހެން ހީވުމުން ޖަބީން އަށް ޑްރެސިންގް ޓޭބަލްގެ ގޮނޑީގައި އިށީނދެވުނެވެ. ލިލިއަން ގެ ހަށިގަނޑަށް އެ އަންނަ ބަދަލުގެ ހަގީގަތް މިހައި ހިތި ވެދާނެ ކަމަކަށް ޖަބީން ހިއެއް ނުކުރެއެވެ. ލޮލުން ކަރުނަ އައި އިރުވެސް ލޯ ފުހެލަން ވެސް ނޭނގިފައި ޖަބީން އިނެވެ. އޭނާ ދެން މީހުނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟

އެޒިލް އާއި އެކު ގެއަށް އާދެވުން އިރު ލިލިއަންގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ޖަބީން ގާތު ހަގީގަތް ފާޅު ކުރުމުން ކަންތައްވާނެ ގޮތް އަންދާޒާކޮށްލާކަށް ވެސް ލިލިއަން އަކަށް ނޭނގެއެވެ. ސައިކަލުން ފޭބުމާއިއެކު އެޒިލް ލިލިއަން ގެއަތުގައި ހިފައިލިއެވެ.

“ގުޑް ލަކް.. އިނގޭ މަންމަ ރުޅި އައިސްފާނެ ކަންވެސް.. އެކަމު ލިލީ އަށް ވެސް ވިސްނެން ވާނެ އެއީ އަހަރުމެންދެމީހުނަށް ވެސް ޑިޒާވް އެއްޗެއްކަން.. އޯކޭ.. ކޯލް މީ އިނގޭ.. އައި ލަވް ޔޫ”އެޒިލް ލިލިއަންގެ އަތުން ދޫކޮށްލަމުން ސައިކަލު ދުއްވައިލިއެވެ. ހިތް ނުތަނަވަސް ވެފައިހުރެ ގެއަށް ވަންނަން ގޭޓް ހުޅުވައިލަމުން ލިލިއަން ހިނގައިގަތެވެ.

“މަންމާ..މޯމް..” ޖަބީން ފެންނަން ނެތުމުން އެތެރެއަށް ވަދެގެން ދަމުން ލިލިއަން ގޮވައިލިއެވެ.

ޖަވާބެއް ނުލިބުމުން ލިލިއަން އޭނާގެ ކޮޓަރި އާއި ދިމާލަށް މިސްރާބު ޖެހިއެވެ. ބޭރަށް ދަމުން ލައްޕާފަ ދިޔަ ކޮޓަރީގެ ދޮރު ހުޅުވިފައިހުރިތަން ފެނުމުން ލިލިއަން ނިތަށް ރޫ އަރުވައިލަމުން ގޮސް ދޮރުމައްޗަށް އެރި އިރު ކުޑަދޮރުކައިރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރި ޖަބީން ފެނުނެވެ.

“މޮމް..”ލިލިއަން ޖަބީން އަށް ގޮވައިލުމުން ޖަބީން އެނބުރިލި އިރު އެ މޫނުމަތީގެ ކުލަވަރު ފެނުމުން ލިލިއަން އަށް ކަމެއް ގޯސް ވެއްޖެ ކަން ނަގައިގަނެވުނެވެ. ހިންދިރުވައިލަމުން ޖަބީން އާއި ދާދި ގާތުގައި ގޮސް ހުއްޓި ޖަބީންގެ އަތުގައި ހިފައިލަން އުޅުމާއި އެކު ލިލިއަން ގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ ޖަބީންގެ އަތުގެ ވަރުގަދަ ހަމަލާއެކެވެ.

“ލަދު ކުޑަ.. އަހަރެންގެ ބަސް ނާހާ ލިލިއަން އުޅުނަސް އަހަރެން ހިއެއް ނުކުރަން މިފަދަ ނުބައި ކަމެއް މަގޭ ލިލިއަން ކޮށްފާނެ ކަމަކަށް” އަތުގައި އޮތް ދެ ‘ޕްރެގްނެންސީ ކިޓް’ ލިލިއަން ގެ މޫނާއި ދިމާއަށް ޖަބީން ހޫރައިލިއެވެ. ކުއްވެރިކަމުގެ އިހުސާސްގައި ލިލިއަން އިސްޖަހައިލި އިރު އެދެލޮލުން ކަރުނަ ހިލިއްޖެއެވެ.

“އަހަރުމެންގެ ފަރާތުން ކޮންކަމެއް އުނިވެގެންތަ ލިލިއަން މިފަދަ ގޯސްކަމެއް ކުރީ؟ އަހަރެން ދެން ކިހިނެތްތަ މީހުނާކުރިމަތި ލާނީ ވެސް؟ ” ޖަބީން ރޮއިގަތް މަންޒަރު ފެނުމުން ލިލިއަންގެހިތަށް ވަރަށްއަސަރު ކުރިއެވެ.

“އައި އެމް ސޮރީ މަންމާ..” ލިލިއަން ރޮމުން މާފަށް އެދެން ފެށިއެވެ. ޖަބީންގެ ގައިގައި ބައްދަ ބައްދާފައި ލިލިއަން އުޅުން ގޮތުން ޖަބީންގެ ނިންމުން ބަދަލުކުރަން ހިތަށް އަރާފައިވެސް އެކަން އެހެން ކުރާކަށް ބޭނުމެއް ނުވިއެވެ.

“އަހަރުމެން ދިންލޯބީގެ ބަދަލު ލިލިއަން އަށް ދޭން އިނގުނީ މިހެން… މިދުވަސް ފެނުމުގެ ކުރިން ހެއްދެވި ފަރާތުން ޒަހީން ގެންދެވިކަން ވެސް އެއީ ހަމަ ނަސީބު ކަންނޭނގެ.. ތީކާކުގެ ދަރިއެއް؟ ދެންމެގަ ސައިކަލުގަ އެ އިނީ ތިހިތާވެގެން އުޅޭ ފިރިހެނާ ދޯ؟؟” ލިލިއަން ގަޔާ ދުރަށް ކޮއްޕައިލަމުން ޖަބީން ވާހަކަ ދެއްކި އިރު އެ އަޑު ތުރުތުރު އަޅައެވެ.

“މަންމާ..”ލިލިއަން ބެލީ ރީތިކޮށް ޖަބީން އާއި ވާހަކަ ދެއްކޭތޯ އެވެ. ނަމަ ކޮންމެ ފަހަރަކުވެސް ޖަބީން އޭނާ ހުއްޓުވައެވެ.

” ކޮންމެހެން މަށަށް މަންމަ ކިޔާނެ ކަމެއް ނެތް.. ހަމަ މިހާރު މިގެއިން ނުކުމެގެން ދޭ.. އެހެރީ ލިލިއަން ގެ ހުރިހައި އެއްޗެއް.. ތި ހިތާވެގެން އުޅޭ މީހާ ގާތަށް ދޭ..” ޖަބީން އައި ރުޅީގައި އަނެއްކާ ވެސް ލިލިއަން ކޮއްޕއިލިއެވެ.

ޖަބީން އިޝާރާތް ކުރި ދިމާ ބަލައިލި އިރު ހަތަރު ފޮށި އަލަމާރި ކައިރީ ހުއްޓެވެ. ގަބޫލުކުރަން ދަތިވެފައި ލިލިއަން ޖަބީން އަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ.

“އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ.. ހަމަ މިހާރު މިގެއިން ނުކުންނާށޭ..” ޖަބީން ހަޅޭއް ލަވައިގަތެވެ. ކަރުނަތައް ފުހެމުން ލިލިއަން ނުކުންނަން ދޮރާއި ދިމާއަށް ހިނގައިގަތެވެ. އެއްވެސް އެއްޗެއް ވެސް ގެންދާކަށް ލިލިއަން ނޫޅުނެވެ. ހަމައެކަނި އޭނާގެ އަތުގައި އޮތް ދަބަސް ފިޔަވައެވެ.

ދުވެފައި ގޮސް ގޭޓާއި އަރާ ހަމަވުމާއި އެކު ގިސްލަ ގިސްލާފައި ލިލިއަން ރޯންފެށިއެވެ. އެމަންޒަރު ފެނިއްޖެ ކޮންމެ މީހެއްގެ ހިތަށް އަސަރު ކުރާނެ ކަން ގައިމެވެ.

އިރު އޮއްސުމާއި އެކު ގުގުރުމާއި އެކު ބޯކޮށް ވިއްސާރަ ވެހެން ފެށިއެވެ. އެއްޗިހި ބަދަލު ކޮށްލައިގެން އެޒިލް ކޮޓަރިން ނުކުތީ މިލީނާ ކޮބައިތޯ ބަލައިލާށެވެ. ސޯފާގައި ޕޮޕްކޯން ތައްޓެއް ހިފައިގެން މިލީނާ އިނީ ޓީވީ އަށް ނަޒަރު ހުއްޓާލައިގެންނެވެ. އެޒިލް ވެސް ގޮސް މިލީނާ އާއި ދުރުގައި ހުރި ސޯފާގައި އިށީނެވެ.

“ޕޮޕްކޯން؟؟” އެޒިލް އާއި ދިމާއަށް އަތުގައި އޮތް ބޯތަށި ދިއްކޮށްލަމުން މިލީނާ އަހައިލިއެވެ.

“ބޭނުމެއް ނޫން” ފޫހި ގޮތަކަށް އެޒިލް ބުނުމުން މިލީނާ އަނގައަށް ގޮތެއް ހަދައިލަމުން ޕޮޕްކޯން މުށެއްނަގައި އަނގައަށް ލަމުން އަނެއްކާވެސް ޓީވީ އަށް ނަޒަރު ހުއްޓައިލިއެވެ. އެޒިލް އެހެން އިންދާ ބޭރު ދޮރުގައި މީހަކު ޓަކިޖަހައިހެން ހީވެގެން ތެދުވެގެން ގޮސް ދޮރު ހުޅުވައިލި އިރު ދޮރުމަތީ ތެމި ފޯވެގެން ލިލިއަން ހުއްޓެވެ. އެޒިލްފެނުމާއި އެކު ލިލިއަން އަށް އަނެއްކާވެސް ރޮވުނީއެވެ. ލިލިއަން ގެ ހާލަތު އިހުސާސް ވުމުން އެޒިލް އަކަށްދުރަކު ނުހުރެވުނެވެ. އެ އަތުގެ ހިމާޔަތަށް ލިލިއަން ގެންނަމުން ބޮލުގައި ބޮސްދިނެވެ.

“ހޭއި..އިޓްސް އޯކޭ ބޭބީ.. ޝްޝްޝް..” އެޒިލް ގެ އޯގާތެރިކަމާއި އެކު ލިލިއަން ގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.

“އެ..އެ..ޒިލް.. އަހަ..އަހަރެން..” ލިލިއަން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

“ޝްޝްޝް.. އިޓްސް އޯކޭ.. ރިލޭކްސް ވެލަބަ.. އަހަރެން ލިލީ ގާތު މި ހުރީނު.. ދުރަކަށް ނުދާނަމޭ” ވަކިން ބޮޑަށް ލިލިއަން އެ އަތުތެރޭ ހައްޔަރު ކޮށްލަމުން އެޒިލް ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތެވެ. ޒެއިން އާއި އީވާ އާއި ޒައުލް އަދި މާރިއާ ވެސް ތިއްބެވެ. އެންމެން ހަމައަށް ތިބުމުން ކައިވެނި ކުރަން ބޭނުން ވާ ވާހަކަ ބުނަން ޒެއިން ނިންމިއެވެ.

“މޮމް..ޒައުލް..ސިސް..” އެންމެންގެ ސަމާލުކަން ލިބުމުން ޒެއިން ވަކިވަކިން އެންމެންގެ މޫނަށް ބަލައިލިއެވެ.

“ދަރިފުޅު ވާހަކައެއް ބުނަން އުޅޭހެން މަންމައަށް އެބަ ހާދަ ހީވެއޭ..” ދަތްތައް ފެންނަ ވަރަށް ހިނިތުން ވެލައިގެން އިނދެ މާރިއާ ވާހަކަ ދެއްކިއެވެ.

“ޔެސް މޮމް.. އަޅުގަނޑު ވަރަށް މުހިންމު ވާހަކަ އެއް ބުނަން މި އުޅެނީ….. އާއި.. އައި އެމް ގެޓިން މެރީޑް.. ވަރަށް އަވަހަށް މެރީ ކުރަން މި އުޅެނީ” ޒެއިންގެ ޖުމްލައިން މާރިއާގެ ހިނިތުންވުން އިތުރަށް ފުޅާ ވެގެން ދިޔައެވެ.

“މަންމަ ވަރަށް އުފާ ވެއްޖެ.. ދަރިފުޅު ކުރިން ބުނި ނަމަ.. ހާއްސަ ކޮށްލާފަ ޖަބީން އާންޓީ އާ ލިލީ ވެސް ގެނެވުނީސް ވިއްޔަ” މާރިއާ ގެ އުފާވެރިކަން ފެނިފައި ޒެއިން ގެ ހިތް ނުތަނަވަސް ވި ނަމަވެސް އިތުރަށް މަޑު ކުރާކަށް ޒެއިން ގެ ހިތަކު ނެތެވެ.

” އަޅުގަނޑު މެރީ ކުރަން މި އުޅެނީ ލިލީ އަކާ ނޫން.. އެލީން އާ” ޒެއިންގެ ޖުމްލައިން މާރިއާ ކާން އިން އޫ ތަށިތެރެއަށް ދޫވެގެން ދިޔައީ ލިބުނު ޝޮކުގައެވެ. ހަމަ އެފަދައިން އީވާ ގެ ތުންފަތުގައި ސިއްރު ހިނިތުންވުމެއް ދުވެލިއެވެ.

“ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟” ހިތްހަމަ ނުޖެހިފައި އިނދެ މާރިއާ ވާހަކަ ދެއްކިއެވެ.

ނުނިމޭ

Share Article

Follow Me Written By

shooty

Level 210 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

މަލަކާ (18ވަނަ ބައި)

Next

އިންތިހާޔަށް (14ވަނަ ބައި)

Next
January 16, 2017

އިންތިހާޔަށް (14ވަނަ ބައި)

Previews
January 15, 2017

މަލަކާ (18ވަނަ ބައި)

18 Comments!

  1. shooty says:
    January 15, 2017 at 9:51 pm

    hey guys… as I promised, miothy 15 th ep.. Please leave a comment and feel free to say what ever you want.. if you like the episode, don’t forget to give a like ? love you all

  2. reen says:
    January 15, 2017 at 10:01 pm

    haadha kurey ekams vvvvv reethi waiting 4 next part

  3. Mary says:
    January 15, 2017 at 10:02 pm

    Dude itx awesome.

  4. Petite says:
    January 15, 2017 at 10:14 pm

    V v v salhi.. loved it ❤❤

  5. Barbie says:
    January 15, 2017 at 10:23 pm

    Wen is next part shoootyy

  6. Akko says:
    January 15, 2017 at 10:40 pm

    V v v v salhi….

  7. Kalhu handi says:
    January 15, 2017 at 10:48 pm

    Nice

  8. Aik says:
    January 16, 2017 at 12:32 am

    Speech less

  9. Maree says:
    January 16, 2017 at 9:15 am

    VVV reethi

  10. Aisha Naseem says:
    January 16, 2017 at 9:21 am

    Alhugandu ge vaahaka nurahka theri loabi annnanii innthixaaru kohhlavvaaa

    1. xx says:
      January 16, 2017 at 11:16 am

      Achcheedi

  11. Ana says:
    January 16, 2017 at 10:53 am

    Plx shoot the next episode…

  12. mary says:
    January 16, 2017 at 10:57 am

    Vvvv reethi

  13. haz says:
    January 16, 2017 at 11:41 am

    Haadhakurey dhw.ekamves vvvv reethi.next part ves avahah up kohlaba plssss shooty.

  14. raasi says:
    January 16, 2017 at 2:06 pm

    shooty dhen kon dhuvahaku next part
    v reethi all the best 🙂

  15. Nuxuhath Sameem says:
    January 16, 2017 at 2:39 pm

    Vvvv reethi story

  16. Ul says:
    January 16, 2017 at 5:53 pm

    V v reethi story eh.. When next part..

  17. Aakee says:
    January 16, 2017 at 9:48 pm

    alhe kobaatha mirey ge part… pls pls up kohla dheebaa

Comments are closed.


All Right Reserved!