Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނަމަވެސް… 3 ވަނަބައި

Shiya
January 15, 2017
4 Mins Read
32 Views
7 Comments

 

ޝިއާޒް ހުރީ ފާހަނާގައި ފެންވަރާށެވެ. މާގަނޑުން ފެންތައް ޝިޔާޒްގެ މޫނަށް އޮހެމުން ދިޔައިރުވެސް ޝިޔާޒްގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައީ ޖުމާނާގެ  ރީތި ތަސްވީރެވެ. ހަނދާކުރަން ބޭނުން ނުވިޔަސް ޝިޔާޒް ހިތުގެ އަޑީގައި އަދިވެސް ވަނީ ޖުމާނާގެ ނަމެވެ. ދުވަހަކުވެސް އެ ނަމަށް ފަނޑުކަމެއް އައްނާނެހެންނެއް ހިޔެއްނުވެއެވެ. ޖުމާނާ ގުޅުމުން ޝިޔާޒް ރުޅިއައިސްފަ ވާހަކަ ދެއްކި ނަމަވެސް، ހަގީގަތުގައި ޖުމާނާއައްޓަކައި ޝިޔާޒްގެ ހިތުގައި އަދިވެސް ވަނީ ލޯތްބެވެ.

“ޖުމާ..!”ޝިޔާޒް މަޑުމަޑުން އެނަން ކިޔައިލިއެވެ.

ޝިޔާޒަށް ހީވަމުން ދިޔައީ ޖުމާނާ އޭނާގެ ގައިގައި ބީހެމުންދާހެންނެވެ. ފިނިފެނުން ޝިޔާޒްގެ ހަށިގަނޑަށް ލިބެމުން ދިޔަ ފިނިކަމާއިއެކު ޖުމާނާއާ އެެކުވާ ކުރީގެ ހަނދާންތައް ޝިޔާޒް ވަށައިލިއެވެ. އެ ފޮނިހަދާން ތަކުގެ ތެރެއަށް ގެއްލިފައި ހުރެވުނީ ކިހާއިރެއް ވަންދެން ކަމެއް ޝިޔާޒްއަކަށް ނޭނގުނެވެ. ޝިޔާޒަށް ހަމަހޭވެރިކަންވީ ފާހަނާގެ ދޮރުގައި ވަރަށް ބާރަށް ޓަކިޖަހާ އަޑުއިވެން ފެށުމުންނެވެ.

“ޝިޔާޒް…!” ނަޖުވާ ގޮވާއަޑު ޝިޔާޒަށް އިވުނެވެ.

ޝިޔާޒް އަވަހަށް ފަހަނާގެ ދޮރު ކުޑަކޮށް ހުޅުވާލާފައި ބޭރަށް ބޯދިއްކޮށްލިއެވެ. ނަޖުވާ ހުރީ ހިތްހަމަ ނުޖެހިފައެވެ. ޝިޔާޒް ފާހާނާއަށް ވަންފަހުން މިހާރު ދެގަޑިއިރުވީއެވެ.

“ކިހިނެއްވީ؟…” ޝިޔާޒްއެހިއެވެ.

“މިހާރު ކޮންއިރެއް ފާހާނާއަށް ވަންފަހުން…. ކީއްތިކުރަނީ؟…. އަދިވެސް ފެންވަރާ ނުނިމޭދޯ!..” ނަޖުވާ ބުންޏެވެ. ޝިޔާޒް އެއްވެސް ޖަވާބެއް ނުދީ ނަޖުވާގެ މޫނަށް ބަލަން ހުއްޓެވެ.

“ދެންވެސް އަވަހަށް ފެންވަރައިގެން ނުކުމެބަލަ!… އޮފީހުން މިހާރު ދެތިން ފަހަރު ޝިޔާޒް ހޯދަން ގުޅައިފި…” ނަޖުވާ އެހެން ބުނެފައި ހިނގައިގަތެވެ.

ނަޖުވާ ދާތަން ބަލަން ހުރެފައި ޝިޔާޒް ފާހަނާގެ ދޮރުލައްޕައިލިއެވެ. ކަންތައް ވާގޮތުން ޝިޔާޒް ވަރަށް ކަންބޮޑުވެއްޖެއެވެ. މާބޮޑަށް ޖުމާނާގެ ހިޔާލުތަކުގެ ތެރެއަށް ގެއްލޭނަމަ، ދެން ކަންތައްތައް ވާނެގޮތް ޝިޔާޒަށް ވިސްނުނެވެ. ޖުމާނާގެ ސަބަބުން ނަޖުވާއާ އެއްވެސް މައްސަލައެއް ޖެހޭކަށް ޝިޔާޒް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ހިތަކީވެސް ބައެއް ފަހަރަށް އަމިއްލަ ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. ޝިޔާޒް މަޑުމަޑުން ބޯ ހޫރައިލިއެވެ. އަދި އަވަސް އަވަހަށް ފެންވަރަން ފެށިއެވެ.

މާހިންއާއެކު ޝިޔާޒް އިނީ އޮފީހުގެ ކެންޓީނުގައެވެ. އޮފީހުގެ އެހެން ދެ މުވައްޒަފަކުވެސް ކެންޓީނުގައި ސައިބޯން ތިއްބެވެ. ބައެއް ދުވަސް ދުވަހު އޮފީހުގެ މަސައްކަތްތައް ގިނަކަމުން އިތުރުގަޑީގައި އޮފީހަށް ނުކުމެ މަސައްކަތްތައް ނިންމަންޖެހެ އެވެ. ޝިޔާޒާއި މާހީންއަކީ އޮފީހުގައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.

” އަހަރެން ހީކުރީ މިއަދު ދެން އޮފީހަށް އަންނަން ނުޖެހޭނެކަމަށް… މިއަދު މި އުޅެނީވެސް ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ…” މެދާއި ހަމައަށް ގޮސްފައިވާ ކޮފީ ތައްޓަށް ބަލަން އިނދެ ޝިޔާޒް ބުންޏެވެ.

“އަހަރެންވެސް ނިދާފަ އޮއްވަ ބޮސް ގުޅީމަ ހޭލެވުނީ… އެހެންވެ އަވަހަށް ތައްޔާރު ވެލައިގެން މިއައީ..” މާހިން ކޮފީ ބޮމުން ވާހަކަ ދެއްކިއެވެ.

“މިއަދު އެއްވެސް މޫޑެއް ނެތް… އެއްގޮތަކަށްވެސް މަސައްކަތް ކުރާ ހިތެއް ނެތް…” ޝިޔާޒް އިނީ ފޫހިވެފައެވެ.

“ދެން ތިހެން ވާނީ…. މޫޑެއް ނުހުންނާނެ… ކަމެއް ކުރާ ހިތެއް ނުވާނެ… ލަވްމޭނިއާ ޖެހިފަވިއްޔަ ތިއިނީ…” މާހިން ހިނިތުންވެލިއެވެ.

“ހޫނ!… ދެން އަހަންނާ ދިމާ ކުރާނެ ކަމެއް ނެތް… ތީ ވަކި ލަވްމޭނިއާ ނުޖެހޭ މީހެއްތަ؟..” ޝިޔާޒް އެހެން ބުނުމުން މާހިނަށް ބާރަށް ހީނގަނައިވުނެވެ. މާހިންގެ ދިރިއުޅުމުގެ ހުރިހާ ހަގީގަތެއް ޝިޔާޒަށް އެނގެއެވެ.

ޝިޔާޒްގެ މޯބައިލް ފޯނު އޮތީ ކޮޓަރި މޭޒުމަތީގައެވެ. ޝިޔާޒް އޮފީހަށް ދިޔައީ ހަނދާން ނެތިގެން ފޯނު ބާއްވާފައެވެ. ކޮޓަަރީގައި ނަޖުވާ ހުރީ މަލްޝާގެ ހެދުމެއް އިސްތިރި ކުރާށެވެ. މަލްޝާ އޮތީ ކުޑަކުދިންގެ ވާހަަކަ ފޮތެއް ހިފައިގެން އެނދުގައި އޮށޯވެލައިގެންނެވެ. ޝިޔާޒްގެ ފޯނު ރިންގުވާން ފެށުމުން ނަޖުވާ ގޮސް ފޯނު ނަގާފައި ކަންފަތުގައި ޖައްސައިލިއެވެ.

“ހަލޯ!… ނަޖުވާ ބުންޏެވެ. އެކޮޅުން އެއްވެސް ޖަވާބެއް ނުދީ ފޯނު ކަނޑައިލިއެވެ.

ފޯނު ބާއްވާފައި ނަޖުވާ ގޮސް އިސްތިރި ކުރަންފެށިއެެވެ. އިރުކޮޅަކުން  އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރު ނަޖުވާ ފޯނު ނަގާކަށް ނުދެއެވެ. ދެތިން ފަހަރު  ރިންގު ވުމައްފަހު ފޯނު ކެނޑުނެވެ.

ލިމްޔާ ހުރީ ޖުމާނާ ކައިރީގައެވެ. ފޯނަށް އިރުކޮޅަ ބަލަން ހުރުމައްފަހު، ޖުމާނާ ލިމްޔާގެ މޫނަށް ބަލައިލިއެވެ. ޖުމާނާ އެއްވެސް ވާހަކައެއް ނުދައްކާ ހުންނަން ފެށުުން ލިމްޔާ ހިތްހަމައެއް ނުޖެހުނެވެ. ޖުމާނާގެ މޫނުމަތިން ލިމްޔާއަށް ފެނުނީ މާޔޫސްކަމެވެ.

“ކީއްވެ މާބޮޑަށް މާޔޫސްވެފަ ތި ހުންނަނީ؟..” ލިމްޔާ އެހިއެވެ.

“ޝިޔާޒާ ނުގުޅުނީމަ… ޖުމާނާ ބުންޏެވެ.

“ކީއްވެ ނުގުޅުނީ؟ ޝިޔާޒް ފޯން ނުނެގީތަ؟..” ލިމްޔާ އެހިއެވެ.

“އަންހެނެއް ޝިޔާޒްގެ ފޯނު ނެގީ… އެހެންވެ އަހަރެން އަވަހަށް ފޯނު ކަނޑާލީ…” ޖުމާނާ ހުރީ ވަރަށް ދެރެވެފައެވެ.

“އަންހެނެކޭ!!.. ލިމްޔާ ހައިރާންވެފައި އެހިއެވެ.

” އާނ!… އަންހެނެއް… ވެދާނެ އެއީ ޝިޔާޒްގެ އަންހެނުން ކަމަށް…”

”މިހާރު އޭނަ މެރީވެސް ކުރީތަ؟” ލިމްޔާ އެހިއެވެ.

” ޝިޔާޒް މެރީކުރިކަން އަދި ޔަގީނެއް ނޫން… އެކަމަކު އަހަންނަ ހީވާގޮތުން އެ އަންހެނަކީ ޝިޔާޒުއާ ވަރަށް ގާތް މީހެއް… އެހެން ނޫންނަމަ، ކީއްވެ އޭނަ ޝިޔާޒްގެ ފޯނު ނަގަންވީ؟..”

”ޖުމާއަށް ހީވޭތަ ޝިޔާޒް އެހެން މީހަކާ މެރީ ކޮށްފާނެހެން؟..” ލިމްޔާ އެހިއެވެ.

”ހިޔެއް ނުވޭ…” ކުޑަކޮށްވެސް ވިސްނާނުލައި  ޖުމާނާ ޖަވާބު ދިނެވެ. ލިމްޔާ ހިނިތުންވެލިއެވެ.

”ޖުމާ ޝިޔާޒުއާ ވަކިވިފަހުން މިހާރު ފަސްއަހަރުވީ… ކިތަންމެ ލޯބިވިޔަސް، ވަރަށް މަދު މީހަކު ނޫނީ ދިރިއުޅުން ބޭކާރުކޮށެއް ނުލާނެ… އަހަންނަށް ހީވަނީ ޖުމާ މިހާރު ދެން ޝިޔާޒަށް ގުޅުމަކީ ރަގަނޅު ކަމެއް ނޫންހެން….” ޖުމާނާއަށް ނަސޭހަތް ދިނުމުގެ ގޮތުން ލިމްޔާ ބުންޏެވެ.

ޖުމާނާ ގެއަށް އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލިއެވެ. ޖުމާނާ ވިސްނަމުން ދިޔައީ ލިމްޔާ ދެއްކި ވާހަކަތަކާއި ދޭތެރޭގައެވެ. ހަގީގަތުގައިވެސް ޝިޔާޒް މިހާރު މީހަކާ އިނީ ބާވައެވެ؟… އޭނާ މިހާރު އަހަރެން ދެކެ ލޯބިވޭ ބާވައެވެ؟.. އަހަރެން މަތިން ހަނދާން ކުރާނެބާވައެވެ؟.. އަދިވެސް އަހަރެންގެ އިންތިޒާރުގައި އޭނާ ހުރީބާވައެވެ؟… ނޫނެކެވެ!.. ޝިޔާޒް މިހާރު އަރެން މަތިން ހަނދާނެއް ނުވާނެވެ. އޭނާ މިހާރު އަހަރެން ދެކެ ލޯތްބެއް ނުވާނެއެވެ. އަހަރެން ދެކެ ލޯބިވާނަމަ، އޭނާ އަހަރެން ގުޅީމާ ރުޅި އައިސްގެން ވާހަކަށް ނުދައްކާ ފޯނު ކަނޑައެއް ނުލާނެއެވެ.

އިރުއިރުކޮޅަކާ ޖުމާނާގެ ހަނދާންތައް ހިތަށް އުނދަގޫކުރާތީ ޝިޔާޒް އިނީ އޮފީހުގެ މަސައްކަތްތައް ވެސް ކުރާހިތް ނުވެފައެވެ. މާހިން އިނީ ފައިލެއް ހުޅުވައިގެން، ކޮންމެވެސް ސިޓީއެއް ހޯދާށެވެ. ފައިލް ތެރެއިން ސިޓީ ނުފެނުމުން މާހިން ޝިޔާޒް އަށް ބަލައިލިއެވެ. އޭރު ޝިޔާޒް އިނީ މޭޒުގައި ބޯއަޅައިގެންނެވެ. މާހިން މަޑުމަޑުން ބޯ ހޫރައިލިއެވެ. ފައިލް މޭޒުމަތީގައި ބާއްވާފައި މާހިން ތެދުވެގެންގޮސް ޝިޔާޒް މެޒު ކައިރީގައި މަޑުކޮށްލިއެވެ.

” ޝިޔާޒް!….” މާހިން ގޮވައިލިއެވެ. ޝިޔާޒް އިސްއުފުލައި މާހިންގެ މޫނަށް ބަލައިލިއެވެ.

” ކިހިނެއްވެފަ ތި އިންނަނީ؟…” ޝިޔާޒް ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން މާހިން އެހިއެވެ. ” ތީ ބޮޑުވަރެއް އިނގޭ……. މީހަކު މަތިން ހަނދާންވިޔަސް ތިވަރު ވާކަށް ނުވާނެ…. ތިގޮތަށް އުޅެންޏާ އޮފީހުގެ އެހެންމީހުން ހީކުރާނީ ކީކޭ؟.. ޝިޔާޒް ބޭނުންވަނީ އޮފީހުގައި ދެންތިބި މީހުންނަށްވެސް ތިކަންތަށް އިނގެންތަ.؟.”

” ދެން ހުއްޓާލާ!..” ޝިޔާޒް ކޮޅަށް ތެދުވިއެވެ. ޝިޔާޒް ހުރީ ކޮންމެވެސް ވަރަކަށް ރުޅިއައިސްފައެވެ. ” މާހިން އަށްވެސް މިކަހަލަ ކަމެއް ދިމާވީމަ އިނގޭނީ ވާވަރު…. އަހަންނަށް ވާވަރު އަދި ކުޑައޭ…” ޝިޔާޒް އެހެން ބުނެފައި ސެކްޝަނުން ނުކުންނަން ހިނގައިގަތެވެ. ” އޭ!..ޝިޔާޒް!..” މާހިން ތެދުވެގެން ޝިޔާޒްގެ ފަހަތުން ދަމުން ބުންޏެވެ. ” އިހަށް މަޑުކޮށްބަލަ!..” ޝިޔާޒް ހުއްޓިފައި މާހިންގެ މޫނަށް ބަލައިލިއެވެ.

” ދެން އަހަންނަކަށް މަޑެއް ނުކުރެވޭނެ… ބޮސް އަހަރެން ކޮބައިތޯ އަހައިފިއްޔާ ބުނޭ ގެއަށް ހިނގައްޖެއޭ…. އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ….” މާހިންގެ ޖަވާބަކަށްވެސް އިންތިޒާރު ނުކޮށް ޝިޔާޒް ބާރަށް ހިނގާފައި ގޮސް ސެކްޝަނުން ނުކުތެވެ.

ޝިޔާޒް ގެއަށް ވަންއިރު ނަޖުވާ ހުރީ ސިޓިންގރޫމް ކުނިކަހާށެވެ. ޝިޔާޒް ފެނުމުން ނަޖުވާ ކުނިކަހާ ފިހިގަނޑު ބަހައްޓާފައި ގޮސް ޝިޔާޒް ކައިރީގައި މަޑުކޮށްލިއެވެ. ޝިޔާޒް ނަޖުވާއަށް އެއްވެސް ސަމާލުކަމެއް ނުދީ ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. ޝިޔާޒްގެ އެހަރަކާތުން ނަޖުވާ ވަރަށް ދެރަވިއެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ނަޖުވާ ގޮސް ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އޭރު ޝިޔާޒް އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. މޭޒުމަތީގައި އޮތް ޝިޔާޒްގެ މޯބައިލް ފޯނު ހިފައިގެން  ނަޖުވާ ގޮސް އެނދުގައި އިށީނެވެ.

” މިއޮތީ ފޯނު…” ނަޖުވާ ޝިޔާޒް އަތަށް ފޯނު ދިނެވެ. ” އޮފީހަށް ތިދިޔައީ ފޯނުވެސް ބާއްވާފަ…”

” ހަނދާން ނެތިގެން ފޯނު ބާއްވާފަ ދެވުނީ….”  ނަޖުވާގެ މޫނަށް ނުބަލައި އޮވެ ޝިޔާޒް ވާހަކަ ދެއްކިއެވެ. ” އުރީދޫ ނަންބަރަަކުން ތިފޯނަށް ގުޅި…  އަހަރެން ފޯނު ނަގާފައި ހަލޯއޭ ބުނާއިރަށް އެކޮޅުން ފޯން ކަނޑާލި…” ނަޖުވާ އެހެންބުނުމާއި އެކު ޝިޔާޒް ތެދުވެ އެނދުގައި އިށީނެވެ. އަދި ފޯނުން އެ ނަންބަރ ބަލައިލިއެވެ. އެއީ ޖުމާނާ ގުޅާ ނަންބަރ ކަން އެނގުމުން ޝިޔާޒްގެ ހިތް ނުތަނަވަސް ވިއެވެ. ނަޖުވާގެ މޫނަށް ފާޑަކަށް ބަލައިލިއެވެ. ޝިޔާޒް ބަލާލިގޮތުން ނަޖުވާ ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ޝިޔާޒް  ކޮޅަށް ތެދުވިއެވެ.

” މީގެ ފަހުން އަހަރެން ފޯނު ބާއްވާފަ ދިޔަސް، ނަޖުވާ ފޯނުގަ އަތް ނުލާތި!.. ފޯނު ރިންގ ވިޔަސް  ނަގައިގެން ނުވާނެ!… ” ޝިޔާޒް އެހެން ބުނުމުން  ނަޖުވާ ހައިރާންވިއެވެ. މީގެ ކުރިން ޝިޔާޒް ދުވަހަކުވެސް ނަޖުވާއާ ދިމާއަށް އެހެންނެއް ނުބުނެއެވެ. ޝިޔާޒް ގޭގައި އުޅޭވަގުތު ތަކުގައި ޝިޔާޒްގެ ފޯން ގިނަފަހަރަށް ނަގަނީވެސް ނަޖުވާއެވެ. މިހާރަކަށް އައިސް ޝިޔާޒް އަށް އައިސް ގެން އުޅޭ ބަދަލުތަކުގެ ސަބަބުން ނަޖުވާގެ ހިތުގައި ދަނީ ތަފާތު ޝައްކުތަށް އުފެދެމުންނެވެ.

” ޝިޔާޒް ކީއްވެ ތިހެން ތިބުނީ؟.. މީގެ ކުރިންވެސް އަހަރެން ޝިޔާޒްގެ ފޯން ނަގަމެއްނު… ދެން މިހާރު ކީއްވެ ތި ފޯނުގަ އަތް ނުލާށޭ ތިބުންނީ؟..” ނަޖުވާ ސުވާލުކުރިއެވެ.

” ސަބަބެއް އޮތީމަ އެއްނު އަހަރެން މި ބުނަނީ؟..”  ޝިޔާޒް ހުރީ ވަރަށްބޮޑަށް ހިންހަމަ ނުޖެހިފައެވެ..ނަޖުވާ ކޮޅަށް ތެދުވިއެވެ. އަދި އިރުކޮޅެއްވަންދެން ޝިޔާޒްގެ މުނަށް ބަލަން ހުއްޓެވެ.

” އަހަންނަށް އިނގޭ ސަބަބެއް އޮތީމަކަން ތިހެން ބުނާނީ… އެސަބަބަކީ ކޮބައިކަން އަހަންނަށް ބުނެދީބަލަ!..” ނަޖުވާ ވަރަށް ދެރަވެފައި ބުންޏެވެ. ޝިޔާޒް ނަޖުވާއަށް  އެއްވެސް ޖަވާބެއް ނުދީ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ނަޖުވާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.

-ނުނިމޭ-

 

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shiya

Other Articles

Previous

މަލަކާ (17ވަނަ ބައި)

Next

ވީލޯބިން (2)

Next
January 15, 2017

ވީލޯބިން (2)

Previews
January 14, 2017

މަލަކާ (17ވަނަ ބައި)

7 Comments

  1. Inu says:
    January 15, 2017 at 7:48 am

    Shiyaax v fake … X no more pis pis

  2. mai says:
    January 15, 2017 at 8:23 am

    Pis pis
    Shiyaazu keehthikury
    Varah foohi

  3. aish says:
    January 15, 2017 at 11:01 am

    Shiyaz kihineh e ulheny…
    V reethi…?
    Knirakun dhn update vaaaneee….Shiya??????

    1. Shiya says:
      January 15, 2017 at 4:46 pm

      Soon as possible
      Thanks ?

  4. Brainless says:
    January 15, 2017 at 2:59 pm

    Shiyax haadha goahey dhw..

  5. aish says:
    January 15, 2017 at 7:19 pm

    Shiya knme dhuhaaku baeh upload kureveykah neh tha?
    V kiyaaahiyvey eba….

    1. Shiya says:
      January 15, 2017 at 8:05 pm

      Will try ingey ?
      Thanks

Comments are closed.

All Right Reserved!