ހަމަ އެވަގުތު ކުއްލިއަކަށް ކޮޓަރި ދޮރުގައި މަންމަ ޓަކި ޖަހާލިއަޑަށް، ސިއްސައިގެން ގޮސް މެހެކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. ލޯ މަރާލުމާއެކު ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.
“ދަރިފުޅާ ދޮރު ހުޅުވަބަލަ”. މެހެކް ހުއްޓުން އަރާފައި އިންދާ މަންމަ ބުނެލިއަޑަށް އޭނާ އަވަސް އަރުވާލާފައި ވެއްޓިފައި އޮތް ފޯން ނެގިއެވެ. އޭރު ފޯންގެ ބެޓެރިއާއި މަތިގަނޑުވެސް އޮތީ މާ ދުރުގައެވެ. ވެއްޓުނު ގޮތުން ފޯން ސްކްރީންވެސް ކޮންމެވެސް ވަރަކަށް ވަނީ ތެޅިފައެވެ. ފޯން ފެނުމާއެކު އޭނާއަށް އިހްސާސް ވީ އޭނާގެ ހިތް މިހާރު އޮތް ހާލަތެވެ. އޭނާގެ ހިތްވެސް ވަނީ ބިއްލޫރި ގަނޑެއް ފަދައިން ތެޅި ކުދިކުދި ވެފައެވެ.
ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާ ދޮރު ހުޅުވިއެވެ. “ދަރިފުޅު ކޮން އަޑެއް އެ އިވުނީ؟ މަންމަ ކޮޓަރިއަށް ވަދެ ދޮރު ލައްޕަމުން އަހާލިއެވެ.
މެހެކް ހިތްވަރު ކުރި ނަމަވެސް އޭނާ އަކަށް ވާހަކައެއް ނުދެއްކުނެވެ. ބަޑި ފަޅައިގެން ގޮސް ބާރުބާރަށް ރޮވެން ފެށުމުން އޭނާ މަންމަ ގައިގައި ބައްދައިގަތެވެ. “މަންމާ” މެހެކް ގެ ބެދެމުން ދިޔަ އަޑު ކިރިޔާ ނުކުތީއެވެ.
“ދަރިރުޅު ކީއްވެ ތި ރޮނީ؟”. މަންމަ އަޖާއިބުވެފައި ހުރެ މެހެކް ގައިގައި ފިރުމާލަމުން އަހާލިއެވެ. “ހެޔޮނުވާނެ ދަރިފުޅާ އަވަހަށް ހުއްޓާލަބަލަ”
އޭނާގެ ހިތާމަތައް މަންމަ އާއި ހިއްސާ ކުރަންވީ ހެއްޔެވެ؟ ނޫނެކެވެ. އެކަހަލަ ވާހަކައެއް މަންމަ އާއި ހިއްސާކުރަން އޭނާ ލަދުވެތިވެއެވެ. އެހެން ނޫނަސް ބޭވަފާތެރިއެއްގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟. މެހެކް ހިތްވަރު ކުރަމުން ކަރުނަތައް ފޮހެލިއެވެ. ދެރަވެފައިވާ ވަރުން އަޑު ނުނިކުންނާނެކަން އެނގޭތީ އޭނާ ދެލޯ މަރާލަމުން ފުން ނޭވާއެއް ދޫ ކޮއްލިއެވެ.
“ދަރިފުޅު ހުއްޓާލާފަ ބުނެބަލަ ވީ ގޮތެއް، ތީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްނު” މެހެކް ގެ ބޮލުގައި މަންމަ ފިރުމާލިއެވެ. ފެންކަޅިވެފައި ހުރެއެވެ.
“މަ..މަންމަ ވަރަށް އަވަހަށް އަހަރެންގެ ލޯ މަތިން ގެއްލެނީ އޭ ހިތަށް އަރާފަ ރޮވުނީ” މެހެކް އިސްޖަހާލިއެވެ. ތެދު ނުބުނި ނަމަވެސް އޭނާ ބުނީ މުޅިއަކުން ދޮގެއް ނޫނެވެ. މަންމަ ލޯމަތިން ގެއްލޭ ދުވަސް ކައިރިވާތީ އޭނާ ނުލާހިކު ދެރަވެއެވެ.
“ދަރިފުޅު އެކަމާތަ ތި ރޮނީ؟” މަންމަ އަށް ވެސް ރޮވޭގޮތް ވިއެވެ. “ދަރިފުޅު ތިހެން ރޮންޏާ މަންމަ ކިހިނެތް އެކޮޅުގައި ހިތްހަމަ ޖައްސާލައިގެން ހުންނާނީ؟، މަންމަ ދާން ޖެހޭނެއެއްނު، ނަފީސައްތަ ވެސް ނުލާހިކު ބަލި އަނެއްކޮޅުން މިތާނގައި މަންމަ އަކަށް ގިނަ ދުވަހު މިހެން ހުންނާކަށް ނުކެރޭނެ”
މެހެކް ގެ ބޮލުގައި ފިރުމަމުން މަންމަ ލޯބިން ވިސްނައިދޭން ފެށިއެވެ.
“އެހެން ނޫނީ ދަރިފުޅު ހިނގާ މަންމަ އާއި އެކު ދާން، ތިވަރަށް ދަރިފުޅު ރޯތަން ބަލަން މަންމަ އަށް ކެތްވާނެތަ؟ ”
އޭރު މެހެކް އިނީ އިސް ޖަހައިގެންނެވެ. މަންމަ އެހެން ބުނުމާއެކު މެހެކް މަންމަ އާއި ދިމާއަށް ބަލާލިއެވެ. އޭނާގެ ރީތި ދެލޯވަނީ ރުއިމުގެ ސަބަބުން ހިސާބަކަށް ރަތް ވެފައެވެ.
” ނޫން މަންމާ، އަހަރެން ބޭނުންވަނީ މަންމަ އާއި ބައްޕަގެ ހުވަފެން ހަގީގަތަކަށް ހަދަން، އަހަރެން ހިތްވަރު ކުރާނަން” މެހެކް ނޭފަތް ދަމާލަމުން ބުނެލިއެވެ.
އެރޭ ވެގެން ދިޔައީ އޭނާގެ ހަނދާނުގައި ވެސް އޭނާގެ ހަޔާތައް އައި އެންމެ ހިތާމަވެރި ރެއަށެވެ. އޭނާ އޮތީ އެނދުގައި އަރިއަކަށް އޮށޯ އޮވެލައިގެންނެވެ. މަންމަ ގެ މޫނަށް ބަލަހައްޓައިގެންނެވެ. ކިރިޔާވެސް ހިތް ހަމަ ޖެހުމެއް އޭނާއަށް މިވަގުތު ލިބެނީ އޭނާގެ ލޯބިވާ މަންމަ ފެންނަން އޮތީމައެވެ.
މަންމަ އޮތީ ނިދިފައެވެ. އެތައް އިރަކު މެހެކް އަށް ނަސޭހަތާއި ހިތްވަރު ދިނުމަށް ފަހު، އެފަކީރު އެ ނިދީ މެހެކް ހިތްހަމަ ޖެހުނު ކަމުގެ އުންމީދުގައެވެ. ނަމަވެސް މަންމަ އަށް ހަޤީޤަތް އެނގިއްޖެ ނަމަ ދެރަވާނެވަރު މެހެކް އަށް އެނގެ އެވެ.
މެހެކް ނިދަން އުޅެ އުޅެ ނުނިދުނެވެ. އެތައް އިރަކު ރުއި އިރުވެސް އޭނާގެ ދެ ލޯ ވަރުބައްޔެއް ނުވިއެވެ. ލޯ މަރާލެވޭ އިރަށް ހީވަނީ އާހިލް ހަދާލި ގޮތުން އެ އަންހެން ކުއްޖާ ހީލި ގޮތް އަޑު އިވޭހެންނެވެ. އާހިލް ގެ ނަމުން އެ އަންހެން ކުއްޖާ ގޮވާލިގޮތް އޭނާ ހަނދާނަށް އަންނަނީއެވެ. އެދެމީހުން ލޯބިން ސަކަރާތް ޖަހަން އެފެށީ މެހެކް އަޑުއަހަން ހުއްޓައެވެ. އާހިލް ހާދަހައިވާ ރަހުމުކުޑައެވެ.
ކުއްލިއަކަށް މެހެކްގެ ޙިޔާލަށް އަންނަން ފެށީ އާހިލް އޭނާ ގައިގައި ބައްދާލި ރޭ މަތިންނެވެ. އެރޭ އާހިލްގެ ގައިން ދުވި ހިތްގައިމު ވަހުން މެހެކް ގެ ހިއްސުތަކަށް ދިރުން ގެނުވި ހަނދާނެވެ. އޭނާ އަށް އެވަގުތު ވީ އަރާމެވެ.
އެ އަންހެން ކުއްޖާ އެކަހަލަ ކިތަންމެ އަރާމެއް އާހިލްގެ ފުށުން ހޯދާނެއެވެ. އެތައް ފަހަރަކު އާހިލް ލޯބިން އޭނާ ގައިގައި ބައްދާނެއެވެ. އެތައް މަޖަލެއް އެ މީހުން ކުރާނެއެވެ.
އެ ޙިޔާލުތައް އައިސް އޭނާގެ ނޭވާ ހާސްވާން ފެށިއެވެ. މަޑުމަޑުން ތެދުވެ އެނދުގައި އިށީ އިނދެލިއެވެ. ރޮއެ ރޮއެ ކަރަށް ތަދުވާ ވަރުން އޭނާ އަށް ހިންދިރުވަން އުނދަގުލެވެ.
އޭނާ ފޯން ނެގިއެވެ. ވެއްޓިގެން އޮފްވި ގޮތައް ފޯންގައި އޭނާ އަތް ވެސް ނުލައެވެ.
ފޯން ހުޅުވާލީ އާހިލްގެ ފޮޓޯ ބަލާލާ ހިތުންނެވެ. އެ ފޮޓޯ އަށް ބަލަމުން ހިތުގައި ވާ ޝަކުވާތައް ބަނޑުން ކޮއްލިއަސް އޭނާ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.
ކުއްލިއަކަށް ފޯނަށް މެސެޖެއް އައެވެ. ސްކްރީން ތެޅިފައި ވީ ނަމަވެސް ނަސީބަކުން ހުރިހާ އެއްޗެއްވެސް ކިޔަން އެނގޭ ވަރުވެއެވެ.
“އާހިލް” އޭނާގެ އަތް ތުރުތުރު އަޅަން ފެށީ އާހިލް ފޮނުވާފައިވާ މެސެޖެއް ކަން އެނގުމުން ނެވެ. އަވަސް އަވަހަށް އޭނާ މެސެޖް ހުޅުވާލިއެވެ.
” މެހެކް، އަހަރެން ކައިވެނިކޮއްފިން، އެހާ ދިގު އިންތިޒާރެއް ކުރަން އަހަންނަކަށް ކެތެއް ނުވި، އަހަރެން ބޭނުންވަނީ ވައިފް އާއި އެކު ހެޕީކޮއް އުޅެން، ދެން މެހެކް އަހަންނަށް ނުގުޅިއްޔަ ވަރަށް ރަނގަޅު. ސޮރީ”
އޭނާ ވަގުތުން ފޯން އެނދުމަތީގައި ބޭއްވިއެވެ. ދެލޯ ކަރުނުން ފުރިއްޖެއެވެ. ތުންފަތުގައި ދަތް އަޅާލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ނެވެ. ދެ ކަކޫ ގެނެސް މޭގައި ޖައްސާލުމަށް ފަހު އަނެއްކާވެސް އޭނާ އަށް ރޮވެން ފެށުނީ ކެތްނުކުރެވުނީމައެވެ. އޭނާގެ ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ނޭނގޭ ކަހަލަ ވޭނެކެވެ. އާހިލް އޭނާ އެހާ ނިކަމެތި އެކޮއްލީ ކީއްވެ ބާ އެވެ؟ އާހިލް ގެ ހިތުގައި އޭނާ އަށް ޓަކައި އެއްވެސް ޤަދަރެއް ދެވިފައި ނެތީބާއެވެ؟ އޭނާގެ ހިތް އެގޮތައް ކުދިކުދި ކުރަން އާހިލް އަށް އޮތީ ކޮން ހައްގެ ހެއްޔެވެ؟
“އަޅެ އާހިލް އަހަންނަކީ ވެސް އިންސާނެކޭ، ހެޔޮނުވާނެ އަހަންނަނަށް ތިހެން ތިހެދީ ކީއްވެ، ކީއްވެ؟ ” މެހެކް ރޮމުން ބުނެލިއެވެ.
ރޮއެ ރޮއެ ވަރުބަލިވެގެން އޭނާއަށް ނިދުނުއިރެއް ނޭނގުނެވެ.
ހެނދުނުގެ އަލިކަމާއެކު ރޭގަނޑުގެ އަނދިރިކަން ފިލާ ދިޔައެވެ. މެހެކް ގެ ޙަޔާތުން އާހިލް ގެއްލިގެން ދިޔަ ފަދައިންނެވެ.
މެހެކް އަށް މަޑުމަޑުން ލޯ ހުޅުވާޅެވުނެވެ. އޭރު އޭނާގެ ބޮލުގައި ގަދަ ރިހުމެއް ހުއްޓެވެ. ނުނިދާ އޮވެ ރުއިމުގެ ސަބަބުން އޭނާގެ ދެލޯވެސް ވަނީ ދުޅަވެފައެވެ.
ރޭގައި ވެގެން ދިޔަ ކަންތައް އޭނާގެ ހަނދާނަށް އައީ ކުއްލިއަކަށެވެ. އަވަސް އަވަހަށް އޭނާ ގަޑި ބަލާލިއެވެ. އޭރު ގަޑިން ނުވައެއް ޖަހަނީއެވެ. މަންމަ ވެސް އެނދަކު ނެތެވެ. ޔަގީނުންވެސް ރޭގައި އޭނާ މަންމަ ގާތު އެގޮތައް ރޮއެ ރޮއެފައި އުޅުމުން، މަންމަ އޭނާ އަށް ނުގޮވީއެވެ.
ކުއްލިއަކަށް އޭނާ ހިތް ބިރު ގަންނަން ފެށިއެވެ. އެކަނި ވާކަށް އޭނާ ބޭނުމެއް ނޫނެވެ. އާހިލް މަތިން މާބޮޑަށް ހަނދާންވެ ރޮވޭނެކަން އެނގޭތީއެވެ.
މަޑުމަޑުން އޭނާ ތެދުވިއެވެ. ބޮލުގައި ހުރި ގަދަ ރިހުމާއެކު އޭނާ އަށް ފާހާނާއާއި ހަމައަށް ދެވުނީ ބޮލުގައި ހިފަހައްޓައިގެންނެވެ.
ފިނިފިނި ފެން އޮހޮރެމުން ދިޔަ މާގަނޑުގެ ދަށުގައި މެހެކް އަށް ހުރެވުނީ ކިހާ އިރެއްގައި ކަމެއް ނޭނގުނެވެ. އޭނާގެ ޙިޔާލްތަކުގައި އެނބުރެމުން ދަނީ އާހިލް ގެ ހަނދާންތަކެވެ. ދެން އޭނާގެ ޙިޔާލަށް އަންނަން ފަށަނީ އާހިލް އޭނާގެ އަނބިމީހާ އާއި އެކު އުޅޭނެ ގޮތެވެ. އޭނާ އަވަސް އަވަހަށް މާގަނޑު ބަންދު ކޮއްލިއެވެ. އަމިއްލަ ނަފްސް ދެކެ ރުޅި އާދެވުނެވެ. އަބަދު އެޙިޔާލުތައް ސިކުނޑީގައި އެނބުރޭކަށް އޭނާ ބޭނުމެއް ނޫނެވެ.
އަވަސް އަވަހަށް ތުވާލި އޮޅާލައިގެން އޭނާ ފާހާނާއިން ނުކުތީ އެހިޔާލް ތަކާ ދުރަށް ދާން ބޭނުން ވާތީއެވެ. އެއީ ނުވާނެ ކަމެއްކަން އެނގިހުރެއެވެ.
މެހެކް ކޮޓަރިން ބޭރަށް ނުކުތް އިރު މަންމަ އާއި ޝިޔާމައްތަ ސޯފާގައި ތިއްބެވެ. މަންމަ ފެނުމާއެކު އޭނާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ” ދަރިފުޅު އާދެބަލަ ޝިޔާމައްތަ މި ދައްކާ ވާހަކައެއް އަޑު އަހާލަން” މަންމަ ހިނިތުން ވަމުން ބުނެލިއެވެ.
މެހެކް ސޯފާގައި އިށީ އިނދެލުމުން ޝިޔާމައްތަ މެހެކް ގެ މޫނަށް ބަލާލިއެވެ. “މެހެކް ބަލީތަ ދަރިފުޅާ، ދެ ލޯވެސް ދުޅަވެފަ ތިހުރީ”
“އަ..އާ ކުޑަކޮށް ބަލިކޮށް ރޭގަ އުޅުނީ ބޮލުގައި ރިއްސާތީ، އެކަމް މިހާރު ފެންވެރާލީމަ ރަނގަޅު އިރާދަކުރެއްވީތީ” މެހެކް ކުޑަކޮށް ހިނިތުން ވެލިއެވެ.
“ޝިޔާމައްތަ މިކިޔަނީ މެހެކް އަށް ޗުއްޓީ ވާ ކޮންމެ ފަހަރަކު މަންމަ މިކޮޅަށް އަންނަން ވީ ނޫންހޭ، ޝިޔާމައްތަ ވެސް ވަރަށް އުފާވެޔޭ ރަނގަޅު ރަހުމަތް ތެރިއަކު ދުވަސް ކޮޅަކު ކައިރީ ހުރެލީމަ”
“ދެން މަންމަ އެބުނީ މެހެކް ރާއްޖެ ދާ ހިތް ވެދާނެ ނޫންހޭ، އެހެންވީމަ މެހެކް ގެ ޙިޔާލެއް ހޯދައިގެންނޭ ބަހެއް ބުނެވޭނީ” ޝިޔާމައްތަ މެހެކް ގެ މޫނަށް ބަލަން އިނެވެ.
މެހެކް ވިސްނާލިއެވެ. ކިޔަވާ ދުވަސްވަރު އޭނާ ދެން ރާއްޖެ ދިއުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކުރީގައި އުންމީދު ކުރީ މަންމަ އާއި އާހިލް ދެކިލުމަށެވެ. ނަމަވެސް ދެން މަންމަ އަށް އާދެވޭ ނަމަ އޭނާ ރާއްޖެ ދާކަށް ބޭނުމެއް ނޫނެވެ. އޭނާ ބޭނުމީ ދުވަސް ކޮޅަކަށް ނަމަވެސް އާހިލް އާއި ވީހާވެސް ދުރުގައި ހުންނާށެވެ. އާހިލް އަށް އޭނާ ފެނުނަ ނުދޭށެވެ.
” އާ މަންމާ އަހަރެން ޝިޔާމައްތަ ގެ ޙިޔާލަށް ތާޢީދު، އަހަރެން ނުވޭ ދާހިތެއް މާލެއަކަށް، މަންމަ މިކޮޅަށް އަންނަންޏާ އަހަރެން މާ އުފާވާނެ. ހަމައެއްގޮތެއްނު ވާނީ މަންމާ، ބޮޑުބޭބެ ވެސް ޔަގީން ގަބޫލު ވާނެކަން، ދެން އަނެއް ކޮޅުން ބޮޑުބޭބެ ވެސް ވަރަށް ގިނައިން ފިހާރަ މުދާ ގަންނަން މި ހިސާބަށް އާދެއެއްނު، އެހެންވީމަ ބޮޑުބޭބެ އަށް ވެސް އަހަންނާ ބައްދަލުކުރެވޭނެއެއްނު”
“މަންމަ ވަރަށް ވަރަށް އުފާވެއްޖެ، މަންމަ ވެސް ވަރަށް އުފާވޭ މިގޮތައް ދުވަސް ކޮޅެއް ހޭދަކޮއްލަން ލިބުނީމަ ރަނގަޅު ރަހުމަތް ތެރިއަކާއެކު،” ޝިޔާމައްތަ އާއި މަންމަ އެކީގައި ހޭން ފެށިއެވެ.
“އަދި ބުނަން، މެހެކް ގެ ކުލި ދެން ދައްކާނެ ކަމެއް ނެތް، އެއަށް ވުރެ އަހަރުމެން މާ ގާތް ވެއްޖެ އެއްނު މިހާރު، މެހެކް އެއީ މަގޭ ވެސް ދަރިއެއް ހަމަ”
ޝިޔާމައްތަގެ ޖުމްލައިން މަންމަ އުފަލުން ފެންކަޅިވިއެވެ.
“ދަރިފުޅު އަވަހަށް ސައިބޯން އުޅޭދެން” ޝިޔާމައްތަ މެހެކް ބޮލުގައި ފިރުމާލިއެވެ.
މެހެކް އެއްޗެއް ކެވޭތޯ މަސައްކަތް ކުރިއެވެ. މާޔޫސްވެފައި އިނދެގެންނެވެ. ނަމަވެސް އޭނާ އަކަށް ކެވޭ ގޮތެއް ނުވިއެވެ.
އޭނާ ހުންނަނީ ހޮޑުލަވާ، މޭ ބޮޑުކޮއްފައެވެ.
އަވަސް އަވަހަށް ކޮޓަރިއަށް ވަދެ އޭނާ އެނދުގައި އޮށޯއޮވެލިއެވެ. ވަރުބަލިވެފައިހުރި ވަރުންނެވެ..
އެނދުގައި އޮށޯއޮވެލައިގެން، މޫނުމަތީގައި ބާލީހެއް އަޅާލައިގެން މެހެކް އޮތެވެ.
އިރުކޮޅެއް ނުވެ އޭނާގެ ފޯން ރިންގްވާން ފެށިއެވެ.
ފޫހިގޮތަކަށް އޭނާ ތެދުވެ ފޯން ބަލާލިއެވެ. އެވަގުތު ދެލޯބޮޑުވެގެން ދިޔައެވެ. އާހިލް ގުޅާތަން ފެނިފައެވެ. ” އާހިލް ކީއްވެ؟”…… މެހެކް ހައިރާން ވިއެވެ. ނޫނެކެވެ. އެއީ އާހިލް އަކަށް ނުވާނެއެވެ. ޔަގީނުންވެސް އެއީ އޭނާގެ އަނބިމީހާއެވެ. މެހެކް އަށް ކޮންމެވެސް މަލާމާތެއްކޮށް ހިތުގައި ޖައްސަން ގުޅަނީ ކަންނޭނގެއެވެ. ފޯނަށް ބަލަން އޭނާ ހުއްޓައި ފޯން ކެނޑުނެވެ.
އަނެއްކާވެސް އާހިލް ގުޅަންފެށިއެވެ. މެހެކް ނަގަން ހިތައް އެރިއެވެ. އާހިލް ކޮންމެ އެއްޗެއް ބުނި ނަމަވެސް އޭނާ ބޭނުމީ ހިތުގައިވާ ޝަކުވާތައް ބޭރުކޮއްލާށެވެ. އޭނާ އާހިލް ގާތު ރޯލާފައި ޝަކުވާކޮއްލަން ހާދަ ބޭނުމެވެ.
މަޑުމަޑުން އޭނާ ފޯން ނަގަން ސްކްރީން ގައި އިނގިލި ޖައްސާލިއެވެ. ނަމަވެސް އޭނާގެ ނަފްސް އޭނާ އަށް މަލާމާތް ކުރަން ފެށިއެވެ. އެހާ ގޮތެއްނެތް މީހަކަށް އޭނާ ވީ ކޮންއިރަކު ހެއްޔެވެ؟ އާހިލް އަކީ މީހެއްގެ ފިރިއެކެވެ. އާހިލް އޭނާ ގެ އަނބިމީހާ އާއި އެކު އެ އުޅެނީ ނުލާހިކު ލޯބިންނެވެ. ވީ އިރު މެހެކް އާހިލް ގާތު ރޮއި ޝަކުވާ ކުރުން އެއީ ކިހާ ދައްފަންތީގެ ކަމެއް ހެއްޔެވެ؟ އެ ވިސްނުމުގައި ހުއްޓައި ތިންވަނަ ފަހަރަށް އާހިލް ގުޅަން ފެށިއެވެ.
މެހެކް އަށް ރުޅި އާދެވުނެވެ. އާހިލް ގުޅަ ގުޅާ ހުއްޓައި ބެޓްރި ނެގުމަށް ފަހު އޭނާ ފޯންގެ ސިމް ނެގިއެވެ. އަދި ބެލްކަންޏަށް ނުކުމެ،
ސިމް އެއްކޮށް ފުނޑު ފުނޑު ކޮއްލުމަށް ފަހު އޭނާ ބެލްކަނިން ބޭރަށް ސިމް އެއްލާލިއެވެ. ދާނެގޮތަކަށް ދާނެ ދިމާއަކަށް ދިއުމަށެވެ. ހިތާމައަކީ ކެހިވެރިންނަށް ހިތް އެދޭ ކަމެވެ. އެމީހުން ދެކެ ލޯބިވެވޭ ކަމެވެ. އެފަދަ މީހުންނަށް ޓަކައި ކަރުނަ އޮހޮރޭ ކަމެވެ.
ކަރުނަތައް ފޮހެލަމުން އޭނާ ފުންނޭވާއެއް ދޫކޮއްލިއެވެ
އޭނާ ކެތްކުރާނެއެވެ. ހިތްވަރު ކުރާނެއެވެ.. ދެން އޭނާ ކުރިއަށް ދާނީ ހަމައެކަނި އޭނާގެ މައިންބަފައިންގެ ހުވަފެން ހަޤީޤަތަކަށް ހެދުމައްޓަކައެވެ. އޭނާގެ އުފަލަކީ އެއީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.



V nice.. dhn vaany kihineh baaa…..
Balamaa dhw..
V kuru but vvvv nice
In sha Allah next part digu kohlaanan.. thankx inu
Salhi.. thankolheh kury
Thiya mary Varahgina Vaahaka kiyanthoa eve
Vvv rythi masha Allah
Thankx v bodah
Kudhube knchekey thibuny?? Vahaka v habeysss
Thankx
varah reethi ……… next part thankolheh aavah cause studies and extra activities varah gin…….
In sha Allah madama rey leveythw balaanan.. thankx ingey ?
avahah next part uppload kohlahche.. story varah salhi.. cant wait
Alhe kobaatha vaahaka
Alhea plx shafu vaahaka avas kolhla dhybaaa. Kiyaa hithun hureaveanyky noon.
Mivaahakaige kiyuntherinnah sorry bnelan beynun.. vaahaka las veethy.. ekam mihaar ihnaany submit kohlaafa havyruga.. kiyuntherinnah alhugand yagyn kan aruvan in sha Allah mivaahaka nimen dhn genesdeynan.. thankx alot love u all..?