ކުރިމަތީގައި ހުރި އަންހެން ކުއްޖާ ފޯނު ބޭއްވުމަށްފަހު ފަސް އެނބުރި ހިނިތުންވެލިއެވެ. “މިސް ރިއުމާން. އައި ވޮސް ލުކިން ފޯވާޑް ޓު މީޓް ޔޫ.. އަޅުގަނޑު މިއީ މި ވެބެސައިޓްގެ މާކެޓިން ހެޑް ލައިބާ ނަޒީރް.” ލައިބާ އަތް ދިއްކޮށްލުމުން ރިއުމާން ހިނިތުން ވެލާފައި ސަލާމް ކޮށްލިއެވެ.
“ރިއުމާން..” ގޮނޑީގައި އިށީންނަމުން ރިއުމާން ބުނެލިއެވެ. “ސޯ.. މިއުޅެނީ މިހާރު އާ މާކެޓިން ސްޓްރެޓަޖީއެއް ފަށަން.. ހުރިހާ ކަމެއް ބަދަލު ކޮށްލާފައި މި ވެބްސައިޓްގެ ލުކް ވެސް ބަދަލުކޮށްލަން. މިކަން ކާމިޔާބު ކަމާއިއެކު ގެންދިއުމަށް ރިއުމާންގެ އެހީ ބޭނުންވޭ އެބަ. އަޒްމީ ކުޑަކޮން މިކަންތައް ވާނެ ގޮތް އޮޅުން ފިލުވައި ދިން ދޯ؟” މޭޒުމަތީގައި ދެއަތް ޖޯޑު ކޮށްލައިގެން އިނދެ ލައިބާ ވާހަކަ ދެއްކިއެވެ. “ޔެސް.. އަޒްމީ ކިޔާދިން ކުރު ގޮތަކަށް..” ރިއުމާން ހިނިތުން ވެލިއެވެ.
“ހަޤީޤަތުގައި ރިއުމާން ތިއީ ވަރަށް ގިނަ މީހުން އިންސްޕަޔާ ވާނެ ކަހަލަ ކުއްޖެއް. މި ދާއިރަށް ނިކުންނަން ޖެހިލުންވެފައި ތިބޭ ކުދިންނަށް ވެސް ލިބޭ އާ ހިތްވަރަކަށް ވާނެ. އެހެންވެގެން އަހަރެންނާއި އެކު މަސައްކަތް ކުރާ މާކެޓިން ޓީމްއާއި މަޝްވަރާކޮށްލީ ރިއުމާންގެ ފޭސް ބޭނުން ކުރަން.. މަހުދީގެ މައްސަލަ ހާމަ ކުރަން އުޅުނު އިރު ދިމާވި ދަތިތަކާއި މީގެ އިތުރުން ވެސް މިކަމުގައި ވެބްސައިޓް ވެދިން އެހީ ފާހަގަ ކޮށް ކޮންމެ މީހަކަށް ވެސް ކެރިހުރެ މިދާއިރަށް ނިކުންނަށް މި ވެބްސައިޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ރިއުމާން ހާމަކޮށްލަން ވީ.. ބޭސިކަލީ ޔޫ ވިލް ޕްރޮމޯޓް ކަރެޖް. އެއީ މިހާރު ގިނަ ނޫސްވެރިންނަށް ބޭނުންވާ އެއްޗަކީ.” އަތުގައި އޮތް ގަލަން ދެ އިނގިލި ދޭތެރެއަށް ލައި ތަޅުވަމުން އިނދެ ލައިބާ ކިޔާދިނެވެ.
މޭޒުމަތީގައި ހުރި ނަމޫނާ ޕޯސްޓަރުތައް ދެއްކުމަށްފަހު ރިއުމާންގެ ފަރާތުން ބޭނުންވާ ކަންތައް ލައިބާ އޮޅުން ފިލުވައި ދިންއިރު ރިއުމާން ޝައުޤުވެރިކަމާއި އެކު އަޑުއަހަން އިނެވެ. “ސޯ.. މީގައި ރިއުމާންގެ ޚިޔާލަކީ ކޮބާ؟” ނިންމާލަމުން ލައިބާ އަހާލިއެވެ. “ކޮންސެޕްޓް ވަރަށް ފުރިހަމަ.. އަދި ހިއެއްނުވޭ މިކަހަލަ ގޮތަކަށް ވެބްސައިޓެއްގެ މާކެޓިން ގެންގޮސްފައި ވާހެންނެއް. ދިސް އިޒް ޔުނިކް.” ރިއުމާން ވިސްނާލަން އިނުމަށްފަހު ބުނެލިއެވެ.
“އިޒް ދެޓް އަ ޔެސް؟” ލައިބާ އުއްމީދުން ފުރިފައިވާ ގޮތަކަށް އަހާލިއެވެ. “ރިއުމާން ބޭނުންވާ ގޮތެއް ހަމަ.. އެއްވެސް މަޖުބޫރު ކަމެއް ނެތް. މިކަމަށް އިންކާރު ކުރިއަސް ވީ ހެވް އަދާ ކޮންސެޕްޓްސް.” ލައިބާ ތެދުވެ އޮފީސް ތެރޭގައި ހިނގާލަމުން ބުނެލިއެވެ. ބޭރު ފެންނަ ގޮތަށް ހުރި ބިއްލޫރި ގަނޑުގައި ލެނގިލަމުން އޭނާ ރިއުމާންގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ. އިރުގެ ދޯދިތައް ކުރުކޮށްލެވިފައިވާ އެފަން އިސްތަށިކޮޅަށް އެޅިފައި ވީއިރު ތުންފަތުގައި ވަނީ ގަދަ މެރޫން ކުލައެއް ޖައްސާލެވިފައެވެ.
“ވިސްނާލާފައި ޖަވާބެއް ދޭން އިނގޭނީ.” ރިއުމާން އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ބުނެލިއެވެ. “ޔެސް އޮފްކޯސް. ހަފްތާއެއް ތެރޭގައި ޖަވާބެއް ލިބުނީމަ ރަނގަޅުވާނެ..” ލައިބާ ހިނގާލާފައި ގޮސް ރިއުމާން ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. “ތެންކިޔު.. އަޅުގަނޑު ގޮތެއް ނިންމާލާފައި އަންގާލާނަން.” ރިއުމާން ގޮނޑިން ތެދުވެ ލައިބާއައި ސަލާމްކޮށްލަމުން ބުނެލިއެވެ. “ތިރިއަށް ލާދޭން ދަންތޯ؟” ލައިބާ ކުރިއަށް ހިނގައި ގަންނަމުން އަހާލިއެވެ.
“ނޫނޭ. އައި ވިލް ގޯ.. ތޭންކްސް..” ރިއުމާން ޝުކުރު އަދާކޮށްފައި ނިކުތުމުން ލައިބާ ހިނިތުންވެލިއެވެ. ރިއުމާން ދިއުމުން އޭނާ ހަށިފުރައި ނޭވާއެއް ލަމުން ރިއުމާން މިކަމަށް އެއްބަސް ވާނެ ކަމަށް އުއްމީދު ކުރިއެވެ. އޭނާ މަޑު ހިނގުމެއްގައި ގޮސް މޭޒު މަތީގައި އޮތް ފޯނު ނަގައި ބަލާލިއިރު އަނާ ދެފަހަރަކު ގުޅާފައި އޮތެވެ. “ހަލޯ..” އަނާއަށް ގުޅާލަމުން ލައިބާ ވާހަކަ ދެއްކިއެވެ.
“އާނ.. މަންމަ ބުނި މިއަދު މެންދުރު އަނާމެންނާއި އެކީ ކެއުން އޮތް ވާހަކަ.. ދޭއް ޖަހާއިރު އޮފީސް ނިމޭނީ. އުހުން އައްޔާދް ބަލާ ފޮނުވާނެ ކަމެއް ނެތް.. ދެން އަނާ ޕްލީޒް ނޫން. އައި ވިލް ގޯ ކާރެއްގައި. އޯކޭ ސީޔޫ.” ލައިބާ ފޯނު ކަނޑާލުމަށްފަހު އޭނާގެ ގޮނޑީގައި އިށީނދެލިއެވެ. އައްޔާދްގެ ނަން އިވުމުން ވެސް އެކޮލަށް ލޭއަރައި ރަތްވެއެވެ. އެވަރުން އަދި އޭނާގެ ސައިކަލު ފަހަތަށް އަރަން ވެއްޖެއްޔާ ވާނެ ގޮތް ވެސް ހިތަށް އަރުވާލަން ނުކެރުނެވެ.
****
މެންދުރުން އަނބުރާ ބާރަ ޖެހިއިރު ފެންވަރައިގެން ނިކުއިން ޒުބޭރު ގޮސް ރިއުމާން ކޮޓަރިއަށް ވަނެވެ. އޭނާ ތައްޔާރު ވަމުން ދިޔައިރު ދޮރުގައި އަޅުވާފައި ހުރި ރިއުމާންގެ ޓީޝާޓެއް ލޮލުގައި އަޅައިގަތެވެ. އެ ޓީޝާޓު ނަގައި އެއަށް ނަޒަރު ހުއްޓާލައިގެން ހުރެ އަތުގެ ތެރެއަށް އެ ބޮނޑި ކޮށްލި އިރު އޭނާގެ ޚިޔާލުގައި އެނބުރެމުން ދިޔައީ އޭނާގެ މޫނުމަތީގައި ރިއުމާން ޖެހި މަންޒަރެވެ.
ކޮލުގައި އަތްލުމުން އަދިވެސް އެ ހޫނު އަތް ތިލައިގެ އަސަރު އިހުސާސްވި ކަހަލައެވެ. އެކަމުގެ ބަދަލު އޭނާ އަދި ހިފާނެއެވެ. މިހާރު މާ ގަދަވެގެން އުޅުނަސް އަދި އޭނާގެ މުށުގެ ތެރެއަށް ރިއުމާން ލާނެއެވެ.
“ޒުބޭރު.. ޒުބޭރު. އަވަސް ކޮށްބަލަ..” ބޭރުން ދޮރުގައި ޓަކި ޖަހާލަމުން ހާޖަރާ ގޮވާލި އަޑު އިވުނެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރި ޒުބޭރު އަވަސް އަވަހަށް އެ ޓީޝާޓު އިންތަނުގައި އަޅުވާލުމަށްފަހު ތައްޔާރު ވެލައިގެން ނިކުތެވެ.
“ހާދަ އިރެކޭ.. ޒުބޭރު މަޑުކޮށްބަލަ.” ހާޖަރާ ގޮވާލުމުން ކޮޓަރިން ނިކުންނަން ހިނގައިގެން ޒުބޭރު އޭނާއަށް ސަމާލުކަން ދިނެވެ. “ކިހިނެތްވީ؟” ޒުބޭރު އަހާލިއެވެ. ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ހާޖަރާ އޭނާގެ ވާހަކަ ފެށިއެވެ. “ކޮބާ އާޒިމް މިހާރު؟” ހާޖަރާގެ ސުވާލުން ޒުބޭރު ދެބުމަ ކައިރި ކޮށްލިއެވެ.
“އޭނަ އުޅޭނުން..” ފަރުވާކުޑަ ގޮތަކަށް ޖަވާބު ދިނުމަށްފަހު ޒުބޭރު ނިކުންނަށް ހިނގައިގަތެވެ. “އޭނަގެ ދަރިއެއް ނޫންތަ ރިއުމާން ސަލާމަތް ކުރީ؟ އައްޔާދް.” ހާޖަރާގެ ބުނި ވާހަކަ އިވުމުން ޒުބޭރުގެ ފިޔަވަޅުތައް ހުއްޓުނެވެ. “އާނ.. އެކަމު މިހާރު އާޒިމްއާއި އެހައި ގުޅުމެއް ނޯވޭ.” ޒުބޭރު ވިސްނާލަން ހުރެފައި ބުނެލިއެވެ.
“އެކިހިނެތްވީ؟ މައްސަލައެއް ޖެހުނީތަ؟” ހާޖަރާ އޮޅުންފިލުވަން ބޭނުން ވިއެވެ. “ނޫން.. މައްސަލައެއް ޖެހުނީކީ ނޫން. އެދެން އޭނަގެ ވިޔަފާރި މާ ކުރިއެރީމަ ފޮނިވީ. އަހަރެމެން ކަހަލަ ދަށު ފަންތީގެ މީހުންނާއި ގުޅެން ބޭނުން ނުވީ. އެހެންވެ ދެން އަހަރެން ވެސް އެކަމާއި އަޅާނުލައި ހުރީ.. ވާހަކަ ނުދައްކާތާ މިހާރު ތިން އަހަރު ވެދާނެ..” އަތުން ނިއްކުރީގައި އަތް ހާކާލަމުން ޒުބޭރު ބުނެލިއެވެ.
“ހާޖަރާ ކޮންކަމަކާތަ އެކަމާއި ތި ވިސްނަނީ؟ މިހައި ދުވަސް ވީއިރު ދެއްކި ވާހަކައެއްނޫން ތިއީކީ..” ޒުބޭރުގެ ސުވާލުން ހާޖަރާ ބޯ ޖަހާލިއެވެ. “އާނ.. ކުރިންނެއް ނާހަން.. އެދެން އައްޔާދް ސަބަބުން ރިއުމާން ސަލާމަތްވީތީ އަހާލީ އަދިވެސް އެމީހުންނާއި ގުޅުމެއް އޮވޭތޯ ބަލާލަން. އަޅާނުލާ ދެން.” ހާޖަރާގެ ޖަވާބު ލިބުމުން ޒުބޭރު ބޯ ޖަހާލުމަށްފަހު އެކޮޓަރިން ނިކުތެވެ.
****
ލައިބާ އޭނާގެ މަސައްކަތް ނިންމާލުމަށްފަހު އިމާރާތުން ފައިބައިގެން މިސްރާބުޖެހީ ކާރެއް ލިބޭތޯ މަގުމައްޗަށް ނިކުންނާށެވެ. ލައިގެން ހުރި ޕެންސިލް ސްކާޓް އިން އެދޮންފައި ހާމައަށް އޮތް އިރު ގަމީސް ދޫކޮށް ބެގީ ޖަހާލެވިފައި ވެއެވެ.
އަތުގައި އޮތް ވޫލު ކޮޅުން އެ އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލީ މެންދުރުގެ ދިލަ ހޫނުން ދާހިއްލަން ފެށުމުންނެވެ. ދިހަ ވަރަކަށް މިނެޓު ވީއިރު ވެސް ހުސް ކާރަކާއި ދިމާ ނުވުމުން އޭނާ މަގުގެ އަނެއް ކޮޅަށް ހިނގައިގަނެ އެ ގޯޅި ކައިރީގައި މަޑުކޮށްލީ އެ ހިސާބުން ކާރެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ.
ކުއްލިއަކަށް ލައިބާ ސިހުނީ އޭނާ ކައިރިއަށް ‘ޕީ.ސީ.އެސް’ ސައިކަލެއް ހުއްޓާލުމުންނެވެ. އިސްއުފުލާ އޭގައި އިން މީހާއަށް ނަޒަރު ހުއްޓާލިއިރު އެހިތުގެ ތެޅުން ދެގުނައަށް އިތުރު ވެގެން ދިޔައެވެ. “އައްޔާދް..” ރިއުމާން ހަމަޖެހިލަމުން ބުނެލިއެވެ.
ސައިކަލު މަތީގައި އިން އައްޔާދް އިނީ ފުލުސް ޔުނީފޯމުގައެވެ. އެ މަޑު ނޫކުލައިގެ އަތް ކުރު ގަމީސް ގަޔަށް ހެޔޮވަރު ވެފައި ވާއިރު އޭނަ މުލައްދަނޑީގެ ފުރިހަމަކަން ހާމަވެއެވެ. ކުރިން ދިގުވެފައި ހުރި ތުނބުޅި ތުނިކޮށްލެވިފައި ވީއިރު ބޮލުގެ ފުއްކިބައިގެ އިސްތަށި ކޮޅު ވެސް ވަނީ ތުނި ކޮށްލެވިފައެވެ. އަޅައިގެން ހުރި ރޭބަން އައިނު މަތި ކޮށްލަމުން އޭނާ ހިނިތުންވެލިއެވެ. ލައިބާ ކަޅި ޖަހާލަން ނޭނގި އޭނައަށް ގެއްލިފައި ހުރުމުން އައްޔާދް އޭނާގެ މޫނު ކައިރީގައި ފުއްޓައިކެއް ޖަހާލިއެވެ.
“ކީއްވެފައި މިތާ ތިހުރީ.. ކާން ނުދަނީތަ؟” އައްޔާދްގެ ސުވާލުން ލައިބާ ސިހިފައި ހަމަ ބިމަށް ފޭބިއެވެ. “ނޫން.. ދާންވެގެން މި އުޅެނީ. ކާރެއް ނުލިބިގެން މިހުރީ.” ލައިބާ ހިނިތުންވެލިއެވެ. “އެހެންތަ.. އަރާ ފަހަތަށް. އަހަރެން ވެސް މިދަނީ ރެސްޓޯރަންޓަށް ދާން. މަންމަމެން އެބަތިބި އެކޮޅުގައި.” އައްޔާދްގެ ދަޢުވަތަށް އަރަން ނުކެރިފައި ލައިބާ ދެއަތް ދެއަތާއި މޮޑެލިއެވެ. “ނޫޅެމޭ ވައްޓާލާކަށް.. އަރައި އަވަހަށް.” އައްޔާދް މިހެން ބުނުމުން ލައިބާ ހިނިތުން ވެލާފައި ސައިކަލުގައި އެއްފަޅިއަށް ވާގޮތަށް އިށީނދެލައި ލައިގެން އިން ސްކާޓް ތިރިއަށް ދަމާލިއެވެ.
“އޯކޭތަ؟ ހިފައްޓައްޗޭ އަނެއްކާ.” އައްޔާދް ހިނިގަނޑެއް ޖަހާލުމުން ލައިބާ މަޑުމަޑުން އެއްއަތުން އައްޔާދް އުނަގަނޑުގައި ހިފާލިއެވެ. އޭރު ވެސް އޭނާ ލަދުން އިސްޖެހިފައި އިންއިރު ސްކާޓެއް ލައިގެން ސައިކަލުފައި އެއްފަޅިއަށް އިންއިރު އަރައިގެން ހުރި ހީލްއިން ވެއްޓި ދާނެތީ އޭނާ އިނީ ބިރުންނެވެ. މިނޫނީ އަދި މިގޮތަކަށް ސައިކަލެއްގައެއް އޭނާ ނީނދެއެވެ.
އައްޔާދް އޭނާގެ ‘ފީ. ސީ.އެކްސް’ ސައިކަލު ދުއްވާލުމާއިއެކު ލައިބާ ބާރަށް އޭނާގެ އުނަގަނޑުގައި ހިފައްޓާލިއެވެ. ފަހަތުގައި އިންއިރު ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކުން އައްޔާދް ޖަހައިގެން ހުރި ‘ހިއުގޯ ބޮސް’ ސެންޓުގެ ވަސް އެނޭފަތުގައި ޖެހުމުން އޭނާ ހަށިފުރައި އެވަސް ދަމާލިއެވެ. އައްޔާދްއާއި ވަރަށް ގުޅޭ ވަހެކޭ ލައިބާ ހިތަށް އެރިއެވެ. އެހެން އިންނަ އިރު ބައެއް ފަހަރަށް ބުރަކި ޖައްސާލުމާއި އެކު އޭނާގެ މޫނު ގޮސް އައްޔާދް ބައިމަތި ފުޅާ ކޮނޑުގައި ޖެހޭއިރު ހިތް އަވަސް ވެއެވެ. މާގިނަ އިރެއްނުވެ އެމީހުން ކެއުން ހަމަޖެހިފައި އޮތް ރެސްޓޯރަންޓަށް ދެވުމުން ލައިބާ ސައިކަލުން ފޭބިއެވެ.
ދެމީހުން އެކީގައި އެތެރެއަށް ވައިން އިރު އެހެން އެންމެން މޭޒު ކައިރީގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. “އަހާ.. މިތިބަ އައީނުން. ހިނގާ އަވަހަށް ކާން ފަށަމާ.” ލައިބާގެ ބައްޕަ ނަޒީރު މިހެން ބުނުމުން އާޒިމް ހިނިގަނޑެއް ޖަހާލާފައި ބުފޭ އޮތް ދިމާއަށް ހިނގައިގަތެވެ. އޭރު މާރިއާ އާއި ނަޒީރުގެ އަންހެނުން ޒުލްފާ އޮލަ ވާހަކައެއްގައި ޖެހިފައި ތިއްބެވެ.
“ނިއްނީ.. ހިނގާ އަވަހަށް ދާން.. މިހާރު ހައިވެގެން ކެތްވަނީ ކީ ނޫން.” ލައިބާގެ އަތުގައި ހިފައިގެން އަނާ ހިނގައި ގަތުމުން އައްޔާދް އޭނާގެ އަތުގައި އޮތް ތޮފި މޭޒުމަތީގައި ބޭއްވުމަށްފަހު އެތަނުގައި އިށީނދެލިއެވެ. “އައްޔާދް.. ބަލާބަލަ މިހާރު ރޫފަ ހެދިލާފައި ހުރި ވަރު. އާޒިމްއާއި ހަމަ ވައްތަރީ..” ކައިރީގައި އިން ޒުލްފާ މިހެން ބުނުމުން މާރިއާ ހޭންފެށިއެވެ.
ކެއުން ކުރިއަށް ދިޔައިރު އެކި ވާހަކަތައް ދެކެވުނެވެ. “އައްޔާދް ދެން ކޮން އިރަކުން މީހަކާއި އިންނަނީ.” ކާން އިން ޒުލްފާ އަހާލިއެވެ. އޭރު އަނގަޔަށް ލާން ނެގި ބަތް ސަމްސާ އައްޔާދް ތިރިކޮށްލަމުން ހިނިތުންވެލިއެވެ. “އަދި އެހައި އަވަހަށް އިންނާކަށް ނުވިސްނަން.” އައްޔާދް ބުނެލިއެވެ. “ދެން ކަމުދާ ކުއްޖަކު ވެސް ނެތް؟ ހުންނާނެ.. މިޒަމާނުގެ ކުދިން ތިހެން ދުރު ދުރުން އުޅޭތަ.” ޒުލްފާ ހިނިގަނޑެއް ޖަހާލުމުން މާރިއާ ވެސް ހެމުން އޭނާގެ އަތުގައި ޖަހާލިއެވެ.
“ސާބަސް ދެން.. މަގޭ ދަރި މިހާރު ވެސް އެއިނީ ލަދުން އިސް އުފުލާލަން ނުކެރިފައި.” މާރިއާ މިހެން ބުނުމުން އިސްޖަހައިގެން އިން އައްޔާދް ރަކި ގޮތަކަށް ހީލަމުން ކެއުން ކުރިއަށް ގެންދިޔައެވެ. އޭރު އޭނާގެ ޚިޔާލަށްއައީ ރިއުމާންގެ ނަމަވެ. ދުރުގައި އިން ލައިބާ ވައް ކަޅިން އައްޔާދްއަށް ނަޒަރު ހުއްޓާލި އިރު އެ ރަކި ހިނިތުންވުން ފެނި އޭނާ ވެސް ހީލިއެވެ. އައްޔާދްގެ އެ ކުޑަ އަމަލުން ވެސް އެހިތުގައި އައްޔާދަށް ދެވިފައި އޮތް ހާއްސަކަމަށް އިތުރު ބޮޅެއް އިތުރުވިއެވެ.
ކެއުން ނިމުމުން ދެ އާއިލާ ވެސް ވަކިވީ ހީ ސަމާސާ ކުރުމަށްފަހުއެވެ. ލައިބާ އޭނާގެ މައިންބަފައިންނާއި އެކު ގެއަށް ދާން މިސްރާބު ޖެހިއިރު ކާރު ތެރޭގައި ވެސް އޭނާއަށް ވިސްނެނީ އައްޔާދްގެ އެ ރަކި ހިނިތުންވުން މަތިންނެވެ. “އައްޔާދް ނިކަން ހަރުދަނާ ވެއްޖެ ދޯ..” ކުރީ ސީޓުގައި އިން ނަޒީރު ބުނެލިއެވެ. “އާނ.. އަހަރެން ހިއެއް ވެސް ނުކުރަން އޭނަ ފުލުހަށް ވަންނާނެއެކޭ. އެކަމު ދެން ރަނގަޅުތާ. އެކަހަލަ ހަރުދަނާ ވިސްނޭ ފިރިހެން ކުދިން ވަރަށް މަދުވާނެ މި ޒަމާނުގައި.. ދޯ ލައިބާ.” ޒުލްފާ މިހެން ބުނުމުން ލައިބާ ހިނިތުން ވެލިއެވެ.
އޭނާ ކޮޓަރިއަށް ވަދެވުމާއި އެކު އެއްޗެހި ބަދަލު ކޮށްލައިގެން ލައިގެ އުޅުނު ގަމީސް ނެގި ވަގުތު އެއިން ދުވި ވަހުން އެ ތުންފަތަށް ހިނިތުން ވުމެއް ވެރި ކުރުވިއެވެ. އެ ގަމީސް ގެނެސް މޭގައި ބޮނޑި ކޮށްލަމުން އޭނާ އެނދުމައްޗަށް ވެއްޓިގަނެ ދެލޯ މަރާލަމުން އަދި އެއްފަހަރު އެއިން ވަސް ބަލާލިއެވެ.
އެއިން ދުވަނީ އައްޔާދް ޖަހައިގެ ހުރި ‘ހިއުގޯ ބޮސް’ގެ ވަހެވެ. އޭނާގެ ސައިކަލު ފަހަތުގައި އިން އިރު އެގައިގައި ޖެހުމުން ލައިބާގެ ގަމީހުގައި ވެސް އެ ވަސް ހިފީއެވެ. ލޯމަރާލައިގެން އޮވެ އެގަމީހުގައި ބައްދާލި އިރު ހީވަނީ ހަމަ އައްޔާދް ކައިރީގައި އޮވެ ވޭހެންނެވެ.
“އޯ އައްޔާދް.. ކިހިނެތް މި ވަނީ.. އައި.. އައި ލަވް ޔޫ.” ދެލޯ ހުޅުވާލަމުން ލައިބާއަށް ބުނެލެވުނެވެ. އޭރު އެތުންފަތަށް ހިނިތުން ވުމެއް ވެރިވެފައި ވީއިރު އަތުގައި އޮތް ގަމީސް ކައިރި ކޮށްލަމުން ހަށިފުރައި ނޭވާއެއް ލިއެވެ. “އައި ލަވް ޔޫ ސޯ ސޯ މަޗް..” ލައިބާގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ.
****
“ހަލޯ..” އައްޔާދްގެ އަޑު އިވުމުން ރިއުމާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެހައި ދުވަހަށް ފަހު އެއަޑު އިވުމުން ރިއުމާންގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. “ބިޒީ ގަޑިއެއްގަތަ މި ގުޅާ ލެވުނީ..؟” އެކޮޅުން އައްޔާދް ބުނެލިއެވެ. “ނޫނޭ.. ބިޒީއެއް ނޫން..” އޮފީހުގައި ލެޕްޓޮޕް އިން އެއްޗެއް ލިޔަން އިން ރިއުމާން ބުނެލިއެވެ.
“ދޮގެއް ތި ހެދީ..” އައްޔާދް މިހެން ބުނުމުން ރިއުމާން ގާތަށް ހިނިއައެވެ. އޭނާ ހެޑް ސެޓް ޖަހައިގެން އިނދެ ފޯނުން ވާހަކަ ދައްކަމުން ދިޔަ ނަމަވެސް މަސައްކަތަށް ހުއްޓުމެއް ނާދެއެވެ. “ކިހިނެތް އިނގެނީ؟” ރިއުމާން ސުވާލު ކޮށްލިއެވެ. އެކޮޅުން އައްޔާދްގެ ހުނުމުގެ އަޑު އިވުމުން ރިއުމާން ހިނިތުން ވެލިއެވެ. “ކީބޯޑްގައި ޓައިޕް ކުރާ އަޑު އިވެޔޭ އެބަ..” އައްޔާދްގެ ޖަވާބުން ރިއުމާންއަށް އެއީ ތެދެއްކަން އިނގުނެވެ. “ހާދަ މޮޅޭ ދޯ.. ދެން ކަންތައް އިންވެސްޓިގޭޓް ކުރަންޏާ އެހެންތާ ވާނީ.” ރިއުމާން ލުއި ގޮތަކަށް ހީލަމުން ބުނެލިއެވެ. “އައި ލައިކް ޓު އޮބްޒާވް ޕީޕަލް..” އައްޔާދް މިހެން ބުނުމުން އެދެމެދުގައި ހިމޭން ކަމުގެ ވަގުތު ކޮޅެއް ދިޔައެވެ. “އެހެންތަ؟ ވަޓް ޑިޑް ޔޫ އޮބްޒާވް އެބައުޓް މީ..” ރިއުމާން އަހާލިއެވެ.
“މިވަގުތު ތިއިނީ އަހަރެން ގުޅީމަ ހިތް އަވަސް ވެފައި.. ޑަކް ޑަކް.. ޑަކް ޑަކް.” އައްޔާދް ހެމުން ބުނެލިއެވެ. “މޭބީ..” ރިއުމާން އޭނާގެ މޭގައި އަތް އަޅާލި އިރު ހަމަ ހަޤީޤަތަށް ވެސް އެހިތުގެ ތެޅުން ވަނީ އަވަސް ވެފައިއެވެ. މިއީ އަދި ކުރިން ދުވަހަކު ވެސް ފިރިހެނަކާއި ހެދި ނުވާ ކަމެކެވެ. އޭރު އައްޔާދް އެކޮޅުން ފޯނު ކަނޑާލީ ފަހުން ގުޅާލާނެ ކަމަށް ބުނެފައެވެ.
ގޮނޑީގައި ލެނގިލަމުން ރިއުމާން މޭގައި އަތް އަޅައިގެން އެހިތުގެ ވިންދު އިހުސާސް ކުރަމުން ދިޔައިރު އެ ދުލުން ބޭރުވީ އެންމެ ބަހެކެވެ. “އައްޔާދް..” ކުއްލިއަކަށް ފޯނު ރިންގު ވުމުން އޭނާ އަވަސް އަވަހަށް ފޯނު ނެގި އިރު ގުޅަނީ އާދިލްއެވެ.
“ހޭ ބޭބް.. ކޮބާ މިއަދު އޮފީސް ނުނިމޭ ދުވަހަކީ ތަ؟” އާދިލް އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެވެ. “މިނިމެނީ.. ގުޅާލާނަން. އެންޑް ޔޫ ނޯ ޔޫ ޑޯންޓް ހެވް ޓު ޑީ ދިސް. ކޮންމެ ފަހަރަކު އަހަރެން ބަލާ ނަޔަސް އޯކޭ އޭ.” ރިއުމާން މޭޒުގައި އަތް ވިއްދާލަމުން ބުނެލިއެވެ.
“ނޯ.. އަހަރެން ބޭނުން ދާން.. ރިއުމާންއަށް ކަމެއް ވެއްޖެއްޔާ އަހަރެން ހަމަ ރޯމިއޯ ހެން މަރުވެދާނެ..” އާދިލް ޖެއްސުމަށް ބުނެލިއެވެ. “އޯ ޕްލީޒް..” ރިއުމާން ބޯ ހޫރާލަމުން ބުނެލިއެވެ. “ހެހެހެ.. ދާނަން އިނގޭ ޖޫލިއަޓް ބަލާ..” އާދިލް ލާނަތް ގޮތަކަށް ބުނެލިއެވެ. “އައްނައްޗޭ ރޯމިއޯ.. ބާއި.” ރިއުމާން ހެމުން ފޯނު ކަނޑާލިއެވެ. އާދިލްގެ އެހުންނަ ގޮތް ދާނީ ކޮން ދުވަހަކުން ބާއޭ އޭނާ ހިތަށްއެރިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
44 Comments!
Comments are closed.



yay
hey all. Enjoy reading and let me know what you think.
How will their lives conflict?
varahh reethi mi vaa goi. ayaadh loabikan hunale. oh my godd! ?
lets see what happens dhw. four angle love story eh mi. ekamu plx ayaadh and riu gulhuvacheyy layaa rankolhaaa.
Ayyaad??
Masha ves ayaadh dheke loabi vevijje! ❤️❤️❤️❤️
Layaaaaa keevetha hiy thalhu vani thi. dhen kaaku kaaka baa gulheyni enme fahun??
Bloody hell ayaadh so freaking hot!! sifakurun hama ?? magey hithe vaa neh. layaa thi hama best. konme dhuvahaku ves mihen update koh dhecheyy
vvvv salhi.
V reethi
Enme reethi vaahaka akee kobaa
“i will go careh ga” ????
i find that very funny???
any way vaahaka varah salhi???
Aslu ves. Dhen maa bodah faranjee vefa. Dhivehi bas ves beynun kurevidhaane dho
I’ll reduce the english usage next time. Thanks for pointing out that ?
varah reethi sifakurun tha as usual. Layaal varah molhu maasha allah. Konme dhuvahaku up kohdheythi salhi. can’t wait for tomorrow
Wow its amazing………aneh part avas ………..
Oh mi God.. Ayyaadh akaa hedhi polihun dheke vx loabi vevijje… Alhe haaadha hot eyy Ayyaadh.. ????
Hugo boss ? Dhen hama ayaadh mathi hadhaan vaani e vas dhuvima. dhen hitha aruvaa lani dhw ei ayaadh ey. hehe. varah salhi igey mi vaa goi. kaaku kaak baa libeyni dhen??
Ahcheedi! ehves reeche noon mi vaahaka. Ryn liyaa vaahaka ves maa reethi. Mi layaal akah neyge reethikon liye lan ves. Ryn maa molhu. hurey adhi eynage aa vaahaka feshima mi vaahaka nuvaane eh ves ehchaka. konme dhuvahaku 3 part ves up kuran nukurey adhi bunaa gadi ah up kureveni kee ves noon.
Is this a joke?! ?? Ryn and Layaa ah thi compare kurani… dhen ma hee hee.
Vaahaka eh bunan. I’m also a fan of ryn’s stories. Ryn ge vaahaka tha reethi hama, abadhu ves khonme vaahaka eh nimen dhen kiyan. Gina vaahaka thakah comment ves kuran.. Ekamku layaal ge story ryn ge stories ah vure reethi.. cox gensdheefa hunna goi furihama vefa adhi ibaarai kurun ves ehaa furihama. Ryn ge Vaahaka thakuge concept abadhu ves vara reethi. Ekamku mistakes hurefa sifa kurun tha madhu veema ehaa furihama eh nuvey. And I think ryn also know that n she is always trying to improve her writing. N I love her stories n layaal’s too. Mi vaahaka hadiyaa nukiyanee ok. Maa molhu comment kurevey meehe kama
Thankolheh ufehdhuntheri faadukiyumeh kiyaaalaba dhw ehenmeehunnaa compare nukoh… please have the guts to show a actual mistake… u cant because you are just jealous..
Thankolhe kuru dhw mi part. But vara reethi. Vara salhi story dhaa goi. Avaha ayyadh n Riumaan ge love story feshen beynun vanee
Dhn rumaan geah ahnairu zubairu filaa huhnaanyy kahneyge riu cotreega aleyy haadha reeche
WWoww??nw its really interesting
Dhn hadihiyaa nukiyaba dho run, layaal and shine hama evarehneh
Dhen bae meehun hama jey vani. Layaal is way more better than Ryn. ehen noonas eyna ehves irega dhuvaalaku 3 parts up eh nukurey. She already finished one story and it was one of the best stories i have read so far. ekamu magubool vaakah abadhy vaahaka up kuraa kah needhey. kiyuntherin support koh maguboolu kan libeyni furihama reethi vaahaka eh genes dhineema. And layaal has that. layaa ge vaahaka tha reethi v ma kiyuntheringe medhuga maqbool vani. so stop comparing them at all. kamu nudhanya nukiyaani. Aslu konme liyuntheri aku ves thafaathu vaane. Don’t have to compare anyone.
Ayyaadh ge part kiyaa iru hama heart duk duk kud vanee ye?
Ayyaadh!!! ❤️ Police meehaku fena irak ves hitha arani ayaadh ? bodu kame dhen lol. vaahka dhaa goi varah salhi
Riumaange amilla insaaf hoadhaany konirakuntha?adhives zubeyruge hiy nufurigen eulheny…..vaahaka varah reethi…
Thank you all for the comments ❤️
When is next part? Mi part vx vrh nice.. I really enjoy reading this story
sifa kurun vara obi. waiting for the next part.
i think ayyaadh ge bappa ah kanneyge kurin zubair riumaange hashigadu vikkaaly ? ehnve kanneyge ayyaadhge bappa riumaan mathin handhaan nukuraashoa ayyaadh gaathu buny…
Hey all. Next part will be updated tomorrow igey because i’m not feeling well today so didn’t write. Sorry for the delay. ?
ekam layaa buneemennu story ekee liye nimihjeyey .. ????
Layaa bunymeinu vaahaka ekkoh nimifa ey othy. Dhn??!!
Yes. First i was gonna make it a 12 episodes story but than i decided to make it longer because i got some better ideas. Hence I changed the story line and the last few episodes and now i’m continuing to write. So lets see it could be more than 20 episodes. ??
Aww. Thanks layaa vaahaka dhigu kohla dhini thi. I love this story ❤️❤️. Hope you feel better soon dear. ?
Next part plx v salhi I love this story ????
plx varah reethi kon liyachey dhigu kureema. Love your stories. plx make it more than 20 episodes. kiyaa hithun keh vani kee noon ?
Aslu layaal aki mi site ge liyuntheringe therein hovaale vey liyuntheri eh. First liyunu story ves ehaa furihama. dhenme e story anekaa ves kiyaali mi. That was one of the best hama. Mi vaahaka ves varah shaugu veri gothaka mi dhani. Aneh part ge inthizaaru ga mi huri. Maadhan avaha up kohdhechey.. Your one of the best hama ❤️❤️
Avaha up kurachey igey layaaa. Inthizaaruga mi thibi eneme ves ❤️
layaa ge story thah bunedheebala konmx kujjak?plx
you can click on my name near the story poster and you’ll see my stories there ?
will update around 7