Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވީލޯބިން (2)

Eyeminath Level 1
January 15, 2017 4 Mins Read
7 Comments

އެތައް އާދޭހަކަށް ފަހުގައިވެސް މަންމަގެ ޖަވާބު ބަދަލު ނުވުމުން އަހަރެން ގޮތެއް ނިންމީމެވެ.

” މަންމާ.. އަހަރެން ވަރަށް ލޯބިވޭ އޭނަ ދެކެ..އަޔާވެސް އަހަރެންދެކެ ވަރަށް ލޯބިވޭ. އަހަންނަށް އޭނާއާ ނުލާ ނޫޅެވޭނެ. މަންމައަށް ވިސްނޭނެނަމަ..މަންމަވެސް ހެއްދެވި ފަރާތުންނޭ އޭނަވެސް ހެއްދެވީ. އެއީ އޭނަގެ ކުށްތަ؟ ކީއްވެތަ މަންމައަށް ނުވިސްނެނީ. ދުލަށް އައިހާ އެއްޗެއް މަންމަ އޭނާއާ ދިމާލަށް ގޮވާލިއިރު މަންމަގެ ހިތަކަށް ނާރާތަ އޭނާގެ ހިތަށް ލިބޭނެ އަނިޔާ. މަންމަ ކިތަންމެ ނުރުހުނަސް އަހަރެން އޭނައާ އިންނާނަން..”

އަހަރެންވެސް ގޮތް ދޫކުރާކަށް ނެތީމެވެ. މަންމަ އެއްޗެއް ބުނުމުގެ ކުރިން އަހަރެން އަހަރެންގެ ކޮޓަރިއަށް ދިއުމަށްޓަކައި ދުއްވައިގަތީމެވެ. އަހަރެން ވަރަށް ދެރަވިއެވެ. ދުވަހަކުވެސް އަހަރެން މަންމައާ އަޑުލައި ނޫޅެމެވެ. އެކަމަކު އަހަރެންގެ ހިތަށް ކެއްނުވީއެވެ. އަހަރެންވެސް މަންމައާ ދެކޮޅަށް ކައިވެނި ކުރުމަށް ނިންމީމެވެ. އަހަރެންގެ އެތަކެއް އާދޭހަކާއެކު އޭނާވެސް ކައިވެނި ކުރަން އެއްބަސްވިއެވެ. ފަހުން ރަނގަޅު ވެދާނެ ކަމަށް ވިސްނާފައެވެ.

ކައިވެނި ކުރުމަށް އަހަރެމެން ތައްޔާރު ވަމުން ދިޔައީމެވެ. އެކަން މަންމައަށް އެނގުމުން އަހަރެން ގެއިން ބޭރުކުރިއެވެ. ދުވަހަކުވެސް މަންމަގެ ލޮލަށް ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނޭ ކަމުގައި ބުނަމުންނެވެ. އަހަރެން މަންމައާ މެދަކު ހިތް ބުރައެއް ނުކުރަމެވެ. އެހެނަސް މަންމަ ކަންތައް ކުރި ގޮތުން އަހަރެން ވަރަށް ރުއީމެވެ.

ކައިވެނި ފޯރމް ނެގުމުގެ ކުރިން އަހަރެމެން ދެމީހުންވެސް ތެލަސީމިއާ ޓެސްޓް ކުރީމެވެ. ފުރަތަމަ ކާޑު ލިބުނީ އޭނައަށެވެ. ލިބުނީ ފިޔާތޮށި ކުލައިގެ ކާޑެއް ކަމުން އަހަރެން ހާސްވާން ފެށިއެވެ. އަހަންނަށްވެސް ފިޔާތޮށި ކުލައިގެ ކާޑެއް ލިބިދާނެތީއެވެ. އޭގެ ކާޑެއް ލިބިއްޖެނަމަ ހަމަ ޔަގީނުންވެސް އޭނާ އަހަންނާ ރުޅިވާނެއެވެ. އޭރުން އަހަންނަށް އޭނާ އެކީ ގެއްލުނީއެވެ. ނޫނެކެވެ. އަހަރެން އެހެން ވިޔަކަ ނުދޭނަމެވެ. އަހަންނަށް އޭނަޔާ ނުލައެއް ދިރިއެއް ނުހުރެވޭނެއެވެ. އެއީ އަހަރެންގެ ފުރާނައެވެ. ކާޑު ބަލާ އަހަރެން އެތެރެއަށް ވަންއިރު މުޅި މީހާ ފިނިވެއްޖެއެވެ. އަހަރެންގެ މޭގެ ތެރޭގައިވާ ހިތްވެސް ހީވަނީ ދެންމެ ދެންމެ ބޭރަށް ނުކުމެދާނޭހެނެވެ. ހިތާހިތުން އަހަރެން ދުޢާ ކުރަމުން ދިޔައީ ހުދު ކާޑެއް ދެއްވާތޯއެވެ.

އެހެނަސް އަހަރެންގެ ބަދު ނަސީބު ކަންނޭގެއެވެ. އެއަންހެންމީހާ އަހަންނަށް ދިއްކޮށްލީ ފިޔާތޮށި ކުލައިގެ ކާޑެކެވެ. ތުރުތުރު އަޅާ އަތަކުން އަހަރެން އޭގައި ހިފީމެވެ. ތިން ހަތަރު ފަހަރަށް އަހަރެންނަށް އެ ކާޑު ޗެކްކޮށްލެވުނެވެ. އެއީ ހަމަ އަހަރެންގެ ކާޑެވެ. އޭގައި އޮތީ ހަމަ އަހަރެންގެ ނަމެވެ. ލޮލަށް ޖަމާވި ބޮޑެތި ކަރުނަ ތިކިތައް އަހަރެންގެ ކޯތާފަތް މައްޗައް ފައިބަމުންދިޔައެވެ. އަހަރެންގެ ހިތުގައި ނެތް ހިތްވަރު ލާފައި އަތުގެ ނުފުށުން ކަރުނަތައް ފުހެލީމެވެ. ބޭރުގައި ހުރި އަހަރެންގެ ލޯބިވެރިޔާއަށް ސައްކުވެދާނެތީއެވެ.

އަހަރެން އޭނާއަށް އެކަން ސިއްރު ކުރީމެވެ. ލިބުނީ ހުދު ކުލައިގެ ކާޑެއް ކަމުގައިވެސް ބުނީމެވެ. އަހަރެން ދޮގު ހަދާ އޮޅުވައިލީމެވެ. ހަމަ އެންމެ ސަބަބަކަށް ޓަކައެވެ.  އަހަންނަށް އޭނަ ދެކެ ވެވުނު ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނަގެ ލޯބިން ބީވެދާނެތީއެވެ. ފަހުން ވެދާނެ ގޮތަކާމެދު އަހަރެން ކުޑަކޮށްވެސް ވިސްނާ ނުލަމެވެ. އޭނާ ވަރަށް އުފާވިއެވެ. އެކަމުގެ އުފަލުގައި އޭނާގެ ރައްޓެހިންނަށް ކޮފީވެސް ދީހެދިއެވެ.  ބުނެދޭން ނޭނގޭ ކަހަލަ އުދަގުލެއް އަހަންނަށް ވަމުން ދިޔައެވެ. ދުވަހަކުވެސް އަހަރެން އެއްވެސް ކަމެއް އޮޅުވައެއް ނުލަމެވެ. ދޮގެއް ހެދުނީތީ އަހަރެން ހާސްވަމުން ދިޔައެވެ. ހުރިހާ ކަމެއްވެސް ފަހުން ރަނގަޅުވާނެކަމަށް އަހަރެންގެ ހިތަށް އަހަރެން ވިސްނައިދެމުން ދިޔައީމެވެ.

އަހަރެމެން ކައިވެނި ކުރެވުނު ރެއަކީ އަހަރެންގެ ހަޔާތައް އައި އެންމެ އުފާވެރި ދުވަސް ކަމުގައި އަހަރެންނަށް އިޙުސާސް ކުރެވުނެވެ. އެންމެ ލޯބިވާ ބައިވެރިޔާ، އަހަރެންގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމުން އަހަރެން ހުރީ އިންތިހާއަށް އުފާވެފައެވެ.

ކައިވެނި ކުރެވުނު ދުވަހުގެރޭ އަހަރެމެން ވަރަށް ކުޑަ ގޮތަކަށް ޕާޓީއެއް ބޭއްވީމެވެ. އަހަރެންގެ ހަޔާތުގައިވެސް އަހަންނަށް ޙާއްޞަވެގެން ބޭއްވި ފުރަތަމަ ޕާޓީއަކީ އަހަރެންގެ ކައިވެނީގެ ޕާޓީއެވެ. އެރޭ އެ ޕާޓީއަށް އަހަރެންގެ އާއިލާ އެކަކުވެސް ނައި ކަމުގައިވިނަމަވެސް އަހަރެން ހުރީ އުފަލުން ނެވެ. ކޮންމެ މީހަކު ގެނެސްދިން ހަދިޔާތަކުގައި އަހަރެން ހިފަމުން ދިޔައީ ހިނިތުންވުމާއެކުގައެވެ. އެރޭގެ އެ ކުޑަ ކުޑަ ހަފްލާ ނިމިގެންދިޔައީ ވަރަށްވެސް ހިތްހަމަޖެހުމާއި އުފަލާއެކުގައެވެ.

އެ ކުޑަ ކުޑަ ހަފްލާ އަހަރެންގެ މުޅި ހަޔާތް އުޖާލާ ކޮށްލި ކަހަލައެވެ. ދެމީހުން އެކީގައި އެއްކޮޓައިރިއެއްގައި އެއް އެދެއްގައި ވަގުތުތައް ހޭދަކުރުމުގެ އުފާވެރި ފުރުސަތު ލިބުމުން ދެމީހުންވެސް ތިބީ ވަރަށް އުފަލުންނެވެ. އެ އުފަލާއި ހިތްހަމަ ޖެހުން އަބަދުގެ އަބަދަށް ދެމިގެން ދޭތޯ އަހަރެންގެ ހިތާ ހިތުން ދުޢާ ކޮށްލީމެވެ. މާތް ﷲ އަހަރެންގެ ދުޢާ އަޑުއެއްސެވި ކަހަލައެވެ. އޭނާ އަހަންނަށް ވަރަށް އޯގާތެރިއެވެ. އަޅާލުމާއި ލޯބިން އަހަރެންގެ ހިތް އަބަދުވެސް ހުންނަނީ ފުރާލާފައެވެ.

އޭނާގެ މަންމައާއި ބައްޕައަކީ އޯގާތެރިކަމުގެ މިސާލެއް ނެތްފަދަ ނަމޫނާއެކެވެ. އެއާއިލާގެ އެންމެންވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވިއެވެ. އެހެންނަމަވެސް އަހަރެން ގިނަވަގުތު ހޭދަކުރަމުން ދިޔައީ އޭނައާއެކީގައެވެ. ދެމީހުން އެކުގައި ހޭދަކުރެވޭ ކޮންމެ ވަގުތަކީވެސް އަހަރެމެންގެ ލޯތްބަށް ލިބޭ ތާޒާކަމެކެވެ. އޭނާގެ ލޯބީގައި ޖެހި އަހަރެން ރަނގަޅަށްވެސް ދީވާނާ ވެއްޖެއެވެ. އެ ލޯތްބާއި ނުލައި އަހަރެންގެ ނޭވާ ކުރިއަށް ނުދާނެކަމުގެ އިޙުސާސް އަހަންނަށް ކުރުވައިދިނެވެ. ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ އަހަރެމެންގެ ލޯބި ވަރުގަދަ ވަމުންނެވެ. އެ ލޯބީގައި އާ ކުލަތައް ޖެހި ތާޒާ ވަމުންނެވެ. އަހަރެންގެ ފަރާތުން އޭނާއަށް ދެވޭ ކޮންމެ ހިދުމަތަކީވެސް އަހަންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

އެހެނަސް އަހަރެންގެ ހިތުގައި އަދިވެސް ނޭނގޭ ބިރެއް އޮވެއެވެ.  އަހަރެން އޭނާއަށް ދޮގު ހެދިކަމެވެ.  ހިތްވަރު ކޮށްފައި އަހަރެން އެ ވާހަކަ އޭނަ ކައިރީ ބުނީމެވެ. އެހާ މާތް އިންސާނަކަށް ދޮގު ހަދާ އޮޅުވާލައިގެން އުޅުން އަހަރެންގެ ހިތަށް ކެތްނުވީއެވެ.

އަމިއްލަ ހިތްހަމަ ޖެހުމަށްޓަކައި އަމިއްލަ އުފަލަށްޓަކައި އަހަރެން ހެދި ދޮގު އޭނާގެ ކުރިމަތީ ހާމަކުރީމެވެ.

” އިފާޝާ…ކީއްވެ އޮޅުވާލީ…ކީއްވެ ދޮގު ހެދީ… ”

ތަކުރާރުކޮށް އޭނާ އެ ސުވާލު ކުރަމުން ދިޔައެވެ. ރޮވިފައެވެ.

” އަޔާ ދެކެ ލޯބިވާތީ. ދުރުގައި ނުހުރެވޭނެތީ. އަޔާ ގެއްލި ދާނެތީ..ސޮރީ އަޔާ ”

އަހަރެންވެސް ރޮއެ ރޮއެފައި މާފަށް އެދުނީމެވެ.

” ނުވާނެ ތިހެނެއް… އިފާ އަހަރެން ދެކެ ލޯބިވީނަމަ އޮޅުވައެއްނުލީސް. އަހަރެން ވަރަށް ފޫހިވޭ ދޮގު ހަދާ އޮޅުވާލާ މަކަރުވެރިން ދެކެ. މިއަދު އިފާ އަހަރެން އިހަށް ވުރެ ނިކަމެތި ކޮށްލައިފި.. އަހަރެން ބޭނުމެއް ނޫން އިފާ އާ އެކު ދިރި އުޅޭކަށް.. އަހަރެންގެ ހަޔާތުން ދުރަށް ދޭ… އަހަރެން އެއްވެސް މީހެއްގެ ލޯތްބެއް ބޭނުމެއް ނޫން. އަހަރެން ބޭނުމެއްނޫން އިފާ ދެން މި ކޮޓަރިގައި ހުންނަންވެސް..ނުކުމެގެންދޭ…ތީ މަކަރުވެރިއެއް..”

އަހަރެންނަށް ހީވީ މީހަކު އަހަރެންގެ ހިތުގައި ގަސްތުގައި ވަޅި އަޅާހެނެވެ. އެ ޖުމްލަތަކަކީ އޭނާގެ ދުލުން ބޭރުވި ޖުމްލަތަކެއް ކަމަށްވެސް އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟  އަހަންނަށް އެކަން ސިއްރު ކޮއްފައި ބޭއްވުންނަމައޭވެސް  ހިތަށް އަރަމުން ދިޔައެވެ.  އަހަރެން އޭރުވެސް އަދި މިހާރުވެސް  އޭނަ ދެކެ އިންތިހާއަށް ލޯބިވަމެވެ. އަހަރެން މުޅިން މާޔޫސް ވިއެވެ. އަހަރެންގެ ހަޔާތުން އުފާވެރިކަން ނެތިގެންދާ ކަމުގެ އިޙުސާސް ކުރެވެން ފަށައިފިއެވެ. ރޮއެ ރޮއެފައި އެހެން ނުހެދުމަށް އަހަރެން ވަރަށް އާދޭސް ކުރީމެވެ. އަހަރެން ދާނީވެސް ވަކި ކޮންތަނަކަށް ހެއްޔެވެ؟

” އަޔާ ޕްލީޒް…ތިހެން ނުހަދަބަލަ…އަހަރެމެން ދެމީހުން ލޯބިން އުޅުނު ދުވަސްތައް ހަނދާން ނެތުނީތަ؟ ކޮބާ އަޔާ އަހަރެންދެކެ ވީ ލޯބި… މިއަދު އަޔާ މި ކޮޓަރިއަށް ނުވަންނާށޭ ބުންޏަސް މި ނޫން ކޮންތަނެއް އޮތީ އަހަރެން ދާންް..އާދޭސް ކުރަން އަޔާ.. ”

އަހަރެންގެ އާދޭސްތަަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. އަހަރެން ކެތްތެރިވީމެވެ. އަހަރެންގެ ހުރިހާ ވާޖިބެއް ބަރާބަރަށް އަދާ ކުރީމެވެ. އަހަރެންގެ ސުވާލުތަކުން އޭނާގެ ބޮލަށް އުނދަގޫވިކަހަލައެވެ. ރުޅިވެރިކަމާއެކު އޭނާ އަހަންނާ ދިމާލަށް ބުނި ޖުމްލައިން އަހަރެންގެ ހިތް ކުދި ކުދި ވެގެން ފައިބައިގެން ދިޔަ ކަމުގެ އިޙުސާސް އަހަންނަށް ކުރެވުނެވެ. އެއްވެސް ރަޙުމެއްނެތި އަހަރެންގެ ހިތަށް ފައިންއަރާ ޗިސްޗިސް ކޮށްލިކަހަލައެވެެ. އަހަރެން އަބަދުގެ އަބަދަށް އެ ދޫކޮށްލީ އަހަރެންނަށް ހެދުނު އެންމެ ގޯހެއް ސަބަބުންނެވެ. އަހަރެން އޭނާ ދެކެ އިންތިހާއަށް ލޯބި ވެވިފައި ހުއްޓައެވެ. ހަނދާނެ ގޮތެއް ނޭގި ގަބުވެފައި އަހަންނަށް އިރު ކޮޅަކު އެހެން އިނދެވުނެވެ. ބަޑި ފަޅައިގެން ދިޔައީ ދެނެވެ. އެ ދުވަހު އަހަރެން ވަރަށް ރުއީމެވެ. އާދޭސްކޮށް އެހެން ނުހެދުމަށް ބުނީމެވެ.

ދުނިޔެ އެކިއިރު ދައްކަނީ އެކިކުލަވަރެވެ. ދުނިޔޭގެ އުފާތަކަކީ ސައިބޯނި ބޮކިތަކެއްފަދަ އެއްޗެއްކަން އަހަންނަށް ވިސްނުނުއިރު ވަގުތު ފާއިތު ވެއްޖެއެވެ. މާ ބޮޑަށްވެސް ލަސްވެއްޖެއެވެ. ނަމަވެސް އަހަރެން ހިތްވަރު ދޫކޮށެއް ނުލަމެވެ. އަހަރެން މަސައްކަތް ކުރީ އޭނަ އަހަންނަށް މާފުދީ އަލުން އޭނަގެ ހަޔާތައް އަހަރެން ގެނޭތޯއެވެ. ކަންތައްވީގޮތުން މަންމަމެންގެ ކުރިމައްޗައް ދާކަށް އަހަންނަކަށް ނުކެރުނެވެ. ރައްޓެހިކުއްޖެއްގެ ގޭގައި އަހަރެން އުޅުނުއިރުވެސް އެކިގޮތްގޮތުން އޭނަ ކައިރިން އަހަރެން މާފަށް އެދެމުން ދިޔައީމެވެ.

” އަހަރެން އިފާ އަށް މާފު ކޮށްފިން. އެކަމަކު ދެން އަހަރެން އިފާއާ ގުޅޭކަށް ބޭނުމެއްނޫން. ދެމީހުންވެސް ތެލަސީމިއާ ކެރިއަރ… އަހަރެން ބޭނުމެއް ނޫން ލޭ އަޅާ ކުއްޖެއް…އަހަންނަކީވެސް ނިކަމެތި މީހަކީމު…އަހަރެން ކިހިނެއް ތުއްތު ކުއްޖަކަށް އެނގި ހުރެ އަނިޔާ ދޭނީ…ހާދަ ބޮޑު ވޭނެކޭ އެއީ….އިފާ ދެކެ އަހަރެން ވަރަށް ލޯބިވޭ. އެކަމަކު މިހާރު އަހަރެން އެ ލޯބި ބޭނުމެއް ނޫން…އަހަންނަށް ވަރަށް ރަނގަޅު އިފާ ދެން އަހަންނަށް ނުގުޅިއްޔާ…އަހަރެން ހޯދަން ނޫޅުނިއްޔާ ”

އަހަރެންގެ ހިތް ކުދިކުދި ވީއެވެ. މާޔޫސީ ކަމާއެކު އަހަރެން ރޮވިފައިހުރެ އޭނަ ބުނިގޮތައް ކަންތައް ކޮށްދެވޭތޯ ބަލާނަން ކަމުގައި ބުނެ ފޯނު ބޭއްވީމެވެ. އެހެނަސް، އަހަންނަކަށް ކެތެއް ނުކުރެވުނެވެ. މެސެޖަކަށް ފަހު މެސެޖެއް އަހަރެން ފޮނުވަމުން ދިޔައީމެވެ. އޭނަދެކެ ވާ ލޯބި ހާމަކޮށްދެމުން އަހަރެން ދިޔައީމެވެ. ލޯބީގައި އާވާރާ ވެފައިވާ މީހެއް ފަދައިންނެވެ. ލޯބިވާ ވާހަކަ ނުބުނާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އޭނާގެ ހިތް މަޑުވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންގެ ކައިވެނި ރޫޅުނުތާ މަސްދުވަސްވީ އަހަރެން މިފަދަ ހާލެއްގައި އުޅެނިކޮށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eyeminath

Level 1

Other Articles

Previous

ނަމަވެސް… 3 ވަނަބައި

Next

ލައިފް (3 ވަނަ ބައި(

Next
January 15, 2017

ލައިފް (3 ވަނަ ބައި(

Previews
January 15, 2017

ނަމަވެސް… 3 ވަނަބައި

7 Comments!

  1. Maree says:
    January 15, 2017 at 1:39 pm

    V reethi haadha kurukoh

  2. ant says:
    January 15, 2017 at 1:59 pm

    Lolah nufenna myhakah msj kurias eynayah egeyni konehchehtha

  3. Musli says:
    January 15, 2017 at 2:04 pm

    Vaahaka v reethi.. ekam loafan meehakah msg kureema feneytha??

    1. Kiyun theriyaa says:
      January 15, 2017 at 3:23 pm

      Lofan kudhinnah phn ah anna msg thah kiyeyne.

  4. fathun says:
    January 15, 2017 at 2:09 pm

    V kiyaahithun kiyamun danikoh nimunee digu koh up kohdheeba

  5. Eyeminath says:
    January 15, 2017 at 3:35 pm

    Thankyuh. Mizamaanuga technologyge eheega loafann kudhinnahves msg kiyey. Also they read stories alot.

  6. Hawwooo....?? says:
    January 15, 2017 at 4:14 pm

    Ingeyne msg kuryma ekahala soft weir hurey nw. Alhugandu ah v kairin loafan kujjehgge kanthr thr fenun… Aeee ehvarakah vx nufenna kujje. Ma sha allaah bt vvvv molhu e kujjaaa. Ammy story vvv hub ma sha allaah… Keep goin..

Comments are closed.

Next Episodeވީ ލޯބިން (3)←


All Right Reserved!