Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ…16

shooty
January 17, 2017
6 Mins Read
70 Views
11 Comments

ިހިތް ބޭނުމޭ….16

” އަޅުގަނޑު މެރީ ކުރަން މި އުޅެނީ ލިލީ އަކާ ނޫން.. އެލީން އާ” ޒެއިންގެ ޖުމްލައިން މާރިއާ ކާން އިން އޫ ތަށިތެރެއަށް ދޫވެގެން ދިޔައީ ލިބުނު ޝޮކުގައެވެ. ހަމަ އެފަދައިން އީވާ ގެ ތުންފަތުގައި ސިއްރު ހިނިތުންވުމެއް ދުވެލިއެވެ.

“ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟” ހިތްހަމަ ނުޖެހިފައި އިނދެ މާރިއާ ވާހަކަ ދެއްކިއެވެ.

“ޔެސް މޮމް.. މި ކިޔެނީ ކީކޭކަން އަޅުގަނޑަށް އެބަ އިނގޭ.. އަޅުގަނޑު ލޯބިވަނީ އެލީން ދެކެ.. އެހެން ކުއްޖަކާ މެރީ ކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން..” ހިތްހަމަ ނުޖެހިފައި އިނދެ ވެސް ޒެއިން ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.

“މަންމަ އަކަށް އެ ކުއްޖާ ކަމަކު ނުދޭ.. މީ އީވާގެ ކަންތަކޭ.. ތާކުން ބަބުރު ކުއްޖެއް ފެންނަން ވާއިރަށް ގެނެސް މިގެއަށް ވައްދައިފި އޭ” މާރިއާ ވާހަކަ ދެއްކި އިރު ރުޅިގަދަ ވެގެން ގޮސް އެދޮލޮލުން ހުރީ ފެން އައިއްސައެވެ.

“މަންމަ ކޮން އިރަކުތަ މީހުންގެ ހުންނަ އުނި ސިފަތަކުގެ ވާހަކަ ދައްކަން ފެށީ؟؟ އެހެން ނޫނަސް އެއީ ދޮންތަ ގެނައި ކުއްޖެއް ނޫން.. މަންމަ ހިތްހަމަ ނުޖެހިދާނެތީ އަޅުގަނޑުް އެކަން އެގޮތަށް ކުރީ.. އެއީ މީރާން ގެ ކޮއްކޮ.. އަޅުގަނޑު އޭނަ މިގެއަށް ގެނައީ މީރާން ރާއްޖެއިން ބޭރަށް ދާންވެގެން.. އެލީން އެގޭގަ އެކަނި ނުކުރާން..” އެލީން އާ ނިސްބަތްކޮށް މާރިއާ ބުނި އެއްޗަކުން ޒެއިން އަކަށް ރައްދެއްނުދީއެއް ނީނދެވުނެވެ. އަމިއްލަ މަންމަ އެކޭ އެއް ވަރަށް އޭނާ އަށް އެލީން ވެސް މުހިންމެވެ. އޭނާ އަކީ ފިރިހެނެކެވެ. ބަލިކަށި އަންހެން ކުއްޖެއް ނޫނެވެ.

“އާނ މިހާރު މަންމަ އަށް އިނގިއްޖެ ޒެއިން އަށް މަންމަ އަށް ވުރެން ވެސް އެ ސުންޕާ މުހިންމުކަން.. ދުވަހަކުވެސް މަންމަ އާ ހިތްހަމަ ނުޖެހިގެން ވާހަކަ ދެއްކި ކުއްޖެއް ނޫން ޒެއިން ތީ.. އެކަމަކު އެކަހަލަ ސުންޕާ އަންހެނަކަށްޓަކައި ތި މަންމަ އާ ހަޑިކޮށް ވާހަކަ ދެއްކީ.. އޭނަ ވިއްޔާ އޭނަ.. މަންމަ ވިއްޔާ މަންމަ” ގަދަކަމުން ލޮލަށް ކަރުނަ ގެންނަމުން މާރިއާ ވާހަކަ ދެއްކިއެވެ.

“މަންމާ ޕްލީޒް.. ޒެން ލޯބިވާ ކުއްޖަކާ ޒެން ގުޅިގެން ވާނެ ގެއްލުމެއް ކޮބައިތަ؟ މަންމަ އަށް ހާދަ ނުވިސްނެ އޭ ދޯ..” އީވާ އަކަށް އަނގަ މަޑުން ލައިގެނެއް ނީނދެވުނެވެ.

“އިޓްސް އޯކޭ ސިސް.. މަންމަ އަށް އަދި ވިސްނޭނެ.. އެލީ ގެ ރަނގަޅު ކަން ނޭނގޭތީ އަދި މޮމް އެ އުޅެނީ” އީވާ އާއި ދިމާލަށް މާރިއާ އެއްޗެކޭ ބުނުމުގެ ކުރިން ޒެއިން ވާހަކަ ދެއްކުމަށްފަހު ތެދުވެގެން ދާން ހިނގައިގަނެ ފަސްދިން ފަހުން ބާރު އަޑުފަށްގަނޑަކާއި އެކު ތަށިތައް ބުރައިގެން ދިޔަ އަޑު ޒެއިން އަށް އިވުނެވެ. ނަމަ ވެސް ބަލައިލުމެއް ނެތި ޒެއިން ކުރިއަށް ދިޔައީ މާރިއާ އަށް ފަހުން ވިސްނައިދޭން ނިންމަމުންނެވެ.

ލިލިއަން އަތުލަފިކޮށްލައިގެން އައި އެޒިލް ފެނިފައި މިލީނާ އަށް ކޮޅަށް ތެދުވެވުނީ އެޒިލް ގެ ހޮވުމާއި މެދު ހަސަދަވެރި ވަމުންނެވެ. ލިލިއަން ހީވަނީ ބޭރު މޮޑެލް އެއް ހެން ވިއްޔާއެވެ. މިލީނާ ކަޅި އަޅައިގަންނެގެން ހުރެ އެތަނުން ދާން ހިނގައިގަތީ އެ މަންޒަރުން ހިތުގައި އަނދަމުން ދިޔަ ހަސަދަވެރިކަމުގެ އަލިފާނުގެ ސަބަބުން ކެތް ނުވެގެންނެވެ.

ލިލިއަން ސޯފާގައި ބޭންދުމަށް ފަހު އެޒިލް ޑައިނިންގް ރޫމަށް ވަދެ ތައްޓަކަށް ފެން އަޅައި ފުރައިލަމުން އަނެއްކާވެސް ނުކުމެގެން ސިޓިންގް ރޫމަށް ގޮސް އިށީނދެލައިގެން އިން ލިލިއަން އަށް ފެންތަށި ދިއްކޮއްލިއެވެ. އެއާއި އެކު ލިލިއަން ބޯ ހޫރައިލިއެވެ.

“އިނގޭ ވަރަށް އަޕްސެޓް ވެފަ ކަން ތި އިނީ… އެކަމު ފެންފޮދެއް ބޯލަބަލަ.. މިހާރު ހަމަ އެކަނި ލިލީ ވިސްނަންޖެހޭނީ ލިލީ އާ މެދު އެކަންޏެއް ނޫން.. އަހަރުމެންނަށް ލިބެން އުޅޭ ބޭބީ އާ މެދުވެސް ވިސްނަން ޖެހޭނެ..” ލިލިއަން އާ ދާދި ގާތުގައި އިށީންނަމުން އެޒިލް ފެންތަށި ދިއްކޮށްލިއެވެ. އިރުކޮޅަކު މަޑުން އިނުމަށް ފަހު ލިލިއަން ފެންތަށީގައި ހިފަމުން އެތިފޮދެއް ބޯލިއެވެ. އެއާއި އެކު އަނެއްކާވެސް އެ ދެލޯ ފުރިގެން އައީ ތާޒާ ކަރުނައިގެ މުތީ ތަކުންނެވެ. ލިލިއަންގެ އެ ހާލަތު ފެނިފައި އެޒިލް ގެ މޭގައި ވެސް ރިއްސައިލިއެވެ. އެހައި ލޯބިވާ މީހަކު އެފަދަ ގޮތަކަށް ރޯމަންޒަރު ދެކޭކަށް އެކަކަށްވެސް ފަސޭހައެއް ނުވާނެއެވެ.

“އެއްޗެއް ކާލަން ހިނގާބަލަ.. ގެނެސްދެން ތަ؟” ލިލިއަން ގެ ކަރުނަތައް ފުހެދެމުން އެޒިލް ވާހަކަ ދެއްކީ ހިތްވަރަށެވެ. ލިލިއަންގެ ސަބަބުން އޭނާ އަށް ވެސް ނުރޮއި ކެތް ކޮށްލައިގެން ހުރެވެނީ ކިރިޔާއެވެ.

“ނުކާނަން އެކައްޗެއް ވެސް.. ބޭނުމީ ޖައްސައިލަން..” ނޭފަތް ދަމައިލަމުން ލިލިއަން ޖަވާބުދިނުމުން އެޒިލް ބޯ ޖަހައިލަމުން ތެދުވެ ލިލިއަން އެ އަތްމައްޗަށް އުފުލައިލިއެވެ.

އެ މަންޒަރު ބަލަން ހުރި މިލީނާ ގެ ހިތުގައި ހިނގަމުން ދިޔަ ކަމެއް ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. ލިލިއަން ބަނޑުބޮޑުކަން އިނގުމުން އެ ހިތުގައި ވި ނަފްރަތުގެ އަލިފާންގަނޑު ބޮޑުވެގެން ދިޔައެވެ. ލިލިއަން ގެ ބަނޑުގައި އޮތް ދަރިފުޅު ނައްތާލައިގެން ނޫނީ މިލީނާ އަށް ހަމަ ޖެހުމެއް ލިބޭކަށް ނެތެވެ.

އެލީންގެ ކޮޓަރިއަށް ވަދެފައި އޭނާގެ ހެދުމެއް ހިފައިގެން އެޒިލް ގޮސް ލިލިއަން އަށް ދިނުމުން އެއްޗިހި ބަދަލު ކޮށްލައިގެން އެނދުގައި ޖައްސައިލުމާއި އެކު ވެފައި ހުރި ވަރުބައްޔަކުން ލިލިއަން އަށް ނިދީގެތެރެއަށް ގެނބިގެން ދާކަށް ގިނަ އިރެއް ނުނެގިއެވެ. ލިލިއަން ނިދުމުން އެޒިލް އިރުކޮޅަކު ހުރެފައި ބާލީހެއް ހިފައިގެން ގޮސް ކޮޓަރީގައި ހުރި ސޯފާގައި އޮށޯވެލީ ނިދޭތޯ އެވެ.

ހެނދުނުގެ ވަގުތެވެ. އޮފީހަށް ދާން ވެގެން ނުކުތް އެލީންގެ ލޮލުގައި ސޯފާގައި އިން ލިލިއަން އަޅައިގަތެވެ. ހައިރާން ކަމާއި އެކު ކަޅި ޖަހައި ނުލައި ލިލިއަން އަށް ބަލަން ހުއްޓައި ލިލިއަން އިސް އުފުލައިލުމާއި އެކު ދެ މީހުންގެ ހަތަރު ކަޅި ހަމަ ވިއެވެ. އެއާއި އެކު ލިލިއަން ހިނިތުންވެލިއެވެ. ނަމަ ވެސް އެ ހިނިތުންވުމުގައި އެއްވެސް އުފާވެރި ކަމެއް ނެތްކަން އެލީން އަށް ނަގައިގަނެވުނެވެ. އަދި ދުވަހަކުވެސް ލިލިއަން އާއި ވާހަކަ ނުދައްކާތީ އެލީން އަކަށް އަނގައިން ބުނާކަށް ނުކެރުނެވެ. ބަދަލުގައި ހިނިތުންވެލަމުން އެލީން ގޮސް ވަނީ ޑައިނިންގް ރޫމަށެވެ.

“ލިލީ މިގޭގަ މިގަޑީގަ އެ އިނީ އަނެއްކާ ހުރިހައި ކަމެއް ރަނގަޅުތަ؟” އައިސްއަލަމާރިން ތައްޓަކަށް ޖޫސް އަޅަން ހުރި އެޒިލް އާ އެލީން ސުވާލުކޮށްލިއެވެ.

“ލިލީ މަންމަ ގާތު އެވާހަކަ ނުބުނެ އުޅެނިކޮށް ކޮންމެވެސް ގޮތަކުން އިނގުނީ.. ރުޅިއައިސްގެން ގެއިން ނުކުންނާށޭ ބުނީމަ އެ އައީ.. ވަރަށް ރުއި..އެލީ، ބޭބެ މިއަދު އޮފީހަކަށް ނުދަން އިނގޭ..” ހިތާމަވެރި ހިނިތުންވުމަކާއި އެކު އެޒިލް އެލީން އަށް ޖަވާބު ދިނެވެ.

“އައި އެމް ސޯ ސޮރީ ބޭބޭ.. ޓޭކް ގުޑް ކެއާ އޮފް ހާރ އިނގޭ.. އަހަރެން ޒެއިން ގާތު ބުނާނަން ބޭބެ އަށް ނާދެވުނު ސަބަބު” އެޒިލްގެ ކޮނޑުގައި ފިރުމައިލުމަށް ފަހު އެލީން ނުކުމެގެން ދިޔައީ ގަޑި ޖެހެން ގާތް ވާތީއެވެ.

ޒެއިން އޭނާގެ ކެބިންގެ ކުޑަދޮރު ކައިރީ ބޭރަށް ނަޒަރު ހުއްޓާލައިގެން ހުރީ ފުން ވިސްނުމަކަށް ގެއްލިފައެވެ. މާރިއާ އެލީން އާއި ޒެއިން ކައިވެނި ކުރަން ނުގަބޫލު ވާހަކަ ބުނުމުން އެލީން އޭނާ ދޫކޮށްލަފާނެތީ އެ ހިތުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެލީން ނޫން އެހެން އަންހެން ކުއްޖަކަށް އެ ހިތުން ޖާގަ ދިނުމަކީ ވާނޭ ކަމެއް ނޫނެވެ.

“ހެއި.. ” ޒެއިންގެ ހިޔާލީ ދުނިޔެއިން ނުކުމެވުނީ އެލީން ގެ ފޮނިފޮނި އަޑުންނެވެ. ޒެއިން އެނބުރިލުމާއި އެކު ދާދި ގާތުގައި ހުރި އެލީން ގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ޒެއިންގެ ދެލޯ ފެނިފައެވެ. ރަތްވެ ދުޅަވެފައިވާ ލޯ މިހާރުވެސް ހުރީ ފެންކަޅިވެފައެވެ.

“ޒެން..” ޒެއިންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އެލީން އަށް މަޑުމަޑުން ކިޔައިލެވުނެވެ.

“އެލީ.. އަހަރެން.. މަންމަ ގާތު ބުނެފިން މެރީ ކުރަން ބޭނުން ވާހަކަ..” ޒެއިންގެ މޫނުގައި ހިފަހައްޓާލައިގެން ހުރި އެލީން ގެ ދެއަތުގައި ހިފައި ޒެއިން އޭނާގެ މޭގައި ޖައްސައިލިއެވެ.

“ދެން؟ ކީކޭ މަންމަ ބުނީ؟” އެލީންގެ ހިތް ބާރު ބާރަށް ތެޅެން ފެށުމާއި އެކުވެސް ހަމަ ޖެހެން މަސައްކަތް ކުރަމުން އެލީން ސުވާލުކޮށްލިއެވެ.

“ހިނގާބަލަ އިށީންނަން.. ކޮޅަށް ހުރެގެން ތަ ހުރިހައި ވާހަކައެއް ވެސް ދައްކާނީ؟؟ އެހެން ނޫނަސް އެލީ ގެ ހިތް އެހައި ބާރަށް ތެޅޭއިރު ރިލޭކްސް ވެސް ވާން ޖެހޭނެ އެއްނު ދޯ” ކިތަންމެ ދެރަވެފައި ހުއްޓަސް އެލީން ހެއްވައިލުމުގައި ޒެއިން ކާމިޔާބު ހޯދިއެވެ. އެލީންގެ އަތުގައި ހިފައިގެން ގޮސް ޒެއިން އިށިނީ ކަޅުކުލައިގެ ‘މިޑް ސެންޗަރީ’ ސޯފާގައެވެ.

“އައި އެމް ގެޓިން ނާވަސް ޒެން.. ދެން އެލީ ނުތަޅުވާ ޒެންގެ މަންމަ ބުނި އެއްޗެއް ބުނަން ވެއްޖެ އެއްނު” ކެތްތެރިކަން ކުޑަވެފައި އިން އެލީން ޒެއިންގެ އަތުގައި ހިފައި ފިއްތައިލިއެވެ.

“މަންމަ ވަރަށް އަޕްސެޓް ވެފަ ހުރީ… ޝީ ޑޯންޓް ލައިކް ޔޫ އެލީ.. އެކަމަކު.. އެކަމަކުވެސް އަހަރެންނަކަށް އެލީ ދޫކޮށެއް ނުލެވޭނެ.. މަންމަ އެއީ އަހަރެންގެ ލައިފްގެ އެއްބައި ވިއްޔާ އެލީ ތީ އޭގެ އަނެއް ބައި.. އަހަރެން ކިހިނެތް އެލީ ދޫކޮށްލާނީ؟” ޒެއިންގެ އަޑުގައިވި އަސަރަކުން އެލީންގެ މެއަށް ފިނިވެގެން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އެލީން އިނީ އިންތިހާ އަށް ދެރަވެ ހިތުގައި ޖެހިފައެވެ.

“އެލީ..” ބަހެއް ނުބުނެ އެލީން އިންނަން ފެށުމުން ޒެއިން އެލީންގެ ދަތްދޮޅީގައި ހިފައި އުފުލައިލިއިރު އެ ރީތި ދެލޯ ވަނީ ފެންކަޅިވެފައެވެ.

“ޕްލީޒް ޑޯންޓް ކްރައި އެލީ.. އަހަރެން ނޫޅެމޭ އެލީ ދޫކޮށްލާކަށް..” ޒެއިން އެލީން އޭނާގެ އަތުތެރެއަށް ގެންނަން އުޅުމުން އެލީން ދުރަށް ޖެހުނީ ކަރަންޓްގައި ޖެހިގެން މީހަކު އަތް ދަމައިގަންނަ ފަދަ ގޮތަކަށެވެ.

އިރުކޮޅަކުން އެލީން ތެދުވެގެން ދާން ހިނގައިގަތްތަނާ ޒެއިން އެ އަތުގައި ހިފަމުން ހުއްޓުވިއެވެ.

“ކޮން ތާކަށް ތި ދަނީ؟” އެލީންގެ މިޒާޖަށް އެ އައި ކުއްލި ބަދަލުގެ ސަބަބުން ޒެއިން ގެ ހިތުގައިވެސް ހައިޖާނެއް އުފެދިއްޖެއެވެ.

“ލެޓް މީ ގޯ ޒެއިން..” އެލީންގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ.

“އަހަރެން ދޫ ނުކޮށްފިއްޔާ އޯ؟ އެލީން އަށް އަހަރެންނަށް ވުރެން ބާރުގަދަ ވެވޭނެ ތަ؟” ޒެއިންވެސް ގޮތްދޫ ނުކުރާފަދަ ރާގެއްގައި ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައެވެ.

“އަހަރެން މި ބުނީނު ދޫކުރާށޭ.. އަހަރެންނަށް އިނގޭ ޒެއިން ކަން ބާރު ގަދަ ވާނީ.. އެހެންވެ އެއްނު މިބުނީ ދޫކުރާށޭ.. ” ދަތްތައް ފިއްތައި ބާރުކޮށްލަމުން އެލީން ވާހަކަ ދެއްކި  އިރު އެދެލޮލުގައި ކަރުނަތައް ވިދަވިދާ ހުއްޓެވެ.

“އަހަރެންނާ ދުރަށް ދާން ނުވިސްނައްޗޭ އިނގޭ.. ޑޯންޓް ޔޫ ޑެއާރ” އެލީންގެ އަތުގައި ހިފައި ދަމައިގަންނަމުން ޒެއިން ދަތްކުނޑި ވިކައިލަމުން ބުންޏެވެ.

“އައުޗް ޒެއިން.. ޔޫ އާރ ހާޓިންގ މީ..” އެލީންގެ އަތުގައި ޒެއިން އަށްހިފަހައްޓައިލެވިފައިވާލެއް ބާރުކަން ވެސް ޒެއިން އަށް އިހުސާސްވީ ދެނެވެ.

“އަ..އައި އެމް ސޮރީ އެލީ.. އެއި އަހަރެން ގަސްތުގަ..” ޒެއިންގެ ޖުމްލަ ފުރިހަމަ ވުމުގެ ކުރިން އެލީން އަތަށް ލެވުނުހައި ބާރެއް ލާފައި ޒެއިން ކޮއްޕައިލަމުން ދުއްވައިގަތެވެ.

“އެލީ.. ވެއިޓް..އެލީ..ޑޭމް އިޓް!!” ރުޅިގަދަ ވީ ވަރުން ޒެއިން އަށް ފައިން ސޯފާގައި ޖަހައިލަމުން ކިޔައިލެވުނެވެ. އެލީން އަށް އޭނާގެ މަންމަގެ ރުހުން އެހައި ބޭނުންވެދާނެ ކަމަކަށް ޒެއިން ހިއެއް ނުކުރެއެވެ. އެއް ގޮތަކުން ރުޅިގަދަ ވީ އިރު އަނެއްގޮތަކުން އުފާވެސް ވިއެވެ. ޒެއިން ގެ މަންމަގެ ރުހުން އެލީން ބޭނުން ވުމަކީ އެ އަންހެން ކުއްޖާގެ ރަނގަޅުކަން ދޭހަކޮށްދޭ ކަމަކަށް ވުމުންނެވެ.

ރޮމުން ރޮމުން އެލީން އޮފީހުން ނުކުންނަން ދިޔަ އިރު އެހެން ސްޓާފުން އެލީން އާއި ދިމާއަށް ބެލިއެއް ކަމަކު އެލީން އެކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ. އަތުގެ ނުފުށުން ކަރުނައް ފުހެމުން ފުހެމުން އޮފީހުން ނުކެމެ މަގުމައްޗަށް ރަނގަޅަށް ބަލައިލުމެއް ނެތި އެލީން ކާރޫބާރު ބޮޑު މަގަށް ނުކުތްއިރު ބާރު ސްޕީޑްގައި ދުރުން ދުއްވާފައި އައި ކާރު އެލީން އަކަށް ނުފެނުނެވެ. ކާރު އެލީންގެ ލޮލަށް ފެނުން އިރު ވަގުތު ފާއިތު ވެއްޖެއެވެ. ޑްރައިވަރަށް ކާރު ހުއްޓުނު އިރު އެލީން މާ ދުރަށް ވިއްސައިގެން ގޮސް މަގުމަތީގައި ލޭގެ ކޯރެއް ދެމިގެން ދިޔައެވެ. މީހުންތައް އެލީން ވަށާލުމާއި އެކު ބައެއް މީހުން އެމްބިއުލާންސަށް ގުޅޭތޯ އުޅެން ފެށިއެވެ.

” ވިންދު އެބަހުރި..” ކޮންމެވެސް މީހަކު އެލީންގެ ކަރުގައި އަތް ޖައްސައިލަމުން ބުންޏެވެ.

ރަހުމަތްތެރި ކުއްޖަކާއި އެކު މެންދުރުގެ ކެއުން ރެސްޓޯރެންޓަކުން ކައިގެން ގެއަށް ދާން ކާރަށް އަރަ އަރައި ހުއްޓައި އީވާގެ ފޯނު ރިންގް ވާން ފެށިއެވެ. ޗޮކެއް ކަނޑައިލުމަށްފަހުގައި އަތްދަބަހުން ފޯނު ނަގަމުން ބަލައިލި އިރު ގުޅަނީ ޒަމާންވީ ރަހުމަތްތެރިއެކެވެ. އުފަލުން ހުރެ ފޯނު ކަންފަތުގައި ޖަހައިލުމާއި އެކު އެކޮޅުން ވާހަކަ ދައްކަންފެށިއެވެ.

“އިވީ.. އެހަކަށް ދުވަހު ފެމިލީ ފްރެންޑެއް ނިޔާ ވެގެން ހޮސްޕިޓަލުގަ އުޅުނީމެއްނު ދޯ..” އެކޮޅުން ވާހަކަ ދެއްކި މީހާގެ އަޑުގައި ވަނީ ހާސްކަމެވެ.

“ހޫމް.. ކިހިނެތްވީ؟ ކަމެއް ދިމާ ވީތަ ނެހާ؟” ހިތް ބިރުގެންފައި ހުރެ އީވާ އަހައިލިއެވެ.

“ޔެސް.. ޒެންގެ ގާލް ފްރެންޑޭ ކިޔާފަ އިންޓްރޮޑިއުސް ކޮށް ދިނީމެއްނު އެލީން ކިޔާ ގާލް އެއް.. އެ ކުއްޖާ ވަރަށް ސީރިޔަސް އެކްސިޑެންޓެއް ވެގެން ގެނެސްފި.. އެއްވެސް އިންފޮމޭޝަން އެއް ނޭނގިގެން ފެމިލީ އާ ނުގުޅިގެން އުޅެނިކޮށް އަހަރެން ހަނދާން ވި އިވީ މަތިން” ނެހާ ޖަވާބު ދިނުމާއި އެކު ހަމަ މިހާރު މި ދަނީ އޭ ބުނެ ފޯނު ކަނޑައިލި އިރު އީވާ އަށް ހަމަ ރަނގަށް ވެސް ރޮވިއްޖެއެވެ. ފިނިވެފައިވާ އަތުން ފޯނުގެ ޓަޗް ސްކްރީނުގައި ޒެއިންގެ ނަމްބަރު ޖެހުމަށް ފަހު ޑައިލް ކޮށްލާފަ ދެތިން ފަހަރު ރިންގު ވުމާއި އެކު ފޯނު ނަގައިފިއެވެ.

“ޒެން.. އެލީ.. އެލީ އެކްސިޑެންޓް ވެގެން އައި.ޖީ.އެމް.އެޗް ގަ އޮބެއް.. އަވަހަށް އާދެބަ” ރޮވިފައިވި އަޑަކުން އީވާ ވާހަކަ ދެއްކިއެވެ.

“ސިސް އަކަސް ތިކަހަލަ ސަމާ…” ޒެއިން ގެ އަޑުން އެ ވާހަކަ ގަބޫލުނުކުރެވޭކަން ދޭހަވިއެވެ. އެހެން ކަމުން ޒެއިން ގެ ޖުމްލަ ނިމުމުގެ ކުރިން އަނެއްކާވެސް އީވާ ވާހަކަ ދެއްކިއެވެ.

“ނެހާ އެއީ އެތާ އުޅޭ ކުއްޖެއް. އޭނަ ގުޅީ އޭ.. ވަރަށް ސީރިއަސް އޯ ބުނީ.. ކަމް ސޫން.. އަހަރެން ވެސް މި ދަނީ..” ޒެއިން ވާހަކަ ދައްކަން އިތުރަށް ފުރުސަތު ނުދީ އީވާ ފޯނު ކަނޑައިލިއެވެ.

“ގޯޑް..ކީޕް ހާރ ސޭޕް..ޕްލީޒް..ޕްލީޒް..ޕްލީޒް” ކާރު ސްޓާޓުކޮށްލަމުން އީވާ އަށް ހިތާހިތުން ދުއާ ކޮށްލެވުނެވެ.

ނުނިމޭ

59
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shooty

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ވަންހަނާ (17)

Next

ހިތު ވިންދު

Next
January 17, 2017

ހިތު ވިންދު

Previews
January 17, 2017

ވަންހަނާ (17)

11 Comments

  1. nonnx says:
    January 17, 2017 at 9:27 pm

    v kuru..wen is next part??

  2. shooty says:
    January 17, 2017 at 9:35 pm

    I know its short.. but I am very busy now.. so please accept my apology.. next part on Thursday maybe.. Please leave a comment ingey kudhinn… I love you all and I miss you alllll.. ???

  3. yaalaa says:
    January 17, 2017 at 9:48 pm

    Haadha lahey dhw than koleh avaha up kolabala

  4. Ana says:
    January 17, 2017 at 10:16 pm

    Plx…shoot nxt part on thursday…waiting……

  5. Seriously? says:
    January 17, 2017 at 10:18 pm

    Bali kashi ANHEN kuhjeh nooney?

  6. ree says:
    January 17, 2017 at 10:41 pm

    wow nice

    1. haz says:
      January 17, 2017 at 11:02 pm

      Story is perfect.ekam thankolheh dhigukoh upkohlaba shooty pls plsssssssssssssss

  7. mary says:
    January 17, 2017 at 11:24 pm

    Alhe shooty Aly maruvee tha ehen nahadabala zain ah vvv nice story eh

  8. hyny says:
    January 18, 2017 at 12:25 am

    salhi

  9. Fangirl says:
    January 18, 2017 at 9:30 am

    Shooootyyyyy….. v obi mi story vx??

  10. shai says:
    January 20, 2017 at 9:48 am

    wow dhem kon irakun up vaanee

Comments are closed.

All Right Reserved!