Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (16ވަނަ ބައި)

Ifaau
January 18, 2017
5 Mins Read
47 Views
15 Comments

“އައުސް” ނިކް އެނަން ކިޔައިލިއެވެ.

“ހާން އައުސް…. ނޭންގެ މިއަދު ހަމަ އައުސް މަތިން ހަނދާންވަނީ… އެހެންޏާ ނުވާކަހަލަ ގޮތެއް ވަނީ… ޔަގީން އަދިވެސް އައުސް އެއް މޫވް އޮން އެއް ނުކުރޭ… ލައި ބޭނުން ލައިގެ އައުސް ކައިރިޔަށް ދާން… ނިކް ޕްލީޒް ލައިގެ އައުސް ކައިރިޔަށް ގެންގޮސްދީ….” ލައިޝާ ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ނިކްގެ މުޅި މޫނުމަތި ވަނީ އޮއްސިފައެވެ.

“ނިކް… ކީއްވެ އެއްޗެއް ނުބުނީ؟ ގެންދާނަންތަ؟” ނިކްގެ ދެއަތުގައި ހިފައި ތަޅުވައިލަމުން ލައިޝާ އާދޭސްކުރަމުން ދިޔައެވެ.

“ކާމް ޑައުން.. ގެންދާނަށް..” ނިކް މަަޑުމަޑުން ބުނެލިއެވެ. އުފަލުން ގޮސް ލައިޝާ ނިކްގެ ގައިގައި އޮޅުލައިގަތެވެ. ލައިޝާގެ އެ އަމަލުން ނިކް ހުރީ އަތް އުފުލާފައި ލައިޝާގެ ގައިގައި ބައްދާލަންވެސް ނުކެރިފައެވެ. ކުއްލިއަކަށް ލައިޝާ އެދުނު ކަމަކުން ނިކް ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިވީ ހައަހަރު ދުވަހުގެ ތެރޭގައި ދުވަހަކުވެސް ރާއްޖެ ނުދާން އުޅުން މީހަކު ކުއްލިއަކަށް ދާން ބޭނުން ވުމުން ނިކް ހުރީ ހަރަކާތް ހުއްޓިފައެވެ. އައުސް އަކީ ކާކުކަން ނިކްއަށް ވަރަށް ރަގަޅަށް އިނގެއެވެ. ނަމަވެސް މިއަދު އެއްގޮތަކަށްވެސް ލައިޝާގެ ދުލުން އެނަން ބޭރުވާކަށް ނިކް ބޭނުމެއް ނުވެއެވެ.

“ދަރިފުޅާ ހާދަ ލަހަކުން؟ ބައްޕަ ވެސް ލަފައިގެން އައިސް ދަރިފުޅު ނެތީމަ ނިދަން ހިނގައްޖެ….” އައުސް އައިސް ގެޔަށް ވަނުމާއި އެކީ އަމީރާ ބުނެލިއެވެ.

“ބައްޕަ އައީ ކޮންއިރަކު؟” އައުސް ފުރަތަމަވެސް އަހައިލީ އެހެންނެވެ.

“މިރޭ… ދަރިފުޅު ދިޔަތާ އިރުކޮޅެއް ފަހުން….” އަމީރާ ބުނެލިއެވެ. އައުސް ވަކި އެއްޗެއް ނުބުނެ ދާން ހިނގައިގަތެވެ.

“އައުސް… ބައްޕަ ދަރިފުޅަށް އެބައިން ލެޕެއް ވެސް ގެނެސްދީފަ… ދަރިފުޅު ލެޕްގެ ޑިސްޕްލޭއަށް ކަމެއް ވި ވާހަކަ ބުނީމެއްނު….” އަމީރާ އައުސް ހުއްޓުވަމުން ބުނެލިއެވެ. ވަގުތުން އައުސްގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

“މަންމަ ކީއްކުރަން ބުނީ މަގޭ ލެޕްގެ ވާހަކަ؟” އައުސްގެ އަޑުގައި ރުޅިވެރި ކަމެއް ހުއްޓެވެ.

“ދަރިފުޅު ދެރަވެގެން އުޅުނީމަ އެއްދުވަހު ބައްޕަ ގުޅީމަ މަންމައަށް ބުނެވުނީ…” އައުސް އެގޮތައް ވާހަކަ ދައްކަން ފެށުމުން އަމީރާ ހިތުގައި ޖެހުނެވެ.

“އެކަމަކު ވެސް އަހަރެން އޭނަ ދޭ އެކައްޗެއްވެސް ބޭނުމެއްނޫން… މަންމަ ބޭނުންކުރޭ! ތިއްތިއާ އަހަރެންނަށް އެކަނި އުޅެން އިނގޭ…” ރުޅި އައިސްގެން އައުސް އެތަނުން ދިޔައެވެ. ދެރަވި ވަރުން އަމީރާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.

“އަމީ ކިހިނެއްވީ؟” އަމީރާ އައިސް އެނދުގައި އިށީނުމުން އައުސްގެ ބައްޕަ އިމާދު އަހައިލިއެވެ.

“އައުސް ވަރަށް ރުޅި އައިސްފަ ހުރީ ލެޕެއް ގެނަ ވާހަކަ ބުނީމަ… ބޭނުމެއް ނޫނޯ އޭނަ ދޭ އެއްޗެއް… ތިމަންނައާ ތިއްތިއަށް އެކަނި އުޅެވޭނެޔޯ….” އެނދުގައި ދެއަތް ވިއްދައިލަމުން އަމީރާ ބުނެލިއެވެ. އިމާދު އެއޮތް ގޮތައް އޮށޯވެ އޮތީއެވެ.

“ބްރޯ ކިހިނެއް ވީ މާ ހައިޕާ ވެފަ ތިހުރީ؟” އައުސް އައިސް އެނދު މައްޗައް ވެއްޓިގަތުމުން އާލިމް ބުނެލިއެވެ.

“ނޭންގޭތަ ފުރޭތަ އެރިކަމެއް؟” ރުޅި އައިސްގެ އައުސް ބުނެލިއެވެ.

“އިނގޭ ތިއްތި އިންދައޭ އައީ… ލަދެއްވެސް ނުގަނޭ މިތަނަށް އައިސް ވަންނާކަށް….” އާލިމްގެ މޫނުމަތީގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ.

“އަދި މަގޭ ހިތް ރުއްސަން ލެޕެއްވެސް ގެނެސްދިނޯ… ހުވާ މިބުނީ ލެޕުން ބޮލުގަ ޖަހާ މަރާލަންވީ…” ދަތްކުނޑި ވިކައިލަމުން އައުސް ބުނެލިއެވެ.

“މަންމަވެސް ހަމަ އަންނައިރަށް ކޮޓަރިޔަށް ވައްދާނެ… ވަރަށް ފޫހިވޭ… ނުލަފާ މީހާ….” ހަމަ އެރާގުގައި އާލިމް އެހެން ބުނުމަށްފަހު އެނދުގައި އޮށޯވެލިއެވެ.

ދަންވަރުގެ ވަގުތެވެ. ކަރު ހިތްކައި ގަނެގެން އައިޝާއަށް ހޭލެވުންއިރު ޖަގުގައި ފެނެއް ނެތެވެ. އެހެން ކަމުން ކޮޓަރިން ނިކުތީ ޖަގަށް ފެން އަޅައިގެން އަންނާށެވެ. ވަކި ހިސާބަކަށް ދެވުމުން އައިޝާ ހުއްޓުނީ ސިޓިން ރޫމުގެ ސޯފާގައި ފުރަގަސްދީގެން އިން ފަރީޝާ ފެނުމުންނެވެ.

“ރިޔާޒް ޕްލީޒް ތިހެން ނޫޅެ ބަލަ… ކުރީ ދުވަހުގެ ކަންތަކުގަ އަދިވެސް އިޝީ އަހަރެންނަކާ ރީތިކޮށް ވާހަކައެއް ނުދައްކަ….” ފަރީޝާ ބުނެލިއަޑު އިވުނެވެ. ވަގުތުން އައިޝާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އައި ރުޅިން އެއްވެސް އެއްޗެއް ނުބުނެ އައިޝާ ކާކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ.

ކައިރިން ހިޔަންޏެއް އެޅުންހެން ހީވުމުން ފަރީޝާ ފަހަތް ބަލައިލިއެވެ. އޭރު އައިޝާ ކާކޮޓަރިޔަށް ވަންނަނީއެވެ. ފަރީޝާ ބިރުން ހިން ދިރުވައިލިއެވެ. އައިޝާ އައިސް އެއްޗެސް ބުންނަންވާއިރަށް ފަރީޝާ އަވަހަށް ކޮޓަރިޔަށް ދިޔައެވެ.

ފެންޖަގު ފުރިގެން ފައިބަމުން ދިޔައެވެ. ބާރު ދުވެލީގައި އިސްކުރުން ފޮނުއަރުވަމުން ފެން އަންނަމުން ދިޔައެވެ. ފައިބަމުން ދިޔަ ފެންތަކަށް ބަލަން ދެލޯ ބޮޑުކޮށްގެން އައިޝާ ހުއްޓެވެ. އެވަގުތު ހިތުގައި އެތައް އަލިފާނެއް އަނދަމުން ދިޔައެވެ. ދެލޮލާއި ނޭފަތު ކުރި ވަނީ ރަތްވެފައެވެ. އެމޫނުމަތި ހީވަނީ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެ ހެންނެވެ.

“އާހހހހހހ” ކުއްލިއަކަށް އަތުން ޖަހައި ފެން ޖަގު އެއްލައިލަމުން އައިޝާ އަޑުގެ ނެތް ކޮޅަށް ހަޅޭތްލަވައިގަތެވެ. އޭރު މުޅި ތަނުގައި ވަނީ ފެން ބޮޑުވެފައެވެ.

ކާކޮޓަރިން އަޑެއް އިވުމުން ފަރީޝާ ސިހުނެވެ. އަނެއްކާ އައިޝާއަށް ކަމެއް ވީ ހެއްޔެވެ؟ ދުވެލާފައި ފަރީޝާ ކޮޓަރިން ނިކުތުމަށްފަހު ކާކޮޓަރިޔަށް ދިޔައެވެ. ކާކޮޓަރިޔަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ފެނަށް އެރިގެން ކަހާލައިގެން ފަރީޝާ ވެއްޓުނެވެ. ފަރީޝާގެ އަނގައިން ތޫލި އަޑެއް ނިކުތެވެ. އެއަޑަށް އައިޝާ ބަލައިލިއެވެ.

“ތެދުވޭ!” ފަރީޝާއާއި ދިމާއަށް އަތް ދިއްކޮށްލަމުން އައިޝާ ބުނެލިއެވެ. އައިޝާގެ އަތުގައި ހިފުމުގެ ގޮތުން ފަރީޝާ އަތް ދިއްކޮށްލިއެވެ. ނަމަވެސް ފަރީޝާ އެއަތުގައި ހިފަންވާއިރަށް އައިޝާ އަތް ތިރިކޮށްލިއެވެ.

“ރިޔާޒްއާ ގުޅުން ކަނޑައިނުލާ ހިނދަކު މި އަތަކު ނުހިފޭނެ…” އަތް ދައްކައިލަމުން ވަރަށް ހަރުކަށި ރާގަކަށް އައިޝާ ބުނެލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ. އައިޝާ ދިޔަ ދިމާއަށް ބަލައިލުމަށްފަހު ފަރީޝާ މަޑުމަޑުން ތެދުވިއެވެ.

ހެނދުނު ހޭލައިގެން އައުސް އަށް ގޮވަން މިއަދުވެސް ޒީޝާއައެވެ.

“އަނހާ އިމާދުބެ ކޮންއިރަކު އައީ؟” ސިޓިން ރޫމު ސޯފާގައި އިން އިމާދު ފެނިފައި ޒީޝާ އަހައިލިއެވެ.

“ރޭގަ އައީ… މިހާރު ހާދަ ހިއްކޭ! ނުކަނީތަ؟” އިމާދު އަހައިލިއެވެ. ޒީޝާ ބޯ ހޫރައިލުމަށްފަހު އައުސްގެ ކޮޓަރިޔަށް މިސްރާބު ޖެހިއެވެ.

“މި މަންޖެ އަދިވެސް ހަމަ އެގޮތުގަ ދޯ؟ ބަދަލެއްވެސް ނާންނަ ގުޅުމެއް…” ޒީޝާ ދިއުމުން އިމާދު އަމީރާ ކައިރީ ބުނެލިއެވެ. އަމީރާ ހީލިއެވެ.

“އައްދެ މިއަދު ހޭލައިގެން ތިއުޅެނީ ކީއްވެ؟” ޒީޝާ ކޮޓަރިޔަށް ވަތްއިރު އައުސް ފާހާނައިން ފެންވަރައިގެން ނިކުންނަނީއެވެ.

“އޭގެ މާނައަކީ މިހާރު ތީ ބޭކާރު މީހެކޭ…” ޒީޝާގެ ނިތްކުރީގައި ޖަހައިލަމުން އައުސް ބުނެލިއެވެ. ޒީޝާ ތުން ދަމައިލިއެވެ.

“ކާކު ބުނީ ޒީ މިއައީ އައުޓީއަށް ގޮވާށޭ؟ ޒީ މިއައީ ތިއްތި ކައިރިޔަށް…” ކައިރީ ހުރި އާލިމްގެ އަތުގައި ހިފައިލަމުން ޒީޝާ ބުނެލިއެވެ. އެވަގުތު އާލިމްގެ ހިތުގައި އުފާވެރި ކަމުގެ އޮއިވަރެއް ދުވެލިއެވެ. އެއީ ދޮގެއްކަން އެނގި ހުރެމެވެސް، ޒީޝާގެ އެބަސްކޮޅުން ނޭންގޭ ހަމަޖެހުމެއް ލިބުނެވެ.

“އެކަމަކު ވަދެގެން އައި އިރު ދެލޯ ހުރީ އައުޓީއަށް…” އާލިމް ބުނެލިއެވެ.

“އެ ކަޑަ ނުވާން ވެގެން..” ހެމުން ހެމުން އައުސް ބުނެލިއެވެ. އައި ރުޅިން ޒީޝާ އައުސްގެ ފަހަތުން ދުއްވައިގަތެވެ. ޒީޝާއަށް އަތުނުވަން ވެގެން އައުސް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ކޮޓަރިން ނިކުތެވެ. ނަމަވެސް އައުސް ހުއްޓުން އެރީ ކުރިމަތިން އިމާދު ފެނުމުންނެވެ.

“އަދިވެސް ކުޑަކުދިން އުޅޭހެންތަ އުޅެނީ؟” އައުސް ފެނުމުން އިމާދު ބުނެލިއެވެ. އައުސް ދާން ހިނގައިގަތެވެ.

“އައުޓީ” އައުސް ދާން ހެދުމުން ޒީޝާ ގޮވައިލިއެވެ. ނަމަވެސް އަނގައިންވެސް ނުބުނެ އައުސް ކޮޓަރިޔަށް ވަދެގެން ދިޔައެވެ. އެވަގުތު އާލިމް ކޮޓަރިން ނިކުމެގެން އަންނަނީއެވެ. އޭރު ޒީޝާ އޮފީހަށް ދާން ތައްޔާރުވާން ނިކުމެގެން ދަނީއެވެ.

“އާލް…” އިމާދު ގޮވައިލިއެވެ. އާލިމްވެސް ބަހެއް ނުބުނެ ސައިވެސް ނުބޮއި ނިކުމެގެން ދިޔައެވެ.

“ކޮން ކަހަލަ ކުދިންނެއް… އެހާ ގިނަ ދުވަސްކޮށްފަ ބައްޕަ އައުމުން އަނގައިން ނުބުނާތާ ބަލައިވެސް ނުލާ…” ފުން ނޭވައެއް ލަމުން އިމާދު ބުނެލިއެވެ.

ހަވީރުގެ ވަގުތެވެ. ވިލިނގިލީގެ ހިތްގައިމު ގޮނޑު ދޮށުގައި އައުސް ފޮޓޯ ނަގަމުން ދިޔައެވެ. އެމަންޒަރު ބަލަން ދުރުގައި އައިޝާ ހުއްޓެވެ.

“އައިޝާ… މި ފޮޓޯތައް ރީތިތަ؟” އައުސް އަށް ބަލަން ހުރި އައިޝާ ސިހުނީ ކައިރިން ޝުވާ ގޮވައިލުމުންނެވެ. ޝުވާ ދައްކަމުން ދިޔަ ފޮޓޯތައް ބަލަމުން ދިޔައިރުވެސް އައިޝާގެ ލޯ އިރުއިރުކޮޅާ އައުސްއަށް ހުއްޓެއެވެ.

“މި ފޮޓޯ ނަގާފަ އިން އޭންގަލް އެއް ރީއްޗެއް ނޫން… މާ ބޮޑަށް އެޑިޓް ކުރީމަ ހަޑި…” އައިޝާ ފޮޓޯއަށް ފާޑު ކިޔަމުން ދިޔައެވެ.

“އައުސް ނެގި ފޮޓޯތަ މީ؟” އައިޝާ އަހައިލިއެވެ. ޝުވާ ބޯ ޖަހައިލިއެވެ.

“ބުނެބަލަ އިހަށް ބްރޭކެއް ނަގާފަ އަހަންނާ މީޓް ކޮށްލާށޭ…” އައިޝާ އެދުނެވެ. ޝުވާ ވަގުތުން އައިޝާ ބުނި ކަންތައް ކުރަން ދިޔައެވެ.

“ޔެސް އިޝީ…” އައިޝާ ކައިިރިޔަށް އައިސް އައުސް ބުނެލިއެވެ. ހައިރާންވި ވަރުން އައިޝާ އައުސްގެ މޫނަށް ބަލަން ހުރީއެވެ.

“އަމް ސޮރީ އައިޝާ!” އައުސްއަށް ވިސްނިގެން އަވަހަށް ބުނެލިއެވެ.

“މީ.. މި ފޮޓޯތަކުގެ މަސައްކަތް އެހާ ރަގަޅެއް ނޫން.. އައި މީން އައިމް ނޮޓް ސެޓިސްފައިޑް….” އައިޝާ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އައުސް ކަނުލައި އަޑުއަހަމުން ދިޔައެވެ.

“މާނައަކީ އަނެއްކާ ފޮޓޯ ނަގާށޭ ޖެހޭނީ؟” އައިޝާގެ ވާހަކަ ނިމުމުން އައުސް އަހައިލިއެވެ. ވަގުތުން އައިޝާ ބޯ ޖަހައިލިއެވެ.

“އިނގޭތަ މީ ތިން ދުވަހުގެ މަސައްކަތް… ރޭގަނޑު ނުނިދާ އިނދެގެން ކުރި މަސައްކަތް… ޔޫ އާ ސޯ މީން… ފަގީރު އިންސާނަކަށް ތިހެން ހަދާކަށްވެސް ނުވާނެ އެއްނު….” ދެރަވާކަމަށް ހެދެމުން އައުސް ބުނެލިއެވެ. އައިޝާއަށް ކުޑަކޮށް ހެވޭ ގޮތް ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެކަން ފޮރުވަމުން އައުސްއަށް ބަލައިލިއެެވެ. އެބެލުމުގެ ތޫނުކަމުން އައުސް ހިންދިރުވައިލިއެވެ.

“ސޮރީ.. އައި ވިލް ޑޫ އިޓް…” އަވަހަށް އެހެން ބުނުމަށްފަހު އައުސް އެނބުރި ދާން ހިނގައިގަތެވެ. އެދިމާއަށް ބަލަން ހުރެފައި އައިޝާ ހީލުމަށްފަހު ބޯ ހޫރައިލިއެވެ.

“ލައި މާދަން ދާން ރެޑީވޭ…” ޓެރެސްމަތީ ހިޔާލަކަށް ގެއްލިފައި ހުރި ލައިޝާ ސިހުނީ ކައިރިން ނިކްގެ އަޑު އިވުމުންނެވެ.

“ލައި އެކަނިތަ ދާނީ؟” މައުސޫމް ގޮތަކަށް ލައިޝާ އަހައިލިއެވެ.

“އައި ވިލް ގޯ!” ނިކް ބުނެލިއެވެ. ލައިޝާ ހިނިތުން ވެލިއެވެ.

“ހަމަ އަސްލުވެސް ދާން ބޭނުންތަ؟” އަނެއްކާވެސް ނިކް އަހައިލިއެވެ. ލައިޝާ ވަގުތުން ބޯ ޖަހައިލިއެވެ.

“ނުދާންވީތަ؟” ނިކްގެ މޫނަށް ބަލައިލަމުން ލައިޝާ އަހައިލިއެވެ.

“އެއީ އެއްނު ލައިގެ ތަނަކީ… މި ނުދަންނަ މީހުންތަކު ތެރޭ އުޅޭނެ ކަމެއް ނެތް… ބެޓާ ޓު ގޯ…” ރެއިލިން ގައި އަތް އަޅުވައިލަމުން ނިކް ބުނެލިއެވެ. ބޭރުން ކިތަންމެ ފިނިކަމަށް ދެއްކިޔަސް ނިކްގެ ހަށިގަނޑު އެތެރެ ހީވަނީ އާވި އަރައިގެން ފަޅައިގެން ދާން އުޅޭހެންނެވެ.

“އޯ ތޭންކް ޔޫ ނިކް…” ނިކްގެ އަތުގައި ހިފައިލަމުން ލައިޝާ ބުނެލިއެވެ.

“އައި ވިޝް ޔޫ ނެވާ ލީވް މައި ހޭންޑް…” ނިކް ހިތާ ހިތާ ކަޔައިލިއެވެ. (ނުނިމޭ)

 

 

 

 

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ވަންހަނާ (18)

Next

ފިރިމީހާގެ ހައްޤުގައި (10)

Next
January 18, 2017

ފިރިމީހާގެ ހައްޤުގައި (10)

Previews
January 18, 2017

ވަންހަނާ (18)

15 Comments

  1. roo says:
    January 18, 2017 at 7:38 pm

    Reethi ekam kuree thankolheh

  2. Mal says:
    January 18, 2017 at 7:41 pm

    Nik lai dheke loabi vanee tha? Hus love traingles thakehnu miothee. Hehe v reethi ingey mi part vs??

  3. Iru says:
    January 18, 2017 at 7:45 pm

    Ifaa thi kuraa hiy varah saabas. Meehun evarah ehchehi kiyaa iru vs hama kuriyah gendhaa thee v ufaavey…
    Fahaiy nubalaa hama vaahaka kuriyah gendhey…
    Mi story v reethi…

  4. Pooh bear says:
    January 18, 2017 at 7:54 pm

    nice

  5. Kim says:
    January 18, 2017 at 8:09 pm

    Well written story. Gensfa huri twist thah v reethi. I’ve started to read this story recently. Love it?

  6. Brainless says:
    January 18, 2017 at 8:12 pm

    Vvvvvvvvvvvvv reeeeeethi…??
    Aisha vex auty ahh balaa gothun Heevey dhw lwbi vaahen..??
    Avahah up kohlahchey ingey..

  7. Yal says:
    January 18, 2017 at 8:18 pm

    Farittey ah ishy mi hadhaa goteh dhoa???
    Reethi v furihama ??

  8. Ekuveri says:
    January 18, 2017 at 8:24 pm

    Reethi mivaahaka. lai rajje aeema dhn v reethi vaane

  9. kuroo says:
    January 18, 2017 at 10:06 pm

    nice story!!

  10. Anonymous says:
    January 18, 2017 at 10:09 pm

    Reethi as usual??

  11. Alfa says:
    January 19, 2017 at 1:30 am

    Lai and auty gulhuvabala avahah maa dhigu nukoh

  12. OOO says:
    January 19, 2017 at 2:19 am

    Beautiful story

  13. Anth says:
    January 19, 2017 at 1:31 pm

    Beautiful 🙂

  14. Anonymous says:
    January 19, 2017 at 7:23 pm

    Wowww… vaahaka haadha rewcheyy.. waiting for another part…

  15. Sm1 says:
    February 11, 2017 at 11:15 pm

    Great!! 🙂 Masha allah!

Comments are closed.

All Right Reserved!