Skip to content
އެސްފިޔަ

ވަންހަނާ (18)

ސިޓިން ރޫމް ސޯފާގައި އާޒިމް ޓެބް ހިފައިގެން ނޫސް ކިޔާލަން އިން އިރު ކައިރީގައި އިން އަނާ ދިޔައީ ވިޔަފާރީގެ ބައެއް ކަންތަކުގެ ވާހަކަ ދައްކަމުންނެވެ. ހުޅުވާފައި ހުރި ޓީވީ އިން ކުރީ ޒަމާނުގެ ހިންދީ ފިލްމެއް އަޅުވާފައި ހުރިއިރު ކާން ތައްޔާރު ކުރަން ހުރި މާރިއާ އިރު އިރުކޮޅަކާއި އެއަށް ކަޅި އެއްލައެވެ.

އުނދުންމަތީގައި އުދާފައި ހުރި ޓޮމާޓޯ ބަތްގަނޑުގެ މީރު ވަސް އެތަނުގައި ހިފާލާފައި ވީއިރު ހަށިފުރައި ނޭވާއެއް ލިއަސް ބަނޑު ފުރޭހާ ވަރު ވެއެވެ. “އިން އާނކޮކި މަސްތީކެ މަސްތާނި ހަޒާރޯން ހޭން… މަސްތާނި ހަޒާރޯން ހޭނ..” މާރިއާ ލަވަ ކިޔަމުން ބަތްތަވާ ހަލާލިއެވެ.

“ގޯޑް މޯމް. އަނެއްކާ ފެށުނީއެ.. ކޯއްޗެއްތަ އަޅުވާފައި މިހިރީ. ކޮބާތަ ރިމޯޓު؟” މާރިއާ ލަވަކިޔާ އަޑު އިވުމުން އަނާ ހެމުން ސޯފާމަތިން ރިމޯޓު ހޯދަން ފެށިއެވެ. “ނުލާހިކު ރީތި ލަވައެކޭ އެއީ.. މިހާރުގެ ކުދިން ޖަހާ ލަވަ އަޑުއިވިފަ ވެސް ބޯ ފަޅައިގެން ދޭ. ބަދަލު ނުކުރާތި..” މާރިއާ މިހެން ބުނެފައި ކާމޭޒުމަތީގައި އޮތް ރިމޯޓު ނަގައި ގެންގޮސް އައިސް އަލަމާރި މައްޗަށް ލިއެވެ.

އޭރު ރީތި ވެލައިގެން ނިކުއިން އައްޔާދް އައިސް އަލަމާރިން ފެންފުޅިއެއް ނަގައި އަނގަޔަށް އަޅާލަމުން އޭގެ މަތި އަނބުރާލިއެވެ. “މޮމް ނިކަން ޕްރޯވާނެއޭ ދޯ ލަވަކިޔަން.. ޑޭޑްއަށް އިނގޭނެ. ޔަޤީނޭ ޒުވާން އިރު ބައްޕައަށް ލަވަކިޔާ ދޭކަން..” އައްޔާދް ޖެއްސުމަށް މިހެން ބުނުމުން މާރިއާ އޭނާ ދަރިފުޅުގެ ކޮނޑުގައި ޖަހާލިއެވެ. “ތެދެއް ތިބުނީ.. ބައްޕަ ހަނދާން ހުރެއޭ. ނިކަން ލޯބިން ރާގުގައި ލަވަ ކިޔާދޭނެ..” ނޫސް ކިޔަން އިން އާޒިމް ހެވިފައި އިނދެ ބުނެލިއެވެ.

“އެއްކަލަ ދެބަފައިން ފެށުނީ.. އާދެ ކާން ދެން.” މާރިއާ ލަދުން އަވަހަށް މަޢުލޫއު ބަދަލު ކޮށްލަމުން އުދުން ނިއްވާލުމަށްފަހި ތަށިތައް ނަގަން ފެށިއެވެ. “އަޅުގަނޑު ނުކާނަން.. މިރޭ ބޭރުން ކެއުން އޮތީ.” އައްޔާދް މިހެން ބުނެފައި ހިނގައިގަތެވެ. “ކާކާ އެކީ އަނެއްކާ ކެއުން އޮތީ މާ ރީތިވެލައިގެން ތިދަނީ. ހާދަ ވަރަކަށޭ ސެންޓު ޖަހާލާފައި..” އަނާ ސޯފާއިން ތެދުވެގެން އައިސް އައްޔާދް ކައިރީގައި ހުރި ފެންފުޅި ނަގައި ތައްޓަށް ފެން އަޅަމުން ވާހަކަ ދައްކާލިއެވެ.

“ނިއްނިއާއި އެކީ..” ކޮޓަރިއަށް ވަދެ ސައިކަލު ތަޅުދަނޑި ހިފައިގެން ނިކުމެ އައްޔާދް މިހެން ބުނެލި އަޑަށް ނޫސް ކިޔަން އިން އާޒިމްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. “ލައިބާއާއި އެކީ؟ ދެކުދިން އެކަނިތަ ދަނީ..” އާޒިމް އޭނާ އަޅައިގެން އިން ނަންބަރު އައިނު މަތިން އައްޔާދްއަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. ޖަވާބުގައި އައްޔާދް ބޯ ޖަހާލުމުން އަނާ އޭނައާއި ދިމާކޮށްލިއެވެ. އައްޔާދް ގެއިން ނިކުމެގެން ދިޔައިރު އާޒިމްގެ ސިކުނޑިއަށް ވެރިވި ޚިޔާލަކުން އޭނާ ހިނިތުންވެ ވެލިއެވެ.

****

ހަނދުގެ ރިހި އަލިން ކަނޑުގެ ރާޅުބާނީތައް ބަބުޅަމުން ދިޔައިރު އެކަޅު އުޑުގައި ކުދި ޖަވާހިރު ތަކެއްހެން ތަރިތައް ވިދަމުން ދިޔައެވެ. ރާޅުތައް މުގުރާލާ އަޑު ފަޒާގައި ހިފާލާފައި ވީއިރު ލޮނުގެ ތެތްކަން ޖައްވުގައި ހަރުލާފައިވިއެވެ. ސައިކަލު މަތީގައި އިން ލައިބާގެ ނަޒަރު ވަނީ އެފުން ކަނޑަށް ގެއްލިފައެވެ. އޭރު ކައިރީގައި ކޮޅަށް ހުރެ އައްޔާދް ތުމުގައި ޖެހި ސިނގިރޭޓުގެ ދުންތައް އެތެރެއަށް ދަމާލަމަށްފަހު ނޭފަތުން ބޭރުކޮށްލުމުން ފަޒާއަށް އެދުންތައް އަރައިގެން ދިޔައެވެ. “މޫދަށް އެރިލާ ހިތްވަނީ..” ލައިބާގެ އަޑަށް އައްޔާދް އަތުގައި އޮތް ސިނގިރޭޓު ބިއްމައްޗަށް ވައްޓާލުމަށްފަހު އެއަށް ފައިން އަރައި އޭނާގެ ނަޒަރު ލައިބާއަށް ހުއްޓާލިއެވެ.

“ސްނޯކްލިން ކުރަން އިނގޭތަ؟ ވަރަށް ސަޅި ކަމެއްއެއީ..” އައްޔާދް ހިނިތުންވެލަމުން އަހާލި ސުވާލަށް ލައިބާ ނޫނެކޭ ބުނެ ބޯ ހޫރުވާލިއެވެ. އެމީހުން އެކީގައި ރެސްޓޯރަންޓަކަށް ގޮސް ކައި ނިމިގެން އެތަށް އިރަކު ވާހަކަދައްކަން ތިބެފައި ގެއަށް ދާން ނިކުއިން މަގުމަތީގައި މޫދު ކައިރިއަށް މަޑުކޮށްލީ ލައިބާގެ އެދުމަށްށެވެ.

“ދަސްކޮށްދޭން ވީނުން.. އޭރުން އެއްކޮން ދެވޭނުން.” ލައިބާ މިހެން ބުނުމުން އައްޔާދް ހިނިގަނޑެއް ޖަހާލިއެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމީސް އުޅަބޮއްޓާއި ހަމައަށް އޮޅާލެވިފައި ވާއިރު އެއަތް ޖީބަށް ޖަހައިގެން ހުރެ އައްޔާދް މޫދަށް ނަޒަރު ހުއްޓާލިއެވެ. “ދާން ވީ ހަމަ.. ވާހަކައެއް އަހާލަންތަ؟” އައްޔާދް މިހެން ބުނުމުން ލައިބާ އޭނާއަށް ސަމާލުކަން ދިނެވެ.

“ޑޫ ޔޫ ހެވް އަ ބޯއިފްރެންޑް؟” ވަރަށް ހަމަޖެހިލައިގެން ހުރެ އައްޔާދް ކޮށްލި ސުވާލުން ލައިބާގެ ހިތް އަވަސްވިއެވެ. އައްޔާދް އެ ސުވާލު އެކުރީ އަނެއްކާ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. “ކިހިނެތްވީ؟” ލައިބާ ސައިކަލުން ތެދުވެގެން އައިސް އައްޔާދް ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ.

“ހަމަ އަހާލީ.. އެހައި ދުވަހު ލަންކާގައި އުޅުނީމަ އަހަރެން ހީކުރީ ދެން ބިޓެއް ވެސް ހުންނާނެ ކަމަށް..” އައްޔާދް ހީލަމުން ވާހަކަދެއްކިއެވެ. “ލަންކާ ބިޓެއް؟ ނެތޭ.. ކޮބާތަ އައްޔާދްގެ ގާލްފްރެންޑް.. އަހަރެން ވެސް ހީކުރީ ދެން މިހާ ދުވަސް ވާއިރު ހުންނާނެ ކަމަށް. އައި މީން ލުކް އެޓް ޔޫ..” ލައިބާ ބޭނުންވި ގޮތަށް އޭނާގެ މަޤްސަދް ހާސިލް ވާން ކައިރިވޭބައޭ ހިތަށް އެރިއެވެ. “އެބަހުރި ކުއްޖެއް.. އެކަމު ނުއެއް އަހަން އަދި.” އައްޔާދް ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލި ބަސްތަކުން ލައިބާގެ ހިތް އުފަލުން އުދުހިގެން ކަހަލައެވެ. “އެހެންތަ.. އެއީ ކޮންކުއްޖެއް އަނެއްކާ؟” ލައިބާ ކެތްމަދުވެފައި ހުރެ އަހާލިއެވެ.

“ކުރިން ވެސް ދަންނަ ކުއްޖެއް އެއީ. އައި ލައިކްޑް ހާ އޭރުން ސުރެ.. އެކަމު ދެން ކަންތައް އޮތް ގޮތުން އޭނަ ކައިރި ބުނާކަށް ނުކެރުން.. އެންޑް އައި ވޮޒަންޓް ޝުއާ. ވަރަށް ދުވަސްފަހުން އަނެއްކާ ވެސް ދިމާވީ. އޭރު ދެން ހީކުރީ ކުރީގެ ކަންތައް ހިތުން ފިލުވާލެވުނު ކަމަށް. ބަޓް.. ކީއްކުރާނީ.. ސްޓިލް ފީލް ދަ ސޭމް.” އައްޔާދް ވާހަކަ ދެއްކިއިރު އެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ކައިރީގައި ހުރި ލައިބާ ދެއަތް ފިނިވެ އެއިވުނު ކޮންމެ ޖުމްލައަކުން އެހިތުގައިވީ ހުޅުކޮޅު އިތުރަށް ރޯވިއެވެ.

“ދެން އެކުއްޖާ ކައިރި ނުބުނާންތަ؟” ލައިބާ ކައިރިއަށް ޖެހިލަމުން މިހެން ބުނެލިއިރު އައްޔާދް ޖަހައިގެން ހުރި ސެންޓުގެ ވަހާއި އެކުވެގެން ސިނގިރޭޓޫގެ ވަސް ދުވިއެވެ. “މޭބީ..” ލައިބާއަށް ނަޒަރު ހުއްޓާލަމުން އައްޔާދް މިހެން ބުނެލިއިރު ހިނިއައީ އެބަހަކީ އަބަދު ވެސް ރިއުމާން ބޭނުންކުރާ ބަހަކަށް ވީތީއެވެ.

“ހިނގާ ދާން ދެން.. އެގާރަ ޖަހަނީނުން. މާދަން މޯނިން ޑިއުޓީ ވެސް އެބައޮތް.” އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު އައްޔާދް ސައިކަލަށް އަރައި ތަޅު ދަނޑި ޖަހާލިއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކު ސައިކަލު ފަހަތަށް އެރި ލައިބާ އުފަލުގެ ކޮޅެއް ނެތެވެ. އައްޔާދް ދުލުން އޭނާ ދެކެ ލޯބިވާކަން ހާމަ ކުރީއޭ ހިތަށް އެރުމުން ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. އެހިތް އިންތިޒާރު ކުރަމުން ދިޔައީ ދެން އައްޔާދް ފާޅުގައި އެކަން ހާމަ ކުރާނެ ދުވަހަކަށެވެ.

****

ހަވީރު ދަޅައަށް މީހުން މަގުމަތީގައި ހޭލެމޭލަވެ އުޅޭލެއް އިތުރުވެފައި ވީއިރު ސްކޫލް ނިމިގެން ދާކުދިން ސައިކަލު ތަކުގަޔާއި ހިނގާފައި އުޅެއެވެ. އޮފީހުން ނިމިގެން ރިއުމާން ދިޔައީ ފިހާރައަށް ބައެއް އެއްޗެހި ގަނެލުމަށްށެވެ. އެކަނިމައި އެކަނި މަގު ހުރަސް ކުރުމަށްފަހު އޭނާ މިސްރާބުޖެހީ ކުރިމަތީގައި ހުރި ފިހާރައަށްށެވެ.

“ރިއުމާން!” ފިހާރައަށް ވަންނަން ދޮރު ހުޅުވާލި ވަގުތުން އޭނާގެ ނަން ގޮވާލި އަޑަށް ހަރަކާތްތައް ހުއްޓި ފަސްއެނބުރި ބަލާލި އިރު ތަންކޮޅެއް ދުރުގައި ސައިކަލުގައި އިން އައްޔާދް ފެނި އޭނާ ހިނިތުންވެލިއެވެ. ފުލުސް ޔުނީފޯމުގައި އިން އައްޔާދް ސައިކަލު ދުއްވާލަމުން އައިސް ޕޭވްމެންޓާއި ކައިރިކޮށްލި ވަގުތު ރިއުމާން ވެސް އައިސް އެތަނުގައި ހުއްޓެލިއެވެ.

“އެކަނި ދޯ؟” އައްޔާދް އަހާލުމުން ރިއުމާން ޖަވާބުގައި ބޯ ޖަހާލިއެވެ. “ފާރަލައިގެންތަ ތިއައީ؟” ރިއުމާންގެ ސުވާލުން އައްޔާދް ހިނިތުންވެލިއެވެ. އޭނާ އަޅައިގެން އިން އައިނު ނަގައި ރިއުމާންއަށް ނަޒަރު ހުއްޓާލަމުން ސައިކަލުގެ ހުންގާނާއި ދިމާއަށް ގުދުވެލިއެވެ. “ހޫމް.. ހަމަ ފާރަލައިގެން މިއައީ. ރިއުމާން ދާހާ ތަނަކާއި ކުރާހާ ކަމެއް އަހަންނަށް އިނގޭ.” އައްޔާދްގެ މޫނުމަތިން ސީރިއަސްކަން ފާޅުވުމުން ރިއުމާން ޖެހިލުންވިއެވެ.

“ރިއަލީ؟ ޤަބޫލު ކުރީ ދޯ ތި.. ފާރައެއް ނުލަމޭ. ޑިއުޓީ ނިންމާލާފައި ދަނިކޮން މިގޯޅި އެޅިތަން ފެނިގެން ފަހަތުން މިއައީ.” އައްޔާދް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އޯ.. ނޭނގޭނުން. މި ފިހާރައަށް މިއައީ.” ރިއުމާން ފަހަތުގައި ހުރި ފިހާރައަށް އިޝާރާތް ކޮށްލިއެވެ. “ހިނގާ އެހެންވީމަ އެތެރެއަށް.. މިތާ ތިބެގެން ވާހަކަ ދެއްކުމަށް ވުރެ ރަނގަޅު ވާނުން.” އައްޔާދް މިހެން ބުނެފައި ސައިކަލު އެތާ ކައިރިއަށް ޕާކުކޮށްލުމަށްފަހު ރިއުމާންއާއި އެކީ އެ ފިހާރައަށް ވަނެވެ.

ފިހާރަތެރެއަށް ވަނުމުން އެތަނުގައި ތިބި އަންހެން ކުދިންގެ ނަޒަރު އައްޔާދްއަށް ހުއްޓުމުން އޭނާ އަވަސް އަވަހަށް އެތަނުން ދެމިގަނެފައި ބޮލުގައި އަޅާފައި ހުރި ތޮފި ނަގަމުން އިސްޖަހާލިއެވެ. “ފިރިހެން ކުދިން ވެސް ލަދު ގަނޭތަ؟” އައްޔާދްގެ އުޅުން ފެނިފައި ރިއުމާން ގާތަށް ހިނިއައެވެ. އޭރު އޭނާ ގޮސް ބޭނުންވާ ބައެއް ސާމާނު ނަގައިގެން ވަށިގަނޑަށް އަޅަމުން ދިޔައެވެ. “ކިހިނެތްވީ؟ ހަމައެކަނި އަންހެކުދިންގެ ހައްޤެއް ނޫނޭ އެއީކީ..” އައްޔާދް މިހެން ބުނެފައި ގޮސް ރިއުމާންގެ ފަހަތުގައި ހުއްޓެލިއެވެ.

ބިއްލޫރި ކަބަޑުގައި އަތުރާލާފައި ހުރި ސެންޓު ފުޅިތަކަށް ބަލަމުން ގޮސް ބައެއް އެއްޗެހިން ރިއުމާން ވަސް ބަލާލިއެވެ. އަދި ދޭތެރެއަކުން އައްޔާދްއަށް ވަސް ދައްކާލާ އިރު އޭނާ ހަމަ ޖެއްސުމަށް މޫނު ކުނިކޮށްލަމުން ކަމު ނުދާކަމަށް ބުނެލައެވެ. “ތި ސެންޓުތައް ކަމަކު ނުދޭ.. ދައްކަންތަ ވަރަށް މީރުވަސް ދުވާ ސެންޓެއް.” އައްޔާދް މިހެން ބުނެފައި އެތަނުން ތަންކޮޅެއް ދުރުގައި އިން ‘ބްލޫމް’ ސެންޓު ފުޅި ނަގައި ކުޑަ ކަރުދާސް ކޮޅަކަށް ޖަހާލުމަށްފަހު ރިއުމާން އަތަށް ދިނެވެ.

އެ ކަރުދާސް ކޮޅު ނޭފަތުގައި ޖައްސާލުމަށްފަހު ފުން ނޭވާއެއް ލީއިރު ރިއުމާންގެ މޫނުމަތިން ހިނިތުން ވުމެއް ފާޅުވިއެވެ. “ވާއޮ.. އަސްލު ވަރަށް މީރު ވަސް ދުވާ މީގެން. އައި ވިލް ޓޭކް އިޓް.” މިހެން ބުނެފައި އައްޔާދް އަތުން ސެންޓު ފުޅި ނަގައިގެން ރިއުމާން އެއަށް ބަލާލިއެވެ. ފުޅީގެ މަތިގަނޑު މަލެއްހެން ފޮޅިފައި އިންއިރު އޭތި އިންގޮތް ވެސް އޭނާއަށް ވަރަށް ކަމު ދިޔައެވެ. “ކިހިނެތް ހަމަ ސީދާ މި ފުޅި ނަގަން އިނގުނީ؟” ރިއުމާން ކައުންޓަރާއި ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.

“އެއީ އެއްފަހަރު ރައްޓެއްސެއް ތިފުޅި ގަނެފަ އަހަންނަށް ވަސް ދައްކާލީ.. ރިއުމާންއާއި ވަރަށް ގުޅޭނެ.” އައްޔާދް މިހެން ބުނެފައި މޭމައްޗަށް އަތް ހުރަސް ކޮށްލަމުން ރިއުމާން ކައިރީގައި ހުއްޓުލިއެވެ. ލައިގެން ހުރި ޔުނީފޯމް ގައިގައި ހިފާލާފައި ވީއިރު ރިއުމާން އޭނާއަށް ނުބަލާން ކައުންޓަރުގައި އިން ކުއްޖާއަށް ހިނިތުންވެލިއެވެ.

ފައިސާ ދެއްކުމަށްފަހު އައްޔާދް ދޮރު ހުޅުވާލަ ދިނުމުން ރިއުމާން ހިނިތުންވެލާފައި ނިކުތެވެ. “ސަޗް އަ ޖެންޓަލްމެންޓް..” ރިއުމާން ދިމާކޮށްލަމުން ބުނެލިއެވެ. “ސޯ އެބައުޓް ދެޓް ޑޭޓް.. ވިލް ޔޫ ގޯ އައުޓް ވިތް ދިސް ޖެންޓަލްމެންޓް؟” އައްޔާދް ލާނަތް ގޮތަކަށް މިހެން ބުނެލުމުން ރިއުމާން ހޭން ފެށިއެވެ. “އޯކޭ..” ރިއުމާންގެ ޖަވާބު ލިބުމުން އައްޔާދް އުފަލުން މޭގައި އަތް އަޅާލިއެވެ. “ހިނގާ ސައިކަލުގައި ގެއަށް ލާދޭނަން..” އައްޔާދް މިހެން ބުނި ނަމަވެސް ރިއުމާން އެކަމާއި ދެކޮޅު ހެދިއެވެ.

ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކެފޭއިން ނިކުއިން އާޒިމްގެ ލޮލުގައި ދުރުގައި ހުރި އައްޔާދް އަޅައިގަތެވެ. އަޅައިގެން ހުރި އަވިއައިނު ނަގަމުން އޭނާ ލޯކުޑަކޮށްލުމަށްފަހު އެދިމާއަށް ރަނގަޅަށް ބަލާލީ އެއީ ހަމަ އައްޔާދްތޯ ޔަޤީން ކުރަންށެވެ. ފިހާރައިން ނިކުމެގެން އަންހެން ކުއްޖަކާއި ވާހަކަދައްކަން ހުރިއިރު ކުއްލިއަކަށް އާޒިމްގެ ދެބުމަ ގޮށްޖެހުނީ އެ އަންހެން ކުއްޖާ އަކީ ކާކުކަން ރޭކާ ލުމުންނެވެ. “އަހަރެން އެބަ ގުޅާލަން އިރުކޮޅަކުން..” އާޒިމް ފޯނު ބޭއްވިއިރު އެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

އެތަނުގައި އައްޔާދްއާއި ހެވިފައި ވާހަކަ ދައްކަން އެހުރީ ރިއުމާންއެވެ. އެހައި ސާފުކޮން އެ އަންހެން ކުއްޖާއާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެޔޭ ބުނީމަ ވެސް އައްޔާދް އެގޮތަށް ކަންތައް ނުކުރީތީ އާޒިމް ގާތަށް ރުޅިއައެވެ. ރިއުމާންގެ އަތުގައި ހުރި ކޮތަޅުތައް ހިފައިގެން އައްޔާދް ހިނގައި ގަތީ އޭނާގެ ސައިކަލާއި ދިމާއަށެވެ. އޭރު ރިއުމާން ނުދާން ހުރެފައި ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އައްޔާދްގެ ފަހަތަށް ސައިކަލަށް އޭނާ އެރުމުން އެމީހުން ދިޔަ މަންޒަރު ބަލަން އާޒިމް ހުރީ ދަތްކުނޑި ވިކާލައިގެންނެވެ. އެ ސައިކަލު ގޮސް ލޯ ކުރިމަތިން ގެއްލުމުން އާޒިމް ހަރު ފިޔަވަޅު ތަކެއްގައި ގޮސް އޭނާގެ ސައިކަލަށް އަރައި ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.

****

ތަޅުދަނޑި ޖަހާލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔަ އައްޔާދް އަރައިގެން ހުރި ބޫޓާއި އިސްޓާކީނު ބާލައި ހަރުގަނޑަށް ލުމަށްފަހު ކޮޓަރިއަށް ދާން ނެގި ފިޔަވަޅު ހުއްޓުނީ ސޯފާގައި އޭނާއަށް ލޯ އަޅައިގެން އިން އާޒިމް ފެނިފައެވެ. އެއްކަކޫ މައްޗަށް އަނެއްފައި ލައިގެން އިނދެ އާޒިމް އިނީ ހަމަ އައްޔާދް ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ދެބަފައިން ނޫނީ އިތުރު ބަޔަކު މިވަގުތު ގޭގައި ނޫޅޭކަން ވެސް އޭނާއަށް އިނގެއެވެ.

“ކޮންތާކުން ތިއައީ؟” އާޒިމްގެ އަޑު އިވިފައި އޭނާ އެހުރީ ހިތްހަމަ ނުޖެހިފައިކަން އައްޔާދްއަށް ނަގައިގަނެވުނެވެ. “ޑިއުޓީ ނިންމާލާފައި މިއައީ..” އެހުރިތަނުގައި ހުރެ އައްޔާދް ޖަވާބު ދިނެވެ. “ތިކަން އިނގެޔޭ.. އަހަރެން މި އެހީ ދެންމެއަކު ތިއައީ ކޮންތާކުންހޭ؟” މިފަހަރު އާޒިމް ސުވާލުކޮށްލީ ތަންކޮޅެއް ހަރުކަށިކަމާއި އެކު ސޯފާއިން ތެދުވަމުންނެވެ. “ޑިއުޓީ އިން..” އައްޔާދް މިފަހަރު ވެސް ދިނީ ހަމަ އެއް ޖަވާބެކެވެ.

“އިތުރު އެހެން އެއްވެސް ތާކަށް ނުދަން؟ ހަމަ ސީދާ ސްޓޭޝަނުން ގެއަށް ތިއައީ..” އާޒިމް ކުރިއަށް ޖެހިލާ ދެޖީބަށް އަތް ޖަހާލަމުން އަހާލިއެވެ. އެއަޑުގައި މަޑުމައިތިރިކަންވީ ނަމައަސް އޭނާ އެ ހަރުކަށިކަމެއް ނުފޮރުވެއެވެ. ދޮގު ހަދަން ބޭނުން ނުވި ނަމަވެސް އައްޔާދް ހަޤީޤަތް ހާމަ ކުރާކަށް ބޭނުމެއް ނުވިއެވެ. “ހަމަ ސީދާ ގެއަށް މިއައީ..” އައްޔާދް ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ.

“އަދި އެއްފަހަރު ބުނެބަލަ ތިހެން.. ކޮންތާކަށް ތިބަލަނީ ކީއެއް. އަހަރެން މިތަނުގައޭ މިހުރީ. ދެން ބުނެބަލަ! އިތުރު ތާކަށް ނުދަން؟” އައްޔާދްގެ ކުރިމައްޗަށް ހުއްޓި އޭނައާއި ހަތަރު ކަޅި ހަމަ ކުރަމުން ނުރުހިފައި ހުރެ އާޒިމް އަހާލިއެވެ. “ނުދަން.” އައްޔާދް އެއްވެސް ޖެހިލުމެއް ނެތި މިހެން ބުނުމުން އާޒިމްގެ ރުޅި ހައްދުން ނެއްޓިއެވެ. ހަމަ އެނގިހުރެ އައްޔާދް އޭނާ މޫނުމައްޗަށް ދޮގު ހެދުމުން އާޒިމް ދެބުމަ ގޮށްޖެހުނެވެ.

“އައްޔާދް ލަދެއް ނުގަނޭތަ ތިވައްތަރަށް ދޮގު ހަދާކަށް! ބުނެބަލަ! އެއަންހެން ކުއްޖާއާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެޔޭ ބުނީމަ ވެސް އަޑެއް ނީވުނެއްނުން!” އާޒިމް ހަޅޭ ލަވައިގަތުމުން އައްޔާދް ސިހުނެވެ. އޭނާ އިތުރު އެއްޗެކޭ ނުބުނި ނަމަވެސް މޫނުމަތިން ހައިރާންކަމުގެ ކުލަވަރު ވެސް ފެންނަން ނެތެވެ.

“އަހަރެން ދެކުނީމޭ އެ އަންހެން ކުއްޖާ ސައިކަލު ފަހަތަށް އަރުވައިގެން ދަނިކޮން.. ދެން ވެސް ބުނޭ ނޫނެކޭ! ޖަވާބު ދީ! ކީއްވެ ހޭ އެކަން ނުކުރާށޭ ބުނީމަ ކުރީ؟!” އާޒިމް ހަރުކަށި ކަމާއި އެކު މިހެން ބުނުމުން އައްޔާދް ވެސް ހިތްހަމަ ނުޖެހުނެވެ. އެއްވެސް ސަބަބަކާއި ނުލައި އާޒިމް އެގޮތަށް ރިއުމާންއާއި ގުޅުމެއް ބާއްވަން ނޭދެނީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނުނެވެ.

“ކޮބާތަ މައްސަލައަކީ ބައްޕާ؟ އަޅުގަނޑު އޭނައާއި ކޮންމެ ގުޅުމެއް ބޭއްވި އަސް ކިހިނެތްތަ ވަނީ؟” އައްޔާދް ވެސް ނުރުހިފައި ސުވާލު ކުރިއެވެ. “އެއްވެސް ކަމަކުން ކަމަކާއި ނުލައި ރިއުމާންއާއި އެއްވެސް ގުޅުމެއް ނުބާއްވާށޭ ތިބުނަނީ ކީއްވެ؟ ބައްޕަ ނުދަންނަ ކުއްޖެއް ނޫނެއްނުން އެއީ. އެއީ ޒުބޭރުބެގެ ދަރިއެއްނުން.. ބައްޕަގެ ރައްޓެއްސެއްނުން އެއީ.. ވަޓް އިސް ސޯ ރޯންގް އެބައުޓް އިޓް! ކީއްވެތަ އޭނަ ދެކެ އެހައި ރުޅިއަންނަނީ ތި؟” އައްޔާދް ހިތްހަމަ ނުޖެހިފައި ދެއްކި ވާހަކަތަކުން އާޒިމްގެ ރުޅިގަނޑު އިތުރަށް ކެކިގަތެވެ.

“ނުޖެހޭ ކޮންމެ ސުވާލަކަށް ޖަވާބުދޭކަށް! ތި ޒުބޭރުގެ ވާހަކައެއް ދައްކާނެ ކަމެއްނެތް! އަދި އަމުދުން އެ އަންހެން ކުއްޖާގެ ނަން ކިޔަސް ނިމުނީ.. ނިކަން ކަންތައް ކޮށްދެއްވިއްޖެ އެއްނުން އޭނައަށް!” އާޒިމް އިނގިލި ދިއްކޮށްލަމުން މިހެން ބުނިއިރު ދެބަފައިގެން ހަޅޭކުގެ އަޑު ގޭތެރޭގައި ހިފާލާފައި ވިއެވެ.

“ކޮން އެ އަންހެން ކުއްޖާއެއްތަ؟ އޭނައަށް ކިޔަނީ ރިއުމާން!” އައްޔާދް ވެސް ހަރުކަށި ކަމާއި އެކު ވާހަކަދެއްކި އިރު އޭނާ އަޑު މަޑު ކުރެވޭތޯ ބެލިއެވެ. އެގޮތަށް އެއްވެސް ސަބަބަކާއި ނުލައި ކުރިން ވެސް ދަންނަ ކުއްޖެއް ދެކެ ބައްޕަ އެހައި ނަފްރަތު ކުރަންވީ ކީއްވެ ކަމެއް އޭނާއަކަށް ހަމަ ނުވިސްނުނެވެ.

“އަހަންނަށް ހެވޭ އޭނައަށް ކޮންމެ ނަމެއް ކިޔަސް! މީގެފަހުން އޭނައާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ! އަޑު އިވިއްޖެ!!” އާޒިމް ރުޅި އައިސް ރަތްވެފައި ހުރެ ހަޅޭލަވައި ގެންއިރު އެ ލޮލުން ފާޅުވަނީ އިންތިހާއަށް ނަފްރަތެވެ. އައްޔާދް އެއްޗެކޭ ނުބުނެ ހިމޭނުން ހުރިއިރު އޭނާއަށް އަދި ދުވަހަކު ވެސް އާޒިމްގެ މިސަފައެއް ފެނިފައެއް ނުވެއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (45)

  1. layaal

    Enjoy reading
    Why such hatred towards her?
    Let me know what you think.

  2. cute handi

    yay

  3. Mishu

    Yageen azim ves riuman ge beynun hifaalee.

  4. minnu

    aazim keeveytha ehaa rulhi annani e? does he know about her past! Ayaadh igijeya alhey riu dhookoh nulachey! I love this story ❤️❤️

  5. ...

    zubeyru riuman ar behunkan enguny kanneynge e rashuga ulhun iru.. i think so…

  6. Xifa

    Riumange past azim ah ingenee dhw

  7. azoo

    Ohh haadha reechey. hama hiy thelhey kiyaa iru. aazim ah koche baa mi igeni. anekaa eyna ves behuneetha. but i don’t think so igey. because eyna behun nama riuman ah igeynun. so why would she get involved with ayyadh. ehen neh nuvaanun. konme akas varah interesting hama. kiyaa hithun indha e nimuni. next part dhigu kohlacehey. oh and maaria singing was epic ?? hama image vi eyna e raaguga etha kolhu kiya ni kon LOL!

  8. Orchid

    maaria haha! imagine v maria dheedhi e lava kiyani kon. varah salhi igey. that was intense fight eh. yageen aazim ah iguni yageen eyna ves behuny kama vaani

  9. cute handi

    zubeyru aa riumaan ge gulhun knmeves gothakun ayyaadh ge dad ah engeny e…..aslu hageegai neygi….hageegathuge ehbai e engeynee ayyaadh ge dad ah….. dhw?

  10. queen

    Aazim ? did he?? nooooooo ??
    kihine vaani dhen. ahh this is so intense and interesting! avas avas dhen vaani kihine! Layaa thi hama ? love you ❤️❤️

  11. Pooh bear

    wow. this story is awesome.

  12. shaai

    Mey mahchah aiy huras kurumakee kobaatha…varah beynun kuraa words kolheh a meega..

    1. layaal
      shaai

      That is hashan badhe eh nun mihen hurelaafa. not namaadha hashan banna hen. dhen e word egotha use kuran nugulheythy mey macha dhe ai huras kohlee ey liyelee. ?

  13. zin

    riumaan ge bappa riuman eyru vihkaalee azim ah dho

  14. niyaaa

    So much drama! love it! Layaa ge vaahaka gai abadhuves varah twist tha gina vaane. vaah shaugu veri. ❤️❤️ next part kiyaa hithun keh madhu vefa mi huri.

  15. maaza

    alhey azim ah kn kameh tha.. riuman ge past ga vefa oiy kamakun riuman dheke rulhi ahnanyy keehkuran eyga riuman ge kusheh neh dhw.. knme kujjakah main bafain ge loabeh nulibeyne dhw.. azim ge dharin bodethi vefa athibyy amyhun ah ngeyne dhw hevaa nubai.. adhi vakin haasa kn ayaadh ah..

    azim ah riuman ge hageehgah ngenyy dhw…

  16. suhana

    Ey aazim faadu faadu ge vaahaak nudhkaa! meena kee kohegn tha mi ulheni. Ayaadh dhuru nukuru vaathi Riuman a. layaal kihine mi vani alheyy.. varah reethi igey

  17. faraa

    Masha allah. Layaal varah salhi hama vaahaa kuri ah dhaa goi. furathama liyuni vaahaka ah vure ves furihama. Sifakurun hama varah furihama ehence layage vaahak kiyaa hiy vani ves ??

  18. Axeenalily

    Aslu anhen kujjaga hageegaiy igenee dhowwww

  19. lolly

    wow! varah salhi.

  20. Aish

    Varah reethi ??

  21. kiyaa

    Aww…so nice..haadha lahun ney up kury..Btw when next part..waiting ??

  22. Faathee

    Khonme gothe viyas ayyadh n Riumaan vaane gulhuvan.

  23. Riu

    Alhe mi story ga ulhey ayyadh mashah libey nama

  24. i_far

    Azim ves emanje aa gulhun hingaafa dhoa miothee. Boa haas.pis pis pis

  25. malaa

    oh man! aazim ves. ayyaad ah igunima nikan foari hunaane

  26. Mary

    May b gulhun nuhingiyas xubeyruge faraathun offer eh aisgen hagygai ingeythy nattafa kanneyge dhwww..pis pis. Dhn dhww

  27. maih

    Vrhh reethi
    Bt maa kury up khllaafa invaru

  28. Saaaaaan

    Alhe ayyad aa Riumaan aa gulhu vahchey ehennuny hadivaane . Riumaan men fageer veema dhw e ee

  29. Aan

    vv salhi

  30. sonaalee

    Next prt kon irakun

  31. Mary

    Konmves Gothakun Ingeyni…Ey Meehun Fagreeru Kamun ..Zubair Faraathun Azim Offer ayima Heekury Rihuma Eyi Ekahala Kunjjein Kaman

  32. Eleesha

    Kyvve tha ayyaadh kahala reethi meehun aslah nulhenee.. He is soo damn hot ?????? layaa story is awsum

  33. Ely

    May be Azim knows about Riuman ge past ga hingi kanthah!!
    but still riumaan and ayyadh gulhuvachey.. i dont like Laiba and ayyadh… cant wait for the nxt part..

  34. Layaa

    Ehen meehehge faraathun hageegai egumuge kurin riumaan amilla ah hageegai kiyaa dheh chey plz?

  35. Liu

    Asl ma firi soraa v vahtharu ayyaadhuge sifathah????

  36. layaal

    Thank you all so much for the lovely comments ?
    next part will be updated tonight.

    1. wasee
      layaal

      kobaatha 19 january ga update kuran buni bai vanhanaa vaahakaige 19 vana part mihaaru eyge fahun 2days mioht dhiyaee

  37. Snow flake

    Alheyyyy So beautiful. A Amazing Story ingey Layaa. Tbh I haven’t Read Such A Nice storyy Next part mireyy dho… Yayyyy cant wait for it.???
    This Story is Incredible The Best ever.
    Layaa Thee Always My Fav.?
    Your the besttttttttt Writer.?
    Love youuuuu?
    My best Wishes Alwaysss With yuh.!✨
    Okayy Bye Take care. ???

  38. Snow flake

    Awesome.?

  39. Yax

    ?????
    Aazim i will kill you if you say any thing about riu again??,?
    Layaa nuvaane riu ah dhera gotheh hadhaigeneh!!!plz plz plz nahadhah chey,??

  40. Faathee

    Waiting

  41. Snow flake

    Waiting for the next Part. Layaa Loabyyy Avahah Upload Kohlaba.??????

  42. Snow flake

    Aazim Kon vareh Tha e aruvanee? Koacheh Hithah Arain Riumaan Aa Ahyaadh Ge Dhemedhah E vahnanee. Ehenyaa, Rulhi ais Raivefa Vihya E innani. Kommes kameh Veema Dho. Anehkaa Zubeyru Aa Aazim Mahsala Eh jehunee dho. Zubeyru ves Azim ge name kiyaa irah Faadakah nu e innani. Dhen Hama Aazim ves egothah. Zubeyru ge Mududhaaru kan ingunee thoawche. Bayyeh Zubeyru kanthakey mee hus.

  43. maih

    Waitng fr da nxt prt?

Comments are closed.