Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިދެހިތް ވާތީ ( ފުރަތަމަ ބައި )

Eyeminath Level 1
January 18, 2017 6 Mins Read
7 Comments

މުޅި މާހައުލުގައިވަނީ ތެތް ފިނިކަމެވެ. ހަވީރު ވެހެންފެށި ވާރޭ މެދުކެނޑުނީ އިރުއޮއްސި އަދިރިވީފަހުންނެވެ. ތަރިތަކުގެ ބެބުޅުންތަކުން ދިއްލައިފައިވާ އުޑުމަތި ބައްދައިލައިފައިވަނީ ކަޅު ވިލާތަކުންނެވެ. ޖެހިލާ ރޯޅިތައް ގައިގައި ބީހިލުމާއެކު ދެދަތްޕިލާވެސް ގުޑުގުޑުއަޅައިގެންދެއެވެ. ރައްޓެހިންނާއެކު ލިއަމްގެ ކައިވެނި ޕާޓީ ނިންމާލުމަށްފަހު  އަކްމަލްއަށް ގެއަށް އާދެވުނު އިރު މެންދަމުން އަލިވެ ދޭއްޖަހައިފިއެވެ. ސައިކަލުގެ ހަން ފަޅައިގެން ދިއުމުގެ ސަބަބުން އަކްމަލްއަށް ގެއަށް އަންނަން ޖެހުނީވެސް ފައިމަގުގައެވެ. އެ ދަންވަރު ހަން ބަދަލު ނުކުރެވޭނޭކަން އެނގޭތީއެވެ. ހިމޭން ފިޔަވަޅުތަކެއް އަޅަމުން ގޭގެ ދޮރާށިން ވަންނަންވެގެން ފުރަތަމަ އެޅި ފިޔަވަޅާއެކު އަކްމަލްއަށް ހުއްޓެވުނެވެ.

ގެއާ ހިސާބަށް މަޑުކޮށްލި ކާރުގެ ދޮރުހުޅުވާލައިފައި ބޭރަށް ނިކުތް އަންހެން ކުއްޖާ ފެނިފައި އަކްމަލްގެ ހަރަކާތް ހުއްޓުނެވެ. ގަޔަށް ދޫކޮށް ލާފައި ހުރި ކަޅު ކުލައިގެ ބޮޑު ހެދުމެއްގައި އެއަންހެން ކުއްޖާގެ  އެ ރިީތި މޫނު ފެނިފައި އަކްމަލްގެ ތަލިން ކުޅު ހިކުނެވެ. އެއީ ވަރަށް ފުރިހަމަ އެހާމެ ރީތި އަންހެން ކުއްޖެކެވެ. އޭނާގެ ފައިން ފެށިގެން ބޮލާހަމައަށް އަކްމަލްއަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ލައިގެން ހުރި ހެދުން ފިޔަވާ އަކްމަލްއަށް އެ އަންހެންކުއްޖާގެ ކަމުނުދާ އެއްވެސް ސިފައެއް ނެތެވެ. މަޑު ހިނގުމެއްގައި އެ އަންހެން ކުއްޖާ ދިޔައީ އަކްމަލްއަށް ލޯ އަޅާލަމުންނެވެ. އަކްމަލްގެ ގާތަށް ހިނިއައެވެ. އެ އަންހެން ކުއްޖާގެ ފަސްފަހަތުން އަކްމަލް ހިނގައިގަތެވެ. ބާރުބާރަށް ހިނގާފައި ދިޔަ އެއަންހެން ކުއްޖާ ލިފްޓަށް އެރުމަށްފަހު އަވަސް އަވަހަށް ދޮރު ލެއްޕޭތޯ އުޅުނެވެ.  އަކްމަލް ހިނިގަނޑެއް ޖަހާލުމަށްފަހު ލެއްޕެމުން ދިޔަ ލިފްޓް ތެރެއަށް ދެމިގަތެވެ.

” ހާދަ ބިރުން. މަމީ އަރާ ކާ އެއްޗެއްތަ. ރިލެކްސް. ” އަކްމަލް ނުލަފާ ވައްތަރަކަށް ހެމުން ބުނެލިއެވެ. އޭނާއަށް ބެލެނީ އެ ރީތި އަންހެން ކުއްޖާގެ މޫނަށެވެ. ރުޅިއައިސް ރަތްވެފައި ހުރި އެ އަންހެން ކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްވުމާއި ކަންބޮޑުވުމެވެ. ތިންވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމާއެކު އެ އަންހެން ކުއްޖާ އަވަސްއަވަހަށް އޭނާގެ އެޕާރޓްމަންޓްގެ ދޮރުގެ ބެލް އަޅާލީ  ފަހަތުގައި އޭނާގެ ހަރަކާތައް ބަލަންހުރި އަކްމަލްއަށް ލޯއަޅާލަމުންނެވެ.

” ސާބަސް ނިޝާ. ތިވަރަށް ބެލް ނުޖެހިއްޔާ ނުވޭތަ. ދޮންތަ ކޮންއިރެއް ނިޝާ އާދޭތޯ ހުންނަތާ. ހާދަ ލަސްވީ؟ ”  ދޮރުމަތީގައި ހުރި ނިޝާ ފެނިފައި  ނިއުމާ ކުދި ކިޔައިގަތެވެ. ލިފްޓް ގޮޅި ކައިރީ މަޑުކޮށްލައިގެން ހުރި އަކްމަލްއަށް ވަރަށް ސާފުކޮށް އެއަޑު އިވުނެވެ. ނިޝާ އަވަސް އަވަހަށް ދޮރު ލެއްޕިއެވެ.

” ނިޝާ… ވާއު… ނަމާ އެއްވަރަށް ކުއްޖާވެސް ރީތި… އެކަމަކު ނޮޓް މައި ޓައިޕް…ބަޓް ގަޔާވާ ގޮތެއް ހުރޭ…. އައި ލަވް ހާރ އައިސް…”  އަމިއްލަ ހިތާ ވާހަކަދައްކަމުން އަކްމަލް ބޯކަހާލަމުން އޭނާގެ އެޕާރޓްމަންޓަށް ގޮސް ވަނެވެ.

 

ދޮރު ލައްޕާލެވުމާއެކު ނިޝާ ފުން ނޭވާއެއްލިއެވެ. ހީވަނީ ބޮޑު ބިރަކުން ސަލާމަތް ވެވުނު ހެނެވެ.

“މިރޭ ތިއްތަ ޑިއުޓީ ނިންމާލާފައި އައީ ވަރަށް ލަސްވީފަހުން. އަނެއްކާ ކަނޑުވެސް އެހާ ގަދަ. އެހެންވެ ލަސްވީ. ވަރަށް ޓަޔަޑް މިރޭ. ޝިއައްކޮ ހާދަ ހަލަންޏޭ. ކިރިޔާ ހިފަހައްޓާލެވެނީ.  ނިދަން ދަނީ އިނގޭ ދޮންތީ” އަޅައިގެން ހުރި ބުރުގަލުގެ ދަތިތައް ނައްޓަމުން ނިޝާ ކޮޓަރިއަށް ވަނެވެ. ނިއުމާވެސް ދޮރު ރަނގަޅަށް ތަޅުލެވުނުތޯ ބަލާލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނެވެ. ތިން ކޮޓަރީގެ މި އެޕާރޓްމެންޓަށް ނިއުމާމެން ބަދަލުވިތާ އަދި މިވީ އެންމެ ހަފްތާއެކެވެ. ކުޑަކުޑަ ތަނަވަސް އާއިލާއެކެވެ. ދެމަފިރިންނަށް ލިބިފައިވާ ތިން ކުދިންގެ އިތުރުން ހުންނަނީ ނިޝާއެވެ. ނިޝާގެ އުމުރުން ފަސް އަހަރުގައި މަންމަ ނިޔާވީއްސުރެ ބަލާ ބޮޑުކުރަމުން އައީ އޭނާގެ ދޮންތައެވެ.

އެދުގައި ދެއަތައް ފުރޮޅިލާ ފުރޮޅިލާ ނިޝާއަށް އޮވެވުނީ ނިދަން އުނދަގޫވެގެނެވެ. ކިތަންމެ ވަރުބަލި ވެފައި ވީނަމަވެސް ނިޝާ އަކަށް ނުނިދުނެވެ. މިރޭ އޭނާގެ ނިދިވެސް ވަނީ އޭނާއާ ރުޅި ހަދާފައެވެ. ވާނީވެސް އެހެންތާއެވެ. ދެލޯ މަރާލާއިރަށް އޭނާއަށް ސިފަވަނީ ފާރު ކައިރީ ލެގިލައިގެންހުރެ އޭނާއަށް ބަލަމުން ދިޔަ އެ ރީތި ޒުވާނާގެ ސޫރައެވެ.   ނިޝާއާ ދިމާލަށް ބަލަންހުރި އެ ޒުވާނާގެ ކޮންމެ ހަރަކާތަކުން އޭނާގެ ހިތް މަޑުމަޑުން ތެޅިލިއެވެ. އެހާ ސިއްރުން ފޮރުވައިގެން ގެންގުޅުނު އޭނާގެ ހިތުގައި މީހަކު  މިރޭ އެދިޔައީ ކޮއްޓާލާފައެވެ. ގައިމުވެސް މިއަދު އެހިތައް  އަސަރު ކޮށްފިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ނުވެސް ދަންނަ މީހަކާމެދު މިހާވަރަށް ހިޔާލު މިކުރެވެނީ ކީއްވެގެންހެއްޔެވެ؟ އޭނާގެ އެ ބަލާލުން އެހާ ތޫނީ ކީއްވެގެން ހެއްޔެވެ؟

ނިޝާ އެނދުން ތެދުވިއެވެ. ލޯގަނޑު ކުރިމަތީ ހުއްޓިލައިގެންހުރެ އަމިއްލަ ސޫރަޔަށް ރަނގަޅަށް ބަލާލިއެވެ. އެހިނދު އޭނާގެ ތުންފަތުގައި މަޑު މަޑު ހިނިތުންވުމެއް ކުޅެލިއެވެ. މިއީ އޭނައަށް ކުރެވޭ މުޅިން އައު އިޙްސާސްތަކެކެވެ. ހިތަށް ސިފަކުރެވެމުން ދިޔަ މަންޒަރުތަކުން ނިޝާގެ ކޯތާފަތް ރަތްވަމުން ދިޔައެވެ. އޭނާއަށް ހީވަނީ އަދިވެސް އެ ޒުވާނާ އޭނާއާ ދިމާލަށް ބަލާހެނެވެ. އެ ޒުވާނާގެ ކުރިމަތީގައި އޭނާ ރުޅި މޫނު ދެއްކީ  އޭނާގެ އަމިއްލަ އިހުސާސްތައް ފޮރުވުމުގެ ބޭނުމުގައެވެ. ނަމަވެސް އެ ޒުވާނާއަށް  ސަދަގާތެއްގެ ގޮތުގައި ބދަލު ކުރެވޭ ހިނިތުންވުންްވެސް ރައްދު ނުކޮށްދެވުނީތީ ނިޝާ ދެރަވިއެވެ. އޭނާ ހީކުރާނީ ކީކޭ ހެއްޔެވެ؟ ހާސްވެ ކަންބޮޑުވީވަރުން ނިޝާއަށް ކޮޓަރިތެރޭ ދެކޮޅަށް ހިނގާލެވުނެވެ. އޭނާއަށް ނިދުނީ އެ ހާސްކަންމަތީ ފިކުރު ކުރަން އޮއްވައެވެ.

 

އަނެއް ދުވަހު ހެނދުނު ހެނދުނާ ވަޒީފާއަށް ނިކުންނަށް ނިޝާއަށް ނުކުމެވުނީ ތެޅެމުން ފޮޅެމުންނެވެ. ރޭގަނޑުގެ ނިދި ނުލިބުމުގެ ސަބަބުން ފަތިސް ނަމާދު ކޮށްލައިގެން ނިޝާއަށް ނިދުނީތީ ގަޑި ޖެހުނީއެވެ. އަތްދަބަސް ހިފައިގެން ނިޝާއަށް ތިރިއަށް ފޭބުނުއިރު އޭނާގެ އިންތިޒާރުގައި ޝިޔާން އިނެވެ.

” ދޮންތަބޭ. މިއަދު އަޅުގަނޑުގެ ދުވަސް ދާނެ. މިހާރުވެސް ގަޑި ޖެހިއްޖެ. ވަރެއްގެ ބޮސް އެއް ހުންނަނީވެސް. ” ސައިކަލުގެ ފަހަތު ސީޓްގައި ނިޝާ އަވަސް އަވަހަށް އިށީނެވެ. އެވަގުތު އޭނާގެ ލޮލުގައި ސައިކަލެއްމަތީ ހެވިފައި އޭނާއާ ދިމާލަށް ބަލަން އިން އަކްމަލް އަޅައިގަތެވެ. ނިޝާ އަވަސް އަވަހަށް އިސް ޖަހާލިއެވެ.

ނިޝާ ވިލާން ހޮޓެލްސްގައި ރިސެޕްސަނިސްޓެއްގެ ވަޒީފާ އަދާ ކުރާތާ  ދެ އަހަރު ވީ އިރުވެސް ދުވަހަކުވެސް ގަޑި ޖެހިފައެއް ނުވެއެވެ. އެހެނަސް އެތަނުގެ ވެރިޔާ ލޫތް  އެހެން މުވައްޒަފުންނާ މުހާތަބްކުރާ ހަރުކަށިކަން ނިޝާއަށް ވަނީ ފެނިފައެވެ. ބިރުން ހުރެ ނިޝާ މަޑު ފިޔަވަޅުތަކެއް އަޅަމުން އޭނާ ވަޒީފާ އަދާ ކުރާ ބަޔަށް ވަނެވެ. އަވަސް އަވަހަށް ކާޑު ޖެހުމަށްފަހު އޭނާ ހަމަޔަކަށް އެޅިލިއެވެ. ހެނދުނުގެ ނާސްތާ ނުކޮށް އަންނަން ޖެހުމުން މެންދުރު ވީއިރު  ނިޝާ ހުރީ ވަރަށް ބަނޑުހައިވެފައެވެ. ބްރޭކް ގަޑި ޖެހުމުން ހަނާއަށް ގުޅާލައިފައި އޭނާވެސް ބަޑު ހައިވެފައި ހުރުމުން ދިޔައީ ކެންޓީނަށެވެ.  ހަނާ މާކުރީއްސުރެ ގޮސް އޭނާގެ އިންތިޒާރުގައި މޭޒެއްގެ ދޮށުގައި އިނެވެ. ފޯނުގެ ކީޕެޑާ ކުޅެމުން ހިނގަ ހިނގާ ހުރެފައި އިސް އުފުލާލިވަގުތު ހަނާ އިން މޭޒާ ޖެހިގެން ހުރި މޭޒުކައިރީ އިން ޒުވާނާ ފެނިފައި ނިޝާގެ ހިނގުމަށް ލަސްކަމެއް އައެވެ. އެއީ ހަމަ އެ ޒުވާނާއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވި ކަހަލައެވެ. ކަޅި ޖަހާނުލާ ބަލަމުން ގޮސް ނިޝާ ހަނާގެ ކައިރީގައި އެ ޒުވާނާގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. އެ ޒުވާނާ ނިޝާއާ ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. ނިޝާ އިސް ޖަހާލިއެވެ. ކާއެއްޗެއްސައް އިންސާފު ކުރަމުން ދިޔައިރު ނިޝާއަށް އިރު އިރުކޮޅުން އެ ޒުވާނާއަށް ބަލާލެވެއެވެ.

މަޑުފެހިކުލައިގެ އަތްދިގު ގަމީހަކާއި ފަޓްލޫނުގައި އެޒުވާނާ ފެންނަލެއް ވަރަށް ހިތްގައިމެވެ. ބައިމަތި ފުޅާވެފައި ލިބިފައިހުރި ކަސްރަތީ ހަށިގަނޑެކެވެ. ފަން އިސްތަށިގަނޑު ނިއްކުރި މައްޗަށް ފައިބާފައި އޮންނަ އިރު އިތުރަށް ރީތި ކަމަށް ދައްކައެވެ. ގަމީހުގެ ދެއަތް އުޅަބޮށްޓާއި ހަމައަށް އޮޅައިލައިފައި އޮތުމުން އޭނާގެ ވަރުގަދަ މުލައްދަނޑީގައި އެންމެ ރީތި ވަރަށް ފަޅާފައިވާ ލޯލިތައް އެއަތުގެ ފިރިހެންވަންތަކަން ހާމަކޮށްދެއެވެ.

” ހާއި. މިތާ އިށީނަސް އޯކޭތަ. އަސްލު މި ކުއްޖާއާ ޓޯލްކް ކޮށްލަން ވެގެން. ”

ނިޝާ ސިހުނީ އެ ޒުވާނާ އެއްވެސް ޖެހިލުމެއްނެތި އޭނާއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލި ޖުމްލައިންނެވެ. ހާސްވެފައި އޭނާއަށް ބަލައިލެވުނީ ހަނާއަށެވެ. ހަނާ ވަރަށް އަދަބުވެރިކަމާއެކު ‘އޮފްކޯޒް ސާރ’ އޭ  ބުނެލަމުން އެތަނުން ތެދުވެ ހިނގައިގަތެވެ. ނިޝާ ވެސް ތެދުވަން އުޅުނެވެ.

” މަޑުކޮށްލަ ދީބަލަ. އަހަރެން ކައެއް ނުލާނަމޭ ” ވަރަށް ހިނި އައިސްފައި އެ ޒުވާނާ އެހެން ބުނުމުން ނިޝާ އިށީނެވެ. މާޙައުލުގެ ގޮތުންނެވެ. އޭރު ނިޝާގެ ހިތް އަވަސް ވަމުން ދިޔައެވެ.

” ނިޝާއަށް އަހަރެން ނޭގިދާނެ. އަހަންނަށް ކިޔަނީ އަކްމަލް. ވަރަށް ފަހުން އޮފީހަށް ޖޮއިން ވީ. މީ އަސްލު ކަޒިން އެއްގެ ތަނެއް. ” ދައްކާނެ ވާހަކައެއް ނޭނގިފައި އިނދެ އަކްމަލް ވާހަކައެއް ފެށޭތޯ މަަސައްކަތް ފެށިއެވެ. ނިޝާ ހާސްވެފައި އަކްމަލްގެ ވާހަކަތައް އަޑު އަހަމުންދިޔައެވެ. އެއީ އޭނާ ވަޒީފާ އަދާ ކުރާ ތަނުގެ ވެރިޔާގެ ތިމާގެކުއްޖެއްކަން އެނގުމުން ވަކިން ބޮޑަށް ހާސްވިއެވެ.

އަކްމަލް އިނީ ނިޝާ އަގައިން ބުނޭތޯއެވެ. އެހެނަސް ނިޝާ އިސްޖެހި ގޮތައް އިސްއުފުލާ އޭނައާ ދިމާލަށް ބަލާވެސް ނުލިއެވެ. އެގޮތައް ހިމޭން ކަމާއެކީ އިންނާތީ އަކްމަލްއަށް އުދަގޫވާންފެށިއެވެ. ދެންެ އަކްމަލް ބުނި އެއްޗަކުން ނިޝާއަށް ހައިރާންވެގެން އިސްއުފުލާ އޭނާއާ ދިމާލަށް ބަލާލެވުނެވެ.

” ވެއިޓަރ. ގެނެސްދީބަލަ ލޮނު ފުޅި. އަހަރެން ބޭނުން ކޮފީތައްޓަށް ލޮނު ކޮޅެއް އަޅަން. ”

އެވަގުތު އެތާ ތިބި އެންމެންވެސް އަކްމަލްއާ ދިމާލަށް ބަލައިލީ ހައިރާންވެ ހުރެއެވެ. އަކްމަލްގެ މޫނު ރަތްވެގެން ދިޔައެވެ. އެވަގުތު ވެއިޓަރ ގެނެސްދިން ލޮނު ފުޅިން އަކްމަލް ކޮފީތައްޓަށް ލޮނު އެޅުމަށްފަހު ކޯވަރެއް ބޯލިއެވެ. ނިޝާއަށް އަނގަ މަތީ އަތް އެޅުނެވެ. ދެންވެސް ކޮފީ ބޯން ތަށީގައި ތުން ޖެހިތަނާ އަކްމަލް ކޮށިއެރިއެވެ.  ނިޝާ އަވަސް އަވަހަށް އަކްމަލްއަށް ފެން ތަށި ދިއްކޮށްލިއެވެ. އޭރު އަކްމަލްގެ ލޮލުން ފެންއައިސްފައި ހުއްޓެވެ. ނިޝާގެ ހިނިގަނޑު ފަޅައިގެން ދިޔައީދެނެވެ.

” މާތް ކަލާކޯ! ތީ ކޮންކަހަލަ އިންސާނެއް. އަޅުގަނޑު އަޑުއަހަނީ މީހުން ކޮފީއަށް ހަކުރު އަޅާވާހަކަ. އެކަމް ތިބޭފުޅާ އަޅުއްވަނީ ލޮނުތޯ.. ”

” ނިޝާ ކަހަލަ ކުއްޖަކު ހެއްވާލުމަށް މިވެސް ގޮތެއްނު. އަދި ކިރިޔާއޭ ހީލާތަން މި ފެނުނީ.  އަބަދުވެސް ތިގޮތަށް ހެވިފައި ހުރެބަލަ. ވަރަށް ލޯބި ތި ހިނިތުންވުން.. ”

ނިޝާ ރަކިވިއެވެ. ލަދުގަތްވަރުން އޭނާގެ މޫނުމަތިންވެސް އެކަން ފާޅުވާންފެށިއެވެ. އަވަސް އަވަހަށް ނިޝާ އެތަނުން ތެދުވެގެން ދާން ހިނގައިގަތީ  މަސައްކަތް ބަހަނާއަކަށް ހަދާފައެވެ.

ޑިއުޓީ ނިންމާލައިފައި ނިޝާ ބޭރަށް ނިކުންނަން ދަނިކޮށް ފޯން އައެވެ. އޭނާގެ މޯބައިލަށް ޖަވާބް ދިނުމުން އަކްމަލްގެ އަޑު ކަންފަތުގައި ޖެހުމުން އޭނާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ.

” ކިހިނެތް އަޅުގަނޑުގެ ނަންބަރު އެނގުނީ ؟ ” އަކްމަލަށް އެއްޗެއް ބުނެވުމުގެ ކުރިން ނިޝާ ކޮށްލީ ސުވާލެކެވެ. އެއީ މޮޔަ ސުވާލެއްކަން އޭނާއަށް ވިސްނުނީ މާ ފަހުންނެވެ. އެއްތަނެއްގައި މަސައްކަތްކުރަންޏާ އަކްމަލަށްވެސް ނަންބަރު ހޯދޭނެ ގޮތްގޮތް ހުންނާނެ ނޫން ހެއްޔެވެ. އަކްމަލް މަސައްކަތް ކުރަމުން ދިޔައީ ނިޝާއާ ގާތް  ގުޅުމެއް ބޭއްވެވޭތޯއެވެ. ނިޝާ ފެނުނީއްސުރެ އޭނާގެ ހިތް އެކަމަށް މަޖްބޫރު ކުރުވަމުން ދަނީއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާ އެވަނީ ލޯބީގެ ޖަޒުބާތުން ފޯވެ، ނިކަމެތި އަންހެން ކުއްޖެއްގެ ކުރިމަތީގައި ހިތްވަރު ދެރަވެފައެވެ. ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނީއްސުރެ އޭނާ ގަޔާވަނީ ޒަމާނީ ފެޝަނަށް އުޅޭ ކުދިންނާއެވެ. އެހެނަސް ނިޝާ މުޅިން ތަފާތެވެ. ބޮޑު ފޮތި ގަނޑަކުން ނިވާވެގެން ހުންނައިރުވެސް އަކްމަލަށް ނިޝާ ފެންނަނީ ރީތި ކަމުގެ ލާމަސީލު ނަމޫނާއެއްގެ ގޮތުގައެެވެ. ހުދު އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން ކުރި މަސައްކަތްވެސް ވަނީ ބޭކާރުވެފައެވެ.

އޭގެފަހުން ފައިތުވާ ކޮންމެ ދުވަހަކުވެސް އެއްފަހަރަށްވުރެން ގިނައިން އަކްމަލް ނިޝާއާ އެކި ގޮތްގޮތުން ވާހަކަ ދައްކަމުން ގުޅުން ބަދަހި ކުރަމުން ދިޔައެވެ.  ދެހިތުގައިވެސް ޖަހަމުންދިޔައީ އެއްވިންދެކެވެ. އަކްމަލް އެކި ގޮތްގޮތުން ނިޝާއަށް އޭނަދެކެ ލޯބިވާ ކަމުގައި އަންގައިދެމުން ދިޔައެވެ. ނިޝާގެ ކޮންމެ އަދާއެއް އަކްމަލަށް ކަމުދެއެވެ.

” އަހަންނަށް ނިޝާ ދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބި ވެވިއްޖެ. އަހަރެން ބޭނުން ނިޝާ އަހަރެންގެ މީހަކަށް ހަދަން. ” އާދޭހުގެ ރާގެއްގައި އަކްމަލް ނިޝާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. ނިޝާ ލަދުގަތްވަރުން އެ ދޮން ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ. އެހެނަސް ކުއްލިއަކަށް އަކްމަލްގެ އަތު ތެރޭގައިވާ އޭނާގެ އަތްތިލަ ދަމައިގަންނަމުން ދުއްވައިގަތީ ނޫނެކޭ ބުނަމުންނެވެ.

ނިޝާވެސް އަކްމަލްދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެނަސް އޭނާ އެ ލޯބި ގަބޫލުކުރަން ބިރު ގަންނަނީއެވެ. ނިޝާގެ ލޮލުން އަކްމަލަށްޓަކައި ވި ލޯބި ކިތަންމެ ރީޢްޗަކަށްވެސް އަކްމަލް ދުއްޓެވެ. ދެން ނިޝާ ނޫނެކެ ބުނަންވީ ކީއްވެހެއްޔެވެ؟ ދެމީހުންވެސް އެކަކު އަނެކަކު ދެކެ ބޭއިންތިހާ ލޯބިވެއެވެ. އަކްމަލް ސަބަބު އެނގެން ބޭނުން ވިއެވެ.

” އަހަންނަށް އެނގޭ ނިޝާ އަހަރެންދެކެ ވަރަށް ލޯބިވާކަން. ތި ދެލޯ އެކަމަށް ހެކި ދޭއިރު ނިޝާގެ ދުލުން ނޫނެކޭ ބުނަންޖެހޭ ސަބަބު އަހަރެން އެނގެން ބޭނުން. އަހަރެން ކަމުނުދަނީތަ. އުޅުން ގޯހީތަ. ނިޝާ އާ ދިމާވުމަށްފަހު އަހަރެންގެ އުޅުންވެސް މުޅިން ބަދަލު ކޮށްލީ. ދެން ކީއްވެ ގޯސްވާންވީ. އަހަންނަކަށް ނުވިސްނޭ ނިޝާ ނޫނެކޭ ބުނަން ޖެހޭ ސަބަބެއް. ބުނެބަލަ. އަހަރެން އެނގެން ބޭނުމޭ.  އަހަރެންގެ ކޮން ސިފައެއް ރަނގަޅު ކުރަންވީ. އައި ކާންޓް ލޫސް ޔޫ. ޓެލް މީ. ”

ނިޝާ ހުރީ އިސްދަށަށް ޖަހާލި ގޮތަށެވެ. ހަގީގަތުގައި ނިޝާއަށް ވަރަށް ފުން އަސަރުތަކެއް ކޮށް އޭނާގެ ލޮލުން ކަރުނަަަތައް ފައިބަމުން ދިޔައެވެ.

” އަހަރެން ލޯބި ވީކީ ނޫން. އަހަންނަށް ލޯބި ވެވުނީ. އަހަންނަކީ އަކޫ ތި ހީކުރާކަހަލަ ކުއްޖެއްނޫން. އަހަރެން ވަރަށް ލޯބިވޭ އަކޫ ދެކެ. އެކަމަކު އަހަންނަށް ޔަގީން ……އަހަރެންގެ ހަގީގަތް އެނގުމުން އަކޫ އަހަރެން ބޭނުމެއް ނުވާނެކަން…”  ރޮވިފައިހުރެ ނިޝާ ޖަވާބުދިނެވެ.

” ނިޝާގެ ކޮން ހަގީގަތެއް. އަހަންނަށް ނޭނގެނީ ކޯއްޗެއް. އަހަރެން ވަރަށް ރަނގަޅަށް ނިޝާ ދަސްކޮށްފިން. ތީ އެހެން އަންހެންކުދިންނާ މުޅިން ތަފާތު ކުއްޖެއް. އަޙްލާގު ރަނގަޅު ދީނީ ކަންކަމަށް ލޯބި ކުރާ ކުއްޖެއް. ގެވެހި ކުއްޖެއް. ހިތްތިރި މަޑުމައިތިރި ކުއްޖެއް. ދެން ކޮންކަމެއް. އަހަންނަށް ޔަގީން ނިޝާ އެއްވެސް ގޯސް ކަމެއް ކޮށްފަ ނޮންނާނެކަން.” ނިޝާގެ ހިމޭންކަން އަކްމަލްއަށް އުނދަގުލަކަށް ވިއެވެ. ހިންދިރުވާލުމަށްފަހު ނިޝާ އަކްމަލްގެ އަތުގައި ހިފާލަމުން ހަގީގަތް ހާމަ ކުރިއެވެ.

” އަކޫ… އަހަރެންނަކީ މީހެއްގެ ވަކިތަކުގެ ޝިކާރައަކަށް ވެފައިވި ކުއްޖެއް…. އެ އިންސާނާ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީ އަހަރެންގެ އުމުރުން އެންމެ ދިހަ އަހަރުގައި…. އަކޫ އަހަންނަކީ… އިއްފަތްތެރިކުއްޖެއް ނޫން….” ގިސްލަ ގިސްލާފައި ނިޝާ އެބުނި ވާހަކަޔަކުން އަކްމަލަށް ހީވީ އޭނާގެ ހިތަށް މީހަކު އަރާ ފިއްތާލިހެނެވެ. ނިޝާގެ އަތު ތެރޭގައިވާ އޭނާގެ އަތްތިލަ ދަމައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. އަކްމަލްގެ އެ އަމަލުން ނިޝާގެ  ހިތް ހީވީ ތޮރުފާލިހެނެވެ. އަކްމަލް އޭނާ ބަލައެއް ނުގަންނާނޭކަން މާކުރިންވެސް އޭނާއަށް ހީވެފައިވާކަހަލައެވެ.  އޭނާ ދުށް ރީތި ހުވަފެންތައް ވިއްސި ވިހާލިވީއެވެ. ލިބުނު އެންމެ ބޮޑު އުފާވެރިކަން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހިތާމަޔަށް ބަދަލުވީއެވެ. ކުރި ހުރިހާ އުއްމީދެއް ފުނޑު ފުނޑުވީއެވެ.  ހަރަކާތް ހުއްޓިފައި ހުރި އަކްމަލަށް ބަލާލަމުން ނިޝާ މޫނުމަތީ ދެއަތް އަޅައިގެންހުރެ ބާރަށް ރޯންފެށިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Eyeminath

Level 1

Other Articles

Previous

ވީލޯބިން ( ފަހުބައި)

Next

ހިތު ވިންދު

Next
January 18, 2017

ހިތު ވިންދު

Previews
January 18, 2017

ވީލޯބިން ( ފަހުބައި)

7 Comments!

  1. Khajja says:
    January 19, 2017 at 2:58 am

    Masha allah v furihama n kommedhuvahaku up kolladhechchey pls n waitin 4 nxt part

  2. ur fan says:
    January 19, 2017 at 10:16 am

    nice…..when next part?

  3. Maasha says:
    January 19, 2017 at 10:57 am

    Ehves reehcheh nun.. Vaanuva neyngey story eh.. Dhen liyuntheriya ehen myhunah vegen ehchis kiyaa comment kuraanyky nun.. Amihla id in vadhe nikan ehcheh bunebala dhw knme liyuntheri ehves..

  4. Maasha says:
    January 19, 2017 at 11:00 am

    Vahaka fesheny akmal ey kiyaafa, ekam vaki hisaabakah anhen kuhjaage vahaka ehge gothuga othy.. Hama eh nujehey hama ehgothakahves.. Anehka avahey hithaa vilehves

  5. afyyyy says:
    January 19, 2017 at 2:32 pm

    Thimaa aa dimaakoh hadaa adi haahsakoh hiley firihenahakah rahdu kuraa hinithun vumaky sadaqaatheg noon.. liyuntheriyaaage mauloomathah takaa bnely mi

  6. Eyeminath says:
    January 19, 2017 at 7:29 pm

    Sorry. Affy thibuny rangalhah. Mi story mee alhugandu enmme reyakun liyefa inn story eh veema ekahala mistakes fenun ekasheegenvey. Mives hama dhivehi fm ge edhilehvumakah alhugandu liyunu story eh. Vaahaka kiyuhveethee shukuriyya.

  7. Hammu says:
    January 20, 2017 at 3:48 am

    Aslu vr reethi.. 2 vana bai libey varu vaany kihaa dhuvaheh fahun…

Comments are closed.



All Right Reserved!