Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ނަވަތިރީސްވަނަ ބައި)

Jana
February 1, 2017
6 Mins Read
66 Views
28 Comments

“ވިސާމް ރުހޭނެތަ އަހަރެން އެގޮތަށް އެހެންމީހަކާ ސަލާންކުރަން؟” ޝަފަޤް ދެންވެސް އަހާލިއެވެ. އެއަށް ވިސާމަށް ބޯހޫރުވާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާނުލައެވެ. ބޯ ހޫރުވާލެވުނު ގޮތާއިމެދު ވެސް އޭނަ ޙައިރާންވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ ޝަފަޤްގެ “ބޯދާ” އުޅުން އޭނައަށް ވެސް ކަމުދާން ފެށީ ހެއްޔެވެ؟ ވިސާމް ދެބުމަ ކައިރިކޮށް ކުޑަކޮށް އަނގަ ހުޅުވިފައި ޝަފަޤަށް ބަލަން ހުއްޓާ ޝަފަޤް ހިނިތުންވެލިއެވެ. އަދި ޝަހާދަތް އިނގިލިން ވިސާމްގެ ދަތްދޮޅި މައްޗަށް ގެންގޮސް އޭނަގެ އަނގަ ލައްޕުވާލިއެވެ. އެއަށްފަހު ލުއިގޮތަކަށް ހީލަމުން އަންނާށޭ ބުނެ ދާން ހިނގައިގަތެވެ. ޝަފަޤް ދިޔަ ދިމާލަށް ބަލަން ވިސާމަށް ހުރެވުނީ ލުއި ހިނިތުންވުމެއްގައެވެ. ޝަފަޤް ގޮސް ކާރަށް އެރިތަން ފެނިފައި އޭނަ ވެސް ގެއިން ނިކުމެ ދޮރު ލައްޕައި ތަޅުލިއެވެ.

 

 

ޝަފަޤްގެ އުޅުމުގައި ހުރި ފުރިހަމަކަން ވިސާމަށް އިތުރަށް ފާހަގަވާން ފެށީ އެދުވަސްފަހުންނެވެ. އެ އުޅުމުން އޭނައަށް ފާހަގަވާ ކަންތައްތަކާމެދު ސުވާލުކުރުން އާދައަކަށް ހެދީވެސް އެދުވަސްފަހުންނެވެ. އޭނަ ކިތަންމެ ޤަބޫލުކުރަން ބޭނުމެއްނުވިޔަސް ޝަފަޤްގެ އެ ސިފަތައް އޭނަގެ ހިތް ފަތަޙަކުރުމުގައި ކާމިޔާބު ހޯދަން ފެށިއެވެ. އެކަން އެނގުންވުމުން އޭނައަށް މި ކަމުދަނީ ވަކި ދީނަކުން ޝަފަޤަށް ދަސްވި ސިފަތަކެއް ނޫންކަން އަމިއްލަ ނަފްސަށް ވިސްނައިދޭންފެށިއެވެ. އެހެނަސް އޭނައަށް ލިބެމުން ދިޔަ ޖަވާބުތައް ހެކިދެމުން ދިޔައީ އެ ޚިޔާލާއި އިދިކޮޅަށެވެ. ކޮންމެ ދުވަހަކު ވިސާމް އޮފީހަށް ދާން ނިކުންނަ ގަޑީގައި ޝަފަޤް ހަނދާން ނައްތާލުމެއްނެތި ކޮންމެހެން ވެސް އޭނަ ގައިގައި ބައްދައި ނޫނީ ކޯތާފަތަށް ބޮސްދީ ހަނދަނީ ކީއްވެތޯ އެހެމުން ވެސް ޝަފަޤް ދިން ޖަވާބުން އޭނަ ޙައިރާންވިއެވެ.

 

“ވިސާމް ތި ދަނީ އަހަންނާ ވަކިވެގެން. ދެން ޔަޤީންކަމެއް ނެތްދޯ އަހަރުމެން އަދި ބައްދަލުވާނެ ކަމާމެދު؟ އަހަރުމެން މި ދުނިޔެ ދޫކޮށް ދާނެ ވަގުތެއް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ. ވީއިރު ވިސާމްގެ ހިތް އަހަންނަށް ސާފުކަން އަހަރެން ޔަޤީން ކުރަންވާނެއެއްނު؟ އަދި އަހަރެންގެ ހިތް ވެސް ވިސާމަށް ސާފުކަން ވިސާމަށް ޔަޤީންކޮށްދޭން ވާނެއެއްނު؟ ހަމަ ގައިމުވެސް ވިސާމް ބައްދާނުލާނެ ދޯ ނުރުހުންތެރިކަމެއް އޮތިއްޔާ؟ އަދި ނުރުހުންތެރިކަމެއް އޮތަސް އަހަރެންގެ މި ޙަރަކާތުން މައްސަލަ ޙައްލުވާނެ ކަމުގެ އުއްމީދުގަ އަހަރެން މިހެން ކަންތައް ކުރަނީ.” ޝަފަޤް އެމީހުންގެ ކޮޓަރީގައި ވިސާމްގެ ކުރިމަތީގައި ހުރެ އޭނަގެ އޮޅިފައިވާ ގިރުވޯނު ހެޔޮކޮށްދެމުން ބުނެލިއެވެ. އާދައިގެ މަތިން ވިސާމަށް ޝަފަޤާއި ދިމާލަށް ބަލަން ހުރެވުނީ އަޖާއިބުވެ އަންތަރީސްވެފައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އެ އަޖާއިބުކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނަ ޝަފަޤް ރުޅި އަރުވާލަން އުޅުނަސް ޝަފަޤް ރުޅި ހިންދާލުމުގެ ފަހަތުގައިވި ސަބަބަކީ ﷲ ގެ ރުހިވޮޑިގަތުން ލިބުން ކަމުގައިވިއެވެ. ޝަފަޤް ރޭގަނޑުގެ ނިދި ނަގައި ދަމު ނަމާދު ކުރުމުގެ ސަބަބަކަށް ވީ ﷲ ގެ ލޯބި ލިބިގަތުމެވެ. ކުޑަމިނުން ޝަފަޤް ނުބައި ކަމަކަށްނުވާ ވިސާމްގެ ކޮންމެ ބަހަކަށް ކިޔަމަންވުމުގެ ފަހަތުގައި ވެސް ވީ ﷲ އަށް ކިޔަމަންތެރިވާން އެ ހިތުގައި އޮތް އެދުމެވެ. އެއްރެއަކު ނިދަން އޮށޯވެ އޮވެ ވިސާމަށް މި ހުރިހާ ކަމަކާމެދު ފުންކޮށް ވިސްނުނެވެ. މިއީ ހަމަ އެ މަންސޫރު އޭނައަށް ދެއްކި “ހަރުކަށި” ދީނުގެ ގޮތް ހެއްޔެވެ؟ އެހެނަސް އެހެންވާނީ ކިހިނެއް ހެއްޔެވެ؟ މަންސޫރުގެ އަޚްލާޤާއި ޝަފަޤްގެ އަޚްލާޤްގެ ދެމެދުގައި އުޑާއި ބިމާ ދެމެދުގައިވާ ފަރަޤުތަކެއް އެބަވެއެވެ. އެ ޚިޔާލާއި މެދު ވިސްނަން އޮތްވާ ވިސާމް އޮށޯވެ އޮތް ބާލީހުގެ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އެ ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަން ގެއްލި ދިޔުމުން ވިސާމަށް އެންމެ ފުރަތަމަ ވެސް ބަލާލެވުނީ އޭނަގެ ކޮނޑުމަތީގައި ބޯ އަޅައިގެން ނިދިފައި އޮތް ޝަފަޤަށެވެ. ކޮޓަރިއަށް ވެރިވެފައި އޮތް މަޑު ރީނދޫ ކުލައިގެ އަލީގެ ތެރެއިން ޝަފަޤް ދެލޯ ތަގުޅި ކޮށްލިއެއްކަމަކު އޭނަ ލޯ ހުޅުވުމުގެ ބަދަލުގައި އިތުރަށް ވިސާމާއި ކައިރިވެލަމުން އަރާމުވެލިއެވެ. ޝަފަޤްގެ އެ މައުސޫމްކަން ފެނިފައި ވިސާމްގެ މޫނުމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމާއެކު އޭނަ އޭނަގެ ފޯނު މަތިން ހަނދާން ނައްތާލަން ބޭނުންވިއެވެ. އެހެންނޫނަސް މި އޮތް ދަން ގަޑިއެއްގައި ގުޅަނީ ކާކުތޯ އޭނަގެ ހިތަށްއެރިއެވެ. އެ ސުވާލާއެކު ވިސާމް އޭނަގެ ފޯނަށް އަތް ދިއްކޮށް ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ފެނުނު ނަމާއެކު ވިސާމް ވަގުތުން ތެދުވަން ބޭނުންވިއެވެ. އޭނަ ލަސްލަހުން ޝަފަޤަށް އުނދަގޫނުވާނެހެން ޝަފަޤާއި ދުރުވެލުމަށްފަހު އެނދުން ފައިބައިގެން ގޮސް ކޮޓަރިން ނިކުތެވެ.

 

“ކީކޭ ނާއިލް؟ މާދަމާ ލަވަ ރެކޯޑް ކުރަން ފެށޭވަރުވާނެދޯ؟” ވިސާމް ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އަހާލިއެވެ.

 

“އާނ…..ހުރިހާ ކަމެއް ފިކްސްވެއްޖެ. މާދަމާ ރޭ 8 ޖަހާހިކަށްހާއިރު އައިމަ ރަނގަޅުވާނެ.” ނާއިލް އެކޮޅުން ޖަވާބު ދިނެވެ.

 

“ދެޓްސް…..ގްރޭޓް!” ވިސާމަށް ހިނިތުންވުމަކާއެކީ އެހެން ބުނެލެވުނީ ކެނޑިގެންނެވެ. އޭނަގެ މޫނުމައްޗަށް ވެރިވީ އެއީ އޭނަ ބުނަން ބޭނުންވާ ބަސްތަކެއް ނޫންހެން ހީވާ ފަދަ އަސަރެކެވެ. މިވަގުތު އޭނައަށް އިޙްޞާޞް ކުރެވެންވީ އުފާވެރިކަން ކަމެއް ނޫނީ ހިތާމަވެރިކަން ކަމެއް ވިސާމަށް ޙަޤީޤަތުގައިވެސް ޔަޤީނެއް ނުކުރެވުނެވެ. އެހެނަސް އޭނަ ދެރަވާންވީ ކޮންކަމަކާ ހެއްޔެވެ؟ އޭނަ މި ކާމިޔާބު ވާ ކަމަކީ ޝަފަޤަށް ސިއްރުން ކުރެވޭ އޭނަ ނުރުހުންވާ ކަމަކަށް ވާތީވެ ހެއްޔެވެ؟ އެހެނަސް އެކަމަށްޓަކައި އޭނަ ދެރަވާންވީ ކީއްކުރަން ހެއްޔެވެ؟ ޝަފަޤް އޭނައަށްޓަކައި ކޮށްދޭހާ ކަންތައްތަކަށްޓަކައި ހެއްޔެވެ؟ ހަމަ އެވަގުތު ޝަފަޤް އޭނަގެ އަނދިރިކަން ފެތުރިފައިވި ޙަޔާތަށް އުއްމީދުގެ އަލިކަމެއް ގެނެސްދިން ގޮތް އޭނަގެ ލޯމައްޗަށް ސިފަކޮށްދޭން ފެށިއެވެ. އެ އަލިކަން އޭނަގެ ހިތަށް ވެސް ބާރު ފޯރުވާކަން ވިސާމަށް އެވަގުތު އަމިއްލަ ނަފްސާއި އެއްބަސްވެވުނެވެ. އެހެނަސް އޭނަ މުޅިން ޝަފަޤްގެ ބަހަށް ހެއްލިއްޖެނަމަ އޭނަ މުޅި ދުނިޔެއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މުޅި ދުނިޔެ އޭނަ ދެކޭނީ އޭނައަކީ އަނބިދަށުވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށްލި މީހެއްކަމަށެވެ. އޭނަގެ ދުޝްމިނުން އެފަދަ މަލާމާތްތައް އިތުރަށް ފަތުރާނެކަން ޔަޤީނެވެ. އެހެނަސް އޭނަ އެހެން ވިޔަކަ ނުދޭނެއެވެ. އޭނައަކީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭނެ މީހެކެވެ. އޭނަ މި ނެރެން އުޅޭ އާ އަލްބަމުން އޭނަގެ ދުޝްމިނުންނަށް ރަނގަޅު ޖަވާބެއް ދޭނެއެވެ. އޭނަގެ މަޝްހޫރުކަމާއި މުއްސަނދިކަން އޭނައަށް އަނބުރާ އަނެއްކާވެސް ލިބޭނެއެވެ. ނޭނގޭ ސަބަބަކާހުރެ އެވަގުތު އޭނަގެ ވަސްވާސްތަކުން ފުރިފައިވި ހިތް އަނެއްކާވެސް ޝަފަޤް ހައްލާލެވިދާނެކަމުގެ ދޮގު ޚިޔާލު އޭނައަށްޓަކައި ޒީނަތްތެރިކުރުވިއެވެ. ހަމަ އެއާއެކު މާދަމާ ނާއިލްމެންގެ އާ ސްޓޫޑިއޯއަށް ދިޔުމަށް އިތުރު ހިތްވަރެއް އޭނައަށް ލިބުނެވެ.

 

**

 

“ކޮބާ އޭނަ ކައިރި ބުނެފިންތަ؟” އެ ސުވާލު ކޮށްލީ އޭނަގެ އެޕާޓްމެންޓްގެ ސޯފާއަށް ލެނގިފައި އޮތް ޝިއާފެވެ.

 

“އާނ ބުނެފިން. މާދަމާ އަންނާނެ އޭނަ.” ޖަވާބު ދިނީ ސްޓޫޑިއޯއެއްގެ ސްޓޫލްއެއްގައި އިށީނދެ ފޯނު ކަންފަތުގައި ޖައްސައިގެން އިން ނާއިލެވެ. އޭނަ ޖަވާބު ދިންތަނާހެން ފޯނުގެ އަނެއްކޮޅުގައި އިން ތިން ވަނަ މީހަކު ޗޮއްކަނޑާލި އަޑު އިވުނެވެ.

 

“ތި ޕްލޭން މަށަކަށް ކަމަކު ނުދޭ. މާ އަވަހަށް އޭނައަށް ބޭރުފުށުން އަނިޔާ ކުރަން ތިއުޅެނީ.” އެހެން ބުނެލީ އޭނަގެ ކޮޓަރީގެ އެނދުގައި އިން މާޒިނެވެ.

 

“ދެން މާޒިން ފިލްމެއްގެ ޕްލޮޓަކާ އެއްގޮތަށް މީތި ގެންދަން އުޅުނަސް މަށަކަށް ކެތެއް ނުކުރެވޭ. މަގޭ އަތުގަ ފައިސާ ހުސްވި ދުވަހު އޭނައަށް ކިރިޔާ ގޮއްސަ އުނދަގޫ ކުރީމަ އޭނަ މަ ޖަލަށް ފޮނުވައިފި. ދުވަހަކުވެސް ހަނދާން ނުނެތޭނެ އެދުވަސްމަތިން.” ޝިއާފް އޭނަ އިން ސޯފާގައި ސީދާވެލަމުން ރުޅިވެރިކަމާއެކީ ބުނެލިއެވެ. ޔާސިރު މެދުވެރިކޮށް ވިސާމަށް ކެހިދީފައި އޭނަ ވިސާމްގެ ބަދަލުގައި އަލްބަމެއް ނެރުނުތާ މާ ގިނަ ދުވަހެއްނުވެ އޭނަގެ މަޝްހޫރުކަން ގެއްލެން ފެށިއެވެ. ވިސާމް ގޮތަށް އޭނަގެ ހުނަރު ދުވަހުން ދުވަހަށް އިތުރުވަމުންނެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ލިޔުނު އާ ލަވަތަކަށް ވެސް މާ ބޮޑު ތަރުޙީބެއް ލިބޭގޮތެއް ނުވިއެވެ. އެ ހުރިހާ ކަމެއްގެ ރުޅި އޭނަ ބާލަން ބޭނުންވީ ވިސާމަށެވެ. މެހެނާޒްގެ މަރުގެ ފަހަތުގައިވީ ވިސާމްގެ އަތެއްތޯ ނުވަތަ ނޫންތޯ ޔަޤީން ނުވިޔަސް އޭނަ އެންމެންގެ ކުރިމަތީގައި މެހެނާޒްގެ ޤާތިލަކީ ވިސާމް ކަމަށް ބުނެ ވާހަކަތައް ފަތުރަން ފެށީ ވިސާމްގެ އަގު ވައްޓާލުމަށެވެ. އަމިއްލަ މީހާގެ އަގު ވެއްޓުމުން އެ އަގަކީ މަތީ އަގެއްކަމަށް މީހުން ދެކޭނީ އެހެން މީހެއްގެ އަގު ވެއްޓުމުންހެން ހީވީތީވެއެވެ. އެހެނަސް އެފަދަ ގޮތަކަށް އޭނަ ވިސާމަށް އުނދަގޫކުރި ފުރަތަމަ ފަހަރުވެސް ވިސާމް އޭނަ ޖަލަށް ފޮނުވައިފިއެވެ. ދެވަނަ ފަހަރު ވިސާމްގެ ދަރިފުޅު މިޝްކާއަށް މެޓާ ދިނުމުގެ ބަހަނާގައި އެކުއްޖާގެ ސިކުނޑި ދޮންނަން މަސައްކަތް ކުރުމުން ވިސާމް އޭނައަށް ދިނީ އިންޒާރެކެވެ. އެހެނަސް އޭނަ އެ އިންޒާރުތަކަށް ބިރު ގަންނާކަށް ބޭނުމެއް ނުވެއެވެ. އޭނަ ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައިވެސް އިންޒާރުދޭ މީހަކީ އޭނައަށް ވާށެވެ.

 

“ޝިއާފް ތިބުނީ ރަނގަޅަށް. އެކަމަކު އަހަރެން މި ބުނަނީ އަހަރުމެން ފިޔަވަޅުތައް އަޅަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކީގައޭ. އަހަރެން ވެސް ބޭނުން އެ ވިސާމް ނިކަމެތި ކޮށްލަން. އެއީ އަހަންނަށް ހަމަ މަޖާކަމެއް. ވަރަށް ހަނދާންވޭ ނާޒް ހުރިއިރު އެ ގޮލާ ދެރަ ކޮށްލެވުނު ގޮތް. އަސްލު އޭނައަށް މާ ބޮޑަށް ޓީވީގެ ސްކްރީނުން ޖާގަ ލިބޭތީ މަ ފޫހިވަނީ. އެކަން ބަދަލުކުރާނަން ކޮންމެ ގޮތަކަށް ވެސް. ނާއިލް ކަލޯ ޚިޔާލެއް ދީބަލަ. އަހަރުމެން ކަލެއަށް ފައިސާ ދީފަ ހުންނަނީ ކަމަކުއޭ.” މާޒިން ވާހަކަ ދެއްކިއެވެ.

 

“މިއީ މޮޅު ޚިޔާލެކޭ އަހަރެން ނުބުނާނަން. އެކަމަކު މިއީ އަހަންނަށް މި ވޭތުވި އަހަރުތަކުގެ ތެރޭގައި ވިސާމް އެނގިފައިވާ މިންވަރު. އޭނަ އޭނަގެ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. ފޯނުގެ ބެކްގްރައުންޑްގަ ވެސް އަބަދު ހުންނަނީ ދަރިފުޅުގެ ފޮޓޯ. އެ ދަރިފުޅަށް ކަމެއްވެއްޖެއްޔާ އޭނަ މުޅިން ސަކަރާތް ވެދާނެ. މުޅި މީހާ ބަދަލުވެދާނެ. ދެން ޝިއާފްމެންނަށް އެނގޭނީ ކުރާނެ ކަމެއް.” ނާއިލް ޖެހިލުންވުމެއްނެތި އެ ވާހަކަ ބުނެލީ އޭނަގެ އެކުވެރިޔާދެކެ ވާ ލޯތްބަށްވުރެ ޝިއާފްމެން ދެމުން ދިޔަ ފައިސާތަކަށް އޭނަގެ ހިތުގައިވި ލޯތްބެއްގެ ސަބަބުންނެވެ. އޭނަ ބުނެލި ވާހަކައިން ޝިއާފާއި މާޒިންގެ މޫނުމައްޗަށް ވެސް ވެރިވީ ނުލަފާ ހިނިތުންވުންތަކެވެ.

 

“މާޒިން ތި ވިސްނަނީ އަހަރެން ވިސްނާ ގޮތައްތަ؟” ޝިއާފް އަހާލި އަޑުއިވުނެވެ.

 

“ޔަޤީނެއްނު؟” މާޒިން ހަމަ އެ ހިނިތުންވުމުގައި ހުރެ އެހެން ބުނެލި އިރު އެ ލޮލުގައި ނުލަފާކަމުގެ ވިދުމެއްވިއެވެ.

 

ވިސާމްގެ ދުޝްމިނުންގެ ރޭވުންތައް އޭނައަށް ސިއްރުވެފައިވީއިރު އަޒާނަށް އޭނަގެ ކޮއްކޮގެ ބަދަލުވަމުން ދިޔަ އުޅުމުގެ ޙަޤީޤަތް ފޮރުވިފައިވިއެވެ. އައިމަން ލަންކާއަށް އައިފަހުން އުޅެމުންދަނީ އަޖާއިބު ކުރުވަނިވި ގޮތަކަށެވެ. އައިމަން އޭނަގެ އެހީއާއެކީ ދޮގު ހަދައިގެން އެހެން ގެއަކަށް ބަދަލުވި ފަހުން އޭނައަށް ގުޅާވެސް ނުލައެވެ. އޭނަ އެ ހުރިހާ ދުވަހު ޖެހުނީ ބޮޑުބޭބެމެންނަށް ދޮގު ހަދައިގެން ހުރިހާ ކަމެއް ހަމަޖައްސާށެވެ. އައިމަން ވައިބާރއިންނާއި ފޭސްބުކް އިން ވެސް އޭނަ ފޮނުވި މެސެޖްތަކަށް ރިޕްލައި ކުރީއެއްނޫނެވެ. އަދި އަމުދުން އޭނަ ގިނަފަހަރު އޮންލައިނެއްވެސް ނުވެއެވެ. ހާސްކަމެއްގެ ތެރޭގައި އަޒާން ކޮލޮމްބޯގައި ދުވަސްތައް ގުނަމުން ދަނިކޮށް ވައިބާރއިން އައި ފޯނެއް ނެގުމުން ކަންފަތުގައި ޖެހުނު އައިމަންގެ އަޑާއެކީ އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

 

“ޒާން ޕްލީޒް ނޫރަލިއާއަށް އަހަރެން ބަލާ އައިސްދީބަލާށޭ ދޮންބެ ކައިރި ބުނެލަދީބަލަ.” އައިމަން އަވަސްއަވަހަށް އެހެން ބުނެލި އަޑަށް އަޒާންގެ ނިތަށް ރޫގިނަވިއެވެ.

 

“ކް……ކިހިނެއް އައިމަނަށް ތިތަނަށް ދެވުނީ. ތި……” އަޒާންގެ ޖުމްލަ މެދުކެނޑުނީ އައިމަން ރުޅިވެރިކަމާއެކީ ނުބައި ބަސްތައް ކިޔަންފެށުމުންނެވެ.

 

“ޖަސްޓް ޑޫ އިޓް!” އައިމަން އެންމެ ފަހަކަށް އޭނަގެ ބޭބެއަށް ކޮށްލި އަމުރަކީ އެއީއެވެ. މިވަގުތު އައިމަނާއި ވާހަކަ ދައްކަން އުޅުނަސް ކުރިއެއްރުމެއް ނުލިބޭނެކަން ޔަޤީންވީތީ އަޒާން އިތުރު ވާހަކައެއް ދެއްކުމެއްނެތި ފޯނު ބާއްވައި އެ ޚަބަރު ބޮޑުބޭބެމެންނަށް ދިނެވެ. ބޮޑުބޭބެމެން ހަމަ އެރޭ ނުހަނު ރުޅިވެރިކަމާއެކީ އައިމަން ބަލާ ދިޔައެވެ. އައިމަން ހުރި ހިސާބެއް ކިޔައިދިނުމުން އެމީހުން އެތަނަށް އައިސް އައިމަން ކާރަށް އެރުމާއެކު އެމީހުންގެ ސުވާލުތައް އައިމަނަށް ކުރިމަތިވާން ފެށިއެވެ. އެހެނަސް އެ ހުރިހާ ކަމަކަށް އައިމަން ޚިޔާރު ކުރީ ހިމޭންކަމެވެ. ގެއަށް އައިސް ބޮޑުބޭބެ އައިމަނާއި ބޮޑު ކުރިމަތިލުމެއް ލާން އުޅުނެއްކަމަކު އައިމަންގެ ފަރާތުން ހަމަ ކުޑަވެސް ހިލަމެއް ނުފެނުމުން ބޮޑުބޭބެވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭގެ އަނެއްދުވަހު އައިމަން ރަށަށް ދާން ބޭނުންވާ ވާހަކަ ދައްކަން ފެށި ގޮތުން އަޒާން ޙައިރާންވިއެވެ. އެމީހުން އައިމަންގެ އެދުމުގެ މަތިން ރިޓާން ޓިކެޓް ވެސް ނަގާފައިވަނީ ޗުއްޓީ ނިމޭނެ ދުވަހަށެވެ. އެވާހަކަ ބޮޑުބޭބެ ވެސް ހަނދާން ކޮށްދިނެއްކަމަކު އައިމަންގެ އެ ހުންނަ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން މިފަހަރުވެސް އޭނަ ބޭނުންވި ގޮތަށް ކަންތައްވިއެވެ. ރަށަށް އައި މުޅި ދަތުރު މަތީގައި އައިމަން އިނީ ސީރިއަސް މޫނަކާއެކީ ހިމޭންވެފައެވެ. އަޒާނަށް ހުރެވުނީ ކިހިނެއްވީތޯ އަހަންވެސް ނުކެރިފައެވެ. އޭނަ ހީކުރީ ރަށަށް ގޮސް ހަމައަކަށް އެޅުމުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ. އެހެނަސް އެހެންނެއް ނުވެއެވެ. ގެއަށް ދިޔަގޮތަށް ގޮސް އައިމަން ކޮޓަރިއަށް ވަދެ ތަޅުލި ގޮތަށް ނުނިކުމެވެ. މަންމައާއި ބައްޕައާއި ރަޝީދައްތަ ވެސް އުޅެއުޅެ އައިމަން ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން ބައްޕަ އަތުގައި އޮތް ޑުޕްލިކޭޓް ތަޅުދަނޑިން ދޮރު ހުޅުވުމުން އައިމަން ހިމޭންކަމާއެކީ އެނދުގެ ކައިރީ ބިންމަތީގައި އިންގޮތުން އެންމެންގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އައިމަންގެ މިޒާޖަށް އައި މި ބަދަލާހެދި އެންމެންވެސް ކަންބޮޑުވިއެވެ. ބައްޕަ އެންމެ ފުރަތަމަ ލޯބިން ނަޞޭޙަތް ދީފައި ހަރުކަށިވުމުން ވެސް އައިމަން ހަމަ އެންމެ ބަހެއް ވެސް ބުނެ ނުލިއެވެ. މިއީ އައިމަން ވަރަށް ދެރަވުމުން ނޫނީ ވަރަށް ރުޅިއައުމުން ވާ ގޮތްކަން އެންމެނަށް ވެސް އެނގެއެވެ. އެހެންކަމުން އައިމަން އޭނަގެ ޙާލަށް ދޫކޮށްލަމުން އެންމެން ސުވާލުކުރީ އަޒާނާއެވެ. އަޒާން ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނުމުން އެންމެންގެ އިނގިލިތައް އޭނައަށް އަމާޒުވިއެވެ. މިއީ އަޒާން އޭނަ ދިޔުމަށް މަގު ފަހި ކޮށްދިނީތީ ވީގޮތްކަމަށް ބުނެ އެންމެން އެއްޗެހި ގޮވިއެވެ. އެހެނަސް އަޒާން އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކަންބޮޑުވީ އައިމަނާއި މެދުގައެވެ. ހިމޭނުން އިނދެ އައިމަން ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ އިމްތިޙާނަށް ވެސް ތައްޔާރުވާން އުޅޭތަން ނުފެނުމުން އަޒާން އިތުރަށް މާޔޫސްވިއެވެ. އޭނަގެ މޮޅު، ހީވާގި ކޮއްކޮއަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއަރަންފެށިއެވެ.

ނުނިމޭ

36
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Jana

Other Articles

Previous

ޙަގީގީ ލޯބި

Next

ފިރިމީހާގެ ހައްޤުގައި (16)

Next
February 1, 2017

ފިރިމީހާގެ ހައްޤުގައި (16)

Previews
January 31, 2017

ޙަގީގީ ލޯބި

28 Comments

  1. sav says:
    February 1, 2017 at 6:55 am

    ❤???

    1. Jana says:
      February 4, 2017 at 10:44 pm

      <3 <3 <3 <3 😀

  2. أم أعف says:
    February 1, 2017 at 7:35 am

    V reethi???keep the good work jana.

    1. Jana says:
      February 4, 2017 at 10:45 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 Jazakillah Khairan for the support. umm a’f ves mikahala vaahaka eh liyanvynu? 😀

  3. new says:
    February 1, 2017 at 8:30 am

    V ibrayytheri reethi v kiyaahihvey.

    1. Jana says:
      February 4, 2017 at 10:46 pm

      new ah faidhaa eh kuriyya ey jana ah libunu hiyvvareh. Alhamdhulillah! 😀

  4. Shile says:
    February 1, 2017 at 9:22 am

    Mihaaru mi site ha up vaa emme inspiring and interesting story.
    Varah ibraitheri adhi life ga aammukoh nufenna bt best side angaidhey. Ethah baegge lifah heyo badhal thakeh genesddhey. Jana he mimasakkathun ithuru bayakah heyo magu dhekkevun edheny
    Dhuaa kuranee miee janaage after lifah Jana ah kurevey investmentakah mi story vun. Ppl will remember this and your message after u and after this story ends as well.
    I love these husband wife stories rather than boyfriend girlfriend stories.
    This teach us what is a role of a husband or a wives roles in married life.
    Thanks Jana

    1. Jana says:
      February 4, 2017 at 10:51 pm

      Shile ge thi dua gai jana ves baiverivan. Ameen! jana ge mivaahakain kiyuntheriakah faidhaa eh kuriyya kurany hama ekani Allah ge iraadhafulhun. ey jana ge aiy matheega oiy kameh noon 🙂 hidhaayaiy dhakkavany hama ekani Allah. hehe…..jana mi invest kurany jannah level 7 ga palace eh elheytho ey In Sha Allah 😀 Shile ves annahchey e palace ah. jana ves Shile ah ziyaaraiy kuraanan In Sha Allah.
      It really doesnt matter whether people remember me or not. All that matters at the end of the day is whether or not Allah is pleased with me 🙂
      I’m happy you got a distaste for boyfriend girlfriend stories. The fact of the matter is that whole concept is immature and shallow. Its just shaitan playing games with two people’s emotions. There is nothing deep about it. That’s what i’m trying to show in my stories. 🙂 Alhamdhulillah!

  5. jana ge ekuverieh says:
    February 1, 2017 at 9:47 am

    masha allah…v furihama vaahaka eh n v v v ibraiyytheri vaahaka ehves me..vvv hiyy hama jehey mikahala vaahaka eh kiyaaleveyiru….maiyy allah jana ge thiya minneyy masahkathuga barakaiyy lavvaashi

    1. saj says:
      February 1, 2017 at 1:45 pm

      aameen

    2. saj says:
      February 1, 2017 at 1:48 pm

      Masha Allah. This is the Best Story in Esfiya
      <3 <3 <3

    3. Jana says:
      February 4, 2017 at 10:54 pm

      Ameen! hehe….jana bunaany thiya kiyuntheriyaa ah mi vaahakain hiy hama jehumeh libenya libeny Allah mathin handhuma vaathy ve ey. Adhi Allah engevi gothah ulhumun libey hiyhama jehun engunvaatheeve ey. Alhamdhulillah! 🙂

  6. Hoooooo says:
    February 1, 2017 at 12:41 pm

    Jana hooooo regular koh comment nukuriyas mivaahaka regular koh kiyamun mi dhani. Adhi Jana ge hijura vaahak gothah mivaahaka inves characters thakuge life in varah bodah iburay haasil vey.
    Jana thikuraa bura masaykathah varah bodah thanks. And you fb posts are just great.?

    1. Jana says:
      February 4, 2017 at 10:55 pm

      varah ufaavejje Hoooooo ah faidhaa kuraakan engunyma. thee libunu varah bodu hiyvvareh. Alhamdhulillah! 😀

  7. girl :))) says:
    February 1, 2017 at 2:06 pm

    masha allah. mivaahaka v furihama. mikahala vaahakathah kima v hinhama jeheyy. ulhevey gothaa medhu khiyaal kurevi visnaa fikuru kuran majubooru vey. mi vaahaka kiyaa konmme faharaku i dont know i feel really relived. aslu janaa thikuraa masahkai thi v furihama masahkatheh. may u get all the happiness u deserve jana. thanksss for thiss invaluable story <3

    1. Jana says:
      February 4, 2017 at 11:00 pm

      Subhaanallah girl! girl ge thi comment in ves varah bodu hiyvvareh libijje. Jazakillah Khairan 😀 Dua aky girl ashaai jana ah ves mi vaahakaige therein hidhaayaiy ithuru kurevvun. hidhaayaiy dhakkavany hama ekani Allah swt 🙂 May you get even more happiness and may Allah grant us best in this world and in the next. Ameen! 🙂

  8. rain says:
    February 1, 2017 at 4:54 pm

    Beautiful story jana.. kyp it up.. jana ah kithah yrs kan bnedhyba..

    1. Jana says:
      February 4, 2017 at 11:01 pm

      Alhamdhulillah! personal info jana mithaa share nukuran. if you want to be friends with me leave a msg on Asr 🙂

      https://www.facebook.com/Asr-1445208739121696/

  9. me says:
    February 1, 2017 at 4:57 pm

    Haadha lahey upvaaleh thankolheh avas kohladheeba janaa

    1. Jana says:
      February 4, 2017 at 11:02 pm

      Avas kureveytho balaanan In Sha Allah 🙂

  10. Sha says:
    February 1, 2017 at 6:00 pm

    v v reethi mi partves. Ma sha Allah
    may Allah bless u jana..

    1. Jana says:
      February 4, 2017 at 11:02 pm

      Alhamdhulillah! May Allah bless you more. Ameen! 😀

  11. Jana says:
    February 1, 2017 at 10:29 pm

    FB Post:

    Those who put others down for no good reason is because of the low self esteem they have. They do so when they think that their own talent and intellect cannot help them get a high status in society and hence they feel the need to try and diminish others in hope that their low status can be recognized. What a pitiful life to live! May Allah not make us from them by helping us remember how He has dignified us. Ameen!

  12. Jana says:
    February 1, 2017 at 10:31 pm

    FB Post:

    Always make your loved ones feel loved. We never know the hard feelings that are hiding deep inside of their hearts. We can’t assume that they know that we love them. They are in constant need of a reminder. And this reminder doesn’t necessarily have to be words. It could be the smallest gesture that solves a million problems that could have come up. So make the time, and show the love. <3 🙂
    #Selfreminder

  13. Jana says:
    February 1, 2017 at 10:35 pm

    Assalam’alaikum. jana mi ulheny anekkaaves balive. faafa fohevemundhaa dhuvaskolheh Alhamdhulillah! 😀 hehe….dhen oiy bai thursday ga In Sha Allah. mi bayah libifa mihiry ves varah varah loabi jana varah reply kuraa hiyvva kahala comment thah. ekamaku mirey hama dhen araamu kollan beynunvany. In Sha Allah aneh bai up koffaves mi comment thakah reply kureveytho balaanan. Alhamdhulillah! (All praise and thanks belong to Allah) 🙂

  14. Jana says:
    February 1, 2017 at 10:49 pm

    FB Post:

    When we are making an attempt to be the best daughter, the best son, the best father, the best mother, the best wife, the best husband, we are inviting people towards Allah’s path without saying a single word. And Subhanallah even if we don’t achieve perfection in doing so, Allah will fill our lives with beauty just because of the effort we made and He will put barakah in that effort such that it could turn someone’s heart around. <3
    Hear a real story of a man who made the effort to be the best husband 🙂
    "Its so beautiful, this religion can't be wrong. It can't be wrong!" <3 <3 <3

    https://www.youtube.com/watch?v=9eNR7WAOcds

  15. Hana says:
    February 1, 2017 at 11:19 pm

    Habu vaaha eh huvaa

    1. Jana says:
      February 4, 2017 at 11:03 pm

      Alhamdhulillah! 😀

Comments are closed.

All Right Reserved!