ތަނާލްގެ ތުންފަތް މައްޗަށް ވެރިވެގެންދިޔައީ ލާނެއް ހިނިތުން ވުމެކެވެ. ފަސް އެބުރި ތަނާލްއަށް ވެސް ބަލައި ލެވުނީ އެދިމާލަށެވެ.“ދެން ބުނެބަލަ ކޯއްޗެއްތަ ހުވަފެނުގައި ފެނުނީ؟” ސައިކަލުން ފައިބައި އަންޝް ހިނގައި ގަތުމުން ޔާން އަކަށް ނީދެވުނެވެ. އަންޝް ޔާންއަށް ބަލައިލީ ހައިރާންވެފައެވެ. “ނޫނޭ.. ދޮންބެ ބުނަން ބޭނުން ނޫނިއްޔާ…….” ” ފެނުނީ ފުރައިގެން އުޅެނިކޮށް. މާ ރަނގަޅަކަށް ނޭގޭ ވީ ގޮތެއް. ބަޔަކު މަރުވާކަން އެގޭ. ނޭވަޔަށް އުދަގޫ ވެގެން ދޮންބެއަށް ހަޅޭލަވައި ގަނެވުނީ” ” ތިހެން […]
ފުލައިޓްގަ އިން އިރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ޔާނުއާ ދޭތެރޭގައެވެ. ހައިކަލްއާ ޔާނުވެސް އެހާވަރަށް ވާހަކަ ނުދައްކާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޔާނު އަނެއްކާ އަހަރެން ފެނުނީމަ މޫޑްއޮފް ވީ ބާއޭ ހިތަށްއެރިއެވެ. އަހަރެން ފެނުމުން އޭނަ ހިތަށް އެއްވެސް އަސަރެއް ނުކުރާނޭ ހިތް ބުނަމުން ދިޔައެެވެ. އެހާވަރަށް މަސައްކަތް ކޮށްގެން އަހަރެންނަށް ޔާނުގެ ހަނދާންތަކާ ދުރަށް ދެވުނު އިރަށް މިޖެހުނީ އަނެއްކާ އޭނަ އާ ކުރިމަތި ލާންށެވެ. އެ ހިތްދަތި ދުވަސްތަށް ހަނދާންވިޔަށް އަހަރެން ފެންކަޅިވެއެވެ. […]
ވާހަކަ: ލޭކޯރު ( ފުރަތަމަބައި) ދުނިޔޭގެ ބަދަލެއް ނާންނަ ޤާނޫނުގެ މަތިން މިއަދު ވެސް ރޭގަނޑަކަށް އިރުއޮއްސި އަނދިރި ސާލެއް ދުނިޔެ ވަކި ހިއްޕާލައިފިއެވެ. އާދައިގެ ދިރިއުޅުމެއްގައި އަވަދިނެތި އެއްބަޔަކު ދިރިއުޅެމުންދިޔަ ނަމަވެސް އެއް ބަޔަކަށް މިރޭވެސް ވީ ހިތާމައިން ފުރިގެންވާ ރެއަކަށެވެ. އެއިން އެކަކީ 25 އަހަރުގެ ޒަހުނާއެވެ. މީގެ ހަތަރު އަހަރު ކުރިން މައިން ބަފައިންގެ ނުޤަބޫލުގައި ކުރި ކައިވެނީގެ ގޮއް މިރޭ މޮހެވިގެންދިޔައީއެވެ. ސަމާޙު އާއި އެކު އުޅޭވޭތޯ ކުރި ހުރިހާ […]
މެންދަމުގެ ވަގުތެވެ. އަހަރެން އޮތީ ފުންޙިޔާލެއްގެ ތެރެއަށް ގެއްލިފަ އެވެ.އެއީ މީގެ 3އަހަރުކުރި އެވެ……. ޢިންތިޒާރު ކޮއްލައްވާ…….
ހިމޭނުން އިނދެ އައިމަން ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ އިމްތިޙާނަށް ވެސް ތައްޔާރުވާން އުޅޭތަން ނުފެނުމުން އަޒާން އިތުރަށް މާޔޫސްވިއެވެ. އޭނަގެ މޮޅު، ހީވާގި ކޮއްކޮއަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއަރަންފެށިއެވެ. ލަންކާއިން އަނބުރާ އައިތާ މާ ގިނަ ދުވަހެއްނުވެ މަންމައާއި ބައްޕަ އޭނަ ކައިރިއަށް ކައުންސެލަރަކު ގެނައުމުން އެމީހުން އޭނައާއިމެދު ކަންބޮޑުވާ މިންވަރު އައިމަނަށް އަންދާޒާ ކުރެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ދެންވެސް ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. އެއްވެސް ކަމެއް ކުރާކަށް ހިތް […]
“ދަރިފުޅާ”. މެހެކް ފެނުމާއެކު ދުވަމުން ކަހަލަ ގޮތަކަށް އައިސް މަންމަ މެހެކް ގެ ގައިގައި އޮޅުލައިގަތެވެ. ” ދަރިފުޅާ ބޮޑުބޭބެ ގެ ގުދަން….”. އެހިސާބަށް ބުނެވުނު އިރު މަންމަގެ އަޑު ބެދެން ފެށިއެވެ. ” އެތަން އެއްކޮށް އަނދާ ހުލިވަނީ އެއޮއް.. އެންމެ އަގުބޮޑު މުދާ ރައްކާ ކުރާތަން ކަމަށް ވަނީ އެއީ”. މަންމަގެ ޖުމްލައިން ލިބުނު ސިހުމުން މެހެކް އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. އާހިލް ވެސް ހުރީ ދެ ލޯބޮޑުވެފައެވެ. “ކިހިނެއް އެތަނުގަ ރޯވީ؟” […]
“ރިއުމާން.. ބުނޭ އެއީ ދޮގެކޭ. ޕްލީޒް ސޭ އިޓް..” ލިބުނު ސިހުމުން ރިއުމާންއަށް ޖަވާބެއް ދޭން ވެސް އުނދަގޫ ވިއެވެ. އައްޔާދް ދައްކަމުން ދިޔަ ވާހަކަތައް ރަނގަޅަށް އަޑު ވެސް ނީވޭއިރު އޭނާ ހުރީ އާޒިމަށް އެފަދަ މަންޒަރެއް ފެނުނުކަން އިނގުމުން ލަދުގަނެ އައްޔާދާއި ކުރިމަތިލާން ވެސް ޖެހިލުން ވެފައެވެ. ރިއުމާން އެއްޗެކޭ ނުބުނެ ފަސް އެނބުރި ދުރަށް ދިޔައެވެ. އޭރު އޮލޮލުން ނިރާލި ކަރުނަތިކި ކޯތާފަތަށް ރޮނގެހެން ފޭބިއެވެ. “ރިއުމާން.. ޖަވާބު ދީބަލަ.” އައްޔާދްގެ އަޑު […]
“ޝްޝްޝް.. އައި ނޯ ދެޓް ޔޫ ލަވް މީ..” ޝާކިން އެބުނި އެއްޗަކުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަޑުމަޑުން އަހަރެންގެ ތުންފަތުގައި ޖައްސާފައިވާ އޭނާގެ އިނގިލި ދުރުކޮށްލަމުން އޭނާ އަހަންނަށް ހަދިޔާކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ދެފައި ވިރިގެން ދިޔަ ފަދައެވެ. ދެތިން ފަހަރަކު ހިންދިރުވާލަމުން އަހަރެން އިސްޖަހާލީމެވެ. ޝާކިންއަށް އަހަރެން އޭނާ ދެކެ ލޯބިވާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޢަމަލުތަކުން ހެއްޔެވެ؟ “ވަޓް؟ އަހަރެން؟ ހަހަހަ.. އަހަރެން ނުވޭ…” އަހަރެން […]