ފުން ލޯބި (8)
” ރާޔާ.. ދެން ހުއްޓާލާ.. ރާޔާ ނުޖެހޭނެ މީހުން ކައިރީ އާދޭސް ކުރާކަށް..އޭނަ ވިސްނާގޮތަކަށް ވިސްނަން ބަހައްޓާ..” ދޮރުކައިރިން ޒައިން އަޑު އިވުމުން އަހަރެންނަށް ވާނުވާ އިނގުނެވެ. ރާޔާ ޒައިން އައުމުން މޮޅު ޑުރާމާއެއް ޖެއްސީއެވެ. އަހަރެންއިނީ ބަސް ހުއްޓިފައެވެ. މޮޅު ވާހަކަ ތަކެއް ޒައިން ކައިރީ ދައްކައިގެން އަހަރެން ދައްކާވާހަކަ ޒައިން ޤަބޫލް ނުކުރާގޮތް ހެދީއެވެ. އަހަރެން ރާޔާދެކެ އިތުރަށް ފޫހިވިއެވެ. ނަމަވެސް ޒައިންގެ ދިރިއުޅުން ހަލާކުވާކަށްވެސް ބޭނުމެއްނޫނެވެ. އަހަރެންނަށް މި ކުރިމަތި ލާން ޖެހުނީ ކޮންފަދަ ކަންތައްގަނޑަކާ ހެއްޔެވެ. އަނެްކާވެސް ރާޔާއާ ކުރިމަތި ލާން ޖެހުނީއެވެ. އެދުވަހު އަހަރެން ކޮޓަރިންވެސް ނިކުންނަން ބޭނުން ނުވާތީ ނާރީ ލައްވާ ކާއެއްޗެހިވެސް ގެނައީ ރޫމަށެވެ.
ހައިކަލްވެސް ޑިއުޓީ ނިންމާފަ އައިސް އަަހަރެން ކޮޓަރީގަ އޮތުމުން ވަރަށް ސުވާލްކޮށް ހެދިއެވެ.
ދުވަސްތަށް ފާއިތު ވަމުން ދިޔައީ އެކަހަަލަ ގޮތަކަށެވެ. ޒައިން މިހާރު އެއްވެސް ގޮތަކަށް އަހަރެންނާ ވާހަކަ ދައްކައެއް ނުހަދައެވެ. ދުވަހެއް ދުވަހަކަށް ހައިކަލްވެސް އަހަރެންނާ ދުރުވަމުންދާ ކަމުގެ އިހްސާސް ކުރެވެންފެށިއެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ ރާޔާކަން އަހަރެންނަށް އިނގުނެވެ. ނަމަވެސް މިއަދު އަހަރެން ރާޔާގެ ވާހަކަބުންޏަސް ގަބޫލް ކުރާނީވެސް ވަކި ކާކުހެއްޔެވެ. ރާޔާގެ މޮޅު ވާހަކަތަކުން އެވަނީ އެންމެންގެ ސިކުނޑިތަކާ ކުޅެލާފައެވެ. ރާޔާގެ އެ މޮޅުރޭވުން ޒައިންމެނަށް ކިޔާދޭކަށް އަހަރެންގެ އަތުގަ އެއްވެސް ހެއްކެއް ނެތެވެ.
” ޔަލް… ހާދަ ފޫހިވެފަ” އަހަރެން ސޯފާގަ އޮށޯވެލައިގެން އޮއްވާ ގެޔަށް ވަދެގެން އައި ރާޔާ ބުނެލިއެވެ.
” ކަލޭ ހީ ކުރަނީތަ ހައިކަލް މުއްސަނދި ވީމަ އޭނަ އަތު އަޅުވާލެވޭނޭ.. އަދި އެބަ އޮތެއްނު އަމިއްލަގެހެން ސޯފާގަ އޮށޯވެލައިގެން.. ކަލޭ ލަނދު ނުގަންނަނީތަ ހިލޭ ބައެއް ކައިރީ ތިފާޑަށް އުޅެން” ރާޔާގެ އެ ބަސްތަކުން އަހަރެންގެ ރުޅި ކޮންޓްރޯލް އިން ނެއްޓުނެވެ.
” ރާޔާ” ރުޅި އައިސްފަ އަހަރެން ތަންކޮޅެއް ބާރަށް ބުނެލީމެވެ.
” ޔަލްވީ ނުޖެހޭނެ މިގެޔަށް އަހަރެން ގެންނަ މީހުނާ ތިފާޑަށް މުހާތަބު ކުރާކަށެއް” ކައިރިން ޒައިންގެ އަޑު އިވުމުން ޒައިން އަށް އަޑުއިވުނީ އަހަރެން ރުޅިވެރިކަމާއެކު ރާޔާއަށް ގޮވާލި އަޑުކަން އިނގުނެވެ.
” ޒައިންވެސް ތިފާޑަށް ވާހަކަ ދައްކާނީ ކަމުގެ ދެކޮޅު ބަލާފަ.. ޔަލް ހިނގާ ރޫމަށް” ކައިރިން ހައިކަލްގެ އަޑު އިވުމުން ހައިކަލްއައީ ކޮންއިރަކުބާއޭ ހިތަށް އެރިއެވެ.
” ޔަލް.. ޖަސްޓް ޓެލް މީ އެވްރީތިންގް.. ވަރަށް ހީވޭ ޔަލް ކަމެށް ސިއްރުކުރާހެން. ޔޫ ޑޯންޓް ހޭވް ޓް ހައިޑް އެނީތިންގް” ކޮޓަރީގަ ހުރި ސޯފާގަ އަހަރެން ބައިންދަމުން ހައިކަލް ބުނެލިއެވެ.
ހައިކަލް އެހެން ބުނި ނަމަވެސް ރާޔާގެ ވާހަކަ އަހަރެން ކިޔާދޭނީވެސް ކިހިނެތް ހެއްޔެވެ. އިތުރަށް މައްސަލަ ގޯސްވުން ނޫން ކަމެއް ނުވާނެއެވެ. މިހާރުވެސް ޒައިން އެ ހުންނަނީ ރުޅިއައިސްފައެވެ. އަނެއްކޮޅުން ރާޔާގެ ޑްރާމާވެސް އެހާ މޮޅެވެ.
” ޔަލް.. ޓޯކް ޓް މީ.. ސަމްތިންގް ހެޕެންޑް ބިޓްވީން ޔޫ ޓޫ.. ރައިޓް..” ހައިކަލް އެ ދައްކަނީ ރާޔާގެ ވާހަކަކަން އަހަރެންނަށް އިނގުނެވެ.
” ހައިކް ބައެއް ކަންތަށް ތަކަކީ އިނގުމަށްވުރެ ނޭންގުން ރަނގަޅު ކަންތައް” ރާޔާގެ ވާހަކަ ކިޔާދެން ބޭނުން ނުވާތީ ބުނެލީމެވެ.
” ޔަލް.. އައި ނޯ އެވްރީ ތިންގް.. މިއަދު ރާޔާ ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނު.. އަދި ޒައިން ޔަލް ދެކެ ރުޅި އެ އަންނަނީ ހަމަ އެކަނި ރާޔާގެ ސައިޑް ވާހަކަ އަޑުއަހާފަކަންވެސް އިނގޭ.. ސޯ ޓެލް މީ ޔުއާ ސިއިޑް ސްޓޯރީ..” ހައިކަލް ކައިރީ ދެން އިތުރަށް ސިއްރު ނުކުރެވޭނެކަން އިނގޭތީ ރާޔާގެ ވާހަކަތަށް ކިޔައިދިނީމެވެ.
” ވަޓް” ޤަބޫލް ނުކުރެވިފައިވާ ގޮތަކަށް ހައިކަލް ބުނެލިއެވެ.
” ޔެސް ހައިކަލް.. އެއީ ކަން ވީ ގޮތަކީ.. ޔަލްވެސް ހީ ނުކުރަން ރާޔާ އެކަހަަލަ މީހަކަށް ވެދާނެ ކަމަކަށް.. ދެން އެވާހަކަ ދައްކަން ބޭނުން ނުވީ ޒައިންމެން މައްސަލަ ޖެހެން ބޭނުން ނުވާތީ… އައި ޑޯންޓް ނޯ ވަޓް ޓު ޑޫ ހައިކް..” ރާޔާގެ ވާހަކަ ކިޔާނުދެން ބޭނުންވި ސަބަބު ބުނެލީމެވެ.
” ޑޯންޓް ވޮރީ.. އައި ވިލް ޓޯކް ޓް ހިމް” ހައިކަލް ބުނެލިއެވެ.
އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ހައިކަލްގެ އެ ބަސްތަކުން އަހަރެންގެ ހިތަށް ހިތްހަމަ ޖެހުން ހޯދަދީފިއެވެ.
” ބައި ދަ ވޭ އައި ހޭވް އަ ހެޕީ ނިއުސް ފޯ ޔޫ” ހައިކަލް އެހެން ބުނެލީ މަޑު މަޑުން އަހަރެންގެ އަތުގަ ހިފާލަމުންނެވެ. އެ ބީ ހިލުމުންވެސް ނޭގޭ އެތަކެއް އިހްސާސްތަކެއް ހިތުގަ އުފެދުނެވެ.
” ޓެލް މީ” އެ ބުނަން އުޅެނީ އަހަރެންގެ އޮޕްރޭޝަންއާ ގުޅުން ހުރި ވާހަކައެއްކަން ހިތް ބުނަމުން ދިޔައެވެ.
” ހޮސްޕިޓަލްއިން ޗުއްޓީ ހަމަޖެހިއްޖެ… ޓިކެޓް ލިބޭތޯ މިބަލަނީ.. އެންމެ މޮޅު ލޮލުގެ ޑޮކްޓަރުން ތިބީ އިންޑިއާގަ.. އޭނަ އެކަހަލަ އެތަށް އޮޕްރޭޝަންއެއް ކޮއްފި.. ވަރަށް ކާމިޔާބް އޭނަގެ އޮޕްރޭޝަންތަށް.. ސޯ ނާރީވެސް ގޮވައިގެން ދާނީ.. އޭރުން ޔަލްގެ ކަންތަށް ނާރީއަށް ބެލޭނެއްނު” ހައިކަލް ބުނެލީ އުންމީދުން ފުރިގެންވާ ގޮަތަކަށެވެ.
” ނާރީ” ތަންކޮޅެއް ބާރަށް ހައިކަލް ނާރީއަށް ގޮވާލިއެވެ. ނާރީވެސް ގެންދަންވެގެން އެކަމާ ނާރީއާ ވާހަކަ ދައްކާށެވެ.
” ބޮސް.. އަޅުގަނޑު ބޮސް ހޯދަނީ… ދަރިފުޅު ބަލިވަނީ.. އެއްމަސް ޗުއްޓީ ލިބިދާނެތަ” ރޮވިފަ ހުރި އަޑަކުން ކޮޓަރިއަށް އައިސް ވެންނި ނާރީ ބުނެލިއެވެ.
” އެކަމާތަ ނާރީ ތި ރޮނީ.. ހަމަ ޖެހިބަލަ.. ނާރީ އަށް ދެވޭނޭ.. ދަރިފުޅަށް ކިހިނެތް ވީ..” ނާރީ އެހާ ދެރަވެފަ ހުރުމުން ހައިކަލް ވާނުވާ އޮޅުން ފިލުވަން ސުވާލްކޮށްލިއެވެ.
” ނޭންގެ.. ހުން އަންނަނީ.. މިހާރު ހޮސްޕީޓަލްގަ އެޑްމިޓްކޮށްފަ އޮތީ.. އަވަހަށް ދާން ބޭނުން..”
” މިހާރު މިދަނީ ޓިކެޓް ކަންތައް ހަމަޖައްސަން” ހައިކަލް އެހެން ބުނުމަށް ފަހު ފޯނުން މީހަކަށް ގުޅައިގެން ވާހަކަ ދައްކަމުން ނިކުތީ ބޭރަށެވެ.
އަހަރެން ނާރީ ހިތްހަަމަ ޖެއްސޭތޯ މަސައްކަތް ކުރީމެވެ. ނާރީ ބުނިގޮތުން އޭނަގެ ހުންނަނީ އެންމެ ދަރިއެކެވެ. މީގެ ފަސް ވަރަކަށް އަހަރު ކުރިން އޭނަގެ ފިރިމީހާ މަރުވުމަށް ފަހު ނާރީ ގެ އަމިއްލަ މަސެއްކަތުން އައީ ދަރިފުޅަށް ކިޔަވާދެމުންނެވެ. ދަރިފުޅު ނާރީ މަންމަ ކައިރިީ ބަހައްޓާފަ އޭނަ ރާއްޖެ އައިސް އެމަސައްކަތް ކުރަނީވެސް ހަމަ އެ ދަރިފުޅު ކިޔަވާ ދިނުމަށްޓަކައެވެ.
” ހުރިހާކަމެއްވެސް ރަނގަޅުވާނެ.. ދެން ނުރޮއެ.. ހައިކް އެދިޔައީ ޓިކެޓް ނަގަންށޭ” ނާރީއަށް ހިތްވަރުދެމުން އަހަރެން ބުނެލީމެވެ.
****
ދެދުވަސް ތެރޭަ ނާރީ ފުރައިގެން ދިޔައީ އަހަރެން ގެންދަން ބޭނުން ވާނެ އެއްޗެސް ޕެކްކޮށް ދީފައެވެ. ނާރީ ނެތުމުން އަހަރެންނަށް ކަންތަށް ކުރަން ވަރަށް އުނދަގޫވިއެވެ. ހައިކަލްވެސް ޗުއްޓީ ނަގާތީ މި ދެ ދުވަހު އުޅެނީ އެއްކޮށް ހޮސްޕިޓަލްގައެވެ.
” ގުޑް މޯނިންގް” ކޮޓްރީގަ ދޮރު ހުޅުވާލަމުން ހައިކަލް ބުނެލިއެވެ.
” މޯނިގް” އަހަރެންވެސް އެނދުން ތެދުވަމުން ބުނެލީމެވެ.
” އަދިވެސް މޯނިންގް ނުވަނީ .. ހިނގާ ސައިބޯންދާން” ހައިކަލް އައިސް އަހަރެންގެ އަތުގަ ހިފައިގެން ފާހާނާ އާ ހަމައަށް ގެންގޮސްދިނެވެ. ފާހާނާ އަށް ވަދެ ފްރެޝް ވެލާ ހަދައިގެން ނިކުމެ ހައިކަލްއާ ދެމީހުން ދިޔައީ ސައިބޯށެވެ.
” ޕިސް ޕިސް މިއުޅޭ އަންހެންވެރިންވެސް ދޯ.. ހާދަ މަކަރުވެރި ބަޔެކޭ އެއީ” ކާ މޭޒު ކައިރީ ހުރި ގޮޑިއެއްގަ އިށީންނަމުން ޒައިން ބުނެލިއެވެ.
” ރާޔާގެ ހަގީގަތް އިނގުނީ ދޯ” ހައިކަލް ޒައިން އެ ބުނި އެއްޗެއް ނުވިސްނިގެން ބުނެލިއެވެ.
” އާން.. އަހަރެން ހީވެސް ނުކުރަން ރާޔާ އެފަދަ މީހަކަށް ވާނެ ކަމަށް.. ހައިކްއަށް އިނގެ އެންނު އެލްޒީ އަށް ފަހު އަހަރެން ލޯބި ވެވުނު މީހަކީ ރާޔާކަން.. ނަސީބެއް މާބޮޑަށް ކްލޯސް ނުވަނީސް ހަޤީޤަތް އިނގުނުކަން.” ޒައިން އިތުރަށް ކިޔާދިނެވެ.
” ކިހިނެތްތަ ޒައިންއަށް ރާޔާގެ ގޮތް އިނގުނީ” އެ ސުވާލް އަހަރެން ކޮށްލީ ޒައިންއަށް އިނގުނު ގޮތް އޮޅުން ފިލުވަން ބޭނުންވާތީއެވެ.
“ވީ ގޮތަކީ ކުރީ ދުވަހު ސިޓިންރޫމްގަ އިނދާ ރާޔާ އައީ. ދެން އަހަރެން ފޯން ރިންގްވާތީ އޭނަ ދިޔައީ ފޯން ބަލާ ރޫމަށް.. ރާޔާ ލަސްވާތީ އަހަރެންދިޔައީ ކޮބާތޯ ބަލާލަން… ކޮޓްރިއަށް ވަންނަން ހަދާލިތަނުން ފެނުނީ ފޯން ކައިރީ އޮތް އަހަރެންގެ ވޮލެޓްއިން ލާރި ނެގިތަން.. ހަމަ ހައިރާންވެފަ ހުރީ.. ދެން އެކަމް އޭނަ އަކަށް އަހަރެންނެއް ނުފެނޭ… ރާޔާ ހަދާގޮތް ބަލަން ވެގެން ގޮސް ސިޓިން ރޫމްގަ ޓީވީ ބަލާ ކަމަށް ހެދިގެން އިނީ.. ފޯން ގެނެސް ދިނީމަ ބެލިއިރު ގުޅަނީ ހައިއްޓެ.. ހައިއްޓެ ބުނެގެން އޭނައަށް ދޭން ނެގި ފަސް ހާސް ވޮލެޓްގަ އިންނާނީވެސް..” ޒައިންކިޔާދެމުން ދިޔައެވެ.
” ދެން ހައިއްޓެ އަށް ދޭން ބެލި އިރު ވޮލެޓްއިން ރުފިޔާ މަދު… އެވެސް ޖެހީ ޔަލް ނެގި ކަމަށް.. ރައިޓް؟” ޒައިންގެ ވާހަކަ މެދުކަނޑާލަމުން ހައިކަލް ބުނެލިއެވެ.
” ޔައް.. އަދިވެސް ޤަބޫލް ނުކުރެވިފަ މި އިނީ ރާޔާގެ އެކަހަލަ މީހަކަށް ވެދާނެ ކަމަށް” ލޯބިވާމީހަކުގެ އެކަަހަލަ ކަމެއް ފެނުމުން ގަބޫލްކުރަން ޒައިންއަށްވެސް ދަތި ވީއެވެ.
ހައިކަލް ކަމުން އަހަރެންނާ ރާޔާއާ ޖެހުނު މައްސަލަ ކިޔާދިނެވެ. އެވާހަަކަ ތަކުން ޒައިންގެ މޫޑު އިތުރަށް ގޯސްވި ކަމުގެ އިހްސާސް އަހަރެންނަށް ކުރެވުނެވެ.
” ކާކު މިއަދު ސައި ހެދީ.. ހާދަ މީރު މަސްހުންޔެކޭ ދޯ” މައުލޫ ބަދަލު ކުރެވޭތޯ އެހެން ވާހަކައެއް ފެށީމެެވެ.
” ހެހެ.. ހީވޭތަ މިގޭ ތިހާ ހީވާގި ފިރިހެނަކު އުޅޭނެހެން.. ތީ މިތާ ކައިރީ އިން ރެސްޓޯރެންޓުން ގެނައި” ހައިކަލް ސަމާސާ ރާގަކަށް ބުނެލިއެވެ.
” ސޯ މިއަދު ހަވީރު ފުރަން ރެޑީތަ މިހާރު؟ ޔާނުވެސް މިއަދު ދިމާވެގެން ބުނި ފުރާވާހަކަ.. އަހަރެން ބުނިން ހައިކްވެސް ދެޔޭ.. ބުނި ވަގުތެއް ވިއްޔާ މިގެޔަށް ޖައްސާލާނަމޭ” ޒައިން ވާހަކަ ދައްކަމުން ދިޔައީ ހައިކަލްއާއެވެ.
” އެހެންތަ… ޔާނު މަތިން ހަންދާންވެސް ނެތިފައޭ މިހިރީ.. ނާއީމައްތަމެން އުޅެނީވެސް ޗެންނާއީގަ ދޯ.. މާ ރަނގަޅަކަށްނު މި ވީ.. ޔާނު މިންގޭގަ ހުންނަ ގޮތް ހަދަން ވީ ކަންނޭންގެ..” އެހެން ބުނެފަ ހައިކަލް ފޯން ނަގައިގެން ޔާނުއަށް ގުޅާލިއެވެ.
” ނާއީމާއްތަ އެންޑް ޔާނު… ؟” އަހަރެންނަށް އެއީ ކޮންބައެކަން ނޭންގިގެން ޒައިން ކައިރީ އަހާލީމެވެ.
” އެއީ ހައިކްގެ ބޮޑުދައިތަ.. ޔާނު އެއީ ބޮޑުދައިތަގެ ހުރި ހަމަ އެކަނި ފިރިހެން ދަރި.. އެމީހުން އެއްކޮށް އިނޑިއާގަ މިހާރު އުޅެނީ” ޒައިން އޮޅުން ފިލުވާލަދިނެވެ.
” ދަރިފުޅާ.. ފުރަން އުޅޭ ވާހަކަ ނުވެސް ބުނަމެއްނު މާމަ ކައިރީ.. މާމާ ކުޑަކޮށް ފައިގަ ރިއްސާތީ ނާދެވުނީ މިގެޔަށް.. ޔާނު ދެންމެ ގެޔަށް ގޮސްފަ ކީ ދަރިފުޅު ފުރާވާހަކަ.” ހައިކަލް މާމަ އައިސް ވަންނަމުން ޝަކުވާ ކޮއްލިއެވެ.
” ސޮރީ މާމާ.. ނުބުނެވިގެން މިއުޅެނީ.. ފުރުމުގެ ކުރިން ގެޔަށް ދާން ކަމަށް އުޅުނީ.. އެކަމް ބިޒީ ކަމުން ނުދެވުނީ…” ހައިކަލް ވީ ގޮތް ކިޔާދިނެވެ.
” ދަރިފުޅު ދުވަހަކުވެސް ފްރީ ވާ ދުވަހެއް ނާންނާނެ… މާމަ ނުލާހިކު އެކަނި މިދުވަސްކޮޅުގަ މިއުޅެނީ.. ދަރިފުޅު ބައްޕަ ވީ އޮފީސް ދަތުރެއްގަ ޗައިނާއަށް ގޮސް.. ނަސްރީނާވެސް އޭނަ ކޮއްކޮ ވިހައިގެން ހޮސްޕިޓަލްގަ އެއްކޮށް ކަހަލަ ގޮތަކަށް އުޅެނީ..” މާމަ ކިޔާދިނެވެ.
އެދުވަހު ހަވީރު އެއާޕޯޓަށް ހައިކަލް މާމައާ ޒައިންވެސް އަހަރެމެން ފުރުވަން ދިޔައެވެ.
” އޭ ޔާނު ކޮބާތޯ ގުޅާލަބަ” ޒައިން ހައިކަލްއަށް އިޝާރަތްކޮށް ބުނެލިއެވެ.
” ބުރޯ.. ކޮބާ ކޮންތާކު… ވަޓް ލަސް ވާނެެޔެ.. ޗެކިން ނިމެނީ މިހާރު.. އަވަހަށް އާދޭ” ހައިކަލް ފޯންއިން ވާހަކަ ދައްކަމުންދިޔައެވެ.
” ހެހެ.. ސާބަސް ތިއްތި” ފަހަތުން މީހަކު ހީގަންފަ ވާހަކަ ދެއްކިއަޑު އިވުނެވެ..
އެއީ ހާދަ ދަންނަ އަޑެކޭ ހިތަށް އެރިއެވެ.
” ޕިސް ޕިސް ޔާނުވެސް ކުރާ ސަމާސަ ދޯ.. ހިނގާ އަވަހަށް ޗެކިން ކުރަން ދާން” ހައިކަލް އެހެން ބުނުމުން އެތަަނަށް އެ އައީ ޔާނުކަން އިނގުނެވެ.
އަހަރެންގެ ހިތުގަ ސުވާލުތަށް އުފެދެމުން ދިޔައެވެ.
” މީ ކޮންކުއްޖެއްތަ؟” ޔާނު އެހެން ބުނުމަށް ފަހު ބަސް ހުއްޓުނުކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ.
” މީ ޔަލް.. ޔަލްގެ ލޯ އޮޕްރޭޝަން ކުރަން މިދަނީ. ޗެންނާއީ ގަ ތިބެން ޖެހޭތީ ނައީމާއްތައަށް ގުޅާފަ ތިގޭގަ ތިބެވޭނެ ގޮތްވެސް ހަމަ ޖައްސައިފިން…”
” ޔަލްވީ” ޔާނު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
ދެވަނަ ފަހަރަށް އެ އަޑު އިވުމުން ކުރެވުނު ކުންހީ ޔަގީންވެއްޖެެއެވެެ. އެއީ ހަމަ އޭނައެވެ. މި ދުނިޔެމަތީގަ އެންމަ ދިމާވަން ބޭނުން ނުވާ މީހާއާ ދިމާވީއެވެ. ކޮންފަދަ އިއްތިފާޤެއް ހެއްޔެވެ. ޒައިންމެން އެވަރަށް ޔާނު ކީ އިރުވެސް އަހަރެންނަށް ނޭންގުނީ އަހަރެން އަބަދުވެސް އޭނައަށް ޔާމިން ކިޔާތީ ކަންނޭންގެއެވެ.
” ދަންނަންތަ” ޔާނު ޔަލްވީއޭ ބުނިގޮތުން ހައިކަލް ޔާނު ކައިރީ އަހާލިއެވެ.
” ޔާ ދަންނަން ކޮންމެސް ވަރަކަށް… ލެޓްސް ގޯ.. ޗެކިންވެސް ނުކޮށްށެއްނު އަދި މިތިބީ” ޔާނު ހިނގައިގަންނަމުން ބުނެލިއެވެ. ހައިކަލްވެސް އިތުރު ސުވާލެއްނުކޮށް މާމައާ ޒައިން އާ ސަލާމް ކޮށްލާފަ އަހަރެން ގޮވައިގެން އެތެރަށް ވަނެވެެ.
ފުލައިޓްގަ އިން އިރުވެސް އަހަރެންނަށް ވިސްނެމުން ދިޔައީ ޔާނުއާ ދޭތެރޭގައެވެ. ހައިކަލްއާ ޔާނުވެސް އެހާވަރަށް ވާހަކަ ނުދައްކާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ޔާނު އަނެއްކާ އަހަރެން ފެނުނީމަ މޫޑްއޮފް ވީ ބާއޭ ހިތަށްއެރިއެވެ. އަހަރެން ފެނުމުން އޭނަ ހިތަށް އެއްވެސް އަސަރެއް ނުކުރާނޭ ހިތް ބުނަމުން ދިޔައެެވެ. އެހާވަރަށް މަސައްކަތް ކޮށްގެން އަހަރެންނަށް ޔާނުގެ ހަނދާންތަކާ ދުރަށް ދެވުނު އިރަށް މިޖެހުނީ އަނެއްކާ އޭނަ އާ ކުރިމަތި ލާންށެވެ. އެ ހިތްދަތި ދުވަސްތަށް ހަނދާންވިޔަށް އަހަރެން ފެންކަޅިވެއެވެ. އެ ކަޅު މާޒީ އެއްވެސް ވަރަކަށް އަހަރެން ހަނދާން ކުރާކަށް ބޭނުމެއްނުވެއެވެ.
ނުނިމޭ ![]()
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.





keehve eha gina dhuvas v upload kurN ? dhn knirakn next part?
Sorry for the delay ?. I was very busy during the holidays so I couldnt upload regularly. Thats why I decided to upload the story once i finish writing the full story.. I will upoad the story every week thursday sunday & tuesday. Thankx for reading the story ❤ I wont disappoint you guys this time In Sha Allah ?
okay . thanks 🙂 story varah rythi
Nice but haadha dhigu inthixaareh thi kuruvee
Sorry for the delay ?. I was very busy during the holidays so I couldnt upload regularly. Thats why I decided to upload the story once i finish writing the full story.. Thankx for reading the story ❤ I wont disappoint you guys this time In Sha Allah ?
Nice
Thankx Almaa ❤?
Subhanallah. Handhaanehves neh mivaahaka mathin eh. Haadha dhuvahaheh koffa ey dhw.
Yah dhw.. Sorry for the delay ?. I was very busy during the holidays so I couldnt upload regularly. Thats why I decided to upload the story once i finish writing the full story.. I will upoad the story every week thursday sunday & tuesday. Thankx for reading the story ❤ I wont disappoint you guys this time In Sha Allah ?
Long time no see.Haadha inthixaareh kurymeve mivaaha ka ah.ehaa dhuvas fahun ves up kuran feshyma v ufaa vejje.varah reethi vaahaka eh mee.
Thankx lone star ❤
Mivaahaka ah inthixaarkuraathaa mihaar kondhuvaheh so happy
Heekuree dhen mivaahakaves ossunee kamah reethivaahakaevviyyaa baehfaharu ossey gothah araafa hunnathan nufeney viyya sorry vvv salh vvufaa vejj alun kiyaaln libuneema???1
Thankx lara ❤?
varahhh reethii
Thankx shelly ❤?
uh! finally…… vrh salhi… when next part
Thankx chum handi ❤ I will upoad the story every week thursday sunday & tuesday. ?
Pretty can you share this turkhis drama ge link with English subtitles ?
https://www.facebook.com/asklaftananlamazenglish/posts/1165129000251981
Baeh episode thah adhi ehkoh translate nuvey ekam..
Aaa finally pretty is here. Haadha inthizaareh kureemey mi story kiyaa hithun. Vara dhera ves vi story nu ninmaa hutaalee kama heekoh. Vara reethi mi story. Story nimendhen upload kohla dhecehy alhe hutta nulaa. mi kahala reethi story tha nuninmaa hutaalaafa vara ginaan eba huri mi site ga. Eii vara dhera vaa kameh. Vara madhun reethi story eh mi libenee kiyan. E gotha ehbaa genes dheefa hutaaleema kiyun therin liyun therinah kuraa trust gehley
Yah I know.. In sha Allah story nimendhen genesdheynan.. Thank you soooo much faathee <3
Wow finally.. Next partge inthixaaruga..
Thanks meeeee ❤
Pretty alhe dhen ehn medhu kandaa nulaa genesdhehchey.. varah kiyaa hithun mihiry..
Sure.. Thanks lai ❤
Dhen update vaany sundayga dhw. haadha dhuvaheh eba iney pretty neitha dailykoh update kohdheveykah.
Sorry dailykoh upkuran varah undhaguvaane. Still story ehkoh nunimey ^-^
long time no see… ekam story hama ryythi..
Thankx someone ❤
pretty alhe dailykoh upkoh nudheveynetha? kiya hithun sunday ah keimadhuvefa mi iny
Varah reethi vaahaka eh. ❤
Thankx Hykal ❤
Mi story up nuvaathy varah dheravefa hutta thi up kury.. thanks pretty ❤?
Alhey ❤
yeyyyyyyyyyyyyyyyyyyyyyyyyyyyyyyyyy
Finalyyyyyyyyyyyyyyyyyyyyyyyyyyyyyy
Thankx pretyyyyyyyyyyyyyyyyyyyyyyyy
Thankx Kaina ❤
varah happy vejje mi story alun upkuran feshyma. pretty konme dhuvahaku up kuran v nu story.
Thankx Ibaa ❤ Konme dhuvahaku up kuran undhaguvaathy 3 daysga up kuraa gothah hedhy ^-^
mi story mathin mihaaru handhaanveneh..
mi story mathin mihaaru handhaanvesneh..but v nice..ekamu haadha dhuvahekey dhw.
Thankx Dhondhooni ❤ Yah varah dhuvas fahun mi up kuran feshuny.. Sorry for the delay.. It wont happen again ^-^
Story liye nimifa othiyyaa daily koh upload kohdheyn veenu.?
Story adhi ehkoh liye nunimey. Holidaysga kanthah v gothun i couldn’t write the full story.. Ekamves maa ginadhuvas vaathy liyevifa in bai upkuran mifeshy.. College feshunyma hama ekani story liyan time libeny weekendsga mihaaru. so varah undhaguvaane daily koh up kuran.
Thafaathu
Thankx reehan ❤
Mi story up veytho konme dhuvahaku beley, haadha dhigu inthixaarekey thi kuru v, dhn avahah up kuraathi,
Okey dhen week aku 3 daysga upkohdheynan In Sha Allah ❤
varah reethi story eh.
please update it soon.
Thankx pooh ❤
nice… wating for the next part?
Thankx mixoo ❤
Haadha lahey mi storygandu upload vaaleh.
Rey fathihu story upload kurin. Esfiya in review kohfa upload kuraathy kanneynge las vany..