“އާޒިމް!” މާރިއާގެ އަޑު އިވުނު ކަމަށް ވެސް ހަދާ ނުލާ އާޒިމް ނިދަން އޮށޯތެވެ. ޖަހައިފައި ހުރި ފަންކާގެ އަޑު އިވެމުން ދިޔައިރު މާރިއާ ހުރީ އެނދުގެ ބޯލާ ކޮޅުގައި އާޒިމް ފަރާތުން ޖަވާބެއްގެ އިންތިޒާރުގައެވެ. އާޒިމް ގެއަށް އައިންސުރެ އައްޔާދް ދެއްކި ވާހަކަތަކުގެ ހަޤީޤަތް އެހުމުން ވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ.
“އާޒިމް ކީއްވެގެންހޭ އައްޔާދްގެ ނުރުހުމުގައި މިކައިވެނި ހަމަޖެއްސީ. އަހަންނަށް އިނގޭ ހުރިހާ ކަމެއް ވެސް.” މާރިއާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ކޯއްޗެއް އިނގެނީ މާރިއާއަށް؟ ބުނެބަލަ!” އާޒިމް ދެލޯ މަރައިން އޮވެފައި ތެދުވެ ހަރުކަށިކަމާއި އެކު އަހާލިއެވެ. “އަދިވެސް އާޒިމް ރުޅި އަންނަވީ އަހަރެން ދެކެތަ؟ ބަލަ މިހާ ދުވަސް ވީއިރު ދަރިންގެ އަމިއްލަ ކަންތައްތަކާއި އަހަރެމެންނެއް ނުބެހެން.. ދެން ކީއްކުރަން ކުއްލިއަކަށް އައްޔާދްގެ ކައިވެނި ހަމަޖައްސަން ވީކީ!” މާރިއާ ވެސް ދުލެއް ނުކުރިއެވެ.
“ހަމަޖައްސާފައި އެއޮތީ. އޭނަ ވަކި އިންކާރެއް ނުކުރެއެއްނުން! އެއްބަސް ވީއެއްނު އެ.” އާޒިމް އެނދުގެ ފަޑީގައި ލެނގިލަމުން ބުނެލިއެވެ. “އާނ. ދެން އެއްބަސް ވާކަށްނުން ޖެހޭނީ. އާޒިމް ނުވިސްނުނަސް އޭނައަށް ވިސްނެއޭ. އޭނާއަށް އިނގެޔޭ އެމީހުން އިއްޒަތް ހިފައްޓަން. އާޒިމް ގޮސް އެހުރިހާ ވާހަކައެއް ދައްކާފައި އައިމާ ދެން އޭނައަށް ލަދުން ވެސް ކެރޭތެ ނޫނެކޭ ބުނަން.” މާރިއާގެ އަޑުގައި ނުރުހުން އެކުލެވުގެން ވިއެވެ.
އާޒިމް އެއްޗެކޭ ނުބުނުމުން މާރިއާ އިތުރަށް ރުޅިގަދަވިއެވެ. “ދެން ނުބުނާތި އަނގައިން. ހަމަ ރަނގަޅަށް އިނގެއެއްނުން އައްޔާދް ބޭނުންވަނީ ލައިބާ ނޫންކަން. އޭނާ ރޮއެފައި އަހަރެން ގާތު އާދޭސްކުރި އާޒިމަށް ވިސްނަދޭން. އޭނާ ބޭނުންވަނީ ރިއުމާން. ދެން ކީއްކުރަން އެ އުފާތަކަށް ހުރަސް އަޅަންވީކީ!” މާރިއާގެ ދުލުން ރިއުމާންގެ ނަން އިވުމުން އާޒިމް އެނދުން ތެދުވިއެވެ. “ކޮން ރިއުމާންއެއް! އޭނާގެ ނަން ކިޔާނެ ކަމެއް ވެސް ނެތް!” އާޒިމް ހަރުކަށި ކަމާއިއެކު މިހެން ބުނުމުން މާރިއާ ހައިރާންވިއެވެ. އާޒިމް އެހައި ރުޅި އަންނަންވީ ކޮން ސަބަބަކާއި ބާއޭ އޭނާ ހިތަށް އެރިއެވެ.
“ކިހިނެތްވީތަ އޭނަ؟ މިރޭ ތިވެގެން އުޅޭ ގޮތެއް ބުނަން ޖެހޭނީ. ކީއްވެތަ ޒުބޭރުމެންނާއި ގުޅުން ކަނޑާލީ.” މަރިއާ ހިތްހަމަނުޖެހިފައި ހުރެ ސުވާލު ކުރުމުން އާޒިމް އެކަމަށް މާ ސަމާލުކަމެއް ނުދީ ގޮސް އެނދުގައި އިށީނެވެ. “ނޭނގެ އަހަންނަކަށް!” އާޒިމް އެވާހަކަ ނުދައްކާން ބުނެލިއެވެ. “އުހުން.. ބުނޭ. ކީއްވެ ރިއުމާން ދެކެ ތިހާ ރުޅިއެއް ތިއަންނަނީ” މާރިއާ ގޮތް ދޫ ނުކުރުމުން އާޒިމް އެންމެފަހުން އެވާހަކަ ބުންޏެވެ.
“އަޑުއިވިއްޖެ! އަހަރެން ބޭނުމެއް ނޫން އެކަހަލަ މުޑުދާރު އަންހެން ކުއްޖަކާއި މިއާއިލާ އެއްވެސް ގުޅުމެއް ބާއްވާކަށް. ހެޔޮ އައްޔާދް ކިތަންމެ އާދޭހެއް ކުރިއަސް!” އާޒިމް ހަރުކަށި ކަމާއިއެކު މިހެން ބުނުމުން މާރިއާ އެނދުގައި އިށީނދެލީ ހަމަ ބުނާ އެއްޗެއް ވެސް ނޭނގިފައެވެ. “ރިއުމާން.. އަހަރެން ހިއެއް ވެސް ނުކުރަން. ޗީ.. އައްޔާދަށް އިނގޭތަ.” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު މާރިއާ އަހާލިއެވެ.
“އާނ އިނގޭނެ. އެކަމު އެވާހަކައެއް މާރިއާ ގާތަކު ނުބުނެއެއްނުން. އެހެން ހުރިހާކަމެއް ކިޔާދިން އިރު އެވާހަކައެއް ނުބުނެވުން.” އާޒިމް މިހެން ބުނުމުން މާރިއާ އެއްވެސް ޖަވާބެއް ނުދިނެވެ. “މީގެފަހުން ތި ރިއުމާންއެއްގެ ވާހަކަ ދައްކައިގެން ވެސް ނުވާނެ. މާރިއާ ވިސްނަދޭންވީ އަހަންނަކަށް ނޫން އައްޔާދަށް. ލަދުން ބޯހަލާކު!” އާޒިމް މިހެން ބުނެފައި ގޮސް އެނދުގައި އޮށޯތެވެ. އޭރު ވެސް މާރިއާ އިން ގޮތަށް އިނީ ދެންމެއަކު އެދެއްކި ވާހަކަ ޤަބޫލު ކުރަން ދަތިވެފައެވެ.
****
ކައިވެނީގެ ވާހަކަ ދެކެވުނުތާ ހަފްތާއެއް ވީއިރު ވެސް އައްޔާދް އެއްވެސް ވަރަކަށް ލައިބާއާއި ދިމާވެ ވާހަކަ ދެކެވިފައެއް ނުވެއެވެ. އެދެމެދުގައި ފާރެއް ލެވިފައިވީއިރު ކައިވެނީގެ ކަންތައް ހަމަޖެއްސުމުގައި އަވަދިނެތި އުޅުނީ ދެއާއިލާއެވެ. ކޮންމެހެން ބޭނުންމެއް ޖެހިގެން ނޫނިއްޔާ އައްޔާދް އެކަމާއި ނޫޅޭއިރު ގިނަ ވަގުތު ހޭދަކުރަނީ ޑިއުޓީގައެވެ. އޯވާ ޓައިމްއަށް ވެސް ގަޑި އިތުރު ކޮށްގެން އައްޔާދް ބަލަނީ ވީހާވެސް އެކަންކަމާއި ދުރުގައި އުޅެވޭތޯއެވެ.
ހަފްތާއެއް ވޭތުވެ ދިޔަ އިރުވެސް ރިއުމާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އޭނާގެ ކެތްތެރިކަން ކޮޅުން ލިއެވެ. ދެން އޭނާ ކައިރިއަށް ގޮސްގެން ވެސް ރިއުމާންއާއި ވާހަކަދައްކަން އައްޔާދް ބޭނުންވިއެވެ. މެންދުރުގެ ދިލަ އަވި މާލޭގެ މަގުތަކަށް އެޅިފައި ވީއިރު ބަރުގަނޑު އަޅަމުން ދިޔަ ކާރާއި ސައިކަލުތައް ތޮއްޖެހިފައި އޮތެވެ. ސައިކަލު މަތީގައި އިށީނދެ އިން އައްޔާދް ދެފަހަރަކު ބަރުގަނޑު އަޅާލާއިރު އިރުއިރުކޮޅުން އަތުކުރި ގަޑިއަށް ނަޒަރު ހުއްޓާލައެވެ. ރިއުމާން އޮފީސް ނިމޭ ގަޑިއަށް އެތަނަށް ދާން އޭނާ ނިންމީ އިތުރު އެހެން ގޮތެއް ނެތިގެންނެވެ.
ދިހަ ވަރަކަށް މިނެޓު އިން އިރުވެސް ކިރިޔާ ކުރިއަށް ދުއްވާލެވޭ ކަމެވެ. އެންމެފަހުން ރުޅި އައިސްފައި ހުރެ ސައިކަލު އަނބުރާލަން ހިތަށް އެރި ނަމަވެސް މިއީ ވަން ވޭ އެއްކަން އިނގުމުން އިތުރަށް ރުޅިގަދަވިއެވެ. އެންމެފަހުން ކައިރީގައި ހުރި ޖާގައަށް ސައިކަލު ޕާކަށް ޖެހުމަށްފަހު އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ރިއުމާންގެ އޮފީހާއި ދިމާއަށް ހިނގާފައި މިސްރާބުޖެހިއެވެ.
އޮފީސް ގަޑި ނިމިގެން މިހާރު ފަނަރަ ވަރަކަށް މިނެޓު ވީއިރު ރިއުމާން ނުދާ ކަމެއް ވެސް ނޭނގެއެވެ. އޭނާއަކީ އޮފީސް ނިމުމުން މާގިނައިރު މަޑު ކުރުމެތް ނެތި ދާނެ މީހެއްކަން އައްޔާދަށް އިނގެއެވެ. ކައިރީގައި ހުރި ގޯޅި އެޅުމަށްފަހު ދުރުން ފެންނަން ހުރި އިމާރާތާއި ދިމާއަށް އައްޔާދް ހަރު ފިޔަވަޅު ތަކެއްގައި ދިޔައެވެ.
ގަދަ އަވިން ހޫނު ވަމުން ދިޔައިރު ބޮލުން ހިއްލަމުން ދިޔަ ދާތިކިތައް ކަންހުޅި ކައިރިން ތިރިއަށް ފޭބިއެވެ. އައްޔާދް އަޅައިގެން ހުރި ތޮފި ނެގުމަށްފަހު އިސްތަށި ކޮޅުގައި އަތް ހާކާލަމުން ލޮލުގައިވީ ރޭބަން އައިނު މައްޗަށް ޖައްސާލިއެވެ. މަގު ހުރަސް ކުރުމަށްފަހު އެ އިމާރާތާއި ގާތްވަމުން ދިޔައިރު ބޭރަށް ނިކުމެ ހުރި ރިއުމާން އޭނާގެ ލޮލުގައި އަޅައިގަތެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއިރު އޭނާ ބެލީ އަވަހަށް އެހިސާބަށް ދެވޭތޯއެވެ.
ފަސްދީގެން ހުރި ރިއުމާންއަށް ކައިރީގައި މީހަކު ހުރި ކަމުގެ އިހުސާސްވުމުން ފަސް އެނބުރި ބަލައިލި ވަގުތު އައްޔާދް ފެނި އޭނާ ސިހުނެވެ. ލައިގެން ހުރި ޔުނީފޯމްގެ މޭމަތި ދާހިއްލުމުގެ ސަބަބުން ތެތްކަމުގެ އަސަރު ފާޅުވާން ހުރިއިރު އޭނާ ލޮލުގައިވީ އައިނު ނެގުމުން ރިއުމާންއާއި އެކަޅި ބައްދަލުވިއެވެ.
“ރިއުމާން..” އައްޔާދްގެ ދުލުން އެނަން އިވުމުން ރިއުމާންގެ ހިތަށް ތަދުވިއެވެ. “ކީއްކުރަން މިތަނަށް ތިއައީ.” ރިއުމާން އަޑުގައި ފޫހި ކަމެއް ވީ ނަމަވެސް އެ ސޫރަ ފެނުމުން އޭނާ ހިތްހަމަޖެހުނެވެ. “ހަފްތާއެއް ވީއިރުވެސް ރިއުމާންގެ ފަރާތުން ޚަބަރެއް ނުވީމަ.. އައި ނީޑް ޓު ޓޯކް.” އައްޔާދް ވާހަކަދެއްކީ އުއްމީދުން ފުރިގެންވާ ރާގަކުންނެވެ. “ބޭނުމެއް ނޫން އަޑުއަހާކަށް.. ޖަސްޓް ލީވް.” ރިއުމާން ދުރަށް ޖެހިލުމުން އައްޔާދް އެއްފިޔަވަޅު ކައިރިއަށް ޖެހިލިއެވެ.
“ނުދާނަން. ހަޤީޤަތް އޮޅުންފިލުވާ ނުދީއެއް ދެން މިތަނަކުން ނުދާނަން!” އައްޔާދް ތަންކޮޅެއް ހަރުކަށިކޮން މިހެން ބުނުމުން ރިއުމާން އޭނާއަށް ލޯ އަޅާލިއެވެ. “ހަޤީޤަތޭ؟ ލަދެއް ނުގަނޭތަ އަދިވެސް ތިހެން ކިޔާކަށް. ކާކުތަށް އޮޅުވާލައިގެން މިހުރިހާ ދުވަހު.. ޔޫ ނޯ ވަޓް! އަހަރެން ބޭނުމެއް ނޫން ތިކަހަލަ މީހަކާއި އެކީ އެންމެ ސިކުންތެއް ވެސް ބޭކާރު ކުރާކަށް!” ރިއުމާން ހިތްހަމަނުޖެހިފައި ހިނގައިގަތުމުން އައްޔާދް ހަމަ އެސިކުންތުގައި އޭނާ އަތްތިލައިގައި ހިފުމުން ރިއުމާން ވަގުތުން އަތް ފޮޅުވާލިއެވެ. “ޑޯންޓް ޓަޗް މީ!” ހަރުކަށި ކަމާއިއެކު އޭނާ މިހެން ބުނިއިރު މަގުމަތިން ދިޔަ މީހުންގެ ނަޒަރު މިހާރު އެ ދެމީހުނަށް ހުއްޓެމުން ދިޔައެވެ.
“ރިއުމާން ހެޔޮނުވާނެ.. ނުފެނޭތަ އަހަރެން މިއުޅޭ ގޮތެއް؟ އިރުއިރުކޮޅުން ގުޅާ ވާހަކަ ދައްކަން މިއުޅެނީ ކަމަކުން ކަމަކާއި ނުލައެއް ނޫނޭ. އެއްފަހަރު ވެސް ވިސްނާލިންތަ އަހަރެން ރިއުމާންއަށް ކެހިދީފައި ދެން މިގޮތަށް އުޅެންވީކީ ކީއްކުރަން ކަމެއް.. އިފް އައި ވޯންޓެޑް ޓު ލައި އެންޑް ހާޓް ޔޫ ވައި ވުޑް އައި ބީ ހިއާ؟ ކޮބާ ބޭނުމަކީ؟ އެއީ އަހަރެން ބޭނުންވި ގޮތް ނަމަ އެކަން ވެއްޖެއެއްނުން.. ދެން ކީއްކުރަން އިތުރަށް ރިއުމާން ފަހަތުން އުޅެންވީކީ؟” އައްޔާދް އާދޭހުގެ ރާގަކަށް ބުނެލިއެވެ.
އޭރު ރިއުމާން އެދެއްކި ވާހަކަތަކާއި މެދު ވިސްނާލި ނަމަވެސް އެކަން ޤަބޫލުކުރާކަށް ނޭދެއެވެ. “އިތުރަށް މޮޅު ވާހަކަތަކެއް ދައްކާނެ ކަމެއް ނެތް. އައި ހޭޓް ޔޫ!” ރިއުމާން އައްޔާދާއި ހަތަރުކަޅި ހަމަކުރަމުން ބުނެލިއެވެ. “ނޫން.. ޔޫ ޑޯންޓް!” އައްޔާދް ވެސް އޭނާގެ ގޮތުގައި ހިފައްޓާލިއެވެ. “ބުނަން އައްޔާދް އާޒިމް! އަހަރެން މިއީކީ ކުޅޭކުޅޭ އެއްޗެއް ނޫން ހިތު ހުރި ގޮތެއް ހަދާފައި އެއްލާލާކަށް. ތިއީ ހަމަ ހުރިހާ ފިރިހެނުންގެ ވެސް ވައްތަރު!” އައްޔާދްގެ ޔުނީފޯމްގައިވީ އޭނާގެ ނަމަށް ނަޒަރު ހުއްޓާލަމުން ރިއުމާން ބުނެލިއެވެ.
“އަހަރެން އެއްވެސް އިރެއްގައި ރިއުމާން އެއްލާލަކަށް ހިތެއް ނުލަން. އެހެން މީހުން އެގޮތަށް ކަންތައް ކުރިއަސް އަހަރެން ނުހަދާނަން އެހެންނެއް. އިނގޭތަ ކީއްވެގެންކަން؟” އައްޔާދް ހިތްހަމަ ނުޖެހިފައި ރިއުމާންގެ ދެކޮނޑުގައި ހިފާލަމުން ބުނެލިއެވެ. “އެއީ އަހަރެން ރިއުމާން ދެކެ އިންތިހާއަށް ލޯބިވާތީ.. އެންމެ ފުރަތަމަ ރަށުން ރިއުމާން ފެނުނު ދުވަހުން ފެށިގެން ވެސް މިހިތުގައި ވަނީ ތިނަން.. އެހައި ދުވަސްފަހުން ކުއްލިއަކަށް ރިއުމާން ހޯދީކީ ކޮންމެހެން ކޭސްއެއްގެ ކަންތައް ކަވާ ކޮށްދޭކަށް ނޫން. އައި ވޯންޓެޑް ޔޫ އިން މައި ލައިފް!” އައްޔާދް މިހެން ބުނިއިރު ރިއުމާން ދޫ ބަންދުވެފައި ކަޅި ޖަހާލަން ނޭނގި އައްޔާދްގެ އެމޫނަށް ގެއްލިފައި ހުރެވުނީއެވެ.
“ރިއުމާން ހީކުރީ މިއީ ހުސް އިއްތިފާޤުން ވީކަމެއް ކަމަށްތަ؟ އަހަރެން ހުރީ ރިއުމާން ހާސިލް ކުރަން ހިތުލައިގެން.. ބޭނުން ކޮށްފައި އެއްލާލާކަށް ނޫން. އެ ހެޔޮ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް.” އައްޔާދްގެ ލޮލުން ފާޅުވި ޖަޒްބާތާއި އެއަޑުގައިވީ ހިތާމަ ނަގައިގަނެވުމުން ރިއުމާންއަށް އޭނާ އެހަދަނީ ދޮގެއް ނޫންކަން ޔަޤީންވިއެވެ. ތެދެކެވެ. ރަށުން ދިމާވި އިރުވެސް އައްޔާދް އޭނާއާއި ދޭތެރެ ގެންގުޅޭ މިޒާޖު ތަފާތުކަން އިނގެއެވެ. ނަމަވެސް އޭނާގެ ޒަމީރު އެކަން ޤަބޫލު ކުރަން ފަސްޖެހުނެވެ. އިތުރަށް އައްޔާދްގެ ވާހަކަތަކުގެ ނުޖެހުމައި އިންޒާރު ދެމުން ދިޔައެވެ.
“އައްޔާދް ހީކުރީ ތިވާހަކަތަކުގައި އަހަރެން ޖެހޭނެ ކަމަށްތަ؟ ނޫން. ދެން އޮޅިގެން ވެސް ތި އައްޔާދްއާއި ކައިރިއެއް ނުވާނަން!” ކޮނޑުގައިވީ އައްޔާދްގެ ދެއަތް ފޮޅުވާލުމަށްފަހު ރިއުމާން ފަސްދީ ދާން ހިނގައިގަތެވެ. “އަހަންނަށް އިނގޭ ރިއުމާން ތި ފޮރުވާ ސިއްރު..” އައްޔާދް އެކަން ހާމަ ކުރީ ރިއުމާން އިތުރަށް ހުއްޓުވޭނެ ގޮތެއް ނެތިގެންނެވެ. އެއަޑު އިވުމާއި އެކު ރިއުމާން ފަސް އެނބުރި ބަލާލިއެވެ. “ކީކޭ؟” ދެބުމަ ކައިރިކޮށްލަމުން އޭނާ މިހެން އަހާލުމުން އައްޔާދް ދެފިޔަވަޅު ކުރިއަށް ޖެހިލިއެވެ. “އާނ. ރިއުމާން މުޅި ދުނިޔެއަށް ވަންހަނާ ކޮށްގެން ތިއުޅޭ ސިއްރުތައް އަހަންނަށް އިނގޭ. އައި ނޯ ޔުއާ ޑީޕް ޑާކް ސީކްރެޓްސް.” އައްޔާދްގެ ވާހަކަތަކުން ރިއުމާންގެ ހާސްވާން ފެށިއެވެ. ނަމަވެސް މޫނުމަތިން އޭނާ އެކަން ފާޅެއް ނުކުރެއެވެ.
“އެސްކިއުޒްމީ؟” މޭމައްޗަށް ދެއަތް ހުރަސް ކޮށްލަމުން ރިއުމާން އަހާލިއެވެ. “ޒުބޭރު.” އައްޔާދްގެ ދުލުން އެބޭރުވި އެންމެ ނަމަކުން ރިއުމާންގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. ނޭވާ ކަރުތެރޭގައި ތާށި ވިހެން ހީވި އިރު އައްޔާދަށް އެކަހަލަ ކަމެއް އިނގެންވީ ކިހިނަކުން ކަމެއް އޭނާއަކަށް ނުވިސްނުނެވެ. “ނައު ކެން ވީ ޓޯކް.” އައްޔާދް ހަރުކޮން މިހެން ބުނުމާއިއެކު ރިއުމާންގެ ދޫ ބަންދު ވިއެވެ. “މިރޭ ދާނަން ބަލާ.. ޓެންއަށް ތިރިއަށް ފައިބާތި. މިއީކީ ނޫން އަހަރެން މިވާހަކަ ދައްކަން ބޭނުންވި ގޮތަކީ.. ބަޓް ޔޫ ލީވް މީ ނޯ ޗޮއިސް.” އައްޔާދް މިހެން ބުނެފައި ފަސްއެނބުރި އެތަނުން ހިނގައިގަންނަމުން ދެލޯ މަރާލިއެވެ. ހިތާއި ދެކޮޅަށް މިފަދަ ގޮތަކަށް އެކަން ހާމަ ކުރަން ޖެހުނީތީ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ރިއުމާން ހާސިލް ކުރަން އުޅުމުގެ ތެރޭގައި އަތުން ބީވެގެން ހިނގައިދާނެ ކަމާއިމެދު އެހިތް ބިރުގަތެވެ.
****
ޖެހި ބުދެއްހެން ހުރި ރިއުމާން ހިނގައިގަން ވެސް ނޭނގިފައި ހުއްޓެވެ. ފަސްދީފައި އައްޔާދް ދިޔަ މަންޒަރު ބަލަން ހުރި އިރު އޭނާ ދެންމެ އެދެއްކި ވާހަކަތައް ބޮލުތެރޭގައި އެނބުރެމުން ދިޔަ ކަހަލައެވެ. ޒުބޭރުއާއި ގުޅޭ އެއްވެސް ވާހަކައެއް އޭނަ މިއަދާއި ހަމައަށް އެކަކު ކައިރިވެސް ދައްކާފައި ނުވާއިރު އައްޔާދަށް އެހެން އެބުނަން އިނގުނީ ކިހިނަކުން ބާއޭ އަމިއްލަ ޒަމީރު ސުވާލު ކުރިއެވެ.
ރިއުމާން އަވަސް ފިޔަވަޅު ތަކެއްގައި އޭނާ ހިނގައިގަތީ އައްޔާދާއި ދިމާއަށްށެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އޭނާ އެދިމާއަށް ދިޔައިރު ގޮސް ބުނާނީ ކީކޭ ކަމެއް ވެސް ނޭނގެއެވެ. ބޭނުން ނަމަ އަނބުރާލާފައި ގެއަށް ދެވިދާނެއެވެ. ނަމަވެސް އޭނާ ހިތް ބުނަމުން ދިޔައީ އައްޔާދް ކައިރިއަށް ދިއުމަށްށެވެ.
“އައްޔާދް..” ރިއުމާންގެ ދުލުން އެނަން ބޭއިޚްތިޔާރުގައި ބޭރުވި އިރު ހިނގަހިނގާ ހުރި އައްޔާދްގެ ފިޔަވަޅުތައް ހުއްޓުނެވެ. އޭނާ ފަސްއެނބުރި ބަލައިލުމުން ރިއުމާން ގޮސް އޭނައާއި އަރައި ހަމަކުރިއެވެ. “ޔެސް؟” ރިއުމާން އެއްޗެކޭ ނުބުނެ ހުރުމުން އައްޔާދް ނިތް އަރުވާލިއެވެ. އިތުރު ބަހެއް ނުބުނެ ރިއުމާން އައްޔާދްގެ އަތުގައި ހިފައި ފަސްއެނބުރި އައި ކޮޅަށް ހިނގައިގަތެވެ. ވާނުވާ ނޭނގި ހުރެފައި އައްޔާދް އޭނާގެ ފަހަތުން ދިޔައިރު ރިއުމާން ގޮސް ވަނީ އޭނާގެ އޮފީހުގެ އިމާރާތަށްށެވެ. ލިފްޓުން އޭނާ މަސައްކަތް ކުރާ ފަންގިފިލާއަށް ދަތުރު ކުރިއިރު ވެސް އެދެމެދުގައި އިތުރު ވާހަކައެއް ނުދެކެވެއެވެ. އޭރު ވެސް ރިއުމާން ހުރީ އައްޔާދްގެ އަތުން ދޫކޮށް ނުލައެވެ.
ލިފްޓު ހުޅުވުމާއި އެކު ރިއުމާން އެތެރެއަށް ހިނގައިގަތެވެ. އޮފީސް ގަޑި ނިމިފައި ވީކަމުން އެތަނުގައި މާގިނަ މީހުން ނެތްއިރު ރިއުމާން ގޮސް ވަނީ އޭނާއަށް ހާއްސަ ކުރެވިފައިވާ ކެބިންއަށްށެވެ. އެތެރެއަށް ވަދެ ވުމާއި އެކު އޭނާ ގޮސް ކެބިންގެ މެދާއި ހިސާބުގައި މަޑުކޮށްލި އިރު އައްޔާދް ވެސް ހުއްޓުނެވެ.
ފަސް އެނބުރިގެން ހުރިއިރު އައްޔާދްގެ އަތުގައި ހިފައިގެން ހުރެ ރިއުމާން ދެލޯ މަރާލިއެވެ. “ރިއުމާން..” ހިނދުކޮޅަކަށް ދެމިގެން ދިޔަ ހިމޭކަން ނައްތާލީ އައްޔާދެވެ. ރިއުމާން އެނބުރި އައްޔާދާއި ކުރިމަތި ލިއިރު އެލޮލުގައި ބަބުޅަމުން ދިޔަ ކަރުނަތަށް ފެނި އައްޔާދްގެ ހިތަށް އަސަރު ކުރުވިއެވެ. “ރިއު.. ބޭބީ.” އައްޔާދްގެ މޫނުމަތިން މާޔޫސްކަން ފާޅުވިއިރު އޭނާގެ އަތްތިލައިގައި ބާރަށް ހިފައްޓާލައިގެން ހުރި ރިއުމާންއަށް އިޚްތިޔާރަކާއި ނުލައި ރޮވުނެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު އައްޔާދަށް ކެތް ނުވެގެން ރިއުމާން ގެނެސް އެމޭގައި ފޮރުވާލިއެވެ.
“އައި އެމް ސޮރީ.. ސޯ ސޮރީ.” ރިއުމާންގެ ބޮލުގައި ފިރުމާލަމުން އައްޔާދް ވާހަކަދެއްކި އިރު އޭނާގެ އަޑު ވެސް ކުރެހުނެވެ. “ކީއްވެ އެހެން ހެދީ؟ ކީއްވެ؟..” ރިއުމާން ގިސްލަ ގިސްލާފައި ޝަކުވާ ކުރަމުން ދިޔައިރު އެހޫނު ކަރުނަތައް އައްޔާދްގެ ޔުނީފޯމަށް ފޭދިގެން ދިޔައެވެ. “ލެޓް މީ އެކްސްޕްލެއިން.. އަހަރެން ބޭނުމެއް ނޫން ރިއުމާންއަށް ހާޓް ކުރާކަށް.. އެއަށް ވުރެއް ބޮޑަށް ލޯބިވޭ. ޕްލީޒް ދޫންޔާ ހުއްޓާލާފައި އަޑުއަހާބައި.. ޑޯންޓް މޭކް މީ ޑޫ ސަމްތިން އައި ވިލް ރިގްރެޓް.” އައްޔާދް މިހެން ބުނެފައި ރިއުމާންގެ މޫނުގައި ދެއަތުން ހިފައި އިސް އުފުލާލިއެވެ.
އެކޯތާފަތް ކަރުނުން ތެމިފައި ވިއިރު މޫނަށް ލޭއަރައި ތުންފަތުގައި މަޑު ތުރުތުރު އެޅުމެއް ހުއްޓެވެ. އައްޔާދް އޭނާގެ އިނގިލި ތަކުން ރިއުމާންގެ ކޯތާފަތް ފޮހެލަދެމުން އެނިއްކުރީގައި ތުންފަތުން ބޮސްދިނެވެ. “އައި ލަވް ޔޫ.. ވަރަށް ލޯބިވޭ.” އައްޔާދްގެ ދުލުން އެބަސްތައް ބޭރުވުމުން ރިއުމާންގެ ހިތުގައި އިތުރަށް ޖެހުނެވެ.
“އައި ޑޯންޓް ކެއާ ރިއުގެ ލައިފްގައި ކުރިން ކޮންމެ ކަމެއް ކުރިމަތިވެފައި ހުއްޓަސް.. އައި ޓްރަސްޓް ޔޫ.” އައްޔާދް މިހެން ބުނެފައި ރިއުމާންގެ އަތުގައި ހިފާލިއެވެ. “އެރޭ ވީކަންތަކަކީ މިސްއަންޑަސްޓޭންޑިން އެއް.. ލައިބާ. ލައިބާ އެހެން ބުނީ އޮޅުމެއްގެ ތެރޭގައި ހުރެ.. ޕްލީޒް ލެޓް މީ އެކްސްޕްލެއިން.” އައްޔާދް މިހެން ބުނެފައި ރިއުމާން ގޮވައިގެން ގޮސް އެތަނުގައި ހުރި ދެގޮޑީގައި އިށީނދެލިއެވެ. އައްޔާދް ހަޤީޤަތް އޮޅުން ފިލުވައިދެމުން ދިޔައިރު ރިއުމާން ކަނުލާ އަޑުއަހަން އިނެވެ.
“ކީއްވެ އައްޔާދްގެ ބައްޕަ އެކަހަލަ ދޮގެއް ހަދަންވީ؟” ރިއުމާން މާޔޫސްވެ އިނދެ އަހާލިއެވެ. “ތިއީ އަސްލު މި ހުރިހާ މައްސަލައެއްގެ ފެށުމަކީ.. އަހަރެން ބޭނުމެއް ނޫން ރިއުމާންގެ ބޮލުގައި އިލްޒާމެއް އަޅުވާކަށް. ބަޓް ޕްލީޒް ޓެލް މީ ދަ ޓްރުތް..” އައްޔާދްގެ ވާހަކަތަކުން ރިއުމާން ހާސްވިއެވެ.
“ބައްޕަ ނުރުހޭ އަހަރެން ރިއުއާއި އެއްވެސް ގުޅުމެއް ބާއްވަން.. ކުރިން އެއީ ކީއްވެގެން ކަމެއް ނުބުނި. ވަރަށް އަހައިގެން ބުނީ..” އައްޔާދް އިސްޖެހިފައި އިނދެ ބުނެލިއެވެ. “ކީކޭ ބުނީ؟” ނޭވާ ހިފައްޓާލައިގެން އިނދެ ރިއުމާން ބުނެލިއެވެ. “ބައްޕަ ބުނީ ރިއުމާއާއި.. އައި ކާންޓް.” އައްޔާދް އެވާހަކަ ބުނަން ޖެހިލުންވެ ހުރެ އިންތަނުން ތެދުވިއެވެ.
“އައްޔާދް ޕްލީޒް.. ޓެލް މީ.” ރިއުމާން އޭނާގެ ފަހަތުގައި ހުއްޓިލަމުން ބުނެލިއެވެ. އައްޔާދް ދެލޯ މަރާލަމުން އާޒިމް ބުނި ގޮތަށް އެކަން ހާމަ ކުރިއެވެ. ރިއުމާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އައްޔާދް ފަސްއެނބުރި ބަލާލިއިރު ރިއުމާން އެއްވެސް ހަރަކާތެއް ނުކޮށް ހުއްޓެވެ. “އެއީ ދޮގެއް ދޯ.. އަހަންނަށް އިނގޭ ރިއުމާން އެކަހަލަ ކަމެއް ނުކުރާނެކަން.” އައްޔާދް ޔަޤީން ކަމާއިއެކު މިހެން ބުނި ނަމަވެސް ރިއުމާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.
“ރިއުމާން.. ބުނޭ އެއީ ދޮގެކޭ. ޕްލީޒް ސޭ އިޓް..” ލިބުނު ސިހުމުން ރިއުމާންއަށް ޖަވާބެއް ދޭން ވެސް އުނދަގޫ ވިއެވެ. އައްޔާދް ދައްކަމުން ދިޔަ ވާހަކަތައް ރަނގަޅަށް އަޑު ވެސް ނީވޭއިރު އޭނާ ހުރީ އާޒިމަށް އެފަދަ މަންޒަރެއް ފެނުނުކަން އިނގުމުން ލަދުގަނެ އައްޔާދާއި ކުރިމަތިލާން ވެސް ޖެހިލުން ވެފައެވެ. ރިއުމާން އެއްޗެކޭ ނުބުނެ ފަސް އެނބުރި ދުރަށް ދިޔައެވެ. އޭރު އޮލޮލުން ނިރާލި ކަރުނަތިކި ކޯތާފަތަށް ރޮނގެހެން ފޭބިއެވެ. “ރިއުމާން.. ޖަވާބު ދީބަލަ.” އައްޔާދްގެ އަޑު އިވުނު ނަމަވެސް ރިއުމާންގެ ދޫ ހަރަކާތެއް ނުކުރިއެވެ.
-ނުނިމޭ-
3352 Comments
Comments are closed.
layaal
January 31, 2017 at 4:35 pmEnjoy reading. Next part on Friday ina sha allah.
Will she finally reveal her darkest sorrows?
Bluish ❤
January 31, 2017 at 4:47 pmWow, Varah salhi ❤ , Next part kiyaalaa hithun dhen nuves hureveyne . Keep it up Layaal❤
layaal
January 31, 2017 at 7:56 pmThanks ?
wasee
January 31, 2017 at 4:52 pmalhe haadha lahakun e ee keehvetha
Immi
January 31, 2017 at 5:06 pmVv reetthiiiiii kn iraku aneh bai
layaal
January 31, 2017 at 7:56 pmThanks. On friday
Awmm
January 31, 2017 at 5:08 pmRiumaan bunaany thedhekey dho
waroo
January 31, 2017 at 5:21 pmalhe friday maa las…………….. dhen hama next part kiyaalaa hithun <3
Elsaa
January 31, 2017 at 5:30 pmAlheyy.. Please don’t make ayyaadh hate her.. ?
Shara
January 31, 2017 at 5:48 pmFriday ga aneh baa up koh dhenyaa miah vuren dhigukon genes dhybala!!! Pls pls!!! Anyway stry v v habeys!!! Aneh prt kiyaalaa hithun mihaaru hure veny ky noon!!! Hurihaa stry thakuge thereyn vx ehme kiyaa hiyy vaa stry mee!!!
layaal
January 31, 2017 at 7:57 pmThanks shara. Friday part dhigu vaane igey ?
Boo
January 31, 2017 at 5:52 pmFriday eyy.. Haadha lahey
yax
January 31, 2017 at 6:09 pmfriday maalas plz avas kohdiy bala
and this episode is very nice ?
layaal
January 31, 2017 at 7:58 pmThanks ?
aree
January 31, 2017 at 6:49 pmAwww. Ayaadh loabikan ulheyle. finally dhe meehun together. Friday part dhigu koh lachey igey layaa
love you ❤️❤️
Chum handi
January 31, 2017 at 6:54 pmriu thedhah buney and ayyaadh eyna ge story ehkoh aduahaa… and ayyaadh u ge dad aa mom aa dhemeehunnah kiyaidheegen russaa……. and make aadhil and laiba togather.. I love this story…….
layaal
January 31, 2017 at 7:58 pmThank you ?
Chum handi
January 31, 2017 at 10:15 pmwc layaal. m with you
Naxy
January 31, 2017 at 7:01 pmVvvvvv reethi… friday maaa las dhw
layaal
January 31, 2017 at 7:59 pmThank you. I know friday is las but it will be worth the wait. It will be long ?
Axee
January 31, 2017 at 7:02 pmYap.sure dho dhen layaa..she vill reveal…hehe..story v v v habeys..kyp it up???
layaal
January 31, 2017 at 7:59 pmThank you. ?
maiha?
January 31, 2017 at 7:04 pmlayaaa….alhe haadha reechey…adhivx dhigukohladhyba…plx plx
layaal
January 31, 2017 at 8:00 pmThank you. ?
Axee
January 31, 2017 at 7:08 pmLayaa can u up 26th part on thursday?……friday hama lahy inthixaaru kuran…..can u ? Puleeeeeeeeeeeeesssssss…only 26vana part….pls pls…
layaal
January 31, 2017 at 8:01 pmJust two days wait kohlaani. It will be long i promise ok ??
no name
January 31, 2017 at 7:55 pmNice
ham
January 31, 2017 at 8:03 pmAlheyy…haada kiya hithun ovva ey e nimunee…..den neyge Mirey nidheyne kameh ves….v v. Nice ingey story
layaal
February 1, 2017 at 10:12 amthanks ?
Faathee
January 31, 2017 at 8:32 pmVara reethi. Avaha ayyadh ah hurihaa vaahaka eh inguneema enme reethi vaanee. Eyge fahun ayyadh ge reaction n eyna kantha kuraa goi balaa hithun… heheh
layaal
February 1, 2017 at 10:13 amthank you ??
fathoo
January 31, 2017 at 9:17 pmAlhey dhw dhn kihinehbaa dhw riumaan hadhaani hama inthixaar kureveni nxt prt akam adhi 2 days dhw layaal.
Yaani
January 31, 2017 at 10:43 pmVarah reethi waiting waiting. Next part
Mz
January 31, 2017 at 10:50 pmVv reethi
Amm
January 31, 2017 at 11:27 pmWow interesting….. waiting 4 next
Sharu
February 1, 2017 at 8:04 amWow. Awesome.. v reethi.. dhn riumaan huriha vaahakaeh ayyadh ah hageegathah kiyadheynee.. and Riuman n Ayyadh forever together.. thank you Layaa
layaal
February 1, 2017 at 10:13 amthank you ??
yook
February 1, 2017 at 8:48 amalheyy they are so cute. plx dnt make ayyaadh hate her. one of the best story ever. waiting for the next part. keep up the gud work layaa.
layaal
February 1, 2017 at 10:14 amThanks
Anonymous
February 1, 2017 at 10:02 ammihaar up vaaleh haadha lahey.. thivarah nuthalhuvaa vaahaka avahah up kohdhee plx..vvv reethi vaahakaq.. waiting for another part
layaal
February 1, 2017 at 10:15 amThanks. ?
chin
February 1, 2017 at 10:03 amplease thedhu haama kurey riu dhen ayyaadhu ge lobi gaboolukurey
أم أعف
February 1, 2017 at 11:23 amHaadha reechey alhe dhw mivaahaka ??????
Anonymous
February 1, 2017 at 4:30 pmObiness to the max!!!!!
Kiyuntheri eh
February 1, 2017 at 4:35 pmVarah reethi. riuman aa ayyaadh vakinukurevvun edhen komme gotheh viyas varihama.
anni
February 1, 2017 at 4:43 pmWow! varah salhi. dhen dhe meehun marry kurey avaha. zubeyru kamtha buat kohlaa. Layaa you never disappoint hama varah reethi mi vaahaka ves ❤️❤️❤️❤️❤️❤️❤️
Nash D
February 1, 2017 at 7:03 pmI love this stry…good job..
RAGEEBA
February 2, 2017 at 12:42 pmVARA HADI
shahula ibrahim
February 2, 2017 at 12:48 pmmidhen maa reethivaahaka eh ? :/ chee chee cheeee
Ayaan
February 3, 2017 at 9:40 amI guess this rageeba and shahula is the same person commenting twice.. ??
Snow flake❄
February 2, 2017 at 3:39 pmWowo.????
BOoooTiFullllllllll????
Bestet Ever.??
Love you Layaaal.?✨✨✨
God Blesss Youu.?
Best Writerrrrrrr Ever.✊
Best Of Luck On your Storiesss.❤❤❤
Shazu
February 2, 2017 at 9:49 pmvvv reethi … dhen oiy baii thankolheh dhigu kohlahchey ??