Skip to content
އެސްފިޔަ

އަނދިރިފަރާތް (7 ވަނަ ބައި)

“އަރޫން… އަރޫން… ވަރަށް ތަދުވޭތަ؟” އަހަރެން އަރޫންއަށް ގޮވަމުން ގެންދިޔައީމެވެ. ނަމަވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ލޯ ހުޅުވާލެވޭ ވަރަށްވުރެ ވެސް ބޮޑަށް އެތަނަށް ތަދުވަނީ ކަންނޭނގެއެވެ. އަހަރެން ތެދުވެގެން ދުވެފައި އެތަނުން ނިކުންނަން ދިޔައީ އާރިފް ސާރ މެން މީހަކަށް މިކަން އަންގާށެވެ. ނަމަވެސް އަހަރެން އެތަނުގެ ދޮރާ ހަމައަށް އެރިތަނާ ބާރުއަޑެއް އިވުމުން އަހަރެން ކަންބޮޑުވެފައިހުރެ އެނބުރި ބަލާލީމެވެ. ތަޅުންގަނޑު މައްޗަށް އަރޫން ވެއްޓިފައި އޮތްތަން ފެނުމުން އަހަރެންގެ ޙަރަކާތް ހުސްވިއެވެ. އަރޫން ކައިރިއަށް ދާން އުޅެފައިވެސް އަހަރެން ދުވެފައި ދިޔައީ އާރިފް ސާރ މެން ކައިރިއަށެވެ.  އަރޫންއަށް މިވަގުތު އެންމެ އެކަށީގެންވާ ފަރުވާ ދެވޭނީ މެޑިކަލް ޓީމުންކަން އެނގޭތީއެވެ.

** **

ހުދުކުލައިގެ ބެޑުޝީޓު އަޅާފައިވާ އެނދުގައި އަރޫން އޮތް އިރު އެ ދެލޯ އޮތީ މެރިފައެވެ. މޫނުމައްޗަށް ކުޑަކޮށް ހުދުކުލަ އަރާފައިވީއިރު ދެއަތަށް ދެ އައިވީ ފުޅި ގުޅާފައި އޮތެވެ. އެއް އަތަށް ގުޅާފައިވާ ފުޅީގައި ހުދުކުލައިގެ ދިޔާ އެއްޗެއް ހުރިއިރު އަނެއް އަތަށް ގުޅާފައިވާ ފުޅީގައި ހުރީ ފެހި ކުލައަކަށްދާ ޒާތެއްގެ އެއްޗެކެވެ. މެއާ ހިސާބަށް ހުދުފޮތިގަނޑަކުން އޭނާގެ ގައި ނިވާކޮށްފައިވީއިރު ކޮނޑުގައި އަޅާފައިވާ ބޭސްގަނޑުގެ މަތިން ލޭ ފޭދިފައިވާތަން ފެނެއެވެ.

އެނދުގެ ބޯލާކޮޅުގައި ހުރި ހުދުކުލައިގެ ސޯފާގޮނޑީގައި އަހަރެން އިށީންދެލައިގެން އިނީމެވެ. އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ ނަޒަރު އަރޫންގެ މޫނަކާ ވަތްކެއް ނުވެއެވެ. އޭނާއަށް އެހެންވުމުން އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ. އިރުކޮޅެއްފަހުން އެތަނުގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ ރިޒާމްއާއި މާޒްގެ އިތުރުން އެޖެންސީގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ޑޮކްޓަރު ބުނެފައި ދިޔަ ނަމަވެސް އަހަރެންގެ ހިތުގައިވި ނުތަނަވަސްކަމެއް ނުފިލައެވެ.

“ޝުބާ ދެން ނުދަނީތަ ރަށަށްވެސް؟ މިހާރު ފަތިސްވާންވެސް ކައިރިވެއްޖެއްނު؟” ޑޮކްޓަރު ދިއުމާއެކު ރިޒާމް އަހަންނާ ދިމާއަށް ބުނެލިއެވެ. އެވަގުތު އަހަރެން އެތަނުގެ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ގަޑިއަށް ނަޒަރު ހިންގާލިއެވެ. ތެދެކެވެ. މިހާރު ގަޑިން ހަތަރެއް ޖަހަން ކައިރިވެއްޖެއެވެ. ނަމަވެސް އަރޫން ހޭނާރަނީސް އެތަނުން ދާކަށް އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ. އަހަންނަށް ޤަބޫލުކުރެވުނު ގޮތުގައި އޭނާއަށް އެހެން ދިމާވީ އަހަރެންގެ ސަބަބުންނެވެ.

“ތެދެއް އެއީ.. ޝުބާގެ މަންމަމެންނަށް ޝުބާ ގޭގައި ނެތްކަން އެނގެއްޖެނަމަ ކިހިނެއްވާނީ؟” މާޒްވެސް އަހަންނަށް ވިސްނައިދިނުމުގެ ގޮތުން ބުނެލިއެވެ.

“އަހަރެން ދާނީ އަރޫން ހޭއެރީމަ…” އަހަރެން މަޑުމަޑުން ބުނެލީމެވެ. ހަޤީޤަތުގައި އަރޫންއަށް އެހެންވުމުން އަހަރެން ހުރީ ވަރަށްވެސް ދެރަވެފައެވެ. އަހަރެން އެހެން ބުނުމުން ދެން އެމީހުން އިތުރަށް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އަހަރެން ގޮތްދޫނުކުރާނެކަން އެމީހުންނަށް އެނގޭނެއެވެ.

“ކޮބާ މިހާރު އަތުލައިގަތް މީހުންތައް؟” މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން އަހަރެން އަހާލީމެވެ. އެވަގުތު ވާހަކަދައްކަންފެށީ މާޒްއެވެ.

“ހުރިހާ އެވިޑެންސް އަކާ އެއްކޮށް ފުލުހުންނާ ހަވާލުކޮށްފި މިހާރު… ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ މިހާރު…” މާޒް އެހެން ބުނެލުމުން އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ. އެންމެ ރަނގަޅު ގޮތަކީ ލީޒާއަށްވެސް އޭނާއަށް ހައްޤު އަދަބު ލިބުންކަމުގައި އަހަރެން ޤަބޫލުކުރީމެވެ.

އަހަރެން އަނެއްކާވެސް އަރޫންއަށް ނަޒަރު ހުއްޓާލީމެވެ. އެވަގުތު އޭނާގެ އިނގިލިތަކަށް ކުޑަ ޙަރަކާތެއް އައިހެން އަހަންނަށް ހީވިއެވެ. އިރުކޮޅެއްނުވެ ތެދިން ފަހަރު އެސްފިޔަ ތަޅުވާލާފައި އޭނާ ދެލޯ ހުޅުވާލީ އުނދަގޫ ގޮތަކަށެެވެ. ބޮލުގައި އެއްއަތް އަޅާލައިގެން ހުރެ އޭނާ ތެދުވަން އުޅުމުން އަހަރެން ވަގުތުން އޭނާގެ އަތުގައި ހިފައި ބޭއްވީމެވެ.

“ނުތެދުވާތި! މިހާރުވެސް ލިބުނު އަނިޔާ ކުޑައެއްނޫން އިނގޭ..!” އަހަރެން އަމުރުވެރި ރާގަކަށް އެހެން ބުނެލުމުން އަރޫން އެއްމިޔަކުން ހީލިއެވެ. މާޒްއާއި ރިޒާމް ގާތަށްވެސް ހިނިއައެވެ.

“ހޭއި މޭން… އޯކޭތަ؟” ރިޒާމް އަރޫންއާ ގާތްވެލަމުން އަހާލިއެވެ. އަރޫން ހީލުމަށްފަހު ބޯ ޖަހާލިއެވެ.

“ކީއްވެތަ ކުރިން ތަދުވާ ވާހަކަ ނުބުނީ؟ އާރިފް ސާރ ވެސް އަރޫން އަހަންނާއެކު ފޮނުވީ ތަދުނުވެޔޭ ބުނީމަ.. ކީއްވެ ދޮގު ހަދަނީ؟” އަހަރެން ދެބުމަ ގޮށްޖަހައިގެން ހުރެ ވާހަކަދެއްކީމެވެ. އޭރު އަހަރެންގެ ދެލޯ ވެސް ފެންކަޅިވާންފެށީ ކީއްވެކަމެއް ޚުދު އަހަންނަކަށްވެސް ނޭނގުނެވެ.

“ދެން ތަދުނުވާތީއޭ ނުވެއޭ ބުނީ.. ޝުބް ދައްކާ ވާހަކަ ދޯ..” އަރޫން މަޖާ ރާގަކަށް ބުނެލިއެވެ. ނަމަވެސް އޭރުވެސް އަހަރެން ހުރީ ބުމަ ގޮށް ޖަހައިގެންނެވެ.

“ތަދުނުވާތީ ދޯ ތިތާ ތިހެން އޮންނަން ތި ޖެހުނީ؟ އަރޫން.. ޕްލީސް.. ޑޯންޓް ލައި.. ތަދުވަންޏާ ތަދުވެޔޭ ބުނާނީ… އެއީ އެވަރުކަމެއްތަ؟ މާ ގައްޑާ ވެގަނެގެން އުޅެން ޖެހޭތަ؟” އަހަރެން ބާރުބާރަށް އެހެން ބުނެލީމެވެ. އޭރު ހޫނު ކަރުނަތައް އަހަރެންގެ ކޯތާފަތް މައްޗަށް ފައިބަން ފަށައިފިއެވެ. އަރޫން އޭރު ހުރީ ހައިރާންވެފައި އަހަންނާ ދިމާ ބަލަހައްޓައިގެންނެވެ. މާޒްއާ ރިޒާމް ވެސް ތިބީ ފާޑަކަށް އަހަންނަށް ބަލާށެވެ. ޚުދު އަހަރެންވެސް އެވަގުތު ހައިރާންވިއެވެ. އަހަރެން މިހާ ބަލިކަށިވީ ކޮންއިރަކުބާއޭ ހިތަށް އަރަމުން ދިޔައެވެ. ވަގުތުން އަތުގެ ނުފުށުން ކަރުނަތައް ފުހެލުމަށްފަހު އަހަރެން ސޯފާގައި އޮތް ދަބަސްކޮޅު ނަގައިގެން ބާރު ފިޔަވަޅުތަކެއްގައި އެތަނުން ނިކުމެގެން ދިޔައީމެވެ.  އެޖެންސީއިން ނިކުމެގެން ރަށަށް ދިޔައިރުވެސް އަހަރެންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.

ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްލި ގޮތަށް އެނދުމައްޗަށް އަހަރެން ވެއްޓިގަތުމާއެކު އަނެއްކާވެސް އަހަންނަށް ރޮވެން ފެށުނެވެ. އަހަންނަށް މި ރޮވެނީ ކީއްވެކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަރޫންގެ ފުރާނައަށް ގެއްލުންނުވެ ސަލާމަތްވީތީ އަހަރެން އުފާވާކަމެވެ. ހިތް ފުރޭވަރަށް ރޮއިލުމުން އަހަރެންގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

އެދުވަހު ހެނދުނު ސްކޫލަށް ދިޔައިރުވެސް އެހެން ދުވަސްތަކާ ޚިލާފަށް  އަހަރެންގެ މޫނުމަތިވީ މިލާފައެވެ. ކުލާހަށް ވަދެފައިވެސް އަހަންނަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ލީޒާ އިންނަ ގޮނޑިއާ ދިމާއަށެވެ. ހުސްކޮށް ހުރި އެ ގޮނޑިން ގަދަކަމުން ކަހަލަގޮތަކަށް ނަޒަރު ވަކިކޮށްލުމަށްފަހު އަހަރެން އިންނަތަނަށް ގޮސް އިށީނީމެވެ. އޭރު އާދައިގެ މަތިން ޝާކިން އިނީ ފޮތެއްގައި ގަލަމަކުން ކުރަހާށެވެ. އަހަރެން އައިކަންވެސް އޭނާއަށް ނޭނގޭ ފަދައެެވެ.

ކުލާހުގައި އެންމެން ކަންފަތް ދޮށުގައި ސިއްރުސިއްރުން ދައްކަމުން އެދަނީ ލީޒާގެ ވާހަކަކަން އަހަންނަށް ޔަޤީންވީ އެމީހުން ލީޒާ އިންނަ ތަނަށް އިޝާރާތްކުރަމުން ވާހަކަދައްކާތީއެވެ. އެހާ އަވަހަށް މުޅި ރަށުތެރޭގައި އެ ވާހަކަ ފެތުރުނީއެވެ. އަހަރެން އެދައްކަނީ ކޮންވާހަކައެއްކަން ދެނަހުރިކަމަށްވެސް ނުހަދާ ފޮތެއް ހުޅުވައި އެއަށް ނަޒަރު ހުއްޓާލައިގެން އިނީމެވެ.

އިންޓަވަލް ގަޑީގައި ރައުފާ އަހަރެން ގާތަށް އައެވެ. ދެމީހުން އެކީ ކެންޓީނާ ދިމާއަށް މިސްރާބުޖެހިއިރު އެކަކުވެސް ލީޒާގެ ވާހަކައެއް ނުދައްކަމެވެ. ކެންޓީނު މޭޒެއް ދޮށުގައި އިށީންދެ އަހަރެމެން ހަމަޖެހިލީ ކާއެއްޗެހި އަޅައިގެން އައިހެވެ. އަހަރެން އަވަސް އަވަހަށް ކަމުން ގެންދިޔައިރު ރައުފާގެ ނަޒަރު އަހަންނަށް ހުއްޓިފައިވީކަން ފާހަގަވިއެވެ.

“ޝުބްއަށް ޤަބޫލުކުރެވޭތަ؟” ރައުފާ ކުއްލިއަކަށް އަހާލިއެވެ.

“ކޯއްޗެއް؟” އަހަރެން ފަރުވާކުޑަ ގޮތަކަށް އަހާލީމެވެ. އޭނާ އެއުޅެނީ ލީޒާގެ ވާހަކަ ފަށަންކަން އަހަންނަށް މާކުރިންވެސް އެނގެއެވެ.

“ލީޒް އެކަހަލަ ކަމެއް ހަމަ ކޮށްފާނެތަ؟” ރައުފާ އެެހެން އަހާލުމުން އަހަރެން އޭނާއަަށް ބަލާލީ ހައިރާންވެފައި ހުރި ފަދަ ގޮތަކަށެވެ.

“ކޮންކަމެއްތަ؟” ވަރަށް ނޭނގޭ ކަމަށް ހަދައި އަހަރެން ސުވާލުކޮށްލީމެވެ. އެއާއެކު ރައުފާ ބޮޑުތަކުރުފާނު ވާހަކަ ފެށިއެވެ.

“ޝުބް އަކަށް ނޭނގޭތަ؟ މުޅި ކުލާހުގައި މިޔަދު އޮތީ އެވާހަކައެއްނު؟ މިހާރު ޝާކިން ކައިރީ އިނދެ އިނދެ ޝުބް ވެސް ޝާކިން ކަހަލަ މީހަކަށް ވަނީތަ؟ ނޭނގޭތަ ލީޒް އަތުން މަސްތުވާތަކެތި ފެނުނީއޯ.. މިތާ ކައިރީގައި ހުރެއެއްނު ހަދަން ފަށާފައި ހުރި ގެއެއް؟ އެގޭ ތެރޭގައި ދެ ފިރިހެނުންނާއެކު ތިއްބައޯ ފެނުނީ… އަދި އެނގޭތަ؟ ސީކްރެޓް އެޖެންސީގެ ބައެކޯ އެމީހުން އަތުލައިގަތީ.. އެންޑް ޔޫ ވުޑް ނެވާރ ގެސް އަނެއް ދެ ފިރިހެނުންނަކީ ކޮންބައެއްކަން.. އެއީ އެއްކަލަ ރަށު ކައުންސިލަކަށް އުޅެއެއްނު ހަނީފެއް؟ އޭނައާ ހުސެއިން މަނިކާ.. އަހަރެން މި ހުރީ އަދިވެސް ގަބޫލުކުރަން ނޭނގިފަ… އެދެމީހުންނަކީވެސް އެންމެން ދަންނަ ހިތްހެޔޮ، ރަނގަޅު ބައެއް ވިއްޔަ… އަނެއްކޮޅުން ލީޒާ.. އަަހަރެން ހީކުރީ އޭނާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ކަމަށް… އެކަމަކު މިހާ ދުވަހު އެކީގައި އުޅުމުންވެސް އަހަންނަށް އޭނާގެ ގޮތެއް ނޭނގުނު… އަދި ވުޑް ޔޫ ބިލީވް އިޓް؟ ލީޒް އެ ފަޅު ގޭގަ ހުރީ ބުރުގާ ވެސް ނާޅާ ޓޮޕެކޯ ލައިގެން… ބޮޑު ހެދުން ލައި ބުރުގާ އަޅާފަ ހުންނަ ކުއްޖާ… އައި ޖަސްޓް ކާންޓް ބިލީވް..” ރައުފާ އެ ހުރިހާ ވާހަކައެއް ދެއްކިއިރު އަހަންނަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ.

“މީހެއްގެ ބޭރުފުށަކުން އެމީހެއްގެ ގޮތެއް ނޭނގޭނެ…” އަހަރެން ރައުފާއަށް ބަލާލަމުން ބުނެލީމެވެ. މުޅި ރަށުތެރޭގައިވެސް މިހާރު ކާޅުގޮވާ އުސޫލުން ފެތުރެމުންދާނީ މި ވާހަކަކަން ޔަޤީނެވެ.

“ހުމްމް.. މިހާރު ފުލުހުންގެ ބެލުމުގެ ދަށުގަ އެ އެންމެން ހުރީ… ހީވެޔޯ ޖަލު ހުކުމެއް އެންމެންނަށް ވެސް އަންނާނެހެން.. މި ބުނީ ލީޒާއަށްވެސް 18 ވެއްޖެއްނު؟” ރައުފާ އެހެން ބުނުމުން އަހަރެން ބޯ ޖަހާލީމެވެ. ތެދެކެވެ. ލީޒާއަށް މިއަހަރު 18 އަހަރު ފުރިއްޖެއެވެ. އަހަންނަށްވެސް މިއަންނަ މަހުގެ ތެރޭގައި 18 ވާނެއެވެ.

އިންޓަވަލް ގަޑި ނިމުމާއެކު އަހަރެމެން ކުލާހަށް ދިޔައީމެވެ. އިންޓަވަލަށްފަހު ފުރަތަމަ ގަޑިއަކީ ރާޖް ސާރ ކިޔަވައިދޭ ގަޑިކަމުން އަހަރެންގެ ހިތަށް ފޫހިކަމެއް ވެރިވިއެވެ. ރާޖް ސާރ ކުލާހަށް ވަނުމާއެކު އެހެން ކުދިން ފަދައިން އަހަރެން ވެސް ކޮޅަށް ތެދުވީމެވެ. ނަމަވެސް އެއީ ތެދުވާ ހިތަކުން ނޫނެވެ. ގަޑި ފެށުމުގެ ކުރިން ސާރ ދޭން ފެށީ ފާޑެއްގެ ތަޤުރީރެކެވެ. ދަތްދޮޅީގައި އަތް ވިއްދައިގެން އަހަރެން ސާރ ކިޔާ އެއްޗެހި އަޑުއަހަން އިނީމެވެ.

“މިހާރު ސްކޫލުގައި އުޅޭ ކުދިންވެސް މާ ބޮޑުވެގެން އުޅެނީ… މައިންބަފައިންނާ ޓީޗަރުންދޭ ނަސޭހަތް އެއީ އެކުދިންނަށް އެއްވެސް އެއްޗަކަށް ނުވޭ… އަދި އަމިއްލަ ދީނެއް އޮންނައިރު އެދީނާ ޚިލާފުވާކަށް ކުޑަކޮށްވެސް ޖެހިލުމެއްނުވޭ… ސިނގިރޭޓުވެސް ބޮނީ… ޑްރަގްސް ވެސް ބޭނުންކުރަނީ.. މީ ދެން ދިވެހިރާއްޖެ ފަދަ ތަނެއްގައި ތަންފުކެއް ބޮޑުވަރު ދޯ؟” ރާޖް ސާރ އިނގިރޭސި ބަހުން ވާހަކަދެއްކިއެވެ. ސާރ އެގޮތަށް އެ ވާހަަކަދެއްކީ ލީޒާގެ ވާހަކަ އަޑުއިވުމުންކަން އަހަންނަށް ޔަޤީންވިއެވެ. މާ ހެޔޮއެދޭ މީހަކަށް ވެގެން ސާރ ނަސޭހަތްދޭއިރު ތިމާ މީހާއަކީ ރާއްޖެއާ ދެކޮޅުވެރިވެގެން އުޅޭ މީހެއްކަމެއް ނުވިސްނޭ ހެއްޔެވެ؟ އޭރު ރުޅިއައިސްގެން އަހަަރެންގެ ދެއަތް މުއްކެވިފައިވިއެވެ.

“ސާރ އުންމީދުކުރަނީ ދެން މިތަނުން ކުއްޖަކު އެފަދަ ދަށުދަރަޖައިގެ ޢަމަލެއް ނުކުރާނެކަމަށް…” އެހެން ބުނުމަށްފަހު ރާޖް ސާރ ކިޔަވައިދޭން ފެށިއެވެ. އަހަރެން ދެލޯ ހަނިކޮށްލަމުން ބަލާލީ ކައިރީގައި އިން ޝާކިންއާ ދިމާއަށެވެ. އޭނާގެ މޫނުން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ރުޅިއައިސްގެންހުރެ ނަމަވެސް އަހަރެން ރާޖް ސާރ ބޯޑުގައި ލިޔެދެމުން ގެންދިޔަ ނޯޓްސް ކޮޕީކުރަމުން ދިޔައީމެވެ. އޭރު އަހަރެންގެ ސިކުނޑީގައި ތަފާތު އެއްޗެހި އެނބުރެމުން ދިޔައެވެ. އަހަރެން ބޭނުމީ ވީހާވެސް އަހަވަށް ރާޖް ސާރ އާއި ޝާކިން އަތުލައިގަންނާށެވެ. އަހަރެންގެ ހިތަށް މިހާރު ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ. ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް އައި މޮޅު ޚިޔާލެއްގެ ސަބަބުން މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“ސާރ!” އަހަރެން ކަނާއަތް މައްޗަށް ހިއްލާލަމުން ރާޖް ސާރ އަށް ގޮވާލީމެވެ. އެވަގުތު ސާރ ބޯޑުގައި ލިޔަން ހުރެފައި އަހަންނާ ދިމާއަށް އެނބުރެލިއެވެ.

“ކިހިނެއްވީ ޝުބާ؟” ރާޖް ސާރ ނިއްކުރިއަށް ދެތިން ރޫ އަރުވާލަމުން އަހާލިއެވެ.

“ޝާކިން އުނދަގޫ ކުރަނީ!” ހުރިހާ ކުދިންނަށް އަޑު އިވޭވަރަށް އަހަރެން އެހެން ބުނެލީމެވެ. އެވަގުތު އެންމެން ކަހަލަ ގޮތަކަށް އަހަންނާ ދިމާއަށް ބަލާލިއެވެ. ކައިރީގައި އިން ޝާކިން ވެސް ވަށްކަޅިން ބަލާލިކަން އަހަންނަށް ފާހަގަވިއެވެ. ރާޖް ސާރ އެއްފަހަރު ޝާކިންއަށް އަނެއްފަހަރު އަހަންނަށް ބަލާލުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި އައިސް އަހަރެންގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓުނެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ބަލާލީ ޝާކިންއާ ދިމާއެވެ.

“ޝާކިން ކީއްކުރީ ޝުބާއަށް؟ ޝާކިން އަކީ ނުލާހިކު ޑިސިޕްލިންޑް ދަރިވަރެއް…” ރާޖް ސާރ އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އަހަރެން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ޝާކިން އަކީ ތިމަންނައާ އެއްކޮށް ރާއްޖެއަށް ހަމަލާދޭން އުޅޭ މީހެކޭ ބުނިނަމަ މާރަނގަޅުވީހެވެ.

“ޝާކިން އަހަރެންގެ ފައިގައި ފައިން ޖެހަނީ ހަމަ… ފިލާވަޅު އަޑުއެހޭ ވަރެއްވެސް ނޫނޭ އުނދަގޫކުރާވަރުން…” އަހަރެން ރާޖް ސާރއަށް ބަލަން ހުރެ ބުނެލީމެވެ. އެވަގުތު ޝާކިންވެސް އަހަންނާ ދިމާއަށް އެނބުރި ބަލާލިއެވެ. ނުކުރާ ކަމެއްގެ ތުހުމަތު އަހަރެން އޭނާގެ ބޮލުގައި އެޅުވުމުން ރުޅިއައީކަންނޭނގެއެވެ. ރުޅިއަޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. އެދެމީހުން ރުޅިއެރުވުމަކީ އަހަރެން މިވަގުތު ކުރަން ބޭނުންވާ ކަންތައްވެސް މެއެވެ.

“އެއީ ތެދެއްތަ ޝާކިން؟” ރާޖް ސާރ ޝާކިންއާ ސުވާލުކުރިއެވެ. އޭނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އަހަރެން އިނީ އެތެރެއިން ހީލަހީލައެވެ. އަހަރެން ހީކުރިގޮތާ ޚިލާފަށް ޝާކިން އޭނާގެ އަމިއްލަ ނަފްސު ދިފާޢުކުރާކަށް ނޫޅުނެވެ. ރާޖް ސާރ ކުރި ސުވާލަށް އޭނާ ބޯ ޖަހާލުމުން އަހަރެން ހައިރާންވެސްވިއެވެ. ނުކުރާ ކަމަކަށް އޭނާ އެ އެއްބަސްވީ ކީއްވެގެން ހެއްޔެވެ؟

“ދެން އެހެން ނުހަދާތި އިނގޭ… ފިލާވަޅު ކިޔައިދޭ ވަގުތު ކުދިންނަށް ޖެއްސުންކޮށް ހެދުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް…” ރާޖް ސާރ އެެހެން ބުނެލުމުން ޝާކިން ބޯ ޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. ސާރ ދިއުމުންވެސް އަހަންނަށް ހައިރާންވެފައި ޝާކިންއާ ދިމާ ބަލަން ހުރެވުނީއެވެ. ކަންތައް މިވީކީ އަހަރެން ރޭވި ގޮތަކަށް ނޫންވިއްޔާއެވެ. އަހަރެން އެހެން ބަލަން ހުއްޓާ ޝާކިން އަހަންނަށް ލޯ އަޅާލިއެވެ. އެއާއެކު ވަގުތުން އަހަރެން އެހެން ދިމާއަކަށް ނަޒަރު ހުއްޓާލީމެވެ. މި ޝާކިން އަކީ ސިއްރުން ފުރިގެންވާ އިންސާނެކެވެ.

ނިތްކުރިމަތީގައި އަތް އަޅައިގެން އަހަންނަށް އިނދެވުނީ ދެންމެ ކަންތައްވީގޮތާ މެދު ވިސްނާށެވެ. އަހަރެން ވަކި ޝާކިންގެ ކަމެއް ހޯދާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާ އަހަންނާ ވާހަކަދައްކަނީކީ ނޫންވިއްޔާއެވެ. އެހެން އިންދާ ކުއްލިއަކަށް އަހަރެން ސިހުނީ މީހަކު އަހަރެންގެ ފައިގައި ކޮށްޓާލުމުންނެވެ. ތިރި ބަލާލިހިނދު އަހަރެންގެ އަޅި ކުލައިގެ ބޫޓު މަތީގައި ޝާކިންގެ އޮފުއަރާ ކަޅުކަންދަގަ ބޫޓު އޮތްތަން ފެނުމުން ދެލޯ ބޮޑުކޮށްލަމުން އަހަރެން އޭނާއަށް ބަލާލީމެވެ. މިހާރު އޭނާ މިއުޅެނީ ކީއްކުރަން ހެއްޔެވެ؟ އެވަގުތު އޭނާ އެއްމިޔަކުން ހިނިތުންވެލިތަން އަހަރެން ދުށީމެވެ. އެއީ އަހަރެންގެ ޙަޔާތުގައިވެސް އަލަށް އޭނާގެ ހިނިތުންވުމެއް ފެނުނު ދުވަހެވެ. ނޭވާލާންވެސް ނޭނގިފައި އަހަންނަށް އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަނގައިގައި ކުޅު ގިނަވަމުން ދިޔަ ނަމަވެސް ހިންދިރުވާލާކަށްވެސް އަަހަންނަކަށް ނޭނގުނެވެ. އަހަންނަށް ހުރެވުނު ގޮތް ރޭކާލީ އަނގައިގެ އެއްމިޔަކަނުން ސޮނި ފައިބަން ފެށުމުންނެވެ. އަވަަސް އަވަހަށް ހިންދިރުވާލައި އަހަރެން އަނެއް ފަރާތަށް އެނބުރުނީމެވެ. އަދި އަތުގެ ނުފުށުން އަނގަމަތި ފުހެލީމެވެ. އަހަންނަށް މިވަނީ ކީއް ހެއްޔެވެ؟

“ސާރ.. ވޮޝްރޫމަށް ގޮސްލާނަން..” ސާރ ގާތުން ހުއްދައެއް ހޯދުމަށްފަހު އަހަރެން އަވަސް އަވަހަށް ކުލާހުން ނިކުންނަން ދިޔައީމެވެ. އެވަގުތު އަހަރެން ބޭނުންވީ އެކަނިވެލާށެވެ. ޝާކިން އަކީ ނުބައި ނުލަފާ މީހެއްކަން އަހަރެންގެ ހިތަށް އެތަށް ފަހަރަކު ވިސްނައިދެވުން ނަމަވެސް އަހަރެންގެ ބަސްނާހާ ހިތް އެކަން ޤަބޫލުނުކުރަނީ ކީއްގެން ހެއްޔެވެ؟ އަހަރެންގެ ހިތުގައި އަދިވެސް ޝާކިންއަށްޓަކާ ވިންދު އެ ޖަހަނީ ކީއްވެ ހެއްޔެވެ؟ އަހަރެން އެގޮތެއް ބޭނުމެއް ނޫނެވެ.

އަހަރެންގެ މިސްރާބު ހުރީ ފާހާނާބަރިތަކާ ދިމާއަކަށް ނޫނެވެ. އެންމެ ތިރިއަށް ފޭބުމަށްފަހު އަހަރެން ދިޔައީ ސްކޫލުގައި ބަހައްޓާފައި ހުންނަ ފެންހަންތަކާ ދިމާއަށެވެ. އެތަނުން ހަމެއްގެ ފުރަގަހަށްވަދެ އަހަރެން އެތާ ހުންނަ ގަލެއް މަތީގައި އިށީންދެ ހަމަޖެހެލީމެވެ. ދެއަތުން އަނގަމަތީގައި އަތް އަޅައިގެން އިނދެ އަހަރެން ވިސްނަމުން ދިޔައީމެވެ.

އެހެން އިންނަތާ އިރުކޮޅެއްފަހުން ކުއްލިއަކަށް އެތަނަށް މީހެއްގެ ހިޔަންޏެއްގެ ހިލަމެއްވިއެވެ. އަހަރެން އިސްއުފުލާލާ ބަލާލިއިރު ހަން ފުރަގަހުން ފެންނަނީ ހަމައެކަނި އެމީހާގެ ހިޔަންޏެވެ.

“ކާކު؟” އަހަރެން މަޑުމަޑުން އަހާލީމެވެ. އެއާއެކު އެ ހިޔަނި މިދިމާއަށް އަންނަން ފެށިއެވެ. ހަދާނެ ވަކި ގޮތެއް ނޭނގިފައި އަހަރެން އިންތަނުގައި އިނީއެވެ.

ހަން ފުރަގަހުން ނިކުތް ޝާކިން ފެނިފައި އަހަރެންނަށް ކޮޅަށް ތެދުވެވުނެވެ. ދެޖީބަށް އަތް ޖަހާލައިގެން ހުރިއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ އަހަންނަށެވެ. އެ މޫނުމަތީގައިވި ކުލަވަރު ދެނެގަންނަން އަހަންނަށް އުނދަގޫވިއެވެ. އެދެލޮލުގައި ވަނީ ސީރިއަސްކަމެވެ.

“ޝާކިން.. މިތާ؟” އަހަންނަށް އަހާލެވުނީ ހަމައެކަނި އެހިސާބަށެވެ. އޭނާ އައި ގޮތަށް އައިސް އަހަރެންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ. އެ ފިނި އިނގިލި ޖެހުމާއެކު އަހަންނަށް ހަށިގަނޑުގައި ކަރަންޓުގެ ބާންޏެއް ދުވެލިކަމުގެ އިހުސާސްކުރެވިގެން ދިޔައެވެ.

“ޝްޝްޝް.. އައި ނޯ ދެޓް ޔޫ ލަވް މީ..” ޝާކިން އެބުނި އެއްޗަކުން އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. މަޑުމަޑުން އަހަރެންގެ ތުންފަތުގައި ޖައްސާފައިވާ އޭނާގެ އިނގިލި ދުރުކޮށްލަމުން އޭނާ އަހަންނަށް ހަދިޔާކޮށްލީ ފުރިހަމަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި އަހަރެންގެ ދެފައި ވިރިގެން ދިޔަ ފަދައެވެ. ދެތިން ފަހަރަކު ހިންދިރުވާލަމުން އަހަރެން އިސްޖަހާލީމެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (45)

  1. Liaa

    hey guys.. feel free to leave ur comments ingey 🙂
    Loves <3

  2. Hunter

    Oh finallyy… ?????

  3. Almaa

    Oh v salhiey mi part vs waiting for the next part. Miadhu first dhw☺

  4. Hunter

    Oh its me firsttt?….. Yahhhhhh
    Its nice… I think he knows who she is… Lets see what happen… Really curious…. Liaa fighting?

    1. Boo
      Hunter

      In your dreams you are firsttt hunter..

    2. Hunter
      Hunter

      It really was me darling… gui boo… Huh huh haaaaaaa… I cant stop laughing you stupid boo… ???
      In my dreams im always first..
      gui boo

    3. Boo
      Hunter

      ?????????

  5. yax

    oh my god
    liaaaa
    kihineh hadhan thi ulheniy!!!
    feeling curious?

  6. Nish

    Adhi eh part miadhu up kohdhybala Liaa dhoonya pls

  7. Aif

    Very salhi…. Plx upload next part soooooooooon ?

  8. Mary

    Anehkaa shub he secrets shaakin ah naangahchey liaa
    Shaakin as hedhi moyavefa huri varun shub hurihaa secrets thah relieve ves kohfaane kan neyge dhw…
    Anehkaa shaakin e ulhenee raj sir bunegen shub he gaathun mauluumaathu hoadheyne gotheh veythw kan neyge…
    Oh my god…very curious
    Anyways… Salhi vaahaka

  9. KJ

    Oh mymy♡
    Plx upload next part soooooon ♡

  10. R.......A

    Vvvv nice mihithah aranee dhen keekey baa aey subaa hithaharey hey kudave dhuniye olhifa dhoa subaa hunnanee subaa ah vbod gonjehumeh dhow kurimathi laanjehenee kuriyah vaanegotheh vvv bodah balaa hivvehje

  11. Nash D

    Stry is nice

  12. Love

    yageen shub hunnany shakin aa aroon aa dheytherey fithi fakan.. 🙂 🙂 🙂 🙂 🙂 🙂

    1. Love
      Love

      :* :* 😉

  13. mishkaa

    Varahh reethi..dhn mireyy adhi up kohla dheeba eh part..pls liaa?

  14. Binthi

    That night ga shaakin ah shuba ge loa fenuney dhw? And he starred at her ehnu..and class in fenigen ves eye to eye meet vi.. Means he knows faadakah.? And heevany shaakin aky majubooree haalathehga huri meeheh hen.. Raj sir shakin ah majubooru kuranee hen heeevany..

    1. Anonymous
      Binthi

      Mashah vs heevany hama mihn..shaakin ah majubooru kurany hn heevany..e raaj sir gandu

  15. princes

    Upload next episode soon pls i ❤ this story

  16. Nw1

    Kurin reyga aroon shubaa ah govi adu shaakin ah ivifa othykamah ves vedhaane dhw. This is an awsome story liaaaa

  17. ❤mixoo

    vvvv reethi.. kihinehbaa dhen vaaanee.?

  18. sama

    mi copy ehtha liaaa

  19. Xyz

    Kobaa tha story liaa?

  20. Dk

    Liaaaaaa.. Kobaatha.. Miyadhu up nukuranytha????

  21. Dk

    Admin. liaa ah amuru kohba vaahaka up kuran.. 🙂

  22. Anonymous

    Liaa

  23. Dk

    Admin. Lia kairee v.aadheyhaa eky edhibala vaahaka up kuran..

  24. bodu handi

    liaaa kobaa waiting ingeyyyy

  25. Nw

    Liaaaa, konirskuntha next part?????

  26. iffa

    PLx kobatha next part kethmadhuvefa mihiry liaaaa

  27. Mary

    Dhogeh noon…kobaatha next part liaaaaaaaaaaa…… 🙁 🙁 🙁
    Aharumen enmen kehmadhu Vega inthizaaruga mi thibenee iru iru kolhaa bala balsa
    Story up veythw
    Anehkaa miadhu nugenes dheneetha?
    Alhe haadha dhera ey ehen vehjiyya

  28. Unknown

    Miadhu up nukureytha??

  29. Aik

    Alhe liyaaa miadhu story up nukurantha? Can’t wait.

  30. ???

    Liyaaa where r u???

  31. Aif

    Knock knock! Where r u liaa dear? No story today? ?

  32. Pooh bear

    Hei liaa. upload kohdheeba story avahah.
    ingeytha i think you are the first writer who is uploading the story soon and long.
    thanks for that.

  33. Binthi

    Liaa bali veetha?
    Story ah waiting ??

  34. Brainless

    Alhe Liaa..
    Where is the next part..
    This story is fabulous…
    I really like this…
    Plxxx make it fast…

  35. Aisha

    This story is amazing. Can’t wait for the next update. Liaa varah molhu ingey vaahaka liyan. ?❤

  36. ASH CHUM

    Alhey kobaatha

  37. Hunter

    ??Liaa… Plx upload the next part….????

  38. Shubbb

    Wow salhiiii…. Thnx <3 <3

  39. Shubbb

    Alheyyy kobaatha new episode…. Cant wait for it….

  40. Muns

    Hee kuri varah vure reethi kuriyah dhaavarakah 🙂 <3

Comments are closed.