Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (16)

shafu
February 1, 2017
8 Mins Read
70 Views
26 Comments

” އާހިލް އަ..އަހަރެން ވެސް ވަރަށް ލޯބިވޭ އާހިލް ދެކެ. އަހަންނަކަށް ވެސް އާހިލް އާއި ނުލާ ކެތެއް ނުވާނެ. މެހެކް ފެންކަޅިވެފައި ހުރެ ބުނެލިއެެވެ. “ތި ދުވަސް ދެކެން އަހަރެން ވެސް ވަރަށް ބޭނުން”.

އެކަމަކު.. މެހެކް ލޯމަރާލިއެވެ. އަހަރެން..އަހަރެން ބޭނުން މަންމަ މެންނާ އިހަށް ވާހަކަ ދައްކާލަން” ބުނާނެ އިތުރު އެއްޗެއް މެހެކް އަކަށް ނުވިސްނުނެވެ. އާހިލްގެ ހާލާއި މެދު ވިސްނާފައި އިވާން ގެ ވާހަކަ ބުނާކަށް މެހެކް ގެ ހިތެއް ނޭދުނެވެ.

” އެންމެ ރަނގަޅު މެހެކް ބޭނުން ގޮތެއް. އަހަރެން ހަމަ އުފަލުން އެއްބަސް. އާހިލް ހިނިތުންވަމުން އިސްޖަހާލިއެވެ.

” އާހިލް ބޭސް ކައިފިންތަ؟ ކާފަ ކޮބާ؟ މެހެކް މަޢުލޫޢު ބަދަލު ކޮއްލިއެވެ.

” އާ ބޭސް ކައިފިން. ކާފަ އެބައުޅޭ ގޭގަ އަހަރެން އައި އިރު”. ހިނިތުންވެފައި ހުރެ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އާހިލް ހުރީ ދެރަވެފައި ކަން މެހެކް އަށް އެނގުނެވެ. ކައިވެންޏަށް ސީދާ އާ އެކޭ ނުބުނީމަ ކަންވެސް އޭނާ އަށް ވިސްނުނެވެ. ނަމަވެސް އޭނާ އަށް އެވަގުތު އެގޮތަށް ޖަވާބުދޭން މަޖްބޫރު ވީއެވެ.

“އަހަރެން ދެން ދަނީ އިނގޭ ރާނީ” އިރުގަނޑަކު އެހެން ހުރެފައި މެހެކް ގެ އަތުގައި ހިފާލަމުން އާހިލް ބުނެލިއެވެ.

“ދަނީތަ؟”

” އާން، ކާފަ އަހަރެން ނާންނަހާ ހިނދަކު ނުނިދާނެ. އެހެންވެ”

” ވަރަށް ވަރަށް ލޯބިވޭ އިނގޭ. އަހަރެން ގުޅާނަން” އާހިލް ދަމުން ބުނެލިއެވެ.

“އަހަރެން ވެސް”

އާހިލް ދިއުމުން މެހެކް އަށް ރޮވެން ފެށުނެވެ. އޭނާ އަށް އާހިލް ދެރަކޮއްލެވުނީތީ އެވެ. ހިތަށް ކުރި އަސަރުން ބާރުބާރަށް ސިޑިން އަރައިގެން ގޮސް އޭނާ ގެއަށް ވަނެވެ.

ކޮޓަރިއަށް ވަދެވުމާއެކު ހިތަށް ކެތް ނުވުމުން މޫނު މަތީގައި ބާލީހެއް އަޅާފައި އޭނާ ރޯން ފެށިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައެވެ.

” އާހިލް އެއައީ ކިހާ އުންމީދާ އެކު ހެއްޔެވެ؟. ނަމަވެސް އޭނާގެ ހާލަތު ހުރިގޮތުން މަންމަ އަދި އިވާން އާއި ވާހަކަ ނުދައްކާ އާހިލް އަށް ޖަވާބެއް ދޭން އޭނާ އަށް ނުކެރުނީއެވެ.

” އާހިލް ދެކެ އަހަރެން ވަރަށް ވަރަށް ލޯބިވޭ” ރޮމުން ރޮމުން މެހެކް މަޑުމަޑުން ބުނެލިއެވެ.

އެހެންއޮއްވާ އޭނާ އަށް ނިދުނު އިރެއް ނޭންގުނެވެ.

އޭނާ އަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ” ދަރިފުޅާ ތެދުވޭ ނަމާދު ކުރަން”. މަންމަ ގޮވާލުމާއެކު އޭނާ ތެދުވިއެވެ. ރޭގައި އެވަރަށް ރުއިމުގެ ސަބަބުން އޭނާގެ ލޮލުގައި މަޑު ރިހުމެއް ހުއްޓެވެ.

ނަމާދުކޮށް ނިމިގެން މެހެކް ބެލަކަންޏަށް ނުކުމެލިއެވެ. މަންމަ އާއިއެކުއެވެ. “މަންމާ” މެހެކް ގޮވާލިއެވެ. އެވަގުތު އޭނާ ގެ ހިތުގެ ވިންދް އަވަސް ވިއެވެ. ނަމަވެސް ފުންނޭވާ އެއް ދޫކޮއްލަމުން އޭނާ ހިތްވަރުކުރިއެވެ.

” މަންމާ”

” އެއްޗެއް ބުނަން ބޭނުން ވަނީތަ ދަރިފުޅާ. މަންމަ ގާތުގައި ހުންނަ އިރުވެސް ހާދަވަރަކަށޭ މަންމަ އަށް ތި ގޮވަނީ؟” މަންމަ އަހާލިއެވެ. މެހެކްގެ މޫނުފެނި ކުޑަކޮށް ހާސްވެފައި ހުރެގެންނެވެ. އެވަގުތު އޭނާ އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

” މަންމާ އަ..އަހަންނަކަށް މި ކައިވެންޏެއް ނުކުރެވޭނެ” ދުރަށް ނަޒަރު ހިންގާލަމުން މެހެކް ބުނެލިއެވެ.

” ކީކޭ، ކީކޭ ދަރިފުޅު ތި ކިޔަނީ؟ މަންމަ ހައިރާން ވެ އަނގަ މެޅުނެވެ.

” އާ މަންމާ. ހަމަ ރަނގަޅަށް މިބުނީ އަހަންނަކަށް ނުވާނެ” ހަޤީޤަތް އިތުރަށް ހާމަކުރަން މެހެކް އަށް ހިތްވަރު ލިބެމުން ދިޔައެވެ.

” މަންމާ އަހަރެން ލޯބިވާ އެހެން މީހަކު އެބަހުރި……”

“އަހަރެން ކިޔަވަން ދިއުމުގެ މާ ކުރިން ވެސް އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ. މަންމަ ގާތު އޭރު އެވާހަކަ ބުނަން ނުކެރުނީ. މަންމާ! އަހަރުމެން ދެމީހުން ދުރުކުރީ ބައެއްގެ ރޭވުމުން. އެކަމަކު..އެކަމަކު މިހާރު އަހަންނަށް ހަޤީޤަތް އެނގިއްޖެ. އެހެންވެ.” އިސްޖަހާލައިގެން ހުރެ ވާހަަކަ ދައްކަމުން އޭނާ ކަރުނަތައް ފޮހެލިއެވެ.

” އޭނާ އަހަންނަށް ޓަކައި ހުއްޓައި އެހެން މީހެއްގެ ހައްޤަކަށް ވާކަށް އަހަންނަކަށް ކެތެއް ނުވާނެ” މެހެކް އަށް މާ ބޮޑަށް ރޮވެން ފެށުމުން އޭނާ ވަނީ ކޮޓަރިއަށެވެ.

އޭރުވެސް މަންމަ ހުއްޓުން އަރާފައި ހުރީއެވެ. ފަހަރުގައި އެއީ ހަޤީޤަތެއްކަން މަންމަ އަށް ޤަބޫލު ނުކުރެވުނީ ކަންނޭނގެއެވެ.

” ދަރިފުޅާ، ދެން އިވާން އަށް ވާނީ ކިހިނެތް؟ އިވާން ވެސް ދަރިފުޅު ދެކެ ނުލާހިކު ލޯބި ވެއެއްނު. އަނެއްކޮޅުން ޝިޔާމައްތަ އާއި ނަސީރުބެގެ އިތުރުން މަންމަ ގެ ބައެއް ރައްޓެހިން ގާތުވެސް އެވާހަކަ ދެއްކިއްޖެ. މަންމަ މެހެކް ގެ ފަހަތުން އައިސް ކޮޓަރިއަށް ވަނެވެ.

” އެކަމަކު..މަންމާ” ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވުމުން، ރޮމުން އޭނާ މަންމަ ގެ އުނގުގައި ބޯ އަޅާލިއެވެ. ” ދަރިފުޅު ދެން އެވަރަށް ނުރޯ ބުނެބަލަ. ކޮންތާކު އުޅޭ ކުއްޖެއް ދެކެތަ މާ ލޯބިވެގެން ތިއުޅެނީ” މެހެކް ރޯ އަޑު އަހަން ކެތް ނުވުމުން އެންމެފަހުން މަންމަ އަހާލިއެވެ.

އެއަޑަށް މަންމަ ގެ އުނގުން އޭނާ ތެދުވިއެވެ. ދެން މަންމަ ގެ މޫނަށް ބަލާލިއެވެ. އޭރު އޭނާގެ ދޮން މޫނު ވަނީ ރޮއިރޮއި ރަތް ވެފައެވެ.

” މަންމާ އޭނާގެ ނަމަކީ އާހިލް. މާލޭގަ އުޅެނީ”.

” އާހިލް އޭ. އެހެންތަ؟ ދަރިފުޅަށް ޔަޤީންތަ އާހިލް އަކީ ރަނގަޅު ކުއްޖެއްކަން. ”

މަންމަ އެހެން އަހާލުމުން އާ އެކޭ ބުނުމުގެ ގޮތުން މެހެކް ބޯ ޖަހާލިއެވެ.

” މަންމާ، އަހަރެން ކައިވެނި ކުރަން ބޭނުން ވަނީ އާހިލް އާ”

” އެކަމަކު ދަރިފުޅާ އިވާން ދެރަވާނެ ވަރު ހިތަށް އަރާފަ މަންމަ ހާދަހާ ދެރައެއް އެބަވެޔޭ. އެހެނަސް މަންމަ ގެ އުފަލަކީ ދަރިފުޅުގެ އުފާ. ލޯބި ނުވާ މީހަކާއެކު ދިރުއުޅުމެއް އުޅެން ވަރަށް އުނދަގޫވާނެ. ދަރިފުޅު ކުރިން ތިހެން ބުނި ނަމަ ދޯ. މަންމަ މިއަދު މިހާ ދެރައެއް ނުވިސްް” މެހެކް ގެ ބޮލުގައި ފިރުމަމުން ފެންކަޅިވެފައި އިނދެ މަންމަ ވާހަކަ ދެއްކިއެވެ.

” މަންމާ، އިވާން އާއި ވާހަކަ ދައްކަން ވީތަ؟” މެހެކް އެހެން އަހާލުމުން މަންމަ ފުންނޭވާއެއް ދޫކޮއްލިއެވެ. ” ދެން އިވާން އާއި ވާހަކަ ނުދައްކައެއް ނުވާނެއެއްނު”

“މަންމަ ވާހަކަ ދައްކަ ދޭން ވީނު؟” މެހެކް މަންމަ ގާތުން އެދުނެވެ.

” މަންމަ އަށް ހީވަނީ ދަރިފުޅު ވާހަކަ ދެއްކިއްޔާ ހެން އެންމެ ރަނގަޅުވާނީ” މަންމަ ބުނެލިއެވެ.

އެދުވަހު އޮތީ  މެހެކް ގެ ހެނދުނު ޑިއުޓީ ކަމުން އޭނާ ތައްޔާރުވެލައިގެން ޑިއުޓީއަށް ދިއައެވެ.

މެންދުރުގެ ވަގުތެވެ. ބްރޭކް ވާން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް އޭނާގެ ފޯން ރިންގް ވިއެވެ. ” ހެލޯ މެހެކް، ދެމީހުން އެކީގަ ލަންޗަށް ދަމާ” އިވާން ގެ ކޯލެކެވެ.

އެވަގުތު މެހެކް ވިސްނާލިއެވެ. މީ އިވާން ގާތުގައި ހަޤީޤަތް ބުނެދޭން ރަނގަޅު ވަގުތެއް ކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ. ” އާ އޯކޭ” މެހެކް އެއްބަސްވިއެވެ.

ދެމީހުން އެކުގައި ދިޔައީ އައި.ޖީ އެމް އެޗާ މާ ދުރުނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކަށެވެ.

އެތެރެއަށް ވަދެގެން ދިޔައިރު ރެސްޓޯރެންޓް ތެރޭގައި ތިބީ ވަރަށް މަދުބައެކެވެ. ހުސް މޭޒުތައް ބައިވަރެވެެ. ދެމީހުން ގޮސް ހަމަޖެހުނީ ތަންކޮޅެން އެތެރޭގައި ހުރި މޭޒެއްގައެވެ. އެވަގުތު ވެއިޓާރ މެނޫ ގެނައެވެ.

” އަހަންނަށް ގެނޭ ކޯކެއް. މެހެކް އަށް ކޮން އެއްޗެއް ގެންނާނީ” ވަރަށް ލޯބިން އިވާން އަހާލިއެވެ.

” އަހަަންނަށް ވެސް ގެނޭ ދެން ކޯކެއް” މެހެކް ބުނެލިއެވެ.

” މެހެކް އަހަރެން ބުނީ..އަހަރެން ބޭނުމޭ ވީހާވެސް އަވަހަށް މެރީ ކުރަން. މިއަދު މީ ކޮން ޑޭޓެއް؟  އިވާން ފޯނުން ޓޭޑް ބަލާލިއެވެ. “ހުމްމް. މިއަދު މީ ފަސްޓް ޑިސެމްބާރ، ސޯ ޖެނުއަރީ ފިފްޓީން އަށް ހަދަމާ”. އިވާން ޚިޔާލު ދިނެވެ. އެވަގުތު މެހެކް އަށް ކުރެވެމުން ދިޔައީ އޭނާގެ ގައިން ވަރުދޫވާ ކަހަލަ އިޚްސާސެކެވެ. މުޅި މީހާ ދާހިއްލަން ފެށިއެވެ. ނަމަވެސް އެ ސިކުންތުގައި ލޯ މަރާލަމުން އޭނާ އާހިލް މަތިން ހަނދާން ކޮއްލިއެވެ. އޭނާ ގެ ހިތްވަރަކީ އާހިލް ދެކެ އޭނާ ވާ ލޯތްބެވެ.

” އިވާން ” މެހެކް ހިންދިރުވާލަމުން ގޮވާލިއެވެ.

” ބުނެބަލަ”.

“ކިހިނެއް ފައްޓާނީ…” މެހެކް ފަސްޖެހެމުން ދިޔައެވެ.

” އިވާން އަހަރެން ބުނީމެއްނު ދޯ އަހަރެން.. ކުރިން މީހަކު ދެކެ ވަރަށް ލޯބިވި ވާހަކަ” އެހިސާބަށް ބުނެވުނު އިރު މެހެކް ގެ ލޮލަށް ކަރުނަތައް ޖަމާވަމުން އައެވެ. ނަމަވެސް އޭނާ އަށް އިތުރު ގޮތެއް ނެތެވެ. އޭނާ ދުނިޔޭގައި އުފަލެއް ބޭނުން ނަމަ ހިތުގެ ގޮވުމަށް އިޖާބަ ދޭން އޭނާ އަށް މަޖްބޫރެވެ.

” ހުމްމް” މެހެކް ބުނަން އުޅޭ އެއްޗެއް ނޭނގިގެން އިވާން އިނީ އަޖާއިބުވެފައެވެ. އޭނާ މަޑުމަޑުން ކޯކު ތަށި ތުނބުގައި ޖައްސާލިއެވެ.

” އޭނަ އެނބުރި އަތުވެއްޖެ. އޭނަގެ އެއްވެސް ކުށެއް ނެތް. އަހަރެން އޭނަ ދެކެ ވަރަށް ލޯބިވޭ. މެހެކް ދެލޯ މަރާލަމުން އަވަސް އަވަހަށް ކިޔާލިއެވެ.

އިވާން ބަސް ހުއްޓިފައި އިރުކޮޅަކު އިނީއެވެ. ދެން ފުންނޭވާއެއް ދޫކޮއްލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ފަހަރުގައި މެހެކް ބުނަން އެއުޅެނީ ކީކޭ ކަން އިވާން އަށް ވިސްނުނީ ކަންނޭނގެއެވެ.

” މެހެކް އަހަރެން ވެސް މެހެކް ދެކެ ވަަރަށް ލޯބިވޭ. ދެން އަހަންނަށް ވާނީ ކިހިނެއް؟. އަހަންނަށް ލޯބި ނުދެވުނީތަ؟ އިވާން އަހާލިއެވެ.

” އެވަގުތު މެހެކް ރޮމުން ބޯ ހޫރުވާލީ ނޫނެކޭ ބުނާ ފަދަ ގޮތަކަށެވެ. އޭރު އޭނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. އިސްއުފުލާފައި އިވާންގެ މޫނަށް ބަލާކަށް އޭނާ އަކަށް ނުކެރުނެވެ.

އިރުކޮޅެއް ނުވެ އިވާން އިންތަނުން ތެދުވިއެވެ. ” އަހަރެން ބޭނުން ވަނީ އެކަނިވެލަން. އަހަރެން…އަހަރެން ދަނީ”

ކައުންޓަރަށް ބިލް ދައްކާލުމަށް ފަހު އޭނާ ލޮލުގައި އައިނު އަޅާލަމުން އަވަސް އަވަހަށް ބޭރަށް ނުކުތެވެ. އޭރުވެސް މެހެކް އިނީ ހަމަ އެއިން ގޮތަށެވެ.

މިއަދު މެހެކް ޤުރުބާން ވަމުން އެދަނީ އާހިލް އަށް ޓަކައެވެ. އޭނާ އާހިލް ދެކެ އިންތިހާ އަށް ލޯބިވާތީއެވެ.

އިވާން އަށް ދެރައެއް ދޭކަށް އޭނާ ދުވަހަކުވެސް ނުވިސްނައެވެ. ނަމަވެސް މިއަދު އޭނާގެ ލޯތްބައްޓަކާ އޭނާ އަށް އެކަން ކުރެވިއްޖެއެވެ. އިވާން އޭނާ އަށް މަޢާފް ކުރާނެބާއެވެ؟

އެދުވަހުގެ ހަވީރުގެ ވަގުތެވެ. ކޮޓަރިތެރޭގައި ހިނގާލަ ހިނގާލަ ހުރެފައި މެހެކް އިރުއިރުކޮޅުން އޭނާގެ ފޯނަށް ބަލާލައެވެ. އޭރު އާހިލް ގުޅިތާ އިރުކޮޅެއް ވެއްޖެއެވެ. ނަމަވެސް މެހެކް އެ އިންތިޒާރު ކުރަނީ އިވާން ގެ ކޯލަކަށެވެ. އޭނާ ބޭނުންވަނީ އިވާންގެ ފަރާތުން މަޢާފަށް އެދޭށެވެ. އިވާން އަށް ގުޅާކަށް އަދި މެސެޖެއް ކުރާކަށް ވެސް މެހެކް އަކަށް ނުކެރުނެވެ. އިވާން އަށް ދެވުނީ ދެރައެއް ކަމަށް އޭނާ އަށް ޤަބޫލުކުރެވޭތީއެވެ.

އެހެން ހުއްޓައި އޭނާގެ ފޯނަށް މެސެޖެއް އައެވެ. މެހެކް އަވަސް އަވަހަށް ބަލާލިއިރު އެއީ އިވާން ގެ މެސެޖެކެވެ.

“މެހެކް އަހަރެން މެހެކް ދެކެ ވަރަށް ލޯބިވޭ. އެކަމަކު އަހަންނާއި ދޭތެރޭ ހިތުގައި އެއްވެސް އިޚްސާސެއް ނެތް މީހަކާއި އެކު ދިރިއުޅުން ވެއަތު ކުރާކަށް އަހަރެން ވެސް ބޭނުމެއް ނޫން. މިހާރު އަހަރެން ވިސްނައިފިން. މެހެކް ލޯބިވާ މީހާ އާއި އެކު ކުރިއަށް ދޭ. އުފާވެރި ޚަޔާތަކަށް އެދެން.” އިވާން ގެ މެސެޖް ކިޔާލެވުމުން މެހެކް ގެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ލުޔެއް ލިބުނުހެން ހީވިއެވެ.

” އިވާން ޕްލީޒް އަހަންނަށް މަޢާފް ކޮއްދެއްޗޭ” މެހެކް ދެރަވެފައި އިނދެ އިވާން އަށް މެސެޖެއް ފޮނުވިއެވެ.

“އިޓްސް އޯކޭ މެހެކް. މި ހިތުގައި މެހެކް އާއި މެދު ޝަކުވާއެއް ނެތް”.

އިވާން ގެ މެސެޖް ފެނި މެހެކް އަށް ހިނިތުންވެވުނެވެ. ” އަލްޚަމްދްﷲ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވީ” މެހެކް މަޑުމަޑުން ބުނެލިއެވެ. އޭނާ ބޭނުންވީ އިވާން އޭނާއަށް މަޢާފް ކުރާށެވެ. އެކަން އޭނާ އަށް އިވާން އެކޮއްދިނީ އެވެ. އޭނާ އަށް ހީވީ މުޅި ދުވަހު ނޭވާ ނުލާ ހުރެފައި، ނޭވާ ލެވެން ފެށި ހެންނެވެ.

ދިޔަގޮތަށް ގޮސް އޭނާ މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ” ދެން ދަރިފުޅު ބުނޭ އާހިލް ގާތު އެންމެންނާ ބައްދަލުކޮއްލަން އަންނާށޭ ކައިވެނީ ގެ ވާހަކަ ދައްކަން” މަންމަ ކުޑަކޮށް ހިނިތުންވެފައި ހުރި ނަމަވެސް މޫނު މަތިން ފެންނަނީ މާޔޫސް ކަމެވެ. އިވާން ދެރަވާނެ ވަރު ހިތަށް އަރާފައި މަންމަ ވެސް ދެރަވަނީކަން މެހެކް އަށް ވިސްނުނެވެ.

” މަންމަ އުފަލެއް ނުވޭ ދޯ؟” މެހެކް ދެރަވެލާފައި އަހާލިއެެވެ. ” ނޫން. ދަރިފުޅު އުފަލުގައި ހުރިއްޔާ މަންމަ އުފާވޭ. ބޮޑުބޭބެ އާ ވާހަކަ ދައްކަން މިދަނީ އިނގޭ ތި ކަމާ”. އެހެން ބުނުމަށް ފަހު މަންމަ ހިނގައިގަތީ ބޮޑުބޭބެގެ ކޮޓަރި އާއި ދިމާއަަށެވެ.

ދެ ދުވަސް ފަހެވެ. ރޭގަނޑުގެ ވަގުތެވެ. އާހިލް އާއި ކާފަ ތިބީ އެގޭގައެވެ. ކައިވެނީގެ ވާހަކަ ދެއްކުމަށްޓަކައި އައިހެވެ.

އޭރު ބޮޑުބޭބެ އާއި މަންމަ ގެ އިތުރުން ނަފީސާ ވެސް އިނެވެ.

” ކޮން މަސައްކަތެއް އާހިލް ކުރަނީ؟ ” ބޮޑުބޭބެ އަހާލިއެވެ.

ބޮޑުބޭބެގެ ސުވާލުން އާހިލް ބަލާލީ މެހެކް ގެ މޫނަށެވެ. އޭރު އާހިލް ގެ މޫނު މަތިން ފެންނަމުން ދިޔައީ ހާސްކަމެވެ.

” މިވަގުތު އެއްވެސް މަސައްކަތެއް ނުކުރަން. އެކަމަކު ތަނަކަށް ވަޒީފާ ހޯދަން ސިޓީ ލައިފިން އިއްޔެ. އިރާދަކުރެއްވިއްޔަ މެހެކް އާއި ކައިވެނި ކުރުމުގެ ކުރިން ވަޒީފާ އެއް ހޯދާނަން”. އާހިލް ބުންޏެވެ.

” އެހެންތަ؟ ކުޑަކޮށް ހިތްހަމަ ނުޖެހިފައި އިނދެ ބޮޑުބޭބެ އަހާލިއެވެ.

“އެންމެންގެ މޫނަށް ވަކިވަކިން މެހެކް ބަލާލިއެވެ. ބޮޑުބޭބެ އާއި މަންމަގެ މޫނު މަތިން އުފާވެރިކަމެއް ފެންނަން ނެތް އިރު ނަފީސާ އިނީ މޫނު ކުނިކޮއްގެންނެވެ. ކީއްވެގެން ހެއްޔެވެ؟ އާހިލް އަކީ ނިކަމެއްޗަކަށް ވީ މަ ބާއެވެ. އެކަހަލަ ވިސްނުންތައް އައިސް އޭނާ ހިތަށް ތަދުވިއެވެ. ނަމަވެސް މޫނުމަތިން އެ އަސަރު ނުދެއްކޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

ކައިވެނި ކުރާނެ ދުވަހެއް ހަމަޖެއްސުމަށް ފަހު އާހިލް އާއި ކާފަ ދިޔައެވެ.

” މަންމަ ކީއްވެ ހިތް ހަމަ ނުޖެހިފަ އިނީ؟ ” ކޮޓަރިއަށް ވަދެވުމާއެކު މެހެކް ދެރަވެލާފައި މަންމަ ގާތު ޝަކުވާ ކުރިއެވެ.

” ދަރިފުޅާ، އާހިލް ކިތަންމެ ރަނގަޅު ނަމަވެސް ދަރިފުޅު ގެންގުޅޭނެ ފެންވަރު އާހިލް ގައިގައި އެބަހުރިބާ އޭ މަންމަ ހިތަށް އެރީ. މާދަމާ ވެސް ކުއްޖަކު ލިބިދާނެ. ދަރިފުޅު ވަޒީފާ ދޫކޮއްލަން މަޖުބޫރުވެދާނެ. އެފަދަ ހާލަތުގައި އާހިލް އަށް ދަރިފުޅު ގޮވައިގެން އުޅެވޭނެތަ؟ ” މަންމަ ސުވާލު ކުރިއެވެ.

އެ ސުވާލަށް މެހެކް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާ ވިސްނާލިއެވެ. މަންމާ މާދަމާ ވާނެ ގޮތެއް ނޭނގެ އެއްނު. މާތް ރަސްކަލާންގެ  ކިތަންމެ ރަނގަޅު ގޮތެއްވެސް މެދުވެރި ކުރައްވަފާނެ. ތިހެން ނުވިސްނާ މަންމާ”. މެހެކް ފެންކަޅިވިއެވެ.

ދެހަފްތާ ފަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. އެތައް ހިތާމައަކުން އަރައިގަނެ މެހެކް އަށް އޭނާގެ ހަޤީޤީ ލޯބި ހާސިލްވީ އެވެ. ލޯބިވާ މީހާ މި ދުނިޔޭގައި ލިބޭނީ މަދު ބަޔަކަށެވެ. އެ މަދު ނަސީބުވެރިންގެ ތެރޭގައި އޭނާ ހިމެނުނީއެވެ. އާއެކެވެ. މިއަދަކީ އާހިލް އާއި މެހެކް ގެ ކައިވެނި ކުރެވޭ ދުވަހެވެ.

ލޯގަނޑު ކުރިމައްޗަށް އޭނާ ހުއްޓިލިއެވެ. ގަދަ ފިޔާތޮށި ކުލައިގެ ރީތި ލޭސް ހެދުމުގައި އޭނާ ހުރިއިރު ހީވަނީ ފިނިފެންމަލެއް ހެންނެވެ. ކުޑަކޮށް މޭކަޕް ކޮއްލާފައި ހުރިއިރު އިސްތަށިގަނޑު ހުރީ އެއްކޮށް ދޫކޮއްލާފައެވެ.

އިރުކޮޅަކު ލޯގަނޑުން ބަލަން ހުރެފައި މޫނުމައްޗަށް ކުޑަ އިސްތަށިކޮޅެއް އޭނާ ވައްޓާލިއެވެ. ދެން ހިނިތުންވެލިއެވެ.

“ދަރިފުޅާ އެންމެން އަތުވެއްޖެ. ދެން އަވަހަށް ނުކުމެލާ”. މަންމަ ކޮޓަރި ދޮރު މައްޗަށް އަރާފައި ގޮވާލިއެވެ.

މެހެކް ބޭރަށް ނުކުމެލި އިރު އާހިލް އާއި ކާފަގެ އިތުރުން ގާޒީވެސް ހުއްޓެވެ. އާހިލް ފެނުމުން އޭނާގެ ހިތުގެ ވިންދް އަވަސް ވާން ފެށިއެވެ. ލަދުން ގޮސް އޭނާއަށް އިސްޖަހާލެވުނެވެ. ހުދު ގަމީހާއި ކަޅު ޖިންސް ގައި އާހިލް ވެސް އިންތިހާ އަށް ރީއްޗެވެ. މެހެކް ފެނުމާއެކު އާހިލް ވެސް ހިނިތުންވެލިއެވެ.

“އަވަހަށް އިށީ އިންނަވާ” ބޮޑުބޭބެ އައިސް އެންމެން އިށީ އިނުމަށް އެދުނެވެ.

” އަނބި ޤަބޫލު ކޮއްފިން” އާހިލް ބުނެލުމާއެކު މެހެކް ގެ މޫނު މައްޗަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

ކައިވެންޏަށް ފަހު ބޮޑުބޭބެ މެން ގޭގައި އޮތީ ކުޑަ ސައެކެވެ. ޕާޓީ އެއް ނުބާއްވައެވެ. ބޮޑުބޭބެ ޚަރަދުގައި ހުރިހާ ކަމެއް ކުރަން އާހިލް ލަދުވެތިވީއެވެ. އޮފީހަކުން އާހިލް އަށް ވަޒީފާ ހަމަޖެހިފައި އޮތް ނަމަވެސް އެތަނަށް ނިކުންނަން އަންގާފައި އޮތީ ހަފްތާއެއް ފަހުންނެވެ.

ކަވެންޏަށް ފަހު ދިރިއުޅުމަށް ދެމީހުން ހިފީ ދެ ކޮޓަރީގެ އެޕާރޓްމެންޓެކެވެ. އެއީ ކާފަ އާހިލް ގެ ގާތުގައި ހުންނާތީއެވެ. މަންމަ ބޮޑުބޭބެ މެން ގެއިން އެހެން ތާކަށް ދާކަށް ޤަބޫލެއް ނުވިއެވެ. ސަބަބަކީ މަންމަ ގޮސްފި ނަމަ ބޮޑުބޭބެ މެންނަށް އުނދަގޫ ވާނެތީއެވެ.

ކައިވެނި ކުރިތާ އިރުކޮޅެއް ނުވެ ބޮޑުބޭބެ ދިނީ ސަރޕްރައިޒެކެވެ. ދެމަފިރިން އެކީގައި ރިސޯޓެއްގައި ހަފްތާއެއް ހޭދަކޮއްލުމުގެ ހުރިހާ ޚަރަދެއް ބޮޑުބޭބެ ވަނީ ދައްކާ ނިންމާފައެވެ.

ސަޔަށް ފަހު އާހިލް އާއި މެހެކް ދިޔައީ އެ ރިސޯޓަށެވެ.

މެހެކް އިނީ ހިތްގައިމު ބޮޑު  ކޮޓަރީގެ އެނދުމަތީގައި އިށީއިނދެލައިގެންނެވެ. އޭނާގެ ޚަޔާތަަށް ކުރިމަިވި ހިތާމަވެރި ދުވަސްތަކަށް ފަހު ލިބުނު ފުރަތަމަ އުފާވެރިކަމުގައި، ހިތްހަމަޖެހިގެންނެވެ. ޚަޔާތާއި މެދު އޭނާގެ އުންމީދުތައް ގިނައެވެ. އަދި ހުވަފެންތައް ރީއްޗެވެ.

އިރުކޮޅަކުން ފާހާނާ އިން ނުކުމެގެން އާހިލް އައިސް މެހެކް ގާތުގައި އިށީއިނދެލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވީ ވަގުތު އާހިލް ގެ މޫނުގައިވި މަސްތީކަން ފެނި މެހެކް އަށް އިސްޖަހާލެވުނެވެ.

އެވަގުތު އާހިލް މެހެކްގެ ގައިގައި ބައްދާލިއެވެ. މީ ކައިވެނީގެ ފުރަތަމަ ރެއެވެ. މެހެކް ގެ ލޯބިވާ ފިރިމީހާ އެވެ. އޭނާ އަށް ލިބުނު ސުވާލެއް ނެތް ފަދަ ނަސީބެވެ. ހިތްހެޔޮ މާތް ސިފަތަކެއް ހުރި އިންސާނެކެވެ.

އާހިލް ގެ ގައިގައި މެހެކް ވެސް ބާރަށް ބައްދާލިއެވެ. ދެމީހުންވެސް ތިބީ ވާހަކަ ނުދައްކައެވެ. ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައީ ހަމަހިމޭން ކަމެވެ.

” ވަރަށް ލޯބިވޭ އިނގޭ” މަޑުމަޑުން އާހިލް ބުނެލިއެވެ. މެހެކް ގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ.

ލޯބިވާ ދެމީހަކު ވިއްޔާ އެގޮތަށް ތިއްބަސް ލިބޭނީ އުފަލާ ހިތްހަމަޖެހުމެވެ.

މެހެކް ގެ ހިތަށް ލިބެމުން އައީ ބަޔާން ކޮއްދެން ނޭނގޭ ފަދަ އަރާމާއި އުފަލެވެ.

އާހިލް އޭނާ އަށް އެލިބުނީ އެތައް ހިތާމައަކަށް ފަހުއެވެ. އޭނާ އެވަރަށް ރޮއިފިއެވެ. އެތައް އުފަލަކުން އޭނާ މަހްރޫމް ވިއެވެ. ދެން އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެއެވެ.

“ހާދަ އުފާވެޔޭ” ވައި އަޑަކުން އާހިލް ބުނެލިއެވެ.

ފިރިމީހާގެ ބީހިލުމާއި، ހޫނުކަމުގެ އުފާވެރި އިޚްސާސްތައް މެހެކްއަށް ކުރެވެމުން ދިޔައެވެ. އެތައްއިރަކު ދެމީހުން އެގޮތުގައި ތިއްބެވެ.

އާ ދުވަހަކަށް އިރުއެރިއެވެ. މެހެކް އަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އޭރު އާހިލް އޭނާގެ ގައިގައި ބައްދާލައިގެން އޮތް ތަން ފެނި ރޭގެ ހުރިހާ ކަމެއް ހަނދާނަށް އައެވެ. އެވަގުތު އޭނާ އާހިލްގެ މޫނުގައި ބޮސް ދިނެވެ.

މަޑުމަޑުން ތެދުވެގެން ގޮސް ފާހާނާ އަށް ވަދެ ފެންވަރާލއިގެން އޭނާ ނުކުތެވެ. އަނެއްކާވެސް އައިސް އާހިލް ގާތުގައި އިށީއިނދެލިއެވެ. އެވަގުތު އާހިލް މެހެކް ގެ އަތުގައި ހިފާފައި ދަމައިގަތެވެ. މެހެކް ވެއްޓުނީ އާހިލްގެ ގައި މައްޗަށެވެ. އޭރު އާހިލްގެ މޫނުމަތީގައި ވަނީ ހިނިތުން ވުމެވެ.

” ނިދާފަކަ ނޫން ދޯ” މެހެކް ދެ ލޯ ބޮޑު ކޮއްލަމުން އަހާލިއެވެ. އެވަގުތު އާހިލް ލާނެއް ގޮތަކަށް ހޭންފެށިއެވެ. ” ދެން އާދެބަލަ”  ލޯތްބާ އެކު އާހިލް ގޮވާލިއެވެ.

ކޮޓަރީގައި އެތަށް އިރެއް ހޭދަ ކުރުމަށް ފަހު ދެމީހުން ބޭރަށް ނުކުމެލިއެވެ. އެ ހިތްގައިމު މާހައުލުގައި ދެމީހުން އެތައް މަޖަލެއް ކުރިއެވެ. އެވަރަށް ލޯބިކުރިއެވެ.

މުޅި އެހަފްތާ އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ފާއިތު ވެގެން ދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ.

އުފާވެރި ދުވަސްކޮޅެއް ހޭދަ ކޮއްލުމަށް ފަހު މެހެކް އާއި އާހިލް މާލެއައެވެ. ފުރަތަމަވެސް ދެމަފިރިން ދިޔައީ ބޮޑުބޭބެ ގެ ގެއަށެވެ.

ހެމުން ސަކަރާތް ޖަހަމުން ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދެމީހުން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ގޭތެރެއިން ފެންނަމުން ދިޔަ މަންޒަރުން ދެމީހުންނަށް ވެސް ލިބުނީ ހައިރާންކަމެވެ. މަންމަ ހުރީ ނަފީސާގެ ގައިގައި ފިރުމާލަ ފިރުމާލައެވެ. އޭރު ނަފީސާ ރޮނީއެވެ. މަންމަ އަށް ވެސް ރޮވެނީ އެވެ. ޝިނާ ވެސް އިސްޖަހައިގެން އިނީ ސޯފާގައެވެ. ޝަހަފް ވެސް ހައިރާން ވެފައި އެންމެން ރޯތަން ބަލަން ޝިނާ ގެ ގާތުގައި އިނެވެ. ޓީވީ އަޅުވާފައި ހުރި އިރު ކޮންމެވެސް ޚަބަރެއް ކިޔާ އަޑު އިވެއެވެ.

ފެންނަން ނެތީ ބޮޑުބޭބެ އެވެ. މެހެކް ގެ ހިތަށް ވެރިވީ ބިރުވެރި އިޚްސާސެކެވެ. އަނެއްކާ ކިހިނެއްވީ ބާ އޭ ހިތާ ހިތުން އޭނާ އަށް ބުނެލެވުނެވެ.

(ނުނިމޭ)

 

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ޢަޞްރު (ނަވަތިރީސްވަނަ ބައި)

Next

އަނދިރިފަރާތް (7 ވަނަ ބައި)

Next
February 1, 2017

އަނދިރިފަރާތް (7 ވަނަ ބައި)

Previews
February 1, 2017

ޢަޞްރު (ނަވަތިރީސްވަނަ ބައި)

26 Comments

  1. shafu says:
    February 1, 2017 at 9:33 am

    vaahaka kiyaa kudhin pls vaahaka aai medhu mihaar dekey goiy comment kohladhyba. love u all

  2. ms says:
    February 1, 2017 at 9:52 am

    vv reethi mivahaka mi site ga in devana ah enme reethi vahaka

  3. Naash says:
    February 1, 2017 at 9:57 am

    Nice. V reethi ??

  4. Axeenalily says:
    February 1, 2017 at 9:59 am

    Varah reethi …
    Varah kuruhen heevanyy…

  5. Axeenalily says:
    February 1, 2017 at 10:02 am

    Reethi dhooow varah

  6. Nabu says:
    February 1, 2017 at 10:04 am

    Vv reethi

  7. new says:
    February 1, 2017 at 10:38 am

    V reethi.

  8. Navya says:
    February 1, 2017 at 11:17 am

    Vaahaka mihaahisaabah aiyiru vvv reethi ? keep going..

  9. shelly says:
    February 1, 2017 at 12:04 pm

    varah reethii

  10. ham says:
    February 1, 2017 at 12:16 pm

    V nice….story ..,

  11. aisha says:
    February 1, 2017 at 12:23 pm

    Varah varah varah reethi mivaahaka

  12. ayeimcrazeh says:
    February 1, 2017 at 1:04 pm

    Wow cliffhanger eh dhw….m waitin for the next part.update kuracchey avahah

  13. princes says:
    February 1, 2017 at 1:23 pm

    V v v reeti tankolheh avahah anehbai genes dehchey

  14. liyaa says:
    February 1, 2017 at 1:47 pm

    naic.!!!!!!!!☺??????

  15. Ushafu says:
    February 1, 2017 at 2:08 pm

    Kala hama obinovey.. V.. Sali

  16. Faa Thun says:
    February 1, 2017 at 2:20 pm

    Sow Nice

  17. mishkaa says:
    February 1, 2017 at 2:37 pm

    ??

  18. Aashi says:
    February 1, 2017 at 4:02 pm

    it’s a nice story

  19. Laara says:
    February 1, 2017 at 8:02 pm

    V reeti. Ekam maa kahee vaahaka nikun naalehh duvaalaku 2 part nyri baaa

  20. Aana says:
    February 2, 2017 at 12:35 am

    Mivaahaka midhaagothun heevany adhikiriyaahen mi story feshuny…. Heevaagothun aahilge konmeves kanthahgadeh onnaane dhw shafu?

    1. shafu says:
      February 2, 2017 at 1:11 am

      Hehe.. labba aana.. mee ve nimifai oiy kameh.. mehek ge hiyaal adivx my.. mi vaahaka feshifai vaany mehek ge hiyaalun.. ehen veema v kanthah thake vefa huhnaane.. hehe ☺

  21. shafu says:
    February 2, 2017 at 1:08 am

    Thankx all for the lovely comnts.. vv happy vehje..

  22. shaat says:
    February 2, 2017 at 2:07 pm

    Haadhalahakunney part eh genesdhevenee.v kiyaahithun mithibenee.v nice

    1. shafu says:
      February 2, 2017 at 7:02 pm

      Sorry dear shaat.. madama up kohlaanan ingey in sha Allah.. ☺☺.. thankx v bodah..

  23. Petite says:
    February 2, 2017 at 7:13 pm

    Varah salhi..❤ keep up shafu ?

  24. Ahmed Fayax says:
    March 29, 2017 at 7:26 am

    Vvv salhi… Loabee ge inthihaa
    Hithaamaige ves inthihaa

Comments are closed.

All Right Reserved!