Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (27)

layaal Level 310 Stories100 Comments
February 6, 2017 8 Mins Read
58 Comments

ކާރުން ފޭބި ލައިބާ ކުރިމަތީގައި ހުރި އިމާރާތަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ފުންނޭވާއެއް ލަމުން އޭނާ އަތުގައި އޮތް ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު އެއިމާރާތުގެ އެތެރެއަށް ވަދެ ލިފްޓަށް ބަޓަނަށް ފިއްތާލިއެވެ. އައްޔާދް މިވަގުތު ގޭގައި އުޅޭކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެއެވެ. ގުޅަން ނުކެރިގެން އޭނާ ސީދާ އެގެއަށް އައީ ކުރިމަތިން ފެނުމުން ވާހަކަ ދައްކަން މަޖުބޫރު ވާނެތީއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއި އެކު އެތެރެއަށް ވަދެ ދާންވީ ފަންގިފިލާއަށް ފިއްތާލިއެވެ. ދޫކޮށްލެވިފައި އޮތް ކުރު އިސްތަށިކޮޅު އަތުގައި އޮތް ވޫލުން އައްސާލުމަށްފަހު ކަންފަތްދޮށުގައި ވެއްޓުނު އިސްތަށިކޮޅު އަޅުވާލިއެވެ.

ލިފްޓްގެ ދޮރު ހުޅުވުމުން ލައިބާ ބޭރަށް ނިކުމެ ޖެހިގެން ހުރި އެޕާޓްމެންޓްގެ ރަނގަބީލު ފިތަށް ފިއްތާލަން އުޅެފައި ވެސް ދޮރު ކުޑަކޮން ހުޅުވިފައި ހުރުމުން އޭނާ އެތެރެއަށް ވަނެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތް ނަމަވެސް ހުޅުވާފައި ހުރި ބެލްކަނީގެ ދޮރުން ބަޔަކު ވާހަކަދައްކާ އަޑުއިވެއެވެ.

ލައިބާ ލަސްފިޔަވަޅު ތަކެއްގައި އެހިސާބަށް އަރައި ހަމަވިއިރު ބޭރުގައި އައްޔާދާއި އެކު މާރިއާ ވާހަކަދައްކަން ތިއްބެވެ. އެމީހުންގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަވަރުން ކަމަކާއި ހިތްހަމަނުޖެހިފައި ތިބެ ދެބަސް ވަނީކަން ހާމަވެއެވެ. ލައިބާ ދޮރާއި ކައިރި ވެލުމުން އެމީހުން ދައްކަން ތިބި ވާހަކަ އަޑު އިވުނު ވަގުތު އެއްޗެކޭ ބުނަން ދޫ ހަރަކާތް ކުރި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ.

“ނޫން.. އަޅުގަނޑު ނެތިން ލައިބާއައި ކައިވެނި ކުރާކަށް. ވަރަށް ސާފުކޮން މިބުނީ. ނުވާނެ އެކަމެށް.. ނޫޅެން އޮޅުވާލައިގެން ކައިވެންޏެއް ކުރާކަށް. އެކަމުން އެއްވެސް އުފަލެއް ނުލިބޭނެ.. ލައިބާއަކަށް ވެސް އަޅުގަނޑަކަށް ވެސް.” އައްޔާދްގެ ވާހަކަ އަޑުއިވި މާރިއާ ރުޅި އިތުރަށް ގަދަވިއެވެ.

“މިއީ ކުޅޭ ކުޅިވަރެއްތަ؟ އެއްފަހަރު ނީންނަމޭ ދެން އިންނާނަމޭ ކިޔާފައި މިހާރު އަނެއްކާ ވެސް ނީންނާނަމޭ ތި ކިޔަނީ! އައްޔާދް މޮޔަވީތަ. އަހަންނަށް ހެޔޮ. އިންނަށް ޖެހޭނީ ލައިބާއާއި.. ތި ރިއުމާންއާއި ގުޅިގެން މިގެއަކު ވެސް ނުހުރެވޭނެ!” މާރިއާ ހަރުކަށި ކަމާއި އެކު ބުނެލިއެވެ.

ލައިބާއަށް އެއިވުނު ބަސްތަކުގައި ސިހިފައި އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުނު އަޑަށް އެދެމީހުން ފަސްއެނބުރި ލައިބައާއި ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައިރު އައްޔާދްގެ މޫނުމަތިން ކުލަވަރު ވެއްޓުނު މަންޒަރު އޭނާއަށް ފެނުނެވެ. “ލައިބާ..” އައްޔާދަށް ބޭއިޚްތިޔާރުގައި މިހެން ބުނެލެވުނު އިރު ލައިބާގެ ލޮލުގައި ބަބުޅަމުން ދިޔަ ކަރުނަ ރޮނގެއްހެން ކޯތާފަތަށް ފޭބިއެވެ. އޭނާ ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައިރު ދެންމެ އެއިވުނު ބަސްތަކުން އެހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވިއެވެ.

މިހާ ދުވަސް ވަންދެން އެކީގައި މަސައްކަތްކޮށް އުޅެފައި އެހިތުގެ ސިއްރުތައް ކިޔާދިން ފަރާތް އޭނާގެ ފަސްފަހަތުން ދިޔައީ އޭނާ ފުރާނައިން ފަދަ ލޯބިވި އައްޔާދްއާއި ގުޅެމުން ހެއްޔެވެ؟ މިއީ އެދެމީހުން ސިއްރުން ގަސްތުގައި ކުރިކަމެއް ބާއެވެ؟ ރިއުމާން އެފަދަ ބޮޑު ކެއްސެއް ދީފާނެ ކަމަށް ކުރިން ނުވިސްނުނީ ކީއްވެބާއެވެ؟ އައްޔާދްގެ ހިތް ދެވިފައި އެވައި ފަރާތަކީ އޭނާ އެހައި ގާތްކޮށްގެން ގެންގުނު ފަރާތް ހެއްޔެވެ؟

އަމިއްލަ ޒަމީރު އެތަށް ސުވާލެއް ކުރަމުން ދިޔައިރު ލައިބާއަށް ހީވީ އޭނާގެ ހުރިހާ އުއްމީދު ތަކެއް ފެނަށް ވެގެން ދިޔަހެންނެވެ. އުއްމީދުގެ ހުޅުކޮޅު ވެސް ނިވިގެން އެދިޔައީ އެރިއުމާންގެ ސަބަބުންނޭ އޭނާ ޒަމީރު ބުނަމުން ދިޔައެވެ. “ލައިބާ މަޑުކޮށްބަ..” އައްޔާދްގެ އަޑު އިވުނެއް ކަމަކު ލައިބާ އެއަޑު އެހުމެއް ނެތި އަވަސް ފިޔަވަޅުތަކެއްގައި ގޭތެރެއިން ނިކުމެ ހުޅުވިފައި ހުރި ލިފްޓުގެ ތެރެއަށް ދެމިގަތެވެ.

އޭރު ފަހަތުން އައްޔާދްގެ އަޑު އިވެމުން ދިޔަ ނަމަވެސް އޭނާ ހުރީ ވެގެން ދިޔަ ކަންތަކުން ހަމައަކު ނޫނެވެ. ބޮލުގައި ދެއަތުން ހިފައްޓާލިއިރު އައިސްފައި ހުރި ރުޅިން ގޮށްމުއްކަވާފައި ލިފްޓުގައި ހުރި ބިއްލޫރި ގަނޑުގައި ޖެހިއެވެ. ލޮލުގައިވީ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލުމާއިއެކު އެލޮލުގައި އަޅާފައި ހުރި އަނދުން އެދޮން ހަންގަނޑުގައި ފޭދުނެވެ.

“ޑޭމް އިޓް!” އައްޔާދް ގޭތެރެއިން ނިކުމެ ލިފްޓާއި އަރާހަމަވުމުގެ ކުރިން އޭގެ ދޮރު ލެއްޕުނެވެ. އޭނާ ބަލާކަށް ނުހުރެ ސިޑީގެ ހަރުފަތްތައް ގިރާކުރަމުން އަވަސް ފިޔަވަޅުތަކެއްގައި ތިރިއަށް ފޭބި އިރު މާރިއާ ބޭރަށް ނިކުމެ ހުރީ ދެންމެއަކު އެދެކެވުނު ވާހަކަ ލައިބާއަށް އިވުނީތީ ހާސްވެފައެވެ. އޭނާ ލިފްޓުގެ ފިތަށް ފިއްތަމުން ދިޔައީ އޭތި މައްޗަށް އައިހައި އަވަހަކަށް ތިރިއަށް ފައިބާށެވެ.

****

އެންމެފަހު ސިޑިބަރިން ތިރިއަށް ފޭބިއިރު އައްޔާދަށް މައިނޭވާ ލެވެއެވެ. ނިކުމެ ލިފްޓަށް ނަޒަރު ހުއްޓާލިއިރު އޭތި މައްޗަށް އަރަނީއެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި އިމާރާތުން ބޭރަށް ނިކުންނަން ހިނގައިގެން އިރު ލައިބާ ނިކުމެގެން ދާތަން ފެނެވެ. އައްޔާދް ހަލުވި ގޮތަކަށް ދުވެލާފައި ގޮސް ލައިބާގެ އަތްތިލައިގައި ހިފާލަމުން އޭނާ ހުއްޓުވިއެވެ. “ލައިބާ.. އަހަރެން.. އަހަރެން އެއްގޮތަކަށް ވެސް އެގޮތަށް ލައިބާއަށް އެކަން އަންގާކަށް ނޫން އުޅުނީ. އައި ވޮސް ގޮނާ ޓެލް ޔޫ.” އައްޔާދް ފުން ނޭވާތަކެއް ލަމުން ވާހަކަދެއްކިއެވެ.

“ބުނެވިއްޖެ އެއްނުން. ކީއްވެ އައްޔާދް؟ ކީއްވެތަ އަހަރެންދެކެ ލޯބި ނުވެވެންވީ؟ ބުނެބަލަ.. އަހަރެން ކިބައިގަ ކޮންކަމެއް އުނިވެގެން؟” ލައިބާ ރޮވިފައި ހުރެ އާދޭހުގެ ރާގެއްގައި ސުވާލު ކުރިއެވެ. “ލައިބާ ކިބައިގައި އެއްވެސް ކަމެއް އުންޏެއްނޫން. ޔޫ އާ ޕާފެކްޓް. އެކަމު އަހަންނަށް ލައިބާދެކެ ލޯތްބެއް ނުވެވުން..” އައްޔާދްގެ އަޑުގައި ހިތާމަ އެކުލެވިގެން ވީއިރު އޭނާ ވެސް އެގޮތަށް ލައިބާގެ ކުށަކާއި ނުލައި އޭނާ ދެރަކުރާކަށް ނޭދެއެވެ.

“މި ކައިވެންޏަށް އެއްބަސްވީ ހިތާއި ދެކޮޅަށް. އެކަން ހަމަ ރަނގަޅަށް ލައިބާއަށް އިނގޭނެ. ކިޔާ ވެސް ދިނިން.. އަހަރެން ހީކުރީ އެހިސާބުން މިކައިވެނި ލައިބާ ހުއްޓުވާނެ ކަމަށް. އެކަމު ކީއްވެ؟ އަހަންނަކަށް ނުވާނެ.” އައްޔާދް ވިސްނާދެވޭތޯ ބެލިއެވެ. “ކީއްވެހޭ؟ އިނގޭތަ އަހަރެން އެންމެ ޅަ އުމުރުގައި ވެސް ހިތްކީ އައްޔާދަށް.. އޭރުން ސުރެ މިހިތުގައިވީ ތިނަން. ތި ސޫރަ. ކިތަންމެ ފިރިހެނުންނެއް އަހަންނަށް ލިބިދާނެ.. އެކަމަކު ބޭނުން ނުވީ.. ތިނޫން ފަރާތެއް ދެކެ ލޯތްބެއް ނުވެވޭނެ އަހަންނަކަށް. އެކަމު އައްޔާދަށް އެވަރު ނުވިސްނުނީ ކީއްވެ؟ އަބަދުވެސް އަހަރެން ލޯބިވިކަން އިނގެއެއްނުން. ދެން ކީއްވެ ތިހެން ތި ހަދަނީ.. އަހަރެން ބޭނުމީ އައްޔާދް.” ލައިބާ ރޮމުން އައްޔާދްގެ މޭގައި އެމޫނު ފޮރުވާލިއެވެ. އެފުޅާ ހަށިގަނޑުގައި ލައިބާ ބައްދާލައިގެން ހުރިއިރު އައްޔާދްގެ ދަތްދޮޅީގައި އޭނާގެ ބޯ ޖެހެއެވެ. ލައިބާ ގައިގައި އަތްލާން ނުކެރިފައި ހުރި އިރު އެ ރުއިމުން އައްޔާދްގެ ހިތަށް ކެތެއް ނުވިއެވެ.

“ލައިބާ ހެޔޮނުވާނެ ތިހެން ނުރޮއެބަލަ.. އިނގޭ އަހަރެން ދެކެ ލޯބި ވިކަން. އެކަމު މިކައިވެނި ކޮށްގެން އެކަކަށް ވެސް އުފަލެއް ނެތް. އަހަރެންގެ ހިތުގައިވަނީ ރިއުމާން. އެނޫން މީހެއް ދެން މިހަޔާތަކަށް ނުގެނެވޭނެ. ހީކުރިން ހިތުގައި ހިލައެއް ބާއްވަފަ ނަމަވެސް ލައިބާއައި އިނދެގެން ވިއަސް އޭނާ ހާސިލް ކުރަން. އެކަމު މިއަދު އޭނާ ކިޔާދިން.. ލައިބާ ޕްލީޒް އަންޑަސްޓޭންޑް.” އައްޔާދަށް ހަޤީޤަތް ހާމަކުރެވެން ނެތުމުން އޭނާ ލައިބާ ގަޔާއި ދުރުކޮށްލިއެވެ.

ރޮވިފައި ހުރި ލައިބާގެ ކަޅި އައްޔާދްގެ މޫނަށް ހުއްޓިފައި ވީއިރު އެލޮލުގައި ވީ ވޭން ހިނދުކޮޅެއްގެ ތެރޭގައި ނަފްރަތުގެ އަލިފާނަށް ބަދަލުވެގެން ދިޔަކަހަލައެވެ. ކުއްލިއަކަށް އައްޔާދް ކޮށްޕާލުމަށްފަހު އޭނާ ދެއަތް މުއްކަވާލިއެވެ. “އަހަރެން ދޯ މި ހުރިހާ ވެސް މައްސަލައަކީ.. މިކައިވެންޏެއްނުން އައްޔާދްގެ އުފާތަކަށް ހުރަސް އަޅަނީ.. މައްސަލައެއް ނެތް.. އަހަރެން ނޫޅެން މިކައިވެނި ކުރާކަށް. ދޭ ރިއުމާން ކައިރިއަށް.. އެކަމު އަހަންނަށް އައްޔާދް ލިބެން ނެތިއްޔާ އިތުރު އެހެން އެއްވެސް މީހެއް ބޭނުމެއް ނޫން. ތިނޫން ފަރާތެއް މިޚަޔާތަށް އަންނާކަށް ނޭދެން.” ލައިބާ ހަމަ ވިސްނުން ގެއްލިފައި ހުރެ ހަރުކަށި ކަމާއި އެކު މިހެން ބުނެފައި އިމާރާތުގެ މައި ދޮރުން ނިކުމެގެން ކާރުބާރު ގިނަ މަގަށް ނިކުތެވެ. އެލޯ ކަރުނުން ފުސްވެފައި ވީއިރު ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް ފުސްވަމުން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ފިޔަވަޅު އެޅި ތަނާހެން ބާރު ސްޕީޑެއްގައި އައި ޕިކަޕެއްގައި ޖެހި އޭނާ އޭގެ ދަށުވި މަންޒަރު ފެނި އައްޔާދްގެ ހިތް ހުއްޓުނު ކަހަލައެވެ. “ލައިބާ!!” އައްޔާދްގެ އަޑު މުޅި ހިސާބުގައި ހިފާލި އިރު ޕިކަޕުގެ އަޑިން އެހިސާބު ލެއިން ކަޅިވިއެވެ.

****

އައްޔާދް ދެފަޔަށް ލެވުނުހައި ބާރެއް ލާފައި އެދިމާއަށް ގޮސް ޕިކަޕު ކައިރިއަށް ތިރިވި އިރު ލައިބާގެ ގައިން އެއްފަޅި ޕިކަޕުން ބޭރުގައި އޮތެވެ. އެމޫނުގެ އެއްފަޅި ލެއިން ފޭދިފައި ވިއީއިރު އައްޔާދްގެ ހެއަތް ގޮތް ނުވީ ކިރިޔާއެވެ. “ލައިބާ.. ލައިބާ! ނޫން.. ނޫން.” އައްޔާދް ހާސްވެފައި ހުރެ ކައިރިން ދެތިން މީހެއްގެ އެހީގައި ޕިކަޕު ދަށުން ލައިބާ ނެރެން މަސައްކަތް ކުރިއެވެ. އޭރު އެތަނަށް ނިކުއިން މާރިއާއަށް މި މަންޒަރު ފެނި އަޑުގެ ކޮޅަށް ރޮއެ ގަނެވުނެވެ. އެތަން ލެއިން ފެވިފައި ވީއިރު އެއްވެސް ހަރަކާތެއް ނެތި އޮތް ލައިބާގެ ހަށިގަނޑު ޕިކަޕުގެ އަޑިން ނެރެނީއެވެ.

“މަގޭ ދަރި!” މާރިއާ ރޮއެގަނެފައި ބޮލުގައި އަތް އެޅިއިރު އޭނާ ޚަބަރު ހުއްވެގެން ވެއްޓެން ދިޔަވަގުތު ކައިރީގައި ހުރި މީހަކަށް އޭނަ ހިފައްޓާލެވުނީ ކިރިޔާއެވެ. “ލައިބާ.. ކިހިނެތް ތި ހެދީ.” އައްޔާދްގެ ލޮލަށް ކަރުނައިގެ ދިލަ އިހުސާސްވި އިރު އުނގުގައި އޮތް ލައިބާގެ އިސްތަށިގަނޑު ވަނީ ލެއިން ތެމިފައެވެ. އައްޔާދް ލައިގެން ހުރި ޔުނީފޯމުގަޔާއި އަތުގައި ވެސް ރަތް ލޭކުލަ ހޭކިފައި ވީއިރު މުޅި ހިސާބަށް މީހުންތައް އެއްވެ ފަހަތުން ދުއްވާ އެއްޗެހި ތޮއްޖެހި ބަރުގަނޑުގެ އަޑު އިވެމުން ދިޔައެވެ.

“ސުބްހާނަﷲ.. މިކުއްޖާ ހަމަ ކުއްލިއަކަށް ނިކުތީ.. ބޭބެއަށް ވެސް ނުހުއްޓުނީ. އަރުވާ. މިއަށް އަރުވާ އަވަހަށް!” ޕިކަޕުން ފޭބި ޑްރައިވަރު ވެސް ފެނުނު މަންޒަރުން ސިހިފައި ހުރެ އެންމެ އަވަހަށް ހޮސްޕިޓަލަށް ގެންދެވެން އޮތް ގޮތެއް ބުނެދިނެވެ. އައްޔާދް ލެއިން ތަތްތެޅިފައި އޮތް ލައިބާ އަތްދަނޑި މައްޗަށް ލުމަށްފަހު ޕިކަޕުގެ ފަހަތަށް އެހެން މީހުންގެ އެހީއާއި އެކު އެރިއެވެ. އޭރު ކައިރީގައި ތިބި ހަތަރު މީހުން ވެސް އޭނައާއި އެކު ޕިކަޕަށް އެރިއިރު އެތަނަށް ނިކުއިން އަނާ އައްޔާދްގެ ލޮލުގައި އަޅައިގަތެވެ.

“އަނާ! އަނާ ދޭބަލަ މަންމަ ގޮވައިގެން އައިޖީއެމްއެޗަށް! ބައްޕައަށް ގުޅާ.. ލައިބާ މަންމަ މެންނަށް ވެސް ގުޅާތި!” އައްޔާދް ހާސްވެފައި ހުރެ މިހެން ބުނިއިރު ޕިކަޕު ތެރޭގައި އޮތް ލައިބާ ފެނި އަނާއަށް އަނގަމަތީގައި އަތް އެޅުނެވެ. އެވަގުތު ޚަބަރު ހުސްވެފައި ހުރި މާރިއާ ހިފައްޓައިގެން ހުރި މީހާގެ އެހީގައި އޭނާ ބެލީ މާރިއާ ހަމައަކަށް އެޅުވޭތޯއެވެ. “މަންމާ! މަންމާ.. ކިހިނެތް ވީކަމެއްމީ؟” މާރިއާ މޫނު ތަޅުވަމުން އަނާ ހާސްވެފައި ހުރެ ވާހަކަދެއްކިއެވެ. “ނޭނގެ.. އަހަރެން ވެސް މި ފިހާރައިން ނިކުއިން ވަގުތު އެކުއްޖާ ދެކޮޅު ބަލާލުމެއް ވެސް ނެތި މަގުމައްޗައް ނިކުތީ ދެން ފެނުނީ އެޕިކަޕު ދަށުވިތަން.” ކައިރީގައި ހުރި މަންޒަރު ދުއް މީހަކު ވީގޮތް އަނާއަށް ކިޔާދިނެވެ. ޕިކަޕު ދުއްވާލިއިރު އައްޔާދް އިނީ ލައިބާގެ ބޯ ގެނެސް އެމޭގައި ބާއްވާލައިގެންނެވެ. ކަނދުރާ ދޮށުގައި ވިންދު ހުރިތޯ ބެލިއިރު ކޮންމެ ވެސް ވަރަކަށް ވިންދު ޖަހައެވެ. އައްޔާދް ފުންނޭވާތަކެއް ލަމުން ދިޔައިރު ވެގެން މިދަޔަ ކަންތަކުން އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

****

އެނދުގައި އޮށޯވެ އޮވެ ރިއުމާން ބާލީހުގައި ބައްދާލައިގެން އޮތްއިރު އެ މޫނުމަތިން ނުފިލާ ހިނިތުންވުމެއް ވިއެވެ. އިރުއިރުކޮޅާއި ލޯމަރާލަމުން އައްޔާދް އޭނާ ގާތު އިންނަން އެހި މަންޒަރު ސިފަވަމުން ދިޔަ ކަހަލައެވެ. ހަޔާތުގައި އެހައި ދުވަސް ފަހުން ސިއްރުކޮށްގެން އުޅުނު އެހިތި މާޒީ ފުރަތަމަ ފަހަރަށް ހާމަ ކުރެވުމުން އެހިތަށް ހިތްހަމަޖެހުމެއް ލިބިފައިވިއެވެ. އޭނާ ހީކޮށްގެން ހުރީ އައްޔާދް އޭނާ ދޫކޮށްލާނީ ކަމަށެވެ. ޤަބޫލު ނުކުރާނެ ކަމަށެވެ.

ނަމަވެސް ކަންތައްވީ އޭނާ ފަހަރެއްގައި ވެސް ހީކުރި ގޮތަކަށް ނޫނެވެ. އެޚިޔާލުތަކުން އޭނާ ބޭރުވީ ފޯނު ރިންގުވާންފެށި އަޑަށްށެވެ. ތެދުވެ ރީތިވާ މޭޒުމަތީގައި އޮތް ފޯނު ނެގީ ގުޅާނީ އައްޔާދް ކަމަށް ހީކޮށެވެ. ނަމަވެސް ފޯނުގެ ސްކްރީނަށް އަރައިފައި އިން އާދިލްގެ ނަމުން އޭނާގެ ހަނދާނަށް އައީ އެންމެފަހުން އާދިލްއާއި ދިމާވި ދުވަހު ދެކެވުނު ވާހަކައެވެ.

އޭނާ އަދިވެސް އެކަމަށް ވަކި ޖަވާބެއް ނުދޭއިރު ފޯނުން އެވާހަކަ ދައްކަން އޭނާ ޖެހިލުން ވިއެވެ. “ހަލޯ..” ރިއުމާން ފޯނު ނެގިއެވެ. “ހޭއި.. ކިހިނެތް؟” އާދިލްގެ އަޑުން އޭނާ އެހުރީ ނުތަނަވަސް ވެފައިކަން އިނގެއެވެ. “ރަނގަޅު..” ރިއުމާން ދިނީ ކުރުޖަވާބެކެވެ. “އަހަރެން މިހުރީ އަދިވެސް އިންތިޒާރުގައި..” އާދިލް މިހެން ބުނުމުން އޭނާ އެދައްކަނީ ކޮން ވާހަކައެއްކަން ރިއުމާންއަށް ފަހުމްވިއެވެ.

“ފޯނުން ޖަވާބެއް ނުދެވޭނެ.. ލެޓްސް މީޓް ޓުނައިޓް.” ރިއުމާން ބޭނުންވީ އެވާހަކަ ސީދާ ބައްދަލުކޮށް ބުނާށެވެ. “އޯކޭ.. މިރޭ ޑިނާއެއް ކިހިނެތްވާނީ؟” އާދިލްގެ އަޑުން އޭނާ އުފާވެފައި ހުރިކަން ހާމަވެއެވެ. އެގޮތަށް އެހިތުގެ އުއްމީދުތައް ފުނޑުކޮށްލަން ރިއުމާން ނޭދުނެއް ކަމަކު އޮޅުވާލާކަށް ނޭދެއެވެ. “ޑިނާއެއް ނޫނަސް އޯކޭ ވާނެ.. ހަމަ ދިމާވެލާނީ.” ރިއުމާން މިހެން ބުނުމުން އާދިލް އެކަމަށް އެއްބަސްވެ ފޯނު ބޭއްވިއެވެ.

ފޯނު ހިފައިގެން ގޮސް އެނދުގައި އިށީނދެލި އިރު އެޚިޔާލުގައި ވަނީ އާދިލް ގާތު ހަޤީޤަތް ހާމަ ކުރާނެ ގޮތެވެ. ސީދާ ބުނާނީބާއޭ ނޫނީ ދުރު ދުރުން އެވާހަކަ ފަށާނީބާއޭ އޭނާ ހިތަށް އެރިއެވެ. އެވަގުތު އަތުގައި އޮތް ފޯނު ރިންގުވުމުން މިފަހަރު ބަލާލިއިރު ގުޅަނީ އައްޔާދެވެ. އެތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއިރު އޭނާ އަވަސް އަވަހަށް ފޯނު ނަގައި ޖަވާބުދިނެވެ. “އައްޔާދް..” ރިއުމާން ގޮވާލުމުން އެކޮޅުން ޖަވާބެއް ނައެވެ. އޭނާ ދެވަނަ ފަހަރަށް ގޮވާލުމުން ވެސް ޖަވާބެއް ނައުމުން ރިއުމާން ހާސްވިއެވެ.

“އޯކޭތަ؟ ކިހިނެއްވީ ވާހަކަ ނުދައްކަނީ” ރިއުމާން އަހާލިއެވެ. “ރިއު..” އެކޮޅުން އައްޔާދްގެ ކުރަކިވެފައިވީ އަޑު ކަންފަތުގައި ޖެހުމުން ރިއުމާންއަށް އިންތަނުން ތެދުވެވުނެވެ. ކޮންމެސް ގޯހެއް އުޅޭކަމުގެ އިންޒާރު އެހިތް ދިނެވެ. “އައްޔާދް ކިހިނެތްވީ؟ ކަމެއް ވީ ދޯ.” ރިއުމާން ހާސްވެފައި ހުރެ ބުނެލިއެވެ. “ލައިބާ.. ލައިބާ އެކްސިޑެންޓްވީ.” އައްޔާދްގެ އަޑުން އޭނާއަށް ވަރަށް އަސަރު ކޮށްފައި ހުރިކަން ހާމަވެއެވެ. “ކީކޭ؟ ލައިބާ؟ ކޮންއިރަކު؟” ރިއުމާން ހުރީ ވާނުވައި ނޭނގިފައެވެ.

“މެންދުރު.. ހޮސްޕިޓަލްގައި މިހުރީ. ރިއުމާން.. މިއީ އަހަންނާއި ހެދި ވީ ކަމެއް. އޭނާ ވަރަށް ސީރިއަސް. ދިޒް އިޒް މައި ފޯލްޓް. އައި ކިލްޑް ހާ.” އައްޔާދްގެ އަޑު ތުރުތުރު އަޅަމުން ދިޔައިރު އެއަޑު އިވި އެހިތުގެ އެންމެ ހިމަ ނާރުތަކަށް ވެސް އަސަރު ކުރުވިއެވެ. “ނޫން. ތިހެން ނުބުނޭ.. އަހަރެން މި ދަނީ. ކޮން ހޮސްޕިޓަލެއް؟ އޯކޭ.. އައި އެމް އޮން މައި ވޭ.” ރިއުމާން އަވަސް އަވަހަށް ބުރުގަލެއް ނަގައި އަޅާލުމަށްފަހު ކޮޓަރިން ނިކުތެވެ. އެވަގުތު ނަސީބަކުން ހަމްނާ ގޭގައި އުޅެއެވެ. “ހަމްނާ ސައިކަލު ތަޅުދަނޑި ދީބަ. އައި ނީޑް އިޓް.” ރިއުމާން އަވަހަށް ތަޅުދަނޑު ހިފައިގެން ގެއިން ނިކުތެވެ.

****

ހޮސްޕިޓަލް ތެރެއަށް އެނދެއްގައި ލައިބާ ވެއްދުނު އިރު ކައިރީގައި އައްޔާދް ހުއްޓެވެ. އަވަސް ފަރުވާދޭ ކޮޓަރިއާއި ހިސާބުން އޭނާއަށް އެތެރެއަށް ނުދެވުމުން އައްޔާދް ބޭރުގައި ދެކޮޅަށް ކުރި ކަނޑާލަ ކަނޑާލަ ހުއްޓެވެ. އެހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ލޯމަތިން އަދިވެސް ސިފަނީ އެމަންޒަރެވެ. ލައިބާ އެޕިކަޕު ދަށުވި މަންޒަރެވެ. އޭނާ ފޯނު ނަގައި އާޒިމަށް ގުޅާލި ވަގުތު އެތަނަށް ވަދެގެން އައި އާޒިމް ފެނި އޭނާ އެދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ.

“ބައްޕާ..” އައްޔާދް ބުނެލިއެވެ. “ކޮބާ؟ ކޮބާ ލައިބާ!” އާޒިމް ދެލޯ ބޮޑުވެފައި ހުރެ އަހާލިއެވެ. “އެމަޖެންސީގައި.. ކޮބާ އަންކަލްމެން؟ އަނާ ކައިރި ބުނިން ގުޅާށޭ.” އައްޔާދް ދުރަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. “އެބަ އާދޭ.. މަންމަ ވެސް ހޭނެތުނިއްޔޯ. ކިހިނެތްވީ ކަމެއް މީ؟” އާޒިމް ހާސްވެފައި ހުރެ އަހާލިއެވެ. “ބައްޕާ.. އަޅުގަނޑު.” އައްޔާދް މިހިސާބަށް ބުނިތަނާ ދުރުން ޒުލްފާގެ އަޑު ކަންފަތުގައި ޖެހުމުން އެމީހުންގެ ސަމާލުކަށް އެދިމާއަށް ހުއްޓުނެވެ.

“ކޮބާ ލައިބާ؟ ކޮބާހޭ މަގޭ ދަރި!” ޒުލްފާ ރޮވިފައި ހުރިއިރު އޭނާ ހުރީ ރުޅިވެސް އައިސްފައެވެ. “އޭނަ ވީ އެމަޖެންސީގައި.. ޒުލްފާ ހަމަޖެހިގެން މިތާ އިށީނދެބަލަ.” އާޒިމް ވިސްނައިދިނެވެ. “ހަމަޖެހޭށޭ؟ ކޮން ހަމައެއްތަ ޖެހެވޭނީ.. އަހަރެންގެ ހުރި ހަމައެކަނި ދަރިއޭ ބަލައެއީ. ޕިކަޕެއް ދަށުވިއްޔޯ! އައްޔާދް ކީއްތަކުރީ އޭނައަށް؟” ޒުލްފާ ރޮވިފައި ހުރެ އައްޔާދާއި ދިމާއަށް ދިޔައެވެ.

“އަޅުގަނޑު.. އައި އެމް ސޮރީ.. ލައިބާ ބަލާ ވެސް ނުލައި މަގުމައްޗަށް ނިކުތީ. އަޅުގަނޑަށް އޭނަ ހުއްޓުވުނު ނަމަ..” އައްޔާދް މިހިސާބަށް ބުނިތަނާ ޒުލްފާ އަތް ދަމާފައި އޭނާގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް އަރުވާލިއެވެ. “ކޮން އަޅުގަނޑެކޭ ކިޔާކަށް! އަހަންނަށް އޭރުވެސް އިނގޭ އޭނަ އެހައި ދެރަވެފައި އެހުންނަނީ އައްޔާދްއާއި ހެދިކަން.. އޭނަ ދިޔައީ ވެސް އައްޔާދްއާއި ވާހަކަދައްކަން. ކޮންމެވެސް ގޯހެއް އެބަ އުޅެޔޭ ނުބުނަންތަ ނަޒީރު ކައިރިއަކު؟ ބަލާބަލަ ހެދިގޮތް!” ޒުލްފާ ލިބުނު ސިހުމުންނާއި ކޮށްފައި ހުރި އަސަރު ކިޔޭ ނުކިޔޭ ވެސް ނޭނގެއެވެ. އޭރު ނަޒީރު އައިސް އޭނާ އަތުލަފިކޮށްގެން ދުރަށް ލިއެވެ.

“ޒުލްފާ އޭތް! މައިތިރިވެބަލަ. އަހަންނަށް ވެސް އިނގެޔޭ ތިކަން. މިވަގުތު އަތް އިސްކުރި އަކަސް ލައިބާއަށް ކޮން ފައިދާއެއް ވާނީ. ހިތްވަރު ކުރޭ.. އިންޝާﷲ ދެރަގޮތެއް ނުވާނެ.” ނަޒީރު ވިސްނައިދިނުމުން ޒުލްފާ ރޮއެގަންފައި އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެވަގުތު އެތަނަށް އަނާގެ އަތުގައި ހިފައިގެން ހުރެ މާރިއާ އައެވެ.

“މާރިއާ.. އިށީނދެ މިތާ.. ކިހިނެތް މިހާރު؟” މާރިއާ ފެނުމުން އާޒިމް ގޮސް އޭނާ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބައިންދަމުން އަހާލިއެވެ. “އަހަރެން ރަނގަޅޭ. އެވަގުތު ލައިބާއަށް އޮތް ގޮތް ފެނިފައި އެހެން ވީ.. އެމަޖެންސީގައި ދޯ އޭނަ ވީ.” މާރިއާ މާޔޫސްވެފައި އިނދެ ބުނެލިއެވެ. އޭރު އައްޔާދް ދުރުގައި ބަހެއް ނުބުނެ ހުރިއިރު އޭނާ ކިބައިގައި އެއިން އެކަކާ ވެސް ކުރިމަތި ލާނެހައި ހިތްވަރެއް ނެތެވެ. އޭނާ ދުރަށް ޖެހިލާ ފޯނުން ރިއުމާންއަށް ގުޅާލިއެވެ.

“ކިހިނެތްތަވީ އަސްލު؟” އާޒިމް ވީގޮތް އޮޅުން ފިލުވަން ބޭނުންވިއެވެ. ކައިރީގައި އިން ޒުލްފާ ވެސް މާރިއާއަށް ބަލައިލީ ޖަވާބެއްގެ އިންތިޒާރުގައެވެ. “ބުނޭ.. ކިހިނެތްވީ؟ ލައިބާ ދިޔައީ ތިގެއަށް.. ކީއްވެ ކުއްލިއަކަށް އެކްސިޑެންޓް ވާންވީކީ؟ އެވެސް ތިގޭ ދޮރުމަތީން.” ޒުލްފާ ރޮވިފައި އިނދެ އަހާލިއެވެ. މާރިއާ ގޮތް ހުސްވެފައި އިނދެ ވީގޮތް ކިޔާދިނެވެ. އައްޔާދް އެހެން ކުއްޖަކާއި އިންނަން ބޭނުންވި ކަމާއި އެއަޑު ލައިބާއަށް އިވި އޭނާ އެތަނުން ނިކުމެގެން ދިޔަގޮތަށް ދެން ފެނުނީ ޕިކަޕު ދަށުވެފައި އޮތްތަން ކަން ބުނެދިނެވެ.

“އެހެން ކުއްޖެކޭ؟ ކާކު؟ ބަލަ އޭނަ ލައިބާއާއި އިންނަން ބޭނުން ނުވަންޏާ ކީއްކުރަން އެއްބަސް ވާންވީކީ! ކޮބާ އައްޔާދް!” ނަޒީރު އައިސްފައި ހުރި ރުޅީގައި އެދިޔަ ގޮތަށް ގޮސް ދުރުގައި ފަސްދީގެން ހުރި އައްޔާދްގެ ގިރުވާނުގައި ހިފިއެވެ. “ކީއްކުރަން އަހަރެންގެ ދަރިއަށް ތިހެން ތިހެދީ! ނުބުނަންތަ އެއީ އަހަރެމެންގެ ހުރި ހަމައެކަނި ފުރާނެއޭ. ރަނގަޅަށް ބަލާށޭ! މީތަ ހަދަން ޖެހޭ ގޮތަކީ!” ނަޒީރު ރުޅި އައިސްފައި ހަޅޭ ލަވައިގަތުމުން އެހިސާބުގައި ތިބި މީހުންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.

“އަންކަލް ތި ހީކުރާ ގޮތެއް ނޫނޭވީކީ..” އައްޔާދަށް އިތުރަށް މިސުވާލުތަކާއި ކުރިމަތި ލާނެގޮތެއް ނޭނގުނެވެ. އޭރު އާޒިމް ވެސް އައިސް ނަޒީރު ދުރުކުރެވޭތޯ އުޅުނެވެ. “ނަޒީރު އޭތް ދޫކުރޭ! މީހުން ބަލަނީއޭ އެތިބަ!” އާޒިމް ވެސް ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ. “ހެވޭ މަށަށް! ބުނޭ.. ކާކާތަ ކަލޭ އިންނަވީ؟ ބުނެބަލަ ނިކަން!” ނަޒީރު އޭނާގެ ގޮތުގައި ހިފައްޓާލިއެވެ. “އަންކަލް ޕްލީޒް ދޫކުރޭ. އަޅުގަނޑު ބޭނުމެއްނޫން އަނިޔާއެއް ދޭކަށް..” ނަޒީރަށް ވުރެ އައްޔާދް ހަށިގަނޑުން ވެސް ބޮޑުވެފައި ވަރުގަދަ ވީ ކަމަކު އޭނާ ގަދަކަމުން ނަޒީރު ދުރުކުރުވާކަށް ބޭނުމެއްނޫނެވެ.

“ރިއުމާން! މައްސަލައެއް ނެތެއްނުން.. އެކުއްޖާއަށް ކިޔަނީ ރިއުމާން! ދުކުރޭ ދެން!” އެންމެފަހުން އާޒިމް މިހެން ބުނުމުން ނަޒީރުގެ ދެލޯ ބޮޑުވިއެވެ. “ރިއުމާންއޭ! މަޑުކޮށްބަލަ.. އަހަންނަށް އިނގޭ އޭނަ.. ތީ ލައިބާ ވެބްސައިޓް ކަންތަކުގައި އެކީގައި އުޅުން މަންޖެއެއްނުން. އައްޔާދް ލަދެއް ވެސް ނުގަނޭތަ!” އާޒިމް މިހިސާބަށް ބުނިތަނާ ފަހަތުން އަންހެން ކުއްޖެއްގެ އަޑު އިވުމުން އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.

“އައްޔާދް!” ދުރުގައި ހުއްޓި ހުރި ރިއުމާންގެ ނަޒަރު އައްޔާދަށް ހުއްޓުނު އިރު ނަޒީރު އަދިވެސް ހުރީ އޭނާގެ ގިރުވާނުގައި ހިފައްޓައިގެންނެވެ. އޭނާ ލައިގެން ހުރި ޔުނީފޯމް ލެއިން ކަޅިވެފައި ވީތަން ފެނުމުން ރިއުމާންގެ ގައިން ހުރިހާ ލޯލިއެއް ކޮޅަށް ޖެހުނެވެ. އޭރު އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ވީއިރު އެންމެ ބޮޑަށް އަޅައިގަތީ އާޒިމްއެވެ. އެހައި ދުވަހަށް ފަހުން އޭނާ ކުރިމަތިން ފެނުނު  މިއީ ފުރަތަމަ ފަހަރެވެ. އާޒިމްގެ ލޮލުން އިންތިހާ ނަފްރަތު ފާޅުވާން ހުރިއިރު އޭނާ ބަލަން ނުހުރެ ހަރު ފިޔަވަޅުތަކެއްގައި ރިއުމާންއާއި ދިމާއަށް އަންނަން ފެށިއެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިނުލައި ރިއުމާން ހުރީ އޭނާގެ ގޮތުގައި ކޮންމެ ކަމެއް ކުރިމަތި ވިއަސް ފަސް ނުޖެހޭން ނިންމައިގެންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (18)

Next

ލޭކޯރު (ތިންވަނަ ބައި)

Next
February 6, 2017

ލޭކޯރު (ތިންވަނަ ބައި)

Previews
February 5, 2017

ފިރިމީހާގެ ހައްޤުގައި (18)

58 Comments!

  1. layaal says:
    February 6, 2017 at 12:40 am

    Enjoy reading and sorry for the delay.
    Let me know what you think.

  2. layaal says:
    February 6, 2017 at 12:40 am

    Enjoy reading and sorry for the delay.
    Let me know what you think.
    Next part on Tuesday in sha allah

  3. fary says:
    February 6, 2017 at 12:54 am

    Omg Omg!! Wow varah salhi. Dhen riuman and aazim face off finally! Alhey liaba maraa nulachey plx. Ayaadh hama hadhaane goi husvefa. I love this stroyy soooooo much. Thanks layaaaa dhooni mihaa lahun viyas up koh dhinee thi. ????

    1. layaal says:
      February 7, 2017 at 10:23 am

      Thanks

  4. Hanni says:
    February 6, 2017 at 1:09 am

    Varah varah varah reethi mi baives. this story is sooo nice. Layaa hama hiy thalhu vaali thi. Laiba accident scene varah furihama sifa kohdheefa hurile. ??

    1. layaal says:
      February 7, 2017 at 10:23 am

      Thanks

  5. Fan says:
    February 6, 2017 at 1:39 am

    My favorite story.. Please thankolheh avahah up kohlahchey.. Kiyaa hithun abadhu idheveynee new part eh up veytho bala balaa ..??

    1. layaal says:
      February 7, 2017 at 10:23 am

      Hehe.. Thanks

  6. Faathee says:
    February 6, 2017 at 2:31 am

    Wow vara habeys. Dhen vaanee kihineh baa dhw. Waiting. Thanks layaal

    1. layaal says:
      February 7, 2017 at 10:24 am

      Thanks

  7. RUSH DHAA NNU says:
    February 6, 2017 at 3:10 am

    VAAHAKAIGE KONME BAYEHVX HAMA EHAA FURIHAMA…
    TUESDAY AH DHN INTHIZAARU KURANTHAA MIJEHUNEE….

    1. layaal says:
      February 7, 2017 at 10:25 am

      Thanks ?

  8. mary says:
    February 6, 2017 at 6:43 am

    Vvvv.reethi mi part. Ves

  9. Aan says:
    February 6, 2017 at 6:44 am

    v reethi. ekamu mihaaru haada kurey.

  10. III says:
    February 6, 2017 at 7:18 am

    Nice…lahun up kuriyas k vaane up kuranyaa N up kureymey bunanan ehaa kuru koh nukurahje..love ur stories

  11. minnu says:
    February 6, 2017 at 9:06 am

    Wow!! layaaaloooo haadha molhey alhey. that was intense. Ayaadh plx stand beside riuman igey. Laibaaaa oh no poor baby. plx don’t kill her. varah furihma mi bai ves ❤️❤️❤️❤️❤️❤️❤️???????? i can’t get over this story. LOVE IT ?

    1. layaal says:
      February 7, 2017 at 10:25 am

      Thanks ??

  12. Ainth says:
    February 6, 2017 at 9:09 am

    Masha allah ❤️ Varah furihama mi baives. Heeves nukuraa gothe mi vi. Sifakurumuga hama layaa vare neh.

  13. Nash says:
    February 6, 2017 at 9:12 am

    Mi story nimen kithah bai adhi eboi ..nimunyma kiyan kamah..☺☺

    1. layaal says:
      February 7, 2017 at 10:26 am

      Maybe 4 to 5 episodes left ?

  14. nikyy says:
    February 6, 2017 at 9:57 am

    Mi story kiyamun dhaairu heevanee hama manzaruthan lolan feanamun dhaahen..masha allah.hama ehaaves furiham one of my favorite story..wating next part.???

    1. layaal says:
      February 7, 2017 at 10:27 am

      Thank you so much ?

  15. leela says:
    February 6, 2017 at 10:09 am

    Varah reeeethi ❤️ love it sooo much. sifakurun varah salhi hama. mi vaahaka ge salhi than kolhu ei. layaa ge sifakurun thakun kiyaa hiy vani ves. keep going

  16. Anonymous says:
    February 6, 2017 at 10:12 am

    varah touchin.. oh my god dhn kihineh baa vaany.. i think laibaayaa hn merry kuraany ahyaadh.. ahyaadh ah majbooru vaane dhw laibaayaa merry kuran accident v ma… waiting for another part

    1. layaal says:
      February 7, 2017 at 10:28 am

      Thank you

  17. sadhoo says:
    February 6, 2017 at 10:15 am

    Oh my god! kihine mi vi. shock eh ga mi ini. aslu varah salhi genes dheefa huri goi. konme detail eh bes varah reethi kon liyefa huri. Accident v scene ga hama varah dheravi.
    Love you layaa. Tuesday ge inthizaarugaaaaaaa

    1. layaal says:
      February 7, 2017 at 10:29 am

      Thank you ?

  18. Aish says:
    February 6, 2017 at 10:38 am

    Kanfai mathy jahaanee kahneyge

  19. Aish says:
    February 6, 2017 at 10:41 am

    Hmm yageen laibaa merry kuraany

  20. lam says:
    February 6, 2017 at 10:49 am

    This is soooooo good. heevesa nukuraa kahala kantha mi vani. Ayaadh don’t merry laiba ok! layaa love you dhoonyaa

  21. Anaya says:
    February 6, 2017 at 11:00 am

    hey. So i finished reading this story up to this part. and wowwwww. varah vea reethi. furathama vaahaka eh vure vea kamu gossi mi vaahaka. and Ayaadh is just ??. can’t wait for Tuesday.

    1. layaal says:
      February 7, 2017 at 10:31 am

      Thank you for readung ?

  22. sidd says:
    February 6, 2017 at 12:11 pm

    Mibai mi kiuneee neyvaa hifahattailaigen hure. Ehaaves furihaama

    1. layaal says:
      February 7, 2017 at 10:31 am

      Thank you

  23. fathun R says:
    February 6, 2017 at 12:24 pm

    Waiting for next part

  24. ham says:
    February 6, 2017 at 1:27 pm

    Alheyyyy thanks haadha inthixaareh kuruvaafeemey dhw…v v v nice ingey

    1. layaal says:
      February 7, 2017 at 10:32 am

      Thank you

  25. Rose says:
    February 6, 2017 at 2:48 pm

    Ayyadh laiba aa neennaathi. Riuman aa kaiveni kuraani. Keevve huriha kamakah ayyadh zimma vaanvi. Laiba ah ebbasvi iruves engeynu ehen kujjeh dhekekan Ayyadh loabivani. Love this story

  26. cher says:
    February 6, 2017 at 4:11 pm

    Wow varah habeys..laibaa ah visnaidhybala kaiveni nukuran..can’t wait fr the next up..avahah up khlahche ingey layaa lwbi

  27. Shai says:
    February 6, 2017 at 7:23 pm

    Varah salhi

  28. Shai says:
    February 6, 2017 at 9:15 pm

    Dhn laibaa ar kaiveni kuran dho jeheynee,,majubooru v dho e

  29. Shiff says:
    February 6, 2017 at 10:11 pm

    Vv reethi..thankolheh avahah update vaanama…kiyaa hithun hama obinovey..

  30. Brainless says:
    February 6, 2017 at 10:15 pm

    Omg..???
    Kihineh e v..?????.
    This story is fab…
    I really really like it..❤
    Yuh are a great writer layaal..
    Amazing..?
    Heevanee film ehh balaaleveyhen..?
    Sifa kuran hama ehaa furihama..
    Everything is soooo perfect in this story..
    In luv with this story..????❤????

    1. layaal says:
      February 7, 2017 at 10:33 am

      Thank you so much ?

  31. maiha? says:
    February 6, 2017 at 10:55 pm

    layaaa…hama bunaane ehchehvz neygeythy mihaar comment nukureveny…ehaaavx furihama…mi story ah filmeh hadhan ulhunvz ae moya kameh..eahvure rangalhuvaany mi story kiyaalun..filmeh balamun dhiyun fadha..adhi thi accident vi scene heevey alhugandu dhelolah fenunuhen..maaikalako..birunvx kiriya halaak nu vy…haadha molhey layaaa…hama kiyaahithun obinoavegen miulhenny…haadha inthizaarekey kureveny..love u so much layaa..n da stories tooooooooo…???????

    1. layaal says:
      February 7, 2017 at 10:35 am

      Thank you so much dear ?

  32. Sharu says:
    February 7, 2017 at 7:14 am

    Layaa Please ayyadh n riuman dhuru nukurahchey.. eyrun hama hih maruvaane.. love the story.. waiting for next part <3

  33. Akky says:
    February 7, 2017 at 12:02 pm

    Konirakun next prt up kurany

  34. barbie says:
    February 7, 2017 at 2:15 pm

    when next part up kurani?

  35. Aish says:
    February 7, 2017 at 2:44 pm

    Koba aneh part

  36. Shai says:
    February 7, 2017 at 5:55 pm

    Kobaa next part

  37. mona says:
    February 7, 2017 at 7:01 pm

    Layaaa…koba story…tuesday ey mii

  38. Aish says:
    February 7, 2017 at 9:09 pm

    Rankola bunaa duvahakah nukuraane dhn kohmes bahanaeh dhakaane varah foohi dhn mi site

  39. maiha? says:
    February 7, 2017 at 9:34 pm

    layaaa kobaatha story…lolakah ninjeh naadhey..mihithah vaavaru neygey..heevey hiy bunaa hen laslahun…mireyge episode kiyaafa nuny nunidheyney ..hama thedheh mibuny dhelofulha dhoonyaa rankolhaaa..?????

  40. Brainless says:
    February 7, 2017 at 9:49 pm

    Maiha ebuny thedheh…
    Dhn kobaatha next part..

    Missing this story a lot eyy layaa…????????❤???
    Mihaaru esfiya site varah boring vaan fashaifi..??
    Upload your story soon..
    Eyrun hithah hiyh hama jehumeh libeyny…❤

  41. Eyna says:
    February 7, 2017 at 9:50 pm

    Sunday tuesday friday kiyaane up kureveyni eyge 1 dhuvas fahun. V foohi. Kihaavarakah comment libeytho aadheys kureytho balani e. Than kolheh bodu varu mi.

  42. Riu says:
    February 7, 2017 at 10:13 pm

    Kobaa tha next part…. miadhu mee tuesday eh noon tha? Dhen avas kohla bala

  43. layaal says:
    February 7, 2017 at 11:24 pm

    Hey all. 12:30 ge kurin up vaane igey. sorry mihaaru konme faharku mihaa las vaafahun mi up kureveyni. aslu than kolhe lazy v ?. thanks for sticking by still. Love you all ?

Comments are closed.

Next Episodeވަންހަނާ (28)←


All Right Reserved!