Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (18)

shafu
February 5, 2017
8 Mins Read
63 Views
13 Comments

ފޯން ނުނެގުމުން އާހިލް ގުޅާނެ ކަމުގެ އުންމީދުގައި މެހެކް މަޑުކޮއްލައިގެން ހުއްޓެވެ. ނަމަވެސް އާހިލްގެ އެއްވެސް ޚަބަރެއް ނުވިއެވެ. ގެއަށް ގޮސް ކޮންމެވެސް ކަމެއްގައި، އާހިލް އުޅެނީ ކަމަށް ވިސްނާފައި އޭނާ ޓެކްސީ އަކަށް ހަނާއަޅަނ ފެށިއެވެ. އޭނާ ބޭނުން ވަނީ އަވަހަށް ގެއަށް ދާށެވެ.

ޓެކްސީ އެއް މަޑުކޮއްލުމާއެކު، އަވަސް އަވަހަށް ޓެކްސީ އަށް އަރާ އޭނާ ހަމަޖެހިލިއެވެ. އިރުއިރުކޮޅުން އަތުގައި އޮތް ފޯނަށް ބަލާލެވެއެވެ. ދެން ފުންނޭވާއެއް ދޫކޮއްލަމުން އޭނާ އަށް ދެފަރާތައް ބޯ ހޫރުވާލުވުނެވެ. އޭނާގެ ހިތަށް ތަދު ކުރަމުން އެދަނީ މަންމަ ދެންމެ އޭނާ އަށް ދިމާއަށް ބުނެލި ބަސްތަކެވެ. ދުވަހަކުވެސް މަންމަ އޭނާ އާއި އެފަދަ ގޮތައް ވާހަކައެއް ނުދައްކައެވެ.

އިވާން އާއި މިއަދު އޭނާ ގުޅުނު ނަމަ ވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟ ކޮންމެ ކަމެއްވެސް ވާނީ ތަޤްދީރުގައި އެކަން ވާން ހުރި ގޮތަށެވެ. އެކަން މަންމަ އަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ނޫނީ ހިތުގައި ޖެހިފައި ހުރިވަރުން މަންމަ އަށް އެހެން ބުނެވުނީ ހެއްޔެވެ؟

އެކަހަލަ ކިތަންމެ ޝަކުވާއެއް އޭނާ ހިތާ ހިތުން ކުރިއެވެ. ލޯ މަރާލާފައި ތުންފަތުގައި ދަތްއަޅާލެވުނީ ހިތަށް ކުރި އަސަރުންނެވެ.

އަވަހަށް އާހިލްގެ ގާތައް ދާން އޭނާ ބޭނުމެވެ. އާހިލްގެ އޯގާތެރި ފިރުމުންތަކަކީ އޭނާގެ ފަރުވާއެވެ. އޭނާ ބޭނުންވަނީ އާހިލްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ބާރުބާރަށް ރޯށެވެ.

އަނެއްކާވެސް ހިތަށް ހަމަޖެހުމެއް ލިބޭތޯ ކާރުގެ ބިއްލޫރިގަނޑުން އޭނާ ބޭރުބަލާލިއެވެ. ދުއްވާ އެއްޗެއްސާއި މީހުން ގިނަކަމުން ތޮއް ޖެހިފައިވާ މަގު ފެނި އިތުރަށް އޭނާ ބޯ ހާސްވިއެވެ. އެ ކުރު ދަތުރު ދިގުވާހެން އޭނާ އަށް ހީވިއެވެ.

ގޭކައިރިއަށް ކާރު މަޑުކޮއްލުމާއެކު، އަވަސް ފިޔަވަޅުތަކުގައި އޭނާ ގޮސް ސިޑިން އަރަން ފެށިއެވެ. ގެއަށް ވަދެ ކޮޓަރި ދޮރު ހުޅުވާލިއެވެ.

އޮފީސް ހެދުމުގައި އޮތް ގޮތަށް އާހިލް އަށް އޮތީ ނިދިފައެވެ. އެހެން އެވީ، އޮފީހުގައި ތެޅިތެޅި ވަރުބަލި ވެގެން ކަން މެހެކް އަށް ވިސްނުނެވެ.

އޭނާ ކޮޓަރި ތެރެއަށް ވަން އިރު އޭސީ ނުޖައްސާ ހުރުމުގެ ސަބަބުން މުޅި ކޮޓަރީގައި ހޫނުކަން ހިފާލާފައި ހުއްޓެވެ. އަވަސް އަވަހަށް އޭނާ އޭސީ ޖައްސާލިއެވެ. ދެން އައިސް އާހިލްގެ ގާތުގައި އިށީއިނދެލިއެވެ. އާހިލްގެ ގައިގައި ފިރުމަމުން  އެމޫނަށް މެހެކް ބަލާލިއެވެ.

އާހިލް އޭނާ ދެކެ ކިހާ ލޯބިވޭ ހެއްޔެވެ؟ އޭނާ އާހިލް އާއި އެކު އެއުޅެނީ ކިހާ އުފަލުގައި ހެއްޔެވެ؟ މިއަދު އާހިލްގެ ބަދަލުގައި އިވާން އެތާނގައި އޮތް ނަމަ އޭނާ އެގޮތަކަށް ނީނީހެވެ. މައްސަލައަކީ އާހިލް މުއްސަންޖަކަށް ނުވުން ހެއްޔެވެ؟

އެކަހަލަ ވިސްނުންތައް ސިކުނޑީގައި ގިނަވާން ފެށުމުން ކެތްނުވެގެން އޭނާ އަށް ރޯން ފެށުނެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ. އެއަޑަށް، އިރުތަކެއް ނުވެ އާހިލް ލޯ ހުޅުވާލިއެވެ.

” ލޯބީ ކިހިނެއް ވީ ރޮނީ؟” މެހެކް އަތުގައި ފިރުމަމުން އާހިލް އަހާލިއެވެ.

” އާހިލް..” އެހިސާބަށް ބުނެވުނު އިރު އޭނާ އަށް ބާރުބާރަށް ރޮވެން ފެށިއެވެ. ދެން އިތުރަކަށް އެންމެ ބަހެއްވެސް ނުބުނެވުނެވެ. އާހިލް ގައިގައި އޭނާ ބައްދައިގަތެވެ.

” އެމް ސޮރީ ލޯބީ، ބަލާ ނުދެވުނީ އިނގޭ. ގެއަށް އައިސް އެނދުގައި ޖެހުނު ތަނުން ނިދިއްޖެ. އެހެންވެ” އާހިލް ހީކުރީ މެހެކް ދެރަވީ އެހެންވެގެން ކަމަށެވެ.

” އާހިލް އަށް އެނގޭތަ؟… ބޮޑުބޭބެ އަށް ލިބުނު ގެއްލުން އަނބުރާ ލިބޭކަށް ނެތް” މެހެކް ރޮމުން ރޮމުން ބުނެލިއެވެ.

އެއަޑާއިއެކު އާހިލް، އޭނާގެ ގަޔާ މެހެކް ދުރުކޮއްލުމަށް ފަހު ކޮނޑުގައި ހިފާލިއެވެ. ” ހުވާތަ؟ ކީއްވެ އެހެންވާންވީ؟” އާހިލް ގެ މޫނުމަތީގައި ވަނީ ހައިރާން ކަމެވެ.

އެވަގުތު މެހެކް ވަރަށް ތަފްސީލްކޮށް އާހިލް އަށް ހުރިހާ ވާހަކަތަކެއް ކިޔާދިނެވެ.

” ވަރަށް ބޮޑަށް ދެރަވެއްޖެ. އަހަންނަށް އެހީ ވެވޭނެ ނަމަ”. އާހިލްގެ މޫނު މަތިން މާޔޫސް ކަމާއި ހިތާމައިގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ.

” ދެން އަވަހަށް ހުއްޓާލާ. އަހަރެން ބޭނުމެއް ނޫން ތި ރީތި ލޮލުން އަބަދު ކަރުނަ އަންނާކަށް”. މެހެކްގެ ކޯތާފަތްމަތި ފޮހެލަދިނުމަށް ފަހު އާހިލް މެހެކްގެ ގައިގައި ބައްދާލިއެވެ.

 

ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ، މެހެކް ވަނީ ކައްކާ ބަޔަށެވެ. އެތައް ވަރަކަށް ފިކުރުކޮށް، ރުއިމުގެ ސަބަބުން އޭނާގެ ބޮލުގައި ރިއްސަމުން ދިޔައެވެ.

ނަމަވެސް އެކަމަށް ފަރުވާލެއްނެތި އޭނާ ފުރަތަމަވެސް އާހިލް އަށް ކާން ތައްޔާރު ކޮއްލިއެވެ. އޭރު ކާފަ އަދި ގެއަކަށް ނާދެއެވެ.

ދެމަފިރިން ކެއީ އެކީގައެވެ. މެހެކް އަށް ކެވުނީ ކުޑަ އެތިކޮޅެކެވެ. އެވަރުވެސް ވީ އާހިލް ކާން އިނދެގެން ކިޔާދިން މަޖާ ވާހަކައެއްގެ ސަބަބުންނެވެ. އަބަދުވެސް މެހެކް ހެވިލާފައި ހުންނަތަން ދެކެން އާހިލް ބޭނުންވާކަން އޭނާ އަށް އިނގެއެވެ.

އާހިލް އޭނާ ދެކެ ވާ ލޯތްބާއި އެ އޯގާތެރިކަން އެއީ މިހާރު އޭނާގެ ހިތްވަރެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މެހެކް އާއި އާހިލް އަށް ވީވަރަކުން ބޮޑުބޭބެމެންނަށް އެހީތެރިކަން ދެއެވެ. ނަމަވެސް މަންމަ އާއި މެހެކްގެ ގުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައެވެ.

މެހެކް އެގެއަށް ދިއުމުން ހެވިފައި ހުރި ނަމަވެސް، ކުރީގައި ހުންނަ ކަހަލަ އުފާވެރިކަމެއް މެހެކް ފެނުމުން އެ މޫނަކު ނުހުރެއެވެ. ބައެއް ފަހަރު ވާހަަކަ ދައްކާ ގޮތް ވެސް ކުރިއާއި ތަފާތެވެ. އެ ބަދަލުތައް މަންމަ އަށް އެ އަންނަނީ ކީއްވެގެން ކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ. މަންމަ އާހިލް އާއި  ނުރުހެނީއެވެ. އިވާން އާއި މެހެކް ކައިވެނި ނުކުރުމުން މަންމަ އެކަމާ ހިތާމަ ކުރަނީއެވެ. އެއީ ބޮޑުބޭބެ އަށް އެފަދަ ބޮޑު ދައްޗަކާ ކުރިމަތިލާން ޖެހުމުން މަންމަ އަށް އެހީއެއް ނުދެވުނު ކަމުގެ އިޚްސާސް ކުރެވޭތީއެވެ. އެކަމާ މެހެކް އަބަދު ހިތާމަކޮއް ރޮއެވެ. އޭނާގެ ލޯބިވާ މަންމަ ކުރިން ހުރި ގޮަތައް ފެނުމަށް އެދި އޭނާ ދުޢާ ކުރެއެވެ.

އެހެން ގޮސް މެހެކް އާއި އާހިލްގެ ކައިވެންޏައް އެއްމަސް ވިއެވެ.

އެއްރެއްގެ ވަގުތެވެ. ގޭތެރޭގެ މަސައްކަތް ތަކުގައި ވަގުތުތައް ހޭދަކޮއްލުމަށް ފަހު މެހެކް އައިސް  ކޮޓަރިއަށް ވަނެެވެ.

“އާހިލް ލޯބީ މިރޭ ޝޮޕިންގް އަށް ދަމާ. ގޭގަ ބައެއް އެއްޗިހި މަދުވެފަ ހުރީ” މޭޒް މަތީގައި ހުރި ފޮތްތައް ތަރުތީބު ކުރަމުން މެހެކް ވާހަކަ ދެއްކީ އާހިލް އާއި ދިމާއަށް ނުބަލާ ހުރެއެވެ.

އާހިލް ގެ އެއްވެސް ޖަވާބެއް ނުލިބުމުން މެހެކް ބަލާލިއެވެ. އޭރު ދެކަކުލުގައި އުޅަނބޮށި ވިއްދާލައިގެން އާހިލް އިނީ ކޮންމެވެސް ފިކުރެއްގެ ތެރޭގައި ހެން ހީވެއެވެ. މެހެކް އަށް ދެބޮމަ ކައިރިކޮއްލެވުނެވެ.

” އަހަންނާއި ދޭތެރޭ ގަަތަ ތި ވިސްނަނީ؟” މެހެކް ތިރިވެލާފައި އާހިލްގެ މޫނަށް ބަލާލިއެވެ.

” ވިސްނާނެ އެހެން ކަމެއް އޮންނާނެހެން ހީވޭތަ؟” އާހިލް މެހެކް އަށް ބަލާލީ ކުޑަކޮށް ހިނިތުންވަމުންނެވެ.

” އާ ޝޮޕިން އަށް ދާން ތައްޔާރުވޭ އިނގޭ”. އިރުކޮޅަކު މެހެކް އާއި ދިމާއަށް ބަލަން ހުރެފައި އާހިލް ބުނެލިއެވެ.

ދެމީހުން އެކީގައި ދިޔައީ އެސް.ޓީ އޯ ސުޕަ މާޓަށެވެ. ރޭގަނޑުގެ ވަގުތުކަމުން އެތަން ވަނީ މީހުން ގިނަކަމުން ފުރިފައެވެ.

” މަސް ފެށޭކޮޅުވީމަ އެންމެން ވެސް ޝޮޕިންގް ގަ ދޯ” މެހެކް އެތެރެއަށް ވަދެގެން ދިޔައިރު ހުރީ އާހިލްގެ އަތުގައި ހިފާލައިގެންނެވެ.

” އާހިލް، މިކަހަލަ މިލްކް ޕެކެޓް ވަރަށް ރަނގަޅުވާނެ ހަށިގަނޑަށް” އެހެން ބުނެފައި މެހެކް ބަލާލިއިރު އާހިލް ހުރީ ކޮންމެވެސް އެހެން އެއްޗެއް ބަލާށެވެ. މެހެކް އާއި ތަންކޮޅެއް ދުރުގައެވެ.

” އާހިލް” މެހެކް ކުޑަކޮށް ތުންދަމާލާފައި ކައިރިއަށް ގޮސް ގޮވާލިއެވެ.

” ކިހިނެއްވީ މަގޭ ލޯބި ރާނީ؟”.

” ދުރުގަ ތިހުރީ އޯ. ކައިރީގަ ހުރެބަލަ” އާހިލް ކުޑަ ތަންކޮޅެއްވެސް ދުރުގައި ހުންނާކަށް މެހެކްގެ ހިތެއް ނޭދެއެވެ.

މެހެކް ކޮންމެ އެއްޗެއް ނަގާފައިވެސް އާހިލްގެ ޚިޔާލު ހޯދައެވެ. ނަމަވެސް އޭނާ އަށް އެހެން ކަމެއް އާހިލްގެ ފަރާތުން ފާހަގަ ވިއެވެ. އާހިލް މާބޮޑަށް ހިމޭންވެފައި ހުންނަކަމެވެ. ދެން މާގިނަ ބަހެއް ނުކިޔާ “އާން..ހޫން” އިން ފުއްދާލަނީއެވެ. ފިހާރައިން ނުކުން އިރުވެސް މެހެކް ހުރީ އެކަމާ ދެރަވެފައެވެ. ނަމަވެސް އެއީ އާހިލް މާބޮޑަށް ވަރުބަލިވެފައި ހުރުމުން ކަމަށް އޭނާ ވިސްނިއެވެ. އިތުރަށް އެވާހަކަ އޭނާ ދައްކަން ބޭނުންނުވީ އެހެންވެއެވެ.

ޝޮޕިންގް ކޮއްލައިގެން ދެމީހުން ދިޔައީ ދުއްވާލާށެވެ.

” ހިނގާ ލޯބީ ނިދަން ދޯ”.  އާފުރެމުން އާހިލް ބުނެލިއެވެ. ގެއަށް އާދެވުނު އިރު ތަންކޮޅެއް ދަންވެފައި ހުރުމުން އާހިލް ބޭނުންވީ އަވަހަށް ނިދާށެވެ. އާހިލްގެ އުޅުން މިރޭ ހުރިގޮތުން މެހެކް ދެރަވެފައި ހުރި ނަމަވެސް އެކަމަކާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ.

 

އެހެން ރެއެކެވެ. ފޯން އެލާރމް ވާ އަޑަށް މެހެކް އަށް ހޭލެވުނެވެ. ތެދުވެފައި މޯޅިއަަކަށް ދެމިލަމުން މެހެކް އާހިލް އަށް ބަލާލިއެވެ.

އާހިލް އޮތީ މެހެކް އަށް ފުރަގަސް ދީގެންނެވެ. މެހެކް އާއި ކައިވެނި ކުރިފަހުން މިވީހާ ދުވަހު އާހިލް އެހެނެއް ނޯވެއެވެ. އަބަދުވެސް މެހެކް އަށް ހޭލެވޭއިރު އާހިލް އޮންނާނީ މެހެކް ގައިގައި ބައްދާލައިގެންނެވެ. އޭނާގެ ހިތަށް އަސަރު ކުރިއެވެ. ނަމަވެސް ނިދީގެ ތެރޭގައި އެހެންވެސް ވެދާނެކަމަށް ޤަބޫލުކޮއްލާފައި ހިތްހަމަ ޖައްސާލިއެވެ.

މަޑުމަޑުން ފުރަގަހުން އާހިލްގެ ގައިގައި އޭނާ ބައްދާލިއެވެ. ” އާހިލް ތެދުވެބަ ލޯބި” އާހިލްގެ ކަންފަތް ދޮށުގައި މެހެކް މަޑުމަޑުން ބުނެލިއެވެ. އެވަގުތު އާހިލް މެހެކް އާ ވީ ފަރާތަށް އެނބުރިލިއެވެ. އެކަން ވީ މެހެކް އަށް ލިބުނު ސިހުމަކަށެވެ.

” އާހިލް ނުނިދަންތަ؟” މެހެކް އަޖާއިބުވެފައި އަހާލިއެވެ. އެލޮލުގައި ނިދީގެ އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ.

” ނޫން އަހަރެން ނިދާފައެއްނު މިއޮތީ” އާހިލް ލޯމަރާލަމުން ހޭން ފެށިއެވެ.

” ކުޑަ އިރުކޮޅެއް ވެއްޖެ ހޭލެވުނު ފަހުން. އަހަރެން ވެސް ފޯން އެލާރމް ކުރަމޭ ލޯބި ނޫނަކަސް”.

އާހިލް އެހެން ބުނެލުމުން މެހެކް ގާތަށް ހިނިއައެވެ. އާހިލްގެ މިޒާޖުގައި ހުންނަ އެންމެ ގަޔާވާ ކަމަކީ އެއީއެވެ. ކޮންމެ ވަގުތެއްގައިވެސް މެހެކް ހިތް ހަމަޖައްސާލަން އާހިލް އަށް އެނގެއެވެ. ކޮންމެ ކަމެއް ދިމާވި ނަމަވެސް މެހެކް އާއި މުޚާތަބު ކުރާނީ ނުލާހިކު ލޯބިންނެވެ. މެހެކް ކަމަކާ ކިތަންމެ ދެރަވެފައި ހުރި ނަމަވެސް އާހިލް އޭނާ، ހެއްވާލާނެއެވެ.

ނަމަވެސް، ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އާހިލްގެ އުޅުމަށް ބަދަލުތަކެއް އަންނަން ފަށައިފިކަން މެހެކް އަށް ފާހަގަ ވާން ފެށިއެވެ. ބައެއް ފަހަރަށް ފިކުރެއްގައި އިނދެދާނެއެވެ. އަނެއްބައި ފަހަރަށް ފޯނާއި ކުޅެލަ ކުޅެލައެވެ. ތަންކޮޅެއް އަވަހަށް ނިދަން ބޭނުންވާ ވާހަކަވެސް ފަހުން ފަހުން އައިސް އާހިލް ބުނެއެވެ. އެބަދަލުތަކާއި އެކުވެސް މެހެކް ދެކެ ވާ ލޯތްބައް ބަދަލެއް އައި ކަމުގެ އިޚްސާސްއެއް މެހެކް އަކަށް ނުކުރެވެއެވެ. އާހިލް އަށް މިއަންނަ ބަދަލުތަކާއި މެދު ނުވިސްނައެއް އޭނާ އަކަށް ނުހުރެވުނެވެ.

އަނެއްކާވެސް އެހެން ރެއެކެވެ. މެހެކް އަށް ހޭލެވުނީ ކުއްލިއަކަށެވެ. ބިރުވެރި ހުވަފެނެއް ފެނުނު ކަމުގެ އިޚްސާސް އޭނާ އަށް ވަމުން ދިޔައެވެ. އޭރު އޭނާއަށް މާނޭވާ ލެވެނީއެވެ. ހިތުގެ ވިންދް ވެސް ހުރީ އިންތިހާއަށް އަވަސް ވެފައެވެ. ކޮޓަރީތެރޭގައި ހުރި ފަނޑު އަލިން އިތުރަށް އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ.

އަވަސް އަވަހަށް އޭނާ ތެދުވިއެވެ. ލިބުނީ ކުއްލި ސިހުމެކެވެ. އާހިލް އެނދަކު ނެތެވެ. އޭނާ އަށް ފާހާނާ އާއި ދިމާއަށް ނަޒަރު ހިންގާލެވުނެވެ. ފާހާނާ އަކުވެސް އާހިލް އެއް ނެތެވެ.

ގައިގައި އޮޅާފައިވާ ބެޑްސީޓް އެއްފަރާތް ކޮއްލަމުން އޭނާ އެނދުން ފޭބިއެވެ. އޭރު ފައިގައި ވަރުނެތް ކަހަލަ އިޚްސާސެއް ވަމުން ދިޔައެވެ.

ދޮރު ހުޅުވާލާފައި މެހެކް ސިޓިންގް ރޫމަށް ނުކުމެލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާ ދެ ލޯ ބޮޑުވިއެވެ.

ސޯފާ ގައި އޮށޯ އޮވެލައިގެން އާހިލް އޮތީ ފޯނާ ކުޅެލަ ކުޅެލައެވެ.

އާހިލް އަށް މިވަނީ ކިހިނެއް ކަމެއް އޭނާ އަކަށް ނުވިސްނުނެވެ. އާހިލް އަށް އޭނާގެ ފަރާތުން އުނިވީ ކޮން ކަމެއް ބާ އެވެ؟ އޭނާ އަށް ވެވުނުހާ ފުރިހަމައަށް އާހިލްގެ ކަންކަން އޭނާ އެދަނީ ކޮއްދމުންނެވެ. އޭނާގެ ފަރާތުން އާހިލް ބޭނުންވާ ހުރިހާ އުފަލެއް އޭނާ ދެއެވެ.

އެވަގުތު ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އިޚްތިޔާރަކާ ނުލައި ފައިބައިގަތެވެ. ހިތަށް ކުރި އަސަރުން އޭނާ އަށް ރޯން ފެށުނެވެ.

ފޯނާ ކުޅެން އޮވެފައި ސިހިފައި އާހިލް ދޮރާ ދިމާއަށް ބަލާލިއެވެ. ދެން ދުވެފައި ކަހަލަ ގޮތަކަށް އައިސް މެހެކް ގެ ގާތުގައި ހުއްޓުނެވެ.

” މެހެކް.. އަހަރެން.. އަހަރެން ނިދި ނާންނާތީވެ އޮވެލީ” އާހިލް އަޅައިގަންނަމުން ބުނެލިއެވެ.

މެހެކް އެއްޗެއް ނުބުނެއެވެ. އިސްޖަހައިގެން ހުރެ ރޮމުން ދިޔައިރު އޭނާ ހުރީ ކޮޓަރި ދޮރުކަނީގައި ލެނގިލައިގެންނެވެ. އިތުރަށް އޭނާ އަނގައިން ބަހެއް ބުނެފި ނަމަ މާ ބޮޑަށް ރޮވޭނެ ކަން އެނގޭތީއެވެ.

” މެހެކް މަގޭ ރާނީ” އާހިލް މެހެކް ގެ މޫނުގައި ދެ ފަރާތުން ހިފާފައި މައްޗަށް ނަގާލިއެވެ.

މެހެކް ލޯ ހުޅުވާލުމާއެކު އާހިލް އާއި ހަތަރުކަޅި ހަމަވިއެވެ. އޭރު އާހިލްވެސް ހުރީ ރޮވިފައެވެ. އެވަގުތު އޭނާ އާހިލް ގައިގައި ބައްދާލިއެވެ.

” އަހަންނަށް ކީއްވެ ހީވަނީ އާހިލް އަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެހެން؟” މެހެކްގެ އަޑު ބެދެމުން ދިޔައެވެ.

” މެހެކް ހެޔޮނުވާނެ ތިހެން ނުބުނެބަލަ”. މެހެކް ގެ ބޮލުގައި އާހިލް ފިރުމާލިއެވެ.

” ހިނގާބަލަ ރޫމަށް ދާން”. މެހެކް ގެ ކޮނޑުގައި ހިފާލަމުން އާހިލް މަޑުމަޑުން ބުނެލިއެވެ.

ހަށިގަނޑަށް ކިތަންމެ އަރާމެއް ލިބެމުން ދިޔަ ނަމަވެސް މެހެކް ގެ ހިތަކަށް އެއްވެސް އަރާމެއް ނުލިބުނެވެ. އާހިލްގެ ކޮންމެ ބީހުމަކުން ލޮލުން ކަރުނަ ހިލެއެވެ. އޭނާ އަބަދުވެސް ބޭނުންވަނީ އާހިލް އޭނާ އާއި އެހާގާތުގައި ހުރުމަށެވެ. ނަމަވެސް އާހިލްގެ އުޅުމަށް އަންނަމުން އެދާ ބަދަލުތަކުން ކައިވެންޏަށް މިވީ ކުޑަ ދުވަސްކޮޅުތެރޭގައި ވެސް ދެމީހުން ދުރު ވެއްޖެ ކަމުގެ އިޚްސާސް އޭނާ އަށް ކުރެވެނީއެވެ. މި ވަނީ ކިހިނެއް ކަމެއް އޭނާ އަކަށް ނުވިސްނުނެވެ.

“އަނެއްކާ އާހިލް….” ނޫނެކެވެ. އިރާދަކުރެއްވިއްޔާ އާހިލް އޭނާ އަކަށް ބޭވަފާތެރިއެއް ނުވާނެއެވެ. އޭނާ ފިޔަވާ އެހެން އަންހެނަކަށް އެހިތުން ޖާގައެއް ނުލިބޭނެއެވެ. ކުޑަ ވަހުމެއް ހިތުގައި އުފެދުމުން މުޅި ހަށިގަނޑުގައި ރިއްސާލިހެން އޭނާ އަށް ހީވިއެވެ. ކައިރީގައި އޮތް ބާލީސް މެއާލައި ބޮނޑިކޮއްލަމުން އޭނާ ބޯ ހޫރުވާލިއެވެ.

ދެން އޭނާ ފުރަގަހަށް އެނބުރިލުމަށްފަހު ބަލާލީ އާހިލްގެ މޫނަށެވެ. ކައިރީގައި މެހެކް ގެ ގައިގައި ބައްދާލައިގެން އާހިލް އޮތީ ނިދިފައެވެ. އެރީތި މޫނުގައި މެހެކް ފިރުމާލިއެވެ. އާހިލް އޭނާ އަކަށް އެހެނެއް ނަހަދާނެއެވެ. އާހިލް އޭނާ ދެކެ ނުލާހިކު ލޯބިވެއެވެ. މި ދުނިޔޭގައި އޭނާގެ ހުރިހާވެސް އުފަލަކީ އޭނާގެ ލޯބިވާ ފިރިމީހާއެވެ. އެފަދަ ގޮތެއް ވެއްޖެ ނަމަ އޭނާ ދުނިޔޭގައި ހުއްޓަސް މަރުވުމާއި އެއްފަދަވީއެވެ.

ކުރިން ވެސް އޭނާ އުޅުނީ ކިހާ ހާލެއްގައި ހެއްޔެވެ؟ އޭރާއި މިހާރު އަދި މާ ތަފާތެވެ. އޭރު އާހިލް ހުރީ އޭނާގެ ލޯބިވެރިޔާގެ މަޤާމުގައެވެ. ނަމަވެސް މިއަދު ލޯބިވާ ފިރިމީހާއެވެ.

އެ ޚިޔާލުތަކުން ދުރަށް ދާން އޭނާ ބޭނުމެވެ. އަވަސް އަވަހަށް އާހިލްގެ މޭގައި ބޯ އަޅާލަމުން އޭނާ ލޯމަރާލިއެވެ.

ޖެހިގެން އައީ ހުކުރު ދުވަހެވެ.

” އާހިލް ހިނގާބަ މިއަދު ހުޅުމާލެއަށް ދާން”. ސައިބޮއި ނިންމާލުމަށްފަހު ސޯފާގައި ހަމަޖެހިލަމުން މެހެކް ބުނެލިއެވެ.

” ހުޅުމާލެ އޭ” އާހިލް އަހާލިއެވެ.

” އާ! އަހަރެން ވަރަށް ދާ ހިތް ވޭ ހުޅުމާލެއަށް. ކުރީގަ ފެމެލީ އެއްކޮން ދަން.. އެކަމަކު މިހާރު ކޮން ދުވަހެއް އެރަށަށް ނުދާތާ”. މެހެކް ބުނެލިއެވެ.

” ހިނގާބަލަ ގޮސްލަން. އޭރުން ދެމީހުން އެކީގައި ވަގުތުކޮޅެއް ސްޕެންޑް ކުރެވޭނެއެއްނު”. މެހެކް ދެރަވެލާފައި އާހިލްގެ އަތުގައި ހިފާލިއެވެ.

” އޯކޭ” އާހިލްގެ މޫނުމަތިން ފެނުނީ ފަނޑު ހިނިތުންވުމެކެވެ.

ހަވީރުގެ ވަގުތެވެ. މެހެކް ތައްޔާރުވެލައިގެން ކޮޓަރިން ނުކުންއިރު އާހިލް އިނީ މެހެކް ގެ އިންތިޒާރުގައި ސޯފާގައެވެ. މެހެކް ފެނުމާއެކު އާހިލް ކޮޅަށް ތެދުވިއެވެ. މެހެކް ލައިގެން ހުރީ އާހިލް އަށް އެންމެ ރީތި ހެދުމެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް އައްސާލާފައެވެ.

” މަގޭ ލޯބި ރާނީ ވަރަށް ރީތި. އެކަމަކު ކަމެއް ރަނގަޅު ކޮއްލާނަން އިނގޭ”. އާހިލްގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން މެހެކްގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ.

އާހިލް އައިގޮތައް އައިސް މެހެކްގެ ބޮލުގައި އައްސާފައި ހުރި ވޫލްކޮޅު ދަމާލިއެވެ. އެއާއެކު އެރީތި ފަން އިސްތަށިގަނޑު އެއްކޮއް ދޫވިއެވެ. ދެން އިސްތަށިކޮޅެއް ގެނެސް މެހެކްގެ މޫނުމައްޗައް ލިއެވެ.

” މިހާރު ވަރަށް ފުރިހަމަ” އާހިލް ލޯތްބާއެކު ބުނެލިއެވެ.

“ހިނގާ ދަމާ” އާހިލް އަތުގައި ބާރުބާރަށް މެހެކް ހިފާލަމުން މެހެކް ބުނެލިއެވެ.

ހަތަރުގަޑި ބައިވީއިރު ދެމީހުން ތިބީ ފެރީގިމަތައިގައެވެ. ސައިކަލެއް ނުގެންދެއެވެ. މެހެކް ބޭނުންވީ ހުޅުމާލޭގައި ހިނގާލާށެވެ. ހުކުރު ދުވަސް ކަމުން ހުޅުމާލެއަށް ދާ މީހުން ގިނައެވެ. މުޅި ޓާރމިނަލްހެން އޮތީ ތޮއްޖެހިފައެވެ. ލޯންޗުންވެސް ޖާގަ ނުލިބުމުން ދެމީހުން އެރީ ފެރީ އަށެވެ. އޭރު ފަހެއް ޖަހަން ގާތް ވެއްޖެއެވެ.

ފެރީއަށް އަރާ ހަމަޖެހިލުމަށް ފަހު މެހެކް އާހިލް އަށް ބަލާލިއެވެ. އޭރު އާހިލް އިނީ މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެންނެެވެ.

މެހެކް ކުޑަކޮށް ދެރަވިއެވެ. ނަމަވެސް މާ ބޮޑު ކަމަކަށް ނަހަދާ އޭނާ ފޯނާ ކުޅެން ފެށިއެވެ.

އަނެއްކާ ވެސް އާހިލް އާއި ދިމާއަށް އޭނާ އަށް ބަލާލެވުނެވެ. އެންމެ ދެރަވީ އޭނާ ބަލާލިއިރު އާހިލް ލޯމަރާލައިގެން އިންތަން ފެނިފައެވެ.

ފެރީ ލެފުނު އިރު މެހެކް އިނީ ހޫނުވެގެން ދާ ހިތްލާފައެވެ. އެންމެން ތެދުވުމާއެކު ދެމީހުންވެސް ތެދުވެގެން ފެރީން ފައިބަން ހިނގައިގަތެވެ.

” ހާދަ ރީތި ރަށެކޭ މީ”. ހުޅުމާލެއަށް ފައިބައިފައި މެހެކް ބުނެލިއެވެ.

ދެމީހުން އެކުގައި ހިނގަމުން ގޮސް ފޭބީ އަތިރިމައްޗާ ވީ ފަޅިއަށެވެ. އޭރު ޖެހެމުންދިޔަ ހިތް ގައިމު ރޯޅިތަކުންނާއި ބީއްސާލާ ހިތްގައިމު ރާޅުތަކުން މެހެކް ގެ ހިތަށް ތާޒާކަން ގެނެސްދެމުން ދިޔައެވެ. ރީތި ހުދު ފަސްގަނޑުގައި ދެމީހުން އިށީއިނދެލިއެވެ. އޭރު ބައެއްމީހުން މޫދަށް އެރި މަޖާ ކުރެއެވެ. އަނެއްބައި މީހުން ފޮޓޯ ނެގުމުގައި އުޅެއެވެ. ހަވީރު ހިނގާލަން ނުކުމެ އުޅޭ މީހުންވެސް ބައިވަރެވެ.

” ލޯބި ކުއްޖެއް ދޯ” މޫދަށް އެރި މަޖާކުރަމުން ދިޔަ ދެމަފިރިއަކު ގެންގުޅުނު ތުއްތު ކުއްޖެއް މެހެކް، އާހިލް އަށް ދައްކާލިއެވެ.

” އާ ވަރަށް ލޯބި” އާހިލް ހެވިލާފައި ބުނެލިއެވެ.

” އަހަރުމެން ބޭބީ އެއް ހޯދާނީ ކޮން އިރަކުން؟”

މެހެކް އެހެން އަހާލުމުން އާހިލް ގާތަށް ހިނިއައެވެ. ނަމަވެސް އެއްވެސް ބަހެއް ނުބުނެ ހިމޭންވެފައި އިނީއެވެ.

ދެމީހުން އެތަނުގައި ތިއްބައި އިރުއޮއްސެން ގާތް ވިއެވެ.

“ހިނގާބަ މޫދަށް އެރިލަން. ކުޑަކޮށް ފައި ތެއްމާލާނީ. އާދެބަ”. މެހެކް އެހެން ކިޔަމުން މޫދާއިދިމާއަށް ހިނގައިގަތެވެ.

އޭރު އެތަނުގައި މީހުންވެސް ވަރަށް މަދުވެއްޖެއެވެ.

މެހެކް ލޮނުގަނޑުގައި ފައި ބީއްސާލުމަށް ފަހު ފަސްއެނބުރި ބަލާލީ އާހިލް އޭނާގެ ގާތުގައި ނެތް ކަމުގެ އިޚްސާސް ކުރެވިގެންނެވެ.

އެވަގުތު އޭނާގެ ލޮލަށް ފެނުނު މަންޒަރުން އޭނާ ގަނޑުވި ކަހަލައެވެ. ދެލޯ ބޮޑުވެފައި ހުއްޓުން އެރިއެވެ.

(ނުނިމޭ)

36
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

އަނދިރިފަރާތް (9 ވަނަ ބައި)

Next

ވަންހަނާ (27)

Next
February 6, 2017

ވަންހަނާ (27)

Previews
February 5, 2017

އަނދިރިފަރާތް (9 ވަނަ ބައި)

13 Comments

  1. aisha says:
    February 5, 2017 at 2:38 pm

    Dhen vaany Kihineh naa????????????

  2. aisha says:
    February 5, 2017 at 2:39 pm

    Dhen vaany Kihineh baa…?????

  3. Immi says:
    February 5, 2017 at 2:44 pm

    V v reetthiiiiii kn iraku aneh bai ?

  4. Shiya says:
    February 5, 2017 at 3:03 pm

    Aahil hama fake ?
    Hyvaagothun aahil badhal hifany

  5. ham says:
    February 5, 2017 at 3:05 pm

    Story hama habeys

  6. Laara says:
    February 5, 2017 at 3:57 pm

    V reethi ekam maa lahee vaahaka nikun nalehhh so sad

  7. Madhee says:
    February 5, 2017 at 4:23 pm

    Mamma aa ivaan aa aahil emotionaly blackmail kurany kanneynge dho eyna nikamethi kamun mehek happy koh nudheveyne yey kiyaafa haadha dheravaaneyey dhemeehun vakivejjeyya

  8. cher says:
    February 5, 2017 at 7:22 pm

    I wonder what’d happen next??btw varah interesting ingey..

  9. Crazi says:
    February 5, 2017 at 8:52 pm

    Aahil merry kohgen kanneybge ulhrnee..eynaya hurihaa eache ehgigen ahlhun aesgen eh ulhenee..mamma ahves ehgey…mehek dhera vedanethy wait koh gen

  10. Xaan says:
    February 5, 2017 at 9:28 pm

    Aahil feykehnun aahilah bahyeh jeheyny mehek fahathah balaairu aahil onnaany vehtifa

  11. Inu says:
    February 5, 2017 at 9:28 pm

    Aahil biteh gengulheny tha? Haadha kadaey Huxx vyma ehaa dhuru dhurun ulhey thy… Dhelo bodu vi sabab balan haadha beynumey can’t wait… Next part ah inthizaaruga… V nice

  12. Eba Ulheyy.. says:
    February 5, 2017 at 9:32 pm

    Aahil Ah Bayeh Jehigen Ekan Mehek Ah Sirru Kuranyy Baa.. Part 19 Wrh Awahah Genes Dhybbaa.. Kiyaa Hithun Keh Madhu Wefa ..

  13. shafu says:
    February 5, 2017 at 11:54 pm

    Thankx all for the lovely comnts.. vaa goiy balamaa.. ☺. In sha Allah madama noon aneh dvahu up kuraanan ehme las vegen vx.. alhugand story up mi kurany de dvahun eh dvahu.. thankolheh buxi veema inge kudhin.. love u all.. ❤❤

Comments are closed.

All Right Reserved!