Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެއީ ކީއްވެ..؟ 6 ވަނަ ބައި

Rozy Level 210 Stories
February 6, 2017 3 Mins Read
2 Comments

އެއީ ކީއްވެ..؟ 6 ވަނަ ބައި

އެކަމަކު ދެންމެ އޭނާ ކާރީ ބުނީމެއްނު ޢީދަށް މާލެ ދާވާހަކަ ހުރިހާ މުނާސަބަތެއް އޭނާ ކާރީ މަށައް އޮތީ ކޯޗެއް؟ ކަލޭގެ ހަޔާތުގައި އަހަރެންނަކީ ކިރުތައްޓަށް ވެއްޓިފައިވާ މެއްސެއްފަދަ”

ރިޝްމީ މިހެންބުނެފަ ރޯންފެށިއެވެ.

ޝާހިދުގެ މަކަރުވެރި ވާހަކަ ތަކުން ރިޝްމީގެ ރުޅިމަޑުވާގޮތްވިއެވެ.

“ލޯބިވެރިޔާ އަހަރެން ކަލާ ބޭނުން ހުރިހާ އެއްޗެއް ލޯތްބާއި ފައިސާއިން ނުދެންތަ؟..ދެން އެއީ އަނބިމީހާ ޖެހޭނެނު އޭނާ ހަމަޔަކަށް އަޅުވަން އަދި ކައިވެނީގެ ކުރީކޮޅު މަމިހިރީ މިތަނަށް ކަލާ ކާރިޔަށް އައިސް ނޫންތަ؟”

“ތިޔަ ހެންވެއްޖެއްޔާ އަހަރެންނާ ކައިވެނި ނުކުރީ ކީއްވެ؟” ރިޝްމީ ކުސްތަޅަމުން ޝަކުވާ ކުރިއެވެ.

“އަހަރެން އަބަދުވެސް ބޭނުންވަނީ ލޯބިކުރަން އެކަކު ކައިވެނި ކުރަން އެކަކު.. އަހަރެން އަބަދުވެސް ރިޝްމީ ދެކެ ލޯބިވާނަން އެވީނު.. ރިޝްމީ ފިގަރ ގެއްލިދާނެތީ ދަރިން ހޯދަން ބިރުގަނޭ އަހަރެންގެ ފެމިލީ ބޮޑުކުރަން އަހަރެންގެ ހަނދާނެއް ދުނިޔެއަށް ގެންނަން  އަހަރެންވެސް ބޭނުން އެހެންވެ ރާއްޖެތެރޭ ޙާއްސަކޮށް އައްޑޫ ގެ ރީތި ކުދިންގެ ތެރެއިން ކުއްޖަކު ހޮވާލީ.. އެހެންނޫނަސް އައްޑޫ މީހުން އެހާ ފަހަތުގައި އަޅުވައިގެން ނޫޅޭނެ ހަމަ ފައިސާ ދިނީމާ ހުރިހާ ކަމެއް ހަމަޖެހޭނެ  ދެން ދުވާލަކު ތިންފަހަރު ގުޅީމާ އޭނާގެ އެއްވެސް ޝަކުވާއެއް ނޯންނާނެ އެހެންވެ އޭނާ އާއި އިނީ”

ޝާހިދުގެ މަކަރު ވެރިކަމުގެ ދަލުގައި ރިޝްމީ ހަމަރަނގަޅަށް ޖެހި ބޭނުން ހުރިހާކަމަކަށް މަރުހަބާކިޔާލިއެވެ. އަންހެންކުއްޖެއްގެ އިއްފަތްތެރިކަމާއި އަބުރަށް ވިސްނާލުމެއް ނެތިއެވެ.

“މަކަރު ވެރި ފިރިހެނުން ދުނިޔޭގައިވެސް އުޅޭ ތިވަރުގަ މީހެއް މަށެއް ނުދެކެން” ރިޝްމީ އެނދުން ތެދުވެ ހެދުން ލަމުން ބުނެލިއެވެ. އޭރުގައި ޝާހިދުގެ މޫނުމަތީގައި ކުޅެމުންދަނީ ކާމިޔާބު ވީ ކަމުގެ ހިނިތުންވުމެވެ.  އަބަދުވެސް ޝާހިދު ބޭނުންގޮތަކަށް ކުޅެލަން ރިޝްމީގެ ރީތި ހަށިގަނޑު ޝާހިދުއަށް ލިބެއެވެ. މިއަދަކީ އެންމެ ފުރިހަމަ ގޮތުގައި ވެސް ޝާހިދުއަށް އެމަލުން ފޮނިކަން ލިބުނު ދުވަހެވެ. އަދިވެސް ދަހިވެތި ކަމާއެކު ޝާހިދު ރިޝްމީގެ ނިވާކަން ކުޑަ ހަށިގަނޑަށް ބަލަމުން ދިޔައެވެ.

ފިރިހެނާ އަކީ އުފެދުމުގައިވެސް ދަހިވެތި ބައެކެވެ. ރީތި އަންހެންކުދިންނަކީ އެމީހުންގެ ބަލިފައެވެ. އެއްވެސް ޝަރުތަކާ ނުލާ ޙަޒާނާއެއް ލިބުނީމާ އެޙަޒާނާއިން ކާން ބޭނުވާނެ ނޫންހެއްޔެވެ.

ނިޝާ އޭނާ މަހްމަލް ބޮޑު އެނދުގައި ފުރޮޅި ފުރޮޅި އޮތެވެ. ނިދިވަނީ އޭނާގެ ލޮލަށް އަލްވަދާޢު ކިޔާފައި ކަހަލައެވެ. ނިދޭތޯ އޭނާ ކުރާ ބުރަމަސައްކަތުން އިތުރަށް އޭނާގެ ސިކުނޑި ވަރުބަލިވުން ފިޔަވާ އެެހެން ކަމެއް ނުވެއެވެ.

އޭނާގެ ކޮޓަރީގައި ވާ މަޑުކުލައިގެ ސަބަބުންވެސް އިތުރަށް އެކޮޓަރި ރީތި ކަމަށް ފެނެއެވެ. މިއީ ކޮންމެ އަންހެން ކުއްޖަކުވެސް ހަޔާތުގައި ބޭނުންވަނެ އުފާވެރިކަމާއި ނަސީބެެވެ. އާއެކެވެ. ރީތި އަމިއްލަވަންތަ ކަން ހުރި އަމިއްލަ ގެއެކެވެ.

އަމިއްލަ ޔޭ ކިޔޭނެ ކޮޓަރިއެކެވެ.

ނިޝާގެ ކައިވެނި ކުރެވުނު ފަހުންވެސް އެއްއަހަރު ވަނީއެވެ.. އޭނާގެ ބޮޑުދައިތަ އާއި ދުންޔާ ވަނީ އޭނާ އެމީހުންގެ ގެޔަށް ވަނުންވެސް މަނާކޮށްފައެވެ. އެމީހުންވެސް އޭނާގެ ގެޔަށް ނާދެއެވެ. މިކަމާ ނިޝާ ވަރަށް ހިތާމަ ކުރެއެވެ. އެންމެ ކުޑަމިނުން  އެމީހުންގެ އެކައިވެނި ހަފްލާއަށްވެސް އެދެމީހުންކުރެ މީހަކު ނާދެއެވެ. މާދަމާޔަކީ ޢީދު ދުވަހެވެ. އެދުވަހަކީ ހުރިހާ ތިމާގެ މީހުން އެކަކު އަނެކަކަށް ސަލާމް ކޮށް އުފާވެރިކަން ފާހަގަ ކުރާދުވަހެވެ. ވީއިރު އޭނާ ފަރީދާ ދައްތަ ގޮވައިގެން އެގެއަށް ދާނެއެވެ. ބޭޒާރުކޮށްފަ ނެރެލިޔަސް ވަރިހަމަ ކަމުގައެވެ. އެހެންނޫނަސް ޝާހިދު ވަނީ ދުންޔާ ގެޔަށްވެސް ގެންނަން ބުނެފައެވެ. އެމީހުންގެ ރުޅިވެރިކަމެއް ޝާހިދުއަށް ރޭކާލިޔަކަ ނުދެއެވެ.

ޝާހިދު ދެދުވަސް ތެރޭ ރާއްޖެ އައެވެ. އޭނާ ބޭނުންވަނީ ޢީދުގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބާއްވާށެވެ. ޙުދު އޭނާ ބޮޑުދައިތަޔާއި ދުންޏާ އަށް ގުޅިއެވެ. އަދި ގެޔަށް އަންނަން ދަޢުވަތު ދިނެވެ.. އެއްވެސް ނުރުހުމެއްނެތި އެދެމީހުން އެއްބަސް ވިއެެވެ. މިޔުޒިކް ބޭންޑެއް ގެނެސްގެން މިޔުޒިކާއި ލަވައިގެ ޕޮރުގުރާމެއްވެސް އެހަފްލާއަށް ރޭވިގެން ދިޔައެވެ. ހުރިހާކަމެއްް ވެސް ވަރަށް ފާޑުވެރިކަމާއެކު އިންތިޒާމު ކުރީ ޙުދު ޝާހިދުއެވެ.

ލަވައިގެ ތެރޭގައި ނެށުމުގެ ޕޮރުގާރެއްވެސް އޭނާ ހަމަޖެއްސިއެވެ. އަދި އޭނާ ނަށަން ބޭނުންވީ ދުންޔާ އާއި އެކުގައެވެ. ވަރަށް ގާތްކޮށް ދެމީހުން ގައިގޯޅިވެގެން ނެށިތަން ނިޝާއަށް ފެނުނެވެ. އެކަމަކު އެއްވެސް ނުބައިޙިޔާލެއް ނިޝާ ހިތަކު ނެތެވެ. ސަބަބަކީ މިހާރު ޝާހިދު އަކީ ދުންޏާ ގެ ޅިޔަނަށް ވާތީއެވެ. އެހެނަސް ދުރުގައި އެމަންޒަރު ބަލަން ހުރި ފަރީދާއަށް އެކަން ކަމަކު ނުދިޔައެވެ. އެހެނަސް މަސްލަހަތަށް ބަލާފަ  އޭނާ ހިމޭންކަން އިޙްތިޔާރު ކުރިއެވެ. މުޅި ހަފްލާގައި ހިމޭންކަމާއެކު އެއްކަނެއްގައި އިންނަންޖެހުނީ ނިޝާއަށެވެ. ޝާހިދު އާއި ދުންޔާ ނަޝަމުން ދިޔަ މަންޒަރު ބަލާށެވެ.

ނިޝާ ދާން ހިގައިގަތްތަނާ އަރިއަޅާލައިގެން ވެއްޓެންދިޔައެވެ. ކާރީގައި ހުށިޔާރު ކަމާއެކު ހުރި ފަރީދާ ނިޝާ އަތުލަފި ކޮށްގެން ގެޔަށް ވެއްދިއެވެ.. ޝާހިދު އާއި ދުންޔާވެސް ދުވެފަ އެތެރަށް އައެވެ. ނަސީބަކުން އެހަފްލާގައި އެމީހުންގެ ފެމިލީ ޑރ ވެސް އިންނެވިއެވެ. ވަގުތުން ނިޝާ ޗެކްއަޕް ކުރިއެވެ.. އަދި އޭނާ ދިނީ އުފާވެރި ޙަބަރެކެވެ. އާއެކެވެެ. ނިޝާ މަންމަޔަކަށް ވަނީއެވެ. ޝާހިދު ބައްޕަޔަކަށް ވަނީއެވެ. ޝާހިދު އުފަލުން ވަރެއް ނެތެވެ. މިހަބަރުވީ އީދުގެ އެހަފްލާ އިތުރަށް އުފާވެރިކަން ގެނައި ހަބަރަކަށެވެ.

ޝާހިދު ވަރަށް ލޯބިން ނިޝާ އުރާލިއެވެ. މިމަންޒަރު ބަލަން ބޮޑުދައިތަ އާއި ދުންޔާ ތިއްބެވެ. އެމީހުންގެ މޫނުމަތިން އުފާވެރިކަން ފެންނާކަށް ނެތެވެ. އެހެނަސް ދެއްކުންތެރި ކަމުގެ ގޮތުން ދެމީހުން ނިޝާ ކާރިޔަށް އައިސް މަރުހަބާ ކިއެެވެ.

“ޝާހިދު އަޅުގަނޑަށް ހީވަނީ މިއީ ނޯމަލް ކޭސްއެއް ނޫންހެން ނިޝާ ވަރަށް ވަރުދެރަ އަޅުގަޑަަށް ފެންނަނީ ނިޝާ ބެޑް ރެސްޓު ނަގަން ކުރިޔަށް އޮތް ތިންމަސް.. މާދަމާ ހޮސްޕިޓަލުން އިތުރު ޓެސްޓް ހައްދަން ވާނެ” އެމީހުންގެ ޑރ އެމީހުންނަށް ލަފާދިއެވެ.

ޝާހިދު ވަގުތުން ލަފާދިނީ ނިޝާގެ ކަންތައް ކުރަން ދުންޔާ އެގޭގައި މަޑު ކުރާށެވެ. އެއީ ފަރީދާ ދައްތަ އެކަނި ހުރިހާ ކަމެއް ނުވާނެތީއެވެ.

ނިޝާވެސް މިކަމާ އެއްބަސް ވިއެެވެ. އެކަމަކު ފަރީދާ ދައްތަ އެހާގަބޫލެއް ނޫނެވެ. އޭނާގެ މޫނުމަތިން ފެނުނީ ނުރުހުންތެރިކަމެވެ.

“ބޮޑުދައިތާ ކިހިނެއްތޯވީ ދުންޔާ މަޑުކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ނޫންތޯ ނިޝާ ވިހަންދެކަ ދޯ ނީޝް” ޝާހިދު ދުންޔާގެ ކޮނޑުގައި އަތްބާއްވާލަމުން ބުންޏެވެ.

“ނޫނޭ އަޅުގަޑު މައްސަލައެއް ނެތް ދުންޔާ ކޮއްކޮ ބިޒީ ނޫނީޔާ އައިސް ވަދެލިޔަސް އޯކޭތާ.. އަދި މިގޭގައި އުޅެން އުދަގުލަސް” ފަރީދާ ބުނެލިއެވެ.

“ނޫނޭ އަޅުގަޑު އުޅޭނީ މިގޭގައި އޭރާށް ދައްތަގެ ކަންތަށް ކޮށްދޭން މާފަސޭހަވާނެ  ވިހަންދެކަ އަޅުގަޑު ދައްތަ ބަލާނަން އަދި ވިހެއީމާ ދަރިފުޅު ނަގާނީވެސް އަޅުގަނޑު މަންމަ އޯކޭ ދޯ އަޅުގަނޑު މިގޭގައި މަޑު ކޮށްލިޔަށް ކުރިޔަށް އޮތް 7 މަސް”

ދުންޔާ އޭނާގެ މަންމަޔާ ކާރި ވެލާފަ ލޯމަރާލަމުން ހިނިތުން ވަމުން ބުނެލިއެވެ.

“އެކަމަކު ދަރިފުޅާ ތިޔައައީ ދެން މިހާރު މިގޭގައި މަޑުކުރާކަށް ނޫނެއްނު މާދަމާ އަންނާނީ ހެދުން ހިފައިގެން ހިނގާ ދެންދާން”

“އަސްތާ މަންމަޔަށް ހީވަނީތަ ދައްތަ އަތުގައި ހެދުން ނެތްހެން.. ކުރިންވެސް އަޅުގަޑު ލަނީ އޭނާގެ ހެދުންތަކެއްނު.. ދެން މިގޭގެ ކަބަޑު ވާނީ އަޅުގަނޑު ކަބަޑަށް ދޯ ދައްތާ އޭނާ ލާންޖެހޭނީ ދެން މާބަނޑު ސުޓައިލް ހެދުމެއްނު..ނޫންތަ”

ދުންޏާ ނިޝާ ކާރިޔަށް ޖެހިލާފަ ނިޝާގެ ކޮޑުގައި ބޯ އަޅާލަމުން ބުނެލިއެވެ.

“ޔަގީނެއްނު ހުރިހާ ހެދުމެއް ދުންޏާ ކޮއްކޮޔަށް އެކަމަކު އެންމެ ޝޯލްއެއް ފިޔަވާ އެއީ ކާވެނީގެ ދުވަހު ޝާހިދު ދެއްވި ފުރަތަމަ ހަދިޔާ އަހަރެން އޮންނާނީ އޭތި ރައްކާކޮށްފަ”

ނިޝާ ވަރަށް ލޯބިވެތި އަދާއަކާއެކު ޝާހިދުއަށް ބަލާލަމުން ބުނެލިއެވެ.

“ބޮޑުދައިތާ ދުންޔާއަށް އެންމެ ރީތި ބޮޑު ކޮޓަރި މިހާރު ތައްޔާރު ކޮއްލާ އެކޮޓަރި އެހުންނަނީ ނިޝާއާއި އަޅުގަނޑުގެ ކޮޓަރި އެންމެ ކާރީގަ އެހެންނޫނަސް ވިހެއީމާ ކުދިން ރޯއަޑު އިވޭނެ އަހަރެން ނިދާނީ އޮފީސް ރޫމްގަ އެތާވެސް ބެޑެއް ހަދާދޭތި..މިހާރުއްސުރެ ނިދަން އާދަކުރަން ޖެހޭނެ އެކަނި”

ޝާހިދުގެ މިވާހަކަޔަށް އެންމެން ހުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (19)

Next

އަނދިރިފަރާތް (10 ވަނަ ބައި)

Next
February 6, 2017

އަނދިރިފަރާތް (10 ވަނަ ބައި)

Previews
February 6, 2017

ފިރިމީހާގެ ހައްޤުގައި (19)

2 Comments!

  1. Rozy says:
    February 7, 2017 at 12:23 am

    thank you

  2. my name is no says:
    February 9, 2017 at 4:38 am

    v habase

Comments are closed.

Next Episodeއެއީ ކީއްވެ..؟ 7←


All Right Reserved!