” އާހިލް” އަޑަށް ލެވުނުހާ ބާރެއްލާފައި މެހެކް އަށް ގޮވާލެވުނެވެ.
އޭރު އާހިލް އޮތީ އަރިއަކަށް އެތަނަށް ވެއްޓިފައެވެ. ދޮން ފަސްގަނޑުގެ ތެރެއަށް އޭނާގެ މޫނު ވަދެފައިވީ އިރު، އަނގައިން ބަހެއް ބޭރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭރު އާހިލްގެ އަތް މެހެކް އާއި ދިމާއަށް ދިއްކުރަމުން ދިޔައެވެ. މުޅި ލޯވަނީ ކަރުނުން ފުރިފައެވެ. ކުއްލިއަކަށް އޭނާގެ އަތް ވެއްޓުނެވެ.
އެތަންފެނި މެހެކްގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާ އަށް މޭގައި އަތް އަޅާލެވުނެވެ.
ބާރުބާރަށް ދުވަމުން ދުވަމުން އައިސް އާހިލްގެ ބޯ އޭނާގެ އުނގުމަތީގައި ބާއްވާލިއެވެ.
” އާހިލް، އާހިލް” މެހެކް ބާރުބާރަށް ރޮމުން ދިޔައެވެ. ދެން އާހިލްގެ މޫނު މަތީގައި ހޭކިފައިހުރި ވެލިތައް ސާފުކުރަމުން އޭނާ އަށް އެތާ އިނދެ ދެވުނު ފަރުވާއެއް ދޭން ފެށިއެވެ.
” އާހްހް” އާހިލްގެ އަނގައިން މަޑުމަޑުން އެއަޑު ނުކުތެވެ. ދެން ލޯ މެރެމުން ގޮސް އާހިލްގެ ޚަބަރު ހުސްވިއެވެ.
” އާހިލް، އާހިލް” މެހެކްގެ އަޑު ބާރުވާން ފެށިއެވެ. އާހިލްގެ އެތަންމިތަނުގައި ފިރުމަމުން ރޮމުން ދިޔައިރު އޭނާގެ އަނގައިން އާހިލްގެ ނަން ފިޔަވާ އިތުރު ބަހެއް ބޭރެއްނުވިއެވެ. އޭރު މެހެކް އަށް މާނޭވާ ލެވި މުޅި މީހާ ދާހިތްލާ ފޯވެއްޖެއެވެ.
އިރުކޮޅަކު އެހެން އިނދެފައި ވަށައިގެންވާ މާހައުލަށް އޭނާ ނަޒަރު ހިންގާލިއެވެ. އިރުއޮއްސުމުގެ ސަބަބުން ދުނިޔެމަތި ވަނީ ކޮންމެވެސް ވަރަކަށް އަނދިރިވެފައެވެ. މުޅި އުޑުމަތީގައިވަނީ އޮރެންޖް ކުލައިގެ ސާލެއް ލެވިފައެވެ. ދުރުދުރުން ފެންނަ ދޮން މީހުން ފިޔަވައި އިތުުރު އެހެން އެއްވެސް މީހެއްގެ ހިލަމެއް ގާތަކުން ފެންނާކަށް ނެތެވެ. މުޅިތަންވަނީ ހަމަހިމޭން ވެފައެވެ.
މެހެކް މަޑުމަޑުން އާހިލްގެ ބޯ އޭނާގެ އުނގުމަތިން ނަގާ ފަސްގަނޑުމަތީގައި ބާއްވާލިއެވެ. އިތުރު ގޮތެއް އޭނާއަށް ނެތުނީއެވެ. ފަޔައް ލެވުނުހާ ވާރެއްލާފައި ދުވަމުން އޭނާ މަގުމައްޗަށް ނުކުތެވެ. އޭރު އޭނާގެ މޫނާއި ގައިގެ އެތަންމިތަނުގައި ވެލި ހޭކިފައި ހުއްޓެވެ. މުޅި އިސްތަށިގަނޑު ވަނީ ހޭވިފައެވެ.
މަޑުމަޑުން އޭނާ އަށް ގިސްލެވެމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވަމުން ގޮސް މޭފަޅާ ނުކުމެދާނެހެން ހީވާ ކަހަލައެވެ. ހިތަށް ވެރިވެފައިވަނީ ހިތާމައިގެ އިތުރުން ބިރުވެރިކަމުގެ އިޚްސާސްތަކެވެ.
ބާރަށް ދުއްވާފައި އައި ސައިކަލަކަށް އޭނާ ރޮމުން ހަނާ އަޅާލިއެވެ. މެހެކްގެ މޫނަށް ސައިކަލްގެ ލައިޓް އެޅުމާއެކު އެސައިކަލް މަޑުކޮއްލިއެވެ. އެއާއެކު އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އިސްދަށަށް ޖަހައިގެން ހުރެ މަޑުމަޑުން ރޮމުން ދިޔައެވެ.
ސައިކަލުން ފައިބައިގެން އަވަސް ފިޔަވަޅުތަކުގައި މީހަކު އައިސް މެހެކް އާއި އަރާ ހަމަކުރިއެވެ.
” މެހެކް” ކުއްލިއަކަށް އެމީހަކު އޭނާގެ ނަމުން ގޮވާލިއެވެ އެއަޑު އިވިފައި މެހެކް އަށް ލިބުނީ ހައިރާން ކަމެކެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. އާއެކެވެ. އެއީ އިވާން ގެ އަޑެވެ. ކަރުނައިން ފުރިފައިވާ ދެލޮލުން އިސްއުފުލާފައި މެހެކް އިވާންގެ މޫނަށް ބަލާލިއެވެ.
މެހެކް އާއި ހަތަރުކަޅި ބައްދަލްވީ ވަގުތު އިވާންގެ ލޮލުން ކަރުނަތައް ވިދާލިއެވެ. މެހެކް ހުރި ހާލު ފެނުފައި ކަންނޭނގެއެވެ.
” މިތާ ކީއްކުރަނީ، ރޮނީ ކީއްވެ؟” އިވާން އަޖާއިބުވެފައި އަހާލިއެވެ. އެއާއެކު، މެހެކް ބަޑިފަޅައިގެން ދިޔައެވެ.
” އަ..އަހަރެންގެ ފި..ފިރިމީހާ..” އަތިރިމައްޗާ ވީ ފަރާތަށް އިޝާރާތް ކުރަމުން މެހެކް ގެ ބެދެމުން ދިޔަ އަޑުން ބުނެލި ޖުމްލަ އިވާން އަށް ކިރިޔާ ސާފުވީއެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ.
އަނގަމަތީގައި އަތް އަޅަމުން ބާރުބާރަށް މެހެކް ރޮމުން ގެންދިޔައެވެ.
” ކު..ކުއްލިއަކަށް ވެއްޓުނީ” މެހެކްގެ ތުރުތުރު އަޅަމުން ދިޔަ އަޑުން މަޑުމަޑުން ބުނެލިއެވެ.
އިވާން ދުވެފައި ކަހަލަ ގޮތަކަށް އަތިރި މައްޗަށް ނުކުތެވެ. މެހެކް ވެސް އިވާންގެ ފަހަތުން ދިޔައެވެ. އޭރު އާހިލް ހަމަ އެ އޮތްގޮތަށް އޮތެވެ. އާހިލް ފެނުމާއެކު އިވާން އަށް ވެސް ހުއްޓެވުނެވެ. ދެން ހަމަ އެހިނދުކޮޅުގައި ދުވަމުންގޮސް ފުރަތަމަވެސް އިވާން ބަލާލީ އާހިލްގެ ވިންދް ހުރިތޯ އެވެ.
އަވަސް އަވަހަށް އޭނާ އެންބިއުލާންސް އަށް ގުޅިއެވެ. ކުޑަ އިރުކޮޅެއް ތެރޭގައި އެންބިއުލާންސް އައުމުން ދެމީހަކު ވެގެން އާހިލް އެއަށް އެރުވިއެވެ.
އެމްބިއުލާންސް ތެރޭގައި އިނދެގެންވެސް އާހިލް ގައިގައި ފިރުމަމުން މެހެކް ރޮނީއެވެ. އޭނާގެ ގިސްލުމުގެ އަޑު މުޅި އެންބިއުލާންސް ތެރޭގައި ހިފާލާފައި ހުއްޓެވެ. ” މެހެކް ޕްލީޒް އެވަރަށް ނުރޮއިބަލަ. އިރާދަކުރެއްވިއްޔަ ރަނގަޅުވާނެ.” އިވާން ދެރަވެލާފައި މެހެކް އަށް ހިތްވަރުދިނެވެ. ނަމަވެސް އެއަޑު މެހެކް އަށް އިވޭ ހެނެއް ހިއެއް ނުވެއެވެ.
އާހިލް ހޮސްޕިޓަލްގެ އެމާރޖެންސީ ރޫމަށް ވެއްދިއެވެ. ވަގުތުން އަވަސް ފަރުވާ ފެށުނެވެ.
އާހިލްގެ އަތް ގެނެސް މޭގައި ޖައްސާލައިގެން މެހެކް ހުރީ އެނދުކައިރީގައި ކޮޅަށެވެ. އިރުއިރުކޮޅުން އާހިލްގެ އަތުގައި ބޮސްދެއެވެ. ދެން ބޮލުގައާއި މޫނުގައި ފިރުމާލައެވެ. އެލޮލުން އެންމެ ހިނދުކޮޅަކަށް ވެސް ކަރުނަ ނުހިކެއެވެ.
އިވާން ހަރަކާތްތެރިވެ އުޅޭގޮތުން، އިވާން އަކީ އެތާނގައި މަސައްކަތް ކުރާ ޑޮކްޓަރެއްކަން މެހެކް އެނގުނެވެ. އެންމެން ވެސް އިވާން އަށް އިޚްތިރާމް ކުރެއެވެ. އިވާން ފެނުމާއެކު ހިނިތުންވެލައެވެ. ޖީބަށް އެއްއަތް ޖަހާލައިގެން ހުރެ އެވަގުތު ޑިއުޓީގައި ހުރި އަންހެން ޑޮކްޓަރާ ވާހަކަ ދައްކަމުން ދިޔައިރު އިވާންގެ މޫނު މަތިންވެސް ފެންނަނީ ހާސްކަމާއި މާޔޫސްކަމެވެ.
އާހިލްގެ އެނދުކައިރިއަށް އައިސް އެޑޮކްޓަރު ހުއްޓިލިއެވެ. ފުރަތަމަވެސް އާހިލްގެ ވިންދް ބަލާލިއެވެ. ދެން ލޭ ހުރިވަރު ބަލަންފެށިއެވެ. އެވަގުތު މެހެކް ހުރީ ލޭބަލާ މީޓަރަށް ނަޒަރު ހުއްޓާލައިގެންނެވެ.
އޭނާ އަށް ހިންދިރުވާލެވުނެވެ. ހައިރާންވެފައި އަނގަމަތީގައި އަތް އަޅާލެވުނީ އާހިލްގެ ލޭ މަތިވެފައި ހުރިވަރުންނެވެ.
” ބީ.ޕީ ހުރީ ވަރަށް މަތީގައި. އެހެންވެ ކަންނޭނގެ ޕޭސެންޓަށް އެހާ ވަރުވެގެން މި ދިޔައީ، ކުރިން ނޭނގޭ ތޯ؟” ޑޮކްޓަރު އޯގާތެރިކަމާއެކު މެހެކް އާއި ސުވާލު ކުރިއެވެ.
އެވަގުތު މެހެކް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ކުރިންވެސް އާހިލް އެމާރޖެންސީ ވެގެން ހޮސްޕިޓަލަށް ގެނެވުނެވެ. އެފަހަރު އާހިލްގެ ބީ.ޕީ ބެލީ އޭނާއެވެ. އެފަދަ ކަމެއް އޭރަކު ފާހަގަ އެއް ނުވެއެވެ. އާހިލް އަށް މިވަނީ ކިހިނެއްބާ އެވެ؟
” ޕޭސެންޓް އަށް ގޮވާލަން އަޅުގަނޑު ބޭނުން”. ޑޮކްޓަރ އާހިލް އަށް ގޮވަން ފެށުމާއެކު ލޯ ހުޅުވާލިއެވެ. ވަރަށް ކުޑަ ކޮށެވެ. ދެން އޭނާ ބާރުބާރަށް ނޭވާލަމުން އަނެއްކާވެސް ލޯ މަރާލިއެވެ.
އެވަގުތު މެހެކް އާހިލްގެ ބޮލުގައި ފިރުމަމުން ރޯންފެށިއެވެ.
ވެފައިވާ ވަރުގައި އާހިލް އަށް ލޯ ހުޅުވަން އުނދަގޫވަނީކަން އެންމެންނަށް ވެސް ވިސްނުނެވެ. ނަމަވެސް އާހިލް ހޭ ހުރިކަން އެނގުނެވެ.
” އަޅުގަނޑަށް ހީވަނީ ޓެސްޓްތަކެއް ހަދާލުން ބުއްދިވެރިހެން”. އިވާން ޚިޔާލުދިނެވެ.
” ޔެސް”. ޑޮކްޓަރު ބުނެލިއެވެ.
” އެހެންވީމަ، އިންޖެކްޝަނެއް ދޭނަން އަޅުގަނޑު. ދެން ޓެސްޓް ތަކެއް ވެސް ހަދާލާނަން”. އެހެން ބުނުމަށް ފަހު ޑޮކްޓަރު ދިޔައެވެ.
“ކޮބާ މަންމަ މެން؟” ޑޮކްޓަރު ދިއުމާއެކު އިވާން މެހެކް އާއި ސުވާލު ކުރިއެވެ.
މަންމަމެން މަތިންވެސް މެހެކް ހަނދާނަށް އައީ އެވަގުތުއެވެ. ލިބުނު ހިތްދަތިކަމުގައި އޭނާ ހުރިހާ ކަމެއް ހަނދާނުން ފިލީއެވެ.
” މަންމަ މެންނަށް އަހަރެން ގުޅަންތަ؟” އިވާން އަނެއްކާވެސް އަހާލިއެވެ.
“ނޫން. އަހަރެން ގުޅާނަން” މެހެކް ރޮމުން، ތުރުތުރު އަޅާ ހާލު މަންމަ އަށް ގުޅާލުމަށްޓަކައި ފޯން ނެގިއެވެ.
އެވަގުތު އޭނާގެ ޒަމީރު އެކަމަށް ދެކޮޅު ހެދިއެވެ. ކުއްލިއަކަށް އޭނާގެ ޚިޔާލު ބަދަލުވިއެވެ. ދެ ޚިޔާލަކަށް އޭނާ ގެއްލުނެވެ. ފުރަތަމަ މަންމަ އަށް ގުޅައިފިނަމަ ބުނަން ޖެހޭނީ އާހިލް އެމާރޖެންސީ ވި ވާހަކަ އެވެ. ކައިރީގައި މިހުރީ އިވާން އެވެ. މަންމަ މިތަނަށް އަތުވެއްޖެ ނަމަ ވާނީ ކިހިނެއްބާއެވެ؟
ފުރަތަަމަވެސް މަންމަ ވިސްނާލާނީ ބަލިވެ ޚާލެއްނެތިފައި އޮތް އާހިލްގެ ނިކަމެތި ކަމާއި މެދުއެވެ. ދެން ފެންނާނީ ސަލާމަތުން މޮޅު ޑޮކްޓަރެއްގެ މަޤާމުގައި ހުރި އިވާން އެވެ.
އެޚިޔާލުތަކުގެ ތެރެއިން އޭނާގެ އަތުގެ ޚަރަކާތް ހުއްޓުނު ކަހަލައެވެ. ދެން މަޑުމަޑުން އޭނާ ފޯން ތިރިކޮއްލިއެވެ.
” ކިހިނެއްވީ؟” މެހެކް ފޯން ނަގާފައި ތިރިކޮއްލުމުން އިވާން ހައިރާންވެފައި އަހާލިއެވެ.
” ނޫން. މަންމަ މެންނަކަށް ނުގުޅާނަން. އެމީހުން ހާސްވާނެ މާބޮޑަށް. އަނެއްކޮޅުން މިތަނަށް އަންނަން ވެސް ފަސޭހައެއް ނުވާނެއެއްނު”. މެހެކް އިސްޖަހައިގެން އިނދެ ވާހަކަ ދެއްކިއެވެ. އޭރު އެރީތި މޫނު ވަނީ އެއްކޮށް މިލާފައެވެ. އެސްފިޔަތައް ވަނީ ތެމިފައެވެ. މުޅި ދެލޯ ވަނީ ރަތްވެފައެވެ. އިރުއިރުކޮޅުން ނޭފަތް ދަމާލައެވެ.
” އެހެންތަަ؟، މެހެކް ބޭނުން ގޮތެއް”. އިވާން އިރުކޮޅަކު ހުރެލާފައި ބުނެލިއެވެ. އިތުރު އެއްވެސް ސުވާލެއް އިވާން އެއް ނުކުރެއެވެ. އޭނާ އެތަނުން ދިޔައީއެވެ.
އާހިލްގެ އަތުގައި ހިފައިގެން އިން އިރު މެހެކްގެ ޚިޔާލުތަކުގައި އެނބުރެމުން ދިޔައީ އެމީހުން ހޭދަކުރި އުފާވެރި ދުވަސްތަކެވެ. އެދުވަސްތަކުގެ ތެރެއިން އާހިލް އަށް އަންނަމުން ދިޔަ ބަދަލެވެ. ކުއްލިއަކަށް ހިތައް ވެރިވެގެން ދިޔައީ ނުތަނަވަސް ކަމެވެ.
ކޮންމެވެސް އެހެން ކަމެއް އުޅޭހެން މެހެކް އަށް ހީވާން ފެށިއެވެ. ނޫނެކެވެ. އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެއެވެ. އާހިލް އަށް ދެރަގޮތެއް ވެއްޖެ ނަމަ އޭނާ އަށް ވާނީ ކިހިނެއް ހެއްޔެވެ؟ އާހިލް އަކީ އޭނާގެ ދިރިހުރުމެވެ. ހިތުގެ ވިންދެވެ.
އެވަގުތު އޭނާގެ ލޮލަށް އަނެއްކާވެސް ކަރުނަތައް ޖަމާވާން ފެށިއެވެ. އަވަސް އަަވަހަށް ލޯ މަރާލީ އާހިލްގެ މޫނުމަތި އޭނާ އަށް ފެންނަލެއް ފުސްވާން ފެށުމުންނެވެ. އާހިލްގެ އަތް ކޯތާފަތުގައި ޖައްސާލައިގެން އިނުމުން އެވަގުތު ފައިބައިގެން ދިޔަ ކަރުނަތިކިތައް އާހިލްގެ އަތުގައި ހޭކެމުން ދިޔައެވެ.
“އެކްސްކިއުޒްމީ” މީހަކު ބުނެލިއަޑަށް މެހެކް ސިހުނެވެ. އެނދު ފޮރުވުމަށްޓަކައި ކަހާލެވިފައިވާ ފޮތިގަނޑު ދުރުކޮއްލަމުން ނާރސް ކުއްޖެއް އެތެރެއަށް ވަނެވެ.
” އިންޖެކްޝަން” އޭނާ ދައްކާލީ އިންޖެކްޝަނެކެވެ. ” އޯކޭ” މެހެކް އިންޖެކްޝަނަށް ރަނގަޅަށް ބަލާލިއެވެ.
ނާރސް ކުއްޖާ އާހިލް އަށް އިންޖެކްޝަން ދިނެވެ.
ދެން އާހިލްގެ ގައިން ލޭ ނެގުމަށްފަހު ޔޫރިން ނެގުމަށްޓަކައި މެހެކް އަތައް ފުޅިއެއް ދިއްކޮއްލިއެވެ.
” ހޭ އެރިހާ އަވަހަށް ޔޫރިން ނެގޭނެ ދެއްތޯ؟” ނާރސް ކުއްޖާ ހިތްހެޔޮކަމާއެކު ކޮއްލި ސުވާލަށް މެހެކް އާއެކޭ ބުނެ ބޯ ޖަހާލިއެވެ.
ޑޮކްޓަރުގެ ލަފައަށް އާހިލްގެ ސްކޭނެއް ހެދިއެވެ. ޔޫރިން ނެގުނުހާ އަވަހަށް ހުރިހާ ނަތީޖާއެއް އެއްފަހަރާ ބަލާނީ ކަމަށް އިވާން ބުނެލިއެވެ.
ދިހައެއް ޖެހިއެވެ. މެހެކް އޮތީ އާހިލް އޮތް އެނދުގައި ބޯ އަޅާލައިގެން އާހިލްގެ އަތުގައި ފިރުމާލަ ފިރުމާލައެވެ. ކުއްލިއަކަށް އޭނާގެ ބޮލުގައި ފިރުމާލިހެން ހީވުމުން އަވަސް އަވަހަށް ތެދުވެ ބަލާލިއިރު އާހިލް އޮތީ މެހެކް އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އާހިލް ހޭއެރީއެވެ. މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. މެހެކް ބަލާލުމާއެކު އާހިލްގެ ލޮލުން ކަރުނަ ހިލުނެވެ.
” އާހިލް” މެހެކް ކުޑަކޮށް ހިނިތުންވަމުން އާހިލްގެ ގައިގައި ބައްދާލިއެވެ. އެވަގުތު އާހިލްވެސް މެހެކް ގައިގައި މަޑުމަޑުން ހިފަހައްޓާލިއެވެ.
” މިހާރު ކިހިނެއް ވަނީ؟” މެހެކް އާހިލްގެ ބޮލުގައި ފިރުމާލިއެވެ.
” އަލްޚަމްދްﷲ”. އާހިލް މަޑުމަޑުން ބުނެލިއެވެ.
” ހިނގާބަ ޓޮއިލެޓަށް ދާން. ޔޫރިން ނަގަން. ކުޑަ ޓެސްޓެއް ހަދަން”. މެހެކް ލޯތްބާއެކު އެދުނެވެ. އާހިލްގެ ޓެސްޓްތައް ހެދުމަށްޓަކައި ޔޫރިން ވަރަށް މުހިންމެވެ.
” މެހެކް މަޑުކުރޭ. އަހަރެން..އަހަރެން އެކަނި ދާނީ”. އާހިލް ތެދުވުމާއެކު އަރި އަޅާލިއެވެ. ނަމަވެސް އޭނާ ހުޝިޔާރުކަމާއެކު އެނދުގައި ހިފަހައްޓާލިއެވެ.
” އާހިލް”. މެހެކް އަށް ގޮވާލެވުނެވެ. އަދި އާހިލްގެ ގައިގައި އޭނާ ބާރުބާރަށް ހިފަހައްޓާލިއެވެ. އެވަގުތު ދެމީހުންގެ ލޮލުގައިވި ހިތާމަވެރިކަން އެކަކު އަނެކަކަށް ފެނުނެވެ. އާހިލްގެ މޫނުމަތީގައި ވަނީ ގޮތް ހުސްވެފައިވާ ކަހަލަ އަސަރުތަކެކެވެ. ނަމަވެސް އޭނާ ހިތްވަރުކުރިއެވެ. މަޑު ހިނގުމެއްގައި ފާހާނާ އަށް ވަނީ މެހެކްގެ އެހީތެރިކަމާއި އެކުގައެވެ.
އާހިލް ފާހާނާއިން ނުކުތުމާއެކު އިވާން އެތަނަށް އައިސް ހުއްޓިލިއެވެ.
” އާހިލް”. އިވާން އާހިލް އާއި ސަލާމްކޮއްލީ ހިނިތުންވަމުންނެވެ. ދެން އަމިއްލައަށް ތަޢާރަފްވެލިއެވެ. ” އިވާން. ޑޮކްޓަރ އިވާން” އިވާން އެހެން ބުނެލުމާއެކު މެހެކް އަށް މޭގައި އަތް އަޅާލެވުނެވެ. އޭނާގެ ހިތުގެ ވިންދް އަވަސް ވަމުން ދިޔައެވެ. ނަމަވެސް ހަމައެވަގުތު އާހިލް އިވާން އަށް ހިނިތުންވެލިއެވެ.
” ހައުޒް ޔޫ ނައު؟” އިވާން ހިނިތުންވަމުން އަހާލިއެވެ. ” އޯކޭ، އަލްޚަމްދްﷲ” އާހިލް ވެސް ޖަވާބު ދިނީ ހިނިތުންވަމުންމެވެ. މެހެކް އިނީ އިސްޖަހައިގެންނެވެ. އޭނާ ބިރުންގޮސް ތުރުތުރު އަޅައެވެ. އިވާންގެ ކުޑަވެސް ހަޤީޤަތެއް އާހިލް އަށް އެނގޭކަށް އޭނާ ނޭދެއެވެ. އިރުކޮޅަކު ހުރެލުމަށް ފަހު އިވާން އަނެއްކާވެސް ދިޔައެވެ.
އިވާން ކޮންމެ ކަމެއްގައިވެސް މެހެކްގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް އޭނާ ދޭކަން އަބަދުވެސް ފާހަގަކުރެއެވެ. އާހިލް ހޭ އެރިތަނުން އިވާން އެތަނަށް އެއައީ ވެސް އެހެންވެއެވެ.
ކުއްލިއަކަށް މެހެކް ސިހުނީ އާހިލްގެ ފޯން ރިންގް ވާން ފެށި އަޑަށެވެ. މެހެކް ފޯން ނަގާ ބަލާލިއިރު ގުޅަނީ ކާފައެވެ.
” ކާފަ”. މެހެކް ވައި އަޑަކުން އާހިލްގެ ގާތުގައި ބުނެލިއެވެ. އާހިލް ފޯނަށް ބަލަން އިރުކޮޅަކު އިނީއެވެ. ކާފައަށް ވީގޮތް ބުނެދޭން އާހިލްއަށް އުނދަގޫވާނެ ވަރު މެހެކް އަށް ވިސްނުނެވެ.
” ހެލޯ ކާފާ، އާ ވަރަށް އަވަހަށް ދާނަން ލަހެއް ނުވާނެ”. އެހެން ބުނުމަށް ފަހު އާހިލް ފޯން ކަނޑާލިއެވެ.
” އިރުވާތި ލަސްވެގެން ކާފަ ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން ވެގެންނޯ”. އާހިލް ދުރަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ. ދެން ފުންނޭވާއެއް ދޫކޮއްލިއެވެ.
“ކޮން އިރަކުންތަ މިތަނުން ދެވޭނީ؟”. އެހެން އޮވެފައި އާހިލް އަހާލިއެވެ.
އެ މޫނު މަތީގައިވި މަޢުސޫމްކަމާއި މާޔޫސްކަން ފެނި މެހެކްގެ ހިތަށް ކެތްނުވާވަރަށް ތަދުވިއެވެ.
” މެހެކް… އިރާދަކުރެއްވިއްޔަ އަހަންނަކަށް ކަމެއް ނުވާނެ ދޯ؟” ކުއްލިއަކަށް އާހިލް ބުނެލިއެވެ. އެހިނދު މެހެކްގެ ލޮލުން ކަރުނަ ނީރާލިއެވެ. އޭނާ އެންމެބޮޑަށް ހިތުގައި ޖެހުނީ އާހިލްގެ ލޮލަށް ޖަމާވި ކަރުނަތައް ފެނިފައެވެ.
” މެހެކް އަހަރެން ބޭނުމީ މެހެކް އާއި އެކު ހެޕީކޮށް އުޅެން. އަަހަރެން ބަލި އެނދުގަ އޮވެ މެހެކް އަށް އުނދަގުލެއް ވާކަށް ބޭނުމެއް ނޫން.” ހިތުގައި ޖެހިޖެހިފައި އާހިލް ރޯން ފެށިއެވެ.
” އާހިލް ޕްލީޒް ހެޔޮ ނުވާނެ އާހިލް. ތިހެން ނުކިޔާ”. މެހެކް އާހިލްގެ ގައިގައި ބައްދައިގަތެވެ. ދެމީހުންނަށް އެއްވަރަށް ރޮވެނީއެވެ.
” އިންޝާ ﷲ ދެރަގޮތެއް ނުވާނެ”. މެހެކް އާހިލްގެ ކަރުނަތައް ފޮހެލަދެމުން ބުނެލިއެވެ. އޭނާ ވިސްނާލިއެވެ. މިވަގުތު އާހިލްގެ ހިތްވަރަކީ އޭނާ އެވެ. އާހިލްއަށް ބޭނުންވަނީ ހިތްވަރެވެ. މެހެކްގެ ލޯތްބާއި އޯގާތެރިކަމެވެ. މެހެކް ރުއިން އެއީ އާހިލްގެ ހިތްވަރު ގެއްލިގެން ދާނެ ކަމެކެވެ.
ދެމީހުން އެހެން ތިއްބައި ކުއްލިއަކަށް މީހަކު ގޮވާލިއަޑު އިވުނެވެ.
” ޑޮކްޓަރ އެބަގޮވާލައްވާ ޕޭޝެންޓްގެ އެހީތެރިޔާ އަށް” ނާރސް ކުއްޖެއް ބުނެލިއެވެ.
މެހެކް ފޮތިގަނޑު ދުރުކޮއްލަމުން ބޭރަށް ނުކުމެލިއެވެ. އެވަގުތު އެމާރޖެންސީ ރޫމްގެ ކައުންޓަރު ކައިރީގައި ފުރަގަހަށް ވާ ގޮތަށް އިވާން ހުއްޓިލައިގެން ހުއްޓެވެ.
” އިވާން ” މެހެކް ގޮވާލީ ވަރަށް މަޑުމަޑުންނެވެ. އިވާން އެނބުރިލިއެވެ. އެވަގުތު އެލޮލުގައިވި މާޔޫސްކަން ފެނި ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އޭނާގެ ސިކުނޑީގެ ކަނަކުން ވިސްނަދެމުން ދިޔައެވެ.
” އަހަންނާއެކު އާދެބަލަ”
” ޓެކް ކެއާރ އޮފް ހިމް އިނގޭ” ހިނގައި ގަންނަމުން، އާހިލް އޮތް އެނދަށް އިޝާރާތްކޮއްލަމުން އިވާން ބުނެލިއެވެ.
ދެމީހުން އެކުގައި ގޮސްވަނީ ޑޮކްޓަރު ރޫމަކަށެވެ.
އެތަނަށް ވަދެވުމާއެކު މޭޒުމަތީގައި އަތުރާލެވިފައިވާ ކަރުދާސްތައް ފެނި މެހެކް ގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އޭރު އިވާން އިސްޖަހާލައިގެން އެ ރިޕޯޓް ތަކަށް ބަލަމުން ދިޔައެވެ.
އެއް ފިޔަވަޅު ފަހަތައް އަޅާފައި އަނެއް ފިޔަވަޅު ކުރިއަށް އަޅަމުން މެހެކް މޭޒާއި ކައިރިވެލިއެވެ. އޭރު އޭނާގެ ހިތް ތެޅެމުން ދާވަރުން އޭނާގެ ހަރަކާތްތައް ހުއްޓެން އުޅޭ ކަހަލައެވެ.
” މެހެކް އަމިއްލައަށް ބަލާލަބަލަ”. އިވާން ބުނެލި ޖުމްލައިމް މެހެކް ގައިން ވަރު ދޫވި ކަހަލައެވެ. ތުރުތުރު އަޅާ ޚާލް އޭނާ ރިޕޯޓްތައް ނަގާ ބަލަން ފެށިއެވެ.
އެ އެއްޗެހި ބަލަމުން ދިޔަވަރަކަށް މެހެކް ގެ މޫނު މައްޗަށް އަނދިރިވެ މޭ ބޮޑު ކުރަންފެށިއެވެ. އޭގައި އޮތް އެއްޗެއް ރަނގަޅަށް ދެނެގަނެވުމާއެކު ރިޕޯޓް ތައް އަތުން ދޫވިއެވެ. އޭނާގެ މޫނު މައްޗަށް އެއްކޮން އަނދިރިވިއެވެ. މުޅިތަން އެނބުރޭހެން އޭނާ އަށް ހީވާން ފެށިއެވެ. ދެން ވީގޮތެއް ނޭނގުނެވެ.
(ނުނިމޭ)
3128 Comments
Comments are closed.
ham
February 6, 2017 at 1:39 pmAhey…had a salhi ey story…den non irakun. Kiyaalan kibey varu vaaneee……alhey. Aahil ah dera goteh nahatahcey
shafu
February 7, 2017 at 12:03 amThank u ham.. v avahah up kuraanan in sha Allah. Madama noon aneh dvahu ehme las vegen ves up kuraanan ❤
SaSha
February 6, 2017 at 1:45 pmalhe haadha salhi ey. koniraku dhen kiyaalan libeynee . hureveny eh nun kiyaa hithun
shafu
February 7, 2017 at 12:05 amThank sasha.. in sha Allah v avahah.. v hiyvar libey thigothah support deythi.. ❤
nee
February 6, 2017 at 1:47 pmAlhey haadha kurey vvvvvvv reethi avahah up kodhey plx
shafu
February 7, 2017 at 12:01 amThank u nee.. v ufaaveheje ehaa avas aruvaalaafa up kuri parteh kudhinah rythi vyma ❤
Yalv
February 6, 2017 at 3:18 pmAahil ah jehuny kon bayyeh baaaa??? Aids or cancer ? nooon ehen nahadhahchey
shafu
February 7, 2017 at 12:00 amBalamaa dhw yalv.. thank u v bodah ❤
Crazi
February 6, 2017 at 3:26 pmCancer dho…aids jehijeyaa mehek ahves jeheynun
Crazi
February 6, 2017 at 10:46 pmShafu kobaa habareh ves nuvey vahaka update kohfa miyadhu..dhen madama ves baeh genes dheebah
shafu
February 6, 2017 at 11:58 pmHehe.. miadhu hendunu v free veema avahah up kohly.. dhn fahun buxi vee eki kanthakuga.. vv ufaavehje thi gothah support deythi.. thankx and love u ❤
shafu
February 7, 2017 at 12:08 amMadama free viyya in sha Allah baeh genesdeynan ingey kudhin..
Crazi
February 7, 2017 at 12:23 pmMiyadhu nuvaanetha plz
shafu
February 8, 2017 at 12:52 amCrazi miadhu alhugand thankolheh buxikoh diyae.. sorry ingey.. madama in sha Allah.. thank v bodah ?
Sham cham
February 7, 2017 at 12:30 pmStory v salhi..next part avahah up kohlla dheebaa…plx
shafu
February 8, 2017 at 12:53 amLabba.. madama ingey.. thankx sham cham
afyyyy
February 7, 2017 at 3:20 pmV Nice.. when next part? ?
rain
February 7, 2017 at 3:54 pmAhil fakyr.. pls demyhun duru nukurahchey
mary
February 7, 2017 at 3:56 pmI think shafu visnany ahil maraalaafa ivaan aa mehek devan dhw
haseena
February 7, 2017 at 5:00 pmAaan ehen kahneyge dho shafu..
shafu
February 8, 2017 at 12:55 amHehe.. balamaa… thankx mary and haseena
marsha
February 7, 2017 at 5:38 pmWow.. rovijje hama ahil oiy goiy sifa kohfa in gothun..
ayeimcrazeh
February 7, 2017 at 7:27 pmAAAHHHH KIHINEH BAA VEEEE!!!!!!by the way very very nice ingey.avahah update kuracchey ?
shafu
February 8, 2017 at 12:51 amThankx all.. balamaa vaa goiy.. madama aneh part ingey in sha Allah..
Affa
February 8, 2017 at 9:33 pmKobaa.. Avass kohba.. Shafooo..
shafu
February 8, 2017 at 10:44 pmAlhugand ge vaahaka kiyaa kudhinah..
Miadhu up nukurevunyma vv bodah maafah edhen.. alhugand v bodah rogaa jehigen miadhu nuvy ingey.. in sha Allah madama ge vaguthehga up vaane.. thankx all thi gothah support deythi.. in sha Allah mivaahaka alhugand nihmaanan ☺☺
Crazi
February 9, 2017 at 12:38 amMi vahaka ninmaafah ves anehkaa eh hen vahaka eh genes dheachey…ok vaane ahil maraaliyas mehek ah ragalhu goi vaanee dnt wrry enmen..story hama habes
Zoaeee
February 9, 2017 at 3:17 pmShafooooooooooo???