Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކަލާޔާނުލާ ދިރުމެއްނެތެވެ. (14)

who am i?
February 7, 2017
5 Mins Read
42 Views
7 Comments

ލޯގަނޑު ކުރިމަތީގައި ހުރެ ޔޫއާން ތައްޔާރުވަމުން ދިޔައެވެ. ހިތްހަމަޖެހޭ ވަރަށް އިސްތަށިގަނޑު ހަދާލުމަށްފަހު، ޝާޔާއަށް ގުޅާލަން އުޅެނިކޮން ނޫރީން އެކޮޓަރިއަށް އައިސް ޔޫއާންގެ ގާތުގައި ސަލަފް ގޮވާކަމުގައި ބުނެލިއެވެ. ނޫރީންގެ ގާތުގައި ދަބަސް ތައްޔާރު ކޮށްދޭށޭ ބުނެ ޔޫއާން ގޮސް ސަލަފްގެ ކޮޓަރިއަށް ވަންއިރު ސަލަފް އިނީ އެކޮޓަރީގެ މޭޒުދޮށުގައި ފައިލެއް ހުޅުވައިގެންނެވެ. ޔޫއާން ވަނުމުން އިސްއުފުލާ ބަލާލިއެވެ. ސަލަފްއަށްވުރެ ހަށިގަނޑު ފުޅާވެފައި ފިރިހެންވަންތަކަން އެބަހުއްޓެވެ.

”ފުރުމުގެ ކުރިން މި ލިޔުންތަކުގައި ސޮއި ކޮށްދީބަލަ. ތީގައި އިންނާނެ ޔޫއާންއަށް ކޮޕީއެއް.” ޔޫއާން ވަނުމުން ސަލަފް ކިޔަން އިން ފައިލު ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމައްޗަށް ޖަހަމުން ބުނެލިއެވެ. ޔޫއާން ފައިލަށް އެއްފަހަރު އަނެއްފަހަރު ސަލަފްގެ މޫނަށް ބަލާލިއެވެ.

ފައިލު ނަގައި ޔޫއާން ހުޅުވާލުމަށްފަހު ފުރަތަމަ ސޮފްހާއަށް ބަލާލިއެވެ. އަކުރު ކުޑަ ފޮންޓަކުން ލިޔެފައި އޮތް ބޮޑު ލިޔުންގަނޑެކެވެ. ޔޫއާން އެ ލިޔުންތައް ކިޔާކަށް ބޭނުމެއް ނުވިއެވެ.

”ތިއީ ބައްޕަގެ ވަސިއްޔަތް.” ސަލަފް އިނދެފައި ބުނެލުމުން ޔޫއާން ވަގުތުން ފައިލު ލައްޕާލިއެވެ. ބައްޕަ އާއި މެދު އޭނާގެ ހިތުގައި އަބަދުވެސް އަންނަ ސިއްރު އަލިފާނުގެ ހުޅު ފަޅައިގެން ދިޔަ ކަހަލައެވެ. އިތުރަށް އެ ލިޔުން ކިޔަންވެސް ބޭނުމެއްނުވިއެވެ. އޭގައިވަނީ ކޮންއެއްޗެއްކަމެއް އެނގޭކަށް ބޭނުމެއް ނޫނެވެ.

”އަހަރެން ކުރިންވެސް ބުނިން މި މުދަލުން. އަމުދުން އެ ބައްޕަގެ މުދަލުން ޒައްރެއްގެ މިންވަރުވެސް ބޭނުން ނުވާކަމަށް. އަހަރެން ބޭނުމެއް ނޫން މި ވަސިއްޔަތުގައި ސޮއި ކުރާކަށް. ބައްޕަ ދުނިޔޭގައި ނުދެވުނު ލޯބި މުދަލާއި ފައިސާގެ ގޮތުގައި ދޭންނުން ބޭނުންވަނީ.” ޔޫއާން ފައިލު މޭޒުމައްޗަށް އެއްލާލީ ފަރުވާކުޑަ ގޮތަކަށެވެ.

”ޔޫއާން ހީކުރާހާ ބައްޕަ ގޯހެއް ނޫން. ބައްޕަ އަހަރެމެން ދޫކޮށްފައި ދިޔައީ މަޖުބޫރުންކަން އެނގޭނެ މަންމައަށް. މަންމަ ހުރިހާކަމެއް ސިއްރު ކުރިކަން އެއީ އަހަރެމެން ހިތުގައި ބައްޕަ އާއި ނަފްރަތު އުފައްދަން. މަންމަ ބޭނުންވީ އަހަރެމެން ތިންބެއިން މަންމަގެ ކޮޅުގައި ބަހައްޓަން. ބައްޕަގެ ކުރިމަތީގައި އަހަރެމެން ހަތިޔާރަކަށް ބޭނުންކުރަން. އަހަރެން އެކަމުގައި ކުށްވެރި ކުރަނީ މަންމަ. އަހަރެމެން އެކަކު އަނެއްކަކުގެ މެދުގައި މި ދުރުމިން މިވަނީ މަންމަގެ ސަބަބުން.” ސަލަފް ގޮނޑިން ތެދުވެ ޔޫއާންއަށް ބަލާލިއެވެ. ޔޫއާންގެ އިތުރުން ސަލަފްގެ މޫނުންވެސް ހިތްހަމަނުޖެހޭކަން ހާމަވެގެން ދެއެވެ.

”އަހަރެން ބޭނުމެއް ނޫން މަންމަ އާއި ދެކޮޅަށް އެންމެ ލަފްޒެއް ވެސް އަޑުއަހާކަށް. ބައްޕަ އަހަރެމެން ދޫކޮށްފައި ދިޔައީ މަޖުބޫރުންނޭ ކިޔައިގެން މަންމަ ބޭނުންވީ އަހަރެމެންގެ ހިތް އަނބުރާލަން. އެއީ ބައްޕަގެ ގޯސްކަންތައް މަންމަ ފޮރުވަން ބޭނުންވާތީ. ބައްޕަ ކަންތައްކުރި އަނިޔާވެރި ގޮތް އިތުރު މީހަކު އަހަންނަށް ކިޔައިދޭކަށް ނުޖެހޭނެ. އަން، މި ވަސިއްޔަތުގައި އަހަރެން ނަމުގައި ހުރިނަމަ ހުރި މުދަލެއް ދޫކޮށްލާނަން.” ޔޫއާން މަންމަ ދިފާއުކުރިއެވެ. ސަލަފް އާއި ސުދާ މަންމަ އާއި މެދު ފަރުވާލެއް ނުބެހެއްޓިއަސް ޔޫއާން މަންމަ ދެކެ އަބަދުވެސް ލޯބިވެއެވެ.

”ދެން އަޅާނުލާ. ޔޫއާންއަށް އަދި އެއްދުވަހުން ވިސްނޭނެ. އަހަރެން މަސައްކަތް ކުރާނަން ހަޤީޤަތް ޔޫއާންގެ ކުރިމައްޗަށް ގެނެވޭތޯ. އަހަރެން މަންމަ ކުށްވެރި ކުރިއަސް މަންމަ ދެކެ ނަފްރަތެއް ނުކުރަން. އެއީ އެ މަޤާމަށް ދެވަނަ އިންސާނަކު ނާންނާނެތީ. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު ޔޫއާން އާއި މަންމަގެ ހުރިހާ ޒިންމާއެއް ނަގާނަން. އަދި އެއްވާހަކަ. އެކޮޅުން ޔޫއާން އާއި ހަވާލުވާން ހަލީލް އަންނާނެ. އިމްތިހާނު ނިމުނުހާ އަވަހަށް އެނބުރި އައުމުގެ ކަންތައް އަހަރެން ހަމަޖައްސައިދޭނަން.” ސަލަފް މައުޟޫ ބަދަލުކޮށްލިއެވެ. ޔޫއާން އެވާހަކަތައް އިވޭކަމަށްވެސް ނުހަދާ އެކޮޓަރިން ނިކުމެ ސައިކޮޓަރިއަށް ވަންއިރު މާނާ ހުރީ ސައިތައްޔާރު ކުރާށެވެ. މޭޒުމަތީގައި ދެތިން ވައްތަރުގެ ހެދިކާ އާއި ޖޫސް ހުއްޓެވެ. ޔޫއާން އައިސް ސައިބޯން ފެށިތަނާހެން އެތަނަށް ސަލަފް އައެވެ.

”ސަލަފްއަށް އެނގޭތަ ޔޫއާން މާ ސިއްރުން ކުރާ ކަމެއް.” މާނާ ހެވިފައި ދެމީހުންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ސަލަފް އާއި ޔޫއާން އެކަކު އަނެއްކަކުގެ މޫނަށް ބަލާލެވުނެވެ.

”މިގެއަށް ކުއްޖަކު ގެންނަން އުޅެނީ. ޔޫއާން ޒަވާޖީ ހަޔާތެއް ފަށަން ނިންމީތީ މަންމަ ވަރަށް އުފާކުރަން. މަންމައަށް ސަލަފްގެ ފަރާތުން އެކަހަލަ ޚަބަރެއް ލިބޭނީ ކޮންއިރަކުން.”

”ޔޫއާން މީހަކާ އިންނަނީތަ؟” ސަލަފް ހައިރާންވެފައި އަހާލިއެވެ.

”ސަލަފް ރޭގަ ބޭރަށް ދިޔަވަގުތު ޔޫއާން މިގެއަށް ކުއްޖަކުގެނައި. މަންމައަށް ޔަޤީން ދެން މާގިނަ ދުވަހެއް ނެތްކަން.” ސަލަފް ކުރި ސުވާލަށް ޖަވާބު ދިނީ މާނާއެވެ.

“އެއީ ކޮން ކުއްޖެއްކަން އެނގޭތަ؟ މަންމައަށް ޔަޤީން މަންމަ ބުނެފިނަމަ ސަލަފް އަށް އާ ކުއްޖަކަށް ނުވާނެ..” މާނާ އަށް މުޅިން ނުބުނެވެނީސް ޔޫއާން މާނާގެ އަތްމަތީ އަތްބާއްވާލިއެވެ.

”ކޮންމެ ކުއްޖެއް ވިއަސް މިގެއަށް ގެނައީމަ އަލެއް ނުވާނެ. ޔޫއާންއަށް ކަމުދާ ކުއްޖެއް ގެނައުމުގެ އިޚްތިޔާރު ޔޫއާންއަށް ލިބިގެންވޭ. އެކަމަކު ބޭބެއެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުންވަނީ ޔޫއާން އަދި ޒަވާޖީ ހަޔާތެއްފަށާވަރަށްވުރެ ކުޑަކަމަށް. ކިޔެވުން ނިމި ވަޒީފާގައި ހިންދެމިލައިގެން ނޫނީ ކައިވެނީގެ ކަންތަކާއި ވިސްނާނެ ކަމެއް ނެތް.” ސަލަފް އެއީ ކޮންކުއްޖެއްތޯ އަހައެއް ނުލައެވެ. ސަލަފްގެ ވިސްނުން ހުރި ގޮތް ހާމަކުރިއިރު ޔޫއާން އިނީ ރުޅި އައިސް ހިތްހަމަނުޖެހިފައެވެ. ސަލަފް މާ މާތްމީހަކަށްވެގެން ނަޞޭޙަތްތައް ދެމުން ދިޔައިރު ޔޫއާންގެ ހިތުގައި ކެކި އުތުރި އަރަމުން ދިޔައީ ރުޅިވެރިކަމެވެ. ޔޫއާން ފެންތަށި ނަގާ އެއްނޭވާއިން ދަމާލުމަށްފަހު މޭޒުމަތީގައި ތަށިޖެހީ ތަންކޮޅެއް ބާރަށެވެ.

”މަންމާ. އަހަރެން ފުރަން ދަނީ. މަންމަ ހިތްހެޔޮ ކުރާތި. އަހަރެން އެކޮޅަށް ގޮސް ގުޅާލާނަން.” ޔޫއާން އަވަސް އަވަހަށް ތެދުވިއެވެ.

ޔޫއާން ކޮޓަރިއަށް ވަދެ ޝާޔާއަށް ގުޅާލިއެވެ. ފޯނު ރިންގުވުމަށްފަހު ކެނޑުއިރު އެކޮޅުން ފޯނެއް ނުނެގިއެވެ. ޔޫއާން ބިޒީހޭ އަހާފައި މެސެޖެއް ކޮށްލުމަށްފަހު ޖަވާބެއްގައި އިންތިޒާރުގައި ހުއްޓެވެ. ޔޫއާން ފުރަން ދާންޖެހޭ ގަޑިއަށް ޒަވީން ހުރީ ގެއަށް އައިހެވެ. މިއަދު ސުދާވެސް ގެއަށް ކުރިއަށް އައިސް ޔޫއާން ފުރާތީ އެކޮޅުގެ ޚަރަދަށް ފައިސާކޮޅެއް ދީ ސަލާމްކޮށްލާ ހެދިއެވެ. ޔޫއާން ގެއިން ނިކުތީ ޒަވީން އާއި އެކުގައެވެ.

ޒަވީން ކާރު ދުއްވަމުން ދޭތެރެއަކުން ވާހަކައެއް ދައްކާލައެވެ. ޔޫއާން ފޯނަށް އިރުކޮޅު ކޮޅާ ބަލަމުން ޒަވީން ދައްކާ ވާހަކައިގަ ބައިވެރިވެ ހަދައެވެ.

”ވާން އުޅޭ ފަހަރި ގުޅާތޯ ދޯ ތިބަލަނީ. މިއަދު އޮފީހުގައި މާ ބުރަވެގެން އުޅޭ. ހިއެއްނުވޭ އިރުއޮއްސުމުގެ ކުރިން ނިމޭނެހެންނެއް.” ޒަވީން ޔޫއާން އާއި ދިމާކޮށްލިއެވެ.

”ފުރުމުގެ ކުރިން ދިމާވާނެކަމަށް ހީކުރިން. މިއަދު އެއްގޮތަކަށްވެސް ފޯނެއް ނުނަގާ. ދެންމެ މެސެޖެއް ކޮށްލައިފިން. އަދި ޖަވާބެއް ނާދޭ. ދެން މައްސލައެއް ނެތް. ޝާޔާ ފޯނު ނުނަގައިފިނަމަ އަހަރެން ވަރަށް ކަންބޮޑުވާނެ. އެކަމަކު ޒަވީން ތިހުރީ. އަހަރެން އެކޮޅުގައި ހުއްޓަސް ޝާޔާއަށް ވާނުވާ ބަލައިދޭންވާނެ.” ޔޫއާން ހިނިތުންވަމުން ފޯނު ޖީބަށްލިއެވެ. ފެރީ ޓާރމިނަލް ކައިރިއަށް ކާރު މަޑުކުރުމަށްފަހު ޒަވީން އާއި ޔޫއާން ދިޔައީ ސަލަފް ހަމަޖައްސައިދިން ލޯންޗުގެ ކައިރިއަށެވެ.

”އާން. އަހަރެން މިކޮޅުގައި ހުއްޓާ ހާސްވާނެކަމެއް ނެތް. އަހަރެން ޔޫއާން ނުބުންޏަސް މިހާރު ބަލަން. އޮފީހުގައި ވަރަށް އެކަހެރިކޮން އުޅެނީ. ވާހަކަ ދައްކާނީ ވަރަށް މަދުން. މަ ހީކުރީ ޔޫއާން އަހަރެމެންނާއި ވާހަކަ ދެއްކުން މަނާކޮށްފައި އޮންނަނީ ކަމަށް.” ޒަވީން ލޯންޗަށް އަރާ ހަމަޖެހިލަމުން ޔޫއާން އާއި ސަމާސާ ކޮށްލިއެވެ.

”ނޫން. އަހަންނަކީ އެހެން ފިރިހެނުންހެން ހަރުކަށި މީހެއް ނޫން. އަންހެނުންނަށް މިނިވަންކަން ދޭންޖެހޭނެ.” ޔޫއާން ބުނެލިއެވެ. އެއީ ޒަވީން މަޖުބޫރުން ކަންތައްކުރާ ގޮތްކަމުގައި ވިއަސް ހިތާއި ސިކުނޑިން އެއްބަސްވެވޭ ގޮތެއް ނޫނެވެ. ޒަވީން އާއި ސުދާގެ ދެމެދުގައި އެޅުނު ފާރުގެ ސިއްރަކީ ސުދާއަށް ދެވުނު މިނިވަންކަން ކަމުގައި އޭނާ ދެކެއެވެ. ސުދާގެ ދަށުވެފައި ހުރެ ހުރިހާ ކަމަކަށް އާން. ހޫން ކިޔުމުގެ ނަތީޖާ މިއަދު އޭނާއަށް ފެންނަމުން އެބަ ދެއެވެ. ފިރިއެއްގެ ހައިސިއްޔަތުން އަމިއްލަ ހައްޤުގެ ވާހަކަ ދައްކަން އޭނގެ އަޑު އުފުލާލަން ވަނީ ނުކުޅެދިފައެވެ. އިނުމުގެ ކުރިން ކައިވެނީގެ ފަހުން ހުރިހާ ކަމެއް ވެގެންދާނީ ސުދާ ބޭނުން ގޮތަކަންކަން ބުނެވުނު ހަނދާން އެބަހުއްޓެވެ. މިހާރު އޭގެ ރަހަ އޭނާގެ އަރުގައި ލަނީ ވަރަށް ހިތިކޮންނެވެ.

ޝަހުދުމެން ގޭގައި އީރާއަށް ހޭދަކުރެވޭ ކޮންމެ ސިކުންތަކީ އުފާވެރިކަމުން ފުރިގެންވާ ސިކުންތެކެވެ. އެއް އުމުރެއްގެ އެކުވެރިން އެއްތަނަކަށް އައިސް އެކި ކުޅިވަރު ތަކުގައި ނަގާލާ ދުވާލުގެ ވަގުތުތައް ހޭދަވެގެންދާ ގޮތްވެސް ނޭނގެއެވެ. ތާސްބައިގެ ފޯރި ގަދަވަމުން ދިޔައިރު ކޮންމެ މީހެއްގެ ކައިރީގައި ހުރި ތަށިތައްޓަށް އަޅާފައި ހުރި މަޑު ރީދޫ ކުލައިގެ ޖޫސްތަށިން ކޯވަރެއް ބޮމުން ދިޔައެވެ.

”ދެން ނުކުޅެވޭނެ. ކަލޭމެން ކުރިއަށް ގެންދޭ.” ޝަހުދު ތާސްބައިގެ ގަނޑުތައް މޭޒުމައްޗަށް ޖަހާ އެކުވެރިންގެ މޫނަށް ބަލާލީ ގަދަކަމުން ލޯ ހުޅުވައިގެންނެވެ. ކައިރީގައި ޖެހި ފިތިގެން އިން އީރާ ޝަހުދުގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު ދެން ތިބި ޒުވާނުންގެ ހާލަކީވެސް އެއީ އެވެ. ޒުވާންކަމުގެ ޖޯޝުގައި ތިބެ މަސްތުވާތަކެތީގައި ޖެހި ދުވަސްތައް ނަގާލެވޭއިރު މި އަރައިގަނެވެނީ ކިހާ ވަރެއްގެ ފާފައަކަށް ކަމެއް އެމީހުންނަށް ނުވިސްނެނީ ކަންނޭނގެއެވެ. އީރާގެ އަތުގައި ހިފައިގެން ގޮސް ޝަހުދު ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. ޖިންސީ އަރާމަށް ދެމީހުންވެސް ބޭނުންވެފައި ވާތީ ޒިނޭގެ ފާފަ ބޮލުގައި އަޅައި އެކަމަށް އަރައިގަނެވުނެވެ. ސިޓިންރޫމްގައި ބާކީ ތިބި ޒުވާން ޖޯޑުތަކުގެ ހާލަކީވެސް އެއީއެވެ. ދުނިޔެއިން ފާއިތުވާ ކޮންމެ ދުވަހެއްގައި އެގޭ ތެރޭގައި އެކަންތައްގަނޑު ތަކުރާރުވަމުން ދެއެވެ.

ގަޑިން އިރުއޮއްސި ހައެއް ޖަހައިފިއެވެ. އީރާ އަށް ހޭލެވުނީ މޭޒުމަތީގައި ބޭއްވުނު ފޯނު ރިންގުވާ އަޑަށެވެ. އީރާ ގައިމަތީގައި އަޅާފައި އޮތް ރަޖާ އެއްފަރާތްކޮށްލުމަށްފަހު އެނދުގައި އިށީނުމަށްފަހު އެނދުކައިރީ ވެއްޓިފައި ހުރި ހެދުން ނަގައި ކަރަށް މަހާލިއެވެ. އަވަސް އަވަހަށް ތެދުވެ ފޯނާއި ހަމަޔަށް ދެވުނު އިރު ކޯލު މިސްވެއްޖެއެވެ. އީރާ ފޯނު ހިފައިގެން އައިސް އެނދުގައި އިށީނުމަށްފަހު ކޯލު ލޮގު ވިއު ކޮށްލިއިރު ފޯނު ކުރީ މަންމަކަން އެނގިގެން ދިޔައެވެ.

”މަންމާ. މިއަދު ތަންކޮޅެއް ލަހުން ނިމޭ ވާހަކަ ނުބުނެ އާދެވުނީ. ބައިގަޑިއިރެއްހާއިރު ފަހުން ނިމޭނެ. ދޮންތަ ގެއަށް އައިސްފިތަ؟” އީރާ އޮޅުވާލިއެވެ.

”އާން. ޝާޔާ އަދި ނާދޭ. ވާރޭ ވެހެން އުޅޭތީ ކޮބައިތޯ ބަލާލީ. ލަސްނުވެ ގެއަށް އަންނާތި.” އަނީސާ ފޯނު ބޭއްވިއެވެ. އީރާ ކަންނެތްވެ ހުރެ ފާހާނާއަށް ވަދެ މޫނު ދޮވެލައިފިއެވެ.

އީރާ ޝަހުދު ގޮވާލަމުން ދަނީ ކަމަށް ބުނެ މޭޒުމަތީގައި ހުރި ފޮތްތަކާއި އަތްދަބަސް ނަގައި ހިނގައިގަނެވެ. ސިޓިންރޫމަށް ނިކުމެވުނު އިރު ވަފާ އާއި ތަމަންނާ ސޯފާގައި ނިދިޖެހިފައި ތިއްބެވެ. އީރާއަށް މަގުމައްޗަށް ނިކުމެވުނު އިރު ހިމަފޮދު ވާރޭ ވެހެން ފަށައިފި އެވެ.

ވާރޭގެ ތިކިތައް އައިސް ކުޑަދޮރުގައި ބީހުމަށްފަހު ތިރިއަށް ފައިބައިގެންދަނީ ހިތްގައިމު ގޮތަކަށެވެ. އާދައިގެވަރަކަށް ވާރޭ ވެހެމުން ގޮސް ބޯކުރަމުން ދިޔައެވެ. ޝާޔާ މަސައްކަތް ނިންމަމުން ދިޔައިރު އޭނާގެ ކުރިމަތީ އާވި އަރަމުންދާ ކޮފީ ޖޯޑެއް ހުއްޓެވެ. ޝާޔާ މަސައްކަތް ނިންމަންވެގެން އޮފީހުގައި މަޑުކުރީ އަނީސާގެ ގާތުގައި ބުނެފައެވެ. އޮފީހުން މުވައްޒަފުން ދިޔަފަހުން އޮފީސްތެރެ ވަނީ ހިމޭންވެފައެވެ. އެތަނުގައި މިވަގުތު ތިބީ ޝާޔާ އާއި ސެކިއުރިޓީއަކަށް ހުންނަ މީހާ އެކަންޏެވެ.

ޝާޔާ ލިޔުންތައް ޕްރިންޓަށް ޖައްސާފައި ޕްރިންޓަރ ކައިރީ ގޮސް ހުއްޓުނު ވަގުތު ފަހަތުން މީހެއްގެ ފިޔަވަޅުގެ އަޑު އިވިގެން ދިޔައެވެ. ޝާޔާ ފަސް އެނބުރި ބަލާލިއިރު އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ދެވަނަ ޕްރިންޓް އައި ވަގުތު ފިޔަވަޅުތަކުގެ އަޑު ތަކުރާރުކޮން އިވުނެވެ. ނަމަވެސް މިފަހަރު ޝާޔާ ފަހަތެއް ނުބަލައެވެ. ޕްރިންޓަރު ތެރޭގައި ހުރި ގަނޑުތައް ނަގައި ފަހަތަށް އެނބުރުނު އިރު އޭނާގެ ނޭވާ ފޯރާ ހިސާބު ކައިރީގައި މީހަކު ހުރިތަން ފެނި ސިހޭގޮތްވެއްޖެއެވެ. ޝާޔާ ހަޅެއްލަވައިގަންނަން އުޅުނުވަގުތު އެމީހާ ވަރަށް ހުޝިޔާރުކަމާއި އެކު އޭނާގެ އަނގަމަތީ އަތް އަޅާލިއެވެ. އިސްއުފުލާ ބަލާލިވަގުތު އެއީ ކާކުކަން އެނގުނު ހިނދު ކުރިއަށްވުރެ ބޮޑަށް ބިރުގަނެފައި އަތުގައި ހުރި ގަނޑުތައް ދޫވެއްޖެއެވެ. ފަންކާގެ ވަޔަށް ގަނޑުތައް އިރުކޮޅަކު އުދުހިލުމަށްފަހު އޮފީހުގެ އެކި ދިމާލަށް ފެތުރިގަތެވެ.

ދެން ފެނިގެން ދިޔައީ އެމީހާ ޝާޔާގެ މޫނުމަތީ ޖަހާ ތަޅުންގަނޑުގެ މައްޗަށް ވައްޓާލިތަނެވެ. އަދި ޖީބުން ކެމެރާއެއް ނެގުމަށްފަހު ދެތިން ގަނޑު ފޮޓޯ އޭގައި ރައްކާކުރި ތަނެވެ. ޝާޔާ ހިތްވަރަށް ތެދުވެ ދުއްވައިގަންނަން އުޅުނު ވަގުތު އެތަނަށް އިތުރު ދެތިން ފިރިހެނަކު އައިސް ހުއްޓުނުތަން ފެނުނެވެ. ”ސެކިއުރިޓީ…” ޝާޔާއަށް ނުދަންނަ މީހުންތައް ފެނި ބޭރުގައި ހުރި ސެކިއުރިޓީގެ އެހީއަށް އެދި ގޮވާލެވުނެވެ.

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

who am i?

No One Care's Who I Am? No One Knows Me! NoBody Can Find Me.. Where Am I? Who Knows? NoBody Knows..

Other Articles

Previous

އަނދިރިފަރާތް (10 ވަނަ ބައި)

Next

ވަންހަނާ (28)

Next
February 8, 2017

ވަންހަނާ (28)

Previews
February 6, 2017

އަނދިރިފަރާތް (10 ވަނަ ބައި)

7 Comments

  1. blue sea says:
    February 8, 2017 at 1:07 am

    hi story up nuve gina dhuvasvy thy kiyun theringe kibain v bodah maafah edhen!! kuriah huri ep thah daily koh up kohladheynan. In sha Allah..

  2. blue sea says:
    February 8, 2017 at 1:13 am

    kurin register vefa inn email mihaaru use nukurevey thy alun register kohgen vaahaka up mi kuree.. ehenve ekan kiyuntheringe samaalu kamah dhannavaalan!!….

  3. original blue sea says:
    February 8, 2017 at 10:23 am

    who r u..? ma id beynun kohgen dhog thi hadhani kyhkuran….mashaky aslu blue sea..what the hell r u

  4. Vaahaka foshi says:
    February 8, 2017 at 10:28 am

    Bodu anga. Konme meehakuves varudhakkafa liyan fasha. Dhethin bai up kurevuneema enimuny. Bahabaru. . Nuvanyya nuliye huttala

  5. Brainless says:
    February 8, 2017 at 2:04 pm

    Kyhve tha up nukoh ehaa ginadhuvas v…
    This was a very nice story..
    Now also it is very very nice..
    But ehaa Gina dhuvahu dhn up nukoh nuhunnah cheyy plxx..

  6. Rehendhi says:
    February 8, 2017 at 9:50 pm

    Kureege part than kobaatha

  7. pheonix says:
    February 9, 2017 at 12:13 pm

    Kureege part thah kiyaaleveyne gotheh hoadhaala dhinun edhen.

Comments are closed.

All Right Reserved!