Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (28)

layaal
February 8, 2017
7 Mins Read
82 Views
49 Comments

އާޒިމްގެ ލޮލުން އިންތިހާ ނަފްރަތު ފާޅުވާން ހުރިއިރު އޭނާ ބަލަން ނުހުރެ ހަރު ފިޔަވަޅުތަކެއްގައި ރިއުމާންއާއި ދިމާއަށް އަންނަން ފެށިއެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިނުލައި ރިއުމާން ހުރީ އޭނާގެ ގޮތުގައި ކޮންމެ ކަމެއް ކުރިމަތި ވިއަސް ފަސް ނުޖެހޭން ނިންމައިގެންނެވެ.”ކީއްކުރަނީ ތި މިތާ؟ ދޭ ހަމަ މިހާރު!” އާޒިމް އައިގޮތަށް އައިސް އަމުރު ކުރުމުން ރިއުމާން ހައިރާންވިއެވެ. އޭނާ ދެކެ އާޒިމް އެހައި ރުޅިއައިސްފާނެ ކަމަކަށް ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭރު އައްޔާދް އެމީހުންނާއި ދިމާއަށް އަންނަން ހިނގައިގެން އިރު ނަޒީރު ހުރީ ދެބުމަ ގޮށްޖަހައިގެންނެވެ. “ރިއުމާން..” އައްޔާދް އައިސް ހުއްޓިލަމުން މިހެން ބުނެލިއިރު އެއަޑުގައިވީ ރިހުން އިވި ރިއުމާން ވެސް ހިތުގައި ޖެހުނެވެ.

“އައްޔާދް ހަމަ މިހާރު ދޭ އެކޮޅަށް! އެންމެން ގަނޑު ތެރޭގައި އަހަރެން ލައްވަ ހަޅޭލައްވަން އުޅޭނެ ކަމެއް ނެތް!” އާޒިމް ހަރުކަށިކަމާއިއެކު މިހެން ބުނި އިރު ކައިރީގައި ތިބި މީހުންގެ ނަޒަރު މިހާރު ވެސް އެދިމާއަށް ހުއްޓެމުންދިޔައެވެ. އޭރު ގޮނޑިބަރީގައި އިން ޒުލްފާ އައިސް ރިއުމާން ކުރިމަތީގައި ހުއްޓެލި އިރު އެލޮލުގައި ކަރުނަ ނުހިކިވިއެވެ. “އަޅުގަނޑު މިއައީ ލައިބާ އެކްސިޑެންޓް ޚަބަރު ލިބުމުން.. ކޮބާ އޭނަ؟ ވަރަށް ސީރިއަސްތަ؟” ރިއުމާން މަޑުމައިތިރި ކަމާއިއެކު ހަމްދަރުދީވެ ވާހަކަދެއްކިއެވެ.

“އަހަރެން ދަރިފުޅުގެ ނަން ތި ދުލުން ކިޔާނެ ކަމެއް ވެސް! އޭނާގެ ހުރިހާ އުފާތަކެއް ޖަހައިގެންފައި ކޮން ލައިބާއެކޭ ކިޔާކަށް.. ދާން އުޅޭ މިތަނުން.. އާޒިމް ހަމަ މިހާރު އޭނާ ފޮނުވާލާ އަހަރެން އަތުންފައިން ގޯހެއް ނުހެދެނީސް.” މާރިއާ ރުޅިއައިސްފައި ހުރިއިރު އެލޮލުން އިންތިހާ ނަފްރަތު ފާޅުވަމުން ދިޔައެވެ. “އަޅުގަނޑަށް ވިސްނޭ މިވަގުތު އެންމެން ވެސް ތިތިބީ ހާސްވެފައިކަން.. އެކަމު އެއްވެސް އިރެއްގައި ލައިބާއަށް ދެރައެއް ދޭކަށް އަޅުގަނޑު ނުވިސްނަން. މިއީ އޮޅުމެއްގެ ތެރެއިން ހިނގި ކަމެއް. އައްޔާދް..” ރިއުމާން މިހިސާބަށް ބުނިތަނާ އާޒިމް ރުޅި ހަމައިންނެއްޓިއެވެ.

“އަދިވެސް އައްޔާދްގެ ފަހަތުން ނުނެއްޓިގެން ތިއުޅެނީ ކީއްވެ؟ ތިކަހަލަ ހަޑި މުޑުދާރު މީހަކު އަހަރެން މިއާއިލާއާއި ގުޅުނަ ދޭނެހެން ވެސް ހީވޭތަ! ތިކަހަލަ އަންހެނުންގެ ސަބަބުންނޭ މުޖްތަމަޢު ފަސާދަވެ އާއިލާތަށް ރޫޅެނީ. އަހަރެން މިއާއިލާ ރޫޅުނަކަ ނުދޭނަން.. މިހުރިހާ ކަމެއް ވެސް މިވީ ހަމަ ތިކުއްޖާއާއި ހެދި!” އާޒިމް އޭނާގެ އަޑު މަޑުކުރެވޭތޯ ބެލިއެވެ. “ރިއުމާން! ނަމަކީ ރިއުމާން.. އަދި ތިބުނާ ކަހަލަ މީހެއް ނޫން އަޅުގަނޑަކީ.” ރިއުމާން ހަރުކަށި ކަމާއިއެކު މިހެން ބުނެލި އިރު ދުރުގައި ހުރި މާރިއާ ވެސް ކައިރިއަށް ޖެހެލިއެވެ.

“އެހެންތަ! ބަލަ އަމިއްލަ ބަފަޔާ ގުޅުން ހިންގާއިރު ލަދޭ މިކިޔާ އެއްޗެއް ގަނޭތަ!” އާޒިމް އައިސްފައި ހުރި ރުޅީގައި އަނގައިން އެބަސްތައް ބޭރުވުމާއިއެކު އެއްޗެކޭ ނުބުނެ ހުރި އައްޔާދް ދެލޯ ބޮޑުވިއެވެ. “ބައްޕާ!!” އައްޔާދަށް ހަޅޭލަވައި ގަންނަމުން އާޒިމް ކުރިމައްޗަށް އަރައި އޭނައާއި އެތޫނު ކަޅި އަމާޒުވިއެވެ.

އޭރު އެހިސާބުގައި ތިބި އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ހަރަކާތްތަށް ހުއްޓި އެދިމާއަށް ބަލަން ފެށިއެވެ. “އިތުރަށް ރިއުމާންއޭ ކިޔައިގެން އެންމެ އެއްޗެކޭ ބުންޏަސް ނިމުނީ! ވަރަށް ކެއްކޮށްފިން.. ބަޓް ނޯ މޯ!” އައްޔާދް ހަރުކަށި ކަމާއިއެކު އިނގިލި ދިއްކޮށްލި އިރު ދެބުމަ ގޮށްޖެހި އިންތިހާ ރުޅިވެރިކަން އެމޫނުމަތިން ފާޅުވާން ހުއްޓެވެ.

“ކިހިނެތް ވެގެންތޯ މިއުޅެނީ؟” ދުރުން އައި ފުލުސް އޮފިސަރަކު މާ އަޑު ގަދަވެގެން އެމީހުން ކައިރިއަށް އައިސް މަޑުކޮށްލަމުން އަހާލިއެވެ. އެވަގުތު އޭނާގެ ނަޒަރު އައްޔާދަށް ހުއްޓުމުން އެއީ ކާކުކަން އިނގި ތަންކޮޅެއް ދުރަށްޖެހިލައި ބުނަން އުޅުނު ވާހަކަ މެދުކަނޑާލިއެވެ. “ސާޖެންޓް އައްޔާދް.. ހޮސްޕިޓަލް ތެރޭގައި އަޑުމަޑުކޮށްލަ ދިނުން އެދެން” އެފުލުސް އޮފިސަރު ބުނެލިއެވެ. “ސޮރީ.. ތަންކޮޅެއް އަޑުގަދަވީ.” އައްޔާދް ހަމަޖެހިލަމުން މިހެން ބުނުމުން އެފުލުސް އޮފިސަރު ދުރަށް ޖެހިލައި އެތަނުގައި މަޑުކޮށްލިއެވެ.

“ކީކޭ އާޒިމް ތިބުނީ؟” ޒުލްފާ ހައިރާންވެފައި ހުރިއިރު ދެންމެއަކު އެއިވުނު ވާހަކަ ޤަބޫލުކުރަން ދަތިވެފައި ހުއްޓެވެ. “އައި އެމް ސޮރީ.. އެކަމު މިއީ ޒުލްފާއްތަމެންނާއި ބެހޭ ކަމެއް ނޫން.. ދިސް އިޒް ޕާސަނަލް.. ކްލިއަލީ މިވާހަކަ އެންމެންގެ ތެރޭގައި ދައްކާކަށް ބައްޕައަކަށް ވެސް ނުޖެހޭނެ.” އައްޔާދް ލޯއަޅާލަމުން މިހެން ބުނިއިރު އާޒިމަށް ވެސް އޭނާއަށް އެކިޔުނީ މިފަދަ ތަނެއްގައި ބުނެވިގެންވާނެ ކަހަލަ ވާހަކައެއް ނޫންކަން އިހުސާސްވިއެވެ. އޭރު ރިއުމާން ބަސްމަދުވެ ގަބުވެފައި ހުރިއިރު އޭނާ ފަހަރެއްގައި ވެސް އެގޮތަށް އާޒިމް އެކަން ހާމަ ކޮށްފާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

އައްޔާދް އިތުރު އެއްޗެކޭ ބުނުމުގެ ކުރިން އެމަޖެންސީ ރޫމް ތެރެއިން ނެއްލި ލައިބާ ފެނި އެންމެންގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ބޯއެއްކޮން ބެންޑޭޖް ކޮށްފައި އޮތް ނަމަވެސް ރަތްލޭ އެހުދު ފޮތިގަނޑުން ފޭދިފައި ވިއެވެ. ލޭތަށް ސާފުކޮށްލެވިފައި އޮތް މޫނުގައި ޒަހަމްތަށް ވީއިރު ނަރުސް ކުދިންތައް އަވަސް ފިޔަވަޅުތަކެއްގައި އޭނާ އޮތް އެނދު ކުރިއަށް ދުއްވަމުން ދިޔައެވެ.

“ކޮންތާކަށްތި ގެންދަނީ؟” ނަޒީރު ހާސްވެފައި އަހާލިއިރު އައްޔާދް ވެސް އެނދާއި ކައިރިއަށް ޖެހިލިއެވެ. އޭރު ލައިބާ އޮތް ހާލުފެނި ރިއުމާންގެ ހިތަށް ތަދުވިއިރު އޭނާ ސަލާމަތް ކުރުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. “ތިއޭޓާއަށް.. ވަރަށް އަވަހަށް ބޭނުންވޭ އެބަ އޭ ޕޮޒިޓިވް ބަލަޑް.. މިކޮޅުން ލިބެން ހުރި ވަރު މަދުވާނެ. ވަރަށް މަދު ބައެއް ގައިގައި މިލޭ ލިބެން ހުންނާނީ. ވީމަ ވިހާވެސް އަވަހަށް ހޯދަ ދޭން ވީ. ޕޭރެންޓެއް ނެއްތޯ އޭ ޕޮޒިޓިވް ހުންނަ؟” ކައިރީގައި ހުރި ޑޮކްޓަރ މިހެން ބުނުމުން ނަޒީރުގެ ނަޒަރު ޒުލްފާއަށް ހުއްޓުނެވެ.

“އަޅުގަނޑު އަންހެނުން..” ނަޒީރު މިހެން ބުނުމުން އެތަނުން ދެ ނަރުސް ކުއްޖަކު ޒުލަފާ ގާތު އެމީހުންނާއި އެކު އައުމަށް އެދުނެވެ. އޭރު އެމީހުން ލައިބާ އެތަނުން ގެންދިޔަ އިރު ޒުލްފާ ހިތާއި ދެކޮޅަށް ފަސްދީފައި ހިނގައިގަތެވެ. އޭރު އައްޔާދް ހުއްޓި ލައިބާ ގެންދިޔަތަން ބަލަން ހުރިއިރު ނަޒީރު ފާރުގައި ލެނގިލިލައި ދެއަތިން މޫނުގައި އަތް ހާކާލިއެވެ.

“ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ..” ނަޒީރުގެ ކޮނޑުގައި އަތް ބާއްވާލަމުން އާޒިމް ހިތްވަރުގެ ބަސްކޮޅެއް ބުނެލިއެވެ. “އަތް ނުލައި ގައިގައި.. ތި މީހުންނާއި ހެދި މިހެން މިވީ. ލައިބާ.. ލައިބާ ތިއާއިލާއާއި ނުގުޅުނު ނަމަ… މިހެން ނުވީސް.” ނަޒީރު ކޮނޑުގައި އެޅި އާޒިމްގެ އަތް ފޮޅުވާލަމުން ތިއޭޓަރާއި ދިމާއަށް ހިނގައިގަތެވެ. އޭރު އާޒިމް ލަދުން އިސްޖެހި އައްޔާދާއި ދިމާއަށް ނަޒަރު ހުއްޓާލިއިރު އޭނާ ދުރުގައި ރިއުމާންގެ އަތުގައި ހިފައްޓައިގެން ހުއްޓެވެ. ދެބަފައިންގެ ނަޒަރު ބައްދަލުވީ ހިނދު ދެމީހުން ވެސް އެކަކު އަނެކަކު ކުށްވެރިކޮށް މޫނު އަނބުރާލިއެވެ.

****

އިރު އޮއްސި އަނދިރިވެގެން ދިޔައިރު ތިއޭޓަރު ބޭރުގައި ނަޒީރު ގޮނޑިއެއްގައި އިންއިރު ކައިރީގައި އިން ޒުލްފާ ފާރުގައި ބޯ ޖައްސާލައިގެން ލޯމެރިފައި އިނެވެ. މާރިއާ ބަހެއް ނުބުނެ ދުރުގައި އިންއިރު އަނާ އޭނާގެ މަންމަ ކައިރީގައި އިނެވެ. އޭރު އާޒިމް ދުރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު އެމީހުންނާއި ތަންކޮޅެއް ދުރުގައި ވަކިން ހުރި ގޮނޑިބަރިއެއްގައި އައްޔާދްއާއި ރިއުމާންއިނެވެ.

އައްޔާދްގެ އަތްތިލައާއި އަމިއްލަ އަތްތިލަ ގުޅުވާލައިގެން އިންއިރު ރިއުމާންގެ ބޯވަނީ އައްޔާދްގެ ކޮނޑުގައި އަޅާލެވިފައެވެ. އެތަށް އިރަކު އައްޔާދް އެގޮތަށް އަނގައިން ބަހެއް ނުބުނެ އިން އިރު އެލޮލުން ހިތާމައިގެ އަސަރު ފާޅުވެއެވެ. އަދިވެސް ލޭތަށް ފޭދި ހިކިފައި ހުރި ޔުނީފޯމް ލައިގެން އޭނާ ހުރިއިރު އެކަމުން އުނދަގޫ ވެސް ނުވާ ކަހަލައެވެ.

“އައްޔާދް erektilemed.de.. ދާން ވީނުން ގެއަށް ގޮސް ޗޭންޖް ކޮށްލައިގެން އަންނަން.” ރިއުމާން ބޯ އުފުލާލަމުން މިހެން ބުނި ނަމަވެސް އައްޔާދަށް އިވުނު ހެންނެއް ހިއެއްނުވެއެވެ. “އައްޔާދް..” އޭނާގެ ކޮނޑުގައި ކޮއްޓާލުމުން އައްޔާދް ހޭވެރިކަންވެ ގޮނޑީގައި ލެނގިލަމުން ރިއުމާންއަށް ނަޒަރު ހުއްޓާލިއެވެ. “ކީކޭ؟” އަތުން ނިއްކުރީގައި އިނގިލިތައް ހާކާލިއިރު ބޮލުގައި ރިހުމެއް އުފެދިފައިވިއެވެ.

“ދާންވީ ނޫންހޭ ފެންވަރައިގެން ތި ގަމީސް ބަދަލު ކޮށްލައިގެން އަންނަން. ހުސް ލެއެއްނުން..” ރިއުމާން މިހެން ބުނުމުން އައްޔާދް އޭނާ ލައިގެން ހުރި ޔުނީފޯމަށް ބަލައިލުމުން އެބުނީ ތެދެއްކަން ރޭކާލިއެވެ. ހާސްވެފައި ހުރިވަރުން އޭނާ ހުރި ހާލަތު ވެސް ހަނދާން ނެތުނީއެވެ. “ދާންވީ.. ވަރަށް ބޮލުގައި ރިއްސާއެބަ.” އައްޔާދް އަނެއްކާވެސް ބޮލުގެ އިސްތަށިކޮޅަށް އަތްމަހާލަމުން ލޯމަރާލިއެވެ. ރިއުމާން މަޑުމަޑުން އޭނާގެ އިނގިލިތަކުން އައްޔާދްގެ ނިއްކުރީގައާއި ބޮލުގައި މޮޑެލަ ދިނުމުން އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. ދުރުގައި މި މަންޒަރި ބަލަން ހުރި އާޒިމް ދަތްކުނޑި ވިކާލިއެވެ.

“ދެން އެކަމު ދިޔައީމަ ލައިބާ ޔޯ؟” ލައްޕާފައި ހުރި ތިއޭޓަރުގެ ދޮރަށް ނަޒަރު ހުއްޓާލަމުން އައްޔާދް ބުނެލިއެވެ. “ލައިބާ ނެރެފިއްޔާ ގުޅާނަން. އޯކޭނުން. އެކަމު ތިހެން އެހައި ގިނައިރު އިންނާކަށް ނުވާނެ.. މެންދުރު ގެއަށް ދިޔަގޮތަށް އެއްޗެއް ނުވެސް ކަން ދޯ އަދި.” ރިއުމާން ވިސްނާލާފައި އަހާލުމުން އައްޔާދް ބޯޖަހާލިއެވެ. “ދޭ ގެއަށް ގޮސް ޖޫސްތަޓެއް ނަމަވެސް ބޯލައިގެން އަންނަން. ދާއިރުން މަންމަ ވެސް ގޮވައިގެން ދޭ.. ވަރަށް އިރުވެއްޖެ އެއްނުން އިންނަތާ.” ދުރުގައި އިސްޖެހިފައި އިން މާރިއާއަށް ނަޒަރު ހުއްޓާލަމުން ރިއުމާން ބުނެލިއެވެ.

“ދެން ރިއު މަޑުކުރަނީތަ؟” އައްޔާދް އަހާލުމުން އޭނާ ބޯ ޖަހާލިއެވެ. “އިޓްސް އޯކޭ.. އަހަރެން ބޭނުން މަޑުކުރަން.. ޝީ އިޒް މައި ފްރެންޑް.. އަސްލު ދެރެވޭ މިގޮތަށް ކަންތައް ވީތީ. އެކަމު އައްޔާދް ޕްލީޒް ޑޯންޓް ބްލޭމް ޔުއާ ސެލްފް.. މިހެން ވެދާނެ ކަމެއް ވަކި ކާކަށް އިނގޭނީ. ޔޫ ޑިޑް ވަޓް ޔޫ ކުޑް އިނގޭ..” ރިއުމާން ނިކަން ލޯބިން ވިސްނާ ދިނުމުން އައްޔާދް އެއްބަސް ވިއެވެ. “ބައްޕައާއި ވާހަކަ ނުދައްކާތި. އެއްޗެކޭ ބުންޏަސް ދުރަށް ދޭ.” ދުރުގައި އެމީހުންނަށް ލޯ އަޅައިގެން ހުރި އާޒިމް ފެނުމުން އައްޔާދް ބުނެލިއެވެ.

“ޑޯންޓް ވޮރީ.. އައި ކެން ހޭންޑަލް މައި ސެލްފް. އައްޔާދް ހާސްނުވެބަލަ.. ދެން ދޭ މަންމަ ގޮވައިގެން. އަހަރެން މަޑުކުރާނަން އަންނަން ދެން.” ރިއުމާން ލުއި ގޮތަކަށް ހިނިތުންވެލުމުން އައްޔާދް ތެދުވެ އޭނާގެ ބޮލުގައި ބޮސް ދިނުމަށްފަހު މާރިއާ ކައިރިއަށް ގޮސް އިށީނދެލިއެވެ. އިރުކޮޅެއްފަހުން އައްޔާދް ވާހަކަ ދެއްކުމުން އޭނާ އަނާއާއި އެކު ތެދުވެ ޒުލްފާ ކައިރި އެއްޗެކޭ ބުނެލުމަށްފަހު އައްޔާދާއި އެކު ދާން ހިނގައިގަތެވެ. ރިއުމާން ކުރިމަތިން ހުރަސް ކަނޑާފައި ދިޔައިރު ވެސް މާރިއާ އޭނައާއި ދިމާއަށް ބަލާނުލައެވެ. ރިއުމާން އެއްޗެކޭ ހީނުކޮށް އެތަނުގައި އިނެވެ. އާޒިމް އިރުއިރުކޮޅާއި ރިއުމާންއަށް ލޯއަޅާލާއިރު އޭނަ އިތުރަށް އެކަމާއި ވާހަކަދައްކާކަށް ނާދެއެވެ.

****

އޮހޮމުންދިޔަ ފެން މާގަނޑު ދަށުގައި ހުރި އައްޔާދްގެ ދެލޯ ވަނީ މެރިފައެވެ. ގައިގައި ތަތްވެ ހިކިފައި ހުރި ލޭތަށް ފެނާއި އެކުވެގެން ފައިބަމުން ދިޔައިރު ޓައިލްސްތަކު މަތީގައި އޮތް ޔުނީފޯމްގައި ވީ ލޭތަކުން ހީވަނީ އެހިސާބުގައި އެއްކޮން ރަތް ދޫލައެއް އަޅާލާފައި އޮތްހެނެވެ. އަތްލައިން މޫނު ފޮހެލި އިރު ޚިޔާލުގައި އެނބުރެމުން ދިޔައީ މިއަދުގެ ހާދިސާތަކެވެ. ރިއުމާން އޭނާގެ ހިތި މާޒީ ހާމަކުރުމާއި ލައިބާއަށް ހަޤީޤަތް އިނގި އެކްސިޑެންޓް ވީއިރު އާޒިމް އެންމެން ކުރިމަތީގައި ރިއުމާން ބޭޒާރު ކޮށްލިގޮތް ހަނދާވުމުން ކޮލުގެ ކަތުރުކަށިގަނޑު ބާރުވެގެން ދިޔައެވެ.

އާޒިމް އެގޮތަށް ރިއުމާންއާއި ވާހަކަދެއްކުމުން އޭނާ އިންތިހާއަށް ރުޅިއައި ނަމަވެސް ބައްޕައަށް ވީތީ ކަމެއް ކުރެވޭކަށް ނެތެވެ. މިއަދު އެވާހަކަތައް ދެއްކީ އެހެން މީހެއްނަމަ އެމީހެއްގެ އަނގަމަތި ފަޅާލަން ވެސް އައްޔާދް ފަސްނުޖެހުނީއެވެ.

އޭނާ އަވަސް އަވަހަށް ގައި ދޮވެލައިގެން އުނުގައި ތުވާލި އޮޅާލުމަށްފަހު ސިންކުގައި އަތް އަޅުވާލަމުން ކުރިމަތީގައި ހުރި ބޮޑު ލޯގަނޑުން އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ދެއަތުން ބާރަށް ސިންކުގައި ހިފައްޓާލައިގެ ހުރިއިރު އިނގިލިތަކަށް ލޭއެރިއެވެ.

އާޒިމްގެ އެބަސްތަށް ސިކުނޑީގައި އެނބުރެމުން ދިޔަވަރަށް އެތެރެ ހަށީގައި ހިފާފައިވީ އަލިފާނުގައި ހުޅު ރޯވެގެން ދިޔައެވެ. ކުއްލިއަކަށް އަތު ޖެހޭ ހިސާބުގައި ހުރި މުށިން ހަދާފައިވީ ޖޯޑެއް ފާޑު އެއްޗެއް ނަގައި އަތަށް ލެވުނުހައި ބާރެއްލާފައި ލޯގަނޑާއި ދިމާއަށް ހޫރުވާލިއެވެ. އޭތި ލޯގަނޑުގައި ޖެހުމާއި އެކު ލޯގަނޑުގެ އެއްފަޅިން ރެނދުލައި ތެޅިފައިވީ އިރު އެއްލި ޖޯޑު ފަޅައިގެން ގޮސް އެތިކޮޅުތައް ބުރައިގެން ދިޔައެވެ. އިރުކޮޅަކު ތެޅިފައިވީ ލޯގަނޑުން އަމިއްލަ ސޫރަށްއަށް ބަލަން ހުރެ އައިސްފައި ހުރި ރުޅިވެރިކަމަށް ލުޔެއް ލިބުމުން ފާޚާނާއިން ނިކުތެވެ.

ކޮޓަރިން ނިކުތުމާއި އެކު ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް ފޯނު ރިންގުވަމުން ދިޔަ ތަނެވެ. އޭނާ ދެފިޔަޅު އެޅުމަށްފަހު ފޯނު ނެގި އިރު ގުޅަނީ ރިއުމާންއެވެ. “ހަލޯ.. އާނ މި ނިކުތީ. ލައިބާ ނެރުނީތަ؟ ޔާ އޯކޭ މިދަނީ.” އައްޔާދް ފޯނު ބޭއްވުމަށްފަހު އަވަސްވެގަތީ ތައްޔާރު ވެގެން ހޮސްޕިޓަލަށް ދިއުމަށްށެވެ. ލައިބާ ތިއޭޓަރުން ނެރުނު ޚަބަރު ލިބުމުން އޭނާގެ ހިތް އިތުރަށް ނުތަނަސް ވިއެވެ.

****

އައްޔާދް އަވަސް ފިޔަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔައިރު މާރިއާ ވެސް ގޭގައި މަޑުނުކުރާން އޭނައާއި އެކު އައެވެ. ދުވެލާފައި ކަހަލަ ގޮތަކަށް އައްޔާދް ގޮސް ތިއޭޓަރާއި އަރައި ހަމަވިއިރު އެހިސާބުގައި އެއިން އެކަކު ވެސް ފެންނަން ނެތުމުން އޭނާ ފޯނުން ރިއުމާންއަށް ގުޅާލިއެވެ. ލައިބާ އައި.ސީ.ޔޫއަށް ވެއްދި ޚަބަރު ލިބުމުން އޭނާ އަވަހަށް އެދިމާއަށް ހިނގައިގަތެވެ.

“ރިއު.. ކިހިނެތްވީ؟” ރިއުމާންއާއި އަރައި ހަމަވުމުން އައްޔާދް މައި ނޭވާ ލެވިފައި ހުރެ އަހާލިއެވެ. “ނޭނގެ އަދި.. ޑޮކްޓަރ ބުނީ ނިކުމެފައި ކިޔާދޭނަމޯ. ލައިބާ ވީ އެތެރޭގައި.” ރިއުމާން އޮޅުން ފިލުވާ ދިނުމުން އައްޔާދް އިއި.ސީ.ޔޫ ކައިރިއަށް ޖެހިލިއެވެ. އޭރު ނަޒީރު ކެތްމަދުވެފައި ދޮރު ބުޑުގައި ހުރިއިރު މާރިއާ ގޮސް ޒުލްފާ ކައިރި ހިތްވަރުދެމުން މަޑުކޮށްލިއެވެ. އޭރުވެސް އާޒިމް އެއްޗެކޭ ނުބުނެ ގޮނޑީގައި އިންއިރު އިރުއިރުކޮޅުން އައި.ސީ.ޔޫއާއި ދިމާއަށް ނަޒަރު ހުއްޓާލައެވެ.

މާ ގިނައިރެއް ނުވެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރު ނިކުތުމާއި އެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެދިމާއަށް ދިޔައެވެ. “ޕިކަޕް ދަށު ވުމުން މޭކަށިގަނޑަށް ގެއްލުންވެ އިންޓާނަލީ ބްލީޑްވެފައި ހުރީ.. އެކަމަކު ބްލީޑިން ކޮންޓުރޯލް ކުރެވިއްޖެ.. އަދި އަމިއްލައަށް ނޭވާ ނުލެވޭތީ މިހާރު އިންކިއުބޭޓް ކޮށްފައި އޮންނާނީ.. ނަސީބަކުން ސިކުނޑިއަށް މާބޮޑު ގެއްލުމެއް ނުލިބޭ.. ޖަސްޓް އަ މައިލް ކޮންކަޝަން.. އަނެއްހެން ބްރެއިން އޯކޭ.” ޑޮކްޓަރު ދިން ޛަބަރު އެންމެންނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“އޭނަ ރަނގަޅުވާނެތަ ދެން؟ ކޮންއިރަކުން ހޭ އަރާނީ؟” ޒުލްފާ އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ. “ވަކި އިރެއް ބުނާކަށް ނޭނގެ.. އެކަމު މި ބަލަނީ ދެ ދުވަހެއް ވަރު ތެރޭގައި ހޭއަރާނެ ކަމަށް. އޭގެ ކުރިން ވެސް ހޭއަރާފާނެ.. ދެއާ އިޒް ނޯ ސީރިއަސް ބްރެއިން އިންޖަރީ.. އެހެންވީމަ އެހައި ގިނައިރެއް ނުނަގާނެ. އެކަމަކު ހޭ އެރިއަސް އައި.ސީ.ޔޫގައި ބާއްވާނީ. ޝީ އިޒް އައުޓް އޮފް ޑޭންޖާ ބަޓް ސްޓިލް ކްރިޓިކަލް.” ޑޮކްޓަރ މިހެން ބުނުމުން އައްޔާދް ހެއްދެވި ފަރާތަށް ހަމްދު ކުރިއެވެ.

“ދެކިލަން ވަދެވޭނެތޯ؟” އައްޔާދް އަހާލިއެވެ. “އެންމެ މީހަކަށް މިވަގުތު ވަދެވޭނީ.. ފަހުން ސްޓޭބަލް ވީމަ ދެމީހުންނަށް ވެސް ވަދެވިދާނެ. އެކަމު އެއަށް ވުރެ ގިނައިން އައި.ސީ.ޔޫއަށް ނުވެއްދޭނެ.” ޑޮކްޓަރ މިހެން ބުނެފައި ދިޔުމުން ނަޒީރު އައްޔާދްގެ ކުރިމައްޗަށް އެރިއެވެ. “ލައިބާ ކުރިމައްޗަށް ވެސް ކަލޭ އަރައިގެން ނުވާނެ! އަހަރެން ބޭނުއްމެއް ނޫން ދެން ލައިބާއާއި އައްޔާދާއި އެއްވެސް ގުޅުމެއް އޮންނާކަށް.. ކައިވެނި ވެސް މިހިސާބުން ކެންސަލް.” ނަޒީރު ހިތްހަމަނުޖެހިފައި ބުނެލިއިރު މޫނުމަތިން ނަފްރަތު ފާޅުވާން ހުއްޓެވެ.

“ނަޒީރު ތިހިސާބަށް ދާކަށް ނުވޭ.. ކައިވެނި އަދި.” ކައިރީގައި ހުރި އާޒިމްގެ ވާހަކަ މެދުކަނޑާލަން ނަޒީރު އޭނައާއި ދިމާއަށް އަތްތިލަ ހުރަސް ކޮށްލިއެވެ. “ކީކޭ މި ބުނީ؟ އަހަރެން ބޭނުމެއް ނޫނޭ ލައިބާ ތި އާއިލާއާއި ގުޅޭކަށް. މިހިސާބުން އަހަރެމެންގެ ގުޅުން ވެސް މިކެނޑުނީ.. މާރިއާ އަހަންނަށް ހުރިހާ ކަމެއް ކިޔާދީފި.” ނަޒީރު މިހެން ބުނުމުން އާޒިމްގެ ނަޒަރު މާރިއާއަށް ހުއްޓުނެވެ. ލައިބާ ތިއޭޓަރަށް ވެއްދި ފަހުން ނަޒީރު ވަކިން ގޮސް މާރިއާ ގާތު އަހައިގެން ހުރިހާ ކަމެއް އޮޅުން ފިލުވިއެވެ.

“އައްޔާދް ކައިރި އަހާ ލުމެއްނެތި މި ކައިވެނި ހަމަޖެއްސީ އާޒިމް އަމިއްލައަކަށް ނުން.. މިހިރަ ކުއްޖާއާއި އައްޔާދް ގުޅިދާނެތީ. ބުނަން ތި އަންހެން ކުއްޖާ ކުރިކަމަކާއި އާޒިމް އޭނަދެކެ ތި އަންނަ ރުޅިއަކީ އަހަންނާ ބެހޭ ކަމެއްނޫން. އެކަމު އަހަރެން ދަރިފުޅު އައްޔާދްދެކެ ވީ ލޯބި ބޭނުން ކޮށްގެން އޭގެ ނާޖާއިޒް ފައިދާ ނަގައި އަމިއްލަ އެދުމަށް އައްޔާދްގެ ނުރުހުމުގައި އެދެމީހުން ގުޅުވަން އުޅުނީ އާޒިމް. އެހެންވީމަ ތިކަހަލަ މީހަކާއި އެއްވެސް ގުޅުމެއް ބާއްވަން އަހަންނެއް ނޭދެން.. ދެން އެންމެ ރަނގަޅު ވާނީ މިތަނުން ދިޔައިއްޔާ. ލައިބާ ކައިރީގައި އޭނާގެ މައިންބަފައިން އަދި އެބަ ތިބި!” ނަޒީރު ހަރުކަށި ކަމާއިއެކު ދެއްކި ވާހަކަތަކުން އާޒިމްގެ ދޫ ބަންދު ވިއެވެ.

އައިސްފައި ހުރި ރުޅިންނާއި ގައިން ލަދުން އޭނާ އިތުރަށް އެންމެ ބަހެއް ވެސް ނުބުނެ ފަސް އެނބުރި ހިނގައިގަންނަމުން ދުރުގައި ހުރި ރިއުމާންއާއި ހަމައަށް އަރައި ހުއްޓުނެވެ. އޭނާ ރިއުމާންއާއި ދިމާއަށް ލޯ އަޅާލިއިރު ހުރީ ދަތްކުނޑި ވިކާލައިގެންނެވެ. “ހީނުކުރައްޗޭ ތިކަން ވާނެޔޭ.. އަހަރެން ދިރި ހުރިހާ ދުވަހަކު އައްޔާދްގެ ހަޔާތަކަށް ނާދެވޭނެ!” އާޒިމް އިންޒާރެއް ދިނެވެ. “އަދި އަޅުގަނޑު ދިރި ހުރިހާ ދުވަހަކު އައްޔާދްގެ ހަޔާތުން ވަތްކެއް ނުވެވޭނެ.” ރިއުމާން ވެސް އޭނާގެ ގޮތުގައި ހިފައްޓާލަމުން ޔަޤީން ކަމާއިއެކު ބުނެލިއެވެ.

-ނުނިމޭ-

34
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ކަލާޔާނުލާ ދިރުމެއްނެތެވެ. (14)

Next

ކަލާޔާނުލާ ދިރުމެއްނެތެވެ. (15)

Next
February 8, 2017

ކަލާޔާނުލާ ދިރުމެއްނެތެވެ. (15)

Previews
February 7, 2017

ކަލާޔާނުލާ ދިރުމެއްނެތެވެ. (14)

49 Comments

  1. layaal says:
    February 8, 2017 at 12:28 am

    Enjoy reading 🙂
    Will she prove him wrong and conquer her fears?

    1. shuboo says:
      February 8, 2017 at 10:14 am

      Riuman nikan strong vaane. Aazim mi kaakutha! balachey she will prove him wrong ? btw varah furihama mi baives as usual ??

    2. yax says:
      February 8, 2017 at 2:32 pm

      yeah!
      watch her do that!!!

  2. nikyy says:
    February 8, 2017 at 12:40 am

    V reethi mi part ves.☺??

  3. Chapii says:
    February 8, 2017 at 12:41 am

    Wow

  4. ? says:
    February 8, 2017 at 12:43 am

    wow interesting ?????

  5. hajja says:
    February 8, 2017 at 12:50 am

    The ending dialogues gave me goosebumps ❤️❤️❤️. dhe meehun dhe meehunaa hama kadiyaa kadi!! Loved it. riumann hop hop. Dhen hama inthizaaru kureveni Ayaadh and zubeyru dhimaa vaane irakaa. nikan fori hunaane. mee hama mi site mihaaru in enme best story. Shine and Layaal vareh neh ????

    1. layaal says:
      February 8, 2017 at 9:14 pm

      Thanks ??

  6. Mary says:
    February 8, 2017 at 12:52 am

    Vaahaka v teethi waiting for nex part

  7. Fary says:
    February 8, 2017 at 12:55 am

    Nice kon erakun aneh bai

  8. mary says:
    February 8, 2017 at 1:06 am

    wowww! varah varah salhi. Aazim kada vaane dhen ??

  9. my name is no says:
    February 8, 2017 at 1:17 am

    kon irakunn anehbai up vaanee

  10. Redrose says:
    February 8, 2017 at 1:40 am

    Wow riumaan haadha gadhaey.hehe bafaibe ruhsan dhannane.yageen.dhuvas kolhakun size kohlaanekan neyge

    1. layaal says:
      February 8, 2017 at 9:14 pm

      Thanks ??

  11. Aish says:
    February 8, 2017 at 1:51 am

    Eygey aneh dhuvahu dho mi up vany dhn ragalu thihenves vaakan

  12. cher says:
    February 8, 2017 at 4:41 am

    W?W loved it..kn irakun next part??

  13. rim says:
    February 8, 2017 at 8:33 am

    V v v reethi nxt partah varah inthixaarukuran kon irakun up waanii

  14. leela says:
    February 8, 2017 at 8:35 am

    Alheyy haadhahaa vaa reechey mi vaahaka. Layaa avaha anw part up kohla dhee. kiyaa hithun nuhurr veyne dhen!

  15. ❤mixoo says:
    February 8, 2017 at 9:17 am

    woww

  16. majoo says:
    February 8, 2017 at 9:19 am

    Varah furihama. finally aazim kantha bust v. Riu haaa nuvey. Adhi bafaibe ves ruheyne. love it layaaloooo dhoonyaaaa ????

    1. layaal says:
      February 8, 2017 at 9:15 pm

      Thanks ??

  17. Anonymous says:
    February 8, 2017 at 9:35 am

    riumaan ge thi hiyy varah hama saabas dhn.. v habeys vaahaka..

  18. Anonymous says:
    February 8, 2017 at 9:43 am

    Layaal vv furihama ‘ shine he vahaka vvvv best and layal you too ‘ hama v furihama

    1. layaal says:
      February 8, 2017 at 9:15 pm

      Thank you

  19. Nithoo says:
    February 8, 2017 at 10:05 am

    Mi site enme kuriga nan higaa ekaku layaal aki Shine and Layaal thi hama best esfiya site ga. Rahtehia ves dhakaane mi vaahaka ge vaahaka. First emeehun keema layaa enme first story liyunu dhuvas kolhu ves keen. Eyge fahun i’m a big fan hama. Sifakurun tha obi ?.

    1. layaal says:
      February 8, 2017 at 9:16 pm

      Thank you so much.

  20. Queeen says:
    February 8, 2017 at 10:07 am

    ninmaalun varah gadha! Go riuman ??????. Love you layaa rankolhaa mihaa reethi kon genes dhineema ❤️

  21. Sharu says:
    February 8, 2017 at 11:09 am

    Wow.. Riumaan n ayyadh love.. nice layaa.. thank you

  22. hamdhu says:
    February 8, 2017 at 11:35 am

    varah salhi mi bai

  23. chaya says:
    February 8, 2017 at 1:38 pm

    Vaahakah vara reethe.
    Waiting for the next part

  24. Brainless says:
    February 8, 2017 at 2:22 pm

    Wow..❤
    This story is awesome..
    I love it layaal ….
    Buneveyny yuh are the bets eyy…❤????
    Next part avahah up kohkahchey plxx.
    Waiting, waiting..

    1. layaal says:
      February 8, 2017 at 9:16 pm

      Thank you dear ?

  25. Faathee says:
    February 8, 2017 at 9:05 pm

    Yes ninmaalun v salhi.

  26. ayaadh says:
    February 9, 2017 at 10:53 am

    riumaan aa ayyaadh aa gulhuvaany….adhil aa laibaya gulhuvaa…varah treett….zubeyru jalah laa andhaalaa.bodu bayyeh kahala meeheh.

  27. shai says:
    February 9, 2017 at 12:17 pm

    Laibaa past ehkon forget vaa gothah hadhaalaba eyrah dhn v salhi vaane

  28. Harmony says:
    February 9, 2017 at 1:38 pm

    Zubeyru ah umurudhuvahu veynuga onnaanenama. Marunuve bayyakun salaamaiyy nuve thanmathivefa?? haadha rulhi aadheyey
    And avas upkolladheeba. I cant wait to read the next part. Aslu nimuneema kiyan fashan huree. Ekam office kudhin moyavegen ulheytheeve mashahves kehnuvegen kiyan feshunee. Mihaaru maves moyavehje. Feeling kehmadhu ??
    Layaal i am a biiiiiiiig fan of you
    Your stories are awesome. Love it ???

    1. layaal says:
      February 10, 2017 at 3:22 pm

      Hehe. Thanks for reading love. ❤️

  29. ali akuram l.gan ithaa says:
    February 9, 2017 at 9:43 pm

    loehbahtakaa qurubaan vumakii laiba ah libey ufalakah hadhaafa piece vaan hama enme rangalhennu.. maves mihuree loabi ey ekiyaa ehcheh mi dheathun fas alhaa foruvaalaygen mamma mennah takaa. dhen hama hurihaa vaahaka akun accident vegen memmory loss vaan jeheytha.. no layaal. layaal liyan nimmaafa oiyy gothah liyey ingey.. ur mind is awesome.. keep it up.. dhen kobaatha next part upload kollaanee kon irakun.. thivarah nuthalhuvabala dhen dhoonigandaa.

  30. Shitte says:
    February 10, 2017 at 6:01 am

    Layaal biruveri vaahaka eh liyanvynu

    1. layaal says:
      February 10, 2017 at 3:23 pm

      Hmm. Thi kama eba visnan. Next story concept in sha allah ?

  31. sallu says:
    February 10, 2017 at 6:11 am

    kon gadiyaku vaahaka up kohdheyneee layaaal

  32. layaal says:
    February 10, 2017 at 3:31 pm

    Thanks all for the lovely comments ❤️. Today is friday so i’ll up it tonight. Haven’t written yet. I know i know you all must be thinking she got two days to write but still didn’t do it. Well i’m just 19 and young and a teenager who is just keeping things to do it later as usual and end up not writing it on time. Sorry guys. But promise tonight update vaane. Thank you all for the support ??

    1. Orchid says:
      February 10, 2017 at 3:59 pm

      what 19??! nuvaane. nukuraanan gaboole. thihaa young iru kihine mihaa ibaarai kurumas sifakurun mi gotha genes dhey ni. masha varah shakku. will wait for tonight. ekamu c kon 19 tha? ?

    2. minnu says:
      February 10, 2017 at 5:30 pm

      okey layaa. but avas kohlachey igey loabi

  33. Wafaa says:
    February 10, 2017 at 5:54 pm

    iru iru kolhaa eba beley up evfatho ini. mirey ehaa las nukoh up kurachey. inthizaaruga heyla vea eba innam. Oh Orchid she is actually 19 hama. first story liyun iru ves buni. Aslu varah telented ehaa young iru ves.

  34. XoXo says:
    February 10, 2017 at 7:39 pm

    10 ge kurin up kohdhechey layaa dhoonya

  35. Queen says:
    February 10, 2017 at 8:15 pm

    Layaaaaa. Avas avas! kehtherikan kolhun lani mihaaru ????

  36. Anonymous says:
    February 10, 2017 at 8:24 pm

    29 vanabai kobaatha

  37. Akky says:
    February 13, 2017 at 9:03 pm

    Kobaatha story

Comments are closed.

All Right Reserved!