Skip to content
އެސްފިޔަ

އަނދިރިފަރާތް (10 ވަނަ ބައި)

ޝާކިންގެ މިފަދަ ދަޅަތަކަށް އަހަރެން މި ހެއްލެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެކެ ލޯބިވިޔަސް އޭނާއާމެދު މިފަދަ ގޮތް ގޮތަށް ޚިޔާލުކުރާކަށް އަހަރެން ނުޖެހެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އަހަރެން އެނދުގައި އިށީނީމެވެ. އަހަރެންމީ ޝާކިންއަށް ޖާސޫސްކުރަން އުޅޭ މީހެކެވެ. އޭނާގެ ލޯބިވެރިޔާއެއް ނޫނެވެ. ދެއަތް މުއްކަވާލަމުން އަހަރެން ބޮލުގައި މަޑުމަޑުން ޖަހާލީމެވެ. އަހަންނަށް ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ؟

އަހަރެން ޖީބުގައި އޮތް ފޯނު ނަގައި ލެޕްޓޮޕާ ކަނެކްޓްކޮށްލުމަށްފަހު މިޔަދު އަހަންނާ ޝާކިންއާ ދެމެދު ދެކެވުނު ވާހަކަތައް ޕްލޭކޮށްލީމެވެ. އަދި ރަނގަޅަށް އަޑުއެހުމަށްފަހު ޕެން އަކަށް އެ ރެކޯޑިންގް އަޅާލުމަށްފަހު އަހަރެން އެޖެންސީއަށް ގެންދާ ދަބަހަށް ލާފައި ބޭއްވީމެވެ.

** ** **

އޭސީގެ ފިނިކަން ހިފާލާފައިވީއިރު މުޅި ތަނަށް ވެރިވެފައިވަނީ ނޫހުދު އައްޔެކެވެ. ވަށް މޭޒުމަތީގައި ލެޕްޓޮޕް ބަހައްޓާލާފައިވީއިރު އެއިން ޕްލޭ ކުރެވިފައިވަނީ ހަވީރު އަހަންނާ ޝާކިންއާ ދެމެދު ދެކެވުނު ވާހަކަތަކެވެ. އޭގެ ކުރިމަތީގައި އިން ގޮނޑިތަކުގައި އާރިފް ސާރ އާއި އަރޫންގެ އިތުރުން މާޒް އިނީ އެދައްކަމުންދާ ވާހަކަ ކަނުލާ އަޑުއަހާށެވެ.

“އޭނަ އަދިވެސް ކަމެއް އެބަ ފޮރުވަ.. ޝުބާ ޖެހޭނެ އެއީ ކޮންކަމެއްކަން ހޯދަން…” ރިކޯޑިންގް ނިމުމާއެކު އާރިފް ސާރ އަހަންނަށް ބަލާލަމުން ބުނެލީމެވެ.

“އަހަރެން މަސައްކަތްކުރާނަން ސާރ.” ޔަޤީންނުވާ ފަދަ ގޮތަކަށް އަހަރެން ބުނެލީމެވެ. ބައެއްފަހަރު މިތަނުން ކެނޑިގެން ޝާކިންއާ ގުޅެންވީއޭ ވެސް ހިތަށް އަރައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އަހަރެން ޤައުމު ދެކެ ލޯބިވެއެވެ.

“މިހާރު އޭނަ ޝުބާ ގާތު އެ ބުނީ ބޭރު ބަޔަކާ ގުޅިގެން އުޅޭ ވާހަކަ.. ވަރަށް ބޮޑު ކުރިއެރުމެއްމީ.. ގުޑް ޖޮބް..” އާރިފް ސާރ ހިނިތުންވެލަމުން އެހެން ބުނެލިއެވެ. އަހަރެންވެސް އުނދަގޫ ގޮތަކަށް ހީލީމެވެ.

“މަޑުމަޑުން މިކަންތައް އަހަރެމެންނަށް ހޯދޭނެ އިރާދަކުރެއްވިއްޔާ.. ޝުބާ.. ކުރިން ވެސް ބުނި ގޮތަށް އަވަސް އަރުވާލައިގެން ނޫޅޭތި..” އާރިފް ސާރ އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލީމެވެ.

އާރިފް ސާރ ވާހަކަ ދައްކައި ނިންމާފައި އެތަނުން ދިޔުމުން އަހަރެން މޭޒުމަތީގައި ބޯ އަޅާލީމެވެ. އިރުކޮޅެއް ފަހުން މާޒް ވެސް މޭޒުމަތީގައި ހުރި އޭނާގެ ލެޕްޓޮޕު ހިފައިގެން އެތަނުން ނިކުމެގެން ދިއުމާއެކު އަހަންނާ އަރޫން އެތަނުގައި އެކަނިވިއެވެ.

“ހޭ.. ހުރިހާ ކަމެއް އޯކޭތަ؟” މާޒް ދިއުމާއެކު އަރޫން އަހާލިއެވެ. އަހަރެން ބޯ އުފުލާލުމަށްފަހު ފުންނޭވައެއް އެތެރެކޮށްލީމެވެ. އެއާއެކު އަރޫންގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ.

“ޝުބް.. އެނގޭ ޝުބްއަށް މިކަން ކުރަން އުނދަގޫކަން.. އޭނަ ދެކެ ލޯބިވާއިރު އެގޮތަށް އޭނައަށް ހަދަން އުނދަގޫވާނެކަން.. ބަޓް ހިތްވަރު އެލުވާނުލައްޗޭ އިނގޭ.. ޔޫ އާރ ޑުއިންގް ވެލް ސޯ ފާ..” އަރޫން އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވާން މަސައްކަތްކުރީމެވެ.

“އަސްލު ދެރަވަނީ އޭނަ ފިއުޗާ އާ ބެހޭ ވާހަކަ ދައްކާތީ.. މެރީ ކުރާ ވާހަކަ.. އަހަރެން ހާދަ ދެރަވެޔޭ އެ ފިއުޗާ އަކީ އޮތް އެއްޗެއް ނޫންކަން އެނގޭތީ..” އަހަރެން ބުނެލީމެވެ. “އަދި އޭނަ އަހަންދާ ދޭތެރޭ ހާދަ ވިސްނައޭ އަރޫން.. އޭނައަށް އެހެން ހަދާފިއްޔާ ހީ ވިލް ބީ ސޯ ހާޓް…”

“ޝުބް އަށް އަދިވެސް އޭނައާ މެދު އެހެން ވިސްނޭ ދޯ؟ ހިތަށް އަރާ ދޯ އޭނައާ އެއްބައިވާންވީއޭ ވެސް؟” އަރޫން އެހެން އަހާލުމުން އަހަންނަށް ހިންދިރުވާލެވުނެވެ. އަހަންނަށް ބައެއް ފަހަރު އިޚްތިޔާރުން ބޭރުގައިވިޔަސް އެހެން ވިސްނޭކަން އަރޫންއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

“ކި.. ކިހިނެއް އަރޫންއަށް އެނގުނީ.. އަހަންނަށް އެހެން ވިސްނޭ ކަމެއް..؟” އަހަރެން ޖެހިލުންވެ އިނދެ އަހާލީމެވެ. އެއާއެކު އަރޫން ހިނިތުންވެލިއެވެ.

“ޝުބް.. ލޯތްބަކީ މީހާ މޮޔަކަޮށްލާ އެއްޗެއް.. ލޯބިވާ މީހާއަށްޓަކާ އިންސާނަކު ކޮންމެ ކަމެއް ވެސް ކޮށްފާނެ.. ޝުބް އޭނަ ދެކެ ލޯބިވަނީ ކިހާ ވަރަކަށްތޯ އަސްލު މިބަލާލީ.. މިހާރު އެނގިއްޖެ ޝުބް އޭނަ ދެކެ ވަރަށް ބޮޑަށް ލޯބިވާކަން..” އަރޫން އެހެން ބުނުމުން އަހަރެން އިސްޖަހާލީމެވެ.

“އާނ. އަހަރެން ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް..” އަހަންނަށް އެހެން ބުނެވުނީ ވައި އަޑުން ނަމަވެސް އަރޫންއަށް އެވާހަކަ އިވޭނެކަން އަހަންނަށް ރަނގަޅަށް ވެސް އެނގެއެވެ. އޭރު އަހަރެންގެ ދެލޯ ފެންކަޅިވާންފެށީ އަހަރެން ޝާކިން ދެކެ ވާ ލޯބި ހިތަށް އެރުމާއެކުގައެވެ. އެއީ އަހަންނަށް ދުވަހަކުވެސް ކާމިޔާބު ކުރެވޭނެ ލޯތްބެއް ނޫންކަން އެނގޭތީއެވެ.

“ޝުބް.. އައި އެމް ސޯ ސޮރީ.. އަހަރެން އަސްލު ޝުބް މިކަމުގެ ތެރެއަށް ވެއްދީ.. އަހަރެން ހިޔެއް ނުކުރަން އަސްލު ޝުބްއަށް ތިވަރަށް ހާޓް ވާނެ ކަމަކަށް..” އަރޫން ދެރަވެލާފައި ބުނެލިއެވެ. އެވަގުތު އަހަރެން ދެއަތުން މޫނު ފުހެލުމަށްފަހު ހަމަޖެހެން މަސައްކަތްކުރީމެވެ.

“ނޫން އަރޫން.. އަހަރެން ވެސް ބޭނުން އެމީހުން އަތުލައިގަންނަން.. އަހަރެން އަމިއްލައަކަށްނު މިކަމުގައި ބައިވެރިވީ.. ސޯ އަރޫންގެ މައްސަލައެއް ނޫން އެއީކީ.. ޝާކިން އަކީ އަހަރެންގެ އެނެމީއެއް..” އަހަރެން އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލީމެވެ. އަރޫން އަހަންނަށް ހިތްވަރު ދިނުމުގެ ގޮތުން އަހަރެންގެ އަތުގައި ހިފައި ފިތާލިއެވެ.

އޭގެ އަނެއް ދުވަހު އަހަރެން ކުލާހަށް ވަނީ އާދައިގެ މަތިން މޫނަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްގެން ހުރެއެވެ. ކުލާސް ތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަހަރެންގެ ދެލޯ ހުއްޓުމެއް ނެތި ހޯދަމުން ދިޔައީ ޝާކިންއެވެ. ކުޑަ ދޮރުތައް ދޮށުގައި އެހެން ދެ ފިރިހެން ކުދިންނާއެކު ޝާކިން ހުއްޓިލައިގެން ހުރިތަން ފެނުމުން އަަހަރެން އޭނާއަށް ހިނިތުންވުމެއް ރައްދުކޮށްލީމެވެ.

“ހޭ.. މިހާރު ޝާކިންއާ ޝުބް ގުޅުނު ފަހުން އޭނަ ވެސް ހާދަ ބަދަލުވެއްޖެއޭ ދޯ..” އަހަރެން އިންނަ ތަނާ ދާން މިސްރާބު ޖެހުމުން ރައުފާ އަހަރެންގެ އަތުގައި ހިފައި ލާނެތް ގޮތަކަށް ބުނެލިއެވެ. އަހަރެން ރައްދުގައި ހީލީއެވެ. މިހާރު ކުލާސް ހުރިހާ ކުދިންނަށްވެސް އަހަރެމެން ދެމީހުން ރައްޓެހިވެގެން އުޅޭކަން އެނގޭނެވެ. ހުރިހާ ކުދިންވެސް ފާހަގަކުރަނީ ޝާކިން އަހަންނާ ރައްޓެހިވިފަހުން ބަދަލުވިވަރެވެ. ކުރިން އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްނުލާ މީހާ މިހާރު ކުލާހު ކޮންމެ ކުއްޖެއް ފެނުނަސް ހީލައެވެ. އެހެން ކުދިންނާ އިސްނަގައި އަމިއްލައަށް ވާހަކަދައްކައިވެސް އުޅެއެވެ. އޭނާއަށް މިއައި ބަދަލުގެ ސަބަބުން އަހަރެން އުފާކުރަމެވެ.

އަހަރެން އިންނަތަނުގައި އިށީންދެ ހަމަޖެހިލުމާއެކު ޝާކިން ވެސް އައިސް އަހަންނާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ.

“ލަވް.. އެގްޒާމް ކައިރިވަނީ ދޯ؟” އޭނާ އައިސް އެންމެ ފުރަތަމަވެސް އަހާލީ އެހެންނެވެ. އަހަރެން ހިނިތުންވެލަމުން ބޯ ޖަހާލީމެވެ.

“ލަވް..” އެހެން ބުނެލަމުން ޝާކިން އަހަރެންގެ އަތުގައި ހިފާލިއެވެ. “އަހަރެން ބޭނުން މި އެގްޒާމް އިން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދަން.. ލަވް ވެސް ވާނެ އިނގޭ ހޯދަން..” ޝާކިން ބުނެލިއެވެ.

“އައި ވިލް ޓްރައި މައި ބެސްޓް..” އަހަރެން ބުނެލީމެވެ. ހަޤީޤަތުގައިވެސް އަހަރެން މި ޓެސްޓުތަކުން ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުމެވެ. އޯލެވެސް ޓޮޕް ޓެން އިން އަހަންނަށް އެއްވަނަ ލިބިފައިވުމާއެކު މިފަހަރު އޭލެވެލްގެ ޓޮޕްޓެން އިން ވެސް މަތީ ވަނައެއް އަހަރެން ބޭނުންވެއެވެ. އެހެންކަމުން އަހަރެން ގަސްތުކޮށްފައި އޮންނާނީ ޓެސްޓުތައް ފެށުމުގެ މަހެއްހާ ދުވަސް ކުރިން އާރިފް ސާރ ގާތު ބުނެގެން ޓެސްޓު ނިމެންދެން އެޖެންސީއަށް ނުދިއުމަށެވެ.

“މިޔަދު ލަވް އަންނައްޗޭ އަތިިރި މައްޗަށް.. ޓެސްޓު ފެށުމުގެ ކުރިން އަހަރެމެންގެ އެންމެ ފަހު ބައްދަލުވުން އެއީ..” ޝާކިން އެހެން ބުނެލުމުން އަހަރެންގެ ހިތް ކުޑަކޮށް ދެރަވިއެވެ. އޭނާއާ އެގޮތަށް ބައްދަލުކޮށް ވާހަކަ ދައްކައިނުލެވޭތާ އެއް ދުވަސް ވިޔަސް އަހަރެންގެ ހިތް އާދަޔާ ޚިލާފަށް ނުތަނަވަސްވެއެވެ.

“ލަވް ދެރަވީތަ؟ ދެރަނުވެބަލަ.. ހަމައެކަނި ޓެސްޓު ނިމެންދެނޭ.. އަހަރެން ބޭނުމީ ލަވް ވެސް މީގެ ފަހުން ގިނަ ވަގުތު ކިޔެވުމުގައި އުޅެން..” ޝާކިން އެހެން ބުނެލުމުން އަހަރެން ހީލުމަށްފަހު ބޯ ޖަހާލީމެވެ. އޭނާ އަހަރެންގެ ކޮންމެ ކަަމަކާ މެދުވެސް ހާދަ ވިސްނައެވެ.

** **

ގަޑިން ހަވީރު ފަހެއް ޖެހިއިރު އަހަރެން ހުއްޓިލައިގެން ހުރީ ކޮޓަރީގެ ލޯގަނޑު ކުރިމަތީގައެވެ. ކޮނޑުގައި ފިޔާތޮށި ކުލައިގެ ކުޑަ ދަބަސްކޮޅު އެއްފަރާތަކަށް ވާ ގޮތަށް އަޅުވާލުމަށްފަހު އަހަރެން ހިނިތުންވާން މަސައްކަތްކުރީމެވެ. އަހަރެން ލައިގެން ހުރީ އަހަރެން އަތުގައި އޮތް ޝާކިންއަށް އެންމެ ރީތި ހެދުމެވެ. މެރޫން ކުލައިގެ ކަކުލާ ހަމައަށްއަރާ އެ ހެދުމުގެ މޭމަތި ޖަރީކޮށްފައިވަނީ ސިލްވާރ ކުލައިގެ އެސްތަކަކުންނެވެ. ބުޑާ ދިމާއިން ހެދުން ބާރުވެފައިވީއިރު އަހަރެން ތިރިން ލައިގެން ހުރީ އަޅި ކުލައިގެ ޖީންސެކެވެ. ފަންދިގު އިސްތަށިގަނޑުގެ ފަހަތުބައި ތިރިއަށް ވައްޓާލެވިފައިވީއރު ކުރީބައި ރީތިގޮތަކަށް ގަތައި މަތީގައި ހަރުކުރެވިފައިވިއެވެ.

ކޮޓަރިން ނިކުމެ ބޭރަށް ދާން ހިނގައިގަތް އިރު ސިޓިންގރޫމުގައި މަންމަ އާއި ދޮންބެ ތިއްބެވެ.

“މަންމާ.. ބަލާބަލަ ޝުބާ އެދަނީ އެއްކަލަ ޝާކިންއާއެކު މާ ފޮޅުވަން ދާން..” ކަންފަތަށް ހެޑުސެޓު ޖަހާލައިގެން އިން ދޮންބެ އަހަރެން ފެނުމުން މަންމައާ ދިމާއަށް ބުނެލިއެވެ.

“ސާބަހޭ ދޮންބެގަނޑާ.. ދޮންބެވެސް ބިޓަށް ގުޅައިގެން އުޅެ ހަމަ އެހާ ގިނައިރު..” އަހަރެން ދަމުން ދޮންބެގެ ހެޑްސެޓު ދަމައިގަންނަމުން ބުނެލީމެވެ. އެއާއެކު އޭނާގެ ބުމަ ގޮށް ޖެހިގެން ދިޔައެވެ.

“ޝިބާން މަންމަ ގާތު ނުވެސް ބުނެއެއްނު ކުއްޖަކާ ރައްޓެހިވެގެން ތިއުޅެނީ.. ޝުބާ ބުންޏޭ މަންމަ ކައިރީ..” މަންމަ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެ އެހެން ބުނެލުމުން އަހަރެން ދޮންބެއާ ދިމާއަށް ދޫނެރެލީމެވެ. މަންމަ އެބުނީ ތެދެކެވެ. އަހަރެން ޝާކިންއާ ރައްޓެހިވި ދުވަހު އެވާހަކަ މަންމަ ގާތު ދެއްކީމެވެ. ޝާކިންއާ އެކީ ބޭރަށް ދާން މަންމަ ހުއްދަދޭނީ އޭރުން ކަމުގައިވާތީއެވެ. ނަމަވެސް މަންމަ އަހަރެން ޝާކިންއާއެކު ފޮނުވަނީ ހަމައެކަނި ހަވީރެވެ. ރޭގަނޑު ގަޑީގައި އެގޮތަށް ބައްދަލުކުރަން ދާކަށް މަންމަ އެއްބަހެއް ނުވެއެވެ.

“މާދަމާ ބައްޕަ އާދެ..”  ދޮންބެ އެހެން ބުނެލުމުން އަހަރެން ހުއްޓެލީމެވެ. އަދި މަންމައާ ދިމާއަށް ބަލާލީމެވެ.

“ތެދެއްތަ އެއީ މަންމާ؟” ދޮންބެ ދޮގެއް ވެސް ހަދައިފާނެތީ އަހަރެން މަންމައާ ސުވާލުކޮށްލީމެވެ. މަންމަ ބޯ ޖަހާލުމުން އަހަރެން ހިނިތުންވެލީމެވެ. އަހަންނަށް ބައްޕަ މި ފެންނަން އުޅެނީ ގާތްގަނޑަކަށް ހަ މަސް ދުވަހަށް ފަހުގައެވެ. ބައްޕައަކީ މާލޭގައި ބިޒްނަސްއެއް ހިންގާ މީހެއްކަމުން އޭނާއަށް ރަށަށް އާދެވެނީ ވަރަށް މަދުންނެވެ.

“އަވަހަށް އަންނާތި ޝުބާ..” މަންމަ އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލުމަށްފަހު ގެއިން ނިކުތީ ގޭތެރޭގައި ބަހައްޓާފައިވާ ފައިވާން ހަރުގަނޑުން އަހަރެންގެ ކަޅު ހީލް ނަގައިގެންނެވެ.

ގެއިން ނިކުމެ އަހަރެން ހީލްއަށް އެރުމަށްފަހު ޝާކިންގެ ނަންބަރަށް ޑައިލްކޮށްލީމެވެ. ދެފަހަރަކަށް ރިންގުވުމާއެކު އެކޮޅުން ފޯނުނެގިއެވެ.

“ލަވް..އަހަރެން އަތިރިމަތީގަ ލަވްގެ އިންތިޒާރުގަ .. ލަވް ކޮންތާކު؟” ފުރަތަމަވެސް އޭނާ އަހާލީ އެހެންނެވެ. އަހަރެން އަތިރިމައްޗާ ދިމާއަށް ހިނގައިގަންނަމުން ވާހަކަ ދެއްކީމެވެ.

“މިދަނީ މިހާރު ތި ދިމާއަށް..” އެހެން ބުނެލުމަށްފަހު އަހަރެން ފޯނު ކަނޑާލީމެވެ.  އާދައިގެ ހިނގުމެއްގައި އަހަރެން ގޮސް އަތިރިމައްޗަށް ފޭބިއިރު ތަންކޮޅެއް ދުރުގައި ޝާކިން މަޑުކޮށްލައިގެން ހުރިތަން ފެނުނެވެ. ހިނިތުންވުމަކާއެކު އަހަރެން އެދިމާއަށް ހިނގައިގަތްއިރު އޭނާ ކަޅިވެސް ޖަހާނުލާ އަހަންނަށް ބަލަން ހުރިކަން ފާހަގަވިއެވެ.

“ކީއްވެ މާވަރަކަށް ތި ބަލަނީ؟” އަހަރެން ގޮސް ޝާކިން ކައިރީގައި ހުއްޓެލުމަށްފަހު އަހާލީމެވެ. އޭރުވެސް އޭނާގެ ނަޒަރު އަހަރެންގެ ހަށިގަނޑަކުން ވަތްކެއް ނުވެއެވެ.

“ބެލޭނެއްނު ރީތި ވީމަ.. ވަރަށް ވަރަށް ރީތި މިޔަދު..” ޝާކިން އަހަރެންގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. އަހަރެން އޭނާގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ރަށުގެ އުތުރާ ވީފަރާތަށް ހިނގައިގަތީމެވެ. ޝާކިންވެސް އަހަންނާ އެއް ހަމައެއްގައި ހިނގަމުން ދިޔައެވެ.

އަތިރިމަތީގެ ދޮންވެލިގަނޑުމަތީގައިވާ ލަކުޑި ބުރިގެއްގައި އަހަރެން އިށީންދެ ހަމަޖެހެލީމެވެ. ކައިރީގައި ޝާކިން ވެސް އިށީނެވެ. އަދި އަހަރެންގެ އުނަގަނޑުގައި އޭނާގެ އަތް ވަށާލިއެވެ.

“އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން ލަވްއާ ދުރަށް ދާކަށް.. އަބަދުވެސް ލަވް ކައިރީ ހުންނަން ބޭނުމީ.. އުމުރަށް..” މޫދާ ދިމާއަށް ބަލަހައްޓައިގެން ހުރެ ޝާކިން ބުނެލި ޖުމްލައާމެދު އަހަންނަށް ފުންކޮށް ވިސްނެމުން ދިޔައެވެ. ނަމަވެސް އޭނާ އެބުނާ ގޮތަށް އޭނާއާއެކީ އުމުރަށް އަހަރެން އުޅޭނީ ކިހިނަކުން ހެއްޔެވެ؟

“ޝާކިންއަށް ހީވޭތަ އަހަރެން ޝާކިން ދޫކޮށްފަ ގޮސްދާނެހެން؟” އަހަރެން އޭނާގެ މޫނަށް ބަލާލަމުން އަހާލީމެވެ. އެވަގުތު އޭނާވެސް އަހަރެންނާ ދިމާ ބަލާލިއެވެ.

“ނޫން.. ލަވް އެއަށްވުރެ މާބޮޑަށް އަހަރެން ދެކެ ލޯބިވޭ.. ލަވް ދުވަހަކުވެސް ނުދާނެ އަހަރެން ދޫކޮށްފައެއް.. އަދި އަހަންނަށް ދެރަގޮތެއްވެސް ނުހަދާނެ ދުވަހަކުވެސް.. އަހަންނަށް ހަމަ ޔަގީން..” ޝާކިން ސާބިތުކަމާއެކު ބުނެލިއެވެ. އެވަގުތު އަހަރެން ދުރު ބަލަން ފެށީމެވެ. އޭނާ އެބުނި އެއްޗަކުން އަަހަންނަށް އުނދަގޫވީއެވެ.

“ކިހިނެއްތަ ޝާކިންއަށް އެހާ ޔަގީނީ؟” އަހަރެންނަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.

“އެއީ އަހަރެން ލަވްއަށް ޓްރަސްޓު ކުރާތީއެއްނު؟ އައި ޓްރަސްޓް ޔޫ މޯ ދެން އެނީވަން..” ޝާކިން އެހެން ބުނެލުމުން އަހަރެން ހިނިތުންވެވޭތޯ މަސައްކަތްކުރީމެވެ.

“މިޔަދު އަހަރެން ލަވް މިގެނައީ ވަރަށް މުހިއްމު ވާހަކައެއް ކިޔައިދޭން.. އެއްވެސް މީހަކަށް ނޭނގޭ ހަގީގަތެއް ބުނެދޭން ވެގެން.. ލަވްއަށް ކޮންމެހެން މިވާހަކަތައް އެނގެންޖެހޭ ކަމަށް އަހަރެން ގަބޫލުކުރަނީ.. ބިކޯޒް އައި އެމް ސީރިއަސް ވިތް ޔޫ.. އަހަރެން ބޭނުން ވީހާވެސް އަވަހަށް ލަވް އާ މެރީ ކުރަންވެސް..” ޝާކިން އެހެން ބުނެލުމުން އަހަރެން ބޯ ޖަހާލީމެވެ. އަދި ލައިގެން ހުރި ސްކިނީ ޖީބަށް އަތް ލުމަށްފަހު ރިކޯޑަށް ޖައްސާލީމެވެ. އޭނާ ދެން އެ ދައްކަން އެއުޅޭ ވާހަކައަކީ ކޮންމެހެން އާރިފް ސާރ މެންނަށް އެނގެންޖެހޭ ވާހަކައެއްކަން އަހަރެންގެ ސިކުނޑި ބުނަމުން ގެންދިޔައީތީއެވެ.

“އަހަރެން ވަރަށް އުފާވޭ ޝާކިން ކަހަލަ މީހެއް ލިބުނީތީ.. ޝާކިން އަހަރެން ދެކެ ލޯބިވާތީ..” ހިނިތުންވެ ހުރެ އަހަރެން ބުނެލީމެވެ. ޝާކިންވެސް ހިނިތުންވެލިއެވެ.

“ދެން ކިޔައިދީބަަލަ ތި ވާހަކަ.. ޔޫ ނޯ ޔޫ ކެން ޓެލް މީ އެނީތިންގް..” އަހަރެން ޝާކިންގެ އަތަށް ފިތާލަމުން ބުނެލީމެވެ. އެއާއެކު އޭނާ ބޯ ޖަހާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (42)

  1. Liaa

    Guys.. Liaa miulhenii about 5 days ah rashun beyrah goslan vegen.. So, mi days thakuga ehaa ginain up eh nukureveyne… Sorry for that…
    So, Next part up vaanee next MONDAY haairu… Hope u guys are understanding.. Love u all <3

  2. bodu handi

    okay vaahaka salhi

  3. Almaa

    V nice mi part vx waiting for next part .hey thanks Liaa

  4. Mershy

    Liaa mi story ge first ep kobaa?

    1. Lovely girl
      Mershy

      First part in 26 ga kan neenge up kohfa balaalabala☺

    2. Liaa
      Mershy

      Mershy… Liaa ge name ah click kolleema fennaane hurihaa parts eh.. 🙂

  5. Brainless

    Varah salhi..???

  6. Shubbb

    Nooooooooo… Tooo late…. Plx half viyasss ok…. Plxxxx 🙁 🙁

  7. Lovely girl

    Ooh so sad?
    Hmm bt okay?
    But i believe a break makes the story more beautiful?
    Any ways varah salhi mi part ves ?
    Love your story liaa?
    Will miss the story?

  8. Dk

    Thihen dhn nuhadhaa liaa kiyuntherinnah.. Monday maa Las.. This ♥ is for you.. <3

    1. Liaa
      Dk

      Aww.. Thatz so sweeet of u DK <3

  9. Mal mal

    Vvv shalhi liaaa 5 days is too long.cannot wait to see wat happen in next part

  10. cher

    Shaakin ah inguny kanneynge dhw shuba eyna ah spy kuraa kan..btw mi part vs varah habeys..next part vs up khlahche ASAP..

  11. cher

    Shaakin ah inguny kanneynge dhw shuba eyna ah spy kuraa kan..btw mi part vs varah habeys..next part vs up khlahche ASAP..????

  12. ❤mixoo

    have a safe trip liaa.. plx avahah up kurahchey.. waiting❤❤?

  13. i_far

    Aslu shakin ah ves ingey dhoa “love” ge hageegaiy.

  14. Liaa

    Thankss All ..

  15. shawny

    come back soon Liaa.. cant wait to read next part.. wait nukurevunas jeheyny kehtheri vaan thaa dhen.. thanks for a nice story

  16. Intel R

    kobaa next part avass

  17. iffa

    5days kiyaafa dhogu hedhydhw liaaaaa..

  18. Mal mal

    6_tth day miadhu miey

  19. Me

    Today is Monday kobaa story…

  20. ASH CHUM

    Ebunaaheh kobaa next part

  21. Binthi

    (Not being rude..) up kuraane varah up kurevunee dhw lol.. Gina meehun hama vahaka fashaafa nunimmaNe. V foohi

  22. G - Hoooooody

    Boring boring Liaa vaahaka up nukoh lasvaathyiii (can’t wait for read next episode )

  23. Cmnt Kiyaa myhaa

    Vaahaka mathin Foohi vaneii konirakun next epsd up kuranyiiii. . …………Liaaaaaaaaaaaaaaa…………

  24. Same

    Liaa alhe avahah up kohdheeba..plx

  25. Xyzl

    Kobaatha vaahaka?

  26. Xoo

    ?????????????????????????????????????????????????????????????????????????????????????????????????

  27. iffa

    Liaa dhogu hedhy ea .. five days ashea kiyaafa. Reecha dhen buneleema ves ok e nun nuliyevuny mihen vegnnea kiyaafa dhogu hedhyma mahssala aky.. mi month ves nimeany thi five days nunimi ohvva kanneage dhow.. Liaaaa. Its boring chi

  28. AkkO_AngeL

    Liaa. Complain kuraakah nuun mi comment eh kohlii. But monday ga up kuraane vaahaka bunelaafa othyma. I just cant wait anymore. I knw las vaany reason eh othyma. All i wanna say is mivaahaka mii hama best vaahaka thakuge thereyga himeney vaahaka eh. V dhigu koh gendhachey nge. Hope v avahah up kohdheyne kamah. U r da best???

  29. Shubbb

    Kobaatha vaaaahakaaaaa….can’t wait eyyyyyyyy… Dhenn dhw Liaaaaaaaa plx up kobbala

  30. useless bitch

    Bayyehnun eyn..
    Up kurann bunaa dhuvahakah up kurevey kamakah nuvey..
    Thivarunn dhanyyaa vaahaka nuliyeba dhw.

    1. 404Error
      useless bitch

      thi gothah writter ah ehchei nugovaaba…..bayyeh nun kaleaa hedhi…

    2. 404Error
      useless bitch

      ?????

  31. Dk

    ekuhjaa fakeeru kuran jehey ehen kankan vx hunnaanedhw… Hama kulli akah kohme kameh vx dhimaavedhaanehnu..ehmen thigothah thihaa rulhi naas hiyaalu faalhu nukuriyas… Qabool kurevey varuge sababeh ovegen lasvany kamah ea vaanyy.

  32. 404Error

    Liaaaaaaaaaaaaaaaaaaaaaaaaaaaaaaa,,,,,,,, kobaaaaaaaaa vaaaaahaka. konirakun next ep up vaaaaaanyyyy?????????????? pleeese avas kohdhyyyybala………….

  33. 404Error

    liaa kobaa tha? ? comment akah reply eh ves nukurey…

    1. 404Error
      404Error

      ??????

  34. R

    HAADA GINA DUVAHEH MIVANEE

  35. Kj

    Alhe haaaadha gina dhuvahekeyy.. thihn nahadhaaaa.. mihaaaru 10 day’s up nukuraaathaaaaa.. 🙁 plxx plxxx next part up khdhyy

  36. Aikko

    Lia. We all can’t wait for the next update. Please update soon ?
    And btw comment kuraairu enmnvx veehaavx kind koh comment kureveythoa balaabala. Liaa ves kuraane baivaru kanthah hunnaane ey. and hama ekani vaahaka liyaakahvx nuulheveyne ehhnu dhw. Comment kuraairu rude comments kuraanama Aikko bunaane vaahaka aky keep your rude comments to ur self ey cux liaa ves dheravaane dhw.

Comments are closed.