Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އަނދިރިފަރާތް (9 ވަނަ ބައި)

Liaa
February 5, 2017
7 Mins Read
43 Views
28 Comments

އަހަރެން ކޮޅަށް ތެދުވެ ދެކޮޅު ދެކޮޅަށް ހިނގަން ފެށީމެވެ. އޭރު ހިތުގައި އުފެދެމުން ދިޔައީ ތަފާތު ޝުޢޫރުތަކެކެވެ. އަރޫން އަހަރެންގެ ޖަވާބެެއްގެ އިންތިޒާރުގައި މަޑުމަޑުން އިނެވެ. އަހަރެން ވިސްނަމުން ގެންދިޔައީމެވެ. ޤައުމަށްޓަކާ އަހަރެންގެ މި ހިތް ފުނޑުފުނޑު ވިޔަ ދޭންވީ ހެއްޔެވެ؟ އިރުކޮޅެއް ފަހުން އަހަރެން އަރޫން ގާތަށް އައިސް ހުއްޓުނީމެވެ. އަދި ހަށިފުރާ ނޭވައެއް އެތެރެކޮށްލީމެެވެ.

“ފައިން.. އަހަރެން އެކަން ކުރާނަން..” ސާބިތުކަމާއެކު އަހަރެން ބުނެލީމެވެ. އެއާއެކު އަރޫންގެ މޫނުމަތީގައި ދުވެލީ ފަނޑު ހިނިތުންވުމެކެވެ. އޭނާއަށް މާކުރިންވެސް އަހަރެން ދޭނެ ޖަވާބެއް އެނގޭ ކަހަލައެވެ.

“އައި ނިއު އިޓް.. ހިނގާ އާރިފް ސާރ އަށް ޕްލޭން އަންގަން އެހެންވީމަ…” އަރޫން ތެދުވެ ގަޔަށް ޓީޝާޓެއް މަހާލަމުން ބުނެލިއެވެ. އޭނާ ބޭރަށް ދާން އުޅޭކަން އެނގުމުން އަހަރެން ކަންބޮޑުވިއެވެ.

“ބަޓް އަރޫން ނުވާނެ މިތަނުން ބޭރަށް ނިކުމެގެނެއް.. ޕްލީސް.. ޑޮކްޓަރ ބުންޏެއްނު އަރާމުކުރާށޭ.. އަހަރެން ގޮސްދާނަމޭ އާރިފް ސާރ ގާތަށް އެކަނި..” އަަހަރެން އަރޫންގެ ހާލާމެދު ކަންބޮޑުވެ ހުރެ ބުނެލީމެވެ. އަހަރެން ކުރުނުކޮށް ކިޔަން ފެށުމުން އެންމެފަހުން އޭނާ އަރާމުކުރަން ކޮޓަރީގައި އޮންނަން އެއްބަސްވިއެެވެ. އަރޫންގެ ކޮޓަރިން ނިކުމެވުނުއިރު އަހަންނަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ.

އާރިފް ސާރ ގާތު އަަހަރެން ބުނީ ހަމައެކަނި ޝާކިން އަހަރެން ގާތު ރައްޓެހިވާން އެހި ވާހަކައެވެ. ކުރީއްސުރެ އަހަރެން އޭނާ ދެކެ ލޯބިވެޔޭ ބުނަން ކެރޭނީ ކިހިނެއް ހެެއްޔެވެ؟ ހީކުރިގޮތަށް އަހަރެމެންގެ ރޭވުން ސާރ އަށް ވެސް ވަރަށް ކަމުދިޔައެވެ. އެޖެންސީއިން އަހަރެން ނިކުތީ ހިތްހަމަޖެހިހުރެ ނަމަވެސް ގެއަށް އައިސް ހަމަ ކޮޓަރިއަށް ވަންނައިރަށް ހިތް ނުތަނަވަސްވާން ފެށިއެވެ. އެނދަށް ވެއްޓިއޮވެ ހެނދުނު ސްކޫލަށް ގޮސްފައި ކަންތައް ކުރަންވީ ގޮތް އަހަރެން ހިތުތެރޭގައި ރާވަމުން ދިޔައީމެވެ.

** **

ސިހިފައި އަހަންނަށް ހޭލެވުނީ މީހަކު ކޮޓަރި ދޮރުގައި ތަޅާ އަޑަށެވެ. ބަރުހެލި ގޮތަކަށް ލޮލުގެ އެސްފިޔަތައް ދުރުކޮށްލުމަށްފަހު އަހަރެން ކައިރީގައި އޮތް ފޯނުގެ ޑިސްޕްލޭއަށް ބަލާލީމެވެ. ގަޑިން 6 ގަޑި ސާޅީސްފަހެއް ވެފައިވާތަން ފެނުމުން އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. އިއްޔެ ބޭސް ނުކައި ހުރެވުނުކަން ހަނދާންވީ ދެނެވެ. އެނދުން ތެދުވެ އަހަރެން ގޮސް ދޮރު ހުޅުވިއިރު މަންމަ ދެބުމަ ގޮށް ޖަހައިގެން ހުއްޓެވެ.

“ކިހާއިރެއްތަ މިހާރު މި ދޮރުގައި ތަޅާތާ؟ ގަޑި ޖެހެނީ މިހާރު އެއޮއް.. ދެން ވެސް އަވަސްކުރޭ!” މަންމަ ރުޅިއައިސްފައި އެހެން ބުނުމުން އަހަރެން އަވަސް އަވަހަށް ބޯ ޖަހާލުމަށްފަހު ދޮރުޖެހީމެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އަލަމާރި ކައިރީ ހުއްޓެލުމަށްފަހު އަހަރެން އަލަމާރިން ރިޒާމް ދިން ‘އެންޓި ސްލީޕިންގ ޕިލްސް’ ފުޅި ނަގައި އެއިން ގުޅައެއް އަނގައަށް ލައި ދިރުވާލީމެވެ. އެއަށްފަހު ފާހާނާއަށްވަދެ ގަޔަށް ކުޑަ ފެންކޮޅެއް އަޅާލުމަށްފަހު ތުވާލިން ފެން ހިއްކަމުން ތެޅެމުން ފޮޅެމުން ނިކުތީމެވެ. އެއްކޮށް ތައްޔާރުވެ ނިމުނުއިރު 6.55 ވެއްޖެއެވެ.

ފަޔަށް ބާރުލައި ދުވަމުން އަހަރެން ސްކޫލާ ދިމާއަށް ދިޔައިރު މަގުމަތިން އެއްވެސް ކުއްޖަކު ފެންނާކަށް ނެތެވެ. ހުރިހާ އެންމެން ސްކޫލަށް ވަދެ ނިމުނީއެވެ. އެދުވަހު އަހަރެންނަށް ދެވުނީ ގަޑިޖެހިގެންނެވެ. ކުލާހަށް ދިޔައިރު ޓީޗަރު ކިޔަވައިދޭންވެސް ފަށައިފިއެވެ. ހުއްދަ ހޯދުމަށްފަހު ކުލާހަށްވަދެ އަހަރެން އިންނަ ސީޓާ ދިމާއަށް ހިނގައިގަތް ވަގުތު އަހަރެންގެ ލޮލުގައި ޝާކިން އަޅައިގަތެވެ. އެއާއެކު ރޭގައި އަހަންނާ އަރޫން ހެދި ޕްލޭންގެ މަތިން ހަނދާންވެފައި މީހާގެ އަތްފައި ފިނިވާން ފެށިއެވެ.

އެދުވަހު އަހަރެން ގޮނޑީގައި އިށީނުމާއެކު ޝާކިން ވަށްކަޅިން އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ހަމަ އަޅާވެސް ނުލާ އިން ގޮތަށް އިނީއެވެ. އޭރުވެސް ކަންތައްވާނީ ކިހިނެއްކަން ނޭނގޭތީ އަހަރެންގެ ހިތް ނުތަނަވަސްވެފައިވިއެވެ.

އިންޓަވަލް ގަޑީގައި ރައުފާ އަހަރެން ގާތު ކެންޓީނަށް ދާން އަންނާށޭ ބުނި ނަމަވެސް އަހަރެން ބުނީ ބަނޑުހައިނުވާ ކަމަށެވެ. ކުލާހުގެ އެންމެން ކެންޓީނަށް ގޮސް ނިމުމުން އަހަންނާ ޝާކިން ކުލާހުގައި އެކަނިވިއެވެ. އަހަރެން ބޭނުންވީ ވެސް އެގޮތެވެ. ރާވައިފައިވާ ގޮތާ އެއްގޮތަށް ކަންތައް ގެންދެވޭނީ އޭރުންނެވެ.

“ޝާކިން..” އަހަރެން ނެތް ހިއްވަރެއް ލާފައި ޝާކިންއަށް ގޮވާލީމެވެ. އެއާއެކު އޭނާ ފަރުވާކުޑަ ގޮތަކަށް އަހަންނާ ދިމާއަށް ބަލާލިއެވެ.

“އިއްޔެ ޝާކިން ދެއްކި ވާހަކަތަކާމެދު އަހަރެން ވަރަށް ވިސްނައިފިން… އިއްޔެ އަހަންނަށް ނޫނެކޭ ބުނެވުނީ އެގަޑީގަ ނާވަސްވެފަ ހުރީމަ އަސްލު..” އަހަރެން އިސްޖަހައިގެން އިނދެ މަޑުމަޑުން ވާހަކަދެއްކީމެވެ. ޝާކިން އިނީ އަހަރެން ދައްކާ ވާހަކަތައް ކަނުލާ އަހަންކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އެހެން ބުނުމުންވެސް އޭނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އިސް އުފުލާ ބަލާލިއިރު އޭނާ އިނީ ޚިޔާލަކަށް ގެއްލިފައިކަން އަހަންނަށް އެނގުނެވެ.

“ޝާކިން ފެނުމުން އަހަރެންގެ އަތްފައި ފިނިވޭ.. ހިތް ބާރުބާރަށް ތެޅޭ.. ބަލާބަލަ..” އަހަރެން ޝާކިންގެ އަތުގައި ހިފައިލަމުން ބުނެލީމެވެ. އަދި އޭނާގެ އަތް ގެންގޮސް އަހަރެންގެ މޭގެ ވާއަތު ފަޅީގައި ޖައްސާލީމެވެ. އޭރު އަހަރެންގެ ހިތް ޑިންޑިން ލާފައި ތެޅެމުން ދިޔައެވެ. އެވަގުތު ޝާކިންގެ މޫނު ކުޑަކޮށް އުޖާލާވިހެން އަހަންނަށް ހީވިއެވެ.

“ސޯ.. ދެޓް މީންސް.. ޝުބާ އަހަރެންގެ ގާލް ފްރެންޑަށް ވާނަމޭ ދޯ؟” ކުޑަކޮށް ހިނިތުންވެލަމުން އޭނާ އަހާލިއެވެ. އަހަރެން އިސްޖަހައިގެން އިނދެ ބޯ ޖަހާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. އޭނާ އަހަރެންގެ ދެއަތުގައި ވަރަށް މަޑުމަޑުން ހިފާލިއެވެ. އަދި އޭނާގެ ތުންފަތް ގެނެސް އަހަރެންގެ އަތުގައި ޖައްސާލިއެވެ.

“އައި ލަވް ޔޫ އަ ލޮޓް..” ޝާކިން އެހެން ބުނެލުމުން އަހަރެން ހިނިތުންވެލީމެވެ.

“އައި ލަވް ޔޫ ޓޫ..” އަހަރެން ޝާކިންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ބުނެލީމެވެ. އެވަގުތުން ފެށިގެން އަހަންނަށް ބުނެދެން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ. އަހަރެން އޭނާ ދެކެ ލޯބިވާ ވާހަކަ ބުނެވުމުން ބޮލުން ބޮޑު ބަރެއް ލުއިވެގެން ދިޔަކަމުގެ އިހުސާސްކުރެވިގެން ދިޔައެވެ. ނަމަވެސް ހަމައެއާއެކު ހިތް ނުތަނަވަސްވާން ވެސް ފެށިއެވެ. އަހަރެން އޭނާއާ ރައްޓެހި މިވަނީ އަހަރެންގެ ލޯތްބައްޓަކާއެއް ނޫނެވެ. އަހަރެންގެ ޤައުމަށްޓަކައެވެ.

އެދުވަހަށްފަހު އަހަރެމެން ދެމީހުންގެ ލޯބީގެ ގުޅުން ފެށިގެން ދިޔައެވެ. ޝާކިން ވީ އަހަރެން ހީކުރިވަރަށް ވުރެ މަޖާ، އަދި އަހަންނަށް އަޅާލާ މީހަކަށެވެ. އަހަންނަށް ކިރިޔާ ކަމެއްވާއިރަށް އޭނާ ދެރަވާނެއެވެ. ހަމަ އެގޮތަށް އޭނާއަށް ކިރިޔާ ކަމެއް ވިޔަސް އަހަރެން ދެރަވިއެވެ. އެގޮތުގައި އެއް މަސްދުވަސް ފާއިތުވެދިޔައިރު އަހަންނަށް ޝާކިން ވަރަށް ރަނގަޅަށް ދަސްވިއެވެ. އިރުއޮއްސޭ ދަޅައަށް އަހަރެމެން ދެމީހުން ކޮންމެ ދުވަހަކު ހިނގާލަން ދިއުން އާދައަކަށްވިއެވެ. އެތަނުގައި ތިބެގެން ޝާކިން އަހަރެމެންގެ މުސްތަޤުބަލުގެ ވާހަކަ ދައްކައެވެ. އަހަރެން ވެސް އޭނާ ދައްކާ އެކަހަލަ ކޮންމެ ވާހަކައަކަށް އެއްބަސް ވަނީ ހަދާނެ އެހެން ގޮތެއް ނޭނގުމުންނެވެ.

ޝާކިންއާ ބެހޭގޮތުން އެނގޭ ކޮންމެ ކަމެއް އަހަރެން އެޖެންސީއަށް ރިޕޯޓުކުރަމެވެ. އާރިފް ސާރ ހުންނަނީ މި ދުވަސްކޮޅު އަހަންނާމެދު ފަޚުރުވެރިވެފައެވެ.

އެއްދުވަހެއްގެ ހަވީރު އާދައިގެމަތިން އަހަރެންނާއި ޝާކިން އަތިރިމަތީގެ ހިތްގައިމު ދޮންވެލިގަނޑުގެ މަތީގައި ހިނގަމުން ދިޔައީމެވެ. އޭރު ދެމީހުންގެ މޫނުމަތީގައިވެސްވީ ނުފިލާ ހިނިތުންވުމެކެވެ. ޝާކިން ލައިގެން ހުރި ގަދަ ނޫކުލައިގެ ގަމީސް އުޅަނބޮއްޓާ ހަމައަށް އޮޅާލެވިފައިވީއިރު ލައިގެން ހުރީ އައިސް ބްލޫ ޖިންސެކެވެ. އެއް އަތް ޖިންސުގެ ޖީބަށް ޖަހާލާފައިވީއިރު އަނެއް އަތް ގުޅިލާމެހިފައިވަނީ އަހަރެންގެ އަތާއެވެ. އެ ފަން އިސްތަށިގަނޑުން ބައެއް ނިތްކުރިމައްޗަށް ވެއްޓިފައިވިއެވެ.

ޝާކިންއާއެކު އަހަރެން ވެލިގަނޑުމަތީގައި ހިނގަމުން ދިޔައީ ހުސްފަޔާއެވެ. އެއްއަތުން އަހަރެންގެ ފައިވާން ހިފައިގެން ހުރިއިރު އަނެއް އަތުގައި ޝާކިން ހިފަހައްޓާލާފައިވިއެވެ. އަހަރެން ލައިގެން ހުރި ކަޅުކުލައިގެ ސްކިނީ ފައިގެ ތަނބިކަށި ފެންނަވަރަށް އޮޅާލާފައިވިއެވެ. ކަކުލާ ހަމައަށް އަންނަ ފެހި ކުލައިގެ ޓޮޕާއެކު އަހަރެން އަޅައިގެން ހުރީ ރިހި ކުލައިގެ ފަށެކެވެ. އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައި ބެހެއްޓީ ޝާކިން އެގޮތް ރީތިކަމުގައި ބުނުމުންނެވެ.

ތަންކޮޅަކަށް ދިއުމަށްފަހު އަހަރެމެން އިށީނީ އިރުއޮއްސޭ މަންޒަރު ބަލާލުމުގެ ނިޔަތުގައެވެ. އޭރު އުދަރެސްމަތިން ރަތް ވިލާތައް ފާޅުވެފައިވިއެވެ. އިރުގެ އޮރެންޖު އަލި ފަނޑު ގޮތަކަށް މޫދަށް އެޅިފައިވިއެވެ.

“ލަވް.. އަހަރެމެން މެރީ ކުރާނީ ކޮންއިރަކުން؟” ކުއްލިއަކަށް ޝާކިން އެހެން އަހާލުމުން އަހަރެން ހިނިތުންވެލީމެވެ. ނަމަވެސް އެ ހިނިތުންވުން ހިނދުކޮޅަކަށްފަހު ފިލައިގެން ދިޔައީ އަހަންނަށް ދުވަހަކުވެސް ޝާކިންއާ ކައިވެނި ނުކުރެވޭނެކަން އެނގުމުންނެވެ. އަހަރެން ޝާކިންއާއެކު މިއުޅެނީ ‘ސީރިއަސް ރިލޭޝަންޝިޕް’ އެއްގައި ނޫންކަން އެނގުމުންނެވެ.

“ދެން ސްކޫލު ނިންމާފަ ދެމީހުން އަދި ކިޔަވާފަ ޖޮބެއް ހަމަޖެހުނީމައެއްނު؟” ކުރިމަތީގައިވާ ދޮންވެލިގަނޑާ ކުޅެމުން އަހަރެން ބުނެލީމެވެ. އޭރު ޖެހެމުންދާ މަޑުމަޑު ވައިރޯޅިތައް އައިސް އަހަރެންގެ އިސްތަށިގަނޑާ ކުޅެމުން ދިޔައެވެ.

“އަހަރެން ސްކޫލު ނިންމާފަ ދެން ނުކިޔަވާނަން..” ޝާކިން އެހެން ބުނެލުމުން އަހަރެން އޭނާއާ ދިމާއަށް ބަލާލީމެވެ.

“އެއީ ކީއްވެ؟” އަހަރެން ޝަޢުޤުވެރިކަމާއެކު އަހާލީމެވެ. ޝާކިންގެ ކޮންމެ ކަމަކީ އަހަރެން އެނގެން ބޭނުންވާ ކަންކަމެވެ. އެވަގުތު އޭނާ ހަށިފުރާ ނޭވައެއް އެތެރެކޮށްލިއެވެ. އަދި އަހަންނާ ދިމާއަށް އެނބުރެމުން އަހަރެންގެ އަތުގައި ހިފާލިއެވެ.

“ލަވް.. އަހަރެން ލަވްއަށް ސިއްރުކުރާ ވަރަށް ބޮޑުކަމެއް އެބައޮތް.. ބޭނުން މިވާހަކަ ބުނަންވެސް.. އެކަމަކު…” ޝާކިން އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. އަދި އިސްޖަހާލިއެވެ.

“އެކަމަކު ކިހިނެއްވީ؟ ޝާކިން ކުރާ ކޮންމެ ކަމެއްވެސް އަހަރެން ބަލައިގަންނަމެއްނު؟ އަހަރެން ދުވަހަކުވެސް ޝާކިން ދެކެ ރުޅިއެއް ނާންނާނަމޭ..” އަހަރެން މަޑުމައިތިރިކަމާއެކު ބުނެލީމެވެ.

“ނޫން.. ލަވް ރުޅިއައިސްދާނެ.. ލަވް ފަހަރެއްގަ އަހަރެން ދޫކޮށްލާފަވެސް ގޮސްދާނެ މި ވާހަަކަ އެނގެއްޖިއްޔާ..” ޝާކިން ކޮޅަށް ތެދުވެ ގައިގައިވި ވެލިތައް ފޮޅާލަމުން ބުނެލިއެވެ. އެ މޫނުމަތީގައިވަނީ ސީރިއަސްކަމެވެ. އަހަރެންވެސް ތެދުވެގެން ގޮސް ޝާކިންގެ ފުރަގަހަށްވާ ގޮތަށް ހުއްޓުނީމެވެ. އަދި އޭނާގެ މެދުހަށީގައި ބައްދާލީމެވެ.

“ޝާކިން.. ދެން ބުނެބަ.. ޕްލީޒް..” އަހަރެން އެހުރި ގޮތަށް ހުރެ މަޑުމަޑުން ބުނެލީމެވެ. އޭރު އޭނާ އެ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން އަހަންނަށް ކޮންމެވެސް ވަރަކަށް އެނގުނެވެ. އެހެންކަމުން މަޑުމަޑުން އަތް ގެންގޮސް ލައިގެން ހުރި ސްކިނީގެ ޖީބުގައިވާ އަހަރެންގެ ފޯނު ނަގައި ރެކޯޑަށް ޖައްސާލުމަށްފަހު އަނެއްކާވެސް ފޯނު ޖީބަށް ލީމެވެ.

“ލަވް.. މިހާރު މި ރާއްޖޭގަ ކަންތައް ދާގޮތް އަހަންނަކަށް ކަމކު ނުދޭ..” ޝާކިން އެހެން ބުނެލުމުން އަހަރެން ތުންފަތުގައި ދަތްއަޅާލީމެވެ. އޭނާ ބޭރުބަޔަކާ ގުޅިގެން އެއުޅެނީ ރާއްޖޭގަ ކަންތައް ހިނގާގޮތް ކަމުނުދާތީ ހެއްޔެވެ؟

“ތި ބުނީ؟ ކިހިނެއް ކަމުނުދާ ވާހަކަ؟” އަހަރެން މަޑުމައިތިރިކަމާއެކު އަހާލީމެެވެ. އަވަސް އަރުވާލަން އުޅެން ހަދައިގެން ފަހަރެއްގައިވެސް ޝާކިން އަހަރެންނަށް ޝައްކުވާފަދަ ކަމެއް ކުރެވޭކަށް އަހަރެން ނޭދެމެވެ.

“މި ބުނީ.. ދެން ލަވްއަށް ވެސް އެނގެ އެއްނު؟ މީހަކަށް އިންސާފު ހޯދައިދެވެނީކީ ނޫން.. ދެން ވަރަށް ސިޔާސީ މައްސަލަތައްވެސް ބޮޑެއްނު؟” ޝާކިން އަހަންނަށް ވިސްނައިދޭން އުޅޭ ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އެވާހަކަތަކަށް އަހަރެން ހޫ ލައްވާލީމެވެ.

“އެހެންވެ އަހަރެން މިއުޅެނީ އިންޑިޔާގެ ބަޔަކާ ގުޅިގެން ރާއްޖެއަށް ހަމަލާދޭން.. ރާއްޖެ ހިފަންވެގެން…” ޝާކިން އެހެން ބުނެލީ އަހަރެންނާ ދިމާއަށް އެނބުރިލަމުންނެވެ. އަހަރެންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބަލާލަން އޭނާ ބޭނުންވީކަންނޭނގެއެވެ. އެހެންކަމުން އަހަރެން ހައިރާންވާފަދަ ވައްތަރެއް ޖައްސާލަމުން ދެލޯ ބޮޑުކޮށްލީމެވެ.

“ކީކޭ؟ ހެހެހެ.. ޝާކިން ތި ކުރަނީ ސަމާސާ ދޯ؟” އެއްވެސްކަމެއް ނޭނގޭ ކަމަށް ހަދައި އަހަރެން އަހާލީމެވެ. އެއާއެކު ޝާކިން ދެއަތުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފާލިއެވެ.

“ނޫން ލަވް.. މީ ހަމަ ތެދެއް.. އަހަރެން މިކުރަނީ ގޯސްކަމެއް ނޫނޭ ލަވް؟” ޝާކިން ވަރަށް ލޯބިން ބުނެލިއެވެ. އެއާއެކު އަހަރެން ދެތިން ފިޔަވަޅު ފަހަތަށް ޖެހެލީމެވެ. ޝާކިން އެވާހަކަތައް ކިޔައިދީފިނަމަ އާރިފް ސާރ މެން އަހަންނަށް ކަންތައްކުރަން އިރުޝާދު ދީފައިވާ ގޮތަށް ހުރިހާ ކަމެއްވެސް ކުރެވޭތޯ ބަލަމުން ދިޔައީމެވެ.

“ގޯސްކަމެއް ނޫނޭ؟ އެ ކިހިނެއް ގޯސް ކަމަކަށް ނުވާންވީ؟ ތިމާގެ އަމިއްލަ ވަޒަން ދެކެ ލޯބިވާން ޖެހޭނެ ނޫންތަ؟ ޝާކިން ހަމަ މި ފަސްގަނޑު ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވޭތަ؟” އަހަރެން ކަންބޮޑުވެހުރެ އަހާލީމެވެ. އެއާއެކު ޝާކިންގެ މޫނުމަތިން ފުރަތަމަ ފާޅުވީ ހިތާމައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ މޫނުމަތިން ހިތާމަވެރިކަން ފިލައި ރުޅިވެރިކަން ވެރިވެގެން ދިޔައެވެ. ދެބުމަ ގޮށް ޖެހިފައިވީއިރު އޭނާ ބެލީ އަހަންނާ ހަތަރުކަޅި ހަމަނުކުރެވޭތޯއެވެ.

“އާނ. ނުވޭ ލޯތްބެއް.. އަހަރެން ލޯބިވަނީ ހަމައެކަނި ލަވް ދެކެ.. އަހަރެނ ލޯބިވާ އިތުރު މީހަކު ނެތް މި ފަސްގަނޑުގައެެއް.. ދެން ހުރީ ހުސް އަހަރެންގެ ދުޝްމިނުން..” ޝާކިން އެހެން ބުނެލި ގޮތުންވެސް އަހަންނަށް އޭނާ އަހަރެންދެކެ ލޯބިވާ މިންވަރު އަންދާޒާކޮށްލެވުނެވެ. ފަހުން އޭނާގެ ހިތް ހަލާކުކޮށްލަން ޖެހޭކަން ހަނދާންވުމުން އެވަގުތު އަހަރެން ދެރަވިއެވެ.

“ދެން ޝާކިންގެ މަންމައާ ބައްޕައޯ؟ އެމީހުން ދެކެ ވެސް ނުވޭތަ ލޯތްބެއް؟” އަހަރެން އެހެން އަހާލުމާއެކީ ޝާކިންގެ ބުމަ އިތުރަށް ގޮށް ޖެހިގެން ދިޔައެވެ. އެހިނދު އޭނާގެ ދެލޯވެސް ފެންކަޅިވަމުން ދިޔަކަން އަހަންނަށް ފާހަގަކުރެވުނެވެ. އަދިވެސް މިކަމުގައި ފޮރުވިފައިވާ ވަރަށް ގިނަ ސިއްރުތަކެއް އެބަ ވާކަން އަހަންނަށް ޔަޤީންކުރެވުނެވެ.

“އެމީހުން ވާހަކަ އަހަރެން ގާތު ނުދައްކާ ލަވް.. ޕްލީސް..” އޭނާ އާދޭހުގެ ރާގަކަށް ބުނެލީ ދުރުބަލާލަމުންނެވެ. ދެލޮލުން ފޭބި ކަރުނަތިކި އަވަސްކަމާއެކު އަތުގެ ނުފުށުން ފުހެލަމުން އޭނާ ހަމަޖެހެވޭތޯ މަސައްކަތްކުރިއެވެ.

“ޝާކިން..” އަހަރެން އޭނާގެ ނަމުން ގޮވާލަމުން ދެރަވެފައިހުރެ އޭނާގެ އަތުގައި ހިފާލީމެވެ. “ބުނެބަލަ. އަހަންނަށް އަދިވެސް ކަމެއް އެބަ ފޮރުވަމެއްނު؟ އަހަންނަށް އެނގެއޭ ކަމެއް ފޮރުވާކަން.. އަހަންނަކަށް ނުކިޔަދޭނަންތަ؟” އަހަރެން އޯގާތެރިކަމާއެކު އަހާލީމެވެ. އެއާއެކު ޝާކިން އަހަންނާ ދިމާ ބަލާލިއެވެ. އެ ދެލޮލުން އަހަންނަށް ފެނުނީ ހިތާމައާ ހިތްދަތިކަމެވެ.

“އަހަރެންގެ ބޮސްއަށް އަހަރެން އެއްވެސް މީހަކަށް ދެންމެ ލަވް ގާތު މި ބުނި ވާހަކަ ބުނިކަން އެނގިއްޖިއްޔާ ވަރަށް ވަރަށް ރުޅިއަންނާނެ.. ފަހަރެއްގަ އަހަރެން މަރާވެސްލާފާނެ.. އިނގޭތަ ލަވްއަށް މި ވާހަކަތައް މި ކިޔައިދިނީ ކީއްވެކަން؟ އައި ޓްރަސްޓް ޔޫ.. އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރާ ވަރަށް ލަވްއަށް އިތުބާރު ކުރެވޭ.. ނޭނގޭ ކީއްވެކަމެއް.. އެނގޭ ރައްޓެހިވެގެން އުޅޭތާ އަދި މިވީ މަހެއްހާ ދުވަސްކަން.. އައި ޖަސްޓް ލަވް ޔޫ ސޯ މަޗް..” ޝާކިން އަހަރެންގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުން ވާހަކަދެއްކިއެވެ. އެއާއެކު އަހަރެން ހިނިތުންވެލީމެވެ.

“އަހަރެން ލަވްއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން އެހެން ފަހަރަކުން.. އިނގޭ.. މިހާރު އިރު އެހެރަ އޮއްސުނީނު.. ލަވް ޖެހޭނެއްނު އިރުއޮއްސުމުގެ ކުރިން ގެއަށް ދާންވެސް ދޯ؟” ޝާކިން ލޯތްބާއެކު އެހެން ބުނެލުމުން އަހަރެން ހިނިތުންވެ ހުރެ ބޯ ޖަހާލީމެވެ. އޭނާ އަހަންނަށް އަޅާލާވަރު ފެނި އަހަރެންގެ ހިތް ބައެއް ފަހަރު ނުތަނަވަސްވެސް ވެއެވެ.

ޝާކިން އަހަރެންގެ ހަށިގަނޑު ގެންގޮސް އޭނާގެ މެއާލައި ބޮނޑިކޮށްލިއެވެ. އަހަރެންވެސް އޭނާގެ ހަށިގަނޑުގައި އަތް ވަށާލީމެވެ. އޭނާއާއެކު އަބަދުވެސް މިގޮތުގައި އުޅެވޭނެނަމައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެއީ ނުވާނެ ކަމެއްކަން އެނގޭ އިރުވެސްމެއެވެ. އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު އޭނާ އަހަރެންގެ ކޮނޑުގައި ހިފައި ހަށިގަނޑު ދުރުކޮށްލިއެވެ. އަދި ލޯބިން ފުރިގެންވާ ނަޒަރަކުން އަހަރެންގެ މޫނަށް ބަލާލިއެވެ. މަޑުމަޑުން އޭނާގެ މޫނު އަހަރެންގެ މޫނާ ކައިރިކުރަމުން ދިޔައިރު އަހަރެންގެ ނޭވާ އަވަސްވަމުން ދިޔައެވެ. ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. އޭނާގެ ތުންފަތުގެ ހޫނުކަން އަހަރެންނަށް އިހުސާސްކުރެވުނު ހިނދު އަހަންނަށް ދެލޯ މަރާލެވުނެވެ. އުމުރަށްވެސް އެވަގުތުކޮޅު ދެމިގެންދާނެ ނަމައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އެވަގުތުކޮޅަކީ އަހަރެންގެ ސިކުނޑީގައިވާ ހުރިހާ އުދާސްތަކެއް މަތިން ހަނދާންނެތިގެން ދިޔަ ވަގުތުކޮޅެކެވެ. އިރުކޮޅެއްފަހުން އޭނާ ދުރަށްޖެހެލިއިރު އަހަރެން ހުރީ އިސްޖަހައިގެންނެވެ. ލަދުގަނެފައި ހުރިވަރުން އިސްނަގަން ވެސް ނުކެރުނެވެ.

“އޯހް.. ލަވް..ހެހެ.. ޔޫ އާރ ބްލަޝިންގް..” ޝާކިން އެހެން ބުނުމުން އަހަރެން މޫނުގައި ދެއަތް އެޅީމެވެ. އަދި އަނެއް ފަރާތައް އެނބުރި ދުއްވައިގަތީމެވެ. ތަންކޮޅަކަށް ގޮސްފައި އަހަރެން އެނބުރި ބަލާލީމެވެ. އޭރު ޝާކިން ލާނެތް ހިނިތުންވުމަކާއެކު އަހަންނާ ދިމާ ބަލަހައްޓައިގެން ހުއްޓެވެ.

އެދުވަހު ގެއަށް ގޮސްފައި އަހަރެން ފުރަތަމަވެސް ހުއްޓެލީ ލޯގަނޑު ކުރިމަތީގައެވެ. އެއްއަތުން އަމިއްލަ ތުންފަތުގައި އަތް ޖައްސާލިއިރު އަހަންނަށް އޭރުވެސް ސިފަވަމުން ދިޔައީ އެ ޚާއްސަ ވަގުތުކޮޅެވެ. އެއާއެކު ބޭއިޚްތިޔާރުގައި އަހަންނަށް ހިނިތުންވެލެވުނެވެ. ނަމަވެސް އޭގެ އިރުކޮޅަކަށްފަހު އެ ހިނިތުންވުން ފިލައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ޝާކިންގެ މިފަދަ ދަޅަތަކަށް އަހަރެން މި ހެއްލެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެކެ ލޯބިވިޔަސް އޭނާއާމެދު މިފަދަ ގޮތް ގޮތަށް ޚިޔާލުކުރާކަށް އަހަރެން ނުޖެހެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އަހަރެން އެނދުގައި އިށީނީމެވެ.

(ނުނިމޭ)

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

މާޒީ

Next

ފިރިމީހާގެ ހައްޤުގައި (18)

Next
February 5, 2017

ފިރިމީހާގެ ހައްޤުގައި (18)

Previews
February 5, 2017

މާޒީ

28 Comments

  1. Liaa says:
    February 5, 2017 at 1:51 pm

    Guys.. i am so sorry… Iyye upload kureveythow v belin.. Ekam internet slow kamun hama eh gothakah ves up nuwee… sorry for that…
    Hope u enjoy reading
    LOves <3

  2. Hunter says:
    February 5, 2017 at 2:06 pm

    Finally.. Thanks for this part..???

    1. Hunter says:
      February 5, 2017 at 2:23 pm

      Oh… me first dhw…?… Varah salhi… But e shaakin kihineiytha eulhenee… N that ?.. Waiting for the next part

    2. Boo says:
      February 5, 2017 at 2:26 pm

      Hunter you are first ????

    3. Hunter says:
      February 5, 2017 at 4:24 pm

      I know its me… ?

  3. Naa says:
    February 5, 2017 at 2:06 pm

    Nice…

  4. Aisha says:
    February 5, 2017 at 2:18 pm

    Yaas varah salhi?❤

  5. Brainless says:
    February 5, 2017 at 2:43 pm

    Varah reethi mi part vex…
    Shaakin kyhve tha bad boy akah e v…
    Luv this story..???????
    Waiting for the next part…??

    1. Raaj Sir says:
      February 5, 2017 at 3:23 pm

      Shaakin tha bad boy vegen e ulheny…miadhu mi qaumah shaakin kahala ethah haas shaakin eh beynun vey…

  6. Affe says:
    February 5, 2017 at 2:47 pm

    Speechless liaa

  7. ham says:
    February 5, 2017 at 3:02 pm

    Wow v v. Nice

  8. shawny says:
    February 5, 2017 at 3:43 pm

    im impressed… vara cute. heart breaking… cant wait for next part..

  9. Mershy says:
    February 5, 2017 at 3:59 pm

    OMG OMG WOW??✨

  10. Lovely girl says:
    February 5, 2017 at 4:16 pm

    Hmmm nice????
    Beautiful???????
    No words. in othe words…..
    Speechless???????
    Hehe love this part too liaa???

  11. Aif says:
    February 5, 2017 at 5:11 pm

    Alheyy shaakin ah gaumu dheke loabivaa kahala pill eh ufahdhaafa kaandhy ?.. V nice.. Waiting for next part

  12. Mal mal says:
    February 5, 2017 at 5:38 pm

    Wow waiting plxxxxx liaaa maadhwn up kureveythw balahcheyyy?

  13. Brainless says:
    February 5, 2017 at 5:56 pm

    Ohh…
    Ehntha raaj sir..
    I didn’t know that this country need a boy like shaakin..
    Sorry for saying that shaakin is a bad boy..????
    Really sorry ingey raaj sir..??

  14. Liaa says:
    February 5, 2017 at 6:48 pm

    Thankss all.. Maadhan up kuraanan iraadha kurevviyaa <3

  15. Xoxo says:
    February 5, 2017 at 7:00 pm

    Liaaaaa!! Anti-Sleeping pill konme dhuvahaku kaan jeheythr…??

    1. Inaa ❤ says:
      February 5, 2017 at 9:19 pm

      And also one anti in 25 days hifahahtaa dho

  16. cher says:
    February 5, 2017 at 7:37 pm

    Kmme dhuhuku anti sleeping pill kanyaa myhaage pancreas ah varah gellun libeyne..liaa akah neyngey tha ekameh..anyways loved this part..can’t wait for the next part..avahah up kohdhehche..pretty please..

  17. Almaa says:
    February 5, 2017 at 8:16 pm

    Nice

  18. Afaa says:
    February 5, 2017 at 10:18 pm

    Liaa thikuraa hiyvarah hama Saabas dhen . Vaahaka varah molhu. Ibaaraiy thah ves rangalhu. Shaugu verikan hifa hattaa. Varah reethi. Keep it up.??

  19. Ushaa says:
    February 6, 2017 at 3:42 am

    Wow v v salhi mi part ves. Hama anthareesed..???

  20. ❤mixoo says:
    February 6, 2017 at 6:06 am

    waiting…love it hama

  21. Intel R says:
    February 6, 2017 at 8:47 am

    Kon first second eh tha

  22. Shubbb says:
    February 6, 2017 at 11:11 am

    Alheyyyy next part kobaaaaa…..

  23. Milna says:
    February 6, 2017 at 11:27 pm

    Nice

Comments are closed.

All Right Reserved!