އަހަރެން މި ކުޑަ ކުޑަ ޖަލުގޮޅީގައި މި އިންނަނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ބާވައެވެ..؟؟ މި އަނިޔާވެރި އަދިރި ތަނުގައި އަހަރެން މި އިންނަނީ މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން އަހަންނަށް ކުރެވިފައިވާ ޖަލު ހުކުމް ނިމެންދެނެވެ. އަހަރެން މި އަނިޔާ ވެރި އެކަހެރި ތަނަށް އަންނަން ޖެހުނީ ކުއްޖަކު ދެކެ ލޯބިވުމުގެ ސަބަބުންނެވެ. ކިހާ ބޭއިންސާފްވެރި ނިޔާއެއް ހެއްޔެވެ..؟ މި ޙިޔާލު ތަކުގެ ސަބަބުން މާޒީ ގެ އުފާވެރި އަދި ހިތި ދުވަސްތަކުގެ […]
“ޒައިކް! ކިހިނެއްވީ؟ ހާދަ ހާސްވެފަ. ކާކަށްތަ މާވަރަކަށް ތި ގުޅަނީ؟” ޒައިކްގެ ހާސްކަން ފެނި ޒީނަތު ސުވާލުކުރިއެވެ. ޒީނަތުގެ ސުވާލަށް ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ތިބި ޒައިކްއާއި ޒީނަތުގެ އާއިލާގެ އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ޒައިކްއަށް ބަލާލެވުނީ އޭނާގެ މަންމަގެ މޫނަށެވެ. އެއަށްފަހު ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއިރު އެންމެންވެސް ތިބީ އެސުވާލުގެ ޖަވާބު ބޭނުންވެފައިކަން އެނގުނެވެ. އެވަގުތު ޒައިކްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީންއަށް އަރާފައި އޮތް ނަން ފެނުމުން ޒީނަތު މަޑުމަޑުން އެނަން […]
“ޒާން!!!” އައިމަނަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ. އެ ހިނދު އަޒާން ސައިކަލު މަތިން އެއްލިގެން ގޮސް ތާރު މަގުގެ އަނެއްފަޅީގައި ޖެހި އޭނަގެ ސައިކަލު ބިންމައްޗަށް ވެއްޓުނީއެވެ. ލޮލުން ފެނުނު މަންޒަރު ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި އައިމަނަށް ހުރިތާ ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެތަނަށް މީހުން އެއްވާން ފެށުމުން އޭނައަށް ވެސް ފަޔަށް ލެވުނުހާ ބާރަކާއެކީ އެ ދިމާލަށް ދުއްވައިގަނެވުނެވެ. އޭނަގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައިރު ލޮލަށް ކަރުނަތައް ޖަމާވާން ފެށީ […]
ނަޖާހުުގެ ސުވާލަށް ޖަވާބުދޭން އަނގަ ހުޅުވާލިތަނާ ފޯނު ރިންގް ވާން ފެށުމުން އެބަ އަންނަމޭ ބުނެފައި ނަޖާހު ނުކުތީ ބެލްކަންޏަށެވެ. ދެތިން މިނެޓު ނުވަނީސް ނަޖާހު އެބުރި އައީ ހަމްދާން އަށް ވީ ގޮތް ބަލަން ކެތްމަދުވެފައި ހުރެއެވެ. އޭނާ ދިޔައިރު ހަމްދާން އޮތީ ކުރިންވެސް އޮތް ގޮތަށް ބާލިސް މޫނުމަތީގައި އަޅައިގެންނެވެ. “ކުޑޭ..ކުޑޭ” ނަޖާހު ދެފަހަރު ގޮވާލުމުންވެސް ހަމްދާން ބަހެއް ނުބުނެއެވެ. ” ދާން. ތިއްތި ކައިރީ ބުނެބަ ވީ ގޮތެއް”..” ތިއްތި.. އައި ލަވް […]
ޔުއާން ހިނގައިގަތީ ކުލާހާއި ދިމާލަށެވެ.ޔުއާންގެ ފަހަތުން ދިޔާންއާއި ޝާރިމްވެސް ހިނގައިގަތެވެ.އެ މަންޒަރު ބަލަންހުރި ދިމްރާގެ ތުންފަތުގައި އޭރު ލާނެއް ހިނިތުންވުމެއްވިއެވެ. “އޭރުވެސް އަހަރެން ބުނީމޭނުން އޭނަ ކައިރިއަށް ގޮސްފިއްޔާ ތިހެންނޭ ވާނީ” އެތަނުން އެއް އަންހެންކުއްޖަކު ނަންބަރު ހޯދަން ދިޔަ ކުއްޖާއަށް ދިމާލަށް ބުނެލި އަޑު ދިމްރާމެނަށް އިވުނެވެ. “އާނ! ޔާންއާ ރެން ވަރަށް ރަނގަޅުވާނެ.. ނަންބަރު ދެވެން ނެތް ވާހަކަވެސް ބުނެލާނީ ހެވިލާފަ..އެކަމު އެ އާން..ލާހިކެއް ނޫން އޭނަ އަތުން ނަންބަރު ކީއްކުރަން އެދެވޭ ޖަވާބެއްވެސް […]
އޭ… ޔޫ؟ އަހަރެންނަށް މި ހީވީ ރަނގަޅަށް ދޯ؟ ޒައިކް މާލޭގަ؟ އަހަރެން ހީކުރީ ދެން ދުވަހަކުވެސް އަހަރެމެން ބައްދަލެއް ނުވާނެކަމަށް. ވަރަށް އުފާވެއްޖެ ޒައިކް ފެނުނީމަ. އެނގޭ ޒައިކް އުފަލެއް ނުވާނެކަން. ކީއްވެކަންވެސް އެނގޭ.” ޝިފާންގެ އަޑަށް ރަސްފަންނުގައި ހުރި ޖިމްގައި ކަސްރަތުކުރަން ހުރި ޒައިކް ސިހިފައި ބަލާލިއެވެ. އެއީ ޝިފާންކަން އެނގުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ދާން ބޭނުންވިއެވެ. “ހާދަ އަވަހަކަށް ދާން ތިއުޅެނީ. އިހަށް މަޑުކޮށްބަލަ. އަހަރުތަކަކަށްފަހު ދިމާވީމަ ލައްކަ ވާހަކަ ދައްކާލަންވެފަ.” […]
އިރުކޮޅަކުން ދޮރު ހޫޅުވާލާފައި ވަން އީޝަލްފެނުމާއެކު ނީމާއާށް އިންތަނުން ތެދުވެވުނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅުވެސް މަޑިޖެހވުނީ އީޝަލްގެ މޫނުމަތީގައިވާ ޒަހަމްތައް ފެނުމުންނެވެ. އަޅައިގެން ހުރި ބޮޑު ބުރުގާގެ ކަންގަނޑުވެސް ވަނީ ވީދައިގެން ގޮސްފައެވެ. ހާރޫނު ދަރިފުޅާއޭ ގޮވާލުމާއެކު އީޝަލްއަށް އަޑުން އަޑުން ނަގާފައި ރޯންފެށުނެވެ. ނީމާ ބާރަށް ހިނގާފައި ގޮސް އީޝަލް ގައިގާ ބައްދައިގަތެވެ. އަދި ކެތްތެރިވުމަށް ނަސޭހަތްތެރި ވިއެވެ. ނަމަވެސް އީޝަލްއަށް ރުއިން ހުއްޓޭނެ ގޮތެއް ނުވިއެވެ. އީޝަލްގެ އެރުއިން އިވި ހަރޫނުވެސް ހިތްވަރު […]
ގަދަ ނިންޖަކުން ނިދިފައި އޮތް އިޝާއަށް ހޭލެވުނީ ފޯނުގެ ރިންގްގެ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯހުޅުވައިލައި ގުޅަނީ ކާކުތޯ ބަލާލިއެވެ. “އޭޝް”ގެ ނަން ސްކުރީނުން ފެނުމާއެކު މުޅި މީހާގެ ގައިން ނިދިފިލައިފިއެވެ. މޫނު މައްޗަށް ހިނިތުންވުން ގެނެސްދީ ހިތުގެ ތެޅުން އަވަސްކުރުވައިފިއެވެ. “އިޝާ ، ގުޑް މޯނިން. ނިދިފަ އޮތްވާ ދޯ އުދަނގޫ މިކޮށްލެވުނީ. އޭޝް ތިރީގަ މިހިރީ. އާދޭބަ ރެޑީވެގެން” އިޝާގެ ހަލޯއަށްފަހު އޭޝް ބުނެލިއެވެ. “ކިހިނެތްވީ ރޭގަ.” ރޭގަ ވީ ކަންތަކުގެ ހަނދާން އިޝާގެ […]
“ނިކުމޭ! ހަމަ މިހާރު މިގެއިން ނިކުމޭ.” އާޒިމް ހަރުކަށި ކަމާއިއެކު މިހެން ބުނިއިރު އައްޔާދްގެ ފަހަތުގައި ހުރި ރިއުމާން ގުޑި ވެސް ނުލާ ހުރި ތަނުގައި ހުއްޓެވެ. އޭރު އަނާ ވެސް ކޮޓަރިން ނިކުމެ ހުރިއިރު އައްޔާދްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. “ބައްޕާ! ތިގޮތަށް ރިއުމާންއަށް އަމުރެއް ނުކުރެވޭނެ.. އޭނަ މިގެއަށް އައީ އަހަރެން ކައިރިއަށް.” އައްޔާދް ހިތްހަމަ ނުޖެހިފައި ވީއިރު މާ އަޑުގަދަ ނުކުރާން މަސައްކަތް ކުރިއެވެ. “ބައްޕައޭ؟ ކިޔާނެ ކަމެއް ނެތް […]