މީ ދުނިޔެއަކީ ކިހާ ބޭއިންސާފު ތަނެއް ހެއްޔެވެ. ޢެއްދުވަހު ހެއްވާލިއްޔާ އަނެއް ދުވަހު ރޮއި ހިތާމަ ކުުރާނެއެވެ. މީ ވެސް އެކަހަލަ ވާހަކައެވެ. އަހަރެންގެ އުމުރުން މިހާރު 26 އަހަރު ވީއެވެ. ޢެހެނަސް އަހަރެން އުފަލެއް ނުވެއެވެ. ބައެއްފަހަރު ދުނިޔެ މަތިން ފޫހިކުރުވާ ކަންތައް ކުރިމަތިވެއެވެ. އެހެނަސް ކެތްކުރުން ނޫން ގޮތެއް ކޮބާހޭ. މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ . އިންތިޒާރު ކޮށްލައްވާ…
ނޭނގޭ ގޮތެއްވޭ 5ކުރިމަތީ ހުރީ ހުދާ އެވެ. “އަހަރެން ހޮސްޕިޓަލް އަށް ގެންގޮސްދެވިދާނެތަ؟” ޒޭން އިރުކޮޅެއް ވަންދެން ބަލަން ހުރުމަށް ފަހު ކާރުގެ ދޮރު ހުޅުވާލަދިނެވެ. ހުދާ ކާރަށް އެރުމުން ޒޭން ކާރު ދުއްވާލިއެވެ. ޒޭން އިނީ ވަރަށް ފޮނި ވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ހުދާ އަކީ އޭނާގެ “ކުރަޝް” އެއްވިއްޔާއެވެ. ޒޭން މިއަދު ޒެއިނާ ކައިރި މިވާހަކަ ފޮނިވެފަ ދައްކާނެކަން ޔަގީނެވެ. “ކީއްކުރަން ހޮސްޕިޓަލް އަށް.” ޒޭން ހިމޭންކަން ފޫދުއްވާލިއެވެ. “މަންމަ ބަލިވެ އެޑްމިޓް […]
އަހަރެމެން އަތިރިމަތިން އަރައިގެން ގެއާ ދިމާއަށް މިސްރާބުޖެހީމެވެ. ރޫޝިންގެ އެއް އަތުގައި އޭނާ ބޭނި ރަތް މަސް އޮތެވެ. އަހަރެންގެ ކޮނޑުގައި އެޖެންސީއަށް ގެންދާ ކަޅު ދަބަސްކޮޅު އަޅުވާލާފައިވީއިރު އެއްއަތުގައި އޮތީ މަސްބާނަން ގެންގުޅު ދޮއްޓެވެ. އެ ރަތް މަސް ބޭނުމާއެކު ރޫޝިންގެ މޫނުމަތިން ފޫހިކަން ކެނޑި، މިހާރު އެމޫނުމަތިންވެސް ފެނިގެންދަނީ ޖޯޝެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގައި ކޮންމެވެސް ވަރަކަށް މަހުގެ ލޭ ހޭކިފައި ހުރި ނަަމަވެސް އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. […]
ހިތް ބޭނުމޭ…18 “އެމަޖެންސީ ކޮށް ބިޒްނަސް މީޓިންގ އަކަށް ތައިލޭންޑަށް ދާން މި ދަނީ..މީރާން އެބަ ހުރި..” ޒެއިން ޖަވާބު ދިނުމުން އެހެން ހޭ ބުނެލާފައި ޒެއިންގެ ކޮނޑުގައި ޖަހައިލަމުން އެޒިލް ހިނގައިގަތީ އެތެރެއަށެވެ. އެތައް ދުވަހަކަށް ފަހު މީރާން އާއި ބައްދަލު ވާން އުޅޭތީ އެޒިލްގެ ހިތް އަވަސް ވާން ފެށިއެވެ. ވީ ނުވީއެއް ނޭނގި އެހައި އެއްކޮށް އުޅެފައި ކުއްލިއަކަށް އެޒިލް އާއި މީރާން ގުޅުން ކަނޑައިލުމުން އެކަމުގެ ހަގީގަތް ހޯދަން ވެސް އެޒިލް […]
“ހިނގާ މީނަ ގަޔަށް ލައި ޑިޓެކްޓާރ ގުޅަން..” އަހަރެން އަރޫންއަށް ބަލާލަމުން ބުނެލީމެވެ. އެއާއެކު ރޫޝިންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފާޅުވާންފެށިއެވެ. އެއޮށް ފިނިތަނުގައި ހުރިއިރުވެސް އެ ނިތްކުރިމަތިން އޮށްދާ ހިއްލަމުން ދިޔަތަން އަހަންނަށް ފެނުނެވެ. ރޫޝިން އެހާ ވަރުން އެ ސިއްރުކުރަނީ ކޮންކަމެއް ހެއްޔެވެ؟ “އެ.. އެ ކީއްކުރަން؟” ރޫޝިން ހާސްކަމާއެކު އަހާލިއެވެ. އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރެ އެއްމިޔަކުން ހިނިތުންވެލީމެވެ. “ޝިން ތެދަށް ޖަވާބުދޭތޯ..” އަހަރެން ބުނެލީމެވެ. “ޝިން ތިހުރީ އަހަންނަށް ވަރަށް ގިނަ […]
“ރީމް! މަންމައަށް މިއިން އެއްވެސް ކަމެއް އެނގިގެން ނުވާނެ! މަންމައަށް އެނގިއްޖެއްޔާ މާމަހެން ރީމްވެސް އެދޮރުން އެއްލާލާނަން! ދީ ތިފޯނު!” ފުރަގަހަށް ފޯނު ލައިގެން ހުރި ރިމްޝާއަށް ބިރުން ފޯނު ދިއްކޮށްލެވުނެވެ. “ޝިފާން! މިގޭ ހައްވައްތަ އެބައޮތް މަގަށް ވެއްޓި ޒަޚަމްވެފަ. ހީވާގޮތުން އޭނަގެ ފުރާނައެއް ނެތް.” ޝިފާން ފޯނުގައި ހިފަން އުޅުނު ވަގުތު އެ ފްލެޓްގެ ކުރިމަތީ ބައިގައި އުޅޭ މަހުމޫދު އައިސް ވަނެވެ. އެހެންވުމުން ފޯނުގައި ހިފުމުގެ ބަދަލުގައި ޝިފާން އުޅުނީ މަހުމޫދުގެ ވާހަކައަށް […]
ޝާރިމްއަށް ރީމްގެ ތުންފަތުގައި ބޮސްދެވުނީ ގަސްތަކުނޫނެވެ.އިިހުސާސްތަކަށް ކެތްނުވީއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން ބޭނުމަކަށްވީ އަމަލުން ޝާރިމްއަށް ރީމް މުހިންމުވަރު އަންގައިދޭށެވެ.ނަމަވެސް އުއްމީދުކުރި ގޮތާ ހިލާފަށް ރީމް، ޝާރިމް ދުރަށް ކޮއްޕާލިއިރު، ޝާރިމްގެ މޫނުމައްޗަށް ރީމްގެ އަތުގެ ހޫނު ހަމަލާއެއް އަރައިގެން ދިޔައެވެ.ލިބުނު ޝޮކުގައި ޝާރިމްއަށް ހުރިގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އިންޒާރަކާއިނުލާ ވާރޭވެސް އޮއްސާލީ އެވަގުތުއެވެ. ރީމް ދުވެފައި ގޮސް ގޭތެރެއަށް ވަތްއިރުވެސް ޝާރިމްއަށް ހުރިގޮތަށް ހުރެވުނީއެވެ.ރީމް ހުއްޓުވަން ބުނާނެ އެއްޗެއްވެސް އޭނާގެ ދުލަކަށްނައެވެ.ރީމްގެ އެ […]
“އެންމެ ރަނގަޅު. ތީ ދަރިފުޅުގެ އެންމެފަހުގެ ނިންމުންކަމަށްވަންޏާ މި ބަދުނަސީބު މަންމަގެ ނިންމުންވެސް އަޑުއަހާ. މިއަދު ފެށިގެން ރޭޝަމްއަށް މިމަންމަ މަރުވެއްޖެކަމަށް ހީކޮށްލާ.” ހައްވަގެ ނިންމުން އިއްވާލުމުން ޝިފާންއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ރޭޝަމް އިތުރަށް އެއްވެސް ބަހެއް ނުބުނެ ދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ. ޝިފާން އެއިންގޮތަށް އިސްއޮބާލައިގެން އިނެވެ. ހައްވަ ރުޅިގަދަވެ ހިތުގައި ޖެހުނުވަރުން ރޮއިގަންނަމުން މޫނު ދެއަތުގެ ތެރެއަށްލާ ފޮރުވާލިއެވެ. “ހައްވައްތަ ތިގޮތަށް ރޯތަން ފެނުނީމަ އަހަރެން ވަރަށް ދެރަވޭ. އަހަރެންނަށް މަޢާފްކުރޭ! […]
“ދަރިފުޅު ކީއްތިކުރީ؟” އާލިމްއަށް ބުނެވުނެވެ. “ދަރިފުޅު ރަނގަޅުތަ؟ ދަރިފުޅު ހިތްހަމަނުޖެހޭ ކަމެއް އޮތިއްޔާ ޖެހިލުންނުވެ ބައްޕަ ގާތު ބުނޭ. ބައްޕަ އަބަދުވެސް އެދެނީ ބައްޕަގެ ތިބި ދެދަރިން އުފަލުގަ ތިބުން.” އާލިމްއަށް ޒައިކް އެކައިވެންޏާމެދު އުފާނުވާހެން ހީވާތީ ބުނެލިއެވެ. “ބައްޕަގެ އުފަލަކީ އަޅުގަނޑުގެ އުފާ. އަޅުގަނޑު މިހުރީ ބައްޕަ އެދިލައްވާ ގޮތަކަށް ކަންތައް ކުރަން.” ޒައިކް އެހެން ބުނިއިރު އެހިތް ވޭނުން ތެޅިގަތްކަން ޔަޤީނެވެ. ލޯބި ނުލިބުނަސް ބައްޕައަށްޓަކައި ޤުރުބާންވާން އޭނާ ނިންމި ނިންމުމަކީ އެންމެ ރަނގަޅު […]