Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (7)

Saandy
March 30, 2017
8 Mins Read
49 Views
74 Comments

“ޒައިކް! ކިހިނެއްވީ؟ ހާދަ ހާސްވެފަ. ކާކަށްތަ މާވަރަކަށް ތި ގުޅަނީ؟” ޒައިކްގެ ހާސްކަން ފެނި ޒީނަތު ސުވާލުކުރިއެވެ. ޒީނަތުގެ ސުވާލަށް ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ތިބި ޒައިކްއާއި ޒީނަތުގެ އާއިލާގެ އެންމެންގެ ސަމާލުކަން ހުއްޓުނެވެ. ޒައިކްއަށް ބަލާލެވުނީ އޭނާގެ މަންމަގެ މޫނަށެވެ. އެއަށްފަހު ވަކިވަކިން އެންމެންގެ މޫނަށް ބަލާލިއިރު އެންމެންވެސް ތިބީ އެސުވާލުގެ ޖަވާބު ބޭނުންވެފައިކަން އެނގުނެވެ. އެވަގުތު ޒައިކްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީންއަށް އަރާފައި އޮތް ނަން ފެނުމުން ޒީނަތު މަޑުމަޑުން އެނަން ކިޔާލިއެވެ. ޒައިކް ލޯ އަޅާލުމުން ޒީނަތު ހިމޭންވިއެވެ. ނަމަވެސް އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.

“އެއީ ކޮން ރޭޝަމްއެއްބާ؟ އެމެރިކާއިން އައިފަހުން ޒައިކް ބިޓެއް ނެގީބާ؟ ނޫނީ އެއީ ޒައިކްގެ ޖީއެފްބާ؟ ނޫން. އެހެންނަމަ ބައްޕަ އަހަރެމެންގެ ކައިވެނި ހަމައެއް ނުޖެއްސީސް. އެހެންވިޔަސް އެއީ ކޮން ކުއްޖެއްތޯ ބަލަން ޖެހޭނެ.” ޒީނަތު ހިތާހިތުން ވާހަކަދައްކަމުން ދިޔައެވެ.

“ޒައިކް! ދަރިފުޅު ގާތު ބައްޕަ އަބަދުވެސް ބުނަމެއްނު ކާމޭޒުދޮށުގަ އިންނައިރު ފޯނު އޮފްކޮށްލާފަ ނޫނީ ސައިލެންޓަށް ލާފަ ބާއްވާށޭ.” ޒައިކްގެ ބައްޕަ އެހެން ބުނިއިރު އެއަޑުގައި ނުރުހުމެއްވީކަން ޔަޤީނެވެ. ޒީނަތުގެ ބައްޕަ ރިޔާޒްގެ ހިތް ބުރަވާ ޒާތުގެ އެއްވެސް ކަމެއް ވާކަށް އޭނާ ބޭނުމެއްނުވެއެވެ.

ޒައިކް މަޢާފަށް އެދެމުން ފޯނު ނިއްވާލިއެވެ. ރޭޝަމްއަށް ފަހުން ގުޅާނީއޭ ހިތައެވެ. ކައިގެން އެންމެން ނުކުމެގެން ދިޔައިރުވެސް ޒައިކްގެ މަންމަ ހުސްނާ އެއިންގޮތަށް ފުން ވިސްނުމަކަށް ގެއްލިފައި އިނެވެ. ޒީނަތު ކިތަންމެ މަޑުން އެނަން ކީނަމަވެސް އޭނާއަށް އެއަޑު އިވުނެވެ. “ރޭޝަމް” އެނަމަކީ އޭނާގެ ދަރިފުޅުގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލި އަންހެންކުއްޖާގެ ނަމެވެ. އެނަން އިވުނަސް އޭނާގެ ހިތުގައި ނަފުރަތުގެ ހުޅު ރޯވެ އަނދަން ފަށައެވެ.

“އަނެއްކާ ޒައިކްގެ ހަޔާތަށް ރޭޝަމް އައީބާ؟ ހަމަހިލާ އެހެން ވިޔަކަ ނުދޭނަން. ދެވަނަ ފަހަރަށް އެ އަންހެންކުއްޖާއަށް މަގޭ ދަރިފުޅުގެ ހަޔާތަކާ ނުކުޅެވޭނެ.” ހުސްނާ އަމިއްލަ ހިތާ ވާހަކަދައްކަމުން ދިޔައެވެ.

“ހުސްނާ! ކިހިނެއްވެފަ ތިއިނީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟ ރިޔާޒްމެން ދެމަފިރިން ދާން އެބައުޅޭ.” އާލިމް އެހެން ބުނެލުމުން ހުސްނާ ތެދުވެ ޓިޝޫއަކުން އަތާއި ތުން ފޮހެލިއެވެ. އެއަށްފަހު އާލިމްއާއެކު ދާން ހިނގައިގަންނަމުން ކަމެއް ނުވާކަމަށް ބުނެލިއެވެ.

ޒައިކް ކޮޓަރިއަށް ވަތްގޮތަށް ރޭޝަމްއަށް ގުޅާލިއެވެ. ނަމަވެސް މިފަހަރުވެސް ނަސީބު އަތުގައި ނުހިފުމުން އޭނާ ފޫހިވިއެވެ. އެނދުގައި އުޑުތިލަމަތިން އޮވެ ވިސްނާލިއެވެ. އެއަށްފަހު އޭނާއަށް ވިސްނުނު ގޮތަށް ހޮސްޕިޓަލަށް ދާން ތައްޔާރުވާން ފެށިއެވެ. އެވަގުތު ދޮރުގައި ޓަކިދިން އަޑު އިވުނެވެ.

“ވަދޭ. ހުޅުވާފަ.” ޒައިކް ބޮލުގައި ޖެލް ލަމުން ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލި އަޑު އިވުމުން އޭނާ ބަލާލީ ކާކުތޯއެވެ.

“މަންމަ!؟ މިގަޑީ!؟ ކަމަކުތަ؟” ތައްޔާރުވާން ހުރި ޒައިކްއަށް ލިބުނު ހައިރާންކަމުގައި އަވަސްއަވަހަށް އައިސް ހުސްނާގެ ގާތަށް ހުއްޓުނެވެ.

“މަންމަ މިއައީ ދަރިފުޅާ ވާހަކައެއް ދައްކާލަންކަމަށް. އެކަމު ހީވަނީ މިވަގުތު ދަރިފުޅު ތަނަކަށް ދާން އުޅޭހެން.” ހުސްނާ ބުނެލިއެވެ.

“އެހެންތަ؟ މަންމަ ދައްކަން އައި ވާހަކައަށްވުރެ މުހިންމު ކަމެއް އަހަރެންނަށް އޮންނާނެތަ؟” ޒައިކް ހީލަމުން ހުސްނާގެ އަތުގައި ހިފައިގެން އައިސް އެނދުގައި ބައިންދާފައި ހުސްނާ ދައްކަންއުޅޭ ވާހަކަ އަޑުއެހުމަށް ތައްޔާރުވެލިއެވެ.

ޒައިކްގެ އަތުގައި ހިފާލަމުން ހުސްނާ ދައްކަންފެށި ވާހަކައިން ޒައިކްއަށް ލިބުނީ ހައިރާންކަމެވެ.

“މަންމަ ތި ހީކުރާ ކަހަލަ ގުޅުމެއް އަހަރެންނާ ޒީނަތުއާ ދެމެދަކު ނުވޭ. އަހަރެމެން މީ ހަމައެކަނި ރައްޓެހިން.” ޒައިކް ބުނެލިއެވެ.

“މަންމައަށް އެނގޭ. އެކަމަކު ދަރިފުޅުގެ ބައްޕައާ ޒީނަތުގެ ބައްޕަ ވަނީ ތިދެކުދިންގެ ކައިވެނި ހަމަޖައްސާފަ. ޒީނަތަކީ ރީތި ކުއްޖެއް. ކިޔަވައިގެން ހުރި މޮޅު ކުއްޖެއް. މި ބޮޑު މާލޭގަ އަތްފުނާ އެޅިޔަސް އެވަރުގެ ކުއްޖަކު ނުލިބޭނެ. މަންމައަށް ފެންނަނީ ދަރިފުޅު އެކަން ކުރަން. ދަރިފުޅު އެކަމަށް ނޫނެކޭ ބުނެފިއްޔާ ދަރިފުޅުގެ ބައްޕަ ވަރަށް ދެރަވެ ލަދުގަންނާނެ.” ހުސްނާ އޭނާވެސް އެދޭގޮތް ހާމަކުރިއެވެ.

“މަންމާ! އަހަރެން ލޯބިވާ ކުއްޖަކު ހުރޭ. އަހަރެން ބޭނުންވަނީ އެކުއްޖާއާއެކު ދިރިއުޅެން.” ޒައިކް އިސްއޮބާލައިގެން އިންއިރު ހިތް ތެޅެމުންދިޔައީ އޮބިނޯންނަ ވަރަށެވެ. މަންމަ ގާތުގައި ރޭޝަމްގެ ވާހަކަ ބުނާނެ ގޮތެއް ޒައިކްއަކަށް ނުވިސްނުނެވެ.

“ރޭޝަމްތަ؟ ރޭޝަމް ކަންތައް ކުރިގޮތް ދަރިފުޅު ހަނދާން ނެތުނީތަ؟ އެހެންނޫނަސް އެ ރޭޝަމް ދަރިފުޅާ ދޭތެރޭ ދެކޭގޮތް އެނގެއެއްނު. އޭނަ ދަރިފުޅުގެ ލޯބި ޤަބޫލެއް ނުކުރާނެ. ތިކަމުން ދަރިފުޅަށް އިތުރު ހިތްދަތިކަމެއް ލިބުން ނޫންކަމެއް ނުވާނެ.” ހުސްނާ ބޭނުންވަނީ މިހާރު ޒައިކްއާއި ރޭޝަމް އުޅެނީ ގުޅިގެންތޯ ބަލާށެވެ.

“މަންމާ! އެއީ މާޒީވެ ގޮސްފައިވާ ދުވަސްތަކެއް. ރޭޝަމްގެ މަޤާމުގަ ކޮންމެ މީހަކު ހުރިނަމަވެސް އެގޮތަށް ކަންތައް ކުރެވުނީސް. އަހަރެންގެ ހިތުގަ ރޭޝަމްއާމެދު އެއްވެސް ޝަކުވާއެއް ނެތް. އަހަރެން އަދިވެސް އޭނަދެކެ ލޯބިވޭ…”

“ދެން ރޭޝަމްއޯ؟” ޒައިކްގެ ވާހަކަ މެދުކަނޑާލަމުން ހުސްނާ ދެބުމަ ގޮށްޖަހާލައިގެން އިނދެ އަހާލިއެވެ.

“ރޭޝަމްވެސް.” މިހާރު ޒައިކް ހަމަ ރަނގަޅަށްވެސް ފިނިވެއްޖެއެވެ. ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. ހުސްނާ ދޭ ޖަވާބެއް އަޑުއެހުމަށް އޭނާ ކެތްމަދުވިއެވެ.

“އެހެންވީމަ ދަރިފުޅުގެ ކުރިމަތީގަ ދަރިފުޅުގެ ބައްޕަގެ އެއްވެސް އަގެއް ނެތް. އެބައްޕަ ތިދަރިފުޅު ސަލާމަތްކުރަން ކުރި މަސައްކަތް ދަރިފުޅަށް ނޭނގުނީތަ؟ އެބައްޕަ އެތައް ބައެއްގެ ގާތަށް ގޮސް ތިދަރިފުޅަށްޓަކައި ޖެހި ސަލާން މިމަންމަ ދުށިން. އެދެލޮލުން ކޮންމެ ރެއަކު އޮހޮރި ކަރުނަ މިމަންމަ ދުށިން. ރިޔާޒްގެ އެހީ ނުލިބުނުނަމަ އަދިވެސް ޒައިކް އޮތީހީ ޖަލުގެ ތޭރިތަކުގެ ތެރޭގަ. އެ ރޭޝަމްގެ ސަބަބުން މި އާއިލާއަށް ލިބުނު ނިކަމެތިކަން ދަރިފުޅު ހަނދާން ނައްތާލިޔަސް މިމަންމަ ހަނދާނެއް ނުނެތޭނެ. މަންމަގެ ހިތް ދުވަހަކުވެސް އޭނައަކަށް ހެވެއް ނުވާނެ.” ހުސްނާ ކިތަންމެ ރުޅިއަޔަސް ކެތްތެރިވިއެވެ. ދަރިފުޅަށް ދުވަހަކުވެސް އަޑުނުލާ ހުސްނާގެ އަޑު މިރޭ ތަންކޮޅެއް ބާރުވެސްވިއެވެ. ނަމަވެސް އޭނާ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވިއެވެ.

ހުސްނާގެ ވާހަކަތަކުން ޒައިކްގެ ހިތް ފުނޑުފުނޑުވިއެވެ. އޭނާގެ ލޯބީގައި ކުލަޖެހެން އުޅެފައިވެސް އެކުލަ ފޭދިގެން ދިޔައީއެވެ. އޭނާއަށް ހީވީ އެވަގުތު އޭނާގެ ހިތްވެސް ހުއްޓެން އުޅުނުހެންނެވެ. ހިތްވަރުކޮށްފައިވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.

“ދަރިފުޅު ވިސްނާފަ ގޮތެއް ނިންމާ. އެއްކޮޅުގަ ދަރިފުޅުގެ ލޯބި. އަނެއްކޮޅުގަ ދަރިފުޅުގެ ބައްޕަ. އެބައްޕަ އެތައް ޤުރުބާނީއެއްވެގެން ބިނާކުރި ދިރިއުޅުން ދަރިފުޅުގެ އެންމެ ޖުމްލައަކުން ފުނޑުފުނޑުވާނެ.” ހުސްނާ އެދިޔައީ ޒައިކްއަށް އެންމެ އުނދަގޫ ނިންމުން ނިންމަން އަންގާފައެވެ.

ޒައިކްއަށް އެނދުމައްޗަށް އުޑުތިލަމަތިން ވެއްޓިގަނެވުނެވެ. މައްޔިތެއް ފަދައިން ހިމޭންވެފައި އޮތް ޒައިކްގެ ދެލޮލުން އެއްވެސް އިޚްތިޔާރަކާނުލާ ވޭނީ ކަރުނަ އޮހެމުން ދިޔައެވެ. އޭނާ ރޭޝަމްއާނުލާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ ރޭޝަމް އެއީ އޭނާ ދިރިހުރުމުގެ އުއްމީދެވެ. އެހިތުގެ ދިރުމެވެ. ހިތުގެ ހަމަޖެހުމެވެ. އެހަމަޖެހުމާއި އެ ދިރުމާއިނުލާ އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ؟

ޖެހިގެން އައި ދުވަހު ރޭޝަމް އޮފީހަށް ދިޔައެވެ. ރިމްޝާ ހޮސްޕިޓަލުން ދޫކޮށްނުލިނަމަވެސް ވަޒީފާ ގެއްލިދާނެތީ އެކަމާވެސް އޭނާ ވިސްނަންޖެހެއެވެ.

“ރޭޝަމް! ދަރި ރަނގަޅުވީތަ ތި ނުކުތީ؟” ރޭޝަމް ފެނުމާއެކު ލާރާ އައިސް އަހާލިއެވެ.

“ރަނގަޅެއްނުވޭ. އެކަމަކު ނައިސް ކީއްކުރާނީ؟ އިތުރު ދުވަހެއް ނުދިންވިއްޔަ.” ރޭޝަމް ފައިލުތައް ތަރުތީބުކޮށްލަމުން ބުނެލިއެވެ.

“އޭތް. ރޭޝަމް އައީތަ؟ ހިނގާ ސައިބޯން.” ދިމްނާ ސައިބޯން ދާންވެގެން ލާރާ ކޮބައިތޯ ބަލާލި ވަގުތު ރޭޝަމް ފެނުމުން ބުންޏެވެ. ރޭގައި ނުކައި ނިދުމުގެ ސަބަބުން ރޭޝަމް ހުރީ ވަރަށް ބަނޑުހައިވެފައެވެ. ތިންމީހުން އެކުގައި ސައިބޯން ދިޔައެވެ. ސައިބޯން ތިބިއިރު ރޭޝަމް ހިމޭންވެފައި އިނުމުން ވީ ކީއްތޯ ލާރާ ސުވާލުކޮށްލިއެވެ.

“ކަމެއްނުވޭ. ރީމް ބަލިކޮށް އުޅޭތީ ވިސްނެނީ.” ރޭޝަމް އޮޅުވާލިއެވެ. އޭނާގެ ވިސްނަމުންދަނީ ޒައިކްއާ މެދުގައެވެ. އަދިވެސް ޒައިކް އޮފީހަކަށް ނާދެއެވެ. ރޭގަ ޒައިކްއަށް ގުޅާގުޅާ ފޯނު ނުނެގުމުން، ފަހުން ގުޅާނެކަމަށް ހީކޮށް އޮއްވާ އޭނާއަށް ނިދުނީއެވެ. ދަންވަރު އޭނާއަށް ހޭލެވުނުއިރު ޒައިކް ދެތިންފަހަރު ގުޅާފައި އޮތެވެ. އެހާ ދަންވެފައި ހުރުމުން އޭނާ ނުގުޅީ ހެނދުނު އޮފީހަށް އައިސްފައި ވާހަކަދައްކަން ކަމަށެވެ.

“ޒައިކް މިއަދު އޮފީހަށް ނާންނަނީބާ؟ އަނެއްކާ ޒައިކްއަށް ކަމެއްވީބާ؟” ރޭޝަމް ވިސްނަން އިންދާ އެތެރެއަށް އައިސް ވަނީ ޒައިކްއެވެ. އެޔާއެކު އޭނާއަށް ހިނިތުންވެލެވުނެވެ.

“ޒުހައިރު!” ޒައިކް ގޮވާލުމުން އެމީހުން ގާތު ސައިބޯން އިން ޒުހައިރު ތެދުވިއެވެ. ޒުހައިރުއާއެކު ހިނގައިގަންނަމުން ޒައިކް ރޭޝަމްއަށް ބަލާލީ ލޮލުގެ ހިމަކޮޅުންނެވެ. ރޭޝަމް ހިނިތުންވެލައިގެން ޒައިކްއަށް ބަލަން އިނެވެ.

މިއަދު ރޭޝަމް ވަރަށްވެސް ރީއްޗެވެ. ޒައިކްގެ ހިތް އެދުނީ ހިތް ފުރެންދެން ރޭޝަމްއަށް ބަލަން ހުންނާށެވެ. ނަމަވެސް އޭނާގެ ހިއްސުތަކަށް ބާރު ފޯރުވަން މިއަދު އޭނާއަށްވަނީ މަޖުބޫރުވެފައެވެ. ރޭގައި އޭނާގެ މަންމަ އެ ދެއްކި ވާހަކަތައް އަދިވެސް އޭނާގެ ކަންފަތުގައި ގުގުމާލާފައި އެބަހުއްޓެވެ. ޒައިކް ލޯމަރާލަމުން ފުން ނޭވައެއް ބޭރުކޮށްލިއެވެ. އޭނާގެ ނަފްސުގެ މައްޗަށް އޭނާއަށް ބާރު ފޯރުވެން ޖެހޭނެއެވެ. މިއަދު އޭނާއަކަށް އެނޫންގޮތެއް ނެތެވެ.

ބޭރުގައި އުޅެފައި ޒައިކް އެނބުރި އޮފީހަށް އައިއިރު އޮފީސް ނިމިގެން އެންމެން ގެއަށް ގޮސްފިއެވެ. އެކަކުވެސް ނެތުމުން ޒައިކް ކެބިންއަށް ވަދެ ލެޕްޓޮޕް ދަބަސް ނަގާ ކޮނޑުގައި އަޅުވާލި ވަގުތު މޭޒުމަތީ އޮތް އޭފޯ ސައިޒު ގަނޑެއް ލޮލުގައި އަޅައިގަތެވެ. އެ ނަގާ ބަލާލިއިރު އެއީ ރޭޝަމް ލިޔެފައި އޮތް ލިޔުންކޮޅެކެވެ. ރޭގައި ވީގޮތް ބަޔާންކޮސް ލިޔެފައިވާއިރު މަޢާފަށްވެސް އެދިފައިވެއެވެ. އަދި ޒައިކް ގުޅާނެކަމުގެ އުއްމީދުގައި އިންތިޒާރުގައި ހުރި ވާހަކަވެސް ލިޔެފައިވެއެވެ. ޒައިކް އެ ގަނޑަށް ބަލަން ހުރިއިރު ދެލޯ ފުރިގެން އައި ކަރުނަތަކުން އެގަނޑު ތެންމާލިއެވެ.

“އަހަރެންނަށް ރޭޝަމްއަށް މިވާހަކަތައް ކިޔައިދެވޭނެނަމަ. އަހަރެންނަށް މަޖުބޫރުވެފައިވާ މިންވަރު އަންގައިދެވޭނެނަމަ. ރޭޝަމް! އަހަރެންނަށް މަޢާފްކުރޭ. އަހަރެންނަށް ޖެހޭނީ އަބަދަށްޓަކައި ރޭޝަމްއާ ވަކިވާން. މިނޫންގޮތެއް ނެތް. އަހަރެންގެ ނަސީބުގަ ރޭޝަމް ލިބޭކަށް ނެތް. އެކަމަކު ތިލޯތްބެއް ދުވަހަކުވެސް މިހިތަކުން ނުފިލާނެ. މިހަށިން ފުރާނަ ނުކުތަސް ތިލޯތްބެއް ނުފިލާނެ. ތީ އަހަރެންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ލޯބި.” ޒައިކް އޭނާގެ އަތުގައި އޮތް ގަނޑު ފަށްފަށްކޮށްލުމަށްފަހު ޑަސްބިނަށް ވައްޓާލިއެވެ. ލޮލުން އޮހުނު ކަރުނައިން ތެމިފައިވާ ކޯތާފަތް ފޮހެލިއެވެ. އެއަށްފަހު މަޑު ފިޔަވަޅުތަކެއްގައި ގޮސް އޮފީހުން ނުކުތީ އެހިތުގައި އަޅާ ވޭނަށް ކެތްކުރަމުންނެވެ.

ދުނިޔެ ދައުރުވަމުން ދަނީ އެކި ދުވަހު އެކި ކުލަ ޖައްސަމުންކަން ރޭޝަމްވެސް ޤަބޫލުކުރެއެވެ. ނަމަވެސް އޭނާގެ ލޯބި މިހާ އަވަހަށް ކުލަ ނުޖެހި އޭނާގެ އަތުން ބީވެދާނެކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ހަފްތާއެއް ވެގެން ދިޔައިރު އަދިވެސް އޭނާއަކަށް ޒައިކްއަށް ވެގެންއުޅޭ ގޮތެއް ނޭނގެއެވެ. ޒައިކް އޭނާއާ ވާހަކަ ނުދައްކާތާ ފޯނު ކުރިޔަސް ފޯނެއްވެސް ނުނަގައެވެ. އޮފީހުގެ އެކި ކަންކަމުގައިވެސް އޭނާއާ ވާހަކަދައްކަނީ ލޫތު ނޫނީ ޒުހައިރު މެދުވެރިކޮށެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން އެނގެއެވެ. ނަމަވެސް ވީ ކީއްކަމެއް އެއްގޮތަކަށްވެސް ރޭޝަމްގެ ވިސްނުމަކަށް ނުގެނެވުނެވެ.

“ޒައިކް ޕްލީޒް! އެއްފަހަރު ނަމަވެސް އަހަރެންނާ އަނގައިން ބުނެލަބަލަ. ވެގެންއުޅޭ ގޮތް ބުނެދީބަލަ. ތިދެލޮލުން ފެންނަން އެހުންނަ ރިހުން… އާހް… އަހަރެންގެ ހިތް ކުދިކުދިވެގެން ދާވަރުވޭ. ޕްލީޒް! ޒައިކް ޕްލީޒް! ހަމަ އެންމެ ފަހަރަކު އަހަރެން ގުޅީމަ ފޯނު ނަގާބަލަ. ޕްލީޒް!” ރޭޝަމްގެ ހިތް ޝަކުވާއިން ފުރެމުން ދަނީއެވެ. މި ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭ އޭނާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.

ރޭޝަމް އިނީ އޭނާގެ ކޮޓަރީގައި ހުރި ރީތިވާ މޭޒު ކައިރީގައެވެ. އޭނާ ތައްޔާރުވަމުން އެދަނީ އޮފީހުގެ އަހަރީ ޖަލްސާއަށް ދާށެވެ. މިރެއަކީ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ޚާއްސަ ރެއެކެވެ. އެތައް ބައެއްގެ އުއްމީދުގައި ކުލަ ޖެހިގެންދާނެ ރެއެކެވެ. މިރެއަށްޓަކައި ރޭޝަމްގެ ހިތުގައިވެސް އުއްމީދުތަކެއްވެއެވެ. މަޤާމުގެ ކުރިއެރުމެއް ލިބޭނެކަމުގެ އުއްމީދެވެ.

ޖަލްސާއަށް ތައްޔާރުކޮށްފައިވާ ހޯލަށް ވަދެގެން ދިޔައިރު ރޭޝަމްގެ ހިތުގައި މަޑު ތެޅުމެއްވިއެވެ. ލޯ ހޯދަމުން ދިޔައީ އެރީތި ސޫރައެވެ. އެހިތުގެ ހަމަޖެހުމާއި އެލޮލުގެ ފިނިކަން ލިއްބައިދޭ ޒައިކް ދުށުމަށް އެހިތް ބޭޤަރާރުކަމާއެކު އިންތިޒާރުކުރަމުން ދިޔައެވެ.

“ވާއު! ރޭޝަމް ބަލާބަލަ އެކޮޅު. އަހަރެމެންގެ ސަރ މިރޭ ހާދަހާ ރީއްޗޭ. އެހެރަ ސްޓައިލިޝްކަމެއް. ބަލާ ފޫހިނުވާހާ ރީތި.” ލާރާ ރޭޝަމްގެ ގައިގައި ކޮއްޓާލަމުން، ހޯލަށް ވަދެގެން އަންނަ ޒައިކް ދައްކާލިއެވެ.

“ސަރގެ އަތުގަ ހިފައިގެން އެހުރީ ކޮން އަންހެންކުއްޖެއް؟ ސަރގެ ޖީއެފްއަށް ވެދާނެ ދޯ؟” ކުއްލިއަކަށް ދިމްނާގެ ލޮލުގައި އަޅައިގަތީ ޒައިކްގެ އަތު މުލައްދަނޑީގައި ދެއަތުން ހިފަހައްޓާލއިގެން ޒައިކްއާ އެއްވަރަށް ހިނގާލާފައި އައި ޒީނަތުއެވެ. ކަކުލުން މައްޗަށް ހުރި ރަތާއި ކަޅުކުލައިގެ ހެދުމުގައި ހުރި ޒީނަތުގެ އޮމާން ދޮން ދެފައި އޮތީ ހާމައަށް ފެންނާށެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ މަޑު މުށިކުލައިގައެވެ. ބޮލުގެ މެދަށް ނަގާފައިވާ އިސްތަށިކޮޅުގައި ޖަހާފައިވާ ކުޑަ ދަތިން އެ ފަން އިސްތަށިކޮޅު ހައްޔަރުކޮށްލާފައިވެއެވެ. މޭކަޕް ކޮށްލާފައި ހުރިއިރު އެ އޮމާން މޫނު ފެނި އެތައް ފިރިހެންކުއްޖެއްގެ ތަލިން ކުޅު ހިކުނެވެ. ޒީނަތުގެ ރީތިކަމާއި ފަރިކަން ފެނި އެތަނުގައި ތިބި އަންހެންކުދިންގެ ހިތް ހަސަދައިން ފުރިގެން ދިޔައެވެ. އެންމެ ބޮޑުވަރުވީ ރޭޝަމްއަށެވެ.

“މިއީތާ ޒައިކް މިހާ ބަދަލުވި ސަބަބަކީ. އެކަމު ޒައިކް… އަހަރެން ހިއެއްވެސް ނުކުރަން… ނޫން. ޒައިކްއަކީ އެކަހަލަ މީހެއްނޫން. އެވާނީ އޭނަގެ ރައްޓެއްސަކަށް. އަހަރެންވެސް ދޯ؟ އަބަދު ގޯސްކޮށް ވިސްނާކަށް ނުވާނެ.” ރޭޝަމް އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައިރު އޭނާއަށް ނުވިސްނުނީ ފެންނަމުން އެދަނީ ހަޤީޤަތެއްކަމެވެ.

އެންމެން އިންތިޒާރުކުރަމުން އައި ވަގުތު ޖެހިއްޖެއެވެ. ޒައިކްގެ އަތުން އެތައް މުވައްޒަފުންނަކަށް ވަޒީފާގެ ކުރިއެރުމާއިއެކު މުސާރައިގެ ކުރިއެރުން ދެމުން ދިޔައިރު ރޭޝަމް އިންތިޒާރުކުރަމުން ދިޔައީ އޭނާގެ ނަން ގޮވާލާނެ އިރަކަށެވެ. ނަމަވެސް ހަފްލާގެ އެބައި ނިމުނުއިރުވެސް އޭނާގެ ނަމެއް ނުގޮވިއެވެ. އެކަމާ ރޭޝަމް ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ހިތުގައި ޖެހުނުވަރުން ވަގުތުން ލޮލުން ފެންއައެވެ. އެވަރުންވެސް އޭނާ ކެތްކުރިއެވެ. ޒައިކްއާ ދިމާއަށް ބަލަންހުރީ ޝަކުވާއިން ފުރިގެންވާ ނަޒަރަކުންނެވެ.

“ރޭޝަމް! އަޅެ ރޭޝަމްއަށް އެއްވެސް ކަމެއް ނެތް؟ މީ އެއްވެސް ވަރަކަށް އިންސާފުން ކުރިކަމެއް ނޫން.” ލާރާއާއި ދިމްނާ ވާހަކަދެއްކީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ރޭޝަމްހާ ރަނގަޅަށް މަސައްކަތްކުރި އެކަކުވެސް އެއޮފީހުގައި ނުހުންނާނެކަން އެއީ އެންމެންވެސް ދަންނަ ކަމެކެވެ.

ރޭޝަމް އިނީ ނުރޯން ހިތްވަރުކޮށްގެން ކަމަށްވިޔަސް ދެން އިޢުލާންކޮށްލި ކަމަކުން ރޭޝަމްގެ ހިތުގެ އެންމެ ހިމަނާރަށް ދަންދެން އަސަރުކޮށްލިއެވެ. ޒީނަތުގެ ބައްޕަ ރިޔާޒް ސްޓޭޖަށް އަރާ ޒައިކްއާއި ޒީނަތުގެ ކައިވެނި އިޢުލާންކޮށްލުމުން ރޭޝަމްއަކަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. މުތީތަކެއްގެ ސިފައިގައި އެކަރުނަތައް ކޯތާފަތުގައި ބޮސްދޭން ފެށިއެވެ. އެވަގުތު ރޭޝަމް ބޭނުންވީ ދުވެފައި ޒައިކްގެ ގާތަށް ދާށެވެ. އޭނާއަށް އެހެން ހަދާ ސަބަބެއް އޮޅުންފިލުވާށެވެ. ކުއްލިއަކަށް ރޭޝަމް ގޮނޑިން ތެދުވިތަން ފެނިފައި ޒައިކް ހާސްވިއެވެ. މިފަދަ ޖަލްސާއެއްގައި ރޭޝަމް ކަމެއް ކޮށްފާނެތީ ޖެހިލުންވިއެވެ. ކުއްލިއަކަށް ޒައިކްއަށް ތެޅިގަނެވުނީ ރޭޝަމް ދުއްވައިގަތްތަން ފެނިފައެވެ.

ރޭޝަމް ތެދުވެ ދުއްވައިގަތްތަން ފެނިފައި ދިމްނާއާއި ލާރާ ހާސްވިއެވެ. ޒައިކްއަށް ލިބުނު ހައިރާންކަމުން ބޭއިޚްތިޔާރުގައި އެދިމާއަށް ދާން ހިނގައިގަނެވުނެވެ. ކުރިއަށް އެޅި ދެތިން ފިޔަވަޅު ފަހަތަށް އަޅަން އޭނާއަށް މަޖުބޫރުވީ ސްޓޭޖަށް އަރައިގެން އަންނަ އޭނާގެ ބައްޕަ ފެނިފައެވެ. އެވަގުތު އޭނާގެ މަންމަ ދެއްކި ވާހަކަތައް އޭނާގެ ހިއްސުތަކުގެ މައްޗަށް ބާރު ނުފޯރުވިނަމަ އޭނާއަށް ރޭޝަމްގެ ފަހަތުން ދެވުނީސްކަން ޔަޤީނެވެ. ދިމްނާއާއި ލާރާވެސް ދާން އުޅެފައި މަޑުކޮށްލީ އެގޮތަށް އެމީހުން ތެދުވެގެން ދާތަން ފެނި ޖަލްސާގައި ތިބި މީހުންގެ ދޫތަކުން އެވާހަކަތައް ދައްކަން ފުރުސަތު ނުދިނުމަށްޓަކައެވެ.

“ލާރާ! އިހަށް މަޑުކުރޭ! އިރުކޮޅަކުން ދާނީ.” ލާރާގެ އަތުގައި ހިފައި ގޮނޑީގައި ބައިންދަމުން ދިމްނާ މަޑުމަޑުން ބުނެލިއެވެ.

“އެކަމަކު ރޭޝަމް ކަމެއް ކޮށްފިއްޔާ…؟” ލާރާ އެހެން ބުނެލުމުން ދިމްނާވެސް ހާސްވިއެވެ. ދެމީހުން މަޑުމަޑުން ތެދުވެ ފާޚާނާއާ ދިމާއަށް ދިޔައީ ރޭޝަމް ވާނީ ފާޚާނާގައިކަން ޔަޤީންވާތީއެވެ.

ސްޓޭޖުން ފޭބި ޒައިކް އޭނާއަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި އިށީނުމުގެ ބަދަލުގައި ހިނގައިގަތީ ބޭރު ދޮރާއި ދިމާއަށެވެ. އޭރު އެދެލޯ ވަނީ ކަރުނުން ފުރިފައެވެ.

“ރޭޝަމް! އަހަރެންނަށް މަޢާފްކުރޭ! އެނގޭ މިގޮތަށް ކަންތައް ކުރީމަ ތިހިތް ކުދިކުދިވާނެވަރު. އެކަމަކު މިއަދު މިނޫންގޮތެއް ނެތް.” ޒައިކް ކާރަށް އަރާ ދުއްވާލީ ދާނެ ވަކި މަންޒިލެއް އޮވެގެނެއް ނޫނެވެ. އިތުރަށް އެތަނުގައި ހުރެގެން އެހިތަށް އިތުރު ވޭނެއް ދޭން ބޭނުންނުވީއެވެ.

ދިމްނާއާއި ލާރާ ގޮވާ ގޮވާވެސް ރޭޝަމް ދޮރެއް ނުހުޅުވިއެވެ. ގާތްގަނޑަކަށް ތިރީހަކަށް މިނެޓް ފަހުން ރޭޝަމް ދޮރު ހުޅުވާލާފައި ނުކުތްއިރު އެދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އެހާވަރަށް އޭނާ ރޮއިފިއެވެ.

“ރޭޝަމް! އާރ ޔޫ އޯކޭ؟” ރޭޝަމް ހުރިގޮތް ފެނުމުން ދިމްނާއަށް އަހާލެވުނެވެ.

“އެ ޒައިކް ހިތަށް އަރަނީ ކީކޭތަ؟ ރޭޝަމް ނޫން އެންމެންނަށް އޭނަ ވަޒީފާއާއި މުސާރައިގެ ކުރިއެރުން ދިންއިރު އެކަމަށް އެންމެ ޙައްޤުވެރި ފަރާތް ބާކީކޮށްލަން ލަދެއްވެސް ނުގަނެޔޭ. މި ކޮމްޕެނީ ކޮމްޕެނީއަކަށް ހެދީ ރޭޗަމްގެ ދެއަތުންކަން އެ ނުލަފާ، އިންސާނިޔަތުކަމެއް ނެތް ޒައިކްއަށް ހަމަ ނޭނގުނީތަ؟” ލާރާ ރުޅިއައިސްގެން ޒައިކްއާ ދިމާއަށް އެތިވަރު ގޮވިއިރު ރޭޝަމް ހުރީ ހިމޭނުންނެވެ. އެދެލޮލުގައި އަދިވެސް ވިދަވިދާ ހުރީ ތާޒާ ކަރުނައެވެ. ކިތަންމެ ކެތްކުރިޔަސް މިއަދު ރޭޝަމްގެ ލޮލުން އޮހޭ ކަރުނައެއް އޭނާއަކަށް ނުހުއްޓުވޭނެއެވެ. އެއަށްވުރެ ބޮޑަށް ޒައިކް އޭނާގެ ހިތް ޒަޚަމްކޮށްލައިފިއެވެ.

ޖަލްސާ ނިންމާފައި އެންމެން ކެއުމަށް އިންސާފުކުރިއިރު ޒައިކް ނެތްކަން އެނގި އެންމެން ހާސްވިއެވެ. ޒައިކްއަށް ގުޅިއިރު ފޯނު އޮތީ ނިއްވާލާފައެވެ.

“ހުސްނާ! އަހަރެންނަށް ހީވަނީ މި ކުރެވުނު ކަމަކުން ޒައިކް ހިތްހަމަނުޖެހުނީހެން. އެހެންވެ ކަންނޭނގެ ފޯނު ނިއްވާލައިގެން އެއުޅެނީ. އަނެއްކާ ޒައިކް މި ކައިވެންޏާ ނުރުހެނީބާ؟” ހުސްނާއަށް އެވަގުތު ބުނާނެ އެއްޗެއް ނުވިސްނުނެވެ. އޭނާގެ ދަރިފުޅުގެ ހިތުގެ ހާލު އޭނާއަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެއިރު އެދަރިފުޅަށް ޒީނަތުއާ ކައިވެނިކުރަން މަޖުބޫރުކުރުވި މީހަކީ ޚުދު އޭނާއެވެ.

ފަތިހުގެ ފިނިކަން ކެނޑި އިރުގެ ފުރަތަމަ ދޯދިތައް ދުނިޔެއަށް ފާއްދާލިއިރު ޒައިކް އިނީ އޭނާގެ ކާރުގައެވެ. އިރުއަރާ މަންޒަރު ބަލަން ކާރުގައި އިންއިރު އެދެލޮލުން ފެންނަންހުރީ ވޭނާއި ކެކުޅުމެވެ. އެ ވޭނާއި ކެކުޅުމަށް އާދަވެފައިވީ ނަމަވެސް ރޭޝަމް ރޯނެވަރު ހިތަށް އަރާފައި ލިބޭ ވޭން އިތުރުވިއެވެ. އިރުކޮޅެއްނުވެ އިރުގެ ހޫނުން މޫނު ފިއްސަން ފެށުމުން ޒައިކް ކާރު ދުއްވާލިއެވެ.

ހެނދުނުގެ ސައި މޭޒުދޮށުގައި ޒައިކްގެ އާއިލާ އެންމެން ތިބިއިރު އެންމެންގެ މޫނުމަތިންވެސް ފެންނަނީ ނުތަނަވަސްކަމެވެ. ރޭގައި ޒައިކް ގެއަށް ނިދަން ނާންނަކަން އެންމެންނަށްވެސް އެނގެއެވެ. އޭނާ ވީތަނެއް ނޭނގޭތާ އޭނަގެ ހާލުވެސް އެނގެނީއެއް ނޫނެވެ.

“ބައްޕާ! ތިވަރަށް ހާސްނުވެބަލަ. ޒައިކްއަކީ ކުޑަކުއްޖެއް ނޫނޭ. އޭނަ އަންނާނެ…” ޝާންގެ ވާހަކަ މެދުކެނޑުނީ އެތެރެއަށް ވަދެގެން އައި ޒައިކް ފެނިފައެވެ.

“ޒައިކް! ދަރިފުޅާ! އާދެބަލަ މިކޮޅަށް.” ޒައިކް ކޮޓަރިއަށް ދާން އުޅެފައި ބައްޕަގެ އަޑަށް އެނބުރި ބަލާލިއެވެ. ޒައިކް ހުރިގޮތް ފެނިފައި އެންމެންނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ގަމީހުގެ ދެތިން ގޮށް ނައްޓާލާފައިވާއިރު ބޯވެސް ވަނީ ހޭވިފައެވެ. އަތުމަތީގައި ކޯޓާއި ޓައީ އޮތެވެ. އެންމެންނަށްވެސް ޒައިކްއަށް ބަލަން ތިބެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ޒައިކް މަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ބައްޕަ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ. އެވަގުތު އަސްނާ ހޫނު ކޮފީތަށްޓެއް ގެނެސްދިނެވެ.

ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން ޒައިކްއަށް ވިސްނާނުލާ ތުންޖެހުނީ އާވި އަރައަރާ ހުރި ހޫނު ކޮފީތަށީގައެވެ. ތުންޖެހި ކޮފީތަށި އަތުން ދޫވެ މޭޒަށް ބަންޑުންވިއެވެ.

“ދަރިފުޅު ކީއްތިކުރީ؟” އާލިމްއަށް ބުނެވުނެވެ.

“ދަރިފުޅު ރަނގަޅުތަ؟ ދަރިފުޅު ހިތްހަމަނުޖެހޭ ކަމެއް އޮތިއްޔާ ޖެހިލުންނުވެ ބައްޕަ ގާތު ބުނޭ. ބައްޕަ އަބަދުވެސް އެދެނީ ބައްޕަގެ ތިބި ދެދަރިން އުފަލުގަ ތިބުން.” އާލިމްއަށް ޒައިކް އެކައިވެންޏާމެދު އުފާނުވާހެން ހީވާތީ ބުނެލިއެވެ.

(ނުނިމޭ)

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ޢަޞްރު (ފަހުބައި)

އިންތިޒާރު
Next

އިންތިޒާރު

Next
އިންތިޒާރު
March 30, 2017

އިންތިޒާރު

Previews
March 30, 2017

ޢަޞްރު (ފަހުބައި)

74 Comments

  1. Saandy says:
    March 30, 2017 at 7:03 am

    Assalaam A’laikum!! Miothy “REYSHAM” vaahakaige 7 vana bai… Hurihaa kudhinnahves kamudhaane kamah ummeedhu kuran… Hurihaa kudhinnahves varah baajjaveri dhuvahakah edhen… Love u all 🙂

    1. Kiyaa Meehaa says:
      March 30, 2017 at 8:16 am

      Same to u also dear.. love u too ??

  2. maree says:
    March 30, 2017 at 7:19 am

    vvvv reethi

    1. Saandy says:
      March 30, 2017 at 10:23 pm

      ThanQ Maree 🙂

  3. zoa says:
    March 30, 2017 at 7:20 am

    Wah. Story is very nice. Keep going saandy.

    1. Saandy says:
      March 30, 2017 at 10:25 pm

      ThanQ Zoa 🙂

  4. saamy says:
    March 30, 2017 at 7:25 am

    Waaauu…… saandy u de best… ? mi part ves v v reethi… kn irakun next part up kurany

    1. Saandy says:
      March 30, 2017 at 10:27 pm

      ThanQ Saamy… Maadhamaa hen’dhunu… Insha Allah!! 🙂

  5. Shai says:
    March 30, 2017 at 7:30 am

    V reethi

    1. Saandy says:
      March 30, 2017 at 10:28 pm

      ThanQ Shai 🙂

  6. Any says:
    March 30, 2017 at 7:32 am

    Wow v salhi alhey reysham an zaik vkinukurahchey

    1. Saandy says:
      March 30, 2017 at 10:29 pm

      ThanQ Any 🙂

  7. ShAhu says:
    March 30, 2017 at 7:54 am

    wowww sandy.. u r the best.. story hama habeyss.. when next part up kuraanee?? waiting waiting. ☺

    1. Saandy says:
      March 30, 2017 at 10:30 pm

      ThanQ ShAhu… Maadhamaa hen’dhunu… Insha Allah!! 🙂

  8. Zaanaa says:
    March 30, 2017 at 8:04 am

    V nice adhi eh part meyadhu up khoh deeba v kehmaduvefaa me huree dhan oiy part keyaa hethun

    1. Saandy says:
      March 30, 2017 at 10:33 pm

      ThanQ Zaanaa… Maadhamaa hen’dhunu up kohdheynan… Insha Allah!! 🙂

  9. Kiyaa Meehaa says:
    March 30, 2017 at 8:11 am

    WOW!! Awesome.. thank you Nain & Saandy.. waiting for the next part.. love u both ??

    1. Saandy says:
      March 30, 2017 at 10:34 pm

      ThanQ Kiyaa Meehaa 🙂

  10. Rai says:
    March 30, 2017 at 8:24 am

    V v reethi. ..???

    1. Saandy says:
      March 30, 2017 at 10:35 pm

      ThanQ Rai 🙂

  11. firu says:
    March 30, 2017 at 8:28 am

    wow. asluves hama v reethi mi story ❤

    1. Saandy says:
      March 30, 2017 at 10:36 pm

      ThanQ Firu 🙂

  12. Aisha says:
    March 30, 2017 at 8:31 am

    V nala story eh mee. Aisha ekkoh kyn mi story. Mee miharu mitha up vaa enme rythi story. Saandy aa Nainge collaboration eh vyma ethan eba feney. Meege originalga huri v gina mistakes miharaku neh. Keep it up guys ??

    1. Saandy says:
      March 30, 2017 at 10:37 pm

      ThanQ Aisha 🙂

  13. Aki says:
    March 30, 2017 at 9:02 am

    alhey zaik n reysham ah rangalhah loabi ge maa nufolhuvenis vakikuree ma varah dhera ……vaahaka vvv reethi

    1. Saandy says:
      March 30, 2017 at 10:38 pm

      ThanQ Aki 🙂

  14. Alex says:
    March 30, 2017 at 9:02 am

    Same to you sandy. Vrh salhi..

    1. Saandy says:
      March 30, 2017 at 10:39 pm

      ThanQ Alex 🙂

  15. ithoo says:
    March 30, 2017 at 9:11 am

    Mi part vx v nice..alhe zaik bunaane nama dww dad kairy merry kuran beynun nuvaa vaahaka a grl aa..hehe..keep it up saandy..☺

    1. Saandy says:
      March 30, 2017 at 10:40 pm

      ThanQ Ithoo 🙂

  16. summer says:
    March 30, 2017 at 9:45 am

    V nice

    1. Saandy says:
      March 30, 2017 at 10:41 pm

      ThanQ Summer 🙂

  17. Ell says:
    March 30, 2017 at 9:51 am

    That zeenathu I hate. Anyways….. story vrh habbeys. Keep it up.

    1. Saandy says:
      March 30, 2017 at 10:41 pm

      ThanQ Ell 🙂

  18. shabaa says:
    March 30, 2017 at 10:40 am

    V reethi mi part ves dhen oi part avass kohladhee

    1. Saandy says:
      March 30, 2017 at 10:43 pm

      ThanQ Shabaa… Maadhamaa hen’dhunu up kohladheynan… Insha Allah!! 🙂

  19. luhan says:
    March 30, 2017 at 11:01 am

    V reethi…Hama rovijje..

    1. Saandy says:
      March 30, 2017 at 10:43 pm

      ThanQ Luhan 🙂

  20. Lujju says:
    March 30, 2017 at 11:22 am

    Wow !!! Vvvv nic ❤❤❤

    1. Saandy says:
      March 30, 2017 at 10:44 pm

      ThanQ Lujju 🙂

  21. Maa says:
    March 30, 2017 at 11:34 am

    Wow.. amazing saandy….. waiting for next part……. next part thankolheh dhigu kohlachey saandy… its tooo short… keep improving your good and hard work….

    1. Saandy says:
      March 30, 2017 at 10:45 pm

      ThanQ Maa… Maadhamaa hen’dhunu up kohladheynan… Insha Allah!! Thankolheh dhigukolleveythoa masakkaiy kuraanan in’gey 🙂

  22. Lai says:
    March 30, 2017 at 11:50 am

    Wow…. love this story
    Next part miadhu genesdheveyne tha?

    1. Saandy says:
      March 30, 2017 at 10:46 pm

      ThanQ Lai… Miadhu genesdheyn vaguthu nuvy… Maadhamaa hen’dhunu up kolladheynan… Insha Allah!! 🙂

  23. silver mist says:
    March 30, 2017 at 12:05 pm

    Waiting for the next episode…

    1. Saandy says:
      March 30, 2017 at 10:48 pm

      ThanQ Silver mist 🙂

  24. ?Ain? says:
    March 30, 2017 at 12:09 pm

    Zeenathoooooo?

  25. lamha says:
    March 30, 2017 at 12:57 pm

    whyyyyy. zeenath and zyk noooooooo

    1. Saandy says:
      March 30, 2017 at 10:59 pm

      Dho Lamha 🙂

  26. addu koyya says:
    March 30, 2017 at 1:09 pm

    Wow??

    1. Saandy says:
      March 30, 2017 at 10:48 pm

      ThanQ Addu koyya 🙂

  27. aree says:
    March 30, 2017 at 1:28 pm

    Ehvs kuhjjege athuga ebaintha “hithugai jahaa kmme vindhehgai” mi story ge soft copy eh?? If so pls let me know

    1. Saandy says:
      March 30, 2017 at 10:49 pm

      Aree! Saandy athaku neiy 🙂

  28. Asra says:
    March 30, 2017 at 1:44 pm

    V v reethi

    1. Saandy says:
      March 30, 2017 at 10:50 pm

      ThanQ Asra 🙂

  29. Erzi says:
    March 30, 2017 at 2:19 pm

    Varah salhii ..

    1. Saandy says:
      March 30, 2017 at 10:51 pm

      ThanQ Erzi 🙂

  30. lara says:
    March 30, 2017 at 2:44 pm

    WQW……………..V salhi

    1. Saandy says:
      March 30, 2017 at 10:52 pm

      ThanQ Lara 🙂

  31. Faxoo says:
    March 30, 2017 at 3:34 pm

    vrh reethi mibaivx MaShaAllah! 😀

    1. Saandy says:
      March 30, 2017 at 10:53 pm

      ThanQ Faxoo 🙂

  32. Yaanaa says:
    March 30, 2017 at 4:16 pm

    I have dear. Hithugaa jahaa knme vindhehgai. Story reethi v

    1. Saandy says:
      March 30, 2017 at 10:54 pm

      ThanQ Yaanaa 🙂

  33. Ar says:
    March 30, 2017 at 4:34 pm

    Even I have tht story..

  34. Aashy says:
    March 30, 2017 at 5:05 pm

    Varah reethi vaahakaeh

    1. Saandy says:
      March 30, 2017 at 10:55 pm

      ThanQ Aashy 🙂

  35. afaa says:
    March 30, 2017 at 6:30 pm

    Zeenathu aky kaashi and naashi falhaa me eh eh
    Reysham and zaik GE dhey there ah wahnany
    Anyways always and now too love the story ?
    Waiting for the next part ??

    1. Saandy says:
      March 30, 2017 at 10:56 pm

      ThanQ Afaa… Maadhamaa hen’dhunu next part up kolladheynan… Insha Allah!! 🙂

  36. shaa says:
    March 30, 2017 at 10:13 pm

    V vv reethi next part upkohdeyny kon irakun

    1. Saandy says:
      March 30, 2017 at 10:58 pm

      ThanQ Shaa… Maadhamaa hen’dhunu… Insha Allah!! 🙂

  37. Khajja says:
    March 31, 2017 at 12:34 am

    Wow awsame mistry v habeys v interestin luv it thanks saandy ur great writer ❤❤❤❤??????

    1. Saandy says:
      March 31, 2017 at 1:28 am

      ThanQ Khajja… Mi story reethivumuge hurihaa crediteh Nain ah 🙂

  38. ¯\(°_o)/¯ says:
    March 31, 2017 at 7:12 am

    Koba next part..?

    1. Saandy says:
      March 31, 2017 at 7:15 am

      7 jehi iru up kohfa innaany 🙂

Comments are closed.

All Right Reserved!