އެތަނުގައި ތިބި އެންމެންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު އެ ޖާދުވީ އަޑުގައިވި ވޭނުގެ ސަބަބުން އެންމެ ފުން އަސަރެއް ކުރީ ދިނިންއަށެވެ. ޝަމްހާ އެންމެ ބޭނުން ވީ ދުވަހު އޭނާގާތު ނުހުރެވުމުން ދިނިންގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. ޝަމްހާގެ ވާހަކައި ގެ ވަކި ހިސާބަކުން އޭނާގެ އަޑުބެދެން ފެށިއެވެ. ނޭވާހާސްވާން ފެށިއެވެ. ނަމަވެސް ޝަމްހާ ދިޔައީ ހިތްވަރު ކުރަމުންނެވެ.” ކޮންމެ ދުވަހަކު..އެތަށްބަޔެއްގެ އުފާ..އަހަރެންގެ މޭ ހީވަނީ އިރައިން ދާހެން…ދުވާލަކު އެތަށް ފަހަރަކު…ކޮންމެ މީހެއްވެސް…އަހަރެން..ހަނު..ހު..ހުރީ، ދަރިފުޅުގެ […]
“މަންމާ…”އޭ ކިޔައި ބާރަށް ގޮވުން ފިޔަވައި އިޝާއަށް އިތުރުކަމެއް ނުކުރެވުނެވެ. ކާރު ކޮންޓްރޯލުން ނެއްޓި އިޝާގައިގައި ޖެހުމާއި އެކު އޭނާގެ ހަބަރު ހުސްވެ ބިންމައްޗަށް ވެއްޓުނެވެ. ކާރުގައި އިން ޑްރައިވަރު ކާރުން ފައިބާ އިޝާއަށް ވީގޮތް ބެލުމަށް އަވަސްވެގަތެވެ. ވަގުތަކީ މަޣްރިބް ނަމާދަށް ބަންގި ދެމުންދިޔަ ވަގުތު ކަމުން އެހެން މީހެއްގެ ހިލަމެތް މަގުން ފެންނާކަތްނެތެވެ. ބާރު ހިނގުމެއްގައި ގައި އައިސް މޫނުވަތަށް ވެއްޓިފައިއޮތް އިޝާގެ ކޮނޑުގައި ޑްރައިވަރު ހިފާލިއެވެ. އޭރު އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު […]
ހިނިތުންވެލާފައި މީޓިންގް ރޫމަށްދާން ހިނގައިގަތްތަނާ ފުރަގަހުން އަނެއްކާވެސް އިވުނީ ޒުހުރާގެ އަޑެވެ. “ޑރ.އިމްޔާ!” އަހަރެން ފަސްއެނބުރި ބަލާލީމެވެ. “ކީކޭ ޒުހުރާ؟” މިފަހަރު ރިސެޕްޝަނާ ތަންކޮޅެއްދުރަށް ޖެހިލާފައި މަޑުމައިތިރިކަމާއެކު ޖެހިލުންވެފައި ކަހަލަ ގޮތަކަށް ޒުހުރާ ވާހަކަދައްކަން ފެށިއެވެ. “ޑޮކްޓަރ! މިފަހަރު ހަނިމާދޫ އަށް ދުރުވާ ދަތުރުގައި އަޅުގަނޑަށްވެސް ދެވޭނެނަމަ. އަތޮޅުގެ ރަށްތަކުން އަޅުގަނޑަށް އެންމެރީތި ރަށަކީއެއީ. އެހެންވެ މިދެންނެވީ. ” ޒުހުރާގެ ވާހަކަ ހުރިގޮތުން އަހަރެންނަށް ހެވުނެވެ. “ހާސްނުވޭ. ތިކަމަށް ހުއްދަ ހޯދާނަން. ދެންދަނީ. މިހާރު އެއޮއްގެން 3 […]
ބޯކޮށް ވެހެމުން ދިޔަ ވާރޭ ތުނިކޮށްލަމުން ގޮސް އެއްކޮށް ހުއްޓާލާފިއެވެ. މުޅި ޖައްވަށް ތާޒާކަން ގެނެސްދީފިއެވެ. ނަމަވެސް އިޝާގެ މޫނުމަތި ވަނީ މިލާފައެވެ. އެއްގަޑިއިރާއި މިނެޓްތައް ފާއިތުވެއެދަނީ އޭޝްގެ އިންތިޒާރުގައި އިދެއެވެ. ގުޅާ ކޮންމެ ފަހަރު ފޯން ބިޒީކޮށްލަނީއެވެ. “ސޮރީ، ބިޒީ” ގެ މެސެޖަކަށް ފަހު ދެން ގުޅާލި އިރު ފޯން ނިއްވާލާފައި އޮތުމުން އެކަމާ މާބޮޑަށް ދެރަވިއެވެ. އިޝާގެ މޫޑް ރަގަޅުކުރަން ފަޒޫއާއި އަރޫ މަސައްކަތް ކުރިނަމަވެސް އޭނގެން އެއްވެސް އަސަރެއް އިޝާގެ ހިތަކަށް ނުކުރެއެވެ. […]
ހުޝާމް ފޭބުމަށް ފަހު އެތެރެއަށް އަތްދިއްކޮލުމުން ހުޝާމް އަތުގައި ހިފާފައި ފޭބީ ލޫޝާއެވެ. ފޭބިއިރުވެސް ލޫޝާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. ނަމަވެސް އޭރު އައިޝާއަށް ފެނުނު ލޫޝާއާއި މިހާރު ފެންނަން ހުރި ލޫޝާގެ ތަފާތު ފެނުމުން އައިޝާގެ ހިތުގައި ރިއްސާލިއެވެ. ލޫޝާ ވަނީ ހކި އަނަރޫފަވެފައެވެ. ދެލޯކައިރި ކަޅުވެ ވަޅުވަދެފައެވެ. މީހާ ވަނީ ހުދުކަފަކޮޅަކަށް ވެފައެވެ. ވަކި ހިސާބަކަށް ހުޝާމްއާއި އެކު އައުމަށްފަހު އެއަތުން ދޫކޮށްލަމުން މަޑުމަޑުން ހިނގާލާފައި ގޮސް އައިޝާގެ އަނެއްފަރާތުން ކައިރީގައި ހުއްޓުނެވެ. “ވަރަށް ހާސްވެފަތަ […]
އެވަގުތު މައިޝާއަށް ހީވީ ބާރު އެތިފަހަރެެއް މީހަކު އޭނަގެ މޫނުމަތީގައި އަޅާލިހެންނެވެ. ނަމަވެސް އެ މޫނުމަތިން އެއްވެސް ކަހަލަ ހާސް ކަމެއް ނުދައްކާވޭތޯ ބަލަމުން މައިޝާ ކުޑަ ހިނިތުންވުމެއް ނަޖާހަށް ހަދިޔާ ކޮށްލިއެވެ. ” ތީ މައިޝާތަ؟ ހާދަ ބޮޑުވެއްޖެޔޭ މިހާރު.” ނަޖާހު ބުނެލިއެވެ. މައިޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ” ސޯ ތިދެމީހުން އެކަކު އަނެކަކު އިނގޭ ދޯ.” ޒީކާ އަށް ނުހުރެވިގެން ބުނެލިއެވެ. “ޔެސް ޑަރލިންގ އަހަރުން ދެމީހުންނަކީ ކުޑައިރު ފްރެންޑްސް.ދެން ސްކޫލްގަ […]
ގަޑިން އަށެއް ޖެހިއިރު ރޭޝަމް ހުރީ ޓެކްސީއެއް ނުލިބިގެން މަގަށް ނުކުމެއެވެ. މިހެން ހުރިއިރު އިރުއިރުކޮޅާ ގަޑިއަށް ބަލާލައެވެ. މަގުގެ ދެކޮޅު ބަލާ ކުރިއަށް ހިނގައިގަތެވެ. ޓެކްސީއެއް ނުލިބުނީތީ ފައިމަގުގައި ދާން ކަމަށެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ދަނިކޮށް ސައިކަލެއްގެ ބަރުގޮނު އަޑަށް ފަސްއެނބުރި ބަލާލިއެވެ. “މާބާރަށް ކޮންތާކަށް؟” ޒިޔާދު އަހާލިއެވެ. “ތޭންކް ގޯޑް! ނަސީބެއް ޒިޔާ އައިކަން. ނިކަން އަވަހަށް އަހަރެން އޮފީހަށް ގެންގޮސްދީބަލަ.” ޒިޔާދު ފެނުމުން ލިބުނު އުފަލެއްގެ ބޮޑުކަމުން ރޭޝަމް ހުރިހާ ދަތްތައް […]
“އިޒް ދިސް ސެންޓް ހޮޓެލް؟ އައި ޖަސްޓް ރިސީވްޑް އަ މެސެޖް ފްރޮމް މިސްޓާ ނިޒާމް. ހީ ވޯންޓްސް ޓީ އަޕްދެއާ. މޭ އައި ނޯ ހިސް ރޫމް ނަމްބާރ؟ އައިއެމް އެފްއެންޑް ބީ މެނޭޖާ ޖިވިއަން ސިންގް.” ދިނިން އެތަނާ ބެހޭ ގޮތުން ހޯދި ހޯދުން ތަކުގެ މައްޗަށްބިނާ ކޮށް މޮޅު ވާހަކައެއް ހަދާލިއެވެ. ހީކުރި ގޮތަށް ވަރަށް ފަސޭހައިން ރޫމް ނަންބަރު ވެސް ލިބުނެވެ. ކޮޅު ކޮޅުމައްޗަށް ހިނގަމުންދާ މީހުންގެ ތެރެއިން އިސްޖަހާލައިން ދިނިން […]
“ޒުހުރާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ދަރިންނަށް ޝައްކުކުރަން ވާނީ ވެސް ވަކިވަރަކަށް. ޝިޔާ މިހާތަނަށް އައިއިރު ދުވަހަކުވެސް އަހަރުމެން ލަދުގަންނަވާލާ ފަދަ ކަމެއްކޮށްފަވޭތަ؟ ނުވޭ! ވީއިރު ޝިޔާގެ ބޮލުގަ އިލްޒާމް އެޅުވުމުގެ އެއްވެސް ޙައްޤެއް އަހަރުމެންނަކަށް ނެތް!” ނާސިރު ހަރު އަޑުން އަންގާލިއެވެ. ނާސިރު ފުރަތަމަ ފަހަރަށް ގޭގެ ތެރޭގައި އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޒުހުރާއާއި ޝިޔާވެސް ހުއްޓުމަކަށްއައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނާސިރު ޝިޔާގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ. “ދަރިފުޅާ……މަންމައާއި ބައްޕައަށް […]