Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރު

sadhoo
March 30, 2017
4 Mins Read
40 Views
10 Comments

  އަހަރެން މި ކުޑަ ކުޑަ ޖަލުގޮޅީގައި މި އިންނަނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ބާވައެވެ..؟؟ މި އަނިޔާވެރި އަދިރި ތަނުގައި އަހަރެން މި އިންނަނީ މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން އަހަންނަށް ކުރެވިފައިވާ ޖަލު ހުކުމް ނިމެންދެނެވެ. އަހަރެން މި އަނިޔާ ވެރި އެކަހެރި ތަނަށް އަންނަން ޖެހުނީ ކުއްޖަކު ދެކެ ލޯބިވުމުގެ ސަބަބުންނެވެ. ކިހާ ބޭއިންސާފްވެރި ނިޔާއެއް ހެއްޔެވެ..؟ މި ޙިޔާލު ތަކުގެ ސަބަބުން މާޒީ ގެ އުފާވެރި އަދި ހިތި ދުވަސްތަކުގެ މަތިން ހަދާންވާން ފެށިއެވެ.

އަހަންނާ އަޒޫއާ ދެމީހުންނަކީ އެންމެ ކުޑައިރުން ފަށައިގެންވެސް ވަރަށް ގާތް ދެ ރަޙުމަތްތެރިންނެވެ.އެންމެ ފަހުން ދެ މީހުން ލޯބީގެ ގޮތުން ގުޅުނީމެވެ. ދެމީހުންވެސް މާކަ ގިނަ ދުވަހު ރައްޓެހިވެގެން އުޅޭކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން ދެ އާއިލާގެވެސް ރުހުމާއެކީ ކައިވެނީ ކުރީމެވެ. އުފާވެރިދިރިއުޅުމެއް އުޅެން ނިންމީމެވެ. އުމުރައް އެކީގައި އުޅެން އެތައް އަހުދު ތަކާއި ވަޢުދުތައް ކުރީމެވެ.

ދުވަހަކީ ހުކުރު ދުވަހެކެވެ. އަހަރެން ފެންވަރަން ހުއްޓާ ފޯނު ރިންގުވާ އަޑު އިވެއެވެ.އަހަރެން ހީކުރީ އަޒޫ ފޯނު ނަގާނޭ ކަމަށެވެ.ނަމަވެސް އެންމެ ފަހުން ފޯނުނަގަން ނުކުންނަން ޖެހުނީ އަހަންނެވެ.”ހާދަ ހިތްވަރުގަދަމީހެކޭ ދޯ. ހަތަރު ފަހަރަށް ރިންގުވެފަ ކެނޑުނީމަވެސް ވަރުބައްޔެއްވެސް ނުވޭ  ވިއްޔާ.”އަހަރެން އަމިއްލަ ނަފުސާ މުޚާތަބު ކުރަމުން ގޮސް ފޯނު ނެގީމެވެ. “ހަލޯ”…”އަޒުމީ އަށް ގޮވާދީބަލަ..” ބެދިފައިވާ ކުރަކި އަޑެއް އަހަންނަށް އިވުނެވެ.

“ތީ ކަކު..؟؟” އަޒޫ ހޯދަން..އަހަރެން ސުވާލު ކޮއްލީމެވެ..! “އަހަރެންމީ ކާކުތޯ ބަލަން ތީ ކާކު..؟؟ އެކޮޅުން އަޑުއައެވެ…އަހަރެންގެ ކައިރިޔަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. “ބަލަ އަހަރެން މީ އަޒޫ ގެ ފިރިމީހާ އޭ..” އަހަރެން ރުޅިވެރި ކަމާެއެކު ބުނެލީމެވެ.”ހަހަހަހަހަ…އޭނާ ބާރަކަށް ހީ ގަތެވެ. އަދި ބުނެލި ބަހުން އަހަރެންގެ ހިތަށް ފާޑެއްގެ ބިރުވެރި ކަމެއް ވަދެގެން ދިޔައެވެ.” އަހަންނަކީ އަޒޫ ދެކެ އިންތިހާ ޔަށް ލޯބިވާ މީހެއް..ދެން ކޮބާ މައްސަލަޔަކީ އަަރެން އަޒޫ ހޯދިއްޔާ..!! އަހަރެން ބޭނުން ވަނީ އަޒޫ އަށް އަހަރެންގެ ލޯބި ހުށައަޅަން…ކަލެޔަށް ވުރެ އަހަރެން ރަނގަޅު ވާނެ ގައިމުވެސް …އަހަރެން ރުޅި އައިވަރުން އިތުރަށް އެންމެ ބަހެއްވެސް ބުނެނުލާ ފޯން ކަނޑާލީމެވެ.

އަދި އެއަށް ފަހު އަހަރެން ގޮސް އަބުރާ ފާހާނަޔަށް ވަނީމެވެ.ނަމަވެސް ވިސްނެމުން ދިޔައީ ދެންމެ އައި ފޯންކޯލާ މެދުގައެވެ.”އެއީ ކާކު ބާވައެވެ..؟އަހަރެންގެ އަޒޫ އެކަކައްވެސް އަހަންނާ ދުރެއް ނުކުރެވޭނެ..” އަހަރެން ހިތާ ހިތާ ކިޔާލީމެވެ..އަނެއްކާ އަޒޫ ގެ ލޯބިވެރިޔެއް ހުންނަނީ ބާވައެވެ..ނޫނެކެވެ..! އަޒޫ އަކީ އެއައްވުރެ ރަނގަޅު ކުއްޖެކެވެ. އޭނަޔާ ދެތެރޭ އެކަހަލަ ޝައްކެއްވެސް ކުރާކައް ނުވާނެއެވެ.. ރަނގަޅައް ވިއްޔާ އެވާނީ އަހަރެންގެ ރައްޓެއްސެއް ކޮއްލި ޖެއްސުމަކަށެވެ. މިހެން ނިންމައިގެން ހިތައް ހަމަޖެހުމެއް ގެންނަމުން އަހަރެން ފެންވަރައިގެން ނުކުތީމެވެ.އެވަގުތު އަޒޫ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.”މަށަށް ފޯނެއް އައިތަ..؟؟؟ އަޒޫ ކޮއްލި ސުވާލުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.”ކިހިނެއްވީ އަހަރެން ހަމަޖެހިލަމުން އަހައިލީމެވެ.” މިއަދު އަހަރެން އެމީހެއްދެކެ އެންމެ ލޯބިވާ މީހާ އަހަންނަށް ގުޅާނެ އެހެންވެ…އަހަރެން ފިޒާމައް ވުރެންވެސް އެމީހެއްދެކެ ލޯބިވަން..އެކަހަލަ ލޯތްބެއް އެހެންމީހެއްދެކެ އަހަންނަށް ނުވެވޭނެ…”އަޒޫ ވަރަށް ހަމަޖެހިލަފައި ބުނި ބަސްތަކުން އަހަރެންގެ ރުޅި ގަދަވިއެވެ.”އެހެންވީމަ ތިބުނާ މީހަކާ އިންނަން ވީނު…އަހަންނަށް ހަޅޭއް ލަވައިގަނެ ވުނެވެ.

ސާބަހޭ ފިޒާމް …އަހަރެންގެ މަންމަގެ ވާހަކައޭ މިދައްކަނީ…މައަިންބަފައިންދެކެ ދަރިން ވާ ލޯބިއެއީ އެހެންމީހެއް ދެކެ ވެވޭނެ ލޯތްބެއް ނޫން ..އެހެންވެ އަހަރެން އެހެން ބުނީ..”އަޒޫ ވަރަށް ދެރަ ވެލާފައި ބުނެލިއެވެ. އަހަރެން ފިޒާމް އާ އިނީ ލޯބިވަތީ..އަދި އެހެންމީހެއް ދެކެ އަހަރެން ލޯތްބެއް ނުވޭ..އަޒޫ އަށް ރޮވިއްޖެއެވެ..އަހަރެންވެސް ދެރަވިއެވެ…ނަމަވެސް ކިޔާނެ އެއްޗެއް ނޭގުމުން ގޮސް އަޒޫ ގެ ގައިގާ ބައްދައިލެވުނެވެ.އަހަންނަށް ބުނެވުނުހާ ވެސް އެއްޗަކީ ސޮރީ އެވެ..

ހުކުރު ވަގުތު ކައިރިވަމުން ދާތީ އަހަރެން ދިޔައީ ހުކުރަށެވެ.އޭގެ ފަހުން މަސްދުވަސް ނިމިގެން ދިޔައީ އެ ގުޅި މީހާގެ އުދަގުލެއް ނުޖެހި އެވެ.ދުވަސް ތަށް ފައިތު ވަމުން ދަނީ ނުލާހިކު ހަލުވި ކޮށެވެ.އެއްދުވަހެވެ.އޮފީސް ނިންމާލާފަ އައިސް އަހަރެން އައިސް ޖައްސައިލީ ވަރުބަލި ފިލުވަލުމަށެވެ.އަޒޫ އައީ އަހަންނަށް ފަނި ތައްޓެން ހިފައިގެންނެވެ.އިރުކޮޅަކުން ފޯން ރިންގުވާން ފެށިއެވެ. މަޑު ހިނގުމެއްގައި ގޮސް އަޒޫ ފޯންނަގާ ހަލޯ ބުނެލިއެވެ. އަދި އަހަންނާ ދިމާލައްބަލާފަ ވާހަކަ ދައްކަން ފެށިއެވެ.

“އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް…ކިހިނެއް އަހަރެން އެނގުނީ..ނުދަންނަ މީހުންނާ ވާހަކަ ދައްކައި ނޫޅެން..ނުންވިޔަސް އަހަރެން އުޅެނީ މީހަކާ އިނދެގެން..”މިހާ ހިސާބައް ގޮއްސަ އަޒޫ ފޯންބޭއްވި އެވެ..އަދިއައިސް އަހަންނާ ޖެހިގެން ހުރި ގޮޑިގައި އިށީނެވެ.އަހަރެން އޭނަޔާ ދިމާލައް ބަަލާލީ ކިހިނެއްވީހޭ އަހައިލާ ފަދަ ގޮތަކަށެވެ.”ނޭނގެ..!!ދަންނަމީހެއް ނޫން…އަހަންނާ އިންނަންށޯ ބޭނުންވަނީ..މަ އެބައުޅެންތަ އެހެން މީހެއް ހޯދަން އަހަރެންގެ ފިޒާމް ހުއްޓާ..”އެހެން ބުނުމުން އަހަރެން ހަދާންވީ މީގެ މަސް ދުވަސް ކުރިން އަޒޫ ހޯދަންށޭ ކިޔާފަ ގުޅި މީހާގެ މަތިންނެވެ.އަހަރެން އެ ހުރިހާ ވާހަކަތަކެއް އަޒޫ އަށް ކިޔާދިނީމެވެ.

އޭނާ އިނީ ބިރުންކަން އަހަންނަށް ނަގައިގަނެވުނެވެ.އެހެންކަމުން އަޒޫ އަހަންނާ ކައިރިކޮއްގެން އިނދެ އަހަންނާ އަޒޫ އާ ދުރުކުރެވޭނެ މީހެއް އިރާދަ ކުރެއްވިއްޔަ ނުހުންނާނެ ކަމަށް ބުނީމެވެ.އަދި އޭނަދެކެ އަހަރެން ލޯބި ވާވަރު ހާމަ ކުރަމުން ދިޔައީމެވެ. އޭގެ ހަފްތާއެއް ފަހެވެ. އަހަރެން އޮފީސް ދަތުރަކު ލަންކާއަށް ދާންޖެހުނެވެ.އަޒޫ ހުރީ އަހަރެންދާތީ ނުހަނު ދެރަވެފައެވެ. އަހަރެން ފުރަން ދިޔައީ ލަންކާއިން އައިސް އަޒޫ ގޮވައިގެން ޗުއްޓީޔަށް ރަށަށް ދާން ނިންމައިގެން ނެވެ. އަހަރުމެންނަކީ އިންސާނުން ކަމުން ކުރެވޭނީ އުންމީދު ތާއެވެ،ކުރިޔަށް ވާން އޮތް ގޮތެއް އެނގޭނީ ފަހެ ކާކަށް ހެއްޔެވެ..؟؟

“އަހަރެން 12:30 ހުގެ ފެރީ އަށް އެރީ 1:30 ގެ ފްލައިޓް އިން ދާން ތައްޔާރުވެންނެވެ. އަހަރެން އިން ގޮޑިބަރީ ގައި ޖައްސާލި ޒުވާނާ އަހަންނާ ވާހަކަ ދައްކަން ފެށީ ދަންނަ ރައްޓެއްސެއް ފަދައިންނެވެ. އޭނަޔަށް އަހަރެންގެ ނަން އެގުނީ ފަހެ ކިހިނެއް ހެއްޔެވެ..؟ އޭނަ ބުނި ގޮތުން އެއީ އަހަރެންގެ މަންމަޔާ ރައްޓެހި މިހެއްގެ ދަރިޔެކެވެ. އެހެންކަމުން އޭނަޔަށް އަހަރެންގެ ނަންއެގުން އެއީ މައްސަލައެއް ނޫން ތާއެވެ. އޭނަ ކައިރީގައި ދަބަސް ތަށް ބަހައްޓާފައި އަހަރެން ދިޔައި ފާހާނާ ޔަށެވެ. އައިސްވެސް އަހަރެމެން ދެމީހުން ވަރަށް ގިނަ ވާހަކަ ދެއްކީމެވެ. ނަމަވެސް އަހަންނަށް ފާހަނގަ ވީ އެއްކަމަކީ އޭނާ އަޒޫ އާ އަހަރެމެން ދެމީހުން ގެ ވާހަކަ ގިނައިން އެހިކަމެވެ. ނަމަވެސްއެވަރަކުން އަހަންނެއް އަޅައެއް ނުލަމެވެ… 10 ވަރަކަށް މިނިޓް ގެ ދަތުރަކަށް ފަހު އަހަންނަށް ހުުޅުލެޔަށް އާދެވިއްޖެއެވެ.

ޗެކިން ނުނިމެނީސް އަހަންނަށް ދެވުނީ ހަމަކިރިޔާ އެވެ… ކުއްލިޔަކަށް ޗެކިން ރުމް ތެރެޔަށް ފުލުސް އޮފިސަރުން ތަށްއައިސް ވަދެގަތެވެ.. އަހަންނަށް ހުރެވުނީ ވާނުވާ ނޭގޭ ހާލު ގައެވެ.ސިފައިން އައިސް އަހަރެން އަތުގައި ބިޑި އަޅުވަން ފެށިއެވެ.. އަހަރެންގެ ދަބަހުން މަސްތުވާ ތަކެތި ފެނުނީއެވެ. އެކަން ކިހިނެއްބާވައެވެ. ގައިމު އަހަންނަކީ އެއްވެސް ކަހަލަ މަސްތުވާތަކެއްޗެއް ބޭނުންކުރާ މީހެއްނޫނެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ. އެއީ އަހަރެންގެ އެއްޗެއް ނޫން ކަން ސަބިތު ކޮއްދޭނެ އެއްވެސް ގޮތެއް އަހަރެން އަތަކު ނެތެވެ.

އަހަރެންގެ ޙިޔާލީ ދުނިޔެއިން ބޭރުވެވުނީ ފުލުސް އޮފިސަރ އައިސް ގޮވުމުންނެވެ.އޭނަ އެ އައީ އަޒޫގެ ސިޓީ އެއް ހިފައިގެންނެވެ. އަހަރެން ނުހަނު އުފާ ވިއެވެ… މީ މިހާރު އަހަރެމެން ދެމީހުންގެ އާދައެވެ. އަދިވެސް އިރާދަކުރެއްވީތީ އަހަރެމެން ދެ މީހުންގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ދުވަހެއްގެ ސިޓީ ތަކުގައި ލޯބީގެ ފޮނި މީރު ލަފުޒުތަށް ބޭނުން ކޮށް އެކަކު އަނެކަކު ދެކެ ލޯބިވާވަރު ބުނެދެމެވެ. ދެ މީހުންވެސް އިންތިޒާރު މި ކުރަނީ އަވަހަށް މި ތަނުން ސަލާމަތް ވެގެން އެއްކޮށް އުޅެވޭނޭ ދުވަހަކަށެވެ.

” އަހަރެންގެ ކައިރި އަޒޫ ނެތް ނަމަވެސް އަހަރެން ހިތާ ސިކުނޑީގައި ވަނީ ހަމައެކަނި އަޒޫ އެވެ.އިރާދަ ކުރެއްވިއްޔާ އަދި އަހަރެން އަޒޫ ނުލާހިކު އުފަލާއި އަރަމުގައި ގެންގުޅޭނަމެވެ. ކުޑަވެސް ހިތާމަޔެއް ނުދޭނަމެވެ. މިހާރު އަހަންނާ ނުލާ އަޒޫ ތިއުޅޭ ހާލު ހަދާން ނެތޭ ވަރު އަހަރެން ކުރާނަމެވެ. އިންތިޒާރު ކުރާށެވެ. އިރާދަ ކުރެއްވިއްޔާ ދުނިމަތީގައިވާ އެންެމެ އުފާވެރި ދެމީހުން ކަމުގައި އަދި އަހަރެމެން ވާނެއެވެ.އަހަރެމެންގެ މި ދިގު އިންތިޒާރު ނިމިގެންދާނީ ވަރަށް ފޮނިކޮށެވެ…

ނިމުނީ….

5
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

sadhoo

Other Articles

Previous

ރޭޝަމް (7)

Next

މިލަހަނދުވަރު 6

Next
March 30, 2017

މިލަހަނދުވަރު 6

Previews
March 30, 2017

ރޭޝަމް (7)

10 Comments

  1. ? says:
    March 30, 2017 at 10:30 am

    Hageegaiy falhaa aruvan jeheyne dhw

  2. maee says:
    March 30, 2017 at 10:56 am

    nice story

  3. Any says:
    March 30, 2017 at 11:17 am

    Hadha Kurey adhiliyan feney story reethi

  4. lara says:
    March 30, 2017 at 11:36 am

    alhey thee vaahaka ehtha nimum v hadi

    1. hassan says:
      March 30, 2017 at 3:10 pm

      Laara’ge vaahakathah viyya enme reethy <3

  5. Chum handi says:
    March 30, 2017 at 12:16 pm

    mi story continue kuran v nun? reethi veema bune lee… not a must…

  6. ss says:
    March 30, 2017 at 2:09 pm

    Story ga neygey kankan enabhuri…. adhi ithurah liyununama v reethivees

  7. Sadhoo says:
    March 30, 2017 at 3:55 pm

    Thankx hurihaa kudhinnah ves.. mee sadhoo ge furathama vaahaka.. nd insha allah this is a begining.. i will improve the mistakes..

  8. Huvan'dhumaa handi says:
    April 1, 2017 at 9:28 pm

    Mi story aa gulhan huri lavaeh ( metlrunas dheloa fennaniyyey kalaa) mash’hooru lavva kiyuntheriya Farey kiyaafa innaane

  9. yalvish says:
    April 2, 2017 at 10:40 pm

    Feshumuga ebaoiy meeheh deke lobivevigenney jalah ahnan jehuny.. ekam mi vy kihineh..

Comments are closed.

All Right Reserved!