Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އާވާ ހަނދާން 4

maroon
March 28, 2017
5 Mins Read
62 Views
9 Comments

ގަދަ ނިންޖަކުން ނިދިފައި އޮތް އިޝާއަށް ހޭލެވުނީ ފޯނުގެ ރިންގްގެ އަޑަށެވެ. ކަންނެތް ގޮތަކަށް ލޯހުޅުވައިލައި ގުޅަނީ ކާކުތޯ ބަލާލިއެވެ. “އޭޝް”ގެ ނަން ސްކުރީނުން ފެނުމާއެކު މުޅި މީހާގެ ގައިން ނިދިފިލައިފިއެވެ. މޫނު މައްޗަށް ހިނިތުންވުން ގެނެސްދީ ހިތުގެ ތެޅުން އަވަސްކުރުވައިފިއެވެ.

“އިޝާ ، ގުޑް މޯނިން. ނިދިފަ އޮތްވާ ދޯ އުދަނގޫ މިކޮށްލެވުނީ. އޭޝް ތިރީގަ މިހިރީ. އާދޭބަ ރެޑީވެގެން” އިޝާގެ ހަލޯއަށްފަހު އޭޝް ބުނެލިއެވެ.

“ކިހިނެތްވީ ރޭގަ.” ރޭގަ ވީ ކަންތަކުގެ ހަނދާން އިޝާގެ ހަނދާނުން ނުފޮހެވޭތީ މިސުވާލު ކޮށްލީ އޭޝްގެ ސުވާލަށް ޖަވާބު ނުދެވިއެވެ.

“ވަރަށް ބޮޑަށް ސޮރީ ދޫންޏާ.. އާދޭ ތިރިއަށް ކިޔާދޭނަން ވީގޮތް”

“މަޑުކުރޭ. ރެޑީވެގެން މިފައިބަނީ” އިތުރު ވާހަކައެއް ނުދައްކާ އިޝާ ތައްޔާރުވާން ފެށީ އޭޝް ކައިރިއަށް ދިޔުމަށެވެ. ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތު ތަކުން ހީވީ އެތައް ދުވަހަކަށްފަހު އޭޝް ފެންނަނީ ހެންނެވެ.

އިޝާ ރީތިވެލައިގެން ނިކުތްއިރު ހީވަނީ ހަފްލާއަކަށް ދާން އުޅޭހެންނެވެ. ލައިފައިހުރި އެއްކޮށް ދިގު ކަޅު ކުލައިގެ ހެދުމުންނާއި އަޅާގެން ހުރި ރަތްކުލައިގެ ޝޯލްއިން އޭނާގެ ރީތިކަން ފެންނަމުން ދިޔައެވެ. މިރީތިކަން ފުރިހަމަ ކޮށްދިނީ މޫނުމަތިން ހަނދެއްހެން ފާޅުވެފައި ހުރި ނަލަ ހިނިތުންވެމުންނެވެ.

އޭޝްގެ ކާރުގެ ދޮރު ހުޅުވާލިއިރު އިޝާހުރީ އޭޝްގެ މޫނު ދެކިލަން ކެތްމަދުވެފައެވެ.

“އިޝާ އަހަރެންނަށް ވަރަށް ބޮޑަށް މާފު ކުރޭ. އިޝާމެން ކައިރިއަށް ދާން އުޅުނުތަނާ އޮފީހުގެ ކުއްލި ބައްދަލުވުމެއް އޮތީ. އަހަރެން ހީކުރީ ވަރަށް އަވަހަށް މީޓިންގް ނިމޭނެ ކަމަށް. އެހެންވެ ލަސްވާނެ ވާހަކަ ނުބުނެވި ހަމައެކަނި ބިޒީ ވާހަކަ ބުނީ. ވަރަށް ބޮޑު އަދަދެއްގެ ފައިސާ މަދުވެގެން އެހާ ގިނަ އިރުވެ ބިޒީވީ. ފޯން ނިވުނީ ޗާޖް ހުސްވެގެން. އަހަރެން އޮފީސް ފޯނުން ގުޅަން އުޅުނިން ނިއްމާފަ. އެކަމަކު އިޝާ ނިދާފާނެ ކަމަށް ބަލައި އުނދަގޫ ނުކުރަން ނުގުޅީ . ދޫނި އައިމް ސޯ ސޮރީ” އިޝާ ސީޓްގައި އިށީނުމާއި އެކު އޭޝް ވީގޮތް ކިޔައިދޭން ފެށިއެވެ. އަދި އެތައް ފަހަރެއްގެ މަތިން މާފަށް އެދެން ފެށިއެވެ.

“ދެން އެހެން ނުހަދައްޗޭ. އިޝާ ބިރުވެސް ގައި ދެރަވެސްވި”އިޝާ ކުޑަކުއްޖެއްހެން ޝަކުވާ ކޮށްލިއެވެ.

“ޝުއާ ބޭބީ” އިޝާގެ ދަތްދޮޅީގައި ހިފައި ނިތްކުރި އަށް ދޮނެއް ދެމުން އޭޝް އެހެން ބުނެލީ ނުހަނު  ލޯތްބައި އެކީގައެވެ. އޭޝްގެ އެހަރަކާތުން އިޝާގެ ޖިސްމަށް ބުނެދޭން ނޭނގޭ ފަދަ އިހްސާސްތަކެއް ވިއެވެ. އަދި ލަދުގެންފައި އަނެއް ފަރާތަށް އަވަހަށް މޫނު އަބުރާލިއެވެ.

އިޝާގެ އެލަދުރަކިކަން އޭޝްގެ ހިތް ފަތަހަކޮށްފިއެވެ. އަދި އިޝާދެކެ އޭނާވާ ލޯބީގެ އިތުރު ވެގެން ދިޔައެވެ.

“ހިނގާ ސައިބޯން ދާން” ބަސްހުއްޓިފައި އިން އިޝާއަށް ބަލާލަމުން އޭޝް ބުންޏެވެ. އަދި ކާރުގެ ހުންގާނުގައި ހިފައި ކުރިއަށް ދުއްވާލިއެވެ.


 

“މަންމާ” ޓީވީއިން ދައްކަމުން ދިޔަ ޚަބަރު ބަލަންއިން އަމީރާއަށް އަރޫ ގޮވާލިއެވެ.

“ކީކޭ ދަރިފުޅާ” އަރޫ އަދި އޭނާ ކައިރީ ކޮޅަށް ހުރި ލާމިއު އާއި ދިމާލަށް މޫނު އަބުރާލަމުން އަމީރާ ބުނެލިއެވެ.

“މަންމާ އަޅުގަނޑުމެން ދެމީހުން” ބުނަން އުޅުނު ޖުމްލަ އަރޫޝާއަށް ފުރިހަމަ ނުކުރެވުނެވެ. އިސްޖަހައިގެން މަންމަގެ ކުރިމަތީ ހުރެވުނީ ލަދިވެތިކަމާއި އެކީގައެވެ. “އަޅުގަނޑު ބުނަން އުޅުނީ….”

ދެވަނަ ފަހަރަށްވެސް ދަރިފުޅުގެ ޖުމްލަ ފުރިހަމަ ނުވުމުން އަމީރާ އަރޫޝާ ގެނެސް އޭނާ ކައިރީ ބޭންދިއެވެ. ލާމިއުވެސް އަރޫއާއި ޖެހިގެން ސޯފާގައި އިށީނެވެ. “ދަރިފުޅާ ކަމެއް ވީތަ. އެއްޗެއް ބޭނުން ވީތަ” މަޑުމަޑުން ދަރިފުޅުގެ ބުރަކަށީގައި ފިރުމާލަމުން އަމީރާ އަހާލިއެވެ.

މަންމަގެ މޫނަށް ބަލައި އަރޫޝާ ފުން ނޭވާއެއްލިއެވެ. “އަޅުގަނޑުމެން މިއުޅެނީ މެރީ ކުރަން. މަންމަމެން އޯކޭތަ” ވަރަށް އުނދަގުލުން ހިތުގައި ވީ ބަސްތައް އޭނާ އަމީރާއަށް އިއްވައިދިނެވެ. އަދި ބޭއިޙްތިޔާރުގައި ލޯމަރާލެވުނީ މަންމަ ދޭނެ ޖަވާބެއް ނޭނގޭތީ ބިރުންނެވެ.

އަމީރާ ހިތަށް އެވަގުތު އައި އުފާވެރިވެރިކަން ބަޔާންކޮށްދިނީ ދަރިފުޅު ގައިގައި ބައްދާލި ބައްދާލުމުންނެވެ. ދަރިފުޅުގެ ނިތްކުރިއަށް އެތައް ފަހަރަކު ބޮސްދެވުނެވެ.   “މަންމަ ވަރަށް އުފާވެއްޖެ. ކިތައްމެ ދުވަހެއް މިދުވަހަށް އިންތުޒާރު ކުރާތާ” އުފަލާއިއެކު އަމީރާ ބުނެލިއެވެ.

“ކޮން ކަމަކާ މާ ވަރަކަށް އުފާ ފާޅު ތިކުރަނީ” އެވަގުތު އެތަނަށްއައި ޝާހިދު އަހާލިއެވެ.

“އަޅުގަނޑުމެން ދެމީހުން ކައިވެނި ކުރަން ބޭނުންވާ ވާހަކަ” ކައިރީގައި އިން ލާމިއުގެ އަތުގައި ހިފާލަމުން އަރުޝާ ބުނެލިއެވެ.

“އަހަރަމެންގެ ކުޑަ ދަރިފުޅު ބޮޑުވީއެއްނު”  އަމީރާ ބުންޏެވެ.

“ބައްޕަ ވަރަށް އުފާވެއްޖެ. ލާމިއުއަކީ ބައްޕަގެ ދަރިއެއް ފަދަ ކުއްޖެއް. ކޮންމެ ކަމެއްގަ ކިޔާލިއަސް އެހީވެދޭން ކުރީ ސަފުގަ ބައްޕަޔާއި އެކީ ހުންނާނެ. ދަރިފުޅުމެން ދެކުދިންގެ ކައިވެންޏަކީ ބައްޕަ ވަރަށް އުފަލާއި އެކީ ބަލައިގަންނަ ކަމެއް. ބައްޕަ އުއްމީދު ކުރަން ކައިވެންޏަށްފަހު ވެސް ދެކުދިން ތިހާ ބަދަހިކޮށް އުޅޭނެ ކަމަށް” ލާމިއު އަށް ތައުރީފުގެ ބަސްތައް ރައްދު ކުރަމުން ޝާހިދު ބުނެލިއެވެ.

“ދުވަސްކޮޅަކުން މިގޭ ފަޅުކަން ފިލާނެ ދޯ. މާމަ ކުދިން ލިބުނީމަ” އަމީރާ މުސްތަގުބަލަށް ފޮނި އުއްމީދު ކުރަމުން ބުނެލިއެވެ.

“ކާފަ ދަރިންނާއި މާމަ ދަރިން ހޯދަދޭށޭ ބުނެބަ ބޭބެ އާއި ދޮންބެ ކައިރީ ، ގައިމު އޭރުން ގިނަ ކުދިން ލިބޭނެ އެއްނު” އަރޫޝާ ސަމާސާ ރާގެއްގައި ބުނެލިއެވެ.

“މަންމަ އަކަށް ހިޔެއް ނުވޭ އެކުދިން ތިކަހަލަ ކަމަކާ ފިކުރު ކުރާހެންވެސް. ބޭބެ އުމުރުން 24 އަހަރު ވީ އިރު ކިރިޔާ ކަމުދާ ކުއްޖެއް އެލިބުނީ. އެކުއްޖާވެސް އެގެންގުޅެނީ ފޮރުވައިގެން. އަބަދު މަސައްކަތު އުޅޭ މީހަކަށް ހީވޭތަ މީހަކާ އިންނާނެ ވަގުތު ވާނެހެން” ” ދެން ހުރީ ދަރިފުޅުގެ ދޮންބެ. ދުވާލަކަށް އަންހެން ކުއްޖެއް އޭނަ ގެންގުޅެނީ” ޝާހިދު އަމީރާގެ ވާހަކައަށް އިތުރުކޮށްލިއެވެ.

“ދެން އެވާހަކަ ބާއްވާފަ ހިނގާ ދަރިފުޅުމެންގެ ކައިވެނީގެ ވާހަކަ ދައްކަން” ޝައުގުން ފުރިގެންވާ ގޮތަކަށް އަމީރާ އެހެން ބުނެލިތަނާ ގޭގެ ބެލްޖެހި އަޑުއިވުނެވެ.

“ފަޒޫ މެން ކަންނޭގެ” އަރޫޝާ ދޮރުހުޅުވަންދަމުން ބުނެލިއެވެ.

“މަންމާ،ބައްޕާ މީ އިޝާ އިނގޭ. އޮފީސް ކުއްޖެއް އަދި އަޅުގަނޑުގެ އެންމެ ގާތް އެއްރަހުމަތްތެރިޔާ، ދެން ފަޒޫ އެގެއެއްނު” އަރޫޝާ އޭނާގެ ރައްޓެހިން މައިންބަފައިންނަށް ތައާރަފު ކޮށްދިނެވެ.

” އަރޫ އެކުދިން މިގެއަށް ނުގެންނަނީ ކީއްވެ،މަންމަ އެބައަންނަން ޖޫސްހިފައިގެން”

“ބިޒީކަމުން ނާދެވެނީ  ދޯއިޝާ. ނޫން މަންމާ އޯކޭ. މިއުޅެނީ ކާންދާން އެންމެން ގޮވައިގެން ”


“މީހަކު މާ އުފަލުން އިންހެން ހީވޭ އެބަ” ފަޒޫގެ ސަމާސާ އަމާޒުކޮށްލީ އިޝާއަށެވެ

“ހޫން.. އޭޝް މެސެޖެއްކޮށްލީއޭ” ފޯނަށް ގެއްލިފަައި އިދެގެން އިޝާ ބުނެލިއެވެ.

އެންމެ މިޒަމާނުގެ ސްމާޓް ފޯނެއް ގެންގުޅެނީ. އެކަން ވައިބާރް ނޫން އެހެން ސޯޝަލް ނެޓްވޯކެއް ނުގެންގުޅޭ، ކީއްކުރާ ފޯންގަނޑެއްތީ” “ބުނެބަލަ އަހަރުން ބަލާލަން ފޯޓޯގަނޑެއް ފޮނުވަބަލާށޭ. ބިޒީކަމުން ތި މަނިކުފާނަށް ނުވޭވިއްޔާ އިޝާގެ ރައްޓެހިން ދެކިލާނެ ވަގުތެއްވެސް” ފަޒޫ އަރޫގެ ސަމާސާގައި ބައިވެރިވިއެވެ.

“ސޯޝަލް މީޑިޔާގަ ނޫޅުނަސް މަށަށް އެއްވެސް އެއްޗެއް މަދެއް ނުވެއޭ. ސޮރީ ފަޒޫ އޭނަ ފޯން ހަލާކުވެފަ އޮތީމަ ފޮޓޯއެއް ނުފޮނުވޭނެ އެއްނު. ތިމީހުންނާ މީޓްނުކުރިއަސް އޭނައަށް މަަށާއި ބައްދަލުކުރަން ވަގުތު ލިބެެއޭ. އެވަރު ފުދޭ މަށަށް” އިޝާގެ އޭނާގެ އެކުވެރިންގެ ދިމާކުރުންތަކަށް ވަރިގަދަ ރައްދެއްދިނެވެ.


“ލާމިއު ކޮން ދުވަހަކު ކައިވެނި ކުރަނީ”ލާމިއު ގެއަށް ވަނުމާއެކު އޭނާގެ މަންމަ ހަސީނާ އަހާލިއެވެ.

“އަދި ދުވަހެއް ކަނޑަނާޅަން” އޮފީހުން އައިސް ބޫޓް ބާލަން ގޮނޑީގައި އިށީންނަމުން ލާމިއު ބުނެލިއެވެ.

“އެކީއްވެ. މަންމަ ބޭނުން ތި ދެކުދިން ވީހާވެސް އަވަހަށް ކައިވެނި ކުރަން. ބަލާބަ މި ގެއަށް. 8 މީހުން މީހުން މިކުޑަ 2 ކޮޓަރީގައި މިއުޅެނީ ޖަލެއްގައި އުޅޭ ފަދައިން. ދަރިފުޅު ތި އިންނަން އުޅެނީ މާލޭ ކުއްޖަކާއެއްނު . އޭރުން މިއަށް ވުރެ ތަނަވަސްކަންމަތީ މަންމަމެންނަށް އުޅެވޭނެއެއްނު” ހަސީނާގެ މި ބަސްތައް އިވިފައި ލާމިއު ވާންވީ ދެރައެއް ކަމެއް އަންނަން ވީ ރުޅިއެއްކަމެއެއް ނޭނގުނެވެ. އެހެންކަމުން އެއަށް ރައްދު ނުދީ އޭނާ އުޅޭ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ލާމިއުއާއި އެކީ އެކޮޓަރީގައި އިތުރު 2 މީހުން އުޅެއެވެ. އެނދެއް ބެހެއްޓޭވަރުގެ ޖާގައެއްވެސް ނެތް ކުޑަ ޖަލެއް ކަހަލަ ތަނެކެވެ. ދުވަސްވީ ކުޑަ އަލަމާރިގަނޑެއް ފިޔަވައި އިތުރު އެހެން ހަރު މުދަލެއް ކޮޓަރިއަކުން ފެންނާކަތް ނެތެވެ.

“ނުކައިތަ ދަނީ” ލާމިއު ނުކައި ބޭރަށް ދާން އުޅުމުން ހަސީނާ އަހާލިއެވެ.

“ނުކާނަން ބަނޑުހައެއް ނުވޭ” އެހެން ބުނި ނަމަވެސް އޭނާގެ ބަނޑު އާދޭސްކުރަމުން ދިޔައީ ކާއެތިކޮޅަކަށެވެ. ހެނދުން އޮފީހަށް ދިޔަ ގޮތަށް އަދި އެހެރީ ނުކައެވެ. ކިތައްމެ ބަނޑުހައިވީ ނަމަވެސް ގޭގައި އެންމެ ސިކުންތަކުވެސް މަޑުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެއީ އެހެންނޫންނަމަ މަންމަ ފަރާތުން އިވިގެންދާނީ އޭނާއަށް ނުފުއްދޭނެ ކަހަލަ ބޭނުންތަކެވެ. އަދި އިވިގެން ދާނީ ކައިވެނި އަވަސްކުރާ ވާހަކައެވެ.

ލާމިއު އަރޫ ދެކެ ލޯބިވީ އޭނާގެ މުދަލަކަށް ނޫނެވެ. އޭނާއަށް އަރޫގެ ކިބައިން ފެނުނީ މުދަލާއި ފައިސާއަށް ވުރެ އަގު ބޮޑު އެއްޗެކެވެ. އެއީ އަރޫގެ އަޅާލުމައި ލޯތްބެވެ. ހިތް ހިޔޮކަމާއި ކުލުނެވެ. ރީތިކަމާއި ސާދާކަމެވެ. އެހެން ނަމަވެސް ލާމިއުގެ މަންމަ އަށް އެކަންތައް ނުފެނި ހަމައެކަނި އަރޫގެ މުދަލާއި ފައިސާ ދެކެ ލޯބިވުމުން ލާމިއު ހުންނަނީ ހަދާނެ ގޮތެއް ނޭނގިފައެވެ.

“ކޮން ވިސްނުމެއްގަ..” ބެލްކަނީގެ ދަގަނޑު މަތީ އަތް ބާވައްލައިގެން ފުން ހިޔާލެއެއްގެ ތެރެއަށް ގެއްލިފައި ހުރި ލާމިއުއާއި މުހާތަބުކޮށް އަރޫޝާ އަހާލިއެވެ.

“ކަމެއް ނުވޭ. އާދެބަލަ ކައިރިއަށް” އަރޫ އަތުގައި ހިފައި މެޔާއި ކައިރިކޮށްލަމުން ލާމިއު ބުނެލިއެވެ.

“ހޫން. މަންމަމެން އައިސްދާނެ. ތަންކޮޅެއް ދުރުކޮށްލާ” މަންމަ ކުރިމަތީ ލާމިއުއާއި އެހާ ގައިގޯޅިވެގެން އުޅޭ ހިތް އަރޫ ނުވެއެވެ.

“އަރޫ އަހަރެން ދޫކޮށްފަ ނުދައްޗޭ.. އަހަރެން ވަރަށް ލޯބިވޭ އަރޫ ދެކެ. ވަރަށް ބިރު ގަނޭ މިދޭތެރެއަށް އެހެން މީހެއްގެ ނުފޫޒު އައިސްދާނެތީ”  ފުން އަސަރާއި އެކު ލާމިއު އޭނާގެ ހިތުގެ ހާލަތު ބަޔާންކޮށްދިނެވެ.

“ހާދަ އިމޯޝަނަލް ތިވީ. އަހަރެން ދުރުވީ މަންމަ އަށް ފެނިދާނެތީއޭ.” އަރޫ ލާމިއުގެ އަތުގައި ހިފާލަމުން ބުންޏެވެ. އަރޫއަށް އޭނާގެ ސިކުޑީގައި އަދަމުންދާ ފިކުރުތަކުގެ އަލިފާންގަނޑު ފެންނާނެ ނަމައޭ ހިތަށް އެރައެވެ. އެންމެ ފުރަތަމަ އަރޫ އެނގުނު ދުވަހުން ފެށިގެން ވެސް މަންމަ އަށް ލޯބިވެވުނީ އަރޫގެ އާއިލާގެ މުދާވެރިކަމަށެވެ. އޭގެ ފައިދާ މަންމަ އަށް ލިބޭނެ ދުވަހަކަށް އިންތިޒާރުގެ ދުވަސްތައް ގުނަމުން ދިޔައެވެ.

މިފުން ހިޔާލުގައި ހުއްޓައި ލާމިއުގެ ކޯތާފަތް ތެންމާލީ ލޮލުން އޮހެރުނު ކަރުނައިންނެވެ. “އަހަރެން ލާމި ދެކެ އަބަދުވެސް ލޯބިވާނަން. އެއްވެސް މިހަކަށް ނުކެރޭނެ މިލޯބި ހަލާކުކޮށްލަން. މީ އެއަށް ވުރެ ވަރުގަދަ ގުޅުމެއް” ލާމިއުގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް އަރޫގެ މަޑު އަތްތިލައިން ފޮހެދިނީ ނުހަނު އޯގާތެރިކަމާއެކީގައެވެ.


ދުވަހަކީ ވިއްސާރަ ދުވަހަކެވެ. ކަޅު ވިލާތަކުން އުޑުމަތި ވަނީ އެއްކޮށް ބަނަކޮށްލާފައެވެ. ވާރޭގެ ތިކިތައް ހުއްޓުމެތްނެތި ބިއްމައްޗަށް ވެހެމުން ދިޔައެވެ. އެންމެން މަސައްކަތް ނިއްމާލުމަށްފަހު ގެއަށް ދިޔަ ނަމަވެސް ފަޒޫ މަޑުކޮށްލީ މާދަމާއަށް ނިއްމަންޖެހޭ މަސައްކަތެއް އޮތުމުންނެވެ. މަސައްކަތް ނިއްމާލުމަށްފަހު ގެއަށް ދާން އުޅުނު ވަގުތަކީ ވާރޭ އޮއްސާލި ވަގުތުކަމުން އޮފީހުގައި އޭނާ ތާށިވިއެވެ.

ވާރޭގެ ތެރެއަށް ގެއްލިފައި އިން ފަޒޫއަށް ސިހުންގެނުވީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިއްސައިގެންގޮސް ފހަތް ބަލާލިއިރު އޮފީހުގެ އިސްވެރިޔާ  އާމިދު އޭނާ ކުރިމަތީ ހެވިފައި ހުއްޓެވެ. ފަޒޫ ގެ ހިތް ބިރުވެރިކަމާއި އެކީ ތެޅިގަތެވެ. އާމިދުގެ އެ ހިނިތުންވުމުގެ ފަހަތު ގައި ވަނީ ކޮން މާނައެއްކަން ފަޒޫއަށް އެނގެން މާގިނަ ވަގުތު ބޭނުމެއް ނުވިއެވެ.

“ފަޒޫ އެކަނިތަ އޮފީހުގަ…. ހާދަ ރީއްޗޭ” އާމިދު އެހެންބުނެ ފަޒޫގެ އަތުގައި ހިފަން އުޅުނެވެ. އެހެންނަމަވެސް ފަޒޫ ހުރީ އެކަމަށް ހުޝިޔާރުވެގެންނެވެ. އޭނާ އާމިދުގެ އަތް ފޮޅުވާލީ ރުޅުވެރިކަމާއި އެކީގައެވެ.

“ކިތައް ފަހަރު ބުނަންވީ އަހަރެންގެ ގަައިގަ އަތްނުލާށޭ. ކަލޭ ހީކުރީތަ ކަލޭގެ ފައިސާއަށް އަހަރެން ގަނެވިދާނޭ” ނަފްރަތާއި ރުޅިވެރިކަމާއިއެކީ ފަޒޫ އެހެން ބުނެލައި  އާމިދު އާއި ދުރަށް ފަހަތަށް ޖެހެން އުޅުނެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އެޅީ ކައިރީގައި ހުރި ފާރެވެ.

“އޭ… މާ ގަދައަށް ރުޅި އަންނާނެ ކަމެއްނެތް. ކަލޭ ހީކުރީތަ ކަލޭ ތިހެން ބުނެލާ ބަހަކުން އަހަރެން ބިރުގަންނާނޭ.. އެހެން ދުވަސް ދުވަހު ކަލޭ ހަޅޭއްލަވާ އަޑު އޮފީހުގެ މީހަކަށް އިވިދާނެތީ އަހަރެން ކަމެއް ނުކޮށް ހުރީ. މިއަދު މާ ފުއްޕާފަ ނޫޅެއްޗޭ. ކިތައްމެ ބާރަށް ހަޅޭއްލެވިއަސް މީހަކު ނާއްނާނެ ކަލޭ ސަލާމަތް ކުރަން” އާމިދުގެ ރުޅިވެރިކަމުގެ ހުޅުގަނޑުން ފަޒޫގެ ހަށިގަނޑު ދިޔައީ ބިރުން ރޫރޫ އަޅައިގެންނެވެ. އެމޫނު މަތީވި ވިހަ ހިނިތުންވުމުން ފަޒޫގެ ހިތް ދިޔައީ ކުދިކުދި ވަމުންނެވެ.

38
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

maroon

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

ވަންހަނާ (32)

Next

އައިޝާ 23

Next
March 28, 2017

އައިޝާ 23

Previews
March 28, 2017

ވަންހަނާ (32)

9 Comments

  1. sooo says:
    March 28, 2017 at 10:16 pm

    Alhey mivaahaka v reethi.. Kon irakun aneh baai genes dheny..

    1. maroon says:
      March 28, 2017 at 10:37 pm

      Thanku SOO … in sha allah v avahah next part ?

  2. maroon says:
    March 28, 2017 at 10:35 pm

    Mee alhugaduge furathama story. Ragalhu kuran kameh othiyyaa comment kollevun edhen..abadhuves binaa kuranivi faadu kiyumah maruhaba kiyaanan ?☺

  3. Azu says:
    March 28, 2017 at 10:41 pm

    Alhey….fazoo ah ehen nahadhaa…..emanje salaamiy kuran meeheh gennahchey….isha ge eysh eyee aroo ge beybe dho….vaahaka v reethi….aneh bai koh irakun kiyaalan libeynee…

    1. maroon says:
      March 28, 2017 at 10:50 pm

      Thanku AZU…
      Keep on reading to find out ?

  4. judge armaan says:
    March 28, 2017 at 10:57 pm

    umm varah salhi ekam kuruhen heevey then keep it up maroon
    🙂

  5. Khajja says:
    March 29, 2017 at 12:17 am

    V rythi kon irakun anebbaigenesdheyny haadha lahey genesdheveyleh thankolheh avahah up kolladhybala pls

  6. janna says:
    March 29, 2017 at 12:26 am

    diologue thah fiyava ehen thanthanuga nick name leema kada.. misaalakah “mamma men kuri mathy eha gaigoalhi koh ulhey hitheh aru nuveye” ethan thanuga innaani full name Aroosha.. diologue thakuga ekani nick name beynun kuraani.. dhen heevani fazoo ge vx full name aky fazna hen dho.. bt abadhuvx fazoo ey liyefa hunnani ofyhuga thaashivi vahaka genesfa oeh iruvx.. ? ekan ekan rangalhu kohlla.. story v reethi hama

    1. maroon says:
      March 29, 2017 at 3:22 am

      Thank u JANNA. Dhn faharakun thikan ragalhu kohlaanan ?

Comments are closed.

All Right Reserved!