އުޝާ އައިސް އެގޭ ދޮރުމައްޗަށް އެރިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.ނަމަވެސް ދޮރު ހުރީ ހުޅުވާފައެވެ.ވަންނަން ނުވަންނަން ހުރެފައި ކަހަލަ ގޮތކަށް އެތެރެއަށް ވަންނަން ހިނގައިގަތްއިރު މީހާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.މަޑުމަޑުން ސިޑިން އަރައިގެން ގޮސް އޭނާ ހުއްޓުނީ އެންމެ ފުރަތަމައަށް ޖެހުނު ކޮޓަރި ކައިރީގައެވެ.އަދި މަޑުމަޑުން ދިމްރާއަށް ގޮވާލަމުން ދޮރުގައި ޓަކި ޖަހާލިއެވެ.ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.އުޝާ ދެހިޔާލެއްގައި ހުރެފައި ތަޅުނުލާހުރި ދޮރު ތަޅުގައި ހިފާ އަނބުރާލަމުން އެތެރެއަށް ވަނީ ދިމްރާ ހުންނާނީ ފެންވަރަން […]
“އާނ. އަހަރެމެންގެ ނެތް ބޭބީއެއް. އަދި ކާންދީ ބަލަހައްޓާނެ ފިރިއެއްވެސް. ދޯ ދިމޫ.” ދިމްނާއަށް ދޯ ދެމުން ލާރާ ރޭޝަމްއާ ދިމާކޮށްލިއެވެ. “ފިރިއެކޭ!؟ އެއީ ކާކު؟ މިހާރު އަހަރެންނަށް ނޭނގި އަހަރެންނަށް ފިރިއެއްވެސް ދިނީތަ؟” ރޭޝަމް ހިތުގެ ހާލު ފޮރުވަމުން ލާރާގެ ސަމާސާގައި ބައިވެރިވިއެވެ. “އާނ. ފިރިއެއް. އަހަރެމެން ކިޔާނީ އެހެން. ޝިފާންއަކީ ދެން ކާކުތަ؟ ފިރިއެއް ނޫނީ ލޯބިވެރިޔާއޭ ދޯ ކިޔަންވީ؟ އެހެން ނޫނަސް މިޒަމާނުގަ ބީއެފްއަށް ފިރިން ޖީއެފްއަށް އަނބިންނޭ ކިއްޔާ ރަނގަޅުވާނީ. އުޅެނީ […]
“ބިރެއް ނުގަނޭތަ؟ މި ފަޅުގޭގަ. އެކަނިމާއެކަނި. އެއްވެސް މީހެއްގެ ހިލަމެއްވެސް ނުވާ ހިސާބެއްގަ. ކިތަންމެ ވަރަކަށް ހަޅޭއްލެވިޔަސް އެއަޑު އިވޭނެ މީހަކު ނުހުންނާނެ.” ޒައިކް އެހެން ބުނެލުމުން ރޭޝަމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އޭނާ އެހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނީތީ އޭނާ ހައިރާންވިއެވެ. “ޒައިކް!” ރޭޝަމް ވަރަށް ބާރަށް ޒައިކްގެ މޭގައި އަތްއަޅާ ކޮއްޕާލިއެވެ. މިކަމަށް ހުޝިޔާރުވެގެން ހުރި ޒައިކް ދެފިޔަވަޅު ފަހަތަށް ކައްސާލިޔަސް ނުވެއްޓި ބިމުގައި ފައި ހަރުކޮށްލިއެވެ. އެއާއެކު ޒައިކް […]
ހަމްދާނަށް ހުރެވުނީ މައިޝާގެ އެ ޖުމްލަތައް ޤަބޫލުނުކުރެވިފައެވެ. މިއީ ހުވަފެނަކަށްވާނެނަމައޭ ހިތާހިތުން ދުޢާ ކުރެވުނު އަދަދެއްވެސް ނޭގެއެވެ. “ދާން. ނޭގެ ކިޔާދޭކަށްވެސް. މައި ހަމަ ދެރަވަނީ. ހިތަށް އަރާ މައި މީ މިހާރު ދުނިޔޭގަ ހުރިމީހަކަށް ނުވިނަމައޭ.” ބަލި އަޑަކުން މައިޝާ ވާހަކަ ދެއްކިއިރު އެހިތުގެ ރިހުމާއި ވޭން ހަމްދާނަށް އިގޭ ކަހަލައެވެ. “މައި ތިހެން ބުނާކަށްވެސް ނުވާނެ. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް”. މައިޝާ ހިތްހަމަ ޖައްސާލުމުގެ ގޮތުން ހަމްދާން ބުނެލިއެވެ. ލޯމަރާލައިގެން އޮތް […]
ނިޝާ ފޮޓޯތަކާއި އުކާލި އެއްޗިހި ޖެހުނީ ކޮޓަރިއަށް ވަން ދުންޔާގެ ފައިގައެވެ. ޝާހިދު އާއި ދުންޔާ އެކަކު އަނެކަކަށް ބަލާލިއެވެ. ކަންތައް ގޯހުން ގޯސްވެއްޖެ ކަން އެމީހުންނަށް އެނގުނެވެ. ޝާހިދު އަވަސް އަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. ދުންޔާ ކުރިޔަށް ޖެހިލާފަ އެއްޗެތި ހޮވަންފެށިއެވެ. އެކޮޓަރީގެ ކަބަޑުގައިވެސްހުސް ދުންޔާގެ އަންނައުނެވެ. ނިޝާ ރުޅިވެރިކަމާއެކު ހުރިހާ އެއްޗިހި ބޭރަށް އުކަމުން ދިޔައެވެ. “ދައްތާ ތިއައީ އަދި ކުރީދުވަހު ދޮވެފައި ބޭރަށް ނުގެންދެވޭ ހެދުންތައް.. ކީއްވެ ތިޔަ އުކަނީ” “އެހެންވެތަ […]
“ކީއްވީ؟” ރޭޝަމް ކާރުން ނުފައިބާ އިނުމުން ޒައިކް ސުވާލުކޮށްލިއެވެ. ޒައިކްގެ އަޑަށް ސިހިފައި ބަލާލުމަށްފަހު އަވަސްއަވަހަށް ކާރުން ފޭބިއެވެ. އޭރުވެސް އޭނާގެ ހިތުގައި ހިނގަމުންދިޔައީ ކުރިންވެސް ހިނގަމުންދިޔަ ޚިޔާލުތަކެވެ. އެއްވެސް ބަހެއް ނުބުނިތާނގައި އިސްޖަހާލިގޮތަށް ރޭޝަމް ގޮސް ތޮށިގަނޑުމައްޗަށް އެރިއެވެ. ރޭޝަމް ބަލާލިއިރު ޒައިކް ހުރީ ލޯންޗުގެ ކުރީގައި އަތް ދިއްކޮށްލައިގެންނެވެ. އެއަތުގައި ހިފަމުން ރޭޝަމް އިސްޖަހާލިއެވެ. އަވި އައިނު އަޅާލައިގެން ރިއިރު މިއަދު ޒައިކް ފެންނަނީ އެހެން ދުވަސް ދުވަހާއި ޚިލާފަށް މާ ތާޒާކޮށެވެ. އެމޫނުމަތިން […]
އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. ޔުއާންގެ ބައްޕައެވެ. ހިތުގައި އުފެދި ގެން ދިޔައީ ސުވާލުތަކެކެވެ. ޔުއާންގެ ބައްޕައަކީ އަސްލު ކާާކުބާއެވެ؟ ކޮން މަގާމެއްގެ ނުވަތަ ކޮންތަނެއްގެ އިސްމީހެއްބާއެވެ؟ ދިމްރާގެ ނަޒަރު ޔުއާން އާއި ސީދާވެފައި ހުރިކަން އެނގި ހުރެވެސް ޔުއާންހުރީ ނޭނގޭކަމަށް ހަދާލައިގެންނެވެ. މާކުރިންވެސް ދިމްރާއަށް ވާނީ އެފަދަ ގޮތެއްކަން ޔުއާންއަށް ވަނީ ލަފާކޮށްލެވިފައެވެ. ފުރަތަމަ ތައާރަފެއްދެމުން ވާހަކަ ދެއްކީ ސުކޫލްގެ ޕްރިންސިޕަލެވެ. އަލަށް ވަތް ކުދިންނަށާއި ބާރައިގެ ކުދިންނަށްވެސް ޕްރިންސިޕަލް މަރުހަބާކިއެވެ. އެއައްފަހު ސުކޫލްގެ […]
“އަހަރެން ގައިގަ އަތްނުލާތި!” ޒައިކް ސިހުނުވަރުން ފަހަތަށް ޖެހުނެވެ. ރޭޝަމް ރުޅި އައިސް ރަތްވެފައިހުރެ، ވަރަށް އުނދަގުލުން ގޮނޑީގައި އިށީނެވެ. ޒައިކް ދުވެފައި ބޭރަށް ނުކުތެވެ. އެނބުރި އައިއިރު އައީ އައިސް ކިއުބްތަށްޓަކާއި ބޭސްފުޅިއެއް ހިފައިގެންނެވެ. މިކަމުންވެސް އޭނާ ރޭޝަމްއަށް ބަހައްޓާ އޯގާތެރިކަން ހާމަވެގެންދިޔައެވެ. “ރޭޝަމް! މި ކިއުބްތަކުން ބޮނޑިތާން ކޮށްލާފަ މި ބޭސް އުނގުޅާލާ. އޭރުން ވަރަށް އަވަހަށް ރަނގަޅުވެދާނެ.” ރޭޝަމް އެހެން އިންދާ ޒައިކް ދިއްކޮށްލި އައިސް ކިއުބް ތައްޓާއި ބޭސްފުޅި ފެނިފައި އޭނާގެ […]