Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 23

Axoo Level 310 Stories100 Comments100 Login
March 28, 2017 6 Mins Read
31 Comments

އިރުކޮޅަކުން ދޮރު ހޫޅުވާލާފައި ވަން އީޝަލްފެނުމާއެކު ނީމާއާށް އިންތަނުން ތެދުވެވުނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅުވެސް  މަޑިޖެހވުނީ އީޝަލްގެ މޫނުމަތީގައިވާ ޒަހަމްތައް ފެނުމުންނެވެ. އަޅައިގެން ހުރި ބޮޑު ބުރުގާގެ ކަންގަނޑުވެސް ވަނީ ވީދައިގެން ގޮސްފައެވެ. ހާރޫނު ދަރިފުޅާއޭ ގޮވާލުމާއެކު އީޝަލްއަށް އަޑުން އަޑުން ނަގާފައި ރޯންފެށުނެވެ. ނީމާ ބާރަށް ހިނގާފައި ގޮސް އީޝަލް ގައިގާ ބައްދައިގަތެވެ. އަދި ކެތްތެރިވުމަށް ނަސޭހަތްތެރި ވިއެވެ. ނަމަވެސް އީޝަލްއަށް ރުއިން ހުއްޓޭނެ ގޮތެއް ނުވިއެވެ. އީޝަލްގެ އެރުއިން އިވި ހަރޫނުވެސް ހިތްވަރު އެލޭގޮތްވިއެވެ.  ކޮފީތަށި އަތުން ދޫވާހެން ހީވުމުން އަވަހަށް މޭޒުމަތީގައި ބެހެއްޓިއެވެ.

” ދަރިފުޅާ ބައްޕައަށް މާފުކުރޭ.. މިހެން މިވީ ބައްޕަގެ ސަބަބުން.. “ހާރޫނު ރޮވިފައި ބުނި އަޑު އިވުމުން އީޝަލްގެ ރުއިން ހުއްޓުމަކަށް އައެވެ. ނީމާގައިން ދޫކޮށްލުމަށްފަހު އީޝަލް ދުވެފައިގޮސް ހާރޫނު ގައިގާ ބައްދައިގަތެވެ. ރޮމުން ރޮމުން ބައްޕަގެ ކުށެއް ނެތްކަމުގައި ބުންޏެވެ. އީޝަލް މިވަގުތު އެންމެ ހަނދާންވަމުން ދިޔައީ އައިޝާ މަތިންނެވެ. މިވަގުތު އައިޝާ ހުރިނަމަ ކިހާ ރަނގަޅު ހެއްޔެވެ.

…………………….

ނިދަން އޮވެފައި އައިޝާއަށް ތެދުވެވުނީ ނުބައި ހުވަފެނެއް ފެނިގެންނެވެ. ހުވަފެނުގައި އީޝަލްވަނީ ޖަލަކަށް ލާފައެވެ. އަޑުން އަޑު ނަގާ ރޮމުން ދިޔައިރުވެސް އެއްވެސް މީހަކު އަޅައެއް ނުލައެވެ.  މޫނުމަތިން ހިއްލާލާފައި ހުރި ދާތިކިތައް ފޮޮހެލަމުން އައިޝާ ފޯނު ނަގާ ގަޑި ބަލާލިއެވެ. ގަޑިން ހަތަރުގަޑި ބައިވަނީއެވެ. ކައިރީގައި ހުޝާމް ނިދާފައި އޮތެވެ. ކަންތައްވީގޮތް ހަނދާންވެފައި އައިޝާ މޫނު ރަތްވިއެވެ. އެއް އަތް މައްޗަށް އޮށޯތުމަށްފަހު ހުޝާމްގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ހުޝާމްދެކެ ލޯބިވާވަރު އައިޝާއަށް އިހްސާސް ކުރެވިގެން ދިޔައެވެ. އަބަދުވެސް އެމޫނަށް ބަލަން މިހެން އޮވެވޭނެ ނަމައޭ ހިތަށް އެރިއެވެ. އައިޝާ ހުޝާމް މޫނުގައި އަތްޖަހާލަން އުޅުނެވެ. ނަމަވެސް ހުއްޓުނީ ހުޝާމް ހޭލަފާނެތީއެވެ. އައިޝާ ވަރަށް މަޑުން ތިރިވެ ކިރިޔާ ޖެހޭ ނުޖެހޭ ވަރަށް ހުޝާމްގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އަދި ހިތްފުރެންދެން އެމޫނަށް ބަލާލުމަށްފަހު ތެދުވާން އުޅުނެވެ. އެވަގުތު އައިޝާ ސިއްސައިގެން ދިޔައީ ހުޝާމް އައިޝާގެ އަތުގައި ހިފުމުންނެވެ. އައިޝާ ހުޝާމްގެ މޫނަށް ބަލާލިއެވެ. އޭރުވެސް ހުޝާމްއޮތީ ހަމަ ކުރިންވެސް އޮތްގޮތަށް ލޯމަރާއިގެންނެވެ.

” ހުޝާމް.. އަހަރެން ދާންވެއްޖެ.. އިރުކޮޅަކުން ބަންގި ގޮވާނެ.. އަދި ދަމުނަމާދުވެސް ނުކުރަން” އައިޝާ ބުނެލިއެވެ.

” އަދި އެއްފަހަރު.. އަހަރެން ލޮލެއް ނުހުޅުވާނަން” ހުޝާމްގެ ޖުމްލަ އިވުމާއެކު އައިޝާ ލަދުން މަރުވާވަރުވިއެވެ. އައިޝާ އުޅުނުގޮތް ހުޝާމްއަށް އެނގޭކަން ޔަގީންވިއެވެ. އެންމެ ފަހުން ހުޝާމް އަތުން ދޫނުކުރުުމުން އައިޝާ މަޑުމަޑުން ހުޝާމް މޫނާ ދިމާއަށް ތިރިވާން ފެށިއެވެ. މޫނު ކިރިޔާ ޖެހޭ ނުޖެހޭ ހިސާބަށް ކައިރިވުމާއެކު ހުޝާމް ލޯހުޅުވާލިއެވެ. އައިޝާ ސިއްސައިގެން ގޮސް ދުރަށް ދާން އުޅުނު ވަގުތު ހުޝާމް އައިޝާގެ ކޮލުގައި ބޮސްދިނެވެ. އައިޝާ ލަދުރަކިގޮތަކަށް ހީލަމުން އެންމެ ކައިރިން އަތްޖެހުނު ކުޝަން ހުޝާމްގެ މޫނުމަތީގައި އެޅުމަށްފަހު ގަދަކަމުން އަތް ނައްޓާލުމަށްފަހު ދުވެފައި ގޮސް ފާހާނައަށްވަނެވެ. ހުޝާމް ވެސް ހިނިގަނޑެއް ޖަހާލަމާއެކު ދަންވަރުގެ ހަމަހިމޭން އެވަގުތުގައި ފަޒާތެރޭގައި ގުގުމާލާފައިވަނީ އައިޝާއަދި ހުޝާމްގެ ހުނުމެވެ.

ފަތިސް ނަމާދުކޮށްގެން އޮށޯވެލިގޮތަށް އީޝަލްއަށް ހޭލެވުނީ ނުވައެއް ޖެހިފަހުންނެވެ. ތެދުވެ ޟުހާ ނަމާދުކޮށްލުމަށްފަހު ދަތުރަށް ތައްޔާރުވާންފެށިއެވެ. ނީމާ ސައިބޯންވެގެން ހޯދަން އައިއިރު އީޝަލް އުޅުނީ ފުރަން ތައްޔާރުވުމުގައެެވެ. ނީމާ ފެނުމުން ހާރޫނު ތައްޔާރުވެއްޖެތޯ ސުވާލުކޮށްލިއެވެ. ނީމާ ބޯޖަހާލުމުން އީޝަލް އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

” އައިޝާ ކައިރިއަށްކަށް ނުދާނަންތަ..” ނީމާ ސުވާލުކޮށްލިއެވެ. ވަގުތުން އީޝަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

” ދޮންތައާ ކުރިމަތިލާނެހާ ހިތްވަރެއް ނެތް…. ދޮންތައަށް ވަގުތުން އެނގޭނެ އަހަންނަށް ކޮންމެވެސް ކަމެއްވެއްޖެކަން.. ދޮންތައަށް މިކަން އެނގިއްޖިއްޔާ އަހަންނަށްވުރެވެސް ބޮޑަށް ދެރަވާނީ ދޮންތަ.. ދޮންތަގެ ކައިވެންޏަށް އެންމެ ދުވަހެއްވެސް ނުވަނީސް އަހަރެން ބޭނުމެއްނޫން ދޮންތަ ދެރަކޮށްލާކަށް..” އީޝަލްއަށް ވާހަކަ ދެއްކުނީ ކުރެހިފައިވާ އަޑަކުންނެވެ. ނީމާ ބޯޖަހާލަމުން ނިކުތީ އިތުރަށް ވާހަކަ ދައްކައިފިނަމަ އަނެއްކާވެސް އީޝަލް ރޯންފަށާފާނެހެން ހީވުމުންނެވެ.

ފަތިސް ނަމާދުކޮށްގެން ނިކުތްގޮތަށް އައިޝާ އުޅުނީ ފުރަތަމަ ފަހަރަށް އަލަތު ފިރިމީހާއަށް ސައިހަދައިދިނުމުގައެވެ.  ހުޝާމް ވެސް ތިރީ ބަޔަށް ދިޔައީ ލޫޝާ ބޭސްކާ ގަޑި ކައިރިވުމުން ބޭސް ދޭށެވެ. ރޮށްޓާއި މަސްހުނި ހަދާލުމަށްފަހު މީރުކޮށް ސައިކައްކާލިއެވެ. އަދި ޕާން ރޯސްޓް ކުރުމަށް ފަހު އެގް ސްކްރަމްބްލް ކޮށްލިއެވެ. ހުރިހާ އެއްޗެއް ތައްޔާރުކޮށް ނިންމާލުމަށްފަހު ހުޝާމް އަންނާނޭ ގަޑިއަކަށް އިންތިޒާރު ކުރަންފެށިއެވެ.

ބުނެފައިވާ ގަޑިއަށް ހުޝާމް އައުމުން އައިޝާ ހިނިތުންވެލިއެވެ. ހުޝާމް އިށީންނަން ތައްޔާރުކޮށްލުމުން ތަށިތަކުގެ މަތިނަގާ ކައިރިކޮށްލަ ދިނެވެ. އައިޝާ ތައްޓަށް އަޅައިދޭން އުޅުމުން ހުޝާމް އެކަން މަނާ ކުރިއެވެ. އަދި އެއީ ހުޝާމްއަށް އަމިއްލައަށް ކުރެވޭނެ ކަމެއް ކަމަށާ އައިޝާވެސް ހަމަޖެހިގެން ހުޝާމްއާއި އެއްކޮށް ސައިބުއިމަށް ބުންޏެވެ. އަދި އޭރުން ހުޝާމް މާ އުފާވާނެކަމުގައިވެސް ބުންޏެވެ. އައިޝާ ހެދި އެއްޗެހި ކެއުމަށްފަހު އެތައްފަހަރަކު ހުޝާމް އައިޝާއަށް ތައުރީފުކުރިއެވެ. މީގެ ކުރިން އެހާ މީރު މަސްހުންޏެއް ދުވަހަކުވެސް ނުކާކަމަށް ބުނެ ކުރިން ދުވަހަކުވެސް ނުކާހާ ގިނައިން ކެއެވެ.

އައިޝާއަށް އީޝަލްއާއި ހާރޫނު ކޮންމެވެސް ތަނަކަށް ފުރައިގެން ދިޔަކަން އެނގުނީ ރިޒްވާންއާއި ހިބާ ފުރުމުގެ ކުރިން އައިޝާއާއި ހުޝާމް އަދި އެގޭ އެހެން  މީހުންނާ ބައްދަލުކުރަން އައުމުންނެވެ. އީޝަލް ކަންތައްކުރާ ގޮތުން އައިޝާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. އައިޝާއަށް ނުފެނި އުޅެން ދިމާވީ ކޮންކަމެއް ހެއްޔެވެ. ކައިވެނީގެ އެންމެ ގަޑިއިރެއް ކުރިން އީޝަލްއަށް އެއައީ ކޮން ބަދަލެއް ހެއްޔެވެ. އެއްކޮޅުން އައިޝާ ހިތާމަ ކުރަމުންދިޔައިރު އަނެއްކޮޅުން އައިޝާގެ އިހްސާސްތައް ނޭނގޭ ހާލު ހުޝާމް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ހިބާ ހެދުން އަޅާފައި ހުރިގޮތްފެނި ހިބާގެ ކައިވެނި ކުރެވުނީ އެންމެ އެކަށީގެންވާ މީހާއާއި ކަމުގައި ހުޝާމް ދެކުނެވެ. ނަމަވެސް އަނެއްކޮޅުން ހަބީބާ ހުރީ ރުޅިއައިސް ހަދާނެގޮތް ނޭނގިފައެވެ. ހައިފާވެސް މަލާމާތް ކުރާވަރުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ނަމަވެސް މިކަމާ ހިބާގެ މާބޮޑ ފަރުވާލެއް ނެތެވެ. ރިޒްވާންގެ ލޯބި ލިބޭ ދުވަހަކު ރިޒްވާން ބުނާ ކޮންމެ ގޮތެއް ހަދަން ހިބާ ހުރީ ތައްޔާރަށެވެ.

އަސުރު ނަމާދުކޮށްގެން އެނދުގައި ޖައްސާލިތަނުން އެޕާޓްމެންޓް ދޮރުގައި ޓަކި ޖަހާ އަޑުއިވުނެވެ. މޫނުގައި ފޮތިކޮޅު އަޅާލަމުން ދުވެލާފައި ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ހެވިލާފަި ހުރީ ލޫޝާއެވެ. އައިޝާވެސް ހީލަމުން އެތެރެއަށް ވަނުމަށް ދައުވަތު ދިނެވެ. ލޫޝާ ބުނީ މިވަގުތު ހުރެވެން ނެތްކަމަށާއި ވަރަށް އަވަހަށް ތިރިއަށް އަންނަން ސާމީ ބުނި ކަމަށެވެ. އެހެން ކަމުން އައިޝާވެސް އިތުރަށް މަޑުނުކޮށް ލޫޝާއާއި އެކުގައި ތިރިއަށް ދިޔައެވެ. އައިޝާއާއި ލޫޝާއަށް ވަންއިރު އާއިލާގެ އެންމެން ސިޓިންގރޫމްގައި ތިއްބެވެ. ހުޝާމްވެސް އެދެމީހުންނަށް ބަލާލާފައި ހިނިތުންވެލިއެވެ.

ސާމީ ދެއްކީ ދެއަހަރު ދުވަހަށް އަނެއްކާވެސް މެލޭޝިޔާއަށް ފުރާ ވާހަކައެވެ. ސާމީއާއި އެއްކޮށް އިތުރު ބޭސްފަރުވާއަށް ލޫޝާ ގެންދަން ބުނުމުން ސާފުގޮތުގައި ލޫޝާ އެކަން މަނާ ކުރިއެވެ. ކުރާ ބޭހެއް ކުރަން ބޭނުންވަނީ އިންޑިއާއިން ކަމަށް ބުނަމުންނެވެ. ލޫޝާ މެލޭޝިޔާއަށް ފޮނުވާލަން އެންމެ ބޮޑަށް ހިފާލާފައި ހުރީ  ހަބީބާއެވެެ. އެއީ ލޫޝާއާއި އެކު ހުޝާމްވެސް ފޮނުވާލުމަށެެވެ. އައިޝާ ގެއިން ބޭރުކޮށްލެވޭނީ އޭރުންނެވެ. ވަރުގަދަ ބަހުސްއަކަށްފަހު އެންމެ ފަހުން މޮޅުވީ ލޫޝާގެ ކޮޅެވެ.

ހަފްތާއެއް ވެގެން ދިޔައިރުވެސް އީޝަލްގެ ހަބަރެއް ނުވުމުން އައިޝާ ހުރީ ކަންބޮޑުވެފައެވެ. އެއްރައަކު ހުޝާމް ކައިރީގައި އެވާހަކަ ދެއްކުމުން ހުޝާމް ހިޔާލު ދިނީ އީޝަލް ހުރި ތާކަށް ގޮސް އޭނަ އާއި ބައްދަލުކުރާށެވެ. އެހެން ނަމަވެސް އީޝަލް ވީތަނެއް އައިޝާއަކަށް ނޭނގެއެވެ. ހާރޫނަށްވެސް އެތައްފަހަރަކު ގުޅިއެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލާފައެވެ. ނީމާއަށް ގުޅައިގެންވެސް އެދެވޭ ކަހަލަ ޖަވާބެއް ނުލިބުނެވެ. އައިޝާއަށް ގޮތްހުސްވިކަހަލައެވެ. އެދެބަފައިން ސަލާމަތުން ލެހެއްޓެވުމަށް އެތައްފަހަރަކު މާތްﷲ ކިބައަށް ދުއާކުރެވުނެވެ.

އެއްދުވަހެއްގެ މެންދުރު ގެ ވަގުތެކެވެ. އަވަދި ނެތި އައިޝާ އުޅުނީ ބަންބުކެޔޮ ބޮނޑިބަތް ހެދުމުގައެވެ.   ގޭގައި އެހެން ކާއެއްޗެއް ނުހެދީ މިއަދަކީ ހުޝާމް ލޫޝާއާއި އެކު ކެއުމަށް އިންސާފުކުރާ ދުވަހަކަށް ވާތީއެވެ. ކައްކާ ނިންމާލުމަށްފަހު ބޮޑު ތައްޓަކާ އަޅާ ބަންދުކުރުމަށްފަހު އައިޝާ ވަނީ ފެންވަރާށެެވެ.

ފެންވަރައިގެން ނިކުމެ ތިރީބަޔަށް ދާން ތައްޔާރުވެލިއެވެ. އެޕާޓްމެންޓް ދޮރުގައި ޓަކި ދިނީ އެވަގުތުއެވެ. އައިޝާ މޫނު ފޮރުވާލަމުން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ އީޝަލް ފެނި އައިޝާއަށް އީޝަލް ގައިގާ ބާރަށް ބައްދައިލެވުނެވެ. އައިޝާގެ ހަރަކާތްތައް ހުރިގޮތުން އީޝަލްއަށް މާގިނައިރަކު ހިފަހައްޓައެއް ނުލެވުނެވެ. ކުޑަކުއްޖެހެން އައިޝާ ބުރުގަލުގެތެރޭގައި މޫނުފޮރުވައިގެން ހުރެ ރޯންފެށިއެވެ. ފުރަތަމަ އައިޝާހީކުރީ އައިޝާއާއި ދޭތެރޭގައި ކަންތައްކުރެވުނު ގޮތުން ރޮނީކަމަށެވެ. ނަމަވެސް އެރުއިމުން ބުނެދެނީ މުޅިން އެހެން ވާހަކައެވެ. އައިޝާ އީޝާލް ގަޔާ ދުރުކޮށްލަމުން ރަނގަޅަށް އެމޫނަށް ބަލާލިއެވެ. އެމައުސޫމު މޫނުމަތިން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. އައިޝާ އީޝާލް އަތުގައި ހިފައިގެން ގޮސް ސޯފާގައި ބޭންދިއެވެ. އަދި ގޯސްވީ ކޮންކަމެއްތޯ ސުވާލުކޮށްލިއެވެ.

” ދޮން..ތާ…މމަ..މަން..މަން..މަންމަ” މިހިސާބަށް ބުނެވުނުތަނާހެން އީޝަލްއަށް ކުރިއަށްވުރެވެސް ބާރަށް ރޮއެގަނެވުނެވެ.

” މަންމަ ކިހިނެއްވީ” އައިޝާ ތެޅިތެޅި އޮތް ހިތަކާ އެކު އަހާލިއެވެ.

” ދޮންތަ ކައިވެނި ކުރި ދުވަހު އަހަންނަށް ގުޅީ ސައިފް ބޮޑުބެ…. ބުނީ މަންމަ ވަރަށް ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔަވާހަކަ.. އަހަރެން ދޮންތައަށް އަންގަން ބޭނުންނުވީ ދޮންތަގެ ކައިވެންޏަށް ހުރަހެއް އެޅިދާނެތީ.. ބޮޑުބޭބެ ހަރަދުގަ މަންމަ އޮތީ ޕްރައިވެޓް ރޫމެއްގަ.. އަހަރެން ދިޔައިރު މަންމައަށް އޮތީ ނިދިފަ.. އަހަރެން ބޮޑުބެ ކައިރީ އެހީމަ ބުނީ މަންމަ ބުނީ މަންމަ ގެ ހާލު ވަރަށް ގޯސްކަމަށް.. މަންމަ ބޯހަމަނުޖެހޭ ވާހަކަ ދައްކަނީ ކަމަށާއި އަމިއްލަ ފުރާނަޔަށް ގެއްލުންވާ ކަންތައްތައް ކުރަނީ ކަމަށް.. ބޮޑުބޭ ބުނީ ދުވަސްކޮޅެއް ވެއްޖެއްޔޯ މަންމައަށް އެހެން ވެގެން އުޅޭތާ.. މިހާރު މަންމަ ވަނީ ބޮޑުބޭގެ ބެލުމުގެ ދަށުގަ.. ބޮޑުބޭ ބޭނުންވަނީ އަހަރެން މަންމަ ގޮވައިގެން ގެއަށް ދާން.. އެކަމަކު…” އަނެއްކާވެސް އީޝަލްއަށް ރޮވެން ފެށުނެވެ. އައިޝާއަށް ވެސް އިނީ ރޮވިފައެވެ.

” އެދުވަހު މަންމަ ހޭއަރަންދެން މަންމަ ކައިރީގަ އިނީ.. މަންމަ ހޭއެރިއިރު ބޮޑުބެ އެއް ނެތް.. އަހަރެން މަންމައަށް ގޮވާލާއިރަށް މަންމަ.. އަހަންނަށް ބަލާލީ ވަރަށް ލޯބިން… މޫނުގަ ފިރުމާލަންވެސް އުޅުނު.. އެކަމަކު ނޭގެ ކުއްލިއަކަށް ވީގޮތެއް.. ފިރުމާލަން ނެގިއަތުން ހިފީ އަހަރެންގެ ކަރުގަ.. މަންމަ އަހަންނަށް ވަރަށް އަނިޔާކުރި.. އަހަންނާ ދިމާއަށް ވަރަށް ހަޑިއެއްޗެހި ކީ.. ބުނީ އަހަންނަށް ދުވަހަކުވެސް މާފުނުކުރާނަމޯ.. ދުވަހަކުވެސް އަހަންނަށް ރަނގަޅު ކަމެއް ނުވާނެޔޯ.. އައިޝާ ހޭއަރުވާލަނަމޯ.. ދެން ނޭނގެ.. އަހަރެންގެ ބުރުގާވެސް އިރާލީ އެތަނަށް ދެނަރުހުންނަށް އައިސް ވަދެވުނީ އަހަރެންގެ އަޑަށް.. ބޮޑުބެ ބުނީ އަހަންނާ އެކު ގެއަށް ފޮނުވުން ރަނގަޅެއް ނޫނޯ. އެހެންވެ އަަހަންނާ ބައްޕަ ދިޔައީ ބޮޑުބެ މެން ރަށައް.. ހަފްތާއެއް ވަންދެން އަހަރުމެން އެކޮޅުގަ މަޑުކުރީ މަންމަގެ ހާލު ހަމައަކަށް އެޅެންދެން.. އެކަމަކު މަންމަގެ ހާލަތަށް ކުޑަވެސް ބަދަލެއް ނާދޭ.. އެހެންވެ ބޮޑުބެ ބުނީ އަހަރުމެން އެނބުރި މާލެ ދާން.. ދޮން.. މަންމަ ވަރަށް ހިކި.. ވަރަށްދެރަވޭ މަންމަ ފެނުނީމަ” އީޝަލް މިހެން ބުނެ އައިޝާގެ ކޮނޑުގައި ބޯއަޅާގެން އޮވެ ރޮމުން ދިޔައެވެ. އައިޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. މިވަގުތު އައިޝާވެސް އީޝަލްހެން ރޯންފަށައިފިނަމަ ގޯސްވެދާނެއެވެ. މިވަގުތު އައިޝާއާއި ޖެހޭނީ ކެތްތެރިވާށެވެ.

“އީޝޫ މިވަގުތު މަންމައަށް ބޭނުންވަނީ އަހަރުމެންގެ ހެޔޮ ދުއާ.. ތިގޮތަށް ރުއީމަ ވާނެ އެއްވެސް ފައިދާއެއް ނެތް.. އީޝޫ ތީ ހިތްވަރުގަދަ ކުއްޖެއްުނު.. ދެން ހުއްޓާލާ.. ޝްޝްޝް” އައިޝާ އީޝަލްގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އީޝަލް ހަމައަކަށް އެޅުމުން ދެން ދައްކަންފެށި އައިޝާގެ ކައިވެނީގެ ވާހަކައެވެ. އައިޝާއަށް އީޝަލްއަށް ފޮޓޯ ތައް ދައްކަމުން ދިޔައިރު ހިތްރޮމުން ދިޔައެވެ. އަމިއްލަ މަންމަފަދަ މީހަކަށް އެފަދަ ކަމެއްވުމުން އައިޝާއަށް ލިބުނު ހިތްދަތިކަން ބޮޑެވެ. އެދުވަހު އައިޝާ ސޮފިއްޔާ ގެންދިޔަ ނުދިންނަމަ މިހެން ނުވީހެވެ. އެތައްއިރަކު އައިޝާ ކައިރީގައި އިނުމަށް ފަހު އީޝަލް ގެއަށް ދިޔައީ އައިޝާއާއި އެކުގައި އަސުރު ނަމާދުވެސް ކޮށްގެންނެވެ.

އީޝަލް ދިއުމުން އައިޝާ ބަނބުކެޔޮ ބޮނޑިބަތް ތަށި ހިފައިގެން މިސްރާބުޖެހީ ތިރީ ބަޔަށް ދާށެވެ. އެތެރެއަށް ވަންއިރު ހަބީބާ ޓީވީ ބަލަން އިނެވެ. ލޫޝާ ކޮބައިތޯ ސުވާލުކޮށްލުމުން ލިބުނީ ވަރަށް ވެސް ރުންކުރު ޖަވާބެކެވެ.

” ނޭގެ އަހަންނަކަށް.. އަމިއްލަ އަށް ގޮސް ބަލާބަ..” ހަބީބާ ޓީވީ އިން ނަޒަރުވަކިކޮށްނުލާ އިނދެ ބުނެލިއެވެ.

” މަންމާ އަހަރެން މިއައީ ބަނބުކެޔޮ ބޮނޑިބަތް ހިފައިގެން” އައިޝާ ވާހަކަ ދައްކަން މަސައްކަތް ކުރަމުން ބުންޏެވެ.

” އައްޗީޑި.. ކަލޭގެ މުޑުދާރު އަތުން ހަދާ ބޮނޑިބަތް ކެއުމަށް ވުރެ ނާރަނގަޅު އެއްޗެއް ނުކައި ހުއްޓަސް.. އަދި ބުނަންތަ ވާހަކައެއް ތިމުޑުދާރު ދުލުން އަހަންނަށް މަންމަ ނުކިޔާތި.. އެހައްގު އަަހަރެން ދިނީ އަހަރެންގެ ދަރިންގެ އިތުރުން ލޫޝާއަށް..” ހަބީބާގެ ވިހަގަދަ ބަސްތައް ތީރެއްހެން އައިސް ހެރުނީ އައިޝާގެ ނާޒުކު ހިތަށެވެ. ވަގުތުން ފެންކަޅިވިއެވެ.

” އައިޝާ ކީއްކުރަނީ މިތާ” ދޮރުން ވަދެގެން އައި ހުޝާމް އައިޝާ ފެނުމުން އަހާލިއެވެ.

“މި.މީ .. ލޫޝާ ހޯދަންވެގެން އައީ” އައިޝާ ބުނެލިއެވެ. ދެރަވެފަކަން ނާންގަން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ނަމަވެސް ހުޝާމްއަށް ހަބީބާ ބުނި ހުރިހާ އެއްޗެއް އަޑު އިވުނެވެ.

” ތިކޮންޗެއް އަތުގަ” އަތުގައި ހުރި ތަށި އަތުލަމުން ހުޝާމް އަހާލިއެވެ. ހުޝާމް ތަށީގެ މަތިހުޅުވާލާފައި ދެއިނގިލިން އެތިކޮޅެއް ނަގަމުން ރަހަ ބަލާލިއެވެ.

“މްމްމްމްމްމ ވަރަށް މީރު.. މަންމާ ވަރަށް މީރު މީތި.. ރަހަ ބަލާލަބާ” ހުޝާމް ހަބީބާއަށް ދިއްކޮށްލަމުން ބުނެލިއެވެ. ހަބީބާގެ ރުޅިގަނޑު ނަރުގަނޑު ކޮޅުގައި ޖެހުނެވެ. ކާހިތްނުވާ ކަމަށް ބުނެ އިންތަނުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދިޔައީ އެއްޗެކޭ ބުނެވިދާނެތީއެވެ.

” އަހަންނަށް ބެހެއްޓިންތަ” ހުޝާމް އަހާލިއެވެ. އައިޝާ ބޯޖަހާލުމުން ހުޝާމް ލޫޝާވީ ކޮޓަރީގައި ކަމަށް ބުންޏެވެ. އަދި ބަދިގެއާ ދިމާއަށް އަތްދޮންނަން ދިޔައެވެ.  އައިޝާވެސް އިތުރަށް މަޑުނުކޮށް ލޫޝާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ދޮރުގައި ޓަކިޖަހާ ޖަހާ ނުހުޅުވުމުން ތަޅުގައި ހިފާ އަނބުރާލިއެވެ. އެތެރެއަށް ބޯދިއްކޮށްލުމާއެކު ފެނުނު މަންޒަރުން އައިޝާ ނޭވާ ހުއްޓުނު ކަހަލައެވެ. އަޑު ނެތްތާކަށް ގޮވާލެވުނީ ހުޝާމްއަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

އާވާ ހަނދާން 4

Next

މިލަހަނދުވަރު 5

Next
March 29, 2017

މިލަހަނދުވަރު 5

Previews
March 28, 2017

އާވާ ހަނދާން 4

31 Comments!

  1. Azu says:
    March 28, 2017 at 10:21 pm

    Yeyyyy…me first…..?

  2. Saee says:
    March 28, 2017 at 10:22 pm

    Vaahaka v reethi.. ekam thankolheh kuru

  3. Shai says:
    March 28, 2017 at 10:23 pm

    Masha allaah…mibaivex v reethi?

  4. Shai says:
    March 28, 2017 at 10:30 pm

    Varah varah reethi. Ekam than kolheh lasvanee up vaaleh.

  5. Azu says:
    March 28, 2017 at 10:33 pm

    Ma sha allah….vaahaka vv reethi…??

  6. kiya says:
    March 28, 2017 at 10:35 pm

    Vvv reethi vaahaka

  7. Iraa says:
    March 28, 2017 at 10:42 pm

    Varah reethi mashallah… can’t wait for the next part..????

  8. Shahoo says:
    March 28, 2017 at 10:43 pm

    V reethi maasha allah. Wen nxt part?

  9. Khajja says:
    March 29, 2017 at 12:12 am

    Wow masha allah v rythi n kon irakun nxt prt v inthizaaru kuran mi stry ah ekam thankolheh kury stry genesdhey levves lahy dhw anyway thank u so much hayyu jazakallah khaira

  10. imagination says:
    March 29, 2017 at 12:19 am

    loosha maruvi??… noo.. please keep her alive

  11. sidd says:
    March 29, 2017 at 12:19 am

    Vaahakaige kureeekolhu Hayyyu liyamun aigothaa mihaaraa balaairu vrah bodah liyuntherikan improve koffavaakan faahaka kollan. Alhamdhulillah. Masha Allah.

  12. Aish says:
    March 29, 2017 at 2:40 am

    Keisha abaduves deragoi nuhadhaba

  13. Aish says:
    March 29, 2017 at 2:42 am

    Aley aisha online kahneyge eleyny so sad avahah anebaa please

  14. Aish says:
    March 29, 2017 at 2:43 am

    Aley aisha boluga kahneyge eleyny so sad avahah anebaa please

  15. Saandy says:
    March 29, 2017 at 3:50 am

    WOW!! It’s amazing… Alhe Looshaa maruvany kanneynge… Aishaa ahves haadha dhera gothekey thi hadhany… Next part avas kolladhehchey… Kiyaa hithun hurevey varehves noon… I love this story 🙂

  16. Ell says:
    March 29, 2017 at 9:17 am

    Vrh reethi maasha Allah. Avahah apload kohdhehchey pls

  17. Faxoo says:
    March 29, 2017 at 10:02 am

    MaShAllah mibaives vrh reethi
    kn irakun dhen oi bai genesdhenii

  18. ravupinky says:
    March 29, 2017 at 1:43 pm

    varah reethi..when is next partt??

  19. Shabyyy says:
    March 29, 2017 at 3:05 pm

    Thankolheh dhigukoh lelaanama…noony thankolheh avahah up kohdheynama dhw!vaahaka varah reethi..ehen veema shakuvaa ves gina vany…mihaaru han’dhaan ves nethifa hutta mi fennany..

  20. hayyu fan says:
    March 29, 2017 at 3:21 pm

    Adhi myhaku handhaan netheyhaa dhuvas nuvey kanneynge

  21. Thoo says:
    March 29, 2017 at 4:36 pm

    Dhuvaalaku 1 faharu post kohdhevvaa nama. Varah reethi.

  22. Falak says:
    March 29, 2017 at 6:13 pm

    V reethi mivaahaka… MashaAllah

  23. Raisha says:
    March 29, 2017 at 11:00 pm

    Kithah part indheytha mi vaahakaaga

  24. Aisha says:
    March 30, 2017 at 8:25 am

    Hayyu bunedheybala vaahaka post kohdhehvvaa dhuvassthah.

  25. Sheryn says:
    March 31, 2017 at 8:16 am

    Me ah vx v rangalhu part that genes dhey dhu vax bunedhehvannaa…v v rythi.. Masha Allah..

    1. Hama bunelee says:
      March 31, 2017 at 9:41 pm

      Ehn noony up kohdhey dhuvaheh bunaanama dho.. Misaalakah hafthaa aku 3 dhuvas up koh dheyvaahaka.. Dhe dhuhun ehdhuvahu upkohdhey vaahaka..

  26. ?yaanu? says:
    April 1, 2017 at 10:47 am

    Hi thankolheii Ava’s kohdhybala dhw… .. Eyrun nu vaahaka kiyaa hiyy vx vaanii…

  27. Sad says:
    April 1, 2017 at 7:41 pm

    Comment thakah reply nukuranya v dhera vey… 🙁 …? story reethi mashallah? .. v v v inthizaaru kurevey next part ah…. ?atleast tell us lasvaa sababu ves..eyrunneynun ingeynee ves… ???

  28. Shahudha Hassan says:
    April 1, 2017 at 7:49 pm

    No updates..??

  29. maxeeh says:
    April 8, 2017 at 10:48 pm

    vvv salhi vaahaka

  30. mal-mal says:
    August 31, 2017 at 8:36 pm

    MashaAllah, a nyc part as usual. you’re doing a good job!!

Comments are closed.

Next Episodeއައިޝާ 24←


All Right Reserved!