ހިތް ބޭނުމޭ …19 “އަހަރެން މިއައީ އެލީން އަށް އެހީ ވާން…އަހަރެންނަކީ ޑޮކްޓަރެއް.. އެލީންގެ އޮޕަރޭޝަންގެ ހުރިހައި ހަރަދެއް އަހަރެން ކޮށްދޭނަން..” އެލެންގެ ޖުމްލައިން އެލީންގެ ދެލޯ ބޮޑުވެފައި އިން އިރު އާނާ އަށް ހަޅޭއް ލަވައިގަނެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. “ހަމަ އަސްލުވެސް ތަ؟؟ އެ..އެކަމަކު ކީއްވެގެން؟؟” އެލީން އަކަށް އެކައްޗެއް ވެސް ނުވިސްނުނެވެ. ނުވެސް ދަންނަ ޔޫރަޕް ހިސާބުގަނޑު މީހަކު އައިސް އެހެން ބުނެލާ އެއްޗަކަށް އިތުބާރު ކުރަން ވެދާނެ ބާއެވެ. “އަހަރެން ހަމަ […]
އެކަކަށް ވެސް ދުރެއް ނުވެވުނެވެ. ދެމީހުންގެ ވެސް ކަރު ހިއްކުން ފިލުވަމުން ދިޔައީ އެއްވެސް ކެތްތެރި ކަމެއް ނެތިއެވެ. ޒެއިނާ އަށް ލޯ ހުޅުވާލެވުނީ އިރުގެ ރަން ދޯދި ގަޔަށް އެޅެން ފެށުމުންނެވެ. ކަންނެތް ކަމާއެކީ ފޯނު ބަލާލީ ގަޑިން ވީވަރު ބަލާލުމަށެވެ. ޒެއިނާގެ ދެލޯ ބޮޑުވެގެން ދިޔައީ ގަޑިން 10 ޖަހާފަ ހުރުމުންނެވެ. ވަގުތުން ގައިގަ އޮތް ރަޖާގަނޑު އެއްފަރާތް ކޮށްލާފަ ތެދުވީ ފާހާނައަށް ދިޔުމަށެވެ. ތެދުވިހެން ހީނުވެ ވަގުތުން އަނެއްކާ ރަޖާދަށަށް ވަނީ އޭނަ […]
އާމިދުގެ ރުޅިވެރިކަމުގެ ހުޅުގަނޑުން ފަޒުނާގެ ހިތް ދިޔައީ ބިރުން ރޫރޫ އަޅަމުންނެވެ. އެމޫނު މަތިން ފެންނަމުން ދިޔަ ވިހަ ހިނިތުންވުމުން ފަޒުނާގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ. އާމިދުގެ މި ނުލަފާކަމުން ސަލާމަތްވުމަށް ސިކުނޑި ދިޔައީ ގޮތެއް ހޯދަމުންނެވެ. ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައެވެ. އާމިދު ފަޒުނާއާއި ކާއިރިވުމަށްފަހު އޭނާގެ މޫނުގައި އަތް މަޑުމަޑުން ބީހިލިއެވެ. މި ވިހަ ބީހުލިމުން ފަޒުނާގެ މުޅި ހަށިގަނޑު ބިރުން ތެޅިގަތެވެ. އަދި އަވަސް އަވަހަށް އާމިދުގެ އަތުގައި ބާރަށް ހިފައި ދުރަށްލެވުނެވެ. ފަޒުނާގެ […]
ނިޝާ ފަރީދާ ދައްތަގެ ކޮނޑުގައި ބޯއަޅައިގެން ރޮމުން ގެންދިޔައެވެ. ހަޔާތުގެ މިހަލަބޮލިކަމާއި ކުރިމަތި އޭނާ ލާނީ ކިހިނެތްބާއޭ އޭނާ ވިސްނަމުން ދިޔައެވެ ޝާހިދުގެ އޮފީސް މީހުން އަހަރީ ދުވަސް ފާހަގަ ކުރަން ބޭނުންްވީ ޝާހިދު އަލަށް ގަނެލި ބަންގުލޯގައެވެ. އެއަހަރީ ދުވަހު ހުރިހާ މުވައްޒފުންނާ އެމީހުންގެ އަނބީން ބައްދަލުކޮށް ހީޔާލު ބަދަލު ކުރާނެއެވެ. ނިޝާ އާއި ދުންޔާ އަށް ވެސް މިހަފްލާގެ ދައުވަތު ކާޑު ހިފައިގެން އައިސް ޕިޔޯނު މީހާ ދިނެވެ. މުޅިގޭތެރެ އަލަތު އަންބެއްހެން ތައްޔާރު […]
އިރު ފެނުން ތޮޅެލިއިރުވެސް ރޭޝަމްގެ ލޮލުގެ ދެކުރެވި ގާތްވެނުލިއެވެ. މިހާރު ނިދި އޭނާއާ ރުޅިވެ އޭނާގެ ހަމަޖެހުން ގެއްލި ދިޔަތާ ކޮން ދުވަހެއް ހެއްޔެވެ؟ މިވަގުތު އޭނާ އިންތިޒާރުކުރަމުން އެދަނީ ޒައިކްއަށް ފޯނު ފެނި އެސިއްރު ހާމަވުމުން އެނބުރި އަންނާނެ އިރަކަށެވެ. ޝިފާންގެ ވަކިތަކުގެ ތެރެއިން އޭނާ ސަލާމަތްކޮށް ޒައިކްގެ މިލްކަކަށް ހަދާނެ ދުވަހަކަށެވެ. މިއީ އޭނާ ކުރާ އެންމެފަހުގެ އުއްމީދެވެ. މިބޮޑު ދުނިޔޭގައި އޭނާދެކެ ލޯބިވާ މީހަކަށް މިހާރު ހުރި ހަމައެކަނި މީހަކީ ޒައިކްއެވެ. މެންދުރުން […]
އެދުވަހު ކުލާހުގައި އިން ރީމްވެސް ހީވަނީ ޖެހި ބުދެއް ހެންނެވެ.ބުރޭކު ގަޑިއަށް ދިމްރާއާއި އުޝާގެ އެތައް އާދޭސް ތަކަކުން ރީމްވެސް އެމީހުންނާއެކު ދިޔައެވެ.ނަމަވެސް އެތަނަށް ނައީ ޝާރިމްއެވެ.ރީމްގެ އަމަލުތަކުން ޝާރިމްއަށް އިންތިޒާރު ކުރޭވެކަން ދޭހަވަމުންދިޔައީ ރީމްއަށް ނޭނގި ނަމަވެސް އިރުއިރުކޮޅުން ދޮރާ ދިމާލަށް ބަލައިލެވޭތީއެވެ.ޝާރިމް ނައުމުން ހިތް ޝަކުވާއިން ފުރިގެން ދިޔަނަމަވެސް ރީމް މަސައްކަތް ކުރަމުން ދިޔައީ ބޭރުފުށުން އެކަން ނުދައްކާށެވެ.އެހެނަސް ރީމްގެ އެ ޝަރުތަށް ޝާރިމް ގަބޫލުވެ އަމަލުކުރީތީވެސް އެކަމާ އެ ހިތް ކުރަމުން ދިޔައީ […]
ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލިއިރު އަހަރެންގެ މޫނުމަތީގައި ވަނީ ފުން ހިނިތުންވުމެކެވެ. އަހަރެން ހުއްޓިގެން ހުރީ އެޖެންސީގައި އަހަރެންނަށް ޚާއްސަކޮށްފައިވާ ކޮޓަރީގައެވެ. އޭސީގެ ފިނި މުޅިތަނުގައި ހިފާލާފައިވީއިރު ފަރުނީޗަރުތައް ހުރީ އަހަންނަށް އެންމެ ރީތި ކުލަ ކަމުގައިވާ އަޅި ކުލައިންނެވެ. ފާރުތަކުގައިވެސް ވަނީ އަޅި ކުލައިގެ ޝޭޑެކެވެ. “ޕާރފެކްޓް ހަމަ!” އަހަރެން ދެއަތް ދަމައި ކުޑަކޮށް އެނބުރިލަމުން ބުނެލީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން އަރޫންއާއި ރިޒާމްގެ އިތުރުން މާޒް ހުއްޓެވެ. އިރުކޮޅަކު ވާހަކަދައްކަން ހުރެފައި އެމީހުންވެސް ދިޔައެވެ. […]
އޭނާގެ ކުރިމަތީގައި ހުރި އަހުޝަމްއަށް ނަޒަރު ހުއްޓާލައިގެން ހުރިނަމަވެސް، އަހުޝަމް ކީއެއްޗިއްސަކަށް ހައިފާއަކަށް ސަމާލުކަމެއް ނުދެވުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ހާސްވެފައެވެ. ހައިފާގެ ބޮލުތެރޭ ވަނީ ނޭނގޭ ތޫފާނެއް އުފެދިފައެވެ. މިއަދާ ހަމަޔަށް ޖެހެންދެންވެސް އޭނާ ލޯބިވަމުން އައި، އޭނާގެ ހިތް އެފަރާތަކަށް އެދި ގޮވި ފަރާތް މިއަދު އޭނަ ދެކެ އެއްވެސް ލޮތްބެއް ނުވެޔޭ ބުނި ހިނދު ހައިފާއަށް އޭނާގެ މުޅި ދުނިޔެ އެއްކޮށް ފުނޑުފުނޑުވީ ކަހަލަ އިހްސާސްއެއް ކުރެވުނެވެ. ް އިންތިޒާރު ކޮއްލައްވާ…
“ރޭޝަމް!” ޒައިކް ކުރިއަށް އަތް ގެނެސް ރޭޝަމްގެ ދެއަތުގައި ހިފާލަން އުޅުނު ވަގުތު ކުއްލިއަކަށް ރޭޝަމް ޒައިކްގެ ގައިގައި ބައްދާލިއެވެ. ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ. ރޭޝަމްގެ މި ކުއްލި ހަރަކާތުން ހައިރާންވެފައި ހުރި ޒައިކްއަށްވެސް ބޭއިޚްތިޔާރުގައި ރޭޝަމްގެ ގައިގައި ހިފަހައްޓާލެވުނެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި ޝިފާންގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމުން ކާމިޔާބުގެ ކުލަތައް ފެންނަން ހުއްޓެވެ. ރޭޝަމްއަށް ހީވީ އޭނާގެ ހިތުގައިވާ ހުރިހާ ވޭނެއް ފިލާދިޔަހެންނެވެ. ލޯމަރާލައިގެން އެ ތަނަވަސް މޭގައި އޮތްއިރު ޒައިކްގެ ގައިން […]