ދުވަސްތަކަކަށްފަހު ހީވީ ބަޔަކަށް އީދެއް އައިސްގެން އުޅޭ ހެންނެވެ.އެހާވެސް އެ އާއިލާތަކުގެ ފޯރިގަދައެވެ.ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އުފާވެރިކަމެވެ.ވާނީވެސް އެހެންތާއެވެ. މިއަދަކީ އެތައް ބަޔަކު ކުރި ދިގު އިންތިޒާރަކަށް ނިމުން އަންނަ ދުވަހެވެ.މުޅި ހުރިހާ އާއިލާތަކެއް އެކަމަށް ތައްޔާރުވަމުން ދިޔައިރު އެ ހަކުދިންގެ އުފާވެރިކަން މާބޮޑެވެ.އާއެކެވެ.މިއަދު މިއީ އެތައް ދުވަހެއްގެ ދިގު އިންތިޒާރަކަށްފަހު ޔުއާންމެންގެ އިންތިޒާރަށް ނިމުން އާއި ދުވަހެވެ.މިއަދުގެ އެންމެ ހާއްސަ ތަންކޮޅަކީ ތިންބައި މީހުންގެ ކައިވެނި އެއްކޮން ކުރެވިގެން ދާތީއެވެ.އެއީ ޔުއާންއާއި ދިމްރާއާއި، ދިޔާންއާއި […]
“ހޫމް!އަހަރެން މީ އަޔާޒުގެ ވައިފް..ކައިވެނި ކުރި ދުވަސް ނޫން އަނެއް ދުވަހު ޕާޓީއަށް އެދިޔައީވެސް..އެކަމު އަލަތު ކައިވެންޏަށް މަރުހަބާ ކިޔުމުގެ ބަދަލުގަ ދިމް ދިނީ އަތުގެ ހޫނު ހަމަލާއެއްވިއްޔަ..ހީހީ.. ތިދެމީހުންނަށް އެނގޭތަ ކައިވެނި ކުރިތާ އެއްދުވަސްވެސް ނުވަނީސް ސިނައްތަ އަހަރެމެން ދެމީހުންނަށް ދިން ޓާސްކަކީ އެއީ..އަދި ދިމްއަށް އެނގޭތަ..ދިމް ޖެހި ކޯ ރަތް އަރާފަ ހުރީމަ އަހަރެންގެ ލޯބިވާ ހަޒް އެރޭ ނިދަން އޮތްއިރުވެސް އޮތީ އެކަމާ ހީލަ ހީލަ” އާނާ އެހެންބުނި އިރުވެސް އަޔާޒު ހުރީ […]
ރޭގައާއި ކުރީރޭ ނުނިދާ ހުރުމުގެ ސަބަބުން ނިދަން އެއްގޮތަކަށްވެސް އޭނާ ބޭނުންނުވި ކަމުގައިވިޔަސް ތަންމަތީ ޖެހުންހެން ހީނުވެ ދިމްރާއަށް ވެފައި ހުރި ވަރުބަޔެއްގެ ސަބަބުންނާ އެއްކޮން ވަރަށް އަވަހަށް ނިދިއްޖެއެވެ.އެ ނިދިގޮތަށް އޭނާއަށް ހޭލެވުނީވެސް އަސްރުވާން އުޅެނިކޮންނެވެ.އެހެންކަމުން އޭނާ ތިރިއަށް ފޭބީ މެންދުރާއި އަސުރު ނަމާދުވެސް ކޮއްލައިގެންނެވެ.އޭރު މީހާ ހުރީވެސް ވަރަށް ބޮޑަށް ހަމައަކަށް އެޅިފައެވެ.އެކަމަކު އޭރު ޔުއާންގެ މޫނު ބަލައިލަން ދާހިތުން އޭނާއަށް ހުރެވެނީއެއްވެސް ނޫނެވެ.ނަމަވެސް ތިރިއަށް ފޭބުމުންވެސް ޔުއާންގެ ކައިރިއަށް ދިޔުމުގެ ކުރިން އޭނާއަށް […]
“އަ..އައި މީން” އާމިލް ދިފާއުގައި އަވަސް އަވަހަށް ވާހަކައެއް ހަދާލަން އަވަސްވެގަތް ނަމަވެސް އިތުރަށް ބަހެއް ނުބުނެވުނީ މޫނު މައްޗަށް އަރައިގެންދިޔަ ނާސިރުގެ އަތުގެ ހޫނު ހަމާލައިގެ ސަބަބުންނެވެ. “ކަލޭތަ އަހަރެން ދަރިފުޅު މަރާލީ” ނާސިރުވެސް ހަޅޭއްލަވައިގަތީ އެހެން ކިޔާފައެވެ. “މާ ބާރަށް ހަޅޭއްނުލަވާ..އަހަރެން ހިފެހެއްޓީމަ އަމިއްލައަށް ގަދަހަދާފަ އޭނާ ވެއްޓުނީ..ދެން އެވަގުތު ކުޑަދޮރު ކައިރީ ހުރުން އެއީ އަހަރެންގެ މައްސަލައެއްނޫން..ޔުއާންގެ ކައިރިއަށް ދާން ގަދަނުހެދިނަމަ މަރެއްނުވީހެއްނު..އެވަރުންވެސްވެއްޖެ ވިއްޔަ ޔުއާންގެ ކިބައިން މާފަށް އެދެންށޭ ކިޔާފަ ޔުއާންގެ […]
“އަހަރެންމީ ވަރަށް ބޮޑު ކުއްވެރިއެއް..ޔާނީގެ މަރުގެ ޒިންމާދާރަކީ އަހަރެން..އަހަރެން ގެއިން ނުކުތީމަ..ޔާނީ ފަހުން ވާހަކަ ދައްކަން އެހާ މަސައްކަތް ކުރަމުން ދިޔައިރު އެ ފުރުސަތު ނުލިބުނީމަ..އެކަމުގެ ހިތާމާއިގަ ޔާނީ އެ މަރުވީ..ޔާނީ ހާދަ މަސައްކަތެއް ކުރިއޭ އަހަރެންގެ ފޯނަށް ގުޅައިގެން ޓޯކް ކުރަން..ބަޓް އަހަރެން އެހުރިހާ ކޯލެއް އިގްނޯރ ކުރީ..އަހަރެން ކިހާ ސެލްފިޝް ދޯ..އަހަރެން ދެރަވީމަ، ޔާނީ އަހަރެން ދޫކޮށްލީމަ އަހަރެން ވިސްނީ އަހަރެންގެ ސެލްފާ ދޭތެރޭ އެކަނި..ޔާނީ އަހަރެން ދެރަ ކުރީތީ އަހަރެން އެ ކޯލްތަށް […]
ޔުއާން ބަލައިލުމާއިއެކު ދިމްރާ އަވަސް އަރުވާލާފައި މޫނު އަނބުރާލިތަން އޭނާއަށް ވަރަށް ރަނގަޅަށް ފެނުނެވެ.އޭނާގެ ގާތަށް ހިނިއައީ އެހެންވެއެވެ.އެހެންކަމުން އޭނާ އެއްމިޔަކަނުން ހިނިތުންވެލަމުން ދުރު ބަލައިލަން އުޅެނިކޮން ކައިރީ އިން އަޔާޒު ދިމްރާއާއި ދިމާލަށް ބަލަހައްޓައިގެން އިންތަން އޭނާއަށް ފެނުނެވެ. “އައި ގެސް ޝީ ގޮޓް ޖެލަސް” ޔުއާން ވަގުތުން އޭނާގެ ހިނިތުންވުން ފޮރުވާލީ ކައިރީ އިން އަޔާޒު ވާހަކަ ދެއްކުމުންނެވެ. “ހޫ” ޔުއާން ހެދީ ނޭނގޭ ކަމަށެވެ. “ހާހާ..ޑޯންޓް ބީ ކިޑިން މީ..އަހަރެން މިދައްކަނީ ކޮން […]
އެރޭ ދިމްރާ ކާންވެސް ނުކުންނާކަށް ބޭނުމެއްނުވިއެވެ.އެކަމަކު އޭނާ ހަމަޖެހިފައި ހުރިކަން ދައްކަންޏާ ޖެހޭނީ ކާން ނުކުންނާށެވެ. އެކަމުގައި ހިފާ ދަމާކަށް އޭނާ އެގޭ މީހުންނަކަށް ދައްކާކަށް ބޭނުމެއްނޫނެވެ.ހިތާދެކޮޅަށް އޭނާ ކާންނުކުތީ އެހެންވެއެވެ.އެކަންތައް އޭނާ ހަނދާން ނައްތާލައިފިކަން ދައްކަންވެގެންނެވެ. އެހެންނޫނަސް މިރޭވެސް މާލެއަށް މިއީ ތުފާނީ ރެއެކެވެ.ބޭރަށް ކާން ދާ ބަހަނާއެއްވެސް ދެއްކޭނީ އެހެންނޫންނަމަތާއެވެ.އެކަމަކު މިރޭ ވިއްސާރަ ކުރަމުން ދިޔައީ މީހަކަށް ބޭރަށް ނުކުމެލަން ކެރޭނެފަދަ ގޮތަކަށް ނޫނެވެ.އެހާވެސް ބޯކޮށް ވާރެ ވެހެމުން ދިޔައިރު ވައިގެ ތޫފާންވެސް ވަކި […]
އެ ސިހުމުގައި އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިބި ދެމީހުންނަށް ހަމަހޭވެރިކަންވީ ކުޑަކުޑަ ޑިމީ ހޭންފެށި އަޑަށެވެ.އެއާއެކު ޔުއާން ޑިމީ އުރަން އަވަސްވެގަތް ނަމަވެސް އޭގެ ކުރިން ދިމްރާ ޑިމީ ޔުއާންގެ އަތުން ޖަހައިގެންފިއެވެ. އޭރު ދިމްރާ ހުރީ ޑިމީއަށް ކަމެއްވީނަމަ ކަންތައްވާނެ ގޮތް ހިތަށް އަރާ ބިރުވެސްގެންފައެވެ. އަދިހަމަ އެހެންމެ އެކަމާ ޔުއާންދެކެ ރުޅިވެސް އައިސްފައެވެ. “ހަމަ ހޭ ގަތަ ތިހުރީ..ހަމަހޭގަ ހުރިނަމަ މީ އަދި ކަންކަން ނުވިސްނޭވަރު ކުޑަ ކުއްޖެއްކަން ވިސްނުނީސް..ހަމަހޭގަ ހުރި މީހަކު […]
ދިމްރާގެ އެވާހަކަތަކުން ރުޅިއައިސްފައި ހުރި ނަމަވެސް ދިމްރާގެ އެ ވާހަކަތަކުން ރީމްގެ ހިތަށް ތަދުވެސްވިއެވެ.އުޝާވެސް ހުރީ ހަމަ އެފަދަ ހާލެއްގައެވެ.ދިމްރާގެ ވާހަކަތަކުން އުޝާވެސް ދެރަވެފައި ހުރިވަރު އެދެލޮލުން ހާމަ ކޮށްދެމުން ދިޔައެވެ.ދިމްރާ ވާހަކަ ދައްކާ ނިންމާލިހެން ހީނުވެ ފެނުނީ ރީމް އައިސް ދިމްރާގެ އަތުގައި ހިފާ ރީމްއާއި ވީ ދިމާލަށް އަނބުރާލިތަނެވެ. “ތިހެންޏާ ޔުއާން ލޯބި ނުވަންޏާ ދިމް ބުނެދީބަލަ ޔުއާން އެހެން އުޅުމުގެ ރީޒަންއެއް..ކީއްވެއޯ ދިމް ދިޔަ ދުވަހުން ފެށިގެން އެހެން އަންހެނަކާ ގާތްނުވެ އެހުންނަނީ..އެހެން […]