އަހަރެން މި ކުޑަ ކުޑަ ޖަލުގޮޅީގައި މި އިންނަނީ އަހަރެންގެ ކޮން ކުށެއް އޮވެގެން ބާވައެވެ..؟؟ މި އަނިޔާވެރި އަދިރި ތަނުގައި އަހަރެން މި އިންނަނީ މަގު ގެއްލިފައިވާ މުސާފިރެއް ފަދައިން އަހަންނަށް ކުރެވިފައިވާ ޖަލު ހުކުމް ނިމެންދެނެވެ. އަހަރެން މި އަނިޔާ ވެރި އެކަހެރި ތަނަށް އަންނަން ޖެހުނީ ކުއްޖަކު ދެކެ ލޯބިވުމުގެ ސަބަބުންނެވެ. ކިހާ ބޭއިންސާފްވެރި ނިޔާއެއް ހެއްޔެވެ..؟ މި ޙިޔާލު ތަކުގެ ސަބަބުން މާޒީ ގެ އުފާވެރި އަދި ހިތި ދުވަސްތަކުގެ […]