Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (32)

layaal
March 28, 2017
10 Mins Read
102 Views
59 Comments

“ނިކުމޭ! ހަމަ މިހާރު މިގެއިން ނިކުމޭ.” އާޒިމް ހަރުކަށި ކަމާއިއެކު މިހެން ބުނިއިރު އައްޔާދްގެ ފަހަތުގައި ހުރި ރިއުމާން ގުޑި ވެސް ނުލާ ހުރި ތަނުގައި ހުއްޓެވެ. އޭރު އަނާ ވެސް ކޮޓަރިން ނިކުމެ ހުރިއިރު އައްޔާދްގެ މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. “ބައްޕާ! ތިގޮތަށް ރިއުމާންއަށް އަމުރެއް ނުކުރެވޭނެ.. އޭނަ މިގެއަށް އައީ އަހަރެން ކައިރިއަށް.” އައްޔާދް ހިތްހަމަ ނުޖެހިފައި ވީއިރު މާ އަޑުގަދަ ނުކުރާން މަސައްކަތް ކުރިއެވެ.

“ބައްޕައޭ؟ ކިޔާނެ ކަމެއް ނެތް މަށަށް ތިހެންނެއް! އައްޔާދްއަށް ކުރެވުނު ކަންތައް އަދިވެސް މަދުވެގެންތަ މި އަންހެން ކުއްޖާ މިގެއަށް ތިވެއްދީ! މާރިއާ..” އާޒިމްގެ އަޑު ކަރުތެރޭ ބެދުމުން އޭނާ ހަމައަކަށް އެޅިލަމުން އަނެއްކާ ވެސް އައްޔާދްއާއި ހަތަރު ކަޅި ހަމަކުރިއެވެ. “މާރިއާ ވެސް ނިޔާވީ ހަމަ އައްޔާދްއާއި ހެދި!” އާޒިމް ޖެހިލުމެއް ނެތި މިހެން ބުނުމުން ރިއުމާން ސިހުނެވެ. އޭނާ ކައިރީގައި ހުރި އައްޔާދަށް ނަޒަރު ހުއްޓާލިއިރު އެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ހިތާމައާއި އެކު ވޭނުގެ އަސަރު ފާލުވަމުން ދިޔައެވެ. “ބައްޕާ!” އައްޔާދް އަޑަށް ބާރުލާފައި މިހެން ބުނެލި ނަމަވެސް އާޒިމް އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ.

“ކިތަންމެ ހަޅޭކެއް ލެވިއަސް ހަޤީޤަތް ވާނީ ހަމަ ހަޤީޤަތަށް! އައްޔާދް ކަންތައް ކުރި ގޮތުން މާރިއާ ރެއާ ދުވާލު ރުއިން ނޫން ކަމެއް ނުކުރޭ. ދެކިލަން ވެސް ނައީމެއްނުން!” އާޒިމް ހުރީ ރުޅިއައިސް ރަތްވެފައެވެ. “އަދިވެސް އަހަރެންތަ ގޯސްވީ؟ ކާކުތަ އަހަރެން ގެއިން ނެރެލީ! އޭނ؟ މަންމަ އެވަރަށް އާދޭސް ކުރިއިރު ވެސް އަޅާ ނުލައި ހަމަ ތިއަތުން އަހަރެން ދަމާފަ މި ދޮރުން ބޭރުކޮށްލީ. އޭރު ހިތަކަށް ނާރާތަ މަންމަ ހިތާމަ ކުރާނެ ވަރެއް؟ އޭރު ނުވިސްނޭތަ ކަންތައް ވާނެ ގޮތެއް؟” އައްޔާދް އަޑަށް ބާރުލާފައި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެއަތް މުއްކެވި މުޅި މީހާ ރޫރޫ އަޅަމުން ދިޔަ ކަހަލއެވެ.

“ހަމަ ބައްޕަ ހިތްހަމަނުޖެހޭ ކުއްޖަކާ ގުޅުނީތީއޭ ކިޔާފައި އެވަރު ކުރާކަށް ނުޖެހޭ ކަންނޭގެ! އަބަދުވެސް މީހުން ދެކޭނެ ގޮތާއި ކިޔާނެ އެއްޗެއްސާއި ދޭތޭރޭ ވިސްނޭ.. އާއިލާގެ އިއްޒަތާއި އަބުރު ވެއްޓިދާނެތީ އެވަރަށް ކަންބޮޑު ވާއިރު އަމިއްލަ ދަރި އުފަލުގައި ހުންނަތަން ދެކެން ކެތް ނުވީ! އަންގާ ވެސް ނުލައި ލައިބާއާއި ކައިވެނި ހަމަޖެއްސި އިރު އެއްވެސް އެއްޗެކޭ ތި ހިލަ ހިތަށް އެރިތަ؟ އޭނަ ކިރިޔާ މަރުނުވެ ސަލާމަތުން ހުރިކަން މިއަދު! އަދިވެސް ހުރިހާ އިލްޒާމެއް ތި އަޅުވަނީ އަހަރެން ބޮލުގައިތަ؟ ލަދެއް ވެސް ނުގަނޭ..” އައްޔާދްގެ ވާހަކަ މެދު ކެނޑުނީ އޭނާގެ މޫނުމައްޗަށް އަރައިގެން ދިޔަ އަތް ތިލައިންނެވެ. ދެލޯ ބޮޑުވެ ފުންނޭވާ ތަކެއް ލަމުން ދިޔަ އާޒިމް އަތުން ވެސް ދިލަ އަރައިގެން ދިޔައީ ޖެހެނުލެއް ބާރު ކަމުންނެވެ. އައްޔާދް ފަހަތުގައި ހުރި ރިއުމާން އަވަހަށް ކައިރިއަށް ޖެހިލާ އޭނާގެ ކޮނޑުގައި ހިފާލިއިރު އައްޔާދްގެ ކޯ ރަތް އަރާފައި ވިއެވެ.

“އިތުރަށް އެންމެ ބަހެއް ވެސް ދެން ބުނެގެން ނުވާނެ!” އިނގިލި ދިއްކޮށްލަމުން އާޒިމް ބުނެލިއިރު އެއަޑުގައި އިންޒާރެއް އެކުލެވިގެން ވިއެވެ. ދުރުގައި ހިމޭން ވެފައި އަނާ ހުރިއިރު އައްޔާދް ބޮޑުދައިތަމެން ވެސް އެއްޗެކޭ ބުނަން ނުކެރި ދުރުގައި ތިއްބެވެ. ކަތުރު ކަށިގަނޑަށް ބާރުކޮށްލަމުން އައްޔާދް އާޒިމްއާއި ހަތަރު ކަޅި ހަމަ ކުރިއެވެ. އެމޫނު މަތިން އިންތިހާ ނަފްރަތު ފާޅުވާން ހުރިއިރު ލޮލުގައި ކަރުނައިގެ ކުޑަ އަސަރެއް ވިއެވެ.

އެއްޗެއް ބުނަން އުޅެފައި ވެސް އިތުރަށް އެތަނުގައި މަޑުކުރުމެއް ނެތި ރިއުމާންގެ އަތުގައި ހިފައިގެން އާޒިމް ކުރިމަތިން ހުރަސް ކަނޑާފައ އައްޔާދް އެދިޔަ ގޮތަށް ގޮސް ގޭގެ ދޮރު ހުޅުވާފައި ނިކުމެގެން ދިޔައެވެ. އޭރު އާޒިމް ދަތް ކުނޑި ވިކާލިއިރު ދެބުމަ ވަނީ ގޮށްޖެހިފައެވެ. އޭނާ ފަސް އެނބުރި ގޮސް އަމިއްލަ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމަށްފަހު މުއްކަވާފައި ފާރުގައި ޖެހިއެވެ. އަޑެއް ބޭރު ނުވި ނަމަވެސް އެލޮލުން ވެއްޓުނު ހިމަ ކަރުނަ ތިކިން އާޒިމްއަށް ވެސް އަސަރު ކޮށްފައިވީކަން ހާމަވެއެވެ.

****

ދުއްވަމުނ ދިޔަ ސައިކަލުގެ ކުރީގައި އިން އައްޔާދް އިނީ ހިމޭނުންނެވެ. މާލޭގެ ކާރުބާރު ގިނަ މަގުތަކުން ދުއްވަމުން ދިޔައިރު ފަހަތުގައި އިން ރިއުމާން އެއްޗެއްކޭ ބުނަން އުޅެފައި ވެސް ނުކެރިގެން ހިމޭނުން އިނެވެ. އައްޔާދްގެ އުނަގަނޑުގައި ހިފާލައިގެން އިންއިރު އޭނާ ޖަހައިގެން ހުރި ސެންޓުގެ ވަހުން ރިއުމާންގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. “ކޮންތާކަށް މިދަނީ؟” ހިމޭނުން އިނދެފައި ރިއުމާން އަހާލިއެވެ. ނަމަވެސް އައްޔާދްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ރިއުމާން އިތުރަށް ސުވާލު ނުކޮށް ހިމޭނުން އިނެވެ.

ވަކި ހިސާބަކަށް ގޮސް އާސަހަރާ އިންނަ މަގުގެ ގޯޅި އެޅުމާއި އެކު ރިއުމާން އައްޔާދަށް ނަޒަރު ހުއްޓާލިއެވެ. އޭނާ ހީކުރި ގޮތަށް އައްޔާދް ސައިކަލު މަޑުކޮށްލަމުން ތަޅުދަނޑި ނައްޓާލިއެވެ. އިރުކޮޅަކު ހިމޭނުން އެއިންގޮތަށް އިނުމަށްފަހު އޭނާ ފުންނޭވާއެއް ލިއެވެ. އޭރު ފަހަތުގައި އިން ރިއުމާން ސައިކަލުން ފައިބާ އައްޔާދް ކައިރީގައި މަޑުކޮށްލަމުން އެއަތުގައި ހިފާލިއެވެ. މެންދުރުގެ އަވިން މުޅި މާހައުލު އަލި ކުރުވާފައި ވީއިރު މަޑުމަޑުން ޖެހިލާ ވައިރޯޅިން ފިނިކަން ގެނުވައެވެ.

އައްޔާދް ސައިކަލުން ތެދުވެ ރިއުމާންގެ އަތުގައި ހިފައިގެން ސަހަރާ ތެރެއަށް ވަދެގެން ދިޔައެވެ. ހިނގަމުން ގޮސް ދުރުގައި އާ ދޮންވެލިން ފޮރުވާލެވިފައިވާ މަހާނަ ކައިރިއަށް އައްޔާދް މަޑުކޮށްލިއެވެ. އެތަނުގައިވީ އެހެން މަހާނަ ތަކުގެ ވެލީގެ ކުލަ ފަނޑުގެ ގަސް ފަޅާފައި ވީއިރު މި މަހާނަ ނޫނީ ހުސް ދޮންވެލިން ފޮރުވިފައި ވާ މަހާނައެއް ފެންނަން ނެތެވެ. އައްޔާދްގެ ހިމޭންކަމުން ރިއުމާންއަށް އުނދަގޫވިއެވެ. އޭނާ މަޑުމަޑުން އައްޔާދްގެ ކޮނޑުގައި ހިފާލަމުން ގޮވާލިއެވެ. “އައްޔާދް..” މަޑު ވައި އަޑަކުން ރިއުމާންގެ ދުލުން އެނަން ބޭރުވުމުން އައްޔާދް ދެލޯ މަރާލިއެވެ.

“އިނގޭތެ އަހަރެން މަންމައާއި އެންމެފަހުން ދިމާވި ދުވަހު ބުނި އެއްޗެއް؟ އަހަރެން ބުނީ.. ބުނީ ދެން ދުވަހަކު ވެސް ގެއަކަށް ނާންނާނަމޭ.. މަންމަ ކައިރިއަށް ވެސް ނާންނާނަމޭ. ދެޓް ވޮޒް މައި ލާސްޓް ވޯޑްސް ޓު ހާ…” އައްޔާދް ހިންދިރުވާލަމުން މިހެން ބުނިއިރު އެލޮލުގައި ކަރުނައިގެ އަސަރު ވިއެވެ. އޭނާގެ ނަޒަރު މާރިއާގެ މަހާނައަށް ހުއްޓިފައި ވީއިރު ރިއުމާންއަށް އެބަސްތައް އިވި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާ މަޑުމަޑުން އައްޔާދްގެ ކޮނޑުގައި ފިރުމާލަމުން އެއަތް ތިލައަށް އޭނާގެ އަމިއްލަ މަޑު އަތްތިލަ މަހާލަމުން އިނގިލިތަކުން ބާރުކޮށްލިއެވެ.

“މަންމަ ވަރަށް ރުއި.. ގޮވީމަ ވެސް އަޅާ ނުލައި ދިޔައީ. އިޓް ވޮޒް މައި ފޯލްޓް. އެކަމާ ހެދި މަންމަ އެހައި ސަކަރާތްވީ. އަހަންނަށް މަޑު ކުރެވުނު ނަމަ..” އައްޔާދްގެ އަޑު ކުރެހުމުން އޭނާ ވާހަކަ ހުއްޓާލިއެވެ. އޭރު ރިއުމާންގެ ނަޒަރު އޭނާއަށް ހުއްޓިފައި ވީއިރު އެ ލޮލުގައި ވެސް ކަރުނަ ބަބުޅަމުން ދިޔައެވެ. “ތިހެން ނުބުނޭ.. ފުރާނަ ގެންދަވަން ވީމަ ގެންދަވާނެ. އެއީ އައްޔާދް ނުވަތަ އެހެން މީހަކު ކުރިކަމަކުން ވާ ކަންތައްތަކެއް ނޫން. ޕްލީޒް ތިގޮތަށް ނުރޮއެ ދެން.. ވަރަށް ދެރަވޭ.” އައްޔާދްގެ ކޯތާފަތަށް ފޭބި ކަރުނައިގެ ހިމަ ރޮނގު އިނގިލިން ފޮހެލަދެމުން ބުނެލިއެވެ.

އިރުގަނޑެއް ވަންދެން ދެމީހުން ވެސް ހިމޭންކަންމަތީ އެއްޗެކޭ ނުބުނެ މާރިއާގެ މަހާނަ ކައިރީގައި ތިއްބެވެ. ނޭފަތް ދަމާލަމުން އައްޔާދް އަތުގެ ނުފުށުން އެސްފިޔައިގައި ހަރުލާފައިވީ ކަރުނައިގެ ތެތްކަން ފޮހެލަމުން ފުންނޭވާއެއް ލިއެވެ. “ހިނގާ ދާން.” ރިއުމާންގެ އަތުގައި ހިފައިގެން ސަހަރާއިން ނިކުންނަމުން ފަސް އެނބުރި އަދި އެއްފަހަރު އެ މަހާނައަށް އައްޔާދް ކަޅި ހުއްޓާލިއެވެ.

****

“އަހަރެން ހަމަ ހައިރާން ވެއްޖެން. އެހައި ދުވަސް ވަންދެން ޒުބޭރު ތިކަމެއް ކުރިއިރު. ލަދުން ބޯ ހަލާކު.. ޗީ.” ފާތުމަ ދެފަރާތަށް ބޯ ހޫރުވާލި އިރު އެނދުގެ މަގަތުގައި އިން ހާޖަރާ އިނީ އިސްޖެހިފައެވެ. “އަޅެފަހެ ރިއުމާންއަށް ވާނެވަރު.. ތިކަހަލަ ކަމަކަށް ޝައްކެއް ވެސް ނުވޭ ބަލައިލާފަ.. ދެން ވަރިވަނީ ތަ؟” ފާތުމަ ވިސްނާލަން އިނދެފައި އަހާލިއެވެ.

“އާނ. ވަރިވާނީ ދެން. ވަރަށް ދުވަސް ވެއްޖެ މަޑުން ހުންނަތާ.. އަހަރެން ލަދު ގަނޭ މިވާހަކަ ދައްކަން ވެސް. އެކަމު ކީއްކުރާނީ.. އެކަހަލަ މުޑުދާރު ފިރިހެނުން ކައިރީގައި އެމީހުން ހެދި ގޮތެއް ހަދަން ދެން އަބަދަކު ނުހުރެވޭނެ. ރިއުމާން ހާދަ ރުއިމެއް ރުޔޭ.. ހާދަ އާދޭހެއް ކުރިޔޭ.. އެކަމު އަހަންނަށް ހަމަ އެއްކަމެއް ވެސް ނުކުރެވުނު. އޭރު ކަމެއް ނުވިއަސް މިފަހަރަކު އަހަރެން ނުހުންނާނަން މަޑަކުންނެއް. ހެކި ވެސް ދޭނަން.” ހާޖަރާގެ އަޑުގައި ރުޅިވެރިކަން ފޮރުވިފައި ވިއެވެ.

“ރަނގަޅު.. ވީހާވެސް އަވަހަށް މައްސަލަ ހުށައަޅަން ވީ. ކޮބާތަ ރިއުމާން؟ ހެނދުނު ގެއަށް ވަދެލާފައި ދިޔަގޮތަށް އަދިވެސް ނާދޭ. މިހާރު އަޞުރަށް ގޮވަނީއެ.” ފާތުމަ މިހެން ބުނި ތަނާހެން ގޭގެ ދޮރު ހުޅުވުނު އަޑަށް އެދިމާއަށް ނަޒަރު ހުއްޓުނެވެ. އޭރު ރިއުމާން ގޭތެރެއަށް ވަދެގެން އައި ތަން ފެނުމުން ހާޖަރާ ކޮޓަރިން ނިކުންއިރު ފަހަތުން ފާތުމަ ވެސް ނިކުތެވެ.

“ދަރިފުޅާ.. ކޮބާ އައްޔާދް ކިހިނެތް؟” ހާޖަރާގެ ސުވާލަށް ވަކި ޖަވާބެއް ނުދީ ރިއުމާން ގޮސް އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ތުމުގައި ޖެހިގޮތަށް އެއްނޭވާ އިން އެ ހުސްކޮށްލިއެވެ. އޭރު ސިޓިން ރޫމުގައި ލެޕްޓޮޕް އުނގަށް ލައިގެން އިން ނަދާ ވެސް އިނީ ރިއުމާންގެ ހަރަކާތް ތަކަށް ބަލާށެވެ. ފެންފުޅީގެ މަތި ޖަހާލަމުން ރިއުމާން އައިސް ހާޖަރާއާއި ކުރިމައްޗަށް ވާގޮތަށް ހުއްޓެލިއެވެ.

“ދެން އެކަހަލަ ގޮތެއް.. އަނާ އިނީ ވަރަށް ދެރަވެފައި. ނުކާން އިނދެފައި ވެސް އައްޔާދް ކީވަރުން އިތިކޮޅެއް ކާލީ. އަޅުގަނޑު ރަށުގައި ވީކަންތައް އައްޔާދަށް ކިޔައި ދިނިން.” ރިއުމާން މިހެން ބުނުމުން ހާޖަރާ ކުޑަކޮން ބޯޖަހާލިއެވެ. “އެހެންތަ؟ ކީކޭ ބުނީ؟” ހާޖަރާ ސުވާލު ކޮށްލިއެވެ. “ބުނީ އަޅުގަނޑަށް ފެންނަ ގޮތެއް ރަނގަޅު ވާނެޔޯ. މާދަން މައްސަލަ ހުށައަޅަން ދާނަން.. މައްސަލަ ނިމުނީމަ މަންމަ ވަރިވާން ފޯމް ލާނީ.” ރިއުމާން އިތުރު އެއްޗެކޭ ނުބުނެ ކޮޓަރިއާއި ދިމާއަށް ހިނގައިގަން ތަކުން ފާތުމަގެ އަޑަށް އޭނާ ހުއްޓުނެވެ.

“މަންމަ ކިޔާދީފި ދައްތައަށް ހުރިހާ ވާހަކައެއް.. ރިއުމާން ކިހިނެތް އެހައި ދުވަހު..” ރިއުމާންގެ ކޮނޑުގައި ފިރުމާލަމުން ވާހަކަ ދެއްކި ފާތުމަގެ އަޑު ބެދުނެވެ. “ދައްތަ އެކަމާއި އެހައި ދެރަނުވޭ. އެއީ އަޅުގަނޑު ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަސްތައް. އެންމެންނަށް ވަންހަނާ ކޮށްގެން އުޅުނު ސިއްރު.. މީހުން ކިޔާނެ އެއްޗެއްސާއި ދެކޭނެގޮތް ހިތަށް އަރާފައި މައްސަލަ ޖައްސަން ނުކެރުނީ. އަނެއްކާ މަންމައަށް ކޮށްލިވަރު ފެނިފައި..” ހާޖަރާއަށް އެ ނަޒަރު ހުއްޓުމުން ރިއުމާންގެ ހަނދާނަށް އެދުވަސް އައުމުން އެވާހަކަ މެދުކަނޑާލިއެވެ.

“ދެން ވީކަމެއްވީ. އެކަން ބަދަލެއް ނުކުރެވޭނެ.. އެކަމު އޭގެ އަދަބު ބައްޕައަށް ލިބޭނެ.. ދެން ދައްތަ ނުރޮއެބަ.. ދައްތަމެން އެކަމާއި ރޮއެ ހިތާމަ ކުރަން ވެއްޖެއްޔާ ކާކު އަޅުގަނޑަށް ހިތްވަރު ދޭން ހުންނާނީ؟” ފާތުމައަށް ރޮވެން ފެށުމުން ރިއުމާން ބުނެލިއެވެ. އެވާހަކަ އަޑު އިވި ފާތުމަ އަވަސް އަވަހަށް ދެލޯ ފޮހެލަމުން ރިއުމާންގެ ބޮލުގައި ފިރުމާލިއެވެ. “ނުރޯނަން ދެން. ރިއުމާން ކަހަލަ ހިތްވަރުގަދަ ކުއްޖެއް ހުއްޓައި ދައްތަ ރުއީމަ ކަމަކު ނުދާނެ.. ތިއީ ހަމަ އަމިއްލަ ދަރިއެއް ގޮތަށް ގެންގުޅުނު ކުއްޖެއް. އެ ޒުބޭރު ލާހިކެއް ނޫން ސަލާމަތް ވާކަށް.” ފާތުމާ މިހެން ބުނުމުން ރިއުމާން ހިނިތުން ވެލިއެވެ.

“ރިއު.. ޔޫ އާ ސޯ ސްޓްރޯންގް.. ވީ ވިލް ކިކް ހިޒް އޭ..” ކައިރިއަށް ހުއްޓެލި ނަދާ މިހެން ބުނެލުމުން ރިއުމާން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. “ޝޫޝް. ޔެސް ވީ ވިލް.” ހިނިތުން ވެލަމުން ރިއުމާން ބުނެލިއެވެ.

****

ޖެހިގެން އައި ދުވަސްތަކުގައި ރިއުމާން ޖެންޑާއަށް މައްސަލަ ހުށައަޅައި ފުލުހުންނަށް ބަޔާން ދިނުމަށް ދިޔައެވެ. އޭނާއާއި އެކު އައްޔާދް ވެސް ދިޔައިރު ރިއުމާންއަށް އެންމެ ބޮޑު ހިތްވަރަކަށް ވީ އައްޔާދް އެވެ. އޭނާގެ ބަޔާނާއި އެކު ހާޖަރާގެ ހެކިބަސް ނެގުމަށްފަހު ފުލުހުން ޒުބޭރު ހައްޔަރު ކުރުމަށް ސީދާ އެރަށަށް ދާން ނިންމިއެވެ.

އަނާގެ ފަރާތުން މިކަމުގެ ޚަބަރު އާޒިމްއަށް ލިބުނު އިރު އޭނާ ހުރީ ހައިރާންވެ އަމިއްލަ ނަފްސު ދެކެ ލަދު ގަނެފައެވެ. އެހައި ދުވަހު ރިއުމާންއާއި ދޭތެރޭ އެފަދަ ގޯސް ގޮތަކަށް ދެކެމުން އައިސް ހީކުރީ ގޮތާއި ހިލާފަށް އެހެން ގޮތަކަށް އެކަން ވެފައި އޮވެދާނެ ކަމަށް އޭނާ ފަހަރެއްގައި ވެސް ހިތަށް ނޭރީތީ ދެރަވިއެވެ. އައްޔާދް ކައިރީގައި ރިއުމާންގެ އަގު ވައްޓާލާ އެތަށް ވާހަކައެއް ދެކެވިފައި ވީއިރު މިހާރު ގޭތެރެއިން އައްޔާދް ފެނެލިއަސް ކުރިމައްޗަށް އަރައި ކަޅި ހަމަ ކުރަން ވެސް އޭނާ ފަސްޖެހެވެ.

މެންދުރުން އަނބުރައި ހަވީރު ކޮޅަށް އަޅައިފައި އޮތް އިރު ހުޅުވާފައި ހުރި ބެލްކަނީގެ ދޮރުން ފިނި ވައިރޯޅިތައް ގޭތެރެއަށް ވަންނަމުން ދިޔައެވެ. ސޯފާގައި ލެޕްޓޮޕް ހުޅުވާލައިގެން އިން އާޒިމްގެ ނަޒަރު ކޮޓަރި ދޮރު ހުޅުވާލާފައި ނިކުއިން އައްޔާދަށް ހުއްޓުނެވެ. މާރިއާ ނިޔާވިތާ ދެހަފްތާ ފާއިތުވެގެން ދިޔައިރު އެދުވަހު އައްޔާދްއާއި އެކު ކުރި ޒުވާބަށް ފަހު ދެބަފައިން ވާހަކައެއް ނުދައްކައެވެ. އައްޔާދް އާދައިގެ މަތިން ޑިއުޓީއަށް ގޮސް ގެއަށް އައިސް ދޭތެރެއަކުން ކައިގެން ގިނައިރު އުޅެނީ ބޭރުގައެވެ. އެދުވަހަށްފަހު ރިއުމާން ވެސް އެގެއަށް ނުގެންނަ އިރު އައްޔާދް އޭނައާއި ދިމާއަށް ބަލާވެސް ނުލައެވެ.

އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް ތައްޓަކަށް ފެން އަޅާލަމުން އެހިފައިގެން ސޯފާ ކައިރީގައި އޭނާ ހުއްޓެލިއެވެ. ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒު މަތީގައި އޮތް ރިމޯޓް ނަގައި ޗެނެލް ބަދަލު ކުރަމުން އައްޔާދް އަނެއްކާ ވެސް ގޮސް ކާމޭޒު ކައިރީގައި އިށީނދެލިއެވެ. ހީވަނީ އޭނާ އާޒިމް ކައިރީގައި މަޑުކުރަން ވެސް ބޭނުން ނުވާ ހެންނެވެ.

އެވަގުތު ގޭތެރޭގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި އަނާ ކޮނޑުގައި އޮތް ދަބަސް ސޯފާ މައްޗަށް ލަމުން އަރައިގެން ހުރި ބޫޓު ބާލަން ފެށިއެވެ. “ބައްޕާ.. މާދަން ހެނދުނު އޮތް މީޓިން ހޯމަ ދުވަހަށް ބަދަލު ކޮށްފިން އިނގޭ..” އަނާ މިހެން ބުނުމުން އާޒިމްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. “އެ ކިހިނެތްވީ؟” އާޒިމް އަހާލިއެވެ. “އެމީހުންގެ ތެރެއިން އެކަކަށް މިކޮޅަށް އާދެވުން ލަސްވީމަ.. ބައްޕަ ކައިފިން ތަ؟” އަނާ މިހެން އަހާލުމުން އާޒިމް ޖަވާބުގައި ބޯ ޖަހާލުމަށްފަހު ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ.

ކާމޭޒު ކައިރީގައި ރިމޯޓުން ޗެނެލް ބަދަލު ކުރަން އިން އައްޔާދް ފެނި އޭނާ އާޒިމަށް ގޮވާލިއެވެ. “ދޮންބެ ވެސް ކެއީތަ؟” މިފަހަރު އާޒިމް ވަކި އެއްޗެކޭ ނުބުނެ އަޅައިގެން އިން އައިނުގެ މަތިން އައްޔާދަށް ބަލައިލަމުން އަނެއްކާ ވެސް ލެޕްޓޮޕުން އޭނާ ކުރަން އިން މަސައްކަތަށް ސަމާލުކަން ދިނެވެ. އާޒިމްގެ މި އަމަލުން އަނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އައްޔާދް ވެސް އަނގައިން ނުބުނި އިރު އާޒިމް އެހުންނަނީ ވާހަކަ ނުދައްކާ ގަދަހަދާފައެވެ.

“ހޭއި..” އަނާ އައިސް ކާ މޭޒު ކައިރީގައި މަޑުކޮށްލަމުން އެތަނުގައި އިން ފެންފުޅި ނެގިއެވެ. “ހޭއި..” އަނާއަށް ބަލާލުމެއް ނެތި އައްޔާދް ޖަވާބު ދިނެވެ. ފެންފުޅިން ފެންފޮދެއް ބޯލުމަށްފަހު އަނާ ކައިރީގައި އިން ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. “ސޯ؟” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އަނާ ވާހަކަ ދެއްކިއެވެ. “ވަޓް؟” ޓިވީއަށް ނަޒަރު ހުއްޓާލައިގެން އިނދެ އައްޔާދް ޖަވާބު ދިނެވެ. “ދެން ކީއްވެތަ ބައްޕައާއި ވާހަކަ ވެސް ނުދައްކާ ތި އިންނަނީ؟” އަނާ ދެބުމަ ކައިރިކޮށްލަމުން އަހާލިއެވެ. ނަމަވެސް އައްޔާދް އެއްވެސް ޖަވާބެއް ނުދިނުމުން އޭނާ ހިތްހަމަ ނުޖެހިފައި ރިމޯޓުން ޓީވީ ނިއްވާލިއެވެ.

“އަނާ!” އައްޔާދް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ސްޓޮޕް އިޓް. ކީއްވެތަ ސުވާލަށް ޖަވާބު ނުދީ އެވާހަކަ އިގްނޯ ކުރަނީތި؟ ކިހާ ދުވަހަކު ބައްޕައާއި ވާހަކަ ނުދައްކާ ހުންނާނީ.. ހީ އިޒް އޯލް ވީ ހެވް. މަންމަ ނެތީމަ ދެން ބައްޕަ އެކަނި ދޯ އެހުރީ.. ތި ގޮތްގަނޑު ދޫކޮށްލަ ބަލަ..” އަނާ ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއިރު އައްޔާދް ވަކި އެއްޗެކޭ ނުބުނެ ދުރުގައި ލެޕްޓޮޕުން މަސައްކަތް ކުރަން އިން އާޒިމަށް ބަލާލިއެވެ. އަތުގައި އިން ފެންތަށީގެ ތުމުގައި އިނގިލި ހާކަމުން ދިޔައިރު އޭނާއަށް އަނާ ވިސްނައިދެމުން ދިޔަ އަޑު އިވެއެވެ.

“އައި ޓޯލްޑް ހިމް.. ރިއުމާންގެ ވާހަކަ.” އަނާ މިހެން ބުނުމުން އައްޔާދްގެ ސަމާލުކަން ވަގުތުން އޭނާއަށް ހުއްޓުނެވެ. “ވަޓް؟ ކޮން ވާހަކައެއް؟” އައްޔާދް އަވަސް އަވަހަށް އަހާލިއެވެ. “ރިއުމާންގެ ކޯޓް ކޭސް ވާހަކަ.. އެބައުޓް ހާ ޑޭޑް ރޭޕިން..” އަނާގެ ވާހަކަ އައްޔާދް ވަގުތުން މެދު ކަނޑާލިއެވެ. “ސްޓޮޕް ރައިޓް ދެއާ! ކީއްކުރަން ބައްޕަ ކައިރީގައި އެވާހަކަ ދައްކަން ވީކީ.. އަހަރެން އަނާ ގާތު އެވާހަކަ ބުނީ ގޮސް އެންމެން ކައިރި ކިޔާކަށް ނޫން.” އައްޔާދް އިނީ ހިތްހަމަ ނުޖެހިފައެވެ.

“އަހަރެން ނުކިޔަމޭ އެންމެން ކައިރިއަކު. ކޮބާތަ މައްސަލަ އަކީ؟ ބައްޕަ އެހެން ނޫނަސް ރިއުމާންއާއި ދޭތެރޭ ދެކެނީ އެހެން ގޮތަކަށް.. ޔާ އައި ނޯ އެބައުޓް އިޓް. މަންމަ ކިޔާދިން.. ދެން މިހާރު ބައްޕައަށް ހަޤީޤަތް އެނގުނީމަ ހުރިހާ ކަމެއް އޯކޭ ވާނުން. މިކަމާއި ހެދިއެއްނުން ހުރިހާ މައްސަލައެއް ޖެހުނީ ވެސް އެންމެ ފުރަތަމަ.” އަނާ ބޭނުންވީ ދެބަފައިން އެއްގަލަކަށް އަރުވާށެވެ.

“އަހަރެން ބޭނުމެއް ނޫން މިގަޑީގައި ތި ވާހަކަ ދައްކާކަށް.” އައްޔާދް ހިތްހަމަ ނުޖެހިފައި އިންތަނުން ތެދުވިއެވެ. “ދޮންބޭ ޕްލީޒް..” އަނާ އަނެއްކާ ވެސް ގޮވާލުމުން އައްޔާދް ރުޅި ގަދަވިއެވެ. “އައި ސެއިޑް ނޮޓް ނައު!” އައްޔާދްގެ ހަރުކަށި އަޑު އިވި އާޒިމް ލެޕްޓޮޕް ލައްޕާލުމަށްފަހު އޭނާއަށް ނަޒަރު ހުއްޓާލިއެވެ. “ކިހިނެތް ވެގެންތަ ތިއުޅެނީ؟” އާޒިމް އަޅައިގެން އިން އައިނު ނަގަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ކޮޅަށް ދެބަފައިންގެ ނަޒަރު ހަމަވި ނަމަވެސް އައްޔާދް ވަގުތުން ކޮޓަރިއާއި ދިމާއަށް އެނބުރުނެވެ.

“ދޮންބޭ! މަޑުކުރޭ.. ބައްޕަ ވެސް. މިދެން ކޮންކަމެއްތަ؟ އަބަދު މިގޭގައި އަރާރުންވުން ނޫން ކަމެއް ނުވޭ.. މަންމަ ހުރި އިރު ވެސް ތިބެނީ މޫނު ހަދާފައި އެކަކު އަނެކަކު ދެކެ ރުޅިއައިސް ވާހަކަ ނުދައްކާ.. ދައްކާ އިރެއްގަ ވެސް ބޮޑު ޒުވާބަކަށް ނޫނީ ނުދާނެ. މިހާރު ދެން ތިކަން ހުއްޓަން ވެއްޖެ އެއްނުން.. މަންމަ ވެސް ބޭނުމެއް ނުވާނެ ކަންނޭގެ ދޮންބެއާއި ދެމީހުން ވާހަކަ ނުދައްކައި އަބަދު ތިގޮތަށް ފެންނަ އިރަށް މޫނު އަނބުރާލާކަށް. ޕްލީޒް.. އަޅުގަނޑު ވެސް ދެރަވެއޭ..” އަނާގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެން ވީ ނަމަވެސް އެލޮލުން އާދޭހުގެ އަސަރު ފާޅުވަމުން ދިޔައެވެ. “ފިކްސް ދިސް!” އަނާ މިހެން ބުނެފައި އެތަނުގައި އިތުރަށް މަޑު ކުރުމެއް ނެތި ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއެވެ.

އިރުކޮޅެއް ވަންދެން ދެބަފައިން ހިމޭނުން ތިބުމަށްފަހު އާޒިމް ސޯފާއިން ތެދުވެގެން އައިސް އައްޔާދްއާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. “އައްޔާދް.” އާޒިމް ގޮވާލި ނަމަވެސް އައްޔާދް އޭނާއަށް ބަލައިވެސް ނުލިއެވެ. “ދަރިފުޅާ..” އިރުކޮޅެއް ފަހުން އާޒިމްގެ ދުލުން އެބަސް ބޭރުވުމުން އައްޔާދް އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އެންމެ ފަހުން އާޒިމް އެހައި ލޯބިން އެގޮތަށް އޭނާއަށް ގޮވާލި އިރެއް ހަނދާނުގައި ވެސް ނެތެވެ.

“ބައްޕައަށް މަޢާފް ކުރޭ.” ހިތްވަރުކޮށްފައި އާޒިމް މިހެން ބުނިއިރު އޭނަ ދައްކަން ގަސްތުކުރައި ވާހަކަ ބުނަން އުނދަގޫ ވިއެވެ. “އާނ.. ވަރަށް ބޮޑު ކުށެއް ބައްޕައަށް ކުރެވުނީ.. ރިއުމާން އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ވިސްނުނީތީ ވެސް މިއަދު ލަދު ގަނޭ. ޒުބޭރު އެފަދަ ކަމެއް އަމިއްލަ ދަރިއަކަށް ކޮށްފާނެއޭ ހިތަކަށް ވެސް ނަރާ.. ލޮލުން ފެނުނު ކަންތައް ޤަބޫލު ކުރެވުނީ ވިސްނައި ވެސް ނުލައި.” އާޒިމް ވާހަކަ ދައްކަމުން ދިޔައިރު ލަދުން އައްޔާދްގެ މޫނަށް ބަލައިލަން ވެސް އޭނާއަށް ނުކެރުނެވެ.

“ދަރިފުޅަށް އޮޅުވާލާ ލައިބާއާއި ކައިވެނީގެ ކަންތައް ހަމަޖެއްސުނީތީ ވެސް މަޢާފަށް އެދެން. އައްޔާދް ބުނިހެން ހުރިހާ ކަމެއް ކުރީ އަހަރެން.. އެވަރަށް އެއްޗެހި ގޮވައި މިގެއިން ބޭރު ކޮށްލީ ވެސް ހަމަ.. ހަމަ މިދެއަތުން. އިނގޭ ދަރިފުޅަށް ދެން ބައްޕައަށް މަޢާފް ކުރަން އުނދަގޫ ވާނެކަން.. އަދި ރިއުމާން. ރިއުމާން އަމުދުން މަޢާފެއް ނުކުރާނެ.. އައި ޑޯންޓް ބްލޭމް ހާ.. އަހަރެންގެ ސަބަބުން އޭނާގެ ނަން ހުތުރުވީ. އެހައި ބޮޑު އިލްޒާމެއް އޭނާ ބޮލުގައި އެޅުވުނު އިރު ކިހައި.. ކިހައި އަސަރެއް ކުރާނެ. ލަދު ވެސް ގަންނާނެ އަހަންނަށް އެފަދަ މަންޒަރެއް ފެނުނީތީ ވެސް.” އާޒިމް އިސްޖެހިފައި ހުރެ ވާހަކަ ދައްކަމުން ދިޔައިރު އެއިން ކޮންމެ ލަފްޒެއް ދުލުން ބޭރުވީ ވެސް އެތަށް ހިތްވަރެއް ކޮށްގެންނެވެ.

“ބައްޕާ.. ރިއުމާން އެއީ ތި ހީކުރާ ކަހަލަ ހިތްބަރު ކުއްޖެއް ނޫން. އޭނަ މަޢާފް ކުރާނެ ބައްޕައަށް.. އެކަމު އަޅުގަނޑު..” އައްޔާދް މިހެން ބުނެލިއިރު އާޒިމްއަށް މަޢާފް ކުރާކަށް އެހިތް އެއްބަހެއް ނުވިއެވެ. “ބައްޕައަށް ވިސްނޭ.. ދަރިފުޅު ކޮންމެ ވެސް ދުވަހަކުން މަޢާފް ކުރާނެ ކަމަށް އުއްމީދު ކުރަން.” އާޒިމް މިހެން ބުނެލި އިރު އެލޮލުން ހިތާމައިގެ އަސަރު ފާޅުވާން ހުއްޓެވެ. އައްޔާދް އިރުކޮޅަކު އޭނާގެ ބައްޕައަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު ކޮޓަރިއަށް ވަންނަން އެނބުރުނެވެ.

“އަދި އެއްވާހަކަ ބުނެލަން.. މާރިއާ ނިޔާވީ ދަރިފުޅުގެ ސަބަބުންނެއް ނޫން.. އެދުވަހު އެހެން ބުނެވުނީ ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުން.. ކިޔުނު އެއްޗެއްވެސް ރޭކާ ލީ ފަހުން. ބައްޕަ އެއްވެސް އިރެއްގައި މަންމަގެ މަރުގެ ޒިންމާ ދަރިފުޅުގެ ބޮލުގައެއް ނާޅުވަން. އެގޮތަކަށް ނުވެސް ދެކެން.” އާޒިމް މިހެން ބުނުމުން އައްޔާދް ފަސްއެނބުރިގެން ހުރި ގޮތަށް ހުއްޓެވެ. އޭނާ އެއްޗެއް ބުނާނެ ކަމުގެ އުއްމީދުގައި އާޒިމް ހުރި ނަމަވެސް އައްޔާދް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އަޑާއިއެކު މުޅި ގޭތެރެ ހިމޭން ވިއެވެ. އޭރު އެތަނުގައި އެކަނި ހުރި އާޒިމް ދެލޯ ފޮހެމަލުން ކަރުނަތައް ހިންދާލިއެވެ.

****

ތުމުގައި ޖަހައިގެން އިން ސިނގިރޭޓުގެ ދުންތައް ވަޔަށް ދޫކޮށްލި އިރު ޖޯލީގައި އޮތް ޒުބޭރު ދެލޯ މަރާލިއެވެ. ހާޖަރާ ނެތުމުން މުޅި ގެ ފަޅުވި އިރު އަދި ދިޔަފަހުން އެއްވެސް ޚަބަރެއް ނުވެއެވެ. ހާޖަރާ ވަރީގެ ފޯމް ލީނަމަ މިހާރު އޭނާއަށް އެނގެން ވެއްޖެހައި ދުވަސް ވެއްޖެއޭ އޭނާ ހިތަށް އެރިއެވެ. ކުއްލިއަކަށް ބޭރުން މީހަކު ސަލާމް ގޮވާލި އަޑަށް ޒުބޭރު ތެދުވެ ޖޯލީގައި އިށީނދެލިއެވެ. އެއީ އޭނާ ދަންނަ އަޑަކަށް ނުވާއިރު އެގެއަކީ މާ މީހުން އައިސް އުޅޭ ގެއެއް ނޫނެވެ. ރައްޓެހިން ހާޖަރާ ނެތުމުން އެ ސުވާލަށް އޭނާ ޖަވާބުގައި ބުނީ ރިއުމާންއާއި އެކީ ދުވަސް ކޮޅަކަށް ދިޔައީ ކަމަށްށެވެ. އޭނާ ކިތަންމެ ވަރަކަށް ހަޤީޤަތް ފޮރުވަން އުޅުން ނަމަވެސް ދެން އެކަން މާގިނަ ދުވަހު ސިއްރު ކުރެވެން ނެތްކަން އޭނާއަށް ރޭކާ ވެސް ނުލައެވެ.

ނުރަޖަހާފައިވާ ތުނބުޅީގައި އަތް ހާކާލަމުން އޭނާ ވިސްނާލަން އިނދެފައި ތެދުވީ ދޮރުގައި ޓަކި ޖަހަން ފެށުމުންނެވެ. ބޭރު ދޮރާއި ހަމަވެ އޭނާ ކުޑަކޮން ދޮރު ހުޅުވާލުމަށްފަހު ބޭރަށް ބޯ ދިއްކޮށްލި އިރު އެތަނުގައި މަޑު ނޫކުލައިގެ ފުލުސް ޔުނީފޯމްގައި ތިބި ތިން ފިރިހެނުން ފެނި އޭނާ ހާސްވިއެވެ. ކުއްލިއަކަށް ފުލުހުން އެގެއަށް އަންނަވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ވަރިވާން ހާޖަރާ ކޯޓަށް ދިޔަޔަސް އަދި ފުލުހުން އަންނަން ނުޖެހޭނެކަން އޭނާއަށް އިނގެއެވެ.

“އަލީ ޒުބޭރު އުޅުއްވާތޯ؟” އެތަނުން އެއް ފުލުސް އޮފިސަރަކު އަހާލުމުން ޒުބޭރު ދެބުމަ ކައިރި ކޮށްލިއެވެ. “އަހަރެން މިއީ ޒުބޭރު. ކިހިނެތްވީ؟” އަދިވެސް ދޮރުން ބޯ ދިއްކޮށްލައިގެން ހުރި ޒުބޭރު ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. “ބޭރަށް ނިކުމެލައްވާ.” ފުލުސް އޮފިސަރ މިހެން ބުނި ނަމަވެސް ޒުބޭރު އެކަމާއި ދެކޮޅު ހެދިއެވެ.

“އެކީއްކުރަން؟ ތިގޮތަށް މީސް މީހުން ގެއަކަށް ނުވަދެވޭނެ.” ޒުބޭރު ހާސްވެފައި ހުރިވަރުން ކިޔޭ އެއްޗެއް ވެސް ރޭކާ ނުލިއެވެ. “ކޯޓު އަމުރުގެ ދަށުން ޒުބޭރު ހައްޔަރު ކުރަން މިއައީ. ވީ ހެވް ދަ ވަރެންޓް.” އޮފިސަރ މިހެން ބުނުމަށްފަހު ދޮރު ގަދަކަމުން ހުޅުވުމަށްފަހު ޒުބޭރުގެ ދެއަތް ފަހަތަށްލައި ބިޑި އެޅުވިއެވެ.

“ދޫކުރޭ! ދޫކުރާށޭ! ކޮންކަމަކަށްތަ ތި ހައްޔަރު ކުރަނީ؟ އަހަރެން ކީއްތަ ކުރީކީ؟” ޒުބޭރު ގަދަހަދަމުން ދިޔަ ނަމަވެސް ދެ ފުލުހުން ވެގެން އޭނާ މަގުމައްޗަށް ނެރުނެވެ. “އައިޝަތް ރިއުމާން ޒުބޭރަށް ޖިންސީ ގޮތުން އަނިޔާ ކުރިކަމުގެ ތުހުމަތުގައި އަލީ ޒުބޭރު މިހައްޔަރު ކުރެވުނީ.” އޭނާގެ އަތުގައި ހިފައްޓައިގެން ހުރި އެއް ފުލުސް އޮފިސަރަކު މިހެން ބުނުމުން ޒުބޭރުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް މުޅި މިހާ ދާހިއްލާލި އިރު ހާސްވެގެން ގޮސް ސިކުނޑި ސުމަކަށް ދިޔައެވެ.

އޭނާ ފަހަރެއްގައި ވެސް ރިއުމާން ކޯޓަށް އެ މައްސަލަ ހުށައަޅާފާނެ ކަމަށް ހިއެއް ނުކުރެއެވެ. މިހާ ދުވަސް ވޭތުވެ ދިޔައިރު ރިއުމާން އެކަހަލަ ކަމެއް ކޮށްފައި ނުވާއިރު މިހާރު އެކަން ކުރީތީ އޭނާ ހައިރާން ވިއެވެ. ލިބުނު ސިހުމުން އެއްޗެއް ބުނަން ނުކެރުނު އިރު މަގުމަތީގައި ތިބި މީހުން އޭނާއަށް ލޯ އަޅަމުން އެމީހުން އެމީހުންނާއި އެކި އެއްޗެހި ކިޔަމުން ދިޔައިރު ޒުބޭރު ލަދުން އިސް އުފުލާ ބަލައިލަން ވެސް ނުކެރުނެވެ.

ޒުބޭރު އެ ގެންދިޔަ ގޮތަށް ފުލުހުންގެ ލޯންޗަށް އެރުވި އިރު އޭނާގެ މޫނުމަތިން ހާސްކަމާއި ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. މުޅި ރަށަށް ބޭޒާރުވެ ފަޞީހަތް ވެގެން ދިޔައިރު އަދިވެސް ކުރެވުނު ކަންތަކާއި މެދު ދެރަ ނުވިތަނުގައި ހިތަށް އެއްޗެކޭ އެރި ހެން ވެސް ހިއެއް ނުވެއެވެ. ފުލުހުން އަރައި ހަމަ ވުމުން ލޯންޗު ފަޅުން ދުއްވާލީ މާސިންގާ ކަނޑުގެ ރާޅުތައް ކަފަމުން ހުދު ފޮނު ބުރުވާލަމުންނެވެ.

-ނުނިމޭ-

40
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

މިލަހަނދުވަރު 4

Next

އާވާ ހަނދާން 4

Next
March 28, 2017

އާވާ ހަނދާން 4

Previews
March 28, 2017

މިލަހަނދުވަރު 4

59 Comments

  1. layaal says:
    March 28, 2017 at 6:49 pm

    Hey all. Fixed the lap. So this is not last part. I decided to add one more to bring bit more detailed court procedures and other stuff as well. Enjoy reading. And there was this one comment on the last part by someone named jeen i think. Actually i do think this story is not as good as the last one but i tried my best. There were personal issues and i was actually not going to write this story but thought that it would take my mind of things. Well i guess the stress didn’t bring out the best in me and maybe that’s why the story is not as good as it could have been. But thanks for the support and love again. Last part in sha allah on Sunday. I will try my best to update on that day. IF nothing comes up like anymore internet issues and stuff.
    LOve.

    1. ... says:
      March 28, 2017 at 10:09 pm

      aslu kureekolhuga varah reethi sifakohdhinumaa ehchehi.. fahun fahun ais kudakoh avas aruvaalaafa hurihen heevanee.. ekam vaahaka hadieh noon.. engey dhen kanthah dhimaavigothun ehen vedhaanekan.. ekamvex vaahaka varah reethi.. you can do better than this.. good luck dear..

  2. ? says:
    March 28, 2017 at 6:59 pm

    Sunday v ma haadha lahey.. Plx plx plx plx avahah up koh dhyba plxxxxxxxxxx

  3. Orchid. says:
    March 28, 2017 at 7:08 pm

    Me first! alheyy. vvvvvvv salhi hama. Zubeyru you are dead igey!
    layaa dhoonya mi vaahaka hadi eh nooney. I love it. dhen ehn kudhin gothe neyge. you are one of the best on esfiya. Varah happy vejje personal issues dhimaa v as mi story up kuran ninmeethi. plx sun ga last part up koh dhechey. ??

    1. layaal says:
      March 29, 2017 at 11:26 am

      Thanks

  4. Any says:
    March 28, 2017 at 7:15 pm

    Dhen hadha Lahey update valeh

  5. observer says:
    March 28, 2017 at 7:35 pm

    Vaahaka varah reethi….

  6. Faathee says:
    March 28, 2017 at 8:59 pm

    Wow layaal. Speechless. V reethi. mi vaahaka layaal ge kureege vaahaka dheynan hithaa jaanaa ah vure etha thaneh furihama vefa reethi. Keep going girl ?

    1. layaal says:
      March 29, 2017 at 11:27 am

      Aw. Thank you.

  7. Ahyaadh says:
    March 28, 2017 at 9:12 pm

    Hey this was one of the best story. Please update it soon. And I love it. Wish you all the best layaal ??

    1. layaal says:
      March 29, 2017 at 11:27 am

      Thanks

  8. Snow flake❄ says:
    March 28, 2017 at 9:32 pm

    Aweeeeee Layaaaal…??
    Thank God lap Okay Vi kan Dho.???
    Ahahaha Eagerly Waiting For Sundayyy…?
    After That This Incredible Story Will Be Finished.?????
    Okay Byee takecare Od You and Your Laptop??✨

    1. layaal says:
      March 29, 2017 at 11:28 am

      Thanks dear.

  9. sidd says:
    March 28, 2017 at 9:42 pm

    Waiting 4 “the Sunday “…

  10. Soora says:
    March 28, 2017 at 9:43 pm

    Dhen annaany ehgarunu fahun, lol

  11. Snow flake❄ says:
    March 28, 2017 at 9:51 pm

    Beautiful.?

  12. Azu says:
    March 28, 2017 at 10:19 pm

    Mivaahaka hama vvv reethi….sunday ge inthizaaruga hama ingey…..

  13. Jeen says:
    March 28, 2017 at 10:40 pm

    Dhen gaboolu kohbala ehen buneema.. Layaal ah vaa varakun dhww up kureveynii… Reethikoh vaahaka genes dhenikoh nimunee eh noon tha..

  14. Anonymous says:
    March 29, 2017 at 12:31 am

    Just wondering ‘sunday’ will be which ‘sunday’.

  15. F2 says:
    March 29, 2017 at 1:01 am

    Koba hama mabuni gothakah nu mivee. Mihaaru laptop halaakuveeyoa.dhen nuliyevuny ey reechah nunegeema e vee dhw. Koba hurihaa bahanaa thakeh dhekkumuge beynumakee.dhen aneh part 1 garunufahun up kureveynee.dhenves bunaane miveni kameh vee ey.vara fooohi. Foohi to the max.

    1. Handi says:
      March 29, 2017 at 9:35 am

      Dhen nukiyabala hama upvaairah ebA kiyaey??

  16. Saandy says:
    March 29, 2017 at 4:17 am

    Finally mivaahaka kiyaalan libijje… Zubeyru ah thivy hama vaan v goiy… Adhi cigarette jahaalaa ebainehnu maa hamajehey kamah hedhigen… Ran’galhu Riumaan… Ayyaadh n Aazim ves sul’ha vane dhw next partga… Mivaahaka hama v reethi… Dheynan hithaa jaanaa ahvure furihama mivaahaka… Kameh dhimaaviyas up kurun thankolheh lasveema dheraee… Kurin veegoiy angaalinama v hiyyhama jehunees… Ekamves v ufaavejje medhuken’dumeh ayas vaahaka nimendhen up kuran visneethy… Ummeedhu kuran Sundayga last part kiyaalan libeyne kamah… Keep it Layaal… I like ur stories 🙂

    1. layaal says:
      March 29, 2017 at 11:29 am

      Thank you so much Saandy.

  17. Shaal says:
    March 29, 2017 at 10:52 am

    “Aishath riumaan zubeyrah jinsy gothun aniyaa kurikamuge thuhumathugai ali zubeyru mi hahyaru kurevuny”
    Mhen liyunyma e buneveny riumaan zubeyrah jinsy goanaa kuri vaahaka.
    Aslu onnaany…
    “Aishath riumaan ah zubeyru jinsy gothun aniyaa kurikamuge thuhumathugai ali zubeyru mi hahyaru kurevuny” mihen..☺☺

    1. ? says:
      March 29, 2017 at 11:29 am

      Aishath riumaan zubeyru aee riumaan ge name ey..

    2. layaal says:
      March 29, 2017 at 11:32 am

      Oh ok. I will correct that. Thanks for letting me know.

    3. Lieutenant says:
      March 29, 2017 at 8:31 pm

      Zubeyr is her last name

    4. Shaal says:
      April 11, 2017 at 7:17 pm

      Ok but aishath riumaan zubeyrah nuliye aishath riumaan zubeyru ah jahaali nama understand vys..☺☺☺

  18. she says:
    March 29, 2017 at 11:51 am

    mivaahaka nimey irah alhe adhi ehen vaahaka eh varah avahah up kohdheythi pls pls ……ma esfiya in kiyany shax lyn ….shine… and layaal adhi kuree ga fentasy ge vaahaka thah ekani pls pls ehen vaahakaeh

  19. Anonymous says:
    March 29, 2017 at 1:56 pm

    Sahara akah nuvannaane anhenunneh.. Firihenunnah ekani vadheveyny 🙂

    1. minaa says:
      March 29, 2017 at 3:29 pm

      Vadheveyne. aslu nuvan nani valhulaa gadi e ei emeehun hiy bali v ma hen heevani. but anen hen vanaane. dheenaku novey anhenun vanun haraam ey bunefa eh. get the facts straight.

  20. Anonymous says:
    March 29, 2017 at 3:18 pm

    v nice

  21. ????????????????????? says:
    April 2, 2017 at 6:37 pm

    Kobaa Miadhu sunday ey mee…. Dhen kon sunday aku baa upload vaany… Mianna aharuge sunday ehgga baa.

  22. Nightingale says:
    April 3, 2017 at 1:30 am

    Is the last part posted? Couldn’t find, can’t wait to read ?

  23. Mari says:
    April 3, 2017 at 7:22 am

    Last part up koh dheeba..avahah kiyaa hivefa mi inee..waiting waiting..

  24. Kiyaa says:
    April 3, 2017 at 10:39 pm

    Vaahaka up nuvanyaa nuliyaanee month aku eh part kihaa hithun ICU ah nugengos other fali hidhukideh ???

  25. Huh? says:
    April 4, 2017 at 5:07 pm

    Sunday Kobr Thoa??Alhugandah Heeva Gothugai Thibeyfulha Ah Sunday Vanee 2018 Ga kaneyyge. Rulhi Na Ahnahchey Ingeythoa Thee Bahaaa amalaa Dhimaa Nuvaa Liyun therieh.Thi Gothah Ulhuhvanya Meesmeehun Foohi vaane.Dhen Anehkaa Ves Ais Dhehvaane Bahanaa eh Vis naa lahvahchey.??Alhugandu Wait Kuraanan ingeythoa sunday Annan dhen.

  26. layaal says:
    April 5, 2017 at 8:48 pm

    Ok. I wasn’t gonna say anything because I knew you guys would be mad. I shouldn’t have given a day. So basically I have an exam this week. So I left the last part half written. Will update soon after completing it. I know what you all are thinking. But no these ain’t excuses. Dheravey mihen hedhey thi ves. I know you all would be waiting so I just wanted let you know what happened. Please wait patiently. It’s the last part of a long journey so bear with me. I will in sha Allah finish it. At least next week therey up koh dheynan for sure. Sorry mihen vaathi. I try not disappoint my readers but dhen keekurani things happen but hey I still update ?
    Just wait for a while it’s the last part. (Rulhi naanachey igey)
    Love.

  27. Jeen says:
    April 6, 2017 at 8:35 am

    Thankx alot buneema… Vrh ufaa vejje… Gina dhuvas viyas vrh reethikoh romantic koh genesdheefiyya okeiiii… Hehehe… Love you layaal… Kiyavaa kudhin veema ves vaane thihen.. It’s okay…

  28. Snow flake❄ says:
    April 6, 2017 at 3:07 pm

    Aye Aye So happy That You Told Us what Happened.?
    I Have No problem In Waiting.??
    Assu Kehkuran Dhas Kuran Vaane. ?
    Aha Layaal Love youuu.?
    Goood Lucck With yourr Exams.☺??

  29. sidd says:
    April 6, 2017 at 6:20 pm

    Will wait…

  30. Shaal says:
    April 11, 2017 at 7:22 pm

    Still waiting for the stry ☺☺

  31. Aysh says:
    April 12, 2017 at 4:17 am

    Waiting and waiting ?

  32. ???? says:
    April 12, 2017 at 7:09 pm

    Aneh hafthaa nimuniyyey mioh… Thi dhuvaheh annaane baa

  33. Jeen says:
    April 13, 2017 at 10:15 am

    Layaal… ??????????????????????????????

  34. Immie says:
    April 13, 2017 at 8:52 pm

    U Knw What? I hate Liars. And your One.I Have A lot Questions to ask. Ohkayyh Lemme Start. First Of all Why Did You Break Our Trust??Why did You Say you Will Upload ‘Next week’?? It’s The last Day Of The week Layaal. Huh!!? You Guaranteed Didn’t you??? You Don’t know How to keep promises. I don’t Know whether I’ll be able to trust you again.
    I Always Trusted you when you Said Your Sick or Whatever….But Not Now. I won’t.
    Its The Last episode. This Is A Amazing Story. You Have Delays And But You Still Update. I Really Respect You 4 Tht.But Still I don’t Know. I am a human being So Baeh Faharu tolerate kureveyne. Okayh?
    Rulhi Ves annane. Eiy Eiyves Insaanee Sifaeh.But I am Doin My Best to Talk To you Nicely. Cox Once You were My Fab.
    Ummm Still waiting For It. It was Actually The Best. Umm Lollypop Actually I Loved you A Lot Ingey But Idk Umm Just Foohivanings Now.Cux It’s Too Much I guess.Umm like You Uploaded This Page in March And Now it’s April. I Knew You Have exams. But It’s The End Of The week Right?
    Maybe Your still Buxy but I Cant Get It In My Brain. I just Can’t. Maybe its my Prob.
    Well Okay bye Bye…Goodluck with your work

  35. Laimaan says:
    April 15, 2017 at 1:40 pm

    Week finished but story didn’t. Layaal actually i am quite disappointed ingey well i never expected this from you. Even though you have delays but you still upload i appreciate that but ……?

  36. Maahaa says:
    April 15, 2017 at 5:43 pm

    I am waiting hardly for this layaal.. When you are going to upload the last part… Now its April 15th ??
    I understand that you are busy.. Btw at least you can give a reply to all those readers
    I will appreciate if you respond soon ?

  37. Snow flake❄ says:
    April 17, 2017 at 8:59 pm

    Heyyy? Layaal Kobr Storyyy??
    Please Please Avahah Upload Kohlevidhaanetha???
    I am waiting Eagerly.
    Plez Beb Buneba Kameh dhimaa veetha??
    Your Okay right??❤
    Your Exams Finished???
    Buxy Nooneeeyaa Avahah Upload kohlla ingeyyy.☺❤????
    Okayy Bye… Take Care
    Please Tell Us your Problem Soon.❤❤❤❤
    Haha No Problem in waiting. We will Wait.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  38. Jjeyツ says:
    April 19, 2017 at 9:08 pm

    Wish all readers can understand. Aslu writers vs v bxy koh ulheynee. And layaal told wat happened. And she myt be bxy still. Studies are much important in my view. And eh vs writer eh gasthuga emeehehge reader ge trust gehley kahala kameh nukuran. Or dissapoint eh nukuran. So there will be a reason behind it guys. So guys (fans of layaal)!!! Lets wait layaal free vefa last part up koh dhean dheh dho?. So dear layaal just take ur time and update the last part ingey.will wait for the last part patiently. Love this story so much. Keep up the good work ingey?. May Allah bless you dear?❤

    1. Snow flake❄ says:
      April 20, 2017 at 1:30 pm

      Yesssss Veryyy Truee.?
      Kehkuran Dhaskuranvaane Hurihaa kudhin vess. Layaal Is the best.
      Maybe She is Buxy ebunaahen.
      Insaaneh Layaal Akeeves insaaneh kuhkureveynee insaanunnah Dho.❤ She has Her Own Life too , Layaal ves Kuranjehey kanthah Hunnane. She Is A student. Of course She will be buxy.

    2. Snow flake❄ says:
      April 20, 2017 at 1:34 pm

      Layaal Will Not Disappoint Us.✋❤
      I Trust Her.✨
      She is the Besssssst.?
      Hurihaa kudhin Wait Kohlaa Okay Vaane Dhuvas kolheh negias.???
      Vrh Reethi kohlahcheyy.????
      Thankolheh Rom koh cute Genesdheythi Ayaadh Aa riumaan ge Bai.??
      Emme Last part ennu mee So Will Wait…?

  39. Jjeyツ says:
    April 19, 2017 at 9:11 pm

    Aslu v dhera vejje baeh comments kiyaafa. And v happy vi anehbai comments kiyaafa. V dhuvahahfahu mi story ge last part up nuvaathy mi balaaly comments thah. Hoping she myt have toldsomething. Hope you guys will wait for her story patiently. Give her time. be a true reader?❤

  40. Hussain says:
    April 20, 2017 at 8:19 am

    Layaal is a biggest Laire. I hate this writer…

  41. layaal says:
    April 20, 2017 at 11:00 pm

    HEY ALL. Studies feshunima buxy kamun nuliyevuni. Had back to back exams and still have an assignment due so obviously studies are more important than this, But since you all have already waited for so long i’ll write it and update it on Saturday igey in sha allah. Need time to write as well. And sorry to keep you waiting and you guys are so nice. Thanks for understanding. Won’t disappoint this time. <3

  42. Jjeyツ says:
    April 21, 2017 at 2:01 pm

    Hehe. Most wc layaal. Waiting for saturday ?❤.

  43. Flower says:
    April 22, 2017 at 11:29 am

    kn saturday eh ge vaahaka tha thibuny???

  44. sallu shaam says:
    April 22, 2017 at 2:08 pm

    today is Saturday don’t tell lies pls update your story otherwise i didn’t waiting again and i never read ur story

  45. layaal says:
    April 22, 2017 at 5:02 pm

    I have just a few more scenes to write. Will update asap. 🙂

Comments are closed.

All Right Reserved!