“އަލްހަމްދުލިލްލާހި. މަންމަ މިއަދު ވަރަށް އުފާވެއްޖެ. މަަންމަ ނުބުނި ކަމުގައި ވިޔަސް މަންމަ ހާދަ ބޭނުމޭ މާމަ ދަރިއެއް. މިއަދު މަންމަގެމި އެދުން ވެސް ފުރިހަމަ ވެއްޖެ.” ޒާހިދާ މިހެން ބުނީ ޒެއިނާ ބޮލުގައި ފިރުމާލަމުންނެވެ. އޭރު އެދެލޯހުރީ ފެންކަޅި ވެފައެވެ. ޒެއިނާ ހުރީ ޝޮކެއްގައެވެ. ނަމަވެސް ޒާހިދާ ދެއްކި ވާހަކައަޑު އިވުނެވެ. ޒޭން ވެސް އޭރު ހުރި ފިޔަވަޅުމަތީ ހުއްޓެވެ. “ތިތާ ނުހުރެ އާދެބަލަ މިކޮޅަށް” ޒޭން އަށް އިޝާރަތް ކުރަމުން ޒާހިދާ ބުނެލިއެވެ. ޒޭން […]
އިޝާގެ މޫނު މަތިވަނީ މިލާފައެވެ. މަސައްކަތްކުރާނެ ޝައުގެއް ނެތި ކޮންޕިއުޓަރުގެ ސްކްރީނަށް ގެއްލިފައި އިންނަތާ މިހާރު އެތައް އިރެކެވެ. އިޝާގެ އުޅުން މި ވޭތުވެދިޔަ ހަފްތާއެއް ތެރޭ ބަދަލްވެއްޖެކަން އަރޫޝާއަށް ފާހަގަވިއެވެ. އަބަދުވެސް މަޑުމައިތިރި ކަމަށް ލޯބިކުރާ އިޝާ މިހާރު މާބޮޑަށް އެންމެނާއި އެކަހެރިކަން ފާހަގަވިއެވެ. ވަޒީފާ ދެކެ ނުލާހިކު ޝައުގު ހުންނަ އިޝާގެ މޭޒުމަތި ވަނީ ފައިލްތަކާއި ގަނޑުތަކުން ފުރާލެވިފައެވެ. ފަޒުނާގެ ހާލު ބަލާލަން އެގެއަށް ނުދާތާ ގުޅީ އެންމެ ފަހަރަކުއެވެ. “ހާދަ ބޮޑު ފިކުރެއްގަ” […]
އެރޭ 11 ޖެހިއިރު ޒަޔާހުރީ ގޭ ދޮރާށި ކައިރީގައި ދައީ ގެ އިންތިޒާރުގައި ކެތްމަދުވެފައެވެ. އެހެން ހުންނަތާ 10 ވަރަކަށް މިނެޓް ތެރޭގައި ދައީ ހުރީ ޒަޔާގެ ގޭ ކައިރީގައެވެ. ދައީ ފެނުމުން ޒަޔާގެ މުނުން ފެންނަން ހުރި ނުފިލާ ހިނިތުންވުމުގެ ސަބަބުން ދައީ ބުނަން ބޭނުންވެގެން އުޅޭ ވާހަކަ ބުނުމަށް ފަސްޖެހެވުނެވެ. ދައީއަށް ދިމާވެފައިވާ މަޖުބޫރީ އާއި އެ ދެމެދަށް އަންނަން އުޅޭ ތޫފާނުގެ ވާހަކަ ބުނެލަން ހިތް އެދުނެެވެ. ނަމަވެސް އެ ރީތި ހިނިތުންވުން […]
“އަހަރެން ގަބޫލެއްނޫން މަރިޔަން އެކަނި ތަންތަނަށް ދާކަށް. މަނިކަށް އިނގޭތަ، އިހަށްރޭ އެމަންޖެ ކައިރީ އެހެން ފިރިހެންކުއްޖެއް އިންދާ ދެކުނިން.” ކިތަންމެ ސިއްރުން ބުނި ނަމަވެސް މަންމަ އެދެއްކިވާހަކަ ބައްޕަޔާއި އެއްވަރަށް އަހަރެންނާއި އަދި ޒުހުރާއަށްވެސް އަޑުއިވުނެވެ. އެއާއެކު މަންމަ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އެވަގުތު ހާސްކަމާއެކު ޒުހުރާއަށް ބަލާލެވުނެވެ. ދެރަވީ އަހަރެންގެ ނިންމުންތަކާމެދު މަންމަ ނުރުހޭކަން އެނގުމުންނެވެ. ޒުހުރާ ސޯފާއިން ތެދުވެ، ކައިރީގައި މޮޅޮވެރިކަމާއެކު އިސްޖަހައިގެން ކޮޅަށް ހުރި އަހަރެންނަށް ބަލާލީ ސުވާލުން ފުރިގެންވީ ނަޒަރަކުންނެވެ. ޖަވާބުގައި ޒުހުރާއަށް ހިނިތުންވުމެއްދޭން މަސައްކަތް […]
ފެރީ ޓާމިނަލުން ނިކުމެ ސައިކަލަށް އަރާ ދުއްވާލި ލޫކްގެ މޫނު މަތީގައިވަނީ ލުއި ހިނިތުންވުމެކެވެ. ކުލަ ކުޑަކޮން އަދިރި ނަމަވެެސް ބޯބޯ ބުމަައަކާ ދިގު އެސްފިޔަތަކާއި ފިޔާތޮށި ކުލަ އަރާ ދެ ތުންފަތަކީ ގިނަ އަންހެން ކުދިން މަރުދޭ ސިފަތަކެކެވެެ. ލޫކަކީ މާލޭގެ ގަދަރުވެރި މުއްސަދި ވިޔަފާރި ވެރިއެއް ކަމަށްވާ ރޯނު އިދުރީސްގެ ހަމައެކަނި ހުރި ފިރިހެން ދަރިފުޅެވެ…………. އިންތިޒާރު ކޮށްލައްވާ…….?
މިއަދަކީ އަނާނީ ކޮލެޖަށް ދާ ފުރަތަމަ ދުވަހެވެ. އެކަމާ ހިތް ނުތަނަވަސްވެފައި ހުރިލެއް ބޮޑު ކަމުން، އޭނާއަށް ރޭގައި ރަނގަޅަކަށް ނުވެސް ނިދުނެވެ. އަނާނީ މާލެ ބަދަލުވިތާ މަހެއް ވަނީއެވެ. ނަމަވެސް މާލޭގެ މާޙައުލަށް އަދިވެސް ރަނގަޅަށް ހޭނޭގޮތެއް ނުވެއެވެ. އަނެއްކާ ކޮލެޖުގައި ތިބޭނީ ކޮންކަހަލަ ކުދިންނެއް ހެއްޔެވެ؟ އެކުދިން އަނާނީ އެކަނި ކޮށްލާނީ ބާއެވެ؟ މިކަހަލަ އެތައް ސުވާލު ތަކަކުން އަނާނީގެ ސިކުނޑިވަނީ ފުރާލެވިފައެވެ. ފަތިހު ހޭލެވުނީއްސުރެ، ހިތްވެސް ހުންނަނީ އަވަސްވެފައެވެ. އަނާނީ އޯލެވެލާ ހަމައަށް […]
ޔުއާންއަކީ ގިނަފަހަރު މޫނުމަތިން އެއްވެސް ޝުއޫރެއް ދައްކާނުލާ ކުއްޖަކަށް ވީއިރު ދިމްރާ ފެނުމުން ޔުއާންގެ ހަރަކާތްތައް ހުރި ގޮތުން އެކަމާ އެންމެ ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ޒީނަތުއަށްކަން ގައިމެވެ. “ދަރިފުޅާ!ކިހިނެއް ތި ވާހަކަ ދައްކަނީ”ޔުއާން ދިމްރާއާއި ދިމާލަށް އިނގިލި ދިއްކޮށްގެން ހުރި އަތުގައި ހިފާ ތިރި ކުރުވަމުން ޒީނަތު ބުނެލިއެވެ. ”އެކަމުވެސް މޯމް..އޭނައާ އެއްތާކު އަހަރެންނަކަށް ކެތެއް ނުވާނެ” “އިޓް މިންސް ޔުއާން އަހަރެންދެކެ ލައިކު ވަނީއޭދޯ..އެހެންވިމަތާ އެއްތާކު އުޅެން ކެތްނުވާނީ” އެއްޗެއް ނުބުނެ ހިތްވަރުކުރަމުން […]
ރޭގަނޑުގެ ހަމަހިމޭން ވަޤުތުގައި ޒަޔާ ހުރީ ގޭގެ ދޮރާށިކައިރީގައި ކޮފީ އެއް ބޯށެވެ. މި ފަހަކަށް އައިސް ޒަޔާ ރޭގަނޑުގެ ގިނަ ވަޤުތެއް ހޭދަކުރަނީ މި ފަދަ ގޮތަކަށެވެ. ތަފާތު ޚިޔާލުތަކަށް ގެއްލި، ހިތާމައިގެ ސާލެއް ލެވިފައިވާ އެ މޫނުން އެތައް ކަމެއް ބުނެދެއެވެ. އެކަނިހުރެ ރުއިމަށްފަހު ޒަޔާ ކޮންމެރެއަކުވެސް ގެއަށް ވަންނަނީ މެންދަންވާ ފަހުންނެވެ. ކޮންމެ ދުވަހެއްވެސް ނިމިގެންދަނީ ޒަޔާާގެ އުންމީދުގެ ހުޅުކޮޅު ކަނި ވަމުންނެވެ. ރެއަކީ ހިތްގައިމު، ހަމަހިމޭން ރެއެކެވެ. މުޅި ފަޒާ ވަނީ […]