Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (12) – ފަހުބައި

Saandy
April 3, 2017
10 Mins Read
57 Views
97 Comments

އިރު ފެނުން ތޮޅެލިއިރުވެސް ރޭޝަމްގެ ލޮލުގެ ދެކުރެވި ގާތްވެނުލިއެވެ. މިހާރު ނިދި އޭނާއާ ރުޅިވެ އޭނާގެ ހަމަޖެހުން ގެއްލި ދިޔަތާ ކޮން ދުވަހެއް ހެއްޔެވެ؟ މިވަގުތު އޭނާ އިންތިޒާރުކުރަމުން އެދަނީ ޒައިކްއަށް ފޯނު ފެނި އެސިއްރު ހާމަވުމުން އެނބުރި އަންނާނެ އިރަކަށެވެ. ޝިފާންގެ ވަކިތަކުގެ ތެރެއިން އޭނާ ސަލާމަތްކޮށް ޒައިކްގެ މިލްކަކަށް ހަދާނެ ދުވަހަކަށެވެ. މިއީ އޭނާ ކުރާ އެންމެފަހުގެ އުއްމީދެވެ. މިބޮޑު ދުނިޔޭގައި އޭނާދެކެ ލޯބިވާ މީހަކަށް މިހާރު ހުރި ހަމައެކަނި މީހަކީ ޒައިކްއެވެ. މެންދުރުން އިރު ފަސްދީފިއެވެ. އަދިވެސް ޒައިކްގެ ޚަބަރެއް ނުވެއެވެ. ޒައިކް އަންނާނެބާއެވެ. ނޫނީ އޭނާގެ ލޯބިވާ މަންމައާއި ކޮއްކޮ ޝިފާންގެ އަތްދަށުވެ ނިމިދިޔަ ފަދައިން އޭނާވެސް ނިމިދާނީބާއެވެ.

ޒައިކްގެ ހިތް އަވަސްވެގަތެވެ. ފޯނުގެ އެކި ބައިތައް ވަކިވަކިން ބަލަން ފެށިއެވެ. ހިނދުކޮޅެއްގެ ތެރޭ ޒައިކްއަށް އެވީޑިއޯ ފެނިއްޖެއެވެ. ދެލޯ ބޮޑުކޮށްގެން އެއަށް ބަލަން ޒައިކްއަށް އިނދެވުނީ ބޮޑު ބިރެއް ފެނިގެންވެސް މީހެއްގެ ދެލޯ ބޮޑު ނުވާނެވަރަށް ބޮޑުކޮށްލައިގެންނެވެ.

“ޒައިކް! ތީ ކޮންކަމެއް؟ ތީ ކޮން ކުއްޖެއް؟ ރައިޝާ، ރޭޝަމް، ޝިފާން… އެއީ ކޮންބައެއްތަ؟ ޒައިކް ޕްލީޒް! ބުނެބަލަ. ތީ ކޮންކަމެއްތަ؟ ތިކުއްޖާ އެކިޔަނީ ކީކޭތަ؟” ޒީނަތުއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. ވީޑިއޯއިން ފެންނަމުންދާ އަންހެންކުއްޖާއަކީ މީގެކުރިން އޭނާ ދެކެފައިވާ ކުއްޖެއް ނޫނެވެ. އެކުއްޖާގެ ވާހަކައިން ޒީނަތުއަށް ރޭޝަމްއާއި ޒައިކްގެ ގުޅުން ކޮންމެވެސް ވަރަކަށް އެނގިގެން ދިޔައެވެ. ނަމަވެސް ރޭޝަމްއާއި ޒައިކްގެ ވާހަކަ އެއްކޮށް އެނގިގެނެއް ނުދެއެވެ. އެއީ އެވާހަކައިގެ އެއްބައެވެ. ހަމައެކަނި ޚުލާސާއެކެވެ. އޭނާއަށް ނޭނގޭ އެތައްކަމެއް ފޮރުވިފައިވާނެކަން ޒީނަތުއަށް ޔަޤީންވިއެވެ.

ޒީނަތުގެ އެއްވެސް ސުވާލަކަށް ޖަވާބު ދިނުމެއްނެތި، ޒައިކް ތަކުރާރުކޮށް އެވީޑިއޯ ބަލަމުން ވިސްނަމުން ދިޔައެވެ.

“ޒައިކް! އެއްޗެކޭ ނުބުނެ ތިވަރަށް ތި ވީޑީއޯ ތި ބަލަނީ… ތީގެން އިތުރު އެއްޗެއް ނުފެނެއެއްނު. ދެން ބުނެބަލަ ތީ ކޮންކަމެއްކަން.” ޒީނަތު ހިތްހަމަނުޖެހުނުވަރުން އަޑުވެސް ތަންކޮޅެއް ބާރުވިއެވެ.

ޒައިކް ވީޑިއޯ ބަލަމުން ދިޔައިރު ވިސްނަމުން ދިޔައީ އެފޯނު ރޭޝަމް އެހާ ސިއްރުން އޭނާގެ ޖީބަށްލުމުގެ މަޤުސަދާއި މެދުގައެވެ. ޝިފާންއަށް އެފޯނުގެ ހަޤީޤަތް އެނގިފައިވާކަން ޔަޤީނެވެ. ރޭޝަމް އެވަނީ ޝިފާންގެ މަޖުބޫރުކުރުންތަކުން ފިތިފައެވެ. އެހެންނޫންނަމަ އެހާ ސިއްރުސިއްރުން ރޭޝަމް އުޅުމުގެ ބޭނުމެއް ނެތެވެ. އަނެއްކާ ޝިފާން ރޭޝަމްއާ ކައިވެނިކުރަން އެއުޅެނީ ކޮންކަހަލަ މަޖުބޫރެއް ކޮށްގެންބާއެވެ. ޒައިކްއަށް ކޮޅަށް ތެދުވެވުނެވެ. ވީ އެންމެ އަވަހަކަށް އޭނާ ރޭޝަމްއާ ބައްދަލުކުރަން ޖެހޭނެއެވެ. މިކަމުގައި ޝިފާންގެ ރޭވުން އެނގިގެން ނޫނީ އޭނާއަށް ރޭޝަމް ސަލާމަތްކުރެވޭކަށް ނޯންނާނެއެވެ.

ރުޅި އެތެރެއަށް ހިންދަން މަސައްކަތްކުރަމުން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒީނަތުއަށް ކުއްލިއަކަށް ސިހުންވީ ޒައިކް ފޯނު ބާއްވާފައި ބާރު ހިނގުމެއްގައި ކޮޓަރިން ނުކުންނަން ދާތަން ފެނުމުންނެވެ.

“ޒައިކް! މިހާރު ކޮންތާކަށް ތިދަނީ؟” ޒީނަތުގެ އަޑު އިވޭކަމަށްވެސް ނުހަދާ ޒައިކް ނުކުމެގެން ދިއުމުން ޒީނަތުއަށް ލިބުނު ހައިރާންކަމާއި އެއްވަރަށް ރުޅިވެސް ގަދަވިއެވެ. އެފޯނު ނަގާ ހޫރާލަން އުޅެފައިވެސް ދާން ހިނގައިގަތެވެ. ޒައިކް އެދިޔައީ ކޮންތާކަށްބާއޭ ހިތައެވެ.

ޒީނަތު އެދިޔަ ބާރުމިނުގައި ގޮސް ޒައިކްގެ މަންމައާއި ބައްޕަގެ ކޮޓަރީ ދޮރުގައި ޓަކިދިނެވެ. އެތެރެއިން އެއްވެސް ޚަބަރެއް ނުވުމުން ޒީނަތު ހިނގައިގަތީ އޭނާގެ މަންމައާއި ބައްޕަގެ ގާތަށް ދާށެވެ. މި ވަމުންދާ ގޮތް ނޭނގޭ ކަންތައްތަކުގެ ޚަބަރު އޭނާގެ އާއިލާއަށްވެސް އެނގެން ޖެހޭނެއެވެ.

ޒީނަތު ހޯދަމުން ދިޔައިރު ޒައިކްގެ އާއިލާގެ ގިނަ ބަޔަކާއިއެކު އޭނާގެ މަންމައާއި ބައްޕަ ތިބީ ރެސްޓޯރެންޓްގެ ހޯލުގައެވެ.

“މޯމް! ޑޭޑް! މި ވަމުންދާ ކަންތައްތައް އެނގޭތަ؟ އެންމެން ހެވިފަ ތިބޭއިރު ހީވަނީ ހުރިހާ ކަމެއް ނޯމަލްހެން.” ޒީނަތު އަދިވެސް ހުރީ ރުންކުރު ގޮތަކަށެވެ. އޭނާގެ މޫނުމަތިން މިވަގުތު ފެންނަންހުރި ރުޅިވެރި ކުލަވަރުތަކުން އެތަނުގައި ތިބި އެންމެންގެ އުފާވެރިކަން ގެއްލި ނުތަނަވަސްކަން ވެރިވިއެވެ.

“ކިހިނެއްވީ ދަރިފުޅާ؟ ދަރިފުޅު ދިޔައީ ޒައިކްއާ ބައްދަލުކުރާކަށްނު. ޒައިކް އެއްޗެކޭ ބުނީތަ؟” އެއްފައްޗަކަށް ހުރިހާ ސުވާލުތަކެއް އަމުނާލަމުން ޒީނަތުގެ މަންމަ ޝަފީޒާ އައިސް ޒީނަތުގެ ގާތުގައި ހުއްޓުނެވެ. އެތަނުގައި ތިބި އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. އެކެއް އަނެކަކަށް ނިތް އެއްލަމުން ވެގެން އުޅެނީ ކިހިނެއްކަން އޮޅުންފިލުވަން މަސައްކަތްކުރަމުން ދިޔައެވެ. އާލިމްއާއި ހުސްނާވެސް ތިބީ ހާސްކަމެއްގެ ތެރޭގައެވެ. ޒީނަތު ބުނަން އެއުޅެނީ ރޭޝަމްގެ ވާހަކަކަން ޔަޤީނެވެ. ހުސްނާގެ ހިތުގެ ހިނގުން އަވަސްވެ އަތްފައި ފިނިވިއެވެ.

“ޒައިކްއަށް އެއްޗެއް ބުނެވޭނެތަ؟ ގޮވަގޮވާ އޮއްވާ ހިނގައްޖެ އެ ރޭޝަމްއެއް ގާތަށް.” ޒީނަތު އޭނާއަށް ހީވި ހީވުމަށް ބުނެލިއެވެ. ހުސްނާއަށް ބަލާލެވުނީ އާލިމްއާ ދިމާއަށެވެ.

“ކީކޭ!؟ ރޭޝަމް ގާތަށޭ! ކޮން ރޭޝަމްއެއްތަ؟” ޒީނަތުގެ މަންމައަށް އަހާލެވުނެވެ. އެވަގުތު ޝަފީޒާ އަށް ބަލާލެވުނީ ހުސްނާގެ މޫނަށެވެ. ހުސްނާގެ މޫނުމަތިން ނުތަނަވަސްކަން ސާފުކޮށް ފެންނަން ހުއްޓެވެ.

“މޯމް! އަހަރެންނަށްވެސް ނޭނގިގެން މިއުޅެނީ އެ ރޭޝަމް އެއީ ކާކުކަން. އޭނައާ ޒައިކްއާ އޮތީ ކޮން ގުޅުމެއްކަން. އަހަރެންވެސް ބޭނުން މި ވާނުވާ އެނގެން.” ޒީނަތު އޭނަގެ މަންމަގެ ސުވާލަށް ޖަވާބުދެމުން ދާން ހިނގައިގަތީ ހުސްނާއާ ދިމާއަށެވެ.

“ތީ ޒައިކްގެ މަންމަ. ކައިވެނި ކުރުމުން އަހަރެންގެވެސް މަންމައަކަށް ވާނެ. ދަރިއެއްގެ ހައިސިއްޔަތުން މަންމަ ގާތުން އަހަރެން މިކަމުގެ ހަޤީޤަތް އޮޅުންފިލުވަން މިއައީ. ޕްލީޒް! އަހަރެންނަށް މިކަމުގެ ހަޤީޤަތް ކިޔައިދީ.” ޒީނަތު އޭނާގެ އަތުގައި އޮތް ފޯނު ހުސްނާއަށް ދިއްކޮށްލިއެވެ. ހުސްނާއަށް އެފޯނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.

“ތީ ކޮން ފޯނެއް؟ ކޮން ހަޤީޤަތެއް؟ މަންމައަކަށް ނުވިސްނޭ ދަރިފުޅު ތިކިޔާ އެއްޗެއް. ރަނގަޅަށް ކިޔައިދީބަލަ ވެގެން ތިއުޅޭ ގޮތެއް.” ޒީނަތު އޭނަގެ އަތުގައި އޮތް ފޯނުން ވީޑިއޯ އަޅުވާލިއެވެ. އެވީޑީއޯ ފެނުމާއެކު ޒީނަތުގެ އަތުގައި އޮތް ފޯނު ހުސްނާއަށް ޖަހައިގަނެވުނެވެ. އެޔާއެކު އާލިމްއަށް ދައްކާލިއެވެ.

“އޭރުވެސް އަހަރެން ބުނީމެއްނު އަހަރެންގެ ޒައިކް އެފަދަ ވިޔާނުދާ ކަމެއް ނުކުރާނެޔޭ. އަހަރެންގެ ދަރިފުޅުގެ ބޮލުގަ ބަޔަކު އެޅުވި ތުހުމަތެކޭ.” އާލިމްވެސް އެވީޑިއޯ ބަލާލަމުން ހުސްނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“ޒީނަތު! ޒައިކް ދިޔައީ މާލެއަށްތަ؟” އޭރު އާލިމްގެ ހިތުގައި ހިނގަމުން ދިޔައީ ބިރުވެރި ރާޅުތަކެކެވެ. އެ ރާޅުތަކުން އެހިތް ހަލަބޮލިކުރަމުން ދަނީއެވެ. ކޮންމެވެސް ގޯހެއް ވާން އުޅެއޭ ހިތް ބުނަނީއެވެ.

“ހީވަނީ. އަދިވެސް ނުބުނަމެއްނު ތި ވީޑިއޯގަ ތިވަނީ ކޮން ވާހަކައެއްކަމެއް. ރޭޝަމް އެއީ ކާކުތަ؟ ޒައިކްގެ އެކްސް ޖީއެފްތަ؟” ޒީނަތު އަހާލިއެވެ.

“ޒީނަތުގެ ތި ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ. ފުރަތަމަ އަހަރެމެން ދާންވީ ޒައިކް ގާތަށް. އެ ރުޅީގަ އޭނަ ގޮސް ޝިފާންއަށް ކޮންމެފަދަ ގޮތެއްވެސް ހަދައިފާނެ. ޒައިކްއަކީ ރުޅި ކޮންޓްރޯލްކުރަން އެނގޭ ކުއްޖެއް ނޫން. އޭނަ އަތުން ގޯހެއް ހިނގުމުގެ ކުރިން އަހަރެމެން ގޮސް އޭނަ ހުއްޓުވަން ޖެހޭނެ.” ޒީނަތުއަށް ބަލާލަމުން ތުރުތުރުލާ އަޑަކުން އާލިމް ބުނެލިއެވެ. ޒީނަތު އެއްޗެއް ބުނަން އުޅުނު ވަގުތު އޭނާގެ މަންމަ އައިސް އޭނާގެ ކޮނޑުގައި ހިފަހައްޓާލަމުން ބޯ ހޫރާލީ ވަގުތުގެ ނާޒުކުކަން އަންދާޒާ ކޮށްލަމުންނެވެ.

“ދަރިފުޅާ! އާލިމް އެބުނީ ރަނގަޅު ވާހަކައެއް. އެވާހަކަ ފަހުންވެސް ދެއްކިދާނެ. އަވަސްވީ ގޮތަކުން އަހަރެމެން ދާންވީ ޒައިކް ހޯދަން. ރިޔާޒު! އަވަހަށް މާލެ ދެވޭނެ ގޮތެއް ހަމަޖައްސާ.” ޝަފީޒާ އެހެން ބުނުމުން ރިޔާޒު ދަތުރު ހަމަޖައްސަން ފޯނުން ގުޅާލިއެވެ.

ޒައިކްގެ އާއިލާގެ ހުރިހާ މެންބަރުންގެ ހާލު ހުރިގޮތުން އިތުރަށް އެއްޗެއް ބުނާކަށް ޒީނަތުއަކަށް ނުކެރުނެވެ. ހިމޭންކަން އިޚްތިޔާރުކުރިޔަސް ހިތުގައި ގިނަވެފައިވާ ސުވާލުތަކުން ބޮލުގެ ރިހުން އިތުރުކުރަމުން ދިޔައެވެ.

“އާލިމް! އަހަރެމެން މާލެ ދިޔަޔަސް ކިހިނެއް ޒައިކް ވީތަނެއް ހޯދާނީ؟” ހުސްނާ ލޯންޗުގެ ސީޓުގައި އިށީންނަމުން އަހާލިއެވެ.

“ހުސްނާ ތިކަމާ ނުވިސްނާ. އަހަރެންނަށް އެނގޭ ޒައިކް ހޯދަން ހަދާނެގޮތް.”

މާލެ ދެވުމާއެކު އާލިމް ގުޅާލީ ޒުހައިރުއަށެވެ. ޒުހައިރުގެ އެހީގައި ރޭޝަމްގެ ގެއަށް ދިއުމަށް ދަތުރު ފެށިއެވެ. އާލިމްއަށް ޔަޤީންވާ ގޮތުގައި ޒައިކް ދާނީ ރޭޝަމްގެ ގެއަށެވެ.

ރޭޝަމް ކޮޓަރީ އެނދުގައި ރޯން އޮތްއިރު ހިތާހިތުން ދުޢާކުރަމުން ދިޔައީ ޒައިކްއަށް އެވީޑިއޯ ފެންނާނެ ގޮތެއް މެދުވެރިކުރެއްވުމަށް އެދިއެވެ. ދެލޯ މަރާލައިގެން ޒައިކް އަންނާނެ އިރެއްގެ އިންތިޒާރުގައި އޮތް ރޭޝަމްއަށް ދެލޯ ހުޅުވާލެވުނީ ޝިފާންގެ އަތުގެ ބީހުން އިހުސާސްވެގެންނެވެ.

“ޝިފާން! ކިތައްފަހަރުތަ ބުނާނީ އަހަރެން ގައިގަ އަތްނުލާށޭ؟”

“ހާދަ ރުޅިއެއް ތި އަންނަނީ. ދެން ތި ރުޅި ދޫކޮށްލާފަ އާދެބަލަ މިއަތުގެ ތެރެއަށް. އޭރުން ރޭޝަމްއަށް އެނގޭނެ އަހަރެން ރޭޝަމްދެކެ ލޯބިވާ މިންވަރު.” ޝިފާންގެ އަތް ފޮޅުވާލާފައި ތެދުވަން އުޅުނު ރޭޝަމްގެ އަތުގައި ހިފާ ގަދަކަމުން އެނދުގައި ބައިންދަމުން ޝިފާން ވިހަގަދަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.

“ޝިފާންއަށް އަޑެއް ނީވޭތަ؟ މިހާރު ކިތައްފަހަރު ބުނެފިން އަހަރެން ލޯބިވަނީ ހަމައެކަނި ޒައިކްދެކެއޭ. ކިތަންމެ ވަރަކަށް މަޖުބޫރުކުރިޔަސް އަހަރެންގެ ލޯތްބެއް ކަލެއަކަށް ނުލިބޭނެޔޭ.” ރޭޝަމް އަލިފާނުގެ ބެލުމަކުން ބަލާލިއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލުން އޮހިގަންނަން ތައްޔާރަށްހުރި ކަރުނަތައް ފެނި ޝިފާންގެ ހަރު ހިތަށް ކުޑަވެސް ހަމްދަރުދީއެއް ނުވަނެވެ.

“މިވަގުތު އަހަރެން ނޫޅެން ގަދަކަމުން ކަމެއް ކުރާކަށް. ދެން އޮތީ ދެދުވަސް. އޭގެފަހުން އަހަރެންނަށް ރޭޝަމް މިލްކުވާނެ. އޭރުން ދެން ރޭޝަމް ތިގޮތަށް ގަދަ ހެދިޔަސް އޮންނަން ޖެހޭނީ މިއަތުގެ ތެރޭ.” ރޭޝަމްގެ އަތުން ދޫކޮށްލަމުން ޝިފާން ތެދުވެ ދާން ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮސްފައި ފަސްއެނބުރި ބަލާލިއެވެ.

“ރޭޝަމްއަށް ކީއްވެތަ އަހަރެންގެ ހިތުގަވާ ލޯބި ނުފެންނަނީ؟ އެ ޒައިކްއަށްވުރެ މާބޮޑަށް އަހަރެން ލޯބިވޭ. އަދި އެއްދުވަހަކުން ރޭޝަމްއަށް އެކަން ވިސްނޭނެ. އަހަރެން މިވާ ލޯބީގެ އަގު ވަޒަންކުރެވޭނެ. އެދުވަހަކުން ދުވެފަ މިއަތުގެ ތެރެއަށް އަންނާނެ. އެދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން. އަހަރެންގެ ލޯބިން ރޭޝަމްގެ ހިތް ބަދަލުކުރާނަން. އަހަރެންދެކެ ލޯބިވާން މަޖުބޫރުވާވަރަށް. މީ އަހަރެންވާ ވަޢުދެއް. ރޭޝަމް ބަލަން ހުންނާތި! އެދުވަސް ވަރަށް އަވަހަށް އަންނާނެ.” ޝިފާން އެކޮޓަރިން ނުކުތުމާއެކު ކަނޑާ ވައްޓާލި ރުކެއްހެން ރޭޝަމް އެނދުމައްޗަށް ވެއްޓިގަތެވެ. ބާރުބާރަށް ރޮމުްނ ދިޔައެވެ. އެ ވޭނީ އަޑުން ހިތްތައް ކަތިލެވިގެންދާފަދަ ވޭނީ އަޑެކެވެ. އެއަޑު އިވުނު ކޮންމެ ހިތެއް ހަމްދަރުދީއިން ފުރި ބަންޑުންވާފަދަ އަސަރެއް އެއަޑުގައިވިއެވެ.

ޝިފާން ކޮޓަރިން ބޭރަށް ނުކުތް ވަގުތު ދޮރުގެ ބެލް އަޅާ އަޑު އިވުނެވެ. ހުއްޓާނުލާ ބެލް އަޅަން ފެށުމުން ކާކުބާއޭ ހިތާ ޝިފާން ދޮރު ހުޅުވާލިއެވެ.

“ޒައިކް! ކަލޭ…” ޝިފާން އެއްޗެއް ބުނަން އުޅުނު ވަގުތު ޒައިކް އޭނާގެ މޭގައި އަތްއަޅާ ކޮއްޕާލިއެވެ

“ކަލޭ ހީކުރަނީ ކީކޭ ކަމަށްތަ؟ ހުރިހާ ކަމެއް ކަލޭ ބޭނުންވާގޮތަށް ކުރެވޭނެޔޭ ދޯ؟ އެހެނެއް ނުވާނެ. ފުރަތަމަ ފަހަރު ކަލެއަށް ކާމިޔާބުވިޔަސް މިފަހަރަކު ނުވާނެ.” ޒައިކްގެ އަޑު ބާރުވެފައި އެއަޑުގައި ހަރުކަށިކަންވިއެވެ. ރުޅިއައިސްގެން މީހާ ތުރުތުރުލައެވެ. ޒައިކްގެ އަޑަށް ރޭޝަމް ދުވެފައި ބޭރަށް ނުކުތެވެ. ރޭޝަމް ފެނުމާއެކު ޒައިކްއަށް ހިނގައިގަނެވުނީ ރޭޝަމްއާ ދިމާއަށެވެ. އެވަގުތު ބާރު ވައިރޯޅިއެއްހެން އައިސް ޝިފާން އެދެމެދަށް ވަނެވެ. ބޯ އެއްއަތަށް އަރިކޮށްލަމުން ބާރުބާރަށް ހޭން ފެށިއެވެ.

“ޒައިކް ހީކުރީ ތިގޮތަށް އައިސް ރޭޝަމް ގެންދެވޭނެ ކަމަށްތަ؟ ހަހަހަހަ… ރޭޝަމްއަކީ މިއަދު އަހަރެންގެ މިލްކެއް. އޭނައަށް އަހަރެން ދޫކޮށްލާފައެއް ނުދެވޭނެ. ޒައިކް އަވަހަށް މިތަނުން ދޭ! އެހެންނޫނީ… ކުރިން ފޮނުވާލީ ޖަލަށް. މިފަހަރު ދުނިޔެއިންވެސް ދާން ޖެހިދާނެ.”

“ޝިފާން ތިއުޅެނީ އަހަރެންނަށް ބިރު ދައްކަންތަ؟ ކުރިން ޝިފާންއަށް އެގޮތަށް ކަންތައް ކުރެވުނީ އަހަރެންނަށް ނުވިސްނުނީތީ. އޭރު އަހަރެންނަށް ނޭނގުނީ އިންސާނުން ތެރޭގަ ޖަނަވާރުންވެސް އުޅޭކަން. ތީ އިންސާނެއްގެ ސިފައިގަ ހުރި ނުބައި މިނިކާ ޖަނަވާރެއް. މިއަދު އަހަރެން ކަލޭ ދުލެއް ނުކުރާނަން. އެދުވަހު ކަލޭ އަހަރެން ޖަލަށްލީ އެއްވެސް ކުށަކާނުލާ. އެކަމކު މިއަދު އަހަރެން ކަލޭ ޖަލަށްލާނީ ފުރިހަމަ ހެއްކާއިއެކު.” ޒައިކް އިނގިލި ދިއްކޮށްލަމުން އިންޒާރުގެ ނަޒަރަކުން ޝިފާންއަށް ބަލާލިއެވެ. ޒައިކްގެ އިންޒާރުން ސިހުންވިނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ޝިފާންގެ މޫނުމަތިން ފެނިގެން ދިޔައީ މާނަވީ ހިނިތުންވުމެކެވެ.

“ރޭޝަމް! އަހަރެން މިއައީ ރޭޝަމް ބަލާ. ދެން ޝިފާންގެ ވަކިތަކުގެ ތެރޭ ހައްޔަރުވެފަ ހުންނާކަށް ނުޖެހޭނެ.” ޝިފާންގެ ކޮނޑުގައި އަތްއަޅާ އެއްފަރާތްކޮށްލަމުން ރޭޝަމް ގާތަށް އެޅި ފިޔަވަޅު ހުއްޓުވީ ޝިފާންއެވެ. ޒައިކްގެ ކޮނޑުގައި ހިފާ އަނބުރާލަމުން ގޮށްމުށުގެ ބާރު އެތިފަހަރެއް ޒައިކްގެ މޫނަށް ވީއްލާލިއެވެ.

“ޒައިކް!!” ރޭޝަމްއަށް ހަޅޭއްލަވައިގަނެވުނެވެ. ފެންނަމުންދާ މަންޒަރުން ހަދާނެގޮތެއް ރޭޝަމްއަކަށް ނުވިސްނުނެވެ. ޒައިކްއާއި ޝިފާން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ފޮނުވަމުން ތަޅާފޮޅަމުން ދިޔައެވެ. ބިރުން ހަދާނެގޮތެއް ނޭނގިފައި ހުރި ރޭޝަމް ހުއްޓާލުމަށް ގޮވަމުން ދިޔައެވެ. ފަހަރަކު މީހަކަށް ގޮވާ އާދޭސްކުރަމުން ގޮސް ޒައިކްގެ އަތުގައި ހިފާ ހުއްޓުވަން އުޅުނު ވަގުތު ޒައިކް ފޮޅާލި އަތުން ޖެހި ރޭޝަމް ވިއްސައިގެން ދިޔައެވެ.

“ރޭޝަމް!” ޝިފާންގެ ގައިން ދޫކޮށްލަމުން ޒައިކް ދުވެފައި ގޮސް ރޭޝަމް ނެގިއެވެ.

“ރޭޝަމް! ތަނަކަށް ތަދުވިތަ؟ ސޮރީ!”

“ޒައިކް ޕްލީޒް! ޒައިކް މިތަނުން ދޭ. ޝިފާން އަތުން ޒައިކް މަރުވެދާނެ. އަހަރެން ނޭދެން އެހެންވާކަށް. ޕްލީޒް!” ރޭޝަމް ހަނދާންވަމުން ދިޔައީ ޝިފާން އޭނާގެ މަންމަ މަރާލިގޮތެވެ.

“ރޭޝަމް! އަހަރެން މިއައީ ރޭޝަމް ބަލާ. އަހަރެން ދާނީ ރޭޝަމް ގޮވައިގެން.” ޒައިކް ނުހަނު ލޯބިން ރޭޝަމްގެ މޫނުގައި ކަނާއަތުން ފިރުމާލިއެވެ. އޭނާގެ އެއަތުގައި ރޭޝަމް ހިފާލަމުން ދެލޯ މަރާލިއެވެ. އޭރުވެސް ރޭޝަމްއަށް ރޮވެނީއެވެ. އެދެލޮލުން ކަރުނައިގެ ބޮޑެތި ތިކިތައް ފައިބަމުން ދިޔައެވެ.

“ނޫން ޒައިކް. އަހަރެންނަކަށް ނުދެވޭނެ. އަހަރެން ގޮސްފިއްޔާ ޝިފާން އަހަރެންގެ ދަރިފުޅުގެ ދުވަސް ދުއްވާލާނެ. އޭނަ ރިމްޝާ މަރާލާނެ. އަހަރެންގެ މަންމައާ ކޮއްކޮ މަރާލީވެސް އޭނަ.”

“ކީކޭ!؟ މަންމަ މަރާލީ ޝިފާންތަ!؟” ޒައިކްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޝިފާން އެހާ ނުލަފާވެދާނެކަން އޭނާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ.

ރޭޝަމް ރޮމުން ހުއްޓަހުއްޓާފައި ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޝިފާން މަންމަ މަރާލި ގޮތާއި ރިމްޝާ އޭނާއަށް އެވާހަކަ ކިޔައިދީ އެފޯނު ހޯދި ގޮތެވެ. ޒައިކްއަށް ގުޅާގުޅާ ފޯނު ނުނެގުމުން ފޯނު ހަލާކުކޮށްލެވުނީކަމަށް ބުނެލުމުން ޒައިކް “ސޮރީ”އޭ ބުނެލިއެވެ. ފޯނު ހަލާކުކޮށްލި ވަގުތު ޝިފާންއަށް އާދެވުނީ ކަމަށާއި އޭނާއަށް ވިސްނިގެން ވަގުތުން ރިމްޝާ ގޮވައިގެން ދިޔައީއެވެ. ރޭޝަމްގެ ނަސީބު ރަނގަޅުކަމުން އެފޯނު ފޮރުވާނެ ވަގުތު ލިބުނީކަމަށް ބުނެ މޫނުގައި ދެއަތް އަޅާ ރޯންފެށިއެވެ. ޒައިކް ރޭޝަމް ގަޔާލާ ބޮނޑިކޮށްލިއެވެ.

“ދެން ނުރޮއި. ލައްކަ ދުވަހު ރޮވިއްޖެއެއްނު. ދެން ތިދެލޮލުން ކަރުނަ އޮހޭކަށް އަހަރެން ފުރުސަތެއް ނުދޭނަން.” ޒައިކްގެ މޭގައި ބޮނޑިވެލައިގެން ޒައިކްގެ ގަމީސް އަތުތެރޭ ބޮނޑިކޮށްލައިގެން ރޮމުންދިޔަ ރޭޝަމް ސިހުނީ ޒައިކްގެ ހަޅޭކުގެ އަޑަށެވެ.

“ކަލޭ ހީކުރީ މިގެއިން ސަލާމަތުން ރޭޝަމް ގެންދެވޭނެ ކަމަށްތަ؟ އަހަރެންނާ ރޭޝަމްއާ ދެމެދަށް ވަންނަ ކޮންމެ މީހަކަށް ލިބޭނެ ސަޒާއަކީ މަރު.” ޒައިކްގެ ބުރަކަށްޓަށް ހަރާލި ތޫނު ވަޅި ދަމައިގަންނަމުން ޝިފާން ބާރު އަޑުން ބުނެލިއެވެ. މިވަގުތު ޝިފާން ފެންނަނީ ބިރުވެރި ސޫރައެއްގައެވެ. އޭނާ ހުރީ ބުއްދި ފިލާ ގޮސްފައެވެ. މީހަކު ލޯތްބަށްޓަކައި އެހެންމީހުންގެ ފުރާނަ ދުއްވާލުން އެއީ ލޯބި ހެއްޔެވެ؟ ޝިފާންއަށް ލޯބީގެ ފުރިހަމަ މާނަ ނޭނގެނީ ހެއްޔެވެ؟ ނޫނީ ލޯބި ހާސިލްކުރުމުގެ އެދުމުގައި މަގުއޮޅި ދިޔައީ ހެއްޔެވެ؟

ޒައިކްގެ ބުރަކަށިން ފައިބަމުންދިޔަ ލެއިން ތަށިމުށިތައް ފޯވަމުން ދިޔައެވެ. ރޭޝަމްއަށް ރޮއިގަނެވުނެވެ. ވެއްޓިފައި އޮތް ޒައިކްގެ މެޔަށް އަމާޒުކޮށްލި ވަޅީގައި ރޭޝަމް ހިފެހެއްޓިއެވެ.

“ނޫން ޝިފާން. ޕްލީޒް! ޒައިކް ދޫކޮށްލާ. އަހަރެން މިހުރީ ޝިފާން ބުނި ކޮންމެ ކަމެއް ކުރަން ތައްޔާރަށް. ހެޔޮނުވާނެ. ޒައިކް މަރާނުލާ. އޭނަ ދޫކޮށްލާ.” ރޭޝަމް ރޮމުން އާދޭސްކުރަން ފެށުމުން ޝިފާން މައިތިރިވާގޮތްވިއެވެ.

“ނޫން ރޭޝަމް. ނޫން.” ޒައިކް ތެދުވަން އުޅުނުނަމަވެސް އޭނާގެ ހާލަތު ތަނެއް ނުދިނެވެ. މަޑުމަޑުން ތަންތަން ފުސްވަމުން ގޮސް އޭނާ ޚަބަރު ހުސްވެ މީހާ ހިމޭންވިއެވެ.

ޝިފާން ގާތު އާދޭސްކުރަން ހުއްޓާ ބަޔަކު ވަތްތަން ފެނި ރޭޝަމް ހައިރާންވިއެވެ. ރޭޝަމްއަށްވުރެ ބޮޑަށް ޝިފާންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުލުހުންނާއެކު އައި ޒައިކްގެ އާއިލާ ފެނި ޝިފާން ފިލަން ދުއްވައިގަތެވެ. މިފަހަރު ނަސީބު ޝިފާންގެ އަތުގައި ނުހިފުމުން އޭނާ ފުލުހުންގެ އަތްދަށުވިއެވެ.

“ޒައިކް! ޒައިކް!” އެތެރެއަށް ވަދެގެން އައި ޒައިކްގެ އާއިލާއަށް ތަށިމުށިތައް މަތީ ލެއިން ތަތްތެޅެމުންދާ ޒައިކް ފެނުނެވެ. ހުސްނާ ދުވެފައި ގޮސް ޒައިކްގެ ބޯލާ ކޮޅުން އިށީނެވެ. މޮޔައެއްފަދައިން ޒައިކްއަށް ގޮވަމުން ދިޔައެވެ. އެންމެންވެސް ތިބީ ގަނޑުވެފައެވެ. އާލިމްއަށްވެސް ހުއްޓުން އެރިގޮތަށް ދަރިފުޅަށް ބަލަން ހުރެވުނީއެވެ. ރިޔާޒު ވަގުތުން އެމްބިއުލާންސްއަށް ގުޅައިގެން ޒައިކް ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލުގައި ތިބި އެންމެންވެސް ތިބީ އެކި ތަންތަނަށް ޖެހިފައެވެ. ޑޮކްޓަރ އެތެރޭގައި ޒައިކްގެ ފުރާނަ ސަލާމަތްކުރަން މަސައްކަތް ކުރަމުންދާއިރު ބޭރުގައި ތިބި އެންމެންވެސް ދުޢާކުރަމުން ދިޔައެވެ. ޒައިކްގެ ހާލު އިރެއް އިރަކަށް ދަނީ ދަށްވަމުންނެވެ.

ޒައިކްގެ ހާލު އިރެއް އިރަކަށް ދަށަށްދާ ޚަބަރު އިވި ހުސްނާ އެނދުމަތިކުރަން ޖެހުނެވެ. އާލިމް ގޮނޑިއަކަށް ޖެހިފައި އިންއިރު ލޮލުގައިވަނީ ހޫނު ކަރުނައެވެ. ދަރިފުޅާއި އަންހެނުންގެ ހާލު ފެނި ހިތް ކުދިކުދިވެފައިވާ ހާލު ދުޢާކުރުން މަތީ އާލިމް ދެމިހުއްޓެވެ.

ގަޑިއެއްހާއިރު ފަހުން ހުސްނާ ހޭއެރިއިރު ޒައިކްގެ އޮޕަރޭޝަންވެސް ވަނީ ނިމިފައެވެ. އައިސީޔޫގައި އޮތް ޒައިކްގެ ހާލު ރަނގަޅުވަމުން އަންނަކަން އެނގުނީ ފަތިސްވީ ފަހުންނެވެ. އޭރުވެސް އެންމެން ތިބީ ހޮސްޕިޓަލުގައެވެ. އެންމެންވެސް އިންތިޒާރުކުރަމުން އައީ ޒައިކް ހޭއަރާނެ އިރަކަށެވެ.

ފުލުހުންގެ އެހީގައި ރޭޝަމްއަށް ރިމްޝާ ސަލާމަތުން ގެއަށް ގެނެވުނެވެ. ރިމްޝާއަށް ބޭރުފުށުން އެއްވެސް ގެއްލުމެއް ނުލިބުނަސް ނަފްސާނީގޮތުން ވަނީ ވަރަށް އަސަރުކޮށްފައެވެ. ނިދަން އޮވެފައި އިރުއިރުކޮޅާ ސިއްސައިގެން ގޮސް ރޯންފަށައެވެ. ރިމްޝާގެ ހާލު މިގޮތަށް ހުރިއިރު ޒައިކްގެ ހާލު ހުރިގޮތެއްވެސް ރޭޝަމްއަށް އެނގެނީއެއް ނޫނެވެ. ހޮސްޕިޓަލަށް ދާން ކިތަންމެ ބޭނުންވިޔަސް ރިމްޝާ އެކަނި ބާއްވާފައި ރޭޝަމްއަށް ދެވޭކަން ނެތެވެ.

އިރުގެ ފުރަތަމަ ދޯދިން ދުނިޔެއަށް އަލިކޮށްލި ވަގުތު ވީ ޒައިކް ދުނިޔެއަށް ލޯ ހުޅުވާލި ވަގުތަށެވެ. ދެލޯ ހުޅުވުނު ވަގުތުވެސް ޒައިކްގެ ހިތްއެދި ގޮވާލީ ރޭޝަމްއަށެވެ.

“ރޭޝަމް!” ޒައިކްގެ ދުލުން އެނަން ކިޔާލެވުނީ ވަރަށް ހާލުންނެވެ. އެވަގުތު ޑިއުޓީގައި ހުރި ނަރުސްކުއްޖާ ބޭރަށް ބޯ ދިއްކޮށްލަމުން ޒައިކް ހޭއެރި ވާހަކަ ބުންޏެވެ.

“ޕޭޝަންޓް ހޭއަރައިފި. ރޭޝަމް އެބަހުރިތަ؟ ޕޭޝަންޓް ބޭނުންވަނީ ރޭޝަމްއާ ބައްދަލުކުރަން.” ނަރުސްކުއްޖާ ބުނި ވާހަކަތައް އަޑު އިވިފައި އެންމެންގެ މޫނުމަތީގައިވީ ނުތަނަވަސްކަން ފިލާ ދިޔައެވެ. ހުސްނާއާއި އާލިމް އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“އެންމެ ފުރަތަމަ ރޭޝަމް. މިވަގުތު ބަލިމީހާގެ ހާލު އެހާ ރަނގަޅެއް ނޫން. އެންމެން ވަނުން ރަނގަޅެއް ނޫން.” ނަރުސްކުއްޖާ އެހެން ބުނެލުމުން ހުސްނާއަށް ބަލާލެވުނީ އާލިމްއާ ދިމާއަށެވެ.

“ރޭޝަމް މިވަގުތު ވީ ބޭރުގަ. އަހަރެމެން މީ ބަލިމީހާގެ މަންމައާ ބައްޕަ.” އާލިމް ވިސްނާލާފައި ނަރުސްކުއްޖާއާ ވާހަކަދެއްކިއެވެ. ހުއްދަ ލިބުމުން ހުސްނާއާއި އާލިމް އެތެރެއަށް ވަނެވެ. އެތެރެއަށް ވަތް މަންމައާއި ބައްޕަ ފެނި ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާގެ ހިތް ހާސްވެ ނުތަނަވަސްކަން ވެރިވީ ރޭޝަމްއަށްވީ ކިހިނެއްކަން ނޭނގޭތީއެވެ.

“ދަރިފުޅު ތިއޮތީ ވަރަށް ހާސްވެފަ ދޯ؟ ރޭޝަމްއަށް އެއްވެސް ކަމެއްނުވޭ. ސަލާމަތުން އެބަހުރި. މިވަގުތު ގޭގަ ވީ.” ދަރިފުޅު އޮތް ހާލު ފެނި އެދެމަފިރިންގެ ހިތް ކުދިކުދިވާހާވިއެވެ. ލޮލަށް ޖަމާވި ކަރުނަތައް އެތެރއަށް ހިންދާލަމުން، އެއްވެސް ފިކުރެއްނެތި އަރާމުކުރުމަށް ބުނެ އާލިމްގެ ދެމަފިރިން އެތަނުން ނުކުތެވެ.

ހެނދުނު ހޭލެވުމާއެކު ރޭޝަމް ހުރީ ކެތްމަދުވެފައެވެ. ހޮސްޕިޓަލަށް ދިއުމަށް ބޭނުންވެފައި ހުރިވަރުން އަތްމަތި އަވަސްކަމާއެކު ހުރިހާ ކަމެއް ކުރަމުން ދިޔައެވެ. ރިމްޝާއަށް ސައިދީގެން ހޮސްޕިޓަލަށް ދެވޭވަރު ވީއިރު ދިހައެއް ޖަހަން ވެއްޖެއެވެ. ހޮސްޕިޓަލު ތެރޭގައި މީހުން ގިނަކަމުން، މަޢުލޫމާތު ސާފުކޮށްގެން ޒައިކް އޮތް ވާޑަށް ދެވުނީ ބައިގަޑިއިރު ފަހުންނެވެ.

“ކާކު ކަލޭ މިތަނަށް ވެއްދީ؟ ހަމަ މިހާރު ނުކުމޭ! މިހުރިހާ ކަމެއް މިވީ ކަލެޔާހެދި. ކަލޭ މަގޭ ދަރިފުޅުގެ ދިރިއުޅުމަށް އައި ކޮންމެ ފަހަރަކު އެކުއްޖާފުޅަށް ކޮންމެވެސް އަނިޔާއެއް ލިބޭ. އެވަގުތު އަހަރެމެންނަށް ތިގެއަށް ދެވުނުކަން އެއީ މަގޭ ދަރިފުޅުގެ ނަސީބު. އެހެން ނޫންނަމަ ތިގެއިން ނެރެން ޖެހުނީހީ މަގޭ ދަރިފުޅުގެ ފުރާނަ ނެތް މަސްގަނޑުކަން ޔަޤީން.” ހުސްނާއަށް ރޭޝަމް ފެނުމާއެކު ހިތުގައިވީ ރުޅިވެރިކަން ބޭރުކޮށްލިއެވެ. އެހެންމީހަކު ވާނެ ދެރައަކާއި ގަންނާނެ ލަދަކަށް ހުސްނާ ނުބަލައެވެ. ރޮވިފައިހުރި ރޭޝަމްއަށް އެއްވެސް ބަހެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ. އޭނާ ބޭނުންވީ ހަމައެކަނި ޒައިކް ދެކިލާށެވެ. ޒައިކްއާ ބައްދަލުނުކޮށް ދާކަށް އޭނާގެ ހިތެއް ނޭދެއެވެ. އޭރުން އޭނާއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.

“ހުސްނާއްތާ! އަހަރެން ހަމަ އެންމެ ފަހަރަކު… ޒައިކް ދެކިލަން… އެއަށްފަހު އަހަރެން އަބަދަށް… ޒައިކްއާ ދުރަށް ދާނަން.” ރޭޝަމް ތުރުތުރުލާ އަޑަކުން ހުއްޓަހުއްޓާފައި އާދޭސްކުރަމުން ދިޔައެވެ.

“ކީކޭ؟ ކަލޭ ހީކުރަނީ މަމީ މޮޔައެއް ކަމަށްތަ؟ ކަލެއާހެދި މަގޭ ދަރިފުޅު ފުރާނަ ދުއްވާލަން ފަސްނުޖެހުނުއިރު، ކަލޭ ފެނިފަ އޭނަ ކަލޭ ދިޔަދޭނެތަ؟” ހުސްނާ އެއްގޮތަކަށްވެސް ރޭޝަމް ވަންނާކަށް ތަނެއް ނުދިނެވެ. އިތުރު ގޮތެއް ނެތުމުން ގޮތްހުސްވެފައިވާ ރޭޝަމް ދާން ހިނގައިގަތް ވަގުތު އެތެރެއަށް ވަދެގެން އައި އާލިމް އޭނާ ހުއްޓުވިއެވެ.

“ހުސްނާ! ރޭޝަމް އެތެރެއަށް ވަންނަން ތަންދީ!” އާލިމްގެ ބަސް ކަނޑަން ހުސްނާއަކަށް ނުކެރުނެވެ. އޭނާ ރޭޝަމް ވަންނަން ތަން ދެއްކިއެވެ. ރޭޝަމް މަޑުމަޑުން އާލިމްއަށް ޝުކުރު އަދާކުރަމުން އެތެރެއަށް ވަނެވެ.

“ހުސްނާ ކީއް ތިކުރީ؟ ހުސްނާއަށް އެނގެއެއްނު ރޭޝަމްދެކެ ޒައިކް ލޯބިވާވަރު. މިއޮއްހާ ދުވަހު އެކުއްޖާފުޅު ކުރި ހިތާމަތައް ހަނދާން ނެތުނީތަ؟ މިއަދު އެދެމެދަށް އަހަރެމެން ވަދެ އުމުރަށް ނުއުފުލޭވަރުގެ ހިތާމައެއް އެދެކުދިންނަށް ދޭކަށް އަހަރެން ބޭނުމެއްނޫން. އަހަރެން މިއައީ ރިޔާޒުއާ އޭނަގެ އާއިލާއަށް ހުރިހާ ވާހަކައެއް ކިޔައިދީފަ. މިހާރު އަހަރެން ބޭނުންވަނީ ޒައިކްގެ ކައިވެނި ޒައިކް ހިތްއެދޭ ކުއްޖަކާ ކުރުވަން. މިކަމުގަ ހުސްނާވެސް ޖެހޭނީ އެއްބަސްވާން. އަހަރެމެންގެ ދަރިފުޅުގެ އުފަލަށްޓަކާ.” އާލިމްގެ ވާހަކަތަކަށް ބޯޖަހާލަމުން އެއްބަސްވިޔަސް ހުސްނާއަށް އަދިވެސް ހުރެވުނީ ރޭޝަމްއާމެދު ނުރުހިފައެވެ. އެހެންވެސް ވާނެތާއެވެ. ލޯބިވާ ދަރިފުޅު މަރުގެ ތުންފަތްމަތިން ސަލާމަތްވެގެން އެއައީ ދާދި ދެންމެއަކުއެވެ. އެދެލޮލުގެ ނޫރުކަމުގައިވީ ދަރިފުޅަށް އެލިބުނު އަނިޔާއަކީ ރޭޝަމްގެ ސަބަބުން ލިބުނު އަނިޔާއެއްކަމަށް ދެކެވޭތީ ހިތް ބުރަވަނީއެވެ. ހުސްނާއަށް ނުވިސްނުނީ އެއީ ތަޤުދީރުގެ ނިޔާކަމެވެ. ޒައިކްއާއި ރޭޝަމް ވަކިވެފައި އަލުން ގުޅެން އިރާދައިގައި ހުރީއެވެ.

ޒައިކްއަށް ލޯ ހުޅުވާލެވުނީ މަޑު ގިސްލުމެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.

“ރޭޝަމް! ކޮންއިރަކު އައީ؟”

“ޒައިކް! އައިމް ސޮރީ! އަހަރެންނާހެދި މިހުރިހާ ކަމެއް މިވީ. އަހަރެންނަށް އެފޯނު ޒައިކްއަށް ނުދެވުނުނަމަ މިހެނެއް ނުވީސް. އައިމް ސޮރީ! އަހަރެންނަށް މަޢާފްކޮށްދީ! އަހަރެން ދުވަހަކުވެސް ނޭދެން ޒައިކްއަށް ދެރައެއް ލިބޭކަށް. އެކަމަކު އަހަރެންގެ ސަބަބުން ޒައިކްއަށް ހުރިހާ ކަމެއްވެސްވީ. ކިޔެވުން ގެއްލި ޖަލުގެ ތޭރިތަކުގެ ތެރޭ ހައްޔަރުވީ. މިއަދު ޒައިކް މިތަނުގަ ދިރިހުރުމާއި މަރާއި ދެމެދު ހަނގުރާމަކުރަން ޖެހުނީ އަހަރެންނާހެދި.” ޒައިކް އޮތް ހާލު ފެނި ރޭޝަމްއަށް ރޮވެން ފެށިއެވެ. ހުރިހާ ކަމެއް ވަނީ އޭނާގެ ސަބަބުންކަމަށް ވިސްނި އޭނާއަށް އިތުރަށް ރޮވޭގޮތްވިއެވެ.

“ނިމުނީތަ؟ އިތުރަށް ކިޔާނެ އެއްޗެއް އޮތިއްޔާވެސް މިވަގުތު ކިޔާލާ. އަހަރެންގެ ލޯ ހުޅުވުނު ފަހުން މި އިންތިޒާރު ކުރަނީ ރޭޝަމް ފެންނާނެ އިރަކަށް. ލޯބިން އެންމެ ބަހެއްވެސް ބުނާ އަޑު އަހާލަން. ދެންވެސް ތި ރުއިން ހުއްޓާލާފަ ބުނެބަލަ އަހަރެންދެކެ ލޯބިވެޔޭ. އޭރުން މިހިތަށް ކިހާ ފިނިކަމެއް ލިބޭނެ.” ޒައިކް އެހާލުގައިވެސް ބެލީ ރޭޝަމްގެ މާޔޫސީކަން ފިލުވާލެވޭތޯއެވެ. އޭނާއަށްޓަކައި ރޭޝަމް އިތުރަށް ރޯކަށް އޭނާ ބޭނުމެއްނުވެއެވެ.

“ދެން ތިލޯ ފޮހެލާފަ މިހިތަށް ފިނިކަމެއް ދީބަލަ.”

“ދެން ޒައިކް.” ޒައިކް އެއްލޯ މަރާލަމުން ފަނޑު ހިނިތުންވުމެއްވިއެވެ. އޭރު އޭނާގެ އަތުގައި ހިފާލައިގެން އިން ރޭޝަމްގެ އަތަށް ޒައިކް ފިތާލިއެވެ. ރޭޝަމްއަށް ޒައިކްގެ އެ ލާނެތް ސަމާސާ ވަރަށް ކަމުދިޔައެވެ. ނަމަވެސް އެވަގުތު ހުސްނާގެ ރުޅިވެރި ބަސްތައް އޭނާގެ ކަންފަތުގައި ގުގުމާލިއެވެ.

“ދަރިފުޅާ! މަންމައާ ބައްޕަ މިއައީ ތިދެކުދިންނަށް އުފާވެރި ޚަބަރެއް ދޭން. ޒައިކް ރަނގަޅުވުމާއެކު ތިދެކުދިންގެ ކައިވެނި ކޮށްދޭން މަންމައާ ބައްޕަ ނިންމައިފިން.” ރޭޝަމްއަށް ބަލާލެވުނީ ހުސްނާގެ މޫނަށެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. ހުސްނާ އެކައިވެންޏާ ރުހޭނެބާއެވެ.

“ދަރިފުޅާ ރޭޝަމް. މަންމައަށް މަޢާފްކުރޭ! ޒައިކްގެ ހާލު ފެނި މަންމައަށް އެގޮތަށް ވާހަކަދެއްކުނީ. މިއަދު މަންމަ މިކައިވެންޏަށް މި އެއްބަސްވީ ހިތުގެ އެންމެ ފުންމިނުން ރޭޝަމް ދަރިއެއްގެ ގޮތުގަ ބަލައިގަންނަމުން. އެއީ މަންމައަށް އެނގޭ މަންމަގެ މިދަރިފުޅުގެ އުފާތައް ގުޅިފައިވަނީ ރޭޝަމްއާކަން. އެހެންވެ. މަންމަ އެދެނީ ތިދެކުދިން އަބަދުވެސް ތިގޮތުގަ އުފަލުގަ އުޅެން. ދެން މިވަގުތު މަންމައާ ބައްޕަ މިދަނީ ގެއަށް. ދަރިފުޅު މާގަދައަށް އަނގަނުތަޅާތި. މިހެން ބުނާއިރުވެސް އެނގޭ އަނގަތެޅޭނެކަން.”

“އަދި އެއްވާހަކަ. މަންމަމެން މިދަނީ ރިމްޝާވެސް ގޮވައިގެން. ރޭޝަމް އެއްވެސް ކަމަކާ ހާސްވާނެކަމެއް ނެތް. މަންމަ ރިމްޝާ ބަލާނަން.” ދޮރުން ނުކުންނަން ގޮސް ފަސްއެނބުރިފައި ހުސްނާ ބުނެލިއެވެ. ރޭޝަމްއަށް ހީވީ ހުވަފެނެއް ފެންނަމުން ދާހެންނެވެ. އޭނާގެ ހުރިހާ ހިތާމައެއް ފިލާ ދިޔައީއެވެ. ހަޔާތުގެ ބަނަ ދުވަސްތައް ފިލާ އުޖާލާކަން ވެރިވީއެވެ.

“ހާދަ ހެޕީވެފަ. އަބަދުވެސް ތިގޮތަށް އުފަލުގަ ހުރެބަލަ… ހީލައިގެން. ކިހާ ރީތި. ހިތަށް ދިރުން ގެނުވަދޭ.”

“ޒައިކްވެސް.” ރޭޝަމްގެ އަތުގައި ހިފަހައްޓާލައިގެން އޮތް ޒައިކްގެ އަތުގައި އަނެއް އަތުން ފިރުމާލިއެވެ.

“އަދިވެސް ނުބުނަމެއްނު ލޯބިވެއެކޭ. ދެން ބުނެބަލަ. އިތުރަކަށް ކެތެއް ނުވާނެ. ޕްލީޒް! ވަރަށް އަޑުއަހާލާ ހިތުން މިއޮތީ.” ޒައިކް ބުނެލިއެވެ.

“އެހެން ނުބުނިއްޔާ ލޯބިވާކަމެއް ނޭނގޭތަ؟ ނޫނީ ލޯބިވާކަން ޤަބޫލެއް ނުކުރެވޭނެތަ؟ ޒައިކްވެސް ނުބުނޭ ލޯބިވެއެކޭ.” ރޭޝަމްގެ މޫނު ލަދުވެތިކަމުގެ ރަތްކުލައިން ރަތްވަމުން ދިޔައިރު ދެކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.

“ތިހާ ދުރުގަ އިންދާ އެވަރު ވާހަކައެއް ބުނާހިތެއް ނެތް. ތަންކޮޅެއް ގާތަށް އާދެބަލަ. މިހިތުގެ އަޑު އިވޭހާ ގާތަށް.”

“ތިހެންވިއްޔާ ޖެހޭނީ ފުރަތަމަ ޒައިކް ރަނގަޅުވާން. އެއަށްފަހު އެވަރަށް ގާތްވެވޭނެ ވަގުތެއް އަންނަންދެން މަޑުކުރަން.” ރޭޝަމް އެބުނީ ކައިވެނީގެ ވާހަކަކަން އެނގުމުން ޒައިކްގެ ހިތް އުފަލުން ނަށައިގަތެވެ.

“އަަސްލުވެސްތަ؟ ކުރީ ދުވަހު…”

“ޒައިކް ޕްލީޒް! އަހަރެން ބޭނުމެއްނުވޭ މާޒީވެދިޔަ ދުވަސްތަކުގެ ވާހަކަ ދައްކާކަށް.” ރޭޝަމްގެ އުފާވެރިކަން ގެއްލި އުދާސްކަން ވެރިވުމުން ޒައިކްވެސް ދެރަވިއެވެ.

“އޯކޭ އޯކޭ. ދެން އެވާހަކައެއް ނުދައްކާނަން. ދެން ހީލަބަލަ.” ޒައިކްއާއި ރޭޝަމް ނިންމީ މާޒީވެދިޔަ ދުވަސްތަކުގެ ވާހަކަ ނުދެއްކުމަށެވެ. އެދެމީހުންގެ އުފާވެރި ދިރިއުޅުމަށް މާޒީގެ އެ ބިރުވެރި ދުވަސްތަކުގެ ހިޔަނިވެސް އެޅެން ރޭޝަމް ބޭނުމެއްނުވެއެވެ. އެއީ ބިރުވެރި ހިތްދަތި މާޒީއެކެވެ. އެމާޒީ ފަސްދީ ޒައިކްއާއެކު އުފާވެރި ދުވަސްތަކެއް ގުނަން އޭނާ ބޭނުމެވެ. ޒައިކްގެ ލޯބިން އޭނާގެ ހަޔާތުގެ ފަސްބައި ފުރާލަން އޭނާ ބޭނުމެވެ. ދެވަނަ ޝިފާންއަކަށް އޭނާގެ ހަޔާތުން ޖާގައެއް ދެން ނުލިބޭނެއެވެ. އެއަށްވުރެ ބޮޑަށް އޭނާއާއި ޒައިކްގެ ލޯބި ވަނީ އިތުބާރުގެ ވާފަށުން ގޮށްޖަހާލާފައެވެ. ދުވަހަކު އެގޮށް މޮހެވިގެން ނުދާނެ ފަދައިންނެވެ.

(ނިމުނީ)

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(10)

Next

މިލަހަނދުވަރު 8

Next
April 3, 2017

މިލަހަނދުވަރު 8

Previews
April 2, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން..(10)

97 Comments

  1. Saandy says:
    April 3, 2017 at 7:03 am

    Assalaam A’laikum!! Kudhinney miothy “REYSHAM” vaahakaige fahubai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Mivaahaka nimunas “IRAADHA KUREVVIYYAA” Saandy maagina dhuvahehnuve aa vaahaka-akaaeku en’buri annaanan… Hurihaa kudhinnahves varah baajjaveri dhuvahakah edhen… Love u all 🙂

    1. [email protected]~W~** says:
      April 3, 2017 at 9:42 am

      alhe 🙁 2vana part eh genes dhybala plz. zaik r reysham e lovestory.. v v v liyaahih eba vey! plz plz plz saandy!

    2. Saandy says:
      April 3, 2017 at 2:31 pm

      [email protected]~W~**!! Saandy akah meege 2 vana season eh genesnudheveyne Saandyge vaahakaeh noon veema… Sorry! 🙁

  2. Saandy says:
    April 3, 2017 at 7:07 am

    Mi furusathugai mivaahakaige haqeeqy liyuntheriyaa “NAIN” ah varah khaassa shukureh adhaakuran mihaa reethi vaahakaeh genesdhinumuge huhdha Saandy ah dhineethy… Dhen mivaahaka shauquverikamaaeku ky adhi kiyamundhaa hurihaa kudhinnah Saandy aa Nainge namuga varah bodah shukuru dhannavan… Keep supporting… Love u all 🙂

    1. NAIN says:
      April 3, 2017 at 7:41 am

      Alhuganduge vaahaka akah viyas Saandy mi vaahaka kiuntherinnaa hama ah genes dhinumah thi kurevvi bura masakkathuge agu vazankoh shukuru adhaakuran.
      Adhi mivaahaka kiuvvi hurihaa kudhinna ves shukuriyyaa ey bunelaanee.
      Liuntherieh kurierumuge eliyuntheriyaage aguvazankoh hiyyvaru dheyne bayaku beynunvaanekan yageen..
      Hurihaa kudhinnahves baajjaveri dhuvahakah edhen.

    2. Ell says:
      April 3, 2017 at 9:52 am

      Nain ves esfiya ge liyuntheriyakah vaanvee nuntho ? You are a creative writer saandy and nain dhekudhin ves

    3. Someone says:
      April 3, 2017 at 10:03 am

      Yah I agree with you Ell! ☺☺

    4. Saandy says:
      April 3, 2017 at 2:32 pm

      ThanQ Nain…
      @Ell @Someone Nain buny Nain ah ehaa time nuvany o liyan… Ehenveyoa nuliyany

  3. Mifu says:
    April 3, 2017 at 7:09 am

    Story vara reethi…next story a inthizaaru kuran

    1. Saandy says:
      April 3, 2017 at 1:36 pm

      ThanQ Mifu 🙂

  4. Mari says:
    April 3, 2017 at 7:19 am

    Salhiiness to the max!!..varah nala..Masha Allah??

    1. Saandy says:
      April 3, 2017 at 1:38 pm

      ThanQ Mari 🙂

  5. Anonymous says:
    April 3, 2017 at 7:23 am

    Wow wow nice story… Thank you saandy…. Love ur stories…. Keep it up….. Avahah saandyge new story eh genesdheynekamah heekuran ☺

    1. Saandy says:
      April 3, 2017 at 1:39 pm

      ThanQ Anonymous… Insha Allah!! Ehaa gina dhuvaheh nuve Saandyge vaahakaeh genesdheynan 🙂

  6. Hajja says:
    April 3, 2017 at 7:29 am

    Varah varah reethi mivaahaka

    1. Saandy says:
      April 3, 2017 at 1:42 pm

      ThanQ Hajja 🙂

  7. maree says:
    April 3, 2017 at 7:31 am

    vv reethi nimunves ehaamefurihama

    1. Saandy says:
      April 3, 2017 at 1:42 pm

      ThanQ Maree 🙂

  8. Fs says:
    April 3, 2017 at 7:35 am

    Wow vvv salhu

    1. Saandy says:
      April 3, 2017 at 1:44 pm

      ThanQ Fs 🙂

  9. Khajja says:
    April 3, 2017 at 7:44 am

    Wow masha allah v rythi ekam haadha avah thinimmaaly kaivenives koh dhinnama ennu anyway v rythi v furihama❤❤❤❤?

    1. Saandy says:
      April 3, 2017 at 1:45 pm

      ThanQ Khajja 🙂

  10. Reader says:
    April 3, 2017 at 7:45 am

    Koba zaikge kaiveni nubaavvaa nimmaaleema vaahaka furihama nuvey. Ebain genesdhin nama. Ekamu es reethi.

    1. Saandy says:
      April 3, 2017 at 1:46 pm

      ThanQ Reader 🙂

  11. Naxy says:
    April 3, 2017 at 7:46 am

    Nimuneedhw…varah reethi… hama 100 out of 200…

    1. Saandy says:
      April 3, 2017 at 1:50 pm

      ThanQ Naxy… Aan hama nimunee-ey 🙂

  12. any says:
    April 3, 2017 at 7:46 am

    haadha rychhey nimunyma v dhera ithizaruga mihery saandy ge vaahakayah

    1. Saandy says:
      April 3, 2017 at 1:51 pm

      ThanQ Any 🙂

  13. dhooni says:
    April 3, 2017 at 7:49 am

    saandy vaahaka hama vvvvvv salhi

    1. Saandy says:
      April 3, 2017 at 1:53 pm

      ThanQ Dhooni 🙂

  14. Jaan says:
    April 3, 2017 at 7:52 am

    Wow. varah reethi. Saandyge new story eyyge inthizaarugai. ummeedhu kuran maadhigu inthizaarey kuran nujeheyne kamah.

    1. Saandy says:
      April 3, 2017 at 1:54 pm

      ThanQ Jaan… Insha Allah!! Maadhigu inthizaareh kuraakah nujeheyne 🙂

  15. Love says:
    April 3, 2017 at 7:59 am

    Vaahaka v v v habeys. Saandy is the best

    1. Saandy says:
      April 3, 2017 at 1:55 pm

      ThanQ Love 🙂

  16. ithoo says:
    April 3, 2017 at 8:06 am

    Awwhh..nimuny dww alhe..ekamu vx v v v v rythi aslu vx..thanxx Saandy n nain..☺

    1. Saandy says:
      April 3, 2017 at 1:56 pm

      ThanQ Ithoo… Aan hama nimunee-ey 🙂

  17. vaahaka foshi says:
    April 3, 2017 at 8:08 am

    މާޝާﷲ! ވ.ރީރި ވާހަކައެއް! ފޫހިކަމެއްނެތި ކިޔާލެވިއްޖެ. އެންމެ ބޮޑަށް އުފާވީޤަވަޢިދު ން ވާހަކަ ގެނެސްދިނީތީވެ. އެއްދުވަހަކު ދެފަހަރުވެސް ގެނެސްދީފައިހުރޭ. މިއީ އެންމެ ގަޔާވި ސަބަބު. ޝުކުރިއްޔާ ނައިން އަށާއި ސާންޑިއަށް. އުއްމީދުކުރަން އިތުރު ވާހަކައަކަށް،

    1. Saandy says:
      April 3, 2017 at 1:57 pm

      ThanQ Vaahaka foshi… Insha Allah!! Ehaa gina dhuvahehnuve aa vaahakaeh genesdheynan 🙂

  18. Kiara says:
    April 3, 2017 at 8:09 am

    salhi miwaahaka. waitimh for the next stroy..

    1. Saandy says:
      April 3, 2017 at 1:58 pm

      ThanQ Kiara 🙂

  19. Shaai? says:
    April 3, 2017 at 8:16 am

    Wow haadha rychey story. Maasha allah

    1. Saandy says:
      April 3, 2017 at 1:59 pm

      ThanQ Shaai 🙂

  20. firu says:
    April 3, 2017 at 8:21 am

    omg. wow. hama rovihjje. vaahakaige ninmun v furihama. adhi mi vaahaka ves hama super ???❤
    nainge mihaa reethi vaahakeh kiyun therinnaa hama ah saandy ge bura masakaiy kathaa eku dhuvahun dhuvahah genesdhehvi kamah takai dhe kudhinnah ves v v v shukuru ❤❤❤ v lwbivey. saandy ge aa vaahaka akah inthizaaru kuran. ?

    1. Saandy says:
      April 3, 2017 at 2:00 pm

      ThanQ Firu… Insha Allah!! Maagina dhuvaheh nuve aa vaahakaeh genesdheynan 🙂

  21. Aphy says:
    April 3, 2017 at 8:41 am

    Wow…vvv reethi..nxt story ah waitting..thnks saandy for the awsome story…

    1. Saandy says:
      April 3, 2017 at 2:01 pm

      ThanQ Aphy 🙂

  22. Lyn says:
    April 3, 2017 at 8:50 am

    V kada nimunu goi…reysham ge ehvex friend akah neyngey zaik nd reysham ge love story eh…?????

    1. Saandy says:
      April 3, 2017 at 2:02 pm

      ThanQ Lyn for ur view 🙂

  23. Azu says:
    April 3, 2017 at 8:57 am

    Vaahaka vv reethi…aa vaahaka yakah inthizaaru kuran….?

    1. Saandy says:
      April 3, 2017 at 2:03 pm

      ThanQ Azu 🙂

  24. Alex says:
    April 3, 2017 at 9:22 am

    Unmeedhu kuran mikahala reethi vaahakaeh adhives fenign dhaane kamah.. Vaahaka v v v reethi.. :-*

    1. Saandy says:
      April 3, 2017 at 2:03 pm

      ThanQ Alex 🙂

  25. Amin says:
    April 3, 2017 at 9:28 am

    Mi vaahaka mi ah vure furihama ves past genes dhin nama.. Reysham hr kohkko maruvi hithuge thafseela echihi.. Eyra perfect vees.

    1. Saandy says:
      April 3, 2017 at 2:04 pm

      ThanQ Aminge khiyaalah… Thikhiyaalah hama thaaeedhu 🙂

  26. YammYoon says:
    April 3, 2017 at 9:56 am

    Wow… obiness to the maxxx… Nimuny dhw… Dhn next story knirakun saaandy…

    1. Saandy says:
      April 3, 2017 at 2:06 pm

      ThanQ YammYoon… Aan mivaahaka nimuny… Dhen oiy vaahaka genesdheveyne vaki dhuvaheh bunaakah adhi neynge… Ekam ehaa gina dhuvaheh nuvaane… Insha Allah!! 🙂

  27. aish says:
    April 3, 2017 at 9:57 am

    rimsha e ew kaakuge kid ehtha… reysham aa zaik getha… or shifan getha… nimunu iru vs neygunu

    1. Saandy says:
      April 3, 2017 at 2:26 pm

      ThanQ Aish… E-ee Shifaan Raishaa rape kolleema libunu kideh… 6 vana baiga onnaane evaahaka 🙂

  28. Alma says:
    April 3, 2017 at 9:57 am

    V nice nd nimun vx v salhi.thankx

    1. Saandy says:
      April 3, 2017 at 2:27 pm

      ThanQ Alma 🙂

  29. Someone says:
    April 3, 2017 at 10:00 am

    Wow…. Varah reethi… Masha Allah! ?? Thankx Nain n Saandy!❤ Waiting for the next story of yours saandy!?

    1. Saandy says:
      April 3, 2017 at 2:28 pm

      ThanQ Someone… Insha Allah!! Ehaa gina dhuvaheh nuve Saandyge story eh genesdheynan 🙂

  30. Naakko says:
    April 3, 2017 at 11:38 am

    Saandy saandy nooney nooney haadha salhi ye igey asluves mi vaahaka Hama salhi feshun n nimunves Hama salhi v vedhun saandy

    1. Saandy says:
      April 3, 2017 at 2:29 pm

      ThanQ Naakko 🙂

  31. silver mist says:
    April 3, 2017 at 12:51 pm

    Story varah reethi…

    1. Saandy says:
      April 3, 2017 at 2:29 pm

      ThanQ Silver mist 🙂

  32. Shaxy says:
    April 3, 2017 at 4:19 pm

    Fahakah aiss mihaa reethi story eh nukiyan.. V dhera maa avahah nimuneema.. V vvv reethi mivaahaka

    1. Saandy says:
      April 3, 2017 at 5:36 pm

      ThanQ Shaxy 🙂

  33. aisha says:
    April 3, 2017 at 6:24 pm

    alhe dhn ehn part eh neh tha????
    reysham n zaik ge dhiriulhun genesdhinnama salhivys ..
    n maa avahy mioh reethi vaahaka nimunuleh..????
    NAIN mi vaahakaige 2 vana part eh genes dheynvynun tha …??
    varah kiyaahiyvey mi vaahaka n varah varah varah varah reethi mi vaahaka ☺☺??

    1. Saandy says:
      April 3, 2017 at 6:50 pm

      ThanQ Aisha 🙂

  34. Chum handi says:
    April 3, 2017 at 6:36 pm

    I love this story Nain and Saandy…. Nain plzz mi story ge season 2 liyedheeba… BTW thanks Saandy for establishing such a wonderful story… I read this in the morning but eyru lap keyboard massala jehifa ineema comment nukurevunee… waiting for the next amazing story…..

    1. Saandy says:
      April 3, 2017 at 6:51 pm

      ThanQ Chum handi 🙂

  35. Shai? says:
    April 3, 2017 at 8:18 pm

    Story hama habeys

    1. Saandy says:
      April 4, 2017 at 6:11 am

      ThanQ Shai 🙂

  36. imagination says:
    April 3, 2017 at 8:31 pm

    aah.. nimuni dhw..as usual.. v reethi mi story ves.. nain.. woah.. this is really naice. and saandy… u did all this n we all r really greatful ingey..
    luvss <3

    1. Saandy says:
      April 4, 2017 at 6:12 am

      ThanQ Imagination 🙂

  37. afaa says:
    April 3, 2017 at 9:03 pm

    Wowwwwwww
    Saandy ge next story ge inthixaaruga mihiry

    1. Saandy says:
      April 4, 2017 at 6:13 am

      ThanQ Afaa… Insha Allah!! Maadhigu inthizaareh kuraakah nujeheyne 🙂

  38. Shy beauty says:
    April 4, 2017 at 3:03 pm

    Vvvv reethi…v asaru gadha vhk eh…saandy ge ehn vhk v avah kiyaalaun libeyne kamah unmydhu kuran..??

    1. Saandy says:
      April 4, 2017 at 3:13 pm

      ThanQ Shy beauty… Insha Allah!! Ehaa gina dhuvaheh nuve Saandyge vaahakaeh genesdheynan 🙂

  39. Erzi says:
    April 4, 2017 at 3:28 pm

    Varah reethii.. Knirakun dhen sandy ge vaahakaeh kiyaalan libeynii..

    1. Saandy says:
      April 4, 2017 at 5:15 pm

      ThanQ Erzi… Vaki dhuvaheh bunaakah neynge… Ekam ehaa gina dhuvaheh nuvaane… Insha Allah!! 🙂

  40. Anonymous says:
    April 4, 2017 at 10:17 pm

    offyhuga ulhey dhimna and laara ah ves reysham and zaik ge love story engunu nama ithurah furihamavees. e dhekudhinnaky reysham r varah gaaikoh ulhunu kudhi kolheh v ma. dhn vahakaiga kury baithakuga ulhunu zaik ge fahari eh kannenge. fahun ais e geythereyge bai gennairu ves fahari ge nameh naadhey. mikanthah faahaga kollevunu. vedhaane alhugandah baeh nukiya dhookolevifa in kamah ves. jumla gothegga vahaka hama varah varah reethi. varah kiyaahithun feshy ves adhi ninmaaves mi levuny. dheravany kuru v ma. vahakaige real liyuntheriyage huhdha r eku mi vahakaige 2 vana baeh gennan saandy visnahche. varah varah kiyaahiy vey.

    1. Saandy says:
      April 4, 2017 at 10:30 pm

      ThanQ Anonymous… Thikamaa visnaalaanan 🙂

  41. jandhi says:
    April 5, 2017 at 10:59 am

    Story varah reethi & furihama…. Ekam faahaga kohlevunu maa overreact bodukan…. I mean sifa kohdhyfa hunnany maa overkoh…. Aslu bunanya sifa kurunves reethi varah…. ekam baeh thanthaa maa overkoh kohdheefa huree….

    1. Saandy says:
      April 5, 2017 at 12:20 pm

      ThanQ Jandhi 🙂

  42. Yax says:
    April 5, 2017 at 7:24 pm

    saandy ?!!!!!!!!
    I really miss you :'(
    plz come back ASAP
    everyday at break I check to see if your back!! 🙁
    (ps tell babygirl not to reply to this cooment!!!?)

    1. Saandy says:
      April 5, 2017 at 9:07 pm

      ThanQ Yax… Miss u too dear
      Don’t be sad… I’ll be back soon… Insha Allah!
      Vaki babygirl eh noon… Evves kujjaku aneh kujjehge commentah reply nudhevvumaky Saandy v bodah edhey kameh… E-ee negative commenteh viyas positive commenteh viyas adhi ehen kahala commenteh viyas 🙂

  43. Kiyaa kujja says:
    April 5, 2017 at 9:40 pm

    Saandyge story eh up kuran adhi dhuvaskolheh naganyaa adhi Nainge huhdha aa eku ehen story eh genes dhinun varah edhen.

    1. Saandy says:
      April 5, 2017 at 11:31 pm

      Sorry Kiyaa kujja… Saandy v v busy… Dhen adhi Saandyge story liyaathy aaves eku ehen story eh liyan time eh nuvey midhuvaskolhu… Aslu rewrite kurumaky v bura masakkatheh… Ehenve in’gey… Noon nama genesdhineemus… Sorry dear

    2. Kiyaa kujja says:
      April 6, 2017 at 8:28 am

      Saandyge story nimmaafa genes dheyne kamah ummeedhu kuran.

    3. Saandy says:
      April 6, 2017 at 2:12 pm

      Insha Allah!! 🙂

  44. Nuxaii says:
    April 28, 2017 at 6:23 pm

    Varah varah reethi mivaahaka. Varah varah. I do read many dhivehi stories but mihaa reethi vi story eh dhuvahaku ves nukiyan. And kiyuntheriyaage jazubaathaa kulhumuge baaru mi storyga eba vey. I remember mi vaahakaige konme sad thankolhakun rovey kiyaafa. ehaa asaru gadha. Its really nice. I love it. And really really thanks Saandy alhugandu menna hama ah mihaa rythi story eh neredhi neethy. And thanks Nain mihaa reethi story eh liyefa Saandy ah nerumah hudha dhineethy. Saandy ge gina stories esfiya site in fenigen dhaane kamah unmeedhu kuran
    -Nuxaii and Mainaan-

    1. Saandy says:
      April 28, 2017 at 11:28 pm

      ThanQ Nuxaii… Insha Allah!! Saandyge storythah kuriyah oiythaa fennaane… 🙂

  45. Sha kuda says:
    May 3, 2017 at 7:45 pm

    V v nice. ….itx awesome. ….♥♥♥

    1. Saandy says:
      May 4, 2017 at 1:20 am

      ThanQ Sha kuda 🙂

  46. Shaai says:
    November 22, 2017 at 7:16 pm

    Mi vaahaka miadhu feshigen nimendhen mi kiyaali… varah reethi mi vaahaka…?

Comments are closed.

All Right Reserved!