Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އާވާ ހަނދާން 5

maroon
April 3, 2017
5 Mins Read
58 Views
6 Comments

އާމިދުގެ ރުޅިވެރިކަމުގެ ހުޅުގަނޑުން ފަޒުނާގެ ހިތް ދިޔައީ ބިރުން ރޫރޫ އަޅަމުންނެވެ. އެމޫނު މަތިން ފެންނަމުން ދިޔަ ވިހަ ހިނިތުންވުމުން ފަޒުނާގެ ހިތް ދިޔައީ ކުދިކުދިވަމުންނެވެ. އާމިދުގެ މި ނުލަފާކަމުން ސަލާމަތްވުމަށް ސިކުނޑި ދިޔައީ ގޮތެއް ހޯދަމުންނެވެ. ހާސްކަމާއި ބިރުވެރިކަމުގެ ތެރޭގައެވެ.

އާމިދު ފަޒުނާއާއި ކާއިރިވުމަށްފަހު އޭނާގެ މޫނުގައި އަތް  މަޑުމަޑުން ބީހިލިއެވެ. މި ވިހަ ބީހުލިމުން ފަޒުނާގެ މުޅި ހަށިގަނޑު ބިރުން ތެޅިގަތެވެ. އަދި އަވަސް އަވަހަށް އާމިދުގެ އަތުގައި ބާރަށް ހިފައި ދުރަށްލެވުނެވެ. ފަޒުނާގެ މި ނުރުހުމުގެ އިޝާރާތުން އާމިދުގެ ރުޅިގަނޑު އިތުރަށް ކެކިގެން ދިޔައެވެ.

“މަޑުން ހުރޭ. އެހެން ނޫނީ ކަލޭއަށް ތަދުވާނީ” ކަންފަތް ކައިރީ ސިއްރުން އެހެން ބުންޏަސް އެ ބަސްތައް ފަޒުނާގެ ސިކުޑީގައި ގުގުމާލިއެވެ.

އާމިދު ފަޒުނާގެ ދެ އަތުގައި ހިފައި އޭނާ ފާރާ ތައްކޮށްލިއެވެ. އަދި ފަޒުނާއަށް ގުޑިނުލެވޭ ވަރަށް އޭނާ ފަޒުނާއާއި ކައިރިވެލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެކަށް އެޅޭހާ ގާތަށެވެ. ފަޒުނާ ކިތައްމެ ބާރެއް ލާފައި ދުރުވާން މަސައްކަތް ކުރިއަސް އާމިދުގެ އެ އަނިޔާއިން ސަލާމަތް ވެވޭ ގޮތެއް ނުވިއެވެ. ހިތާ ހިތުން އޭނާ ސަލާމަތްކޮށްދޭން މީހަކު އަންނާނެ ކަމަށް ދުއާ ކުރުން ފިޔަވައި އިތުރަށް ދެން މި އަނިޔާވެރިޔާގެ ޝިކާރައިން އޭނާ ސަލާމަތް ވެވޭނެ ގޮތެއް ހަމަ ނެތީއެވެ.

އާމިދުގެ ހޫނު ނޭވާ ފަޒުނާގެ މޫނުން ފެށިގެން ކަރަށް އިހުސާސްވަމުން ދިޔައެވެ. އެޝިކާރަވެރިޔާ ފަޒުނާގެ ކަރުގައި ބޮސްދޭ ކޮންމެ ފަހަރަކު ފަޒުނާގެ ހަށިގަނޑަށް ލިބެމުން ދިޔަވޭން އިތުރަށް ބޮޑުވަމުން ދިޔައެވެ. ކަރުނައިގެ ކޯރެއްގައި ފެތިއަސް އެހިތްދަތިކަމުން އެމައުސޫމް ފުރާނަ މިންޖުކޮށްދޭނީ ފަހެ ކާކު ހެއްޔެވެ؟

އާމިދު ފަޒުނާގެ އިސްތަށިގަނޑު އައްސާފައި ހުރި ވޫލްކޮޅު ބާރަށް ދަމައިގަތެވެ. އެއާއެކު ފަޒުނާގެ ބޯ ދިގު އިސްތަށިގަނޑު އޭނާގެ މޫނުމައްޗާއި އެއްކޮށް ފެތުރިގެން ދިޔައެވެ.

“އާ….” ތަދު އިހްސާސްވި ވަރުން ފަޒުނާއަށް ގޮވައިގަނެވުނެވެ.

“ހަހަހަހަ………..ހާދަ ލޯތްބޭ ..އަހަރެންނަށް އަބަދުވެސް އެންމެ ކަމުދަނީ ތިލޯބި އިސްތަށިގަނޑު.. ވާު އެހެރަ ރީތިކަމެއް. އެއޮތް ދުވާ މީރު ވަހެއް” ވިހަ ހިނިގަނޑަކާއި އެއްކޮށް އާމިދު ބުނެލިއެވެ.

އާމިދު މަސްތުގައި ޖެހިފައި ހުރެގެން ފަޒުނާގެ އިސްތަށިގަނޑާއި ކުޅެލަ ކުޅެލާ ހުއްޓެވެ. ފަޒުނާގެ ބޯ އިސްތަށިގަނޑުގެ އޭނާގެ އަތު ތެރެއަށް ލައި މަޑުމަޑުން ފިރުމަމުން ދިޔައެވެ. އެހެން ނަމަވެސް އާމިދުގެ ސަމާލުކަން ފަޒުނާގެ އިސްތަށިގަނޑަށް މާ ގިނައިރަކު ދެވޭގޮތް ނުވިއެވެ. ރިންގަށް ލައިފައި އޮތް ފޯން އާމިދުގެ ފަޓުލޫނުގެ ޖީބުން ރިންގްވާން ފެށިއެވެ.

“ކާކު ތަ މިގަޑީ” ރުޅިވެރިކަމާއި އެކު އާމިދު އެހެން ބުނެލައި ޖީބުގެ ތެރޭ ފޯން ބާއްވައިގެން ކޯލް ސައިލެންޓަށް ލިއެވެ. އަދި އެއަށްފަހު ފަޒުނާގެ ބުރަކަށީ ހިފައި އޭނާއާއި ކައިރިކޮށްލިއެވެ. އެހެންނަމަވެސް އާމިދުގެ އިތުރު ހަރަކާތެއް ނުގެނެވުނީ އަނެއްކާވެސް ބާރަށް ފޯން ރިންގްވާން ފެށުމުންނެވެ. ކެތްމަދުވެފައި ހުރި އިމާދަށް މިކަންވީ އޭނާއަށް އެޅުނު ހުރަހަކަށެވެ. އަވަސް އަވަހަށް ފޯން ނަގައި ނިއްވާލަން އުޅެގަތެވެ. އެހެންނަމަވެސް ގުޅަނީ ކާކުކަން އެނގުމުން މޫނު މަތިން މާޔޫސީކަން ފެނުނެވެ.

“ހަލޯ. ބައްޕާ” ފޯން ނަގައި ކަންފަތުގައި ޖަހާލަމުން އާމިދު ފަޒުނާއާއި ކުޑަކޮށް ދުރުވިއެވެ. އެހެން ނަމަވެސް އެއޯ އަތް ފޯރާހާ ދުރަށެވެ.

އާމިދުގެ މޫނުމަތިން ނުރުހުންވުމުގެ އަސަރު ފެންނަމުން ދިޔައިރު ވާހަކާއިގެ ރާގުގައި ހުރީ ކެތްމަދުކަމެވެ. އާމިދު ބައްޕަގެ މި ގުޅުމަކީ ފަޒުނާ އަށް ސަލާމަތްވާން ލިބޭނެ ހަމައެކަނި ފުރުސަތުކަމަށް ބަލައި ފަޒުނާ ގެ ސިކުޑި އަވަސް ނިއްމުމަކަށް ދާން މަޖްބޫރު ވިއެވެ. ފޯން ނިމޭނީ ދެންމެ ދެންމެއަކު ކަމަށް ބަލައި ފަޒުނާ ގޮތެއް ނިއްމިއެވެ.

“އައްދޯއި…………………….” އާމިދަށް އަޑުގައި ނެތްކޮޅަށް ގޮވައިގަނެވުނެވެ. އަދި އެއާއި އެކު އޭނާ އަތުގައި އޮތް ފޯން ބިންމައްޗަށް ވެއްޓި ތަޅައިގެން ދިޔައެވެ. ނިތްކުރިން ފައިބަމުން ދިޔަ ލޭގެ ތިކިތައް އޭނާގެ ކޯތާފަތް ރަތް ކުރުވައިފިއެވެ.

“ފަޒުނާ.. ހަމަ މިހާރު ތި ފޯން މޭޒުމަތީ ބާއްވާ” ވޭން އަޅަމުން ދިޔައިރުވެސް އާމިދުގެ ބަސްމަގުގައި ހުރީ ހަރުކަށި ކަމެވެ. އޮފީހުގެ ލޭންޑް ފޯން ނަގައިން ހުރި ފަޒުނާއަށް މިބަސްތައް އެހޭ ގޮތެއް ނުވިއެވެ. މި އަނިޔާވެރިޔާގެ ޝިކާރައަކަށް ވާން އޭނާ ބޭނުމެއް ނުވިއެވެ. އިތްފަތްތެރިކަމުގެ ދިފާއުގައި އޭނާ ކޮންމެ ފަދަ ކަމެއް ކުރަން ހިތުގައި ވަނީ އަޒުމް ކަނޑައެޅިފައެވެ.

އިމާދަށް މާގިނަ އިރަކު ކޮޅަށް ހުރެވޭ ގޮތް ނުވިއެވެ. ބިންމަތީ ކަކޫ ޖަހައިގެން އިދެވުނީ ލޭ ފައިބައިވާ ގިނަ ކަމުން ބޮލަށް އެބުރުން އަރައިގެންނެވެ. އެހާލުގައި އިދެ އޭނާ ފަޒުނާ އާއި ދިމާލަށް ބަލައިލިއެވެ. ނަފްރަތާއި ހޫނު އެ ބެލުމުގައި ވިއެވެ. އަދި މަޑުމަޑުން ފަޒުނާއާއި ދިމާލަށް އަތް ދިއްކޮށްލީ ބަދަލް ހިފުމުގެ ރޫހުގައެވެ.

އިމާދު ހަށިގަނޑުގައި އިތުރަށް އޭނާއާއި ހަނގުރާމަ ކުރާނެ ބާރެއް ނެތްކަން ފަޒުނާއަށް އެނގުނެވެ. އެހެންނަމަވެސް އަވަސް އަވަހަށް މޭޒުމަތީ އޮތް ފޯނާއި ދަބަސް ނަގައި ބޭރަށް ދުއްވައިގަނެވުނީ އިތުރަށް އެތާނގައި ހުންނާނެ ހިތްވަރެއް ނެތުމުންނެވެ. އަދި ގަންފައިވާ ބިރު ކުޑަކޮށް ނަމަވެސް ނުފިލާތީއެވެ.


“ދަތުރު ދާން ޖެހޭތީ ކަޓާފަދޯ” ފަޒީލް ކޮފީ ތައްޓަށް ގެއްލިފައި އިން އަޝްފާގުއާއި މުހާތަބުކޮށް ބުނެލިއެވެ.

“އާން.. ވަރަށް ދާހިތްވާ ތަނެއް ސިންގަޕޫރަކީ. އެކަމަކު އިޝާ ހިތްހަމައެއް ނުޖެހޭނެ. މިހާރުވެސް އަބަދު ޝަކުވާކުރަނީ އަހަންނަށް އޭނައަށް ވަގުތު ނުދެވޭތީ.. މިވީ ކުޑަ ދުވަސްކޮޅު ތެރޭ ވަރަށް ޓައިމް ނުދެވޭ، އެހެންވެ އޭނަ ކޮންވިންސް ކުރަން ވަރަށް އުދަގޫވާނެ.” އަޝްފާގް އޭނާގެ ކަންބޮޑުވުންތައް ހާމަކޮށްލިއެވެ.

“ބުނޭ މަޖްބޫރޭ ދާން. ފުރަތަމަ ދެރަ ވާނެ. އެކަމަކު ފަހުން ހަމައަކަށް އެޅޭނެ” ފަޒީލް އޭނޭގެ ހިޔާލު ހާމަކޮށްލިއެވެ.

“ހިނގާ ބަލަމާ ތިހެން ވޭތޯ. ދަނީ މަ. 10 ޖެހީ. އިޝާ ބަލާ  ކޮލަޖަށް ދާންޖެހޭ” ބޯން އިން ކޮފީ ތަށި ހުސްނުކޮށްލާ އަޝްފާގު ތެދުވިއެވެ.

އަޝްފާގުގެ ކާރުގެ މިސްރާބު ހުރީ އިޝާގެ ކޮލެޖާ ދިމާލަށެވެ. އޭނާގެ ސިިކުޑީގެ ވިސްނުން ހުރީ އިޝާއަށް އޭނާ ބޭރަށް ދާން އުޅޭކަމުގެ ހަބަރު ދޭނެ ގޮތެއް ހޯދުމުގައެވެ. އޮފީހުގެ އެއްމެ އިސް ޕްރޮޖެޓުކު މެނޭޖަރަށް ވެހުރެ އޭނާ ކޮންމެހެން މިދަތުރު ދާން މަޖްބޫރެވެ. ދާން ޖެހެނީ 6 މަހަށް ކަމުން އެކަމާ މާ ކަންބޮޑުވެއެެވެ. ހަޔާތުގައި ދިމާވި ހަމައެކަނި ހިތް އެދޭ ކުއްޖާއާއި ދުރަށް ދާންހެޖުމަކީ ކުޑަކަމެއް ކަމަކަށް ނުވިއެވެ. އިޝާއަކީ އެ ދޮލުލެ ފިނިކަމެވެ. އިޝާގެ އެ ހިނިތުންވުމަކީ ބަލަބަލާ އަޝްފާގު ފޫހި ނުވި ޖާދޫ އެކެވެ.

އެފުން ހިޔާލަށް ގެއްލިފައި އިން އަޝްފާގު ސިއްސުވާލީ އޭނާ ދުއްވަމުން ދިޔަ މަގުގެ ކަނައަތް ފަރާތުގައި ހުރި ގެއަކަށް އިޝާ ވަންނަތަން ފެނުނުހެން ހީވެގެންނެވެ. އެހެންކަމުން ބާރު ދުވެއްޔެއްގައި ގޮސް އެގެ ދޮރު ކުރިމައްޗަށް ކާރު މަޑުކޮށްލިއެވެ. އެހިނދު ފެނުނެ މަންޒަރަކުން އަޝްފާގުގެ ހިތް ހުއްޓުނު ކަހަލައެެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނޭވާލާން ހަނދާންނެތުނެ ކަހަލައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ އޭނާގެ ލޯ ދައްކަމުން ދިޔަ ސަމާސާއެއް ކަމަށް ހިތަށް ވިސްނައިދޭން އުޅެވުނެވެ.

އެީ ހަމަ އޭނާގެ އޭނާގެ އިޝާއެވެ. އެހެން ފިރިހެނެއްގެ އަތު ތެރޭގައި އެހުރީ އޭނާގެ ހިތުގެ ރާނީއެވެ. އިޝާ މިފަދަ ޝަޒާއެއް ދޭނެކަމާއި މެދު ހިތާއި ސިކުޑިއާއި ސުވާލުކޮށްލެވުނެވެ. އަޝްފާގު މިސިހުމުގައި އިންދާ އޭނާއަށް ފެނުނީ އިޝާ އެފިރިހެންމީހާއި އެއްކޮށް ސިޑިން މައްޗަށް އަރަމުން ދިޔަތަނެވެ.

އަޝްފާގު ކާރު ކުރިއަށް ދުއްވާލިއެވެ. ހިތުގެ މިސްރާބް ގެއްލިފައިވާ ފަދައިން އޭނާގެ ކާރުގެ ވަކި މަންޒިލެއް ނެތެވެ.


“އަން…” މުސްކުޅި އުމުރެއްގެ ފިރިހެނެއް ޖޫސް ފުޅިއެއް ހަސީނާ އަތަށް ދިނެވެ.

“މީގެން ވާނެތަ އަހަރެން ބުނި ހުރިހާ ކަމެއް” ފުޅިއަށް ބަލާލަމުން ހަސީނާ ސުވާލުކޮށްލިއެވެ.

“ޔަގީން. އެކުއްޖާއަށް މި ދޭންވީ. އެއްކޮށް ބޯންދޭތި. އޭރުން މީގެ އެންމެ ރަގަޅު އަސަރު ކުރާނީ” އެމީހާގެ މިޖަވާބުން ހަސީނާގެ މޫނު މައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.

“ލާރި ލިބޭނީ އަހަރެން ބޭނުންވާ ނަތީޖާ ފެނުނީމަ. ލާމިއު ކައިރީ އަހަރެން ބުނާނަން އޭނަ ގެންނަން މާދަން ރޭ. އޭނައަށް މިދެވުނީމަ އަހަރެންގެ ހުވަފެންތަކުގަ ކުލަ ޖެހެން ފަށާނެ. ދެން ދޭ އަވަހަށް . އަަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކަށް ކަލޭ ފެންނަން. މީހުން ކިޔާނެ އެއްޗިއްސަށް އަހަރެންނަށް ކެތް ނުކުރެވޭނެ.” ހަސީނާ އެމީހާ އަވަހަށް ފޮނުވާލަން އުޅުނެވެ. އަދި އަވަސް އަވަހަށް ޖޫސްފުޅި ކަބަޑަށްލައި ފޮރުވާލިއެވެ.


އަރޫޝާ އިނީ ވާނުވާ ގައެވެ. ގިސްލަގިސްލާފައި ރޮމުން ދިޔަ ފަޒުނާގެ ބޮލުގައި އޭނާ ދިޔައީ ފިރުމަމުންނެވެ. އަރޫޝާގެ ގެއަށް އައިސް އެންމެ ބަހެއް ވެސް ނުބުނެ އެދެ ލޮލުން އޮއްސާލީ ވޭނީ ކަރުނައެވެ. ވީގޮތް އަހާލާ ކޮންމެ ފަހަރަކު ފަޒުނާގެ ގިސްލުން އިތުރުވެއެވެ. އިޝާއަށް އެނގޭތޯ ބަލާލަން ގުޅިއިރު ފޯން ނިއްވާފައި އޮތުމުން ފަޒުނާއަށް ވީގޮތް އެގޭތޯ ނޭހުނެވެ.

އެތައް ގިސްލުމަކަށް ފަހު ފަޒުނާއަށް ނިދުނީ ވެފައި ހުރި ވަރުބަލިކަމުންނެވެ. ނިދުނު އިރު އެސްފިޔަތަކުގައި ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. އަދި ލޯ ކައިރި ހުރީ އެއްކޮށް ދުޅަވެފައެވެ. އެތައް ކެކުޅުމަކަށް ފަހު ފަޒުނާއަށް ނިދުމުން އަރޫޝާ ފަޒުނާގެ ގައިމަތީ ރަޖާގަނޑު އަޅައި އަރާމް ނިންޖަކުން ނިދާލުމަށް ފުރުސަތު ދިނެވެ.


“ގުޑް މޯނިން ޑިޔާ” އަރޫޝާ އޭނާާގެ އެނދުގެ އެއްފަރާތެއްގައި އޮތް ފަޒުނާ ލޯ ހުޅުވާލުމާއިއެކު ބުންޏެވެ.

“ކިހިނެތްތަ ވީ ރޭގަ. ފަޒޫ އެހާ ވަރަށް ރުއީމަ ވަރަށް ބިރުގަތް. ބައްޕަ އެއްޗެކޭ ބުނީތަ” އަރޫޝާ ރޭގަ ވީ ކަންތަކުގެ ވާހަކަ އޮޅުން ފިލުވަން އުޅުނެވެ.

“ކަމެއް ނުވޭ” ފަޒުނާ އެވާހަކަ ދައްކަން ބޭނުން ނުވާކަން ހާމަކޮށްލިއެވެ.

“ހުއް… ކަމެއް ވީމަ ދޯ އެވަރަށް ރޯނީ. ބުނެބަލަ. އައި އޭމް ޔޮއާ ބެސްޓުފުރެންޑް. ކޮންމެ ވާހަކަ އެއްވެސް އަހަރެން ކައިރީ ބުނެވޭވެ. ކޮންމެ ކަމެއް ވިޔަސް އަހަރެން ހުންނާން ފަޒޫ ކައިރީ. ކޮންމެ ގޮތަކުން ވެސް ސަޕޯޓް ދޭނަން”

ފަޒުނާ އަށް އެވާހަކަ ދައްކަންވީ ވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެން ނަމަވެސް ހިތްވަރުލާފައި އެވާހަކަ ކިޔައިދިނީ ހިތަށް ވެރިވެފައި އޮތް ހިތްދަތިކަމުން ކުޑަކޮށް ނަމަވެސް މިންޖުވެވޭނެ ކަމަށް ބަލައިގެންނެވެ.

ފަޒުނާ އެވާހަކަ ކިޔައިދީ ނިމުމާއި އެކު އަރޫޝާއަށް އޭނާގެ ގައިގައި ބައްދާލެވުނެވެ. ފަޒުނާގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ފުހެލައި ހިތްވަރު ދިނުމުގެ ގޮތުން އެތައް ބަސްތަކެއް ބުނެވުނެވެ.

“ދެން މިގޭ އުޅޭނީ ފަޒޫ. އެއްވެސް ޖޮބަކަށް ދާނެ ކަމެއް ނެތް. އަހަރެން މަންމަމެންނާ ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހަމަޖައްސާނަން. އިން ޝާ ﷲ ދެން ތިކަހަލަ ކަމެއް ދުވަހަކުވެސް ފަޒޫއަށް ނުވާނެ. ހިތްވަރު ގަދަކުރޭ”

ފަޒުނާ އެހެން ބައަކަށް އިތުރު ދަތިކަމަކަށް ވާކަށް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް މިއަދު އޭނާ އެހުރި ހާލަތުން އަރައިގަތުމަށް އެހީ ބޭނުންވެއެވެ. މިކަމަށް އެންމެ އެކަށޭނީ އަރޫޝާއާއި އޭނާގެ އާއިލާއެވެ. ދެމީހުން އެއްކޮށް ކިޔަވަަން އުޅުނު އިރުއްސުރެ ފަށައިގެން  ފަޒުނާއަށް ލޯބި ލިބުނީ މިއާއިލާއިންނެވެ.


“ދަރިފުޅާ އަރޫޝާ” ހަސީނާ ގޭގެ ދިރުން  ވަދެގެންއައި އަރޫޝާއަށް ގޮވާލިއެވެ.

“މަންމާ”ލަދުން ހުރެ އަރޫޝާއަށް ލާމިއުގެ މަންމައަށް ގޮވާލެވުނެވެ. މިއީ އޭނާ ލާމިއު މަންމަ ދެކިލަން އައި ފުރަތަމަ ފަހަރެވެ.

ލާމިއުގެ މަންމަ ފަރާތުން އަރޫޝާއަށް ލިބެމުން ދިޔަ ލޯތްބަށް ލާމިއު ހުރީ ވަރަށް އުފަލުންނެވެ. މަންމަގެ މިޒާޖު އެހާ އަވަހަށް ބަދަލްވުމުން ހައިރާންކަމެއް ލިބުނަސް އޭނާ އެކަން ނުދައްކާ އާއިލާގެ އެކުޑަ އެއްވުމުގައި ވަރަށް އުފަލާއި އެކީ ބައިވެރިވިއެވެ.

“މަންމާ. އަޅުގަނޑު ވަރަށް އުފާވެއްޖެ މަންމަ އަރޫ ދެކެ ތިހާ ލޯބިވާތީ” ލާމިއު ހިނިތުންވެފައި މަންމަގެ އެބަދަލަށް ޝުކުރުވެރިވިއެވެ. “އަން މި ޖޫސް ތަށި ބޯލާ ދަރިފުޅާ” ތަބަކުގައި ޖޫސްބަހަމުން ގޮސް އަރޫޝާއާއި ހަމަވުމުން ހަސީނާ ބުނެލިއެވެ.

“އެއްކޮށް ހުސްކުރަންވާނެ އިނގޭ” ހަސީނާ ތަބަކުގައި ހުރި އެންމެ ބޮޑު ތަށި ދިނީ އަރޫޝާއަށެވެ.

33
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

maroon

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

އެއީ ކީއްވެ..؟ 12 ވަނަ ބައި

Next

ނޭނގޭ ގޮތެއްވޭ 6

Next
April 3, 2017

ނޭނގޭ ގޮތެއްވޭ 6

Previews
April 3, 2017

އެއީ ކީއްވެ..؟ 12 ވަނަ ބައި

6 Comments

  1. F says:
    April 3, 2017 at 6:36 pm

    Nice maalhahy up vaalheh next part avahah up koh dhyba

    1. maroon says:
      April 4, 2017 at 7:15 am

      Thanku F

  2. observer says:
    April 3, 2017 at 7:36 pm

    Me second

  3. Amin says:
    April 3, 2017 at 10:51 pm

    Aamid or imad. Nice story. keep going

    1. maroon says:
      April 4, 2017 at 7:14 am

      Aamid sorry for the mistake. Btw thanku Amin

  4. Shahy says:
    July 18, 2017 at 10:54 am

    Salhi

Comments are closed.

All Right Reserved!