Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެއީ ކީއްވެ..؟ 12 ވަނަ ބައި

Rozy
April 3, 2017
3 Mins Read
48 Views
10 Comments

ނިޝާ ފަރީދާ ދައްތަގެ ކޮނޑުގައި ބޯއަޅައިގެން ރޮމުން ގެންދިޔައެވެ. ހަޔާތުގެ މިހަލަބޮލިކަމާއި ކުރިމަތި އޭނާ ލާނީ ކިހިނެތްބާއޭ އޭނާ ވިސްނަމުން ދިޔައެވެ

ޝާހިދުގެ އޮފީސް މީހުން އަހަރީ ދުވަސް ފާހަގަ ކުރަން ބޭނުންްވީ ޝާހިދު އަލަށް ގަނެލި ބަންގުލޯގައެވެ. އެއަހަރީ ދުވަހު ހުރިހާ މުވައްޒފުންނާ އެމީހުންގެ އަނބީން ބައްދަލުކޮށް ހީޔާލު ބަދަލު ކުރާނެއެވެ.

ނިޝާ އާއި ދުންޔާ އަށް ވެސް މިހަފްލާގެ ދައުވަތު ކާޑު ހިފައިގެން އައިސް ޕިޔޯނު މީހާ ދިނެވެ.

މުޅިގޭތެރެ އަލަތު އަންބެއްހެން ތައްޔާރު ކުރެވުނެވެ. ފުއްޕާހަމާއި ތަފާތު ޑިޒައިންތަކުން މުޅިގޭގެ އެއްފުލޯ ޒީނަތްތެރި ކުރުވިއެވެ. ދަމާލެވިފައިވާ ބެނާތަކުންވެސް ރޭގެ މުހިއްމުކަން ދޭހަވެއެވެ.

ދުންޔާ ހުރީ މަތީ ފުލޯގައެވެ. ކެއުމުގެ ކަންތައް ދުންޔާ ހަދާފައިވަނީ މަތީގައެވެ. ނިޝާ ބޭރަށްވެސް ނުމެނިކުމެއެވެ. ރޭގެ ހާދިސާ އިން އޭނާވަނީ ފުން ކަނޑަކަށް އަރަގު ކޮށްފަ ކަހަލައެވެ. ރުއިން ނޫންކަމެއް އޭނާ ނުކުރެއެވެ. ގެތެރޭގައި ހިނގަނީ ކޮންކަންތައް ތަކެއްތޯ ބަލާކަށް އޭނާ އެވަރަކުން ނޫޅެއެވެ. އޭނާގެ ހާލަތު އެންމެ ކާރިން ފެންނަން ހުރީ ފަރީދާ ދައްތަ އަށް ކަމުން އޭނާ ކުދި ކުދި ކަންކަމުގައި ހެލިފެލިވެ އުޅުނެވެ.

ހަފްލާ ފެށުނީ ރޭގަނޑު 8 ޖެހިއިރުއެވެ. ދޮރާށި ކާރީ ޝާހިދު އާއި އެކު މެހްމާނުންނަށް ސަލާމް ކުރަން ނިކުމެ ހުރީ ދުންޔާ އެވެ. މަންޒަރު ރީތި ނޫނަސް އެނޫންގޮތެއްވެސް ނެތްކަހަލައެވެ.

އެއްބަޔަކު އަނެއްބަޔަކުގެ ތައާރަފަށް ފަހު ގޭތެރޭގެ އަގުބޮޑެތި ފަރުނީޗަރުތަކުގެ ވާހަކަ އަންހެން ވެރިން ދެއްކިއެވެ. އެއިން ކޮންމެ އެއްޗަކީ ބޭރުން ގެނައި ތަކެތި ކަމާއި ގަތީ ކިހާވަރަކަށް ކަން ވަރަށް ފަރިތަ ކަމާއެކު ދުންޔާ ކިޔާދެމުން ދިޔައެވެ. ކެއުމަށް އިންސާފު ކުރަން މީހުން މަތީބަޔަށް ދިޔުމުން ނިޝާ ބޭބީ ނިންދަވާފަ އެމީހުން ކާރިޔަށް އައެވެ. އެވެސް ފަރީދާ ދައްތަ ބުނިބުނުމަށެވެ.

“ދަރިފުޅާ ތިގޮތަށް ކަމަކު ނުދާނެ މިއަދު ދަރިފުޅު އެތަނަށް އެމީހުންނާ ބައްދަލު ކުރަން ނުދިއުންވާނީ ވަރަށް ބޮޑު ގޯހަކަށް.. ވީމާ ހިތުގައި ވާ ހިތާމަ ފޮރުވާފައި ފިރިމީހާގެ އިއްޒަތަށް ޓަކައި އެތަަނަށްދޭ އަދި އެމީހުންނާ ހިތްހެޔޮކަމާއެކު ވާހަކަ ދައްކާލާ ފަހަރެއްގައި އެމީހުންގެ ސަބަބުން ހިތަށް ފިނިކަމެއް ލިބުންވެސް ގާތެއްނު. އަހަރެން ބޭބީ ކާރީ ހުރެލާނަން”

ކިޔަމަންތެރި ކުޑަކުއްޖެއްފަދައިން ނިޝާ ފަރީދާގެ ވާހަކަ ޤަބޫލްކުރިއެވެ. އަދި ހުދުކުލައިގެ ކުރުތާއެއްލުމަށްފަހު ކަޅު ކުލައިގެ ބެލްސެއްލިއެވެ. އަދި ހުދާއި ކަޅުން ޖަރީކޮށްފައިވާ ބުރުގާއަކުން އިސްތަށިގަނޑު ނިވާކޮށް ހުޅިއެއްޖަހާލިއެވެ. ނިޝާގެ ރީތިކަމާއި ފަރިކަމުގެ ސަބަބުން އެހެން އަންހެނުންގެ ރިތިކަން ފަނޑުވި ކަހަލައެވެ.

މަޑުހިނގުމެއްގައި ނިޝާ އެމީހުން ކާން ތިބިތަނަށް ކާރިވެލިއެވެ.

ޝާހިދު ކަޅި ޖަހާނުލާ އެރީތީގެ ރާނީއަށް ބަލާލަމުން އިސްޖަހާލިއެވެ. ދުންޔާ ކާންވެސް އިނީ ޝާހިދުއާއި ޖެހިގެން އިންގޮޑީގައެވެ. އެވަގުތު ނިޝާ އައުމުން  އެންމެން އެކަކު އަނެކަކަށް ބަލާލިއެވެ. ކުންފުނީގައި ދުވަސްވިމީހުން ފަހަރީއޭ ކިޔާ ގޮވާލިއެވެ. އަލަށް ކުންފުނީގައި ގުޅުނުމީހުން ހައިރާންވެފައި އެއްފަހަރު ޝާހިދުގެ މޫނަށް އަނެއްފަހަރު ދުންޔާގެ މޫނަށް އަނެއްފަހަރު ނިޝާގެ މޫނަށް ބަލާލަބަލާލަ ތިއްބެވެ.

“ހޫން މީސްތަކުންނޭ މިރީތި ކަމަނާޔަކީ އަޅުގަނޑުގެ ލޮބުވެތި އަނބިމީހާ..މީގެ ދެދުވަސް ކުރިން ބޭބީއެެއް ލިބުނީ އޭގެ ސަބަބުން އަޅުގަނޑު މެންނާއެކު މިހަފްލާގައި މާގިނަވަގުތު ނޫޅެވުނީ ކުޑަ ބޭބީ ކަންތައް އެހެންމީހަކާ ހަވާލު ކުރަން ނިޝާ ގަބުލެއްނޫން އާދޭ ނިޝާ ކާންއިށީނދޭ”

“އަސްތާ މިއޮއްހުރިހާއިރު އަޅުގަނޑު ހީކުރީ މީނީ ކަމަށް ޝާހިދުގެ އަނބިކަނބަލުން އެހެންވެ ހަފްލާއަށް ގެނައި މާބޮނޑިވެސް ދެވުނީ އޭނާއަށް އަތުގައި ހިފައިގެން އެހާ ގާތްކޮށް ނުހުންނާނެނޫންތޯ އަންބަކު ނުނިއްޔާ ކިހިނެއް އެނގޭނީ މިއޮތްޒަމާނެއްދޯ ”

ނިޝާގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔަގޮތް ހުރިހާމީހުންނަށް ފެނުނެވެ. ނިޝާ އެއްވެސް އެއްޗެކޭ ނުކިޔާ އެތަނުން ދިޔައީއެވެ.

“އެއީ އެއްވެސް ކަމެއްނޫން ތިޔަބޭފުޅުން ކެއުމަށް އިންސާފު ކުރައްވާ”

އެވަގުތު ޝާހިދު އިށީންނަމުން ބުނެލިއެވެ.

އައިސްފަ ތިބި އަންހެންވެރިންގެ ނަޒަރުގައި މިއީ ވަރަށް ގޯސް ކަމެކެވެ. ގޭގެ ވެރިމީހާ އެމީހުންނާ ވާހަކަ ނުދެއްކިއެވެ. އެއީ އެމީހުންގެ ގަދަރު ކުޑަވާކަމެކެވެ. ހުރިހާ މީހުން އެއްބަސް ކިޔާލާފައި ހަފްލާ ނިންމާލީއެވެ. ކޮންމެ ގޮތެއްވިޔަސް ޝާހިދުގެ އަނބިމީހާއަކީ ނިޝާއެވެ. އޭނާ އެމީހުންނާ ވާހަކަ ނުދެއްކީއެވެ. ދުންޔާވެސް ޝާހިދު ވެސް ބުނާނެއެއްޗެއް ނޭނގިފައި ތިއްބެވެ.

ނިޝާގެ މިހަރަކާތުން ޝާހިދު ވަރަށް ރުޅިގަދަވިއެވެ. އެނާ ދެކޭގޮތުގައި އެއީ އޭނާގެވެސް އަގު އޭނާގެ މުވައްޒަފުންގެ ކުރިމަތީ ވެއްޓުނީއެވެ.

“އަސްލުވެސް އަހަރުމެން ހީކުރީ ޝާހިދުގެ އަތާއި އަތްގުޅާއިގެން ހުންނާނީ ޝާހިދުގެ އަނބި މީހާ ކަމަށް އެހެންވެ ފަހަރީޔޭ ކިޔާފަ ގޮވާވެސް ލެވުނު.. އެކަމަކު އޭރުވެސް އޭނާ ނުބުންޏެއްނު މަށަކީ ނޫނޭވެސް.. މިހާރުގެ ފައިސާ އޮތީމާ އުޅޭ ވައްތަރު ދޮތަ” ސަލީމާ ގެ އަންހެނުން އެހެންއަންހެނުންނާ އެކު އެގެއިން ނިކުންނަކުން ބުނެލިއެވެ.

ޝާހިދުއަށާއި ދުންޔާއަށް ވެސް މިއަޑު އިވުނެވެ.

“ދެން އާދޭ ހުރިހާ ބޭފުޅުން ކެއުމަށް” ޝާހިދު ހުރިހާ ފިރިހެން ވެރިންނަށް ބަލާލާފަ ބުނެލިއެވެ.

“ނޫނޭ ޝާހިދު ދެން އެހާ ކެއުމުގެ ޝައުގެއް ނެތްް އަޅުގަނޑުމެން ގޮސްލާނަން. ޝާހިދު ހަމައެކަނި ގޭތެރެ ހަމަޔަށް އަޅުވާ ލޯބިދީގެން ލޯބިން އުޅުއްވާ އަޅުގަނޑުމެންގެ އުފަލަކީވެސް ޝާހިދު އުފަލުގައި ހުރުން” ރަމްޒީވެސް އެހެންމީހުންނާއެކު ދިޔައީއެވެ. ފިރިހެންވެރިންވެސް އެހަފުލާއިން ނިކުމެ ތަން ހަމަހިމޭންވިއެވެ.

ޝާހިދު ވަރަށް ހިންހަމަނުޖެހިގެން ނިޝާ ކޮޓަރީގައި އިންދާ ނިޝާކާރިޔަށް ދިޔައެވެ.

“ނިޝާ ތިޔަ ކުރީ ވަރަށް ދަށް ފަންތީގެ ނާތަހުޒީބު އަމަލެއް. ގޭތެރޭގެ މާހައުލު ކިތަންމެ ކިލަނބުވެފައި އޮތަސް އަހަރެންގެ އޮފީސް މީހުންގެ ކުރިމަތީ އަހަރެންގެ އަގުވެއްޓޭ ގޮތަށް ނިޝާ އުޅުން އެއީތަ ތިޔަ ބުނާ އަނބިންގެ ގޮތަކީ.. ކަލެއަކަށް ނޭނގޭނެ އެމީހުންނަކީ މަށަށް ކިހާ މުހިންމު މީހުން ކަމެއް.. ކަލޭ ބޭނުންވަނީ ދުނިޔޭގެ ކުރިމަތީގައި އަހަރެން ބަދުނާމު ވުންތަ އެއީތަ ކަލޭގެ ލޯބި…..ވާހަކަ ދައްކަބަލަ ބަލަ ކަލެއާއި އޭ މަމިވާހަކަ ދައްކަނީ”

ޝާހިދު އެހުރިހާ ވާހަކަ އެއް ދެއްކި އިރުވެސް ނިޝާ އަގައިންވެސް ނުބުނެ އިސްޖަހާލައިގެން އެނދުގައި އިށީދެގެން އިނެވެ. މިކަމާއިވެސް ޝާހިދު ވަކިން ރުޅިގަދަވިއެވެ. ޝާހިދު ދިޔަ ގޮތަށް ގޮސް ނިޝާގެ އަތުގައި ހިފާފައި ނިޝާ އެންދުން ކޮޅަށް ނެގިއެވެ.

“ބަލަ ބީރުވީތަ މަކަލެއާއި އޭ ވާހަކަ ދެއްކީ.ކަލޭ ލަދެއް ނުގަނޭތަ ކަލޭގެ ފިރިމީހާގެ އަގު ވައްޓާލާފަ އިންނާކަށް.. މަ މިޖެހުނީ ހަފްލާ ދޫކޮށް ކަލޭ ލޮއްސަން އަންނާކަށް ނު.. ”

“އާނ އަހަރެންވެސް ލަދުން މިއިނީ ބުނާނެ އެއްޗެއް ނެތިގެން.  ޙާއްސަ ކޮށް ކަލޭގެ އަންބަކަށް ވާތީ އަދި މާލަދު ގަނޭ”

“އަސްތާ ކަލޭގެ ދޫވެސް ދިގުދޯ”

“އާން މިއޮތް ހުރިހާ ދުވަހު ދޫ ހިމޭނުންބާއްވައިގެން ނިކުތް ނަތިޖާ ރަނގަޅެއްނޫނެއްނު..މިދޫ ހިމޭނުން ބާއްވައިގެން ފެންނަ ކަންތައް ނުފެންނަ ކަންތައް ކަމަށް ހަދައިގެން އުޅެވުނީތީ އަހަރެންގެ އަމިއްލަ ނަފްސު އަހަރެންނަށް މަލާމާތް ކުރޭ.. ދެން މިދޫ ހިމޭނުން ބާއްވައިގެން އަހަރެންނަށް ލިބޭނެ ވަކި އުފަލެއް ނުމެނެތް.ބަރުދާސްތު ނުކުރެވޭ ފަދަ ހިތާމަ އަހަރެންނަށް ލިބިއްޖެ. އަހަރެންގެ ކުރިމަތިން އަހަރެންގެ ފިރިމީހާ ޖަހައިގަނެފި އަދި އަހަރެން ބިނާކޮށްފައިވާ އަހަރެންގެ ގަނޑުވަރެއްފަދަ ގެ ފުނޑު ފުނޑު ވެއްޖެ. ތަފާތަކީ އެބިނާ ތަޅައިގެން ދިޔައިރު އޭގެ އަޑު އަހަރެންށް ނީވުނުކަން” ނިޝާ މިހެން ކިޔާފައި މޫނުގައި އަތްއަޅާއިގެން ބާރަށް ރޯންފެށިއެވެ.

ނުނިމޭ

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Rozy

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

މިލަހަނދުވަރު 8

Next

އާވާ ހަނދާން 5

Next
April 3, 2017

އާވާ ހަނދާން 5

Previews
April 3, 2017

މިލަހަނދުވަރު 8

10 Comments

  1. Fareeeaa says:
    April 3, 2017 at 12:05 pm

    Pis pis.mi dhen bodu varu.than fukeh mi liyanee adhi eves mahaku ehffaharu.mi varun vaahaka nuliyan veenu.

    1. Shif says:
      April 3, 2017 at 1:51 pm

      thee hama v rangalhu vaahaka eh

    2. Shif says:
      April 3, 2017 at 1:52 pm

      keekurani, liyuntheriyaa ah kahaathaa hiruvaa ves nulaa

  2. Nn says:
    April 3, 2017 at 12:32 pm

    Alhe enmen mivarah kiyaa iru mi vahaka dhigu kohlan rangalhu dho.abadhu ves kiyun therin eba buney dhigukohlaashey. Heevany vahaka nimidhaanethy butun ulhey hen liyun theriyaa.. aaan ehenyaa fahey. Mashakah hiyeh nuvey rozy kuyuntherin fonuvaa comment kiyaa heneh. Mi vahaka v salhi..dhen ekam mi vahaka ah vahsalaam.. v foohi vejje

  3. Rozy says:
    April 3, 2017 at 3:44 pm

    Huriha kiyuntherin fonuva comment thaka shukuriyya.. mi hafthayaku edhuvahu onna storyye vima kuri…
    Shuriyya

    1. Erzi says:
      April 3, 2017 at 7:55 pm

      Eii kyve??

  4. Ibbe 22 says:
    April 3, 2017 at 4:51 pm

    Hafthaa aku 1 dhuvahu veemaa dhigu kohlaakannu jeheynee. Hafthaayaku 2 adhi 3 episode liyaa meehun miahvure maa dhigukoh liyey. Varah reethi. Ekamu maves kiyaahih kendi foohivejje. Mihen bunanves dheravey. Sorrrrry!

  5. Huh? says:
    April 3, 2017 at 6:49 pm

    Mivaru meehun vaahaka nuliyuneema veenu. ? Hafthaa aku 2 folhuvaiy liyan veenu.

  6. Nn says:
    April 3, 2017 at 8:05 pm

    Lol..adhi hafuthaa aku 1 faharu v ma kuru vany..ehen liyun therin dhigu kyrany. Ajaibu

  7. Civil says:
    April 4, 2017 at 9:32 pm

    Hehe bangalo ooo. Its bungalow my dear
    Mi story vvv thafaathu ehen story thakaa.
    Emotions eh nei
    Heevani jumla thakeh athuraafa hunna hen. Asareh nei.dhen neyge bunaakah.so far aharen kiyaafin eki writers ge v gina stories. Hadi vi vaahakathah ves mi vareh nuve.

Comments are closed.

All Right Reserved!