Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ..19(ފަހުބައި)

shooty
April 4, 2017
11 Mins Read
103 Views
45 Comments

ހިތް ބޭނުމޭ …19

“އަހަރެން މިއައީ އެލީން އަށް އެހީ ވާން…އަހަރެންނަކީ ޑޮކްޓަރެއް.. އެލީންގެ އޮޕަރޭޝަންގެ ހުރިހައި ހަރަދެއް އަހަރެން ކޮށްދޭނަން..” އެލެންގެ ޖުމްލައިން އެލީންގެ ދެލޯ ބޮޑުވެފައި އިން އިރު އާނާ އަށް ހަޅޭއް ލަވައިގަނެވުނީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ.

“ހަމަ އަސްލުވެސް ތަ؟؟ އެ..އެކަމަކު ކީއްވެގެން؟؟” އެލީން އަކަށް އެކައްޗެއް ވެސް ނުވިސްނުނެވެ. ނުވެސް ދަންނަ ޔޫރަޕް ހިސާބުގަނޑު މީހަކު އައިސް އެހެން ބުނެލާ އެއްޗަކަށް އިތުބާރު ކުރަން ވެދާނެ ބާއެވެ.

“އަހަރެން ހަމަ އިންސާނިއްޔަތު ކަމަށްޓަކައި ކޮށްދޭ ކަމެކޭ ހީކޮށްލާ.. ދެދުވަސް ތެރޭ ފުރަން ރެޑީ ވޭ.. އެލީން އާއި އެކު އެލީން ބޭނުން ދެމީހަކު ގެންދެވިދާނެ..” އެލެންގެ އެ އެހީގެ ސަބަބުން ބުނާނޭ އެއްޗެއް ނޭނގިފައި އިނދެ އެލީން އަށް އެންމެ ފަހުން ރޮވުނީ އެވެ. އެ ފަޔާއި މެދު އެލީން ވަނީ އުންމީދު ކަނޑައިލާފައެވެ. ނަމަވެސް އަނެއްކާ އެ އންމީދު އާލާ ވެއްޖެ އެވެ.

“އަހަރެންނަށް ހަމަ ބުނާނޭ އެއްޗެއް ވެސް ނޭނގުން.. އަހަރެން މީ ކާކު ކަން ނުވެސް އެނގި ހުރެ އެލެން އަހަރެން ނަށް އެހީ ވާން ތި ނިންމީ.. އަހަރެން ދުވަހަކު ވެސް ހިއެއް ނުކުރަން ދެން މި ފައި ރަނގަޅު ވެދާނެ ކަމަކަށް.. ތެންކިއު ސޯ މަޗް.. ބަދަލުގައި އަހަރެން އެލެން އެދޭ ކޮންމެ ކަމެއް ކޮށްދޭނަން..” ކަރުނަތައް ފޮހެމުން އެލީން ހިނިތުންވެލިއެވެ.

” އޯހް.. އަހަރެން ނަށް ވެސް ރޮވިއްޖެ.. އެލީން އަށް އެހީ އެއް ވެދެވޭތީ އަހަރެން ވެސް ވަރަށް އުފާވޭ.. އެހެން ވީމަ ދެ ދުވަސް ތެރޭ އަހަރުމެން އެމެރިކާ އަށް ދާން ފުރާނަން..” އެލެން ގެ އެ ޖުމްލައިން އާނާ އަށް އަނެއްކާ ވެސް ފުންމައިގަނެވުނެވެ.
” އެމެރިކާ؟؟؟” ގަބޫލު ކުރަން ދަތިވެފައި އިނދެ އަނެއްކާ ވެސް އެލީން ސުވާލުކޮށްލިއެވެ.

” ޔެސް.. އެންޑް އެލީން އާއި އެލީން އާއި އެކު ދާ ދެ މީހުންގެ ހަރަދުވެސް.. އުޅޭނެ ތަން ވެސް އަހަރެން ހަމަ ޖައްސައިދޭނަން..” އެލެން އެ ދިން އުފާވެރި ހަބަރުގެ ސަބަބުން އާނާ އަށް އެލެންގެ ގައިގައި ބައްދައިވެސް ލެވުނެވެ.

އެލެންއުޅޭ ގެ ކައިރިއަށް ކާރު މަޑުކޮށްލުމާއި އެކު އެލެން އާއި އާނާ އަދި މީރާން ކާރުން ފޭބިއެވެ. އެލީން އިން ފަޅީގެ ދޮރު ހުޅުވައިލަމުން މީރާން ފަސޭހަ ކަމާއި އެކު އެލީން އޭނާ ގެ އަތްދަނޑި މައްޗަށް އުފުލައިލަމުން އެލެން ގެ ފަހަތުން ހިނގައިގަތެވެ. އެލެންގެ ގެއަކީ ވަރަށް ފުރިހަމަ ގެއެކެވެ. އެއް ބުރިއަށް ގެ ނަގާފައި ވާ އިރު ތިރީބައިގަ ދެ ކޮޓަރި އާއި މަތީ ބައިގަ ތިން ކޮޓަރި ހުއްޓެވެ. ކްރީމް ކުލަ އާއި ހުދު ކުލައިން ޕެއންޓް ކޮށްފައި ވާ އިރު ގޭގެ އިންޓީރިއާ ޑިޒައިން ވެސް އެހައި ފުރިހަމައެވެ.

ތިރީބައިގެ ކޮޓަރިއެއް އެލީން އަށް ހާއްސަ ކުރި އިރު މީރާން އާއި އާނާ އަށް ތައްޔާރު ކޮށްފައި ހުރީ މަތީ ބައިގެ ކޮޓަރިއެކެވެ. ލަގެޖް ތައް ވައްދައި ނިމުމަށް ފަހު އެންމެން ޑައިނިންގ ރޫމަށް ދިޔައީ ސައި ބޯށެވެ.

” ވަރަށް ރީތި މިގެ.. މިހައި ބޮޑު ގެއެއްގަ އެލެން އެކަނިތަ އުޅެނީ؟” މީރާން އާއި އެލީން ހިމޭން ކަމާއި އެކު ސައި ބޮމުން ދިޔަ ނަމަ ވެސް އާނާ އަކަށް އެގޮތެއް ކަމަކުނިދިޔައެވެ.

“ހޫމް.. އަމިއްލަ އަށް ވަޒީފާ އަށް ގޮސްގެން ލާރި ހޯދައިގެން އަމިއްލަ ގެއެއްގަ އުޅެން ލިބުނީމަ މާ ބޮލަށް ފަސޭހަ.. އަހަރެން އަބަދު ވެސް ބޭނުން ވޭ އަމިއްލަ އަށް އުޅެން.. އެހެން ވެ އަހަރެންގެ މަންމަ މެންގެ ހުއްދަ ލިބުނީމަ ގެއެއް ގަނެފަ ބަދަލު ވީ..” އާނާގެ ސުވާލަށް އެލެން ޖަވާބު ދިނީ ހިނިތުން ވުމަކާއި އެކު އެވެ.

“އިޓް ރިއަލީ ނައިސް އެލެން.. ތި ކޮށްދޭން އުޅޭ ކަންތަކަށް އަހަރުމެން ޝުކުރު އަދާ ކުރާނެ ގޮތެއް ވެސް ނޭނގެ..” މީރާން ވެސް އެލެން އަށް ޝުކުރު އަދާ ކުރީ ހިތުގެ އަޑިން ނެވެ.

“އެއީ ދެން އެވަރު ކަމެއް ނޫން.. މީހަކަށް އެހީ އެއް ވެދެވިއްޖެއްޔާ އަހަރެން މާ އުފާ ވާނެ.. ސްޓޮޕް ތޭންކިންގ..” އެލެން ގެ ޖުމްލައިން އެންމެނަށް ހީލެވުނެވެ.

އެލީން ޑޮކްޓަރަށް ދެއްކުމުގެ ކަންތައް ނިންމާލުމަށް ފަހު އޮޕަރޭޝަން ކުރާ ދުވަސް ހަމަޖެހުމުން އެލެން ގެ ހިތަށް ބަޔާންކުރަން ދަތި ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ޒެއިން ގެ ކުރިމައްޗަށް އެލީން ގެންދަން އެލެން ބޭނުން ވަނީ އެލީން އެއްކޮށް ފަސޭހަ ވުމުން ނެވެ.

އެލެންގެ ރަތް ކުލައިގެ ކާރުގައި ދަތުރު ކުރަމުން ދިޔައީ ޒެއިން މެންގެ ގެއަށް ދާށެވެ. ހަމަ އެކަނި ޒެއިން އާއި ދިމާވާން އުޅޭކަން ހިތަށް އެރުމުން ވެސް އެލެން ގެ ތުންފަތްމަތީ ހިނިތުންވުމެއް ދުވެލައެވެ.

ކާރު ޕާކު ކޮށްލުމަށް ފަހުގައި އެލެން އެގޭތެރެއަށް ވަދެގެން ދިޔައެވެ. އީވާ އާއި ޒައުލް ޓީވީން ދައްކަމުން ދިޔަ އިޝްގީ ފިލްމަކަށް ނަޒަރު ހުއްޓާލައިގެން ތިބިތަން ފެނުމުން އެލެން އަށް ހިނިތުންވެލެވުނެވެ. އެދެމީހުނަށް އުނދަގޫ ކުރަން ނުހަދާ އެލެން ގޮސް ޒެއިންގެ ކޮޓަރި ހުޅުވައިލި އިރު ޒެއިން އަށް ކާން ދޭން މާރިއާ އިނެވެ. އެލެން ފެނުމާއި އެކު މާއިރާ ވާހަކަ ދައްކަން އުޅުމުން އަތުގެ އިޝާރާތުން ހިމޭން ވުމަށް އެލެން އެންގިއެވެ. އެލެން ގެ އެ ހަރަކާތުން މާރިއާ ކުޑަކޮށް ހިނިއައި ނަމަވެސް މަޑުން އިނެވެ.

“މަންމާ.. އެލެން އަހަރެންގެ ފުރަގަހުގަ އެބަހުރި ދޯ؟” ޒެއިން އެހެން ބުނެލުމާއި އެކު މާރިއާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ޒެން.. ކޮން ދުވަހަކުން ތަ އަހަރެންނަށް ޒެން ސަޕްރައިޒް ކޮށްލެވޭނީ؟ ކޮންމެފަހަރަކު ވެސް މި ޒެން އަށް އިނގޭނެ އަހަރެން ނުފެނުނަސް އަހަރެން އައި ކަން.. އިޓްސް ސޯ އަން ފެއަރ” ކުރަން އުޅުން ކަންތައް ކާމިޔާބު ނުވުމުން އެލެން ޝަކުވާ ކޮށްލިއެވެ.

“ހެހެހެ.. ދެން ފަހަރަކުން އަހަރެން ނޭނގޭ ކަމަށް ހެދިގެން އިންނާނީ.. އޯކޭތަ؟” އެލެން ގޮސް ޒެއިންގެ ކުރިމަތީ ހުއްޓިލުމުން ޒެއިން ބުނެލިއެވެ.

“ދައްތާ.. އަހަރެން އަތަށް ދޭންވީ ނު..” ސޫޕްތައްޓަށް އިޝާރާތް ކޮށްލަމުން އެލެން އެދުނެވެ. އެއާއި އެކު އިށީންދެގެން އިން ގޮނޑިން ތެދުވަމުން މާރިއާ އެލެން އަތަށް ސޫޕްތަށި ދިނެވެ.

“މަންމަ މިދަނީ އީވާ އާއި އެކު ޝޮޕިންގ އަކަށް.. އެލެން އަހަރުމެން އަންނަންދެން މަޑުކޮށްލައްޗޭ” މާރިއާގެ ޖުމްލައަށް އެލެން އާނ އެކޭ ބުނުމުން އެތަނުން ނުކުމެގެން ދިޔައެވެ.

” އަހަރެން ޒެން މަތިން ވަރަށް ހަނދާން ވި..” އެލެން ގެ ޖުމްލައިން ޒެއިން ހިނިތުންވެލިއެވެ.

“އަހަރެންވެސް ވަރަށް ހަނދާންވި.. ސޯ.. އަހަރެން ނުބުނަނީސް ކިޔައިދޭން ވީނު..” ޒެއިން އެ ބުނަނީ އެލީން ގެ ވާހަކަ ކަން އެލެން އަށް ނަގައިގަނެވުނެވެ.

“ޝީ އިޒް ފައިން.. އެންޑް ސޯ ބިއުޓިފުލް.. އަހަރެން ޒެއިން ގެ ވާހަކަ އެއް ނުދައްކަން.. އެއީ ރަނގަޅަކަށް ކޮށްދިން ކަމެއް ކަމަށް ބަލާ..” އެލެން ގެ ޖުމްލައަށް ޒެއިން ބޯ ޖަހައިލިއެވެ.

“އައިނޯ ދެޓް އެލެން.. އަދިވެސް އަހަރެން އުންމީދު ކުރަން އެލީން އާ މެރީ ކުރަން ވެސް.. އެކަމު އަހަރެން ރަނގަޅުވެގެން ނު..” ޒެއިން ގެ އަޑުން އޭނާ އަށް އަމިއްލަ ނަފްސާއި މެދު އެއްވެސް އުންމީދެއް ނެތް ކަން ހާމަ ވިއެވެ.

“ޒެން.. ތިކަހަލަ ވާހަކަ ނުދައްކަބަލަ.. ޔޫ އާރ ގެޓިންގ ބެޓާރ.. ކީމޯ ތެރެޕީ އެއްކޮށް ނިމުނީމަ ޒެން ވެސް ނޯމަލް ވާނެ.. ކީމޯގެ ސަބަބުން އެވާ އުނދަގޫތަކުގެ ސަބަބުން ޒެން އަށް ހީވަނީ ރަނގަޅެއް ނުވާނެ އޭ.. އެކަމު އެއީ ނޯމަލް ކަމެއް.. އައި ހޭވް ވެރީ މަޗް ހޯޕް..” އެލެން ގެ އަޑުގައި ވަނީ އޯގާތެރިކަމެވެ.

“މިހައި ވޭން ހުރި ކަމެއް އެހެން މީހަކު ތަހައްމަލް ކުރަން ނުޖެހޭތޯ އަހަރެން ދުއާ ވެސް ކުރާނަން.. އިސްތަށިތައް ފައިބަނީ.. ހޮޑުލެވި ހުންއައިސް ގައިގަ ވަރު ނެތި.. އައި އެމް ސޯ ސެންސިޓިވް..” ޒެއިން ހީލި އިރު ވެސް އެ އަޑުގައި ވާ ހިތާމަތައް ފާޅުވެއެވެ.

“ޒެން ޝުކުރު ކުރަންވީ ހަމައެކަނި ކީމޯ އިން ރަނގަޅުވާނެކަން އެނގުމުން.. އެހެން މީހުން ބޯންމެރޯ ހަދައިގެން ވެސް ސަވައިވް ނުވެ.. އައި ނޯވް އިޓްސް ޕްއިންފުލް.. އެކަމު ހިތްވަރު ކުރޭ.. އެހެންނޫނީ ކިހިނެތް އެލީން ގާތަށް ދާނީ ދޯ” އެލެން ޒެއިން އަށް ހިތްވަރުދެމުން ދިޔައީ ގާތް ރަހުމަތްތެރިއަކު ފަދައިންނެވެ.

“އޯހް އެލެން.. އައި ލަވް ޔޫ ސޯ މަޗް.. އަހަރެން ލޯބި ވަނީ އެލީން ދެކެކަން އިނގޭ އިރުވެސް އެލެން އެހައި ހިތްވަރުގަދައީ ކީއްވެ ތަ؟” އެލެންގެ އިހުސާސްތަކަށް ގަދަރު ކުރާކަން ޒެއިންގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ހެކިދެއެވެ.

“އެއީ އަހަރެން ޒެން ދެކެ ވަނީ ޓްރޫ ލަވް ކަމަށް ވާތީ.. އަހަރެން ގަބޫލުކުރާ ގޮތުގަ ލޯބި ވުމަކީ ގަދަކަމުން ހާސިލް ކުރުމެއް ނޫން.. އަހަރެން ލޯބި ވިޔަސް ޒެއިން ލޯބި ނުވަންޏާ އޭގެން އަހަރެންނަށް ލިބޭނީ އިތުރު ވޭނެއް.. އެއަށްވުރެން މާ ރަނގަޅު ވާނެ އަހަރެންނަށް އަޅައިލާ އަހަރެންދެކެ ލޯބިވާ މީހަކާ ގުޅުނިއްޔާ.. އެލީން އެއީ ވަރަށް ނަސީބުގަދަ ކުއްޖެއް.. ޒެން ކަހަލަ ރޮމޭންޓިކް މީހެއް ލިބޭނީ ނަސީބުވެރިއަކަށް..” އެލެންގެ ޖުމްލަ ނިމުން އިރު އެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.

“ކަމް ހިޔާރ..” ޒެއިން ގެ އަތުތެރޭ އެލެން ހައްޔަރު ކޮށްލަމުން އެ ނިތްކުރީގައި ޒެއިން ބޮސްދިނެވެ.

“އަހަރެން އެލެން ދެކެ އިޝްގީ ލޯބި ނުވިޔަސް ބެސްޓް ފްރެންޑެއްގެ ގޮތުން ލޯބިވަން.. އެލެން އަށް ވެސް އަހަރެން ކަހަލަ ރޮމޭންޓިކް މީހެއް ލިބޭތޯ އަހަރެން ދުއާކޮށްދޭނަން..” ލޮލުގައި ވި ކަރުނަ ތަކާއި އެކު ވެސް ޒެއިން އާއި އެލެން އަށް ހީގަނެވުނެވެ.

“ތެންކްސް ޒެއިން.. އައި ލަވް ޔޫ މޯ” ޒެއިންގެ ބުރަކަށީގައި ފިރުމައިލަމުން އެލެން ބުނެލިއެވެ.

2 ހަފްތާ ފަސް

7 ގަޑި އިރުގެ ދިގު އޮޕަރޭޝަނަކަށް ފަހު އެލީން ހޭ އެރުމުން ރޫމަށް ބަދަލުކުރިއެވެ. ދެ މަހުގެ ފިޒިއޯތެރަޕީ އަށް ފަހު އެލީން އަށް ހިނގޭނޭ ކަމުގެ ޔަގީން ކަން ޑޮކްޓަރު ދިނެވެ.

“ވަރަށް އުފާ ވެއްޖެ އޮޕަރޭޝަން ކާމިޔާބު ވީމަ.. އަހަރެންގެ ހިތަށް ހަމަ ޖެހުމެއް ލިބިއްޖެ.. ކޮންގްރެޓްލޭޝަންސް އެލީ..” އެލީން ބާއްވާފައި އޮތް ރޫމްގައި މީރާން އާއި އާނާގެ އިތުރުން ހުރި އެލެން ބުންޏެވެ.

“އެލެން އަހަރެންގެ ހުރިހައި ކަމެއް އެހައި ފުރިހަމަކޮށް ކޮށް ނުދިން ނަމަ އަހަރެން މިއަދުވެސް އިނީހީ ވީލް ޗެއާ ގަ.. ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެލެން އެދޭ ކޮންމެ ކަމެއް ވެސް އަހަރެން ކޮށްދޭނަން.. އައި ޕްރޮމިސް..” އެލީންގެ އަޑުގައި ވަނީ ޔަގީން ކަމެވެ.

“އާނހާނ.. ބީ ކެއަފުލް.. އަހަރެން ކޮންމެ ފަދަ ކަމަކުވެސް ކިޔާފާނެކަން ވިސްނާފަ ތިހެން ބުނައްޗޭ..” އެލެންގެ އަޑުގައި ވަނީ ލާނެއް ކަމެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އެސްފިޔަ ޖަހާލައިހާ އަވަހަށެވެ. ހަގީގަތް އޮޅުން ނުފިލުވައިދީ އެލެން އެލީންގެ ބޭސްފަރުވާގެ ހުރިހައި ކަމެއް ކޮށްދީ ނިންމައިލި ކަމުގެ ހިތްހަމަ ޖެހުމާއި އެކު އާއްމުކޮށް އޭނާ ހަމަ ޖެހިލުމަށް ގޮސް އުޅޭ ޕާކުގެ ހިލަ ގޮނޑިއެއްގައި ހަމަ ޖެހިލައިގެން އިންދައި ސިއްސައިގެން ދިޔައީ އޭނާގެ ފުރަގަހުގައި ހުރި މީހަކު ވާހަކަ ދެއްކުމުންނެވެ.

“ޑިޑް ޔޫ މިސް މީ މައި ލަވް؟” އެއީ އެލެން އަށް އާ އަޑެއް ނޫނެވެ. އެއީ މީގެ ތިން އަހަރު ކުރިން އެލެން ގެ ހިތް ހަލާކުކޮށްލި އިންސާނާ ގެ އަޑެވެ. އެކަން ނަގައިގަނެވުމާއި އެކު އެލެން ފުންމައިގެން ތެދުވެ އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް އެއަށް ވުރެން އެ ފިރިހެނާ މާ ހުށިޔާރެވެ. ކުއްލިއެއް ޖެހުމާއި އެކު އެލެން ގެންގޮސް ތަތް ކޮށްލީ އެ މޭގައެވެ.

“ލެޓް މީ ގޯ..” އެ ބާރުގަދަ އަތުގެ ތެރެއިން ސަލާމަތްވާން ކުރި މަސައްކަތް ބޭކާރު ވުމުން އެލެން ހަޅޭއް ލަވައިގަތެވެ.

“ދޫ ނުކޮށްލައިފިއްޔާ؟” އެލެން އޭނާ އަށް ކުރިމަތި ވާނޭހެން އަނބުރައިލަމުން އެ ފިރިހެންވަންތަ އަޑުން އެ މީހާ ބުނެލިއެވެ.

“އައި ހޭޓް ޔޫ ޖޯން..” ޖޯންގެ މޫނަށް ބަލައިލުމެއް ނެތި އެލެން ކިޔައިލީ ތަންކޮޅެއް މަޑުންނެވެ. އިރުކޮޅެއް ކުރިން ގަދަ ހަދަމުން ދިޔަ މީހާ ކުއްލިއަކަށް މައިތިރި ވީ ޖޯން ގެ އަތުތެރޭ އޭނާ ލައި ފިއްތައިލަމުން އިއްވައިލި ބަސްތަކެވެ.

“އައި ލަވް ޔޫ އެލެން.. އަހަރެންނަށް މާފު ކުރޭ އަހަރެން ދެން ދުވަހަކުވެސް އެލެން ދެރައެއް ނުކުރާނަން.. ދޫކޮށްލާފައެއް ނުދާނަން.. އަހަރެން މި އައީ އަހަރެންގެ ހިތުގެ ހަމަޖެހުން ބަލާ.. އަހަރެންނާއި އެކު ހިނގާ ދާން.. ނަތިންގ ކެން ކަމް ބިޓްވީން އަސް އެނީ މޯރ..” ޖޯން ގެ އަޑުގައި ވި އަސަރަކުން އެލެންގެ ލޯލިތައްކޮޅަށް ޖެހިގެން ދިޔައެވެ. މަޑުމަޑުން ޖޯންގެ އަތުތެރެއިން ދުރުވެލަމުން އެލެން އަށް އެ މޫނަށް ބަލައިލެވުނެވެ. އަދިވެސް އެ ހިތްކަތިލައިފަދަ ރީތިކަމެވެ. އެ ނޫކުލައިގެ ދެލޮލުން އެލެން ގެ ލޯތްބަށް ސަލާމް ޖަހައި ފަދައެވެ.

“އަހަރެން ކިހިނެތް ޖޯން އަށް އިތުބާރު ކުރާނީ؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އެލެން އަހައިލިއެވެ.

“އަހަރެންނަށް އިނގޭ އެލެން އަށް އުނދަގޫ ވާނެކަން އިތުބާރުކުރަން.. މާފު ދޭން ވެސް.. އަހަރެންނަށް ކުރެވެން އޮތް ކޮންމެކަމެއް އަހަރެން ކުރާނަން އެލެން ގެ އިތުބާރު ހޯދަން.. ޖަސްޓް ގިވް މީ އަ ސެކަންޑް ޗާންސް.. އެހެން ނޫނަސް އަހަރެން އެލެން ދޫކޮށްފަ ދިޔައީ ލޯބި ނުވާތީ އެއް ނޫން..އަހަރުމެން ދެމީހުންގެ ފިއުޗާ އަށް ޓަކައި..އެލެން ވެސް ގޮތްދޫކޮށްފަ އަހަރެންނާ އެކު ދިޔަނަމަ” ޖޯން ދެރަވެލާފައި ބުންޏެވެ.

“އަހަރެން މިހާރު ޖޯން ދެކެ ލޯތްބެއް ނުވެ.. އަހަރެން ހީކުރިން އަހަރެންނަށް ޖޯން ނޫން މީހެއް ދެކެ ލޯތްބެއް ނުވެވޭނެއޭ.. އެކަމު އައި ލަވް ސަމްވަން ނައު..” އެލެން ގެ ޖުމްލައިން ޖޯން އަކަށް މަޑަކުން ނުހުރެވުނެވެ. ގެނައި ކުއްލި ހަރަކާތަކާއި އެކު އެއަތުތެރެއަށް އެލެން ގެންނަމުން އެ ރީތި ތުންފަތުގައި ބޮސްދިނެވެ.

“ދެން ބުނެބަލަ ކާކު ދެކެ ލޯބިވަނީ” ޖޯން ގެ އެ ހަރަކާތުން އޭނާގެ އަތުގެ ތެރެއަށް ވިރިގެން ދިޔަ އެލެންގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ޖޯން އަހައިލިއެވެ.

“އައި ޑޯންޓް ނޯ.. ލީވް މީ އެލޯން.. އަހަރެން ވިސްނަން ދުވަސްކޮޅެއް ދީ..” ޖޯން އާއި މެދު ދެކެވޭ ގޮތް ޔަގީން ނުވެފައި ހުރެ އެލެން އެދުނެވެ.

“އޯކޭ.. ވަން މަންތް ފަހުން.. ހަމަ މިތަނުގެ މި ބެންޗްކައިރީ.. ހަމަ މިވަގުތު.. އަހަރެން މިތަނުގަ ހުންނާނަން.. އަހަރެން އެލެން އަށް މިތާ އިންތިޒާރު ކުރާނަން.. އުންމީދު ކުރަން އަހަރެން ޑިސެޕޮއިންޓް ކޮށް ނުލާނެ ކަމަށް..އެލެން ނައިއްސިއްޔާ އަހަރެން ބަލާނީ އަހަރެން ދޫކޮށްލީ ކަމަށް..” ޖޯން ގެ އެ ޝަރުތާއި އެލެން ގަބޫލު ވުމުގެ ގޮތުން ބޯޖަހައިލަމުން ހިނގައިގަތީ އެތަނުން ދާށެވެ. ފަސްއެނބުރި ބެލުމެއް ނެތި އެލެން ގޮސް އެތާ ކައިރީ ޕާކް ކޮށްފައި އޮތް ކާރަށް އަރައި ދުއްވައިލިއެވެ.

1 މަސް ފަސް..

ދެދުވަސް ފަހުން ރާއްޖެދާން ހަމަ ޖެހިފައި އޮތުމުން އެލީން ގެ ކޮޓަރީގައި އާނާ އުޅުނީ ފޮށި ތައްޔާރު ކުރާށެވެ. އެލީން އަށް މިހާރު ހިނގުނަސް އަދިވެސް އެއްކޮށް ރަނގަޅު ނުވާތީ އަދިވެސް ބޭރަށް ނުކުންނަނީ ވީލްޗެއާ ހިފައިގެންނެވެ.

“އޭން.. އަހަރެން ހަމަ ވިސްނާ ވިސްނާ ހަމަ ވަރުބަލިވެއްޖެ.. އެލެން ކީއްވެތަ އަހަރެންނަށް މިވަރުގެ ބޮޑު އިހުސާންތެރިކަމެއް ވެދިނީ؟ އަދި ނުވެސް ދަންނަ މީހަކަށް..އިޓްސް ސޯ ސްޓްރޭންޖް” ހެދުންތައް ފަތްޖަހަމުން ދިޔަ އާނާގެ ހަރަކާތްތަކަށް ވެސް ހުއްޓުމެއް އައީ އެލީންގެ އެ ސުވާލުންނެވެ.

“އަހަރެންގެ ހިތަށް ވެސް އަރާ ތިހެން.. ކޮންމެ ގޮތެއް ވިޔަސް އެލީ ރަނގަޅު ވެ ދެދުވަސް ފަހުން ރާއްޖެ ދެވޭނެ.. އެލެން އެލީގެ ފަރާތުން ނޫނީ މި ފެމިލީގެ ފަރާތުން ކަމެއް ބޭނުންވެގެން އުޅުން ނަމަ ދާކަށް ޓިކެޓެއް ނުނަގާނެ ދޯ..އެ ހަމަ ކައިންޑް މީހަކީ..” އާނާގެ ޖުމްލައަށް އެލީން ބޯޖަހައިލަމުން ހިނިތުންވެލިއެވެ.

“ޒެން ލެޓްސް ގޯ.. މިހާރުވެސް މާ ބޮޑަށް ލަސް ވެއްޖެ..” މަޑުމަޑުން އައިސް އެލެން ގެ ކުރިމައްޗަށް ހުއްޓިލި ޒެއިންގެ އަތުގައި އެލެން ހިފައިލަމުން ބުނެލިއެވެ. ބޮލުގެ ހުރިހައި އިސްތައްޓެއް ފައިބައި ހުސްވެފައި ހުރުމުން ޒެއިން ހުރީ މުށި ކުލައިގެ ވިންޓަރ ހެޓަކުން ބޯ ނިވައިކޮށްލައިގެނެވެ. ލައިގެން ހުރި އަތްދިގު ޓީޝާޓު މަތިން ހަމަ އެކުލައިގެ ބޮޑު ކޯޓެއް ލާފައި ހުރި އިރުވެސް ހަށިގަނޑު ނިކަމެތިވެފައި ވާ ވަރު ފޮރުވައެއް ނުލެވެއެވެ.

“މިއަދު ހަމަ ކުއްލިއަކަށް އަހަރެން ގޮވައިގެން މިގަޑީގަ ބޭރަށް ދާން ތި އުޅެނީ މާ ހާއްސަ ކަމެއް އޮތީ ތަ؟” ޒެއިން ގެ އަތުގައި ހިފާލައިގެން ހުރި އެލެން ގާތު ޒެއިން އަށް އަހައިލެވުނެވެ.

“ތިހެން ހީކޮށްލިޔަސް އޯކޭ.. ޒެންގެ ކެންސަރު އެއްކޮށް ރަނގަޅު ވީމަ އެކަން ސެލެބްރޭޓް ކުރަން އަހަރެން ވަރަށް ބޭނުން..” ކާރާއި އަރައި ހަމަ ވުމުން އެލެން ޒެއިން އަށް ދޮރުހުޅުވައިލަ ދިން ގޮތުން ޒެއިން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

ހައިލޭންޑް ޕާކަކީ ރޮކެސްޓާ ސިޓީގެ މަޝްހޫރު ޕާކްތަކުގެ ތެރެއިން އެއް ޕާކެވެ. އެތަނުގައިވާ ލައިލެކް ގާޑެން އަކީ ހިތްގައިމު ކަމުގެ ދެވަނައެއް ނެތް ތަނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފައްސަތޭކަ އަށް ވުރެން ގިނަ ވައްތަރުތަކުގެ ލައިލެކް މާ ގަސްތަކުން މުޅި އެ ސަރަހައްދު ފުރާލެވިފައި އޮވެއެވެ. އެއީ ބޮޑު ތަނެއް ކަމުން މީހުން މަދުހިސާބެއް އެލެން ހިފީ އެތާނގައި ޑިނާ ޓޭބަލް އަކާއި އެއްޗިހި ބަހައްޓާށެވެ. މަތި ޖަހާފައި ހުރި ތަށި ތަކާއި ދެމީހުނަށް ހާއްސަކޮށް ދެ ގޮނޑި ބަހައްޓާފައި ހުރި އިރު ވަރަށް ހިތްގަމެވެ.

“އެހެން މީހުންގެ އެޓެންޝަން ހޯދަންތަ ތިއުޅެނީ.. ” ދުރުން ފެންނަމުން ދިޔަ މީހުނަށް އިޝާރާތް ކޮށް ޒެއިން ލާނެތް ރާގަކަށް އަހައިލިއެވެ.

“އޯހް މައި ގޯޑް!!” ޒެއިން ކީ އެއްޗަކަށް ސަމާލުކަމެއް ނުދީ ބޮލުގައި ދެއަތުން ހިފަހައްޓައިލަމުން އެލެން ކިޔައިލިއެވެ.

“އަހަރެން ވަރަށް އަވަހަށް އެބަ އަންނަން.. ވަރަށް މުހިންމު އެއްޗެއް ނުލައި މި އާދެވުނީ..ޖަސްޓް ވެއިޓް ހިޔާރ އިނގޭ.. ޕްލީޒް..”  ޒެއިން ގޮވަގޮވައި އޮއްވައި އެލެން ދުވެފައި ޕާކުން ނުކުމެ ކާރަށް އަރައި ދުއްވައިލިއެވެ.

ޖޯން އެލެން އަށް ކީ ގަޑިއަށްވުރެން ތިރީސް މިނެޓު ކުރިން ޖޯން އެތަނަށް ދިޔައެވެ. އެދުވަހު ޖޯން ބުނި ބެންޗްގައި އިށީނދެލައިގެން އޭނާ އިންތިޒާރުގެ ގަޑިތައް ގުނަމުން ދިޔައެވެ.

“އަހަރެން ގޮވައިގެން ކޮންތާކަށްތަ ތި ދަނީ؟” ހާސްވެފައި އިނދެ އެލީން އަހައިލިއެވެ.

“އެއީ ސަޕްރައިޒް އެއް.. އެހަށް މަޑުންހުރޭ.. ދާތާކަށް ދެވުނީމަ އިނގޭނެ..” އެލެން ގެ ޖުމްލައިން އެލީން އަށް މަޑުން އިންނަން މަޖުބޫރު ވިއެވެ.

ހައިލޭންޑް ޕާކް ކައިރިއަށް ކާރު މަޑުކޮށްލުމަށްފަހު އެލެން ކާރުގެ ޑިކީން އެލީންގެ ‘ވީލްޗެއާ’ ނެގިއެވެ.

“ސިޓް..” އެލީން ކާރުން ފޭބުމާއިއެކު އެލެން އިޝާރާތްކޮށްލިއެވެ.

“އަހަރެން ހިނގާފަ ގޮސްފާނަން..” އެލެންގެ މޫނަށް ބަލަން ހުރެ އެލީން ބުނެލިއެވެ.

“ޕްލީޒް.. ރިސްކެއް ނެގުމަށް ވުރެން ނުނެގުން މާ މޮޅު ވާނެ.. ޖަސްޓް ސިޓް” އެލެން ގޮތްދޫ ނުކުރާނެކަން ޔަގީން ވުމުން އެލީން އެންމެފަހުން ‘ވީލްޗެއާ’ ގައި އިށީނެވެ.

“ދެޓްސް މައިގާލް” އެލެން ގެ އުފާވެރިކަން ފޮރުވަން ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އެންމެ ފަހު މަންޒިލަށް އާދެވުމުން އެކަން ކުރެވޭގޮތެއް ނުވިއެވެ. އެލެންގެ އެ އުފާވެރިކަން ފެނުމުން އެލީން ވެސް އިނީ މި ވަމުންދާ ގޮތެއް ނޭނގިފައެވެ.

ޒެއިން އިން މޭޒާއި ފުދޭވަރަކަށް ކައިރިއަށް ދިއުމަށްފަހު އެލެން ހިނގުން ހުއްޓައިލަމުން ގޮސް އެލީން އާއި ދިމާއަށް ގުދުވެލިއެވެ.

“ބުނީމެއްނު އަހަރެން ބުނާ ކޮންމެކަމެއް ކޮށްދޭނަމޭ ދޯ.. މީ އެކަން ކޮށްދޭން ވީ ވަގުތު” އެލެން ބުނި އެއްޗަކުން އެލީން ގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އަނެއްކާ އެލެން އެ އެދެން އުޅެނީ ކޮންފަދަ ކަމަކު ކަމެއް ވެސް އިނގެނީކީ ނޫނެވެ.

“އަހަރެންނަށް ކޮށްދެވޭ ވަރުކަމެއް ވިއްޔާ ނޫނެކޭ ނުބުނާނަން..” އިރުކޮޅަކު ވިސްނައިލުމަށްފަހުގައި އެލީން ޖަވާބުދިނެވެ.

އެލީންގެ ޖަވާބު ލިބިމުން އެލެން އަނެއްކާވެސް ދަތްތައް ފެންނަ ވަރަށް ހީލަމުން ހިނގައިގަތެވެ.

ފޫހިވެގެން މޭޒުމަތީ ބޯ ޖަހައިގެން އޮތް ޒެއިން ސިއްސައިގެން ދިޔައީ އެލެން ހަޅޭއްލަވައިގަތުމުންނެވެ.

“ވަޓް ދަ…” ސިހުނު ވަރުން ފުންމައިގެން ތެދުވެ ބުނެވެން އުޅުން ޖުމްލަވެސް ޒެއިން އަކަށް ފުރިހަމައެއް ނުކުރެވުނެވެ. އޭނާގެ ކުރިމަތީ ‘ވީލްޗެއާ’ އެއްގައި އެ އިނީ އެ ހިތުގެ ހަމަޖެހުމެވެ. އެ ހިތުގެ ލޯތްބެވެ.

“އެލީ..” ޒެއިން އަށް މަޑުމަޑުން ކިޔައިލެވުނެވެ.

ޒެއިންގެ ސިފައަށް އައިސްފައިވާ ބަދަލުގެ ސަބަބުން އެލީން އަށް އެއީ ޒެއިންކަން ޔަގީންވާން ހިނދުކޮޅެއް ނެގިއެވެ. އެ ތޫނު ދެލޯ ދުވަހަކުވެސް އެލީންއަކަށް ނޯޅޭނެއެވެ. ހިތް ތެޅިގަތްލެއް ބާރުކަމުން ހީވީ ފުންމައިގެން ނުކުމެދާނެހެނެވެ. ޒެއިންގެ އަތުތެރެއަށް ގޮސްވަންނަން އެލީން ބޭނުންވިކަމުގައި ވިޔަސް ޒެއިން އާއި މެދު އެ ހިތުގައިވި ޝަކުވާ ކުރިހޯދިއެވެ.

“އެލެން ކީއްކުރަން އަހަރެން މިތަނަށް ގެނައީ.. އައި ވޯންޓް ގޯ ހޯ..” އެލީން ގެ ޖުމްލަ ފުރިހަމަ ކުރުމަށް ހުރަސް އެޅީ އެލެންގެ އަތުގެ އިޝާރާތެވެ.

“ދެކުދިންވެސް މަޑުން ތިބެ އަހަރެން މި ކިޔާ އެއްޗެއް އަޑު އަހާ.. ޒެން.. އަހަރެން ޒެން ބުނެގެން އެލީންގެ ހާލު ބަލަން ދިޔައިރު އެލީން އަކީ ނުކުޅެދޭ ކުއްޖެއް.. ޒެން ބުނިހެން އެކްސިޑެންޓަށް ފަހު އެލީންގެ އުނަގަނޑުން ތިރި ވާގި ދިޔައީ.. އެކަން އަހަރެންނަން އެނގުމުން ޒެން ވާނެ ދެރަ އަހަރެންނަށް އިހުސާސް ވި.. ސޯ އަހަރެން އެލީން މިކޮޅަށް ގެނައީ.. އަދި ބޭސްކޮށްދިނީ.. އަދި އެއްކޮށް ރިކަވަރ ނުވިޔަސް ޝީ ކެން ވޯކް.. އުންމީދު ކުރަން ޒެންގެ އަމާނާތަށް ރައްކާތެރި ވެވުންކަމަށް.. ދެން އެލީ އަޑު އަހައި.. ޒެން އަކީ އަހަރެންގެ ޕޭޝަންޓެއް.. ޒެއިން އަށް ކެންސަރު ޖެހުންކަން އެނގުނީ ތައިލެންޑުގަ ހުއްޓަ ކުއްލިއަކަށް ބަލިވާންފެށުމުން ހެދި ޓެސްޓުތަކުން.. އެލީން އަށް ނޭނގުނަސް ޒެން ވަރަށް ޓްރައި ކުރި މީރާން އަށް އެ ހަބަރު ދޭން.. ނަމަވެސް މާރިއާ އާންޓީގެ ސަބަބުން އެކަން ނުވީ.. ޒެން ވަރަށް ބަލިކޮށް އުޅުނީ ޓްރީޓްމަންޓް ނެގި އިރު.. އެކަމު މިހާރު ކެންސަރު އެއްކޮށް ޒެންގެ ހަށިގަނޑުން ފިލައިފި.. ދެކުދިން ވެސް ތި ދަނީ ރިކަވާރ ވަމުން.. ސޯ މިސް އަންޑަސްޓޭންޑިން އެއް އެބައޮތް ތަ؟” އެލެން ސުވާލުކޮށްލި އިރު އެލީން އަށް ރޮވިއްޖެއެވެ.

ރޮވިފައި އިނދެ އެލީން ބޯ ހޫރުވައިލީ ޒެއިންގެ ލޯތްބަށް އިތުބާރު ނުކުރެވުނީތީ ހިތާމަ ކުރާހާލުގައެވެ. ޒެއިން ވެސް އިނީ އެލީންއެ އަތުތެރެއަށް ގެންގޮސް ފޮރުވައިލަން އިންތިހާއަށް ބޭނުންވެފައެވެ.

އެލީން މަޑުމަޑުން ތެދުވެގެން ގޮސް ޒެއިންގެ މޫނުގައި ފިރުމައިލިއެވެ. އެއާއި އެކު ޒެއިން ހިފަހައްޓައިގެން އިން ކަރުނަތައް ފައިބައިގަތީ ހިތުގެވޭން ލުއިކޮށްދެމުންނެވެ.

ދެ ލޯބިވެރިންގުޅޭ މަންޒަރު ބަލަން ހުރި އެލެން އަށް ޖޯން މަތިން ހަނދާންވުމާއި އެކު ގަޑި ބަލައިލި އިރު ކަމަކުދާކަށް ނެތެވެ. ޖޯން ބުނި ގަޑި ފަހަނަ އަޅައިގެން ގޮއްސިއެވެ. ވަގުތުން އެލެންގެ ހަވަނަ ހިއްސު މަސައްކަތް ކުރަން ފެށުމާއި އެކު ދުއްވައިގަތީ ޕާކުން ނުކުންނާށެވެ. ޖަޒުބާތުގައި ޖެހިފައި ތިބި ދެ ލޯބިވެރިންނަކަށް މީން އެއް ކަމެއްވެސް ރެއަކާ ނުލިއެވެ.

“އައި އެމް ސޮރީ ޒެން.. އަ…” އެލީން ވާހަކަ ދައްކަން މަސައްކަތް ކުރުމާއި އެކު އެކަން ހުއްޓުވީ ޒެއިން އެވެ.

“ޝްޝްޝް.. ލެޓް މީ ހޯލްޑް ޔޫ..” އިށީނދެގެން އިން ގޮނޑިން ތެދުވަމުން ޒެއިން އެލީން އާއި އެކު ފެހި ވިނަގަނޑުމަތީ އޮށޯތެވެ. ޒެއިންގެ މޭގައި މޫނުފޮރުވާލައިގެން އޮވެ އެލީން ހިތްފުރެންދެން ރޯލިއެވެ. ދެހިތުގެ ޝަކުވާ އާއި އެހައި ގިނަދުވަހު އުފުލި ވޭންތައް ބޭރުވީ ކަރުނައިގެ ސިފައިގައެވެ.

“އައި ލަވް ޔޫ ޒެން.. އައި ވޯންޓް ޔޫ ބެކް.. މުޅި ދުނިޔެ އަހަރުމެންގެ ގުޅުމަށް ދެކޮޅު ހެދިޔަސް ދެން އަހަރެންގެ ފަރުވާލެއް ނެތް.. އަހަރެން ބޭނުން ޒެންގެ ލައިފްގެ ޕާޓަކަށް ވާން..” އެލީންގެ އެ ލޯބި ބަސްތައް ޒެއިންގެ ހިތުގައި ފިރުމަމުން ދިޔަ އިރު ލޯބިން ގޮސް އެލީންގެ މޫނުގެ އެތަންމިތާ ޒެއިން އަށް ބޮސްދެވުނެވެ.

” އައި ލަވް ޔޫ ސޯ މަޗް.. ވިލް ޔޫ މެރީ މީ އެލީ؟” އިރުއޮއްސުނު ނަމަވެސް އޮރެންޖް ލައިޓް ތަކުގެ ސަބަބުން ހުރިހައި ތަނެއް ސާފުކޮށް ފެނެއެވެ. ޒެއިން ގެ އެ ޖުމްލައިން އެލީން އަށް އެ މޫނަށް ބަލަން އޮވެވުނީ އެވެ. ބަހެއް ނުބުނެ އެހެން އޮންނަން ފެށުމުން އިތުރަށް އެލީން އާއި ގާތް ވެލަމުން އެ ލޯބި ތުންފަތުގައި ޒެއިން މަޑުމަޑުން ބޮސްދިނެވެ.

“ޔެސް އައި ވިލް މެރީ ޔޫ..” ޒެއިންގެ އަތުތެރޭ އިތުރަށް ބޮނޑިވަމުން އެލީން ޖަވާބުދިނުމާއި އެކު ޒެއިން ކިޔަންފެށީ އޭނާ އަށް ހަމަ އެކަނި ކަމުދާ ދިވެހި ލަވައެވެ.

“ހިތް ބޭނުމޭ ދުލުން…މިވާ ލޯބި ކިޔައިލަ ދޭން.. ކަލާއަށްޓަކައި ހިމޭން މަންޒިލެއްގަ ލޯބިދޭން..” ޒެއިން ގެ ފިރިހެންވަންތަ އަޑުން މަޑުމަޑުން ކިޔަމުން ދިޔަ ލަވަ އަޑުއަހަން އެލީން އަށް އޮވެވުނީ އެންމެފަހުން އޭނާގެ ހިތާމަތަކަށް ލުޔެއް ލިބުމުން ހެއްދެވިފަރާތަށް ޝުކުރު ކޮއްލަ ކޮއްލައެވެ.

އެލެން ދުވެފައި ޖޯން ބުނި ދިމާއަށް ދިޔައިރު އޭނާގެ ހިތެކޭ މަރަށް ތެޅޭ މަހެކޭ އެއްވަރެވެ. ޖޯން އޭނާ ދޫކޮށްލާފަ ދެވަނަ ފަހަރަށް ވެސް ގޮއްސިއްޔާ އޭނާ މުޅީން މޮޔަވެދާނެއެވެ.

ބަރާބަރު ގަޑިއިރެއް ހަމަވުމުން އިށީނދެގެން އިން ބެންޗުން ޖޯން ތެދުވި އިރު އެނާވަނީ މުޅީން މާޔޫސް ވެފައެވެ. އަމިއްލަ އެދުމައިގެން އެލެން ދޫކޮށްލާފައި އޭނާ އަށް ދެވުނުކަމުގެ ޝަޒާ ހަމަ މިހައި ހިތިވާން ވެދާނެހެއްޔެވެ؟ އޭނާ އެލެން ދޫކޮށްލީ ދެމީހުން ދިރިއުޅުމެއް ފެށުމުގެ ކުރިން އޭނާ ދެކެމުން ދިޔަ ހުވަފެނެއް ހަގީގަތަކަށް ހަދާށެވެ. މިއަދު އޭނާ އަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. ހުވަފެން ކާމިޔާބު ވެއްޖެ އެވެ. ނަމަވެސް އެލެން…

“ޖޯން.. ޖޯން.. ވެއިޓް..” ބެންޗް ފަސްދީ ގޮސް ގޮސް ހުރި ޖޯން އަށް އެލެންގެ އަޑު އިވުން ހެން ހީވުމުން ދެރަވެފައި ހުރެވެސް ހިނިއަންނަ ގޮތް ވިއެވެ.

“ކާމިޔާބު ނުވިތާނގަ ކަންފަތަށް ވެސް އެ އަޑު.. ސޯ އަންފެއާރ” މަޑުމަޑުން އެހެން ކިޔާލަމުން ޖޯން ކުރިޔަށް ގޮސް ގޮސް ހުއްޓައި ކުއްލިއަކަށް އޭނާ އެނބުރިގެން ދިޔުމާއި އެލެންގެ އަތުގެ ހޫނު ހަދިޔާއެއް ލިބުމާ ދިޔައީ އެކުއެކީ އެވެ.

“އައުޗް..” ވީތަދުން ޖޯން އަށް ކިޔައިލެވުނެވެ.

“އަހަރެން ގަބޫލުކުރަން ޖޯން ވެސް އަހަރެން ވެސް އަމިއްލައެދުން ބޮޑު ކަމަށް.. ބިޒްނަސް މޭން އަކަށް ވާންވެގެން ޖޯން ސްވިޒަލޭންޑަށް ދާން އުޅެމުން އަހަރެންކައިރީ އެދުނީމަ އަހަރެންނަށް އަހަރުމެންގެ ގުޅުމަށް ވުރެން މުހިންމުވީ ދެމީހުންގެ ވެސް ހުވަފެން.. އޭރު އަހަރެން ކިޔަވާ ނުނިމޭތީ ޖޯން އާ އެކު ނުދިޔަސް މިހާރު އަހަރެން މިހިރީ ނިމިފަ.. ހައު ޑެއާރ ޔޫ؟؟ ހައު ޑެއާރ ޔޫ؟؟ ތީ ހަމައެކަނި އަހަރެންގެ މީހެއް.. ހަމައެކަނި އަހަރެންގެ މީހެއް.. އިވިއްޖެތަ؟ އަހަރެން ނުލައި ގޮއްސިއްޔާ ދެންމެ ޖެހި ވަރަށް ވުރެން ބާރަށް ޖަހާނަން..އަންޑަސްޓޭންޑް؟؟” އައިސްފައި ހުރި ހިތްވަރަކުން އެލެންގެ ހިތުގައި ހުރި ހުރިހައި އެއްޗެއް އެއްފައްޗަކަށް އަމުނާލައި ނިންމާލި އިރު އޭނާ ހުރީ މާނޭވާ ލެވިފައެވެ. ޖޯންގެ ގަމީހުގެ ގިރުވާނުގައި އެލެން ހިފަހައްޓާލައިފައި އޮތްދިމާއަށް ބަލައިލަމުން އަނެއްކާވެސް އެލެންގެ މޫނަށް ޖޯން ބަލައިލިއެވެ.

“ވާއު.. ކޮން ދުވަހެއް މަގޭ ސުޕަގާލް ހޯދާތާ.. އަދި ކިރިޔާ މި ލިބުނީ.. މިހައި ދިގު އިންތިޒާރެއް ކުރުވަން ހެޔޮވާނެތަ؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޖޯން ބުނެލި އެއްޗަކުން ދެންމެ އުޅެވުނުގޮތް ހިތަށް އަރާފައި ރަކިވީ ވަރުން އެކަން ފޮރުވުމަށް މޫނު ހަދައިގަންނަމުން އައިކޮޅަށް އެނބުރިދާން ހިނގައިގަތްތަނާ ޖޯން އެލެންގެ އަތުގައި ހިފައި ހުއްޓުވިއެވެ.

“އެކަނި ދިޔަކަ ނުދޭނަން.. މަގޭ ހިތް ހިފައިގެން ތިދަނީ.. އެންޑް އައި ހޭވް ޔުއާސް.. ކިހިނެތް ދެމީހުން ނުގުޅި އުޅޭނީ؟ ވިލް ޔޫ މެރީ މީ މައި ސުޕަ ގާލް؟” ޖޯން ގެ ސުވާލުން އެލެން އަށް އުފަލުން ގޮސް ރޮވުނީ އެވެ.

“އޯހް މައި ބޭބީ ގާލް..” އެލެން އެ އަތުތެރޭ ހައްޔަރު ކޮށްލަމުން ޖޯން އެ ރީތި ތުންފަތުގެ ހަދިޔާ ތަކުން އެލެންގެ ހިތް ފުރައިލިއެވެ.

“ޔެސް ޔެސް.. އަހަރެން ޖޯންގެ ސުޕަ ގާލްއަކަށް ވާން ތައްޔާރު” ނޭފަތް ދަމައިލަމުން އެލެން އާބަސްދިނެވެ.

ނިމުނީ

 

ކެތްތެރި ކަމާއިއެކު ވާހަކަ ކިޔައިލި ހުރިހައި ކުދިންނަށް އަޅުގަނޑުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ!!

57
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shooty

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ނޭނގޭ ގޮތެއްވޭ 6

Next

ހިތް އަތުލާފާ…..

Next
April 4, 2017

ހިތް އަތުލާފާ…..

Previews
April 3, 2017

ނޭނގޭ ގޮތެއްވޭ 6

45 Comments

  1. shooty says:
    April 4, 2017 at 8:54 am

    Iyye update nukohdhevun kamahttakai v bodah sorry.. Kulliakah v busy vgn nuliyevuny… Hurihaa kudhinnah baajjaveri dhuvahakah edhen.. Please read and comment.. Evves suvaaleh othas kollun edhen.. I will answer..
    ???? love you all

  2. poohbear says:
    April 4, 2017 at 9:05 am

    Reethi <3

    1. shooty says:
      April 4, 2017 at 9:47 am

      Thanks poohbear ?

  3. Aki says:
    April 4, 2017 at 9:21 am

    mibai thankolhe rom kon genes dhin nama varah furihama vees….

    1. shooty says:
      April 4, 2017 at 9:47 am

      Aley rom eh noontha aki??? Hehe thanks ?

  4. Lam says:
    April 4, 2017 at 9:39 am

    Varah reethi

    1. shooty says:
      April 4, 2017 at 9:48 am

      Thanks lam ?

  5. dottt says:
    April 4, 2017 at 9:45 am

    V v hadi…..kurin liyunu vaahakaves varah hadi…mi vaahakaige fahu part v v hadi….

    1. dottt says:
      April 4, 2017 at 9:47 am

      I mean kurin liyunu vaahaka v v reechey…mi story ge mi v v v hadi ey…

    2. shooty says:
      April 4, 2017 at 9:50 am

      V bodah sorry dott ah kamudhaa gothah genes nudhevunyma.. Anyway thanks for reading..

  6. III says:
    April 4, 2017 at 9:46 am

    ….މެރީކުރިމާ ހިސާބަށް ދިގު ކޮއްލިނަމަ މިޔަށް ވުރެން ރީތި ވާނެ ނިމުން ރީއްޗެއްނޫން

  7. ? says:
    April 4, 2017 at 10:09 am

    heevany vaahaka nunimigen ulhunhen..i cant accept this hama..

    1. shooty says:
      April 4, 2017 at 10:24 am

      Sorry for that .. But hama plan kohffa in gothah mi ninmaaly.. Thanks for reading?

  8. NAAZ says:
    April 4, 2017 at 10:10 am

    nice

    1. shooty says:
      April 4, 2017 at 10:24 am

      Thanks naaz ?

  9. lara says:
    April 4, 2017 at 10:24 am

    Vaahaka v salhi bt nimun ehaa reehcheh nun meeraanna xen dhimaavegen xen hurihaa vaahaka eh meeraannah kiyaadheefa ninmi nama v salhivaane

    1. shooty says:
      April 4, 2017 at 10:30 am

      Konme story ehgga eh gotheh v ma sakaraathennu.. Migothah liyun iru ves shooty ah ingun aslu gina readers ah kamu nudhaanekan.. But this is how I planned it.. Story avahah ninmmaakah noon migothah mi ninmmaalyky.. Storyge body hedhi iru ves ehen innaany plane kohffa… Enme furihamakoh nugenesdhevun kan gaboolu kuran.. Cox I borrowed someone’s laptop.. Dhn story eh liyaany e hurihaa kamakah ves v visnaafa…

  10. Fan girl says:
    April 4, 2017 at 10:47 am

    Konmme vaahaka aky enme furihama vaahakaeh noon.. Namaves dhivehi konmme vaahakaeh hen aharen kiyan konme story eh nimeny happykosheh noon.. Sadkosheh ves noon.. Adhi hurihai enmenah kankamuge hageegai ingigen neh ves noon.. Myge kurin aharennah enme reethi vee yasmaa ge ‘kihineh kuraanee bayaan’ mihaaru ‘hiyy beynumey’ ves e bayah mi ithurukohlly.. Vaahakaige nimun ves feshun ves medhuthere ves khajja ah vvv nala.. Thanks shooty for the lovely story… Enmenge hitheh nufureyne…. but aharenge hiy hama furigen bandun vejje.. ????

    1. shooty says:
      April 4, 2017 at 1:15 pm

      Thanks fan girl… I really appreciate it ? readers like u guys are my strength ?

  11. F says:
    April 4, 2017 at 10:50 am

    Den kondhuvahakun new story eh fashaany mi story vs vv nice

    1. shooty says:
      April 4, 2017 at 11:04 am

      Soon.. But cant tell when… Thank you f.. Cover miadhu ge vaguthegga up kohllanan.. I already planned my next story.. ?

  12. Naa says:
    April 4, 2017 at 11:01 am

    Chemotherapy is very painful treatment….alhugandu thajuribaa kuryma ingay.
    Anyways story is good.

    1. shooty says:
      April 4, 2017 at 11:07 am

      Alhugandah ves feel nuviyas kurimathyga v loabivaa faraatheh cancer ah treatment negi.. And that was so painful to see.. Naa ge baiyya allah shifa dhevvaashi… Thanks for reading naa ?

  13. Chum handi says:
    April 4, 2017 at 11:12 am

    this is great… waiting for you next storyyy…

  14. Aff says:
    April 4, 2017 at 11:53 am

    Whole story ves varah reethi. Bt will be more beautiful zein n Alyn ge love story dhigukohlinama. Mibuny Zein ge mom e relation ah gaboolve emeehunge happy life kudakoh namaves genesdhinnama plus Lilian menge life ves happykon ulhenikoh genesdhinnama. N meeran hunnaany zein dheke hinhama nujehifaehnu dhw so ekanves solve vegen varah happy koh rom koh n more part genesdheyn feney. I hope u will make one more part plx shooty. Anyways story masha allah varah reethi. Love u shooty?☺

    1. shooty says:
      April 4, 2017 at 1:18 pm

      Thanks aff… Thikamaa medhu v funkoh visnaalaanan.. Thi idea v rangalhu… Epilogue eh liyaa hiyy vejje..??

  15. sonaalee says:
    April 4, 2017 at 1:32 pm

    Nimun hadi

  16. shelly says:
    April 4, 2017 at 1:39 pm

    reethi but dhen maa vahah nimuny 2nd chapter genesdheyne kamah unmeedhukuran

  17. any says:
    April 4, 2017 at 1:55 pm

    mee v reethi vahakaeh dhen konirakun ehen story eh kiyalan libeyni

  18. tui says:
    April 4, 2017 at 2:10 pm

    miee vv reethi vahakaeh but vahaka nunimenees nimalee hen heevanee mihah vure reeth koh nimalevunes dw shooty

    1. shooty says:
      April 4, 2017 at 3:11 pm

      Hehe.. Insha allah bonus parteh genesdheynan.. ?

  19. Ummu Mulk says:
    April 4, 2017 at 2:28 pm

    Asifa

  20. Anonymous says:
    April 4, 2017 at 3:11 pm

    Lilian and ezil vx kaiveni kuruvi nama

  21. Fangirl says:
    April 4, 2017 at 4:32 pm

    Shoooty. . Ur the best.. ???

  22. Sheeby says:
    April 4, 2017 at 4:33 pm

    Wow ❤️❤️❤️ I love your stories shooty??? new story eh ge v avahah kiyaalan libeyne kamah ummydhu kuran?

  23. Anonymous says:
    April 4, 2017 at 5:21 pm

    heevee vahaka nunimigen liyuntheriya bolah undhagu vegen ulhey hen. hama ehgothakah ves kamaku nudhey. vahaka feshunu iru varah interesting vi. ekamu dhigu break akah fahu enburi ais thi liyan feshi baithakah 100 in 50 dheyhaa ves nuvey… shooty akee kaamiyaabu vahaka liyaa kuhjjakah balaafa migothah mivahaka othyma mi bunely. dhn vahaka niunu thanun elen and jone ge bai nugenes vahakaige main 2 eleen and zain ge scenakun ninmaali nama ves kudakoh ves reethi vis. fahu dhe bai kiyaalumun feel varah bodah vey vahaka nunimigen ulhunu hen.
    shooty dhn liyaa vahaka r medhu migothah kanthah nukuraane kamah heekuran.

  24. Heyoedhy..... says:
    April 4, 2017 at 6:52 pm

    Shooty thihaa kadakon feshu adhi nimun gennkujjehnoon kurin mibuneefeshun mivaahaka kada vaahakaehnoon ekamu nimun mivaahakaagehin hamaennujehey nnmi gotheh
    Mee fahun mivaahaka kiyaa bayakavves shooty geliunthah migothah vetteyn beynn nuvaathee buneln ahi reethikon zen aai eleen ge adhi maariaage bayaa ekunnmun v feney

  25. Khadheeja says:
    April 4, 2017 at 8:00 pm

    Vvvv reethi???

  26. ....... says:
    April 5, 2017 at 12:24 am

    Aslu vaahakaehga vehjaa himenen jehey baithakeh hunnaane. Yuh did a great work, but there are somethings to correct. Aslu vaahaka nimeyiru ehvx hageegatheh neyngi othumaky vaahaka furihama nuvaane ehsababu. Misaalakah zein n eleen kaivenikuran ehbas v enmen nugabooluviyas. So egen jeheyne kanneynge gabool vitho noony noontho. Nuvias evaahaka genaun muhinmu. N aslu mi vaaakahaige main characters akee zein n eleen dhw ekm vaahaka jone n elan in ninmaalaafa inyma it confuses. Aslu bunevidhaane knmehen vaahaka ehga vehjaa nujeyney dhn emyhun dharin hoadhaa hisaabah dhaakah
    Eyge dhemyhun gulhunyma eyga maana akee dhn they live together n have kids n blah blah …… but mi vaahaka genesdyfa in gothun muhinmu kanneyge dhemyhun gulhuny enmenge gabool ga tho noony noontho himenun. Mihen mi buny eleen nugabool gavx hevey bunefa inyma. In my view this point is missing from this story. It would be better if yuh add that point. Loved to read this story….

    1. OMG says:
      April 5, 2017 at 11:31 pm

      I agree with u

    2. cher says:
      April 5, 2017 at 11:33 pm

      Mi story ehkn kiyrlrpha comment eh khlan Mi hury..Harysh Harysh Mi story vx

  27. Shahittey says:
    April 5, 2017 at 12:31 am

    V v v reethi mibaives. Dhen kon dhuvahakun ehen vaahakaeh upload kuraany?

  28. S#@#U says:
    April 5, 2017 at 6:17 pm

    Wow. V reethi. Adhives thikahala reethi vaahaka eh kiyaalan libeynekmah ummeedhu kuran.

  29. kokkiiieee says:
    April 8, 2017 at 11:11 am

    Maasha allah stoty warah reethi… ekam maa awahah thi nimmaaly… adhi dhigu kolli nama ithurah waahaka reethi weess…

  30. Ellie says:
    September 29, 2017 at 2:56 am

    This is just amazing… Eki meehunge taste thafaathu vaane. Like that this is my type story… Love it. Dhivehi story eh nukiye adhi mi site akun mikahala thafaathu and reethi.. Thanks shooty.. Looking forward to your upcoming story!!

Comments are closed.

All Right Reserved!