Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރޭޝަމް (11)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
April 2, 2017 7 Mins Read
68 Comments

“ރޭޝަމް!” ޒައިކް ކުރިއަށް އަތް ގެނެސް ރޭޝަމްގެ ދެއަތުގައި ހިފާލަން އުޅުނު ވަގުތު ކުއްލިއަކަށް ރޭޝަމް ޒައިކްގެ ގައިގައި ބައްދާލިއެވެ. ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ. ރޭޝަމްގެ މި ކުއްލި ހަރަކާތުން ހައިރާންވެފައި ހުރި ޒައިކްއަށްވެސް ބޭއިޚްތިޔާރުގައި ރޭޝަމްގެ ގައިގައި ހިފަހައްޓާލެވުނެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި ޝިފާންގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމުން ކާމިޔާބުގެ ކުލަތައް ފެންނަން ހުއްޓެވެ.

ރޭޝަމްއަށް ހީވީ އޭނާގެ ހިތުގައިވާ ހުރިހާ ވޭނެއް ފިލާދިޔަހެންނެވެ. ލޯމަރާލައިގެން އެ ތަނަވަސް މޭގައި އޮތްއިރު ޒައިކްގެ ގައިން ދުވަމުންދާ ސެންޓުގެ ހިތްގައިމު ވަހުން އެޖިސްމު އެއްވަސްކުރުވަމުން ދިޔައެވެ. ހިތް އެދެމުން ދިޔައީ މުޅި އުމުރަށް އެއަތުގެ ތެރޭ އޮވެ ފަނާވެދާށެވެ. ނަމަވެސް އެއީ އޭނާގެ ނަސީބުގައިވާ ކަމެއްނޫނެވެ. އޭނާއަކީ އެއަށްވުރެ ބަދުނަސީބު މީހެކެވެ.

ޒައިކްއަށްވެސް ކުރެވެމުން ދިޔައީ އާދަޔާ ޚިލާފު އިހުސާސެކެވެ. އެތައް ދުވަހެއްގެ ފަހުން އެ ބޭޤަރާރު ހިތަށް ފިނިކަން ލިބިގެން ދިޔައެވެ. ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިއްބައިދިނެވެ. ޒައިކް ދެލޯ މަރާލައިގެން ހުރިއިރު އެވަގުތުކޮޅު ދެމިގެން ދިއުމަށް އެދި ދުޢާކުރެވުނެވެ. އެހިތް މަސްތުގައި ގެނބެމުންދިޔަ ވަގުތު ރޭޝަމް ދުރަށް ޖެހިލިއެވެ. ޒައިކްއަށް ބަލާލެވުނީ ރޭޝަމްގެ ދެލޮލަށެވެ. އެދެލޮލުން ޒައިކް ގާތު ކޮންމެވެސް ވާހަކައެއް ބުނާކަން ޔަޤީނެވެ. އެއީ ކޮން ވާހަކައެއްކަން ޒައިކްއަށް ދެނެގަނެވޭ ގޮތެއްނުވިއެވެ.

“ރޭޝަމް! މިހާރު ދެން ވާވަރު ވެއްޖެއެއްނު ދޯ؟ ދެން ޒައިކްއަށް އެ އުފާވެރި ޚަބަރު ދޭންވީނު.” ޝިފާން ހެވި ދިއްލިފައިހުރެ ބުނެލިއެވެ. ކުއްލިއަކަށް ޒައިކްއާ ދުރަށް ޖެހިލަމުން ރޭޝަމްއަށް ބަލާލެވުނީ ޝިފާންއަށެވެ. އެއަށްފަހު ދެން އިސްއޮބާލިއެވެ.

“ކޮން ޚަބަރެއް؟” ސުވާލުގެ ނަޒަރަކުން ޝިފާންއަށް ބަލާލުމަށްފަހު ރޭޝަމްއަށް ބަލާލެވުނެވެ. ވާނުވާ ނޭނގި ފަހަރަކު މީހަކަށް ބަލަމުންދިޔަ ޒައިކް ކުރިއަށް ޖެހިލަމުން ރޭޝަމްގެ ދެކޮނޑުގައި ހިފާލަމުން ތަކުރާރުކޮށް ސުވާލުކުރިއެވެ. ގާވެފައިހުރި ރޭޝަމްގެ ދުލުން އެއްވެސް ބަހެއް ބޭރުވާގޮތެއް ނުވިއެވެ.

“ޒައިކް! އަހަރެމެން މިއުޅެނީ މެރީކުރަން. ރޭޝަމް މިހާރު ތައްޔާރުވެގެން އެހުރީ ރަންކިޔުމުގެ ރަސްމިއްޔާތަށް. ޒައިކްހާ މުއްސަނދި ނޫނަސް، ކައިވެނީގެ ކޮންމެ ރަސްމިއްޔާތެއްގައި ރޭޝަމް ހުންނަން ޖެހޭނީ މިގޮތަށް ނަލަ ހެދިގެން. ކިހާ ރީތި ދޯ؟” ޝިފާންގެ ކޮންމެ ބަހެއް ވިރުވާފައިހުރި ތިމަރަތަކެއް ފަދައެވެ. އޭގެ ވޭނުން ހިތް ފިހި މާނޭވާ ލެވެމުން ދިޔައެވެ. ޤަބޫލުނުކުރެވިގެން ދެއަތަށް ބޯ ހޫރާލެވުނެވެ.

“ތީ ދޮގެއް. ރޭޝަމް! ބުނޭ ޝިފާން އެހަދަނީ ދޮގޭ. ރޭޝަމް! ތިކައިވެނި ނުކުރޭ!” ޒައިކްއަށް ޤަބޫލުކުރަން ދަތިވިއެވެ. ރޭޝަމް އެގޮތަށް ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ؟ ޒައިކް ހިފަހައްޓައިގެން ހުރި ދެއަތް ނައްޓުވާލަމުން ރޭޝަމް އިސްއޮބާލީ ޝިފާން އެދައްކަނީ ތެދު ވާހަކައެކޭ ބުނާ ފަދައަކުންނެވެ. ޒައިކްއަށް ފަހަތަށް ޖެހިލެވުނެވެ. ރޭޝަމް އެވަރުން އެގުޅީ މިޚަބަރު ދޭންކަން އެނގުނުނަމަ އޭނާ ނުވެސް އައީހެވެ. ޒައިކް ދެލޯ މަރާލަމުން ދެއަތް ޖީބަށް ޖަހާލިއެވެ.

“ރޭޝަމްގެ އުފާވެރި ދިރިއުޅުމަށް މަރުޙަބާ!” އިތުރަށް އެންމެ މިނެޓެއްވެސް އެތަނުގައި ހޭދަކުރުން އެއީ ބޭކާރު ކަމެއްކަން ވިސްނި ޒައިކް އެގެއިން ނުކުމެގެން ގޮސް ކާރަށް އަރާ ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔަލެއް ބާރުކަމުން ހީވަނީ މުޅި ތަންވެސް އެއްވެފައިވާހެންނެވެ.

ޒައިކް ނުކުމެގެންދިޔަ މަންޒަރު ބަލަންހުރި ޝިފާން މާނަވީ ހިނިގަނޑެއް ޖަހާލިއެވެ.

“ކުރިންވެސް މިހާ ފަސޭހަ ކަމެއްކަން އެނގުނުނަމަ… ގައިމު މިހާ ދުވަހު އިންތިޒާރު ކުރާކަށް ނުޖެހުނީސް ދޯ.” ޝިފާން ކުރިއަށް ޖެހިލަމުން ރޭޝަމްގެ އަތުގައި ހިފާލިއެވެ. ރިހުމުން ހިތް ވިރިވިރި ހުރި ރޭޝަމްއަށް ދެލޯ މަރާލެވުނީ ޝިފާންގެ ކޮންމެ ކަމަކަށް ރުހެން މަޖުބޫރުވެފައި ވާތީއެވެ. އިތުރު ގޮތެއް އޭނާއަކަށް ނެތެވެ.

“ޝިފާން ތި ކަންތައް ކުރަނީ ރަނގަޅަކަށް ނޫން. މަޖުބޫރުން ލޯތްބެއް ހާސިލެއް ނުކުރެވޭނެ. އަހަރެންނަށް މަޖުބޫރުކޮށްގެން ކައިވެނި ކުރެވިދާނެ. އެކަމަކު ދުވަހަކުވެސް މިހިތުގަ ޝިފާންއަށް ލޯބީގެ އެންމެ އަކުރެއްވެސް ނުލިޔެވޭނެ. އަހަރެންގެ ފަރާތުން ޝިފާންއަށް ލިބޭނީ ނަފުރަތު. ހަމައެކަނި ނަފުރަތު.” ރޭޝަމް ނަފުރަތުގެ ތޫނު ބެލުމަކުން ޝިފާންއަށް ބަލާލިއެވެ. އެ ބެލުމުން ޝިފާން އަޅިއަށް ހަދާލާ ފަދައެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ހުސްނާ ހުރީ ހަދާނެގޮތް ހުސްވެފައެވެ.

“ޒައިކް ދަންނަ ހުރިހާ ކުދިންނަށް ގުޅިއްޖެ. އެކަކަށްވެސް ޒައިކް ވީތަނެއް ނޭނގެ.” ކުޑަދޮރު ކައިރީ ހުރެ ފޯނުން ފަހަރަކު މީހަކަށް ގުޅަމުންދިޔަ އާލިމްގެ ނިތްމަތިންވެސް ހާސްކަމުގެ ދާތިކިތައް ބަބުޅަމުން ދިޔައެވެ.

“ޒައިކް!” ހުސްނާއަށް ރޮވޭގޮތްވިއެވެ. އޭނާގެ ދަރިފުޅަށް ކަމެއްވީބާއޭ ހިތަށް އަރާވަރުން ބިރުން އެހިތް ރޫރޫ އަޅަމުން ދަނީއެވެ.

“މަންމާ!” އެތެރެއަށް ވަތް ޒައިކްގެ އަޑަށް ހުސްނާއާއި އާލިމްއަށް ބަލާލެވުނެވެ. ހުސްނާ ދުވެލާފައި ގޮސް ޒައިކްގެ މޫނުގައި ހިފަހައްޓާލައިގެން ހުރެ އެތަންމިތާ ބޮސްދިނެވެ.

“ދަރިފުޅު ބުނެވެސްނުލާ ކޮންތާކަށް ތި ދިޔައީ؟ މަންމަ ހާދަ ކަންބޮޑުވިޔޭ ދަރިފުޅަށް ކަމެއް ވީކަމަށް ހީކޮށް.” ހުސްނާގެ މައިވަންތަކަމުން ފުރިގެންވީ ފިރުމުންތަކުން ޒައިކްގެ ކެތްތެރިކަން ކޮޅުންލިއެވެ. ދެލޮލުން ކަރުނައިގެ ބޮޑެތި ތިކިތައް އެސްފިޔަތައް ފޫދުއްވާލާފައި އޮހިގަތެވެ.

“ދަރިފުޅާ! ކިހިނެއްވީ؟ ކަމެއްވީތަ؟ ބުނެބަލަ.” ކުއްލިއަކަށް ޒައިކް ރޯން ފެށުމުން ހުސްނާ ގަނެފައިހުރި އިތުރުވެ ތުރުތުރުލާން ފެށިއެވެ. އާލިމްއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ޒައިކް އެގޮތަށް ރޯނީ ވަރަށް ބޮޑުކަމެއް ވީމަކަން ޔަޤީނެވެ.

އާލިމް އައިސް ޒައިކް ގެންގޮސް އެނދުގައި ބޭންދިއެވެ. ހުސްނާ އައިސް ފެންތަށްޓެއް ދިއްކޮށްލިއެވެ. ޒައިކް ބޯ ހޫރާލިއެވެ. އޭނާގެ އަރުން ފެން ތިއްކެއް ދިރޭނީ ކިހިނެއް ހެއްޔެވެ؟ މިއަދު އޭނާގެ ހަޔާތުން ރޭޝަމް ގެއްލި ދިޔައީއެވެ. ރޭޝަމްއާނުލާ ދިރިހުރުން ވޭނަކަށް ވެފައިވާއިރު ރޭޝަމް އެހެންމީހެއްގެ ޙައްޤަކަށްވާން އުޅޭކަން އެނގި އެހިތުގައި ޖަހަމުންދިޔަ އެންމެފަހު ވިންދުކޮޅުވެސް ހުއްޓި ދިޔަ ކަހަލައެވެ.

“މަންމާ! އައިމް ސޮރީ! އަހަރެން ކެތްކުރަން ބޭނުން. އެކަމަކު ރޭޝަމް… ރޭޝަމް އެހެންމީހެއްގެ ޙައްޤަކަށް ވާތަން ދެކޭކަށް ކެތެއްނުވާނެ. އަހަރެންގެ ހިތުގަ އެހާ ބާރެއްނެތް.” ޒައިކް އޭނާގެ ދެއަތް ދެއަތާލާ ހިފަހައްޓާލަމުން ކަރުނައިގެ ތެރެއިން އޭނާގެ މަންމައަށް ބަލާލިއެވެ.

އާލިމް ހުރީ ވާނުވާ ނޭނގިފައެވެ. ޒައިކްއާއި ހުސްނާގެ ދެމެދުގައި އޭނާއަށް ނޭނގޭ ސިއްރެއްވާކަން އޭނާއަށް ޔަޤީންވިއެވެ. އާލިމް އެންމެ ހައިރާންވީ ޒައިކްގެ ދުލުން ރޭޝަމްގެ ނަން އަޑު އިވުމުންނެވެ. ޒައިކްއާ ރޭޝަމް ދިމާވީ ކިހިނެއް ހެއްޔެވެ؟ އަދިވެސް އެދެމެދުގައި ގުޅުމެއް ވަނީ ހެއްޔެވެ؟

“ހުސްނާ! ޒައިކް އެކިޔަނީ ކީކޭތަ؟ ވެގެންއުޅޭ ގޮތެއް އަހަރެންނަށްވެސް އެނގެންޖެހޭނެ ދޯ؟” އާލިމްގެ ވާހަކަދެއްކުމުގައި ހުރި ރުންކުރު ގޮތް ފެނިފައި ހުސްނާ ޖެހިލުންވިއެވެ.

“އަހަރެން މި ވާހަކަދައްކަނީ ހުސްނާއާއޭ.” ހުސްނާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން އާލިމް ބުނެލިއެވެ. އާލިމްގެ ބާރު އަޑުން ހުސްނާ ސިހޭގޮތްވިއެވެ. ރޮވިފައި އިން ޒައިކްއަށްވެސް ބަލާލެވުނެވެ. ބައްޕަ އެހާ ރުޅިއައިސްފައި ހުއްޓާ އޭނާއަށް ފެނުނު މީ ދެވަނަ ފަހަރެވެ. ފުލުހުން އޭނާގެ އަތުގައި ބިޑި އަޅުވައިގެން ގެންދިޔަ ދުވަހު އޭނާގެ ބައްޕަގެ މޫނުމަތިން ފެންނަންހުރި ރުޅިވެރިކަން މިއަދުވެސް ފެންނަން ހުރުމުން ޒައިކްއަށް ތެދުވެވުނެވެ. އަވަސްއަވަހަށް ދެއަތުން މޫނު ފޮރުވާލިއެވެ. މިކުރެވުނީ ކީއްކަން ވިސްނި ކަންބޮޑުވިއެވެ.

“ބައްޕާ! އެކަމުގަ މަންމަގެ އެއްވެސް ކުށެއްނެތް. މަންމަ ހުރިހާ ކަމެއްވެސް ކުރީ ބައްޕައަށްޓަކާ. މި އާއިލާއަށްޓަކާ. އަޅުގަނޑަށްޓަކާ. ޕްލީޒް! މަންމައާ ދިމާއަށް އެއްޗެއް ނުބުނުއްވާތި.” ޒައިކްގެ އަޑަށް އާލިމް ބަލާލިއެވެ.

“ޒައިކް ހިމޭނުން ހުރޭ! ބައްޕަ މި ވާހަކަދައްކަނީ މަންމައާ. އަހަރެންނަށް ނޭނގި ހުސްނާ ކަމެއް ނިންމަފާނެކަން އަހަރެންނަށް ޤަބޫލުވެސް ނުކުރެވިފަ މިހުރީ. މިހާރު އަހަރެން މިހިތަށް އަރަނީ މިކަހަލަ ކިތައް ކަންތައް ހުސްނާ އަހަރެންނަށް ސިއްރުކޮށްފަ ވާނެބާއޭ. ބަލަ ހުސްނާއެއް ނޫންތަ ބުނީ އަނބިމީހާއާ ފިރިމީހާއާ ދެމެދު އެއްވެސް ކަމެއް ސިއްރުކޮށްފަ އޮވެގެން ނުވާނެޔޭ. އެކަން ހުސްނާ ހަނދާން ނެތުނީތަ؟ ގައިމުވެސް އަހަރެން ނޯންނާނެ ހުސްނާއަށް އެއްވެސް ކަމެއް ސިއްރުކޮށްފައެއް. ދެން ކީއްވެ ހުސްނާ؟ މިހާރު ހުސްނާއަށް އަހަރެންނަށް އިތުބާރު ނުކުރެވޭ ހިސާބަށްވެސް ދިޔައީތަ؟” ވެގެންއުޅޭ ގޮތް ނޭނގި އާލިމް ހިތުހުރި އެއްޗެއް ބޭރުކުރަމުން ދިޔައެވެ. ހުސްނާ އެހުރިގޮތަށް ރޯލާރޯލާ ހުރީ ކުރެވުނީ ރަނގަޅުކަމެއް ނޫންކަން ވިސްނޭތީއެވެ. މިއަދު އޭނާއަށް އޭނާގެ ކުށް އިހުސާސްކުރެވެއެވެ.

“އާލިމް! ތިހެން ނުބުނޭ. އަހަރެން އާލިމްއަށް އިތުބާރުކުރަން. މިކަން މިވީ އަހަރެންނަށް އެވަރަށް ވިސްނާނުލެވި ކުރެވުނު ކަމަކުން. އާލިމް! އަހަރެންނަށް މަޢާފްކޮށްދީ. ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރެއް ނުވާނެ. ހުސްނާއަށް ރޮވޭވަރުން ވާހަކަދެއްކޭވަރެއް ނުވިއެވެ. އެހެން ވާނެތާއެވެ. ކައިވެންޏަށް އެތައް އަހަރެއް ވެފައިވާއިރު އޭނާއާއި އާލިމްއާ ދެމެދު ދުވަހަކުވެސް ދެބަސްވުމެއް ހިނގާފައެއް ނުވެއެވެ. އެހާ ލޯބިން އުޅެމުން އައިސް ކުރެވުނު ކުޑަކުޑަ އެންމެ ކަމަކުން އާލިމްގެ ހިތް އޭނާގެ މައްޗަށް ބުރަވީއެވެ. މިކަމުން ކެތްނުކުރެވޭ ވޭނެއް އެހިތުގައި އާލާވިއެވެ.

“ހުސްނާ! ދެން ނުރޮއި. ވީކަމެއް ވީ. ހުސްނާއަށް އެނގެއެއްނު ތިދެލޮލުން ކަރުނަ އޮހޭތަން ބަލަން އަހަރެންނަށް ފަސޭހައެއް ނުވާނެކަން. ދެންވެސް ހުއްޓާލާފަ ވީގޮތެއް ކިޔައިދީބަލަ.” އާލިމް ނުހަނު ލޯބިން ހުސްނާގެ ދެލޯ ފޮހެލަދިނެވެ. ހުސްނާއަށް އާލިމްގެ އަތުގައި ހިފަހައްޓާލެވުނެވެ. ހުސްނާ ހުރިހާ ވާހަކައެއް ކިޔައިދިނުމުން އާލިމްއަށް އެނދުގައި އިށީނދެވުނެވެ. ގޮތްހުސްވެފައިވާ މީހެއްހެން ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓާލެވުނެވެ.

އާލިމްއަށް ވީގޮތް ފެނިފައި ޒައިކްއަށް ކުރިއަށް ޖެހިލެވުނެވެ. ހުސްނާ އައިސް އާލިމްގެ އަނެއްފަރާތުގައި އިށީނެވެ. ޒައިކް ހުރީ ބައްޕަގެ ނިންމުން އަންނާނެ ގޮތް ނޭނގި ބިރުން ހިތް ތެޅިތެޅިއެވެ. ބައްޕަ އޭނާއާއި ރޭޝަމް ގުޅެން ރުހުނަސް މިހާރު އޭނާއަށް ރޭޝަމް ލިބޭކަށް ނެތެވެ. ޒައިކްއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.

“ޒައިކް!” އާލިމްގެ އަޑަށް ޒައިކް ބަލާލިއެވެ. ޒައިކްގެ ހިތް ތެޅިގަތްލެއް ބާރުކަމުން ހީވީ މޭ ފަޅާލާފައި ނުކުންނަން އުޅުނުހެންނެވެ. އާލިމް ދިން އުފާވެރި ޚަބަރުން ލޮލުން ކަރުނަ އޮހިގަތެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ.

“މަންމައާ ދަރިފުޅު ތި ކަންތައްކުރީ ރަނގަޅަކަށް ނޫން. ކުރިން ބައްޕައަށް އެނގުނުނަމަ މިކަން މިހިސާބަކަށް ނުދިޔައީސް. ކައިވެންޏަށް މިހާ ވަގުތު ގާތްވެފަ އޮއްވާ ބައްޕަ ކުރާނީވެސް ވަކި ކީއް؟ އެތައް ބަޔަކު މިކައިވެންޏަށް އައިސްފައިވާއިރު ރިޔާޒްއާ ވާހަކަދައްކާނެ ގޮތެއްވެސް ބައްޕައަކަށް ނުވިސްނޭ. އެކަމަކުވެސް ދަރިފުޅަށްޓަކާ ބައްޕަ މިކައިވެނި ހުއްޓުވާނަން. ރޭޝަމްއާވެސް ބައްޕަ ބައްދަލުކުރަން ބޭނުން. އޭނަ ދަރިފުޅަށް ދިން އަނިޔާއާ ހިތްދަތިކަން ދަރިފުޅު ހަނދާން ނައްތާލާ، މަޢާފްކުރުމުން ދެން ބައްޕަމެން ތިކަމުގެ ތެރެއަށް ވަންނާކަށް ނެތިން. ބައްޕައަށް ދަރިފުޅުގެ އުފަލަށްވުރެ އެހެން އެއްވެސް ކަމެއް މުހިންމެއް ނުވާނެ. ދެން ދަރިފުޅު ދޭ ނިދާލަން. ހެނދުނު ތިކަމާ އުޅޭނީ.” ޒައިކްގެ ބައްޕަގެ ނިންމުން އަޑު އިވުމުން އުފަލުން ރޮވިފައި ހުރި ޒައިކް އޭނާގެ ބައްފަގެ ގައިގައި އޮޅުލައިގަތެވެ. އެތައް ފަހަރަކު ޝުކުރު އަދާކުރުމަށްފަހު އެކޮޓަރިން ނުކުމެގެން އަމިއްލަ ކޮޓަރިއަށް ދިޔައެވެ. ޒައިކް ކޮޓަރިއަށް ވަތްގޮތަށް އެނދުމައްޗަށް ބަންޑުން ވެއްޓިގަތްއިރު އަތުތެރޭގައި އޮތް ބާލީހުގައި ބައްދާލިއެވެ.

“ރޭޝަމް! ދެން ރޭޝަމްއަކަށް ތިކައިވެންޏެއް ނުކުރެވޭނެ. އަހަރެން ތިކައިވެނި ވިޔަކަ ނުދޭނަން. ތީ އަހަރެންގެ މިލްކެއް. ހަމައެކަނި އަހަރެންގެ. ވަރަށް އަވަހަށް އަހަރެން ދާނަން. މިހާރު އަހަރެންނަށް ކެތްވަނީއެއް ނޫން. ހިތް އެދެނީ އުދުހިފަ ގޮސް މި އުފާވެރި ޚަބަރު ދޭން. މިޚަބަރު އިވި ރޭޝަމް އުފާވާނެވަރު ހިތަށްއަރާ. ލޮލަށް ނިދިވެސް ނާންނާނެކަން ޔަޤީން.” ޒައިކްއަށް އެގޮތުގައި ހިތާހިތުން ރޭޝަމްއާ ވާހަކަދައްކަން އޮވެވުނީ ކިހާއިރަކު ކަމެއް ނޭނގުނެވެ. ފަތިސްވީއިރުވެސް އޭނާއަށް އޮވެވުނީ ލޯބީގެ ޢާލަމެއްގައި ރޭޝަމްއާއެކު އުފާވެރި ހުވަފެންތަކެއް ދެކޭށެވެ.

ޒައިކް އެނދުން ތެދުވީ ހުސްނާ އައިސް ސައިބޯން ގޮވަން ފެށުމުންނެވެ. އޭރު އިރު މެދުޖެހެން ވެއްޖެއެވެ. ރޭޝަމްގެ ޚިޔާލުގައި އޮއްވާ އޭނާއަށް ނިދުނީތާއެވެ. ޒައިކް ފާޚާނާއިން ނުކުތްއިރު ހުރީ ފެންވަރާ ތާޒާވެލައިގެންނެވެ. ދަބަހުން ލާނެ އެއްޗެއް ހޯދައިގެން އެއްޗެހި ބަދަލުކޮށްލައިގެން ނުކުތްއޮރު ފޯނު މަތިން ކުޑަކޮށްވެސް ހަނދާނެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ބައްޕައާ ބައްދަލުކުރަން ބޭނުންވެފައެވެ.

“ޒައިކް! ފޯނު ކޮންތާކަށް ލައިގެން ތިއުޅެނީ؟ ހާދަ ވަރަކަށް ގުޅައިފީމޭ. ރޭގަވެސް ޚަބަރެއްނުވޭ. މިއަދު ސައި ގަޑީވެސް ފެނުނީއެއް ނޫން. ކިހިނެއްވީ؟ އަނެއްކާ ކަމެއްވީތަ؟” ކޮޓަރިން ނުކުމެގެން ތަންކޮޅަކަށް ނުދެވެނީސް ޒީނަތުއާ ދިމާވިއެވެ.

“ފޯނު.” ޒައިކް ދެޖީބުގައި އަތް ކާއްތާލިއިރު ފޯނު ނެތްކަން އެނގުނެވެ. ޒައިކް އަވަހަށް އަންނަންވެގެން ފޯނު ނުލާ އާދެވުނުކަން ހަނދާންވުމުން އެނބުރި ކޮޓަރިއަށް ދާން ހިނގައިގަތެވެ.

“އެއްވެސް ކަމެއްނުވޭ. ފޯނު ވީ ކޮޓަރީގަ. ކަމަކުތަ ގުޅީ؟” ޒައިކްގެ ފަހަތުން ޒީނަތު އަންނަން ފެށުމުން ޒައިކް އަހާލިއެވެ.

“ކަމަކުއެއް ނޫން. ނުފެނުނީމަ ވީ ކީއްތޯ ބަލާލަން.” ޒީނަތު ކުޑަކޮށް މަޑުޖެހިލަމުން ބުނެލިއެވެ. ޒައިކް މާލެ ދިޔަކަން އޭނާއަށް ވަނީ އެނގިފައެވެ. ރޭގައިވެސް އޭނާ ގުޅީ ޒައިކް މާލެ ދިޔައީ ކީއްކުރަންތޯ އަހާށެވެ. ނަމަވެސް މިހާރު އޭނާއަށް ހީވަމުންދިޔަ ހީ ހަޤީޤަތަކަށް ވާން އުޅޭހެންވެސް ހީވެއެވެ. އޭނާއަށް ޒައިކްގެ ފަރާތުން އެއްވެސް ކަމެއް ނޭނގޭނެއެވެ. އޭނާ ޖެހޭނީ އެހެން ގޮތަކުން އެކަން ހޯދާށެވެ. ޒައިކްގެ ފޯނަށް އެދުވަހު އައި ކޯލުން ރޭޝަމްގެ ނަން ފެނުނު ދުވަހުން ފެށިގެން އޭނާގެ ހިތުގައި ޝައްކުގެ އޮށް ވަނީ އިންދިފައެވެ. ދުވަހެއް ދުވަހަކަށް ޒައިކްގެ ކިބައިން ފެންނަ ކަންތައްތަކުން އެއޮށުން ގަސްފަޅާ އެގަސް ބޮޑުވެ ކުރިލާން ފަށައިފިއެވެ. ޒައިކްއާއި އެ ރޭޝަމްއަކާ ގުޅުމެއްވެޔޭ އޭނާގެ ހިތް ބުނެއެވެ. ކައިވެނި ހަމަޖެހުނުފަހުން ޒައިކްގެ މޫނުމަތިން ފެންނަން ހުންނަނީ މާޔޫސީގެ އަސަރުތަކެވެ. އެއްވެސް އުފާވެރި ކުލަވަރެއް ފެންނާކަށް ނުހުރެއެވެ. މިހުރިހާ ކަމަކާއިމެދު ޒީނަތު ވިސްނާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިހާރު އޭނާ ބޭނުންވަނީ ޒައިކް ގާތު ނާހާ ހަޤީޤަތް ހޯދާށެވެ.

ޒައިކް ކޮޓަރިއަށް ވަތްއިރު ފަހަތުން ޒީނަތުވެސް ވަނެވެ. ޒައިކް ބޭލި ޖިންސުގެ ޖީބަށް އަތްލާފައި ފޯނު ނެގިއެވެ. ފޯނުގެ އަރިމަތީ ފިތަށް އޮބާލާ ފޯނު ހުޅުވާލިއެވެ. އެވަގުތު ޒައިކްއަށް ލިބުނީ ހައިރާންކަމެކެވެ. އެއީ އޭނާގެ ފޯނެއް ނޫނެވެ. އެފޯނުގެ ސްކްރީނުން ފެންނަން އިނީ އަންހެންކުއްޖެއްގެ ފޮޓޯއެކެވެ. އެފޮޓޯގައި އިން ކުއްޖާ ދަންނަ ކުއްޖަކާ ވައްތަރުވިއެވެ. ޒައިކް އެއީ ކާކުގެ ފޯނެއްތޯ ބަލަން ބޭނުންވިއެވެ. އަދި އޭނާގެ ޖީބަށް އެފޯނު އައި ގޮތެއްވެސް ހޯދަން ބޭނުންވިއެވެ.

ޒީނަތުއަށް ޒައިކް އަތުގައި އޮތް ފޯނު ފެނުމުން ހައިރާންވިއެވެ.

“ތީ ކޮން ފޯނެއް؟ ޒައިކްގެ ފޯނު ކޮބާ؟” ޒީނަތު އެހެން ބުނުމުން ޒައިކް ދެވަނަ ފަހަރަށް ޖީބި ބަލާލިއެވެ. އޭނާގެ ފޯނު އޮތްތޯއެވެ. ދެން ޖީބުގައި އޮތް އޭނާގެ ފޯނު ނެގިއެވެ. ދެފޯނަށް ބަލަން އެނދުގައި އިން ޒައިކް ވިސްނުމެއްގެ ތެރޭ އިނދެ ޒީނަތުއާ ވާހަކަދެއްކިއެވެ.

“މީ ކާކުގެ ފޯނެއްކަމެއް ނޭނގުނު. އަހަރެންގެ ޖިންސު ޖީބަށް މިފޯނު އައި ގޮތެއްވެސް ނުވިސްނުނު.” ޒައިކް އެހެން ބުނެ އަނެއްކާވެސް ފޯނަށް ބަލާލިއެވެ.

“ޒައިކް އިއްޔެ މާލެ ދިޔައީމެއްނު. މީހަކު ޒައިކް އަތަށް ފޯނެއް ދިންތަ؟ ހަނދާންކޮށްބަލަ.” ޒައިކް ވިސްނާލިއެވެ. މާލެއިން އޭނާއާ ދިމާވީ ހަމައެކަނި ރޭޝަމްއާއެވެ. ޒައިކްގެ ހަނދާންތައް ގޮސް ރޭޝަމްއާ ހަމައިގައި ހުއްޓުނެވެ. ރޭޝަމްއާ އޭނަ ގާތްވި ވަގުތު ރޭޝަމް އޭނަ ގައިގައި ބައްދާލިގޮތެވެ. އެވަގުތުކޮޅު ރޭޝަމްގެ ހިތުގެ ތެޅުމާއި އެދެލޮލުގައި ވިދަވިދާ ހުރި ކަރުނަތަކުން ގޮތް ނޭނގޭ ކަންތައްތަކެއް އޭނާގެ ހިތާއި ސިކުނޑިއަށް ވެރިކުރުވަމުން ދިޔައެވެ.

“މިވާނީ ރޭޝަމް އަހަރެންގެ ޖީބަށްލީ އެއްޗަކަށް. ޔަޤީން ކޮންމެވެސް ކަމެއް މީގަ ވޭ. މިފޯނުން އަހަރެންނަށް ނޭނގޭ ކޮންމެވެސް ކަމެއް އަންގައިދޭން ރޭޝަމް އެއުޅެނީ.” ޒައިކްއަށް ވިސްނާލެވުނެވެ.

ޒައިކްއަށް ވިސްނުނީ ރަނގަޅަށެވެ. އެދުވަހު އޭނާ ރޭޝަމްއާ ބައްދަލުކުރަން ދިއުމުން ރޭޝަމްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފީއެވެ. ރޭޝަމް ބޭނުންވީ ޒައިކްއަށް ހުރިހާ ހަޤީޤަތެއް ކިޔައިދޭށެވެ. ނަމަވެސް ޝިފާންގެ ކުރިމަތީ އެކަން ހާމަނުކުރެވޭނެކަން އެނގޭތީ ރޭޝަމްއަށް އެގޮތަށް ކަންތައްކުރަން ޖެހުނީއެވެ. ޒައިކްގެ ގައިގައި ބައްދާލީ ޝިފާންއަށް ނުފެނި އެފޯނުގައިވާ ބޮޑު ސިއްރު ޒައިކްއަށް އަންގައިދޭށެވެ. އެފޯނު ޒައިކްގެ ޖީބަށް ލެވުމުން ރޭޝަމްއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ.

ޒައިކް އެގެއިން ނުކުތް ވަގުތުން ފެށިގެން ރޭޝަމް ވަގުތުތައް ގުނަމުން ދިޔައީ ނުތަނަވަސްކަމާއެކުގައެވެ. އެރޭ ހަތަރުދަން އޭނާ ހުސްކޮށްލީ ފިކުރުގެ ކަނޑެއްގައެވެ. ޝިފާންގެ ވަކިތަކުގެ ތެރޭ އޭނާ ހައްޔަރުވެފައިވަނީ ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެހެންނެވެ. ޝިފާންގެ އަތްދަށުގައިވާ އޭނާގެ ކުޑަކުޑަ ދަރިފުޅު ރިމްޝާގެ ހާލެއްވެސް އެނގެނީއެއް ނޫނެވެ. ޝިފާން ވަނީ ރިމްޝާ ހައްޔަރުކޮށްފައެވެ. އޭނާއާއި ޝިފާންގެ ކައިވެނި ކުރެވުމުން ރިމްޝާ ގެނެސްދޭނެކަމަށް ބުނެއެވެ. ރޭޝަމްއަށް އެދުވަހު އެފޯނު ފޮރުވުނުކަން އެއީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ އޭނާ އެހާލުގައި މަރުވެދާއިރުވެސް ޒައިކްއަށް އޭނާގެ ހާލެއް ނޭނގޭނެއެވެ.

ހެނދުނު އިރު ފެނުން ތޮޅެލިއިރުވެސް ރޭޝަމްގެ ލޮލުގެ ދެކުރެވި ގާތްވެނުލިއެވެ. މިހާރު ނިދި އޭނާއާ ރުޅިވެ އޭނާގެ ހަމަޖެހުން ގެއްލި ދިޔަތާ ކޮން ދުވަހެއް ހެއްޔެވެ؟ މިވަގުތު އޭނާ އިންތިޒާރުކުރަމުން އެދަނީ ޒައިކްއަށް ފޯނު ފެނި އެސިއްރު ހާމަވުމުން އެނބުރި އަންނާނެ އިރަކަށެވެ. ޝިފާންގެ ވަކިތަކުގެ ތެރެއިން އޭނާ ސަލާމަތްކޮށް ޒައިކްގެ މިލްކަކަށް ހަދާނެ ދުވަހަކަށެވެ. މިއީ އޭނާ ކުރާ އެންމެފަހުގެ އުއްމީދެވެ. މިބޮޑު ދުނިޔޭގައި އޭނާދެކެ ލޯބިވާ މީހަކަށް މިހާރު ހުރި ހަމައެކަނި މީހަކީ ޒައިކްއެވެ. މެންދުރުން އިރު ފަސްދީފިއެވެ. އަދިވެސް ޒައިކްގެ ޚަބަރެއް ނުވެއެވެ. ޒައިކް އަންނާނެބާއެވެ. ނޫނީ އޭނާގެ ލޯބިވާ މަންމައާއި ކޮއްކޮ ޝިފާންގެ އަތްދަށުވެ ނިމިދިޔަ ފަދައިން އޭނާވެސް ނިމިދާނީބާއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އައިޝާ 24

Next

މިލަހަނދުވަރު 7

Next
April 2, 2017

މިލަހަނދުވަރު 7

Previews
April 1, 2017

އައިޝާ 24

68 Comments!

  1. Saandy says:
    April 2, 2017 at 7:04 am

    Assalaam A’laikum!! Miothy “REYSHAM” vaahakaige 11 vana bai… Ummeedhu kuran hurihaa kudhinnahves kamudhaane kamah… Dhen othy vaahakaige fahu bai… Maadhamaa fahu bai genesdheynan… Insha Allah!! Miadhu Saandy v v bixy vaane… Ehenve miadhu genesdheven nethy in’gey… Ummeedhu kuran hurihaa kudhinnahves understand vaane kamah… Hurihaa kudhinnahves baajjaveri dhuvahakah edhen… Love u all 🙂

    1. Kiyaa Meehaa says:
      April 2, 2017 at 8:36 am

      Yes Saandy.. I understood.. Love u too ??

  2. Faiymini says:
    April 2, 2017 at 7:14 am

    Yey ..me first ?story hama habeys

    1. Saandy says:
      April 3, 2017 at 6:47 am

      ThanQ Faiymini 🙂

  3. YammYoon says:
    April 2, 2017 at 7:15 am

    Wow v nic…. obiness hama..???

    1. Saandy says:
      April 3, 2017 at 6:47 am

      ThanQ YammYoon 🙂

  4. mnnm says:
    April 2, 2017 at 7:17 am

    v salhi…keep it up saaandy.. ?..me first dhw

    1. Saandy says:
      April 3, 2017 at 6:48 am

      ThanQ mnnm.. Nooney thy 3rd 🙂

  5. Rose says:
    April 2, 2017 at 7:18 am

    Alhey story vvvv reethi… V kiyaahiyvaahisaabakun thininmaalay? plz adhi eh part upkohdhyba….. Love it

    1. Saandy says:
      April 3, 2017 at 6:49 am

      ThanQ Rose… Kuda irukolhakun up kolladheynan 🙂

  6. Chum handi says:
    April 2, 2017 at 7:19 am

    OMG… hama balabalaa huttaa thi upkoh dhinee…. vrh visnaigen keema lasve….. Saandy next part avs koh dheeba… vrh hih thelhey eba…

    1. Saandy says:
      April 3, 2017 at 6:50 am

      ThanQ Chum handi… Irukolhakun mi up kollany 🙂

  7. reimaa says:
    April 2, 2017 at 7:24 am

    Alhey haadhahaa kurey emigen beynunvivaguthu thinimmaalii alhey varah aadheyhaaeku miedhenii plx plx plxxxxxxxxx adhi ehpart up kohdiiiii muvaahaka nimenii dhw

    1. Saandy says:
      April 3, 2017 at 6:51 am

      ThanQ Reimaa… Yes mibai thankolheh kuruvy fahubai dhigukollan vegen… Kuda irukolhakun up kolladheynan 🙂

  8. rim says:
    April 2, 2017 at 7:46 am

    Asluves hama ehaabixiitha kuraanekamehnehthaa dhw ekamves ummiidhu kuran kommevagutheh hus koh dheyne kamah plxxxxxxxxxxxkohdhechey

    1. Saandy says:
      April 3, 2017 at 6:52 am

      ThanQ Rim… Hmm… Hama v bixykoh ulhuny iyye 🙂

  9. rim says:
    April 2, 2017 at 7:54 am

    Saanday thiihama sper igey hamagavaidhun dhu ahun dhuvahah ehaahedhunaa thi up kohdhenii v v v salhi saabas hama saanday ah mivaahaka nimuniima saanday gevaahaka eh avaha fahtaaathi igey

    1. Saandy says:
      April 3, 2017 at 6:53 am

      ThanQ Rim… Insha Allah!! Ehaa gina dhuvaheh nuve Saandyge vaahakaeh fashaanan 🙂

  10. maree says:
    April 2, 2017 at 7:54 am

    vvvv reethi

    1. Saandy says:
      April 3, 2017 at 6:53 am

      ThanQ Maree 🙂

  11. any says:
    April 2, 2017 at 8:09 am

    hadha rychey ummm

    1. Saandy says:
      April 3, 2017 at 6:54 am

      ThanQ Any 🙂

  12. Kiyaa Meehaa says:
    April 2, 2017 at 8:35 am

    Woww.. obiness to the maximum.. kudhinney kehtherivey.. Saandy maabodah busy vyma ehen ebuny.. noon nama up kohdheyne.. Keep it up! U’re one of my favorite writer in this site ??

    1. Saandy says:
      April 3, 2017 at 6:55 am

      ThanQ Kiyaa Meehaa… Thanks for understanding & support 🙂

  13. Cherry says:
    April 2, 2017 at 8:45 am

    Yeah bbe
    Maadhan genes dhinas ok
    Ekam v v kiyaa hiyvey
    Keivs kuran vaaane thaa dhw
    Btw alhe zaik dear avahah neelam ge video balaafa reysham salaamai kuran dhey love
    Haadha dhera vaane ehhh e dhekudhinnah gotheh vejjeyaa
    And btw zaik ge bappa ulhey gothun cherry bappa fenna hen hama hyvany
    ?

    1. Baby girl says:
      April 2, 2017 at 9:20 am

      bbe? seriously? Eynage ves nameh indheye e namun kiyaaba dhw. namun kiyan neyngenya nukiyaa ekahchekeyves konmehen bbe kiyaane kameh nei

    2. Anonymous says:
      April 2, 2017 at 9:45 am

      Baby girl is back!!!
      Boy!! what is wrong with you baby girl!!!!
      Pis pis pis pis
      Thankolheh boduvaru thiy!!!

    3. Baby girl says:
      April 3, 2017 at 1:05 am

      None of your business ?

    4. W says:
      April 3, 2017 at 5:46 am

      Your so stupid baby girl
      Oop, or should i say bbe!!!???
      LOL

    5. Saandy says:
      April 3, 2017 at 6:56 am

      ThanQ Cherry 🙂

    6. Saandy says:
      April 3, 2017 at 7:19 am

      Stop it guys… Pls don’t arugue here

  14. Elsaa says:
    April 2, 2017 at 9:47 am

    Baby girl ????

  15. Yax says:
    April 2, 2017 at 9:49 am

    Saandy mi bai varah reethi
    Dhen reysham zaik ah enme fahubaigai kiyaa dhey niy ” a thousand years” (By christina perri?) dw!!! eyrun haadha romantic vaaney?

    1. Saandy says:
      April 3, 2017 at 6:57 am

      ThanQ Yax 🙂

  16. Erzi says:
    April 2, 2017 at 11:12 am

    Wow varah reethii

    1. Saandy says:
      April 3, 2017 at 6:57 am

      ThanQ Erzi 🙂

  17. Azu says:
    April 2, 2017 at 11:30 am

    Miadhu buxy veema adhi kiriyaa mi kiyaalevunee…..haadha reehchey vaahaka….love u too saandy???

    1. Saandy says:
      April 3, 2017 at 6:58 am

      ThanQ Azu 🙂

  18. firu says:
    April 2, 2017 at 11:51 am

    omg. waau. v reethi mi part. saandy ge vaahaka thah aslu v kiyaa hiyvey. ❤?

    1. Saandy says:
      April 3, 2017 at 6:59 am

      ThanQ Firu… V ufaavejje Saandy genesdhey vaahakathah ehaa kiyaa hiyyvaathy 🙂

  19. Shaa says:
    April 2, 2017 at 12:06 pm

    Reeethi

    1. Saandy says:
      April 3, 2017 at 7:00 am

      ThanQ Shaa 🙂

  20. Alex says:
    April 2, 2017 at 12:26 pm

    Looking forward to the next part sandy.. Vaahaka hama obines to the max..

    1. Saandy says:
      April 3, 2017 at 7:08 am

      ThanQ Alex… Now uploaded 🙂

  21. Shai? says:
    April 2, 2017 at 12:41 pm

    Habeys☺

    1. Saandy says:
      April 3, 2017 at 7:09 am

      ThanQ Shai 🙂

  22. silver mist says:
    April 2, 2017 at 12:44 pm

    Varah reethi…..can’t wait for the next part

    1. Saandy says:
      April 3, 2017 at 7:10 am

      ThanQ Silver mist… Now uploaded 🙂

  23. Sham cham says:
    April 2, 2017 at 1:24 pm

    Can’t wait for the next part..story v v salhi???..avahah up kolla dheeba.

    1. Saandy says:
      April 3, 2017 at 7:11 am

      ThanQ Sham Cham… Now uploaded 🙂

  24. shelly says:
    April 2, 2017 at 1:48 pm

    wowwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

    1. Saandy says:
      April 3, 2017 at 7:11 am

      ThanQ Shelly 🙂

  25. afaa says:
    April 2, 2017 at 2:01 pm

    School in aihsa adhi Kiri ya mi kiuny
    Mi waahaka nimunakas
    Mikahala ehen waahaka
    Eh up kurahchey????

    1. Saandy says:
      April 3, 2017 at 7:12 am

      ThanQ Afaa… Insha Allah!! Maagina dhuvaheh nuve aa vaahaka-akaaeku en’buri annaanan 🙂

  26. Liu says:
    April 2, 2017 at 3:54 pm

    Fathi hugea alhukan adaakuru man fahun .dhen inthizaaru kurea veani SAANDY gea story yan konmeadhuvahaku ves..masha llah .v v furima..daily kon abadhuves kiyan comment nukuriyas.❤

    1. Saandy says:
      April 3, 2017 at 7:13 am

      ThanQ Liu… V ufaavejje konme dhuvahaku comment nukuriyas kiyaakan en’guneema adhi ehaa kamudhiyaeema 🙂

  27. any says:
    April 2, 2017 at 4:11 pm

    vaahaka hama habays

    1. Saandy says:
      April 3, 2017 at 7:14 am

      ThanQ Any 🙂

  28. Aphy says:
    April 2, 2017 at 6:42 pm

    Mi vaahaka ninmmaafa dhn saandy ge vaahakeh kiyaalan libeynee whn?????vvvv reethi….nimun ves v reethi vaane kan yageen?

    1. Saandy says:
      April 3, 2017 at 7:15 am

      ThanQ Aphy… Vaki dhuvaheh neynge bunaakah… Ekam ehaa gina dhuvaheh nuvaane… Insha Allah!! 🙂

  29. Thushaa says:
    April 2, 2017 at 6:53 pm

    Wow v rythi mi part ves next part vvvv kiyala hithun mihiree

    1. Saandy says:
      April 3, 2017 at 7:16 am

      ThanQ Thushaa… Now uploaded 🙂

  30. imagination says:
    April 2, 2017 at 8:07 pm

    yes… after five days… m back with y comments. lol. btw.. story rrethikamuge kolheh neii.. hehe.. imagination mee saandy ge emmmme emmmme bodu fan ingey. <3

    1. Saandy says:
      April 3, 2017 at 7:17 am

      ThanQ Imagination… V ufaavejje thihaa bodu fan eh libuneema 🙂

  31. ithoo says:
    April 2, 2017 at 9:30 pm

    Wow..v touchin konme akas mi part hehe..v reethi hama.. ☺

    1. Saandy says:
      April 3, 2017 at 7:18 am

      ThanQ Ithoo 🙂

  32. Shany says:
    April 2, 2017 at 10:43 pm

    Vvv reethi story eh.

    1. Saandy says:
      April 3, 2017 at 7:18 am

      ThanQ Shany 🙂

Comments are closed.

Next Episodeރޭޝަމް (12) – ފަހުބައި←


All Right Reserved!