އަދި އެންމެ ފަހަރަކު އެ ރީތި މޫނަށް ބަލާލަނަމޭ ހިތައި ބަލާލި ހިނދު ދެމީހުންގެ ނަޒަރު ބައްދަލުވި ވަގުތު ދެމީހުންގެ ހިތުގައި އާގޮތަކަށް ވިންދެއް ޖަހާލައިގެން ދިޔައެވެ. މިކަން އެދެމީހުންނަކަށް ރޭކައެއްނުލައެވެ. އެވަގުތު ސްކޫލުގެ ރަނގަބީލު ޖެހިގެން ދިޔުމުން ހައިޝަމް ހައިފާއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ހޯލަށް ދާން ލައިން ހަދަން ދިޔައެވެ. ހައިފާ ދެންވެސް އިނީ މަސްތުގައި ޖެހުންގޮތަށް އެއިންތަނުން ގުޑިލަންވެސް ނޭނގިފައެވެ. މަސްތު ނުވާންވީ ސަބަބެއްވެސް ނެތެވެ. ހައިޝަމްއަށް ލިބިފައިވަނީ އަންހެންކުދިންގެ ހިތްތަށް އެއަކަށް އަބަދުމެ […]
*7 އަހަރު ކުރި* އަހަރަކީ 2010ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8ވަނަ ދުވަހެވެ. ސްކޫލް ބޮޑު ބަންދު ނިމެން ގާތްވެފައިވާތީ، އާއަހަރަށް ސްކޫލަށް ބޭނުންވާ އެއްޗެހި ގަންނަން މަސްއޫލުވެ މަގުމަތީގައި އުޅުނު މީހުން މަދެއް ނޫނެވެ. އޭގެ ތެރެއިން އެކަކަކީ ހައިފާއެވެ. ހައިފާއަކީ އިސްކޮޅުން ދިގު ނޫނަސް ބައްޓަން ރީތި، ހަމުގެ ކުލަ އަލި، ބޮޑު ކަޅު ދެލޮލެއް ލިިބިފައިވާ ދިގު އެސްފިޔަތަކެއްގެ ވެރިއެކެވެ. ކޮނޑާ ހަމަޔަށް އަންނަ އެ ރާޅުބާނީ އިސްތަށިގަނޑު ފަހަތަށް އައްސާލެވިފައިވާއިރު، ލައިގެން […]
އޭނާގެ ކުރިމަތީގައި ހުރި އަހުޝަމްއަށް ނަޒަރު ހުއްޓާލައިގެން ހުރިނަމަވެސް، އަހުޝަމް ކީއެއްޗިއްސަކަށް ހައިފާއަކަށް ސަމާލުކަމެއް ނުދެވުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ހާސްވެފައެވެ. ހައިފާގެ ބޮލުތެރޭ ވަނީ ނޭނގޭ ތޫފާނެއް އުފެދިފައެވެ. މިއަދާ ހަމަޔަށް ޖެހެންދެންވެސް އޭނާ ލޯބިވަމުން އައި، އޭނާގެ ހިތް އެފަރާތަކަށް އެދި ގޮވި ފަރާތް މިއަދު އޭނަ ދެކެ އެއްވެސް ލޮތްބެއް ނުވެޔޭ ބުނި ހިނދު ހައިފާއަށް އޭނާގެ މުޅި ދުނިޔެ އެއްކޮށް ފުނޑުފުނޑުވީ ކަހަލަ އިހްސާސްއެއް ކުރެވުނެވެ. ް އިންތިޒާރު ކޮއްލައްވާ…