“އަޅުގަނޑު ކުރި ކަމެއް ތީ” އިވުނު އަޑު ދިމްރާއަށް ދިޔައީ ގަބޫލުކުރަންވެސް ދަތިވެގެންނެވެ. އޭނާ އެވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް ދިމްރާ ކުޑަ ކޮންވެސް ހިއެއް ނުކުރެއެވެ. ޔުއާންގެ އަޑު އިވުމުން އެހެން ކުދިންނެކޭ އެއްފަދައިން ދިމްރާއަށްވެސް އިސްއުފުލާ ބަލައިލެވުނީ އިވުން އަޑު ޔަޤީން ކޮށްލުމަށެވެ.އޭރު އެ ހުރިހާ ކުދިންގެ މޫނު މަތިންވެސް ފެންނަމުން ދިޔައީ ޔުއާން ބުނި އެއްޗެއް ގަބޫލު ނުކުރެވިފައިވާފަދަ އަސަރުތަކެކެވެ. ހައިރާން ކަމާއިއެކު ހުރިހާ ކުދިންނަށްވެސް ޔުއާންއަށް ބަލަހައްޓައިގެން ތިބެވުނީއެވެ.މިއަދު ކުރިމަތިން ފެންނަމުން […]
” ދެންހެވޭ.. ތިކަން އެނގޭ އަހަންނަށްވެސް.. ބޭނުންވީ އެއައިޝާ ލަދުގަންނަވާލަން.. އެކަން ބަރާބަރަށްވެއްޖެ.. ކަލޭމެންނަށް ވަރަށް ޝުކުރު.. ދެން ހިނގާދާން ކާން.. މިހާރު އޭނަ ގޮސްދާނެ” ހަބީބާ އޭނާގެ ރައްޓެހިން ގޮވައިގެން އަނެއްކާވެސް ކާމޭޒު ކައިރިއަށް ދިޔައެވެ. އަދި މާޝައަށް ގޮވާލަމުން ރިހަ އެޅިފަހުރިތަން ސާފުކުރުމަށް ބުނެލިއެވެ. ގެއަށް ވަދެވުމާއެކު އައިޝާއަށް ބާރަށް ރޮވެން ފެށުނެވެ. އަަބދުވެސް އައިޝާ ހީކުރަމުން ދިޔައީ މަންމައެއްގެ ފަރާތުން ނުލިބުނު ލޯބި މައިދައިތަގެ ފަރާތުން ލިބޭނެ ކަމަށެވެ. ނަމަވެސް ހަބީބާ އާއި […]
ފެރީ ޓާމިނަލުން ނިކުމެ ސައިކަލަށް އަރާ ދުއްވާލި ލޫކްގެ މޫނުމަތީގައި ވަނީ ލުއި ހިނިތުން ވުމެކެވެ. ކުލަ ކުޑަކޮން އަދިރި ނަމަވެސް ބޯބޯ ބުމައަކާ، ދިގު އެސްފިޔަތަކާއި ފިޔާތޮށި ކުލަ އަރާ އެ ތުންފަތަކީ ގިނަ އަންހެން ކުދިން މަރުދޭ ސިފަ ތަކެކެވެ. ލޫކަކީ މާލޭގެ މުއްސަންޖެއް ކަމަށްވާ ރޯނު އިދުރީސްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ. އާދައިގެ ވަރަކަށް ދުއްވަމުން ދިޔަ ލޫކްގެ ސައިކަލު މަދުކުރަން ޖެހުނީ ސޯސަން މަގު އޭޑީކޭ ކައިރީ ހުންނަ […]
” ނޭނގެ އެއްނު އޭނަ މިހާރު މީހާކާ ނީންނަ ކަމެއްވެސް… އޭރުވެސް..” ނީލްގެ ވާޙަކަތަށް ހުއްޓާލީ ނާކިލްގެ އަނޑަށެވެ. “ހުއްޓާލާ ނީލް.. އައިވޯންޓް ޓު ބީ އެލޯން..ޕްލީޒް..” ނަކީލް ގެ އެދުމުގެ މަތިން ނީލް ކޮޓަރިން ނިކުމެގެން ދިޔައެވެ. އަދިވެސް ނަކީލް ގެ ހިތް އެދިގޮވަމުން ދިޔައީ އެ ހިތުގެ ވެރިޔާއަށެވެ. ކިތަންމެ ވަރަކށް ހިތްދަތިކަން ދީފައި ދިޔަނަމަވެސް މެއެވެ. ޝަކުވާ ކުރެވި ނަޕްރަތުކުރެވެނީ ނަކީލް ވި ލޯބީގައި ކޮޅުފައި ޖެހީތީއެވެ. ދުވަހަކުވެސް މާފެއް ނުކުރާނަމެވެ. ………………………………………………………………………………. […]
އިރު އޭނގެ ވާޖިބް އަދާކުރަމުން ދުނިޔެއާއި އަލްވަދާއު ކިޔަމުންދިޔައީ އަނދިރިކަންވެރިކުރުވަމުންނެވެ. އުނޑުގައި ރަތްވިލާތަކުން އެކިއެކި ޖާދުވީ މަންޒަރު ކުރަހައި ކުލަޖައްސަމުން ދިޔައިރު ބަލާލެވޭ ކޮންމެ މީހަކަށްވެސް ހިތާ ހިތުން ތައުރީފްކުރެެވި ހިތްހަމަޖެހުން ލިބިގެން ދެއެވެ. މާހައުލަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ދޮންވެލިގަނޑަށް ބީއްސަމުންދިޔަ ކުދިކުދި ރާޅުތަކުން ކުޅެލާ ހިތްގައިމު މިއުޒިކީ އަޑުތަކުންނެވެ. އިރުއޮއްސޭ މަންޒަރުގެ ހިތްގައިމުކަން ތަސައްވުރުކުރަމުން އާއިލާއާއި ރައްޓެހީންނާއި އެކު ވަގުތު ހޭދަކުރުމަށް އައިސްތިބި އެކިއެކި އުމުރުފުރާރތަކުގެ މީހުންގެ ސަބަބުން އާޓިފިޝަލް ބީޗް ވަނީ […]
ފެރީ ޓާމިނަލުން ނިކުމެ ސައިކަލަށް އަރާ ދުއްވާލި ލޫކްގެ މޫނުމަތީގައި ވަނީ ލުއި ހިނިތުން ވުމެކެވެ. ކުލަ ކުޑަކޮން އަދިރި ނަމަވެސް ބޯބޯ ބުމައަކާ، ދިގު އެސްފިޔަތަކާއި ފިޔާތޮށި ކުލަ އަރާ އެ ތުންފަތަކީ ގިނަ އަންހެން ކުދިން މަރުދޭ ސިފަ ތަކެކެވެ. ލޫކަކީ މާލޭގެ މުއްސަންޖެއް ކަމަށްވާ ރޯނު އިދުރީސްގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ. އާދައިގެ ވަރަކަށް ދުއްވަމުން ދިޔަ ލޫކްގެ ސައިކަލު މަދުކުރަން ޖެހުނީ ސޯސަން މަގު އޭޑީކޭ ކައިރީ ހުންނަ […]
ހުކުރު ދުވަހުގެ ހެނދުނު އަނާނީއަށް ހޭލެވުނު އިރު ތުނިތުނިކޮށް ވާރޭ ވެހެމުންދިޔަ ތަން ކުޑަދޮރުން ފެންނަން ހުއްޓެވެ. ވަރަށް ކަންނެތް ގޮތަކަށް އެނދުން ތެދުވީ، ކޮންމެހެން ތެދުވާ ހިތަކުންނެއް ނޫނެވެ. އަދިވެސް ނިދަން އޭނާ ބޭނުމެވެ. ރޭގައި މާ ދަންވަންދެން ފޯނާ ކުޅެން އޮވެވުމުން، ނިދުނީ ވަރަށް ލަހުންނެވެ. އެހެންކަމުން، އަދިވެސް އެ ދެލޮލުން ނިދީގެ އަސަރު ނުފިލައެވެ. ނަމަވެސް، ހުކުރު ދުވަހަށްވުމުން، ގޭގައި ކުރަން ޖެހޭ މަސައްކަތްތައް ގިނަވާނެއެވެ. އަދި، ލިއުދައްތައާއި އަޒްކާ ހޭލަން ވާއިރަށް […]
ޖެހިގެން އައި ދުވަހު އަނާނީ ކޮލެޖަށް ގޮސް މާ މަޑުމަޑުން އިނުމުން ރީޝާއަށް މިކަން ފާހަގަކުރެވުނެވެ. ފަހަކަށް އައިސް އަނާނީ ވަރަށް ސަކަރާތް ޖަހައެވެ. ނަމަވެސް މިއަދު އެގޮތަށް އިނުމުން ރީޝާގެ ހިތުގައި ސުވާލު އުފެދުނެވެ. އަދި، ވެގެން އުޅޭ ގޮތް އަހައިލާނެ ދަނޑިވަޅަކަށް ބަލަބަލާ އިނެވެ. “އޭއް! ކިހިނެއްވެފަ ތީނީ؟ ގޭތެރޭގަ ކަމެއް ހިނގީތަ؟ ލިއުދައްތަ އެއްޗެކޭ ބުނީ ދޯ!” ލެކްޗާރ ނިމުންތަނާހެން ރީޝާ އަނާނީއާ ވާހަކަ ދައްކައި، ވީގޮތް އޮޅުންފިލުވަން އުޅުނެވެ. “ނޯ، ނަތިންގ!” […]
ގިނަ ކިޔުންތެރިންގެ އެދިލެއްވުމަކަށް މިވާހަކަ ކުރުގޮތަކަށް ފާއިތުވެ ދިޔަ ބައިތަކަށް އަލިއަޅުވާލުމެއް؛ މަޝްހޫރު އާށާ އޭނާގެ ހައިބަތުގައި މީހުންނާ ސަލާމް ކުރަމުން މުބާރަކްބާދް ހޯދަމުން އެހާމެ ޒީނަތްތެރި ކޮށްފައިވާ ހޯލަކަށް ވަދެގެން ދިޔައެވެ. މިހޯލުވެސް އޭނާއަށްޓަކައި ތައްޔާރު ކޮށްފައިވާ ކަހަލައެވެ. ހަމަޔަޤީނުންވެސް ކޮންމެވެސް ބޮޑު ކަމަކަށް ތައްޔާރު ކޮށްފައިވާކަން ދޭހަވެއެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ. އެހަފްލާއަކީ އޭނާގެ 125 ވަނަ ފޮތް މާކެޓަށް ނެރެނީއެވެ.އޭނާގެ ޤަލަމުން އެތަށް ފޮތެއް އޭނާ ލިޔެފިއެވެ. ތަފާތު ނަންތަކުގަ އޭނާ ފޮތްތަށް […]