Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން(11)

ޔުއާންއަކީ ގިނަފަހަރު މޫނުމަތިން އެއްވެސް ޝުއޫރެއް ދައްކާނުލާ ކުއްޖަކަށް ވީއިރު ދިމްރާ ފެނުމުން ޔުއާންގެ ހަރަކާތްތައް ހުރި ގޮތުން އެކަމާ އެންމެ ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައީ ޒީނަތުއަށްކަން ގައިމެވެ.

“ދަރިފުޅާ!ކިހިނެއް ތި ވާހަކަ ދައްކަނީ”ޔުއާން ދިމްރާއާއި ދިމާލަށް އިނގިލި ދިއްކޮށްގެން ހުރި އަތުގައި ހިފާ ތިރި ކުރުވަމުން ޒީނަތު ބުނެލިއެވެ.

”އެކަމުވެސް މޯމް..އޭނައާ އެއްތާކު އަހަރެންނަކަށް ކެތެއް ނުވާނެ”

“އިޓް މިންސް ޔުއާން އަހަރެންދެކެ ލައިކު ވަނީއޭދޯ..އެހެންވިމަތާ އެއްތާކު އުޅެން ކެތްނުވާނީ” އެއްޗެއް ނުބުނެ ހިތްވަރުކުރަމުން ދިޔަ ނަމަވެސް ދިމްރާގެ އަނގައިން އެބަސްތައް ބޭރުވެގެން ދިޔައެވެ.އޭރު ޔުއާންގެ ލޮލުން ފެންނަމުން ދިޔަ ރުޅިވެރިކަން ދިމްރާގެ ލޮލުންވެސް ފެންނަމުން ދިޔައެވެ.

“ދިމް..އޭރުވެސް ދޮންބެ ބުނީމޭނުން ފައިޓް ނުކުރައްޗޭ”

“ހައް!އާރ ޔޫ ކްރެޒީ..އަހަރެން މީ މޮޔައެއްތަ ތިކަހަލަ މޮޔަ ކުއްޖެއްދެކެ ލައިކުވާން” ދިމްރާ އެހާ ފާޅުގައި އެހެން ބުނެލީތީ ޔުއާން ކަޑަވި ނަމަވެސް އެކަން މޫނު މަތިން ނުދައްކަންވެގެން ބުނެލިއެވެ.އޭނާ އެންމެ ރަކިވީ މަންމަ އާއިި ބައްޕަ ހުއްޓަ އެފަދަ އެއްޗެއް ދިމްރާ ބުނީމައެވެ.

“ވަޓް..ކީކޭ؟ މޮޔަ ކުއްޖެކޭ..ހައް!އައި ކާންޓް ބިލީވް ދިސް..އަހަރެން މީ މޮޔައެއްވިއްޔާ ޔުއާން އަކީވެސް މޮޔައެއް”

“އަހަރެން މީ މޮޔައެއް ނޫން..އެކަމު ތިއީ މޮޔައެއްކަން މިތާ ތިބި މީހުންވެސް ގަބޫލު ކުރާނެ”

“ހައު ޑޭރ ޔޫ..ޔުއާންއަކަށް އަހަރެންނާ ދިމާލަށް ތިހެންނެއް ނުކިޔޭނެ..ޔޫ ފޫލް” ދިމްރާ އާއި ރުޅީގައި ޔުއާންއާއި ކައިރިއަށް ހުއްޓެމުން ބުނެލިއެވެ.

“ސްޓްޕިޑް..އައިމް ނޮޓް އަ ފޫލް..ޔޫ އާރ”

“މައިންޑް ޔުއަ ލެންގުއޭޖް ޔުއާން”

“ފުރަތަމަ ދިމްރާ ތިކަން ދަސްކޮށްބަލަ..ޔޫއާ ބިހޭވިން ލައިކު އަ ތްރީ އިޔާސް އޯލްޑް ކިޑް”

“ޔުއާން..ޔުއާ ޖަސްޓް އަ އެކްސްޕްރެޝަންލެސް ޕާސަން”

“ވަޓް.ހޫ..މީ” ޔުއާން ދެލޯ ބޮޑުކޮށްލާފައި އެހެން ބުނެލި ގޮތުން ދިމްރާ އެބުނި އެއްޗެއް ގަބޫލު ނުކުރެވުގެން އުޅޭކަން ހާމަ ކޮށްދެއެވެ.އޭރު ދެމީހުން ހީވަނީ އެކަކު އަނެކަކު ގަޔަށް ދެންމެ ދެންމެ އަރައިގެންފާނެ ހެންނެވެ.އެ ދެލޮލުން މީހަކު އަންދާ އަޅިއަށް ހެދޭނަމަ ދެމީހުން އެކަންވެސް މިހާރު ކުރީހެވެ.

“ދިމް ކީކޭ ދޮންބެ ބުނީ..” ދާނިޝް އެހެން ބުނެލީ ދިމްރާގެ ދެކޮނޑުގައި ހިފާއި ޔުއާންއާއި ދުރަށް ގެންދަމުންނެވެ.

“ސޯ ހަމަ މިހާރު އަވަހަށް ޔުއާން ކިބައިން މާފަށް އެދީ”

“އެކަމު ދޮންބޭ ޔުއާންއޭ ފަސްޓް ފެށީ” ދިމްރާ އެހެން ބުނެލި އިރުވެސް ހުރީ ޔުއާންއާއި ދިމާލަށް ދެލޯ އަޅާލައިގެންނެވެ.

“އެއީ ތެދެއް..އާން ނުވާނެ އެގޮތަށް ވާހަކަ ދައްކައިގެންނެއް..އެހެންވީމަ އާން ދިމް ކައިރިން މާފަށް އެދީ ހަމަ މިހާރު” އިވިގެން ދިޔައީ ނާސިރުގެ ހަރުކަށި އަޑެވެ.ނާސިރުގެ މޫނުމަތީގައިވާ ލާނެއް ހިނިތުންވުމެއް ރުޅިއައިސްފަ ތިބި ދިމްރާ އަދި ޔުއާންއަކަށްވެސް ނުފެނެއެވެ.އެދެމީހުންނަށް އިވުނީ ހަމަ އެކަނި ނާސިރުގެ ހަރުކަށިއަޑެވެ.އޭރު ނާސިރުއެކޭ އެއްފަދައިން ދެންތިބި މީހުންގެ ހާލަކީވެސް އެއީއެވެ.އެކަކު އަނެކަކާ ހަތަރުކަޅި ހަމަކޮށްލަނީ ލާނެއް ހިނިތުންވުމަކާއި އެކުއެވެ.

ނާސިރުގެ އަޑު އިވުމުން ޔުއާންގެ ރުޅިވީ ގަދައެވެ.ދިމްރާ އާ ހެދި ބައްޕަ އޭނާއަށް އެންމެފަހުން އަޑުވެސްލީއެވެ.ދަތްކުޑި ވިކާލަމުން އޭނާ ފަޒާގެ ތެރެއަށް ނޭވާއެއް ދޫކޮށްލިއެވެ.އަދި ރުޅިވެރި ނަޒަރަކުން ދިމްރާއާއި ދިމާލަށް ބަލައިލަމުން މައާފަށް އެދުނެވެ.

“ދިމްވެސް ދެން ބަލަހައްޓައިގެން ހުންނަންވީއެއް ނޫން..ދިމްވެސް ރަނގަޅަކަށް ނޫން މިއަދު ތި ވާހަކަ ދެއްކީއެއް..ޔުއާން ކިބައިން މާފަށް އެދީ” ދާނިޝް ދިމްރާއާއި ދިމާލަށް ބުނެލިއެވެ.

“ސޮރީ” ދާނިޝް އެހެން ބުނުމުން ދިމްރާވެސް ހިތާ ދެކޮޅަށް ޔުއާން ކިބައިން މައާފަށް އެދުނެވެ. ނަމަވެސް ދެމީހުންކުރެ އެކަކުގެ މޫނުމަތިންވެސް މައާފަށް އެދޭއިރު ހުންނަން ޖެހޭފަދަ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.އެތާ ތިބި އެންމެންނަށްވެސް އެއީ ދެމީހުން އިތުރު ގޮތެއް ނެތިގެން ބުނެލި ބަހެއްކަން އެނގެއެވެ.

ދިމްރާ މައާފަށް އެދުމާއިއެކު ފެނިގެން ދިޔައީ ޔުއާން ސިޑިއާއި ދިމާލަށް މިސްރާބުޖެހިތަނެވެ. އެއާއެކު ޒީނަތުވެސް ދިމްރާ ގޮވައިގެން ދިމްރާ ހުންނަން ހަމަޖައްސާފައިވާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.ދިޔާން ދިޔައީ އަމިއްލައަށްށެވެ. އެކިފަހަރުމަތިން އެގެއަށް އެގޮތަށް އައިސްފައިވާތީ އެގެ ވަނީ ދިޔާންގެވެސް އަމިއްލަ ގެއަކަށް ވެފައެވެ.އެހެންކަމުން ދިޔާންއަށް އޭނާ ދާންޖެހޭ ކޮޓަރި ވަރަށް ރަނގަޅަށް އެނގެއެވެ.އެއީ އަބަދުވެސް އެގެއަށް އައިސް އޭނާ ހުންނަ ކޮޓަރިއެވެ.

ނާސިރުމެން ސައިބޮއެގެން ދާން އެދުމުން ދާނިޝް އެކަމަށް އުޒުރުވެރިވިއެވެ.އަދި ދިމްރާއަށް ކޮޓަރި ދައްކާފައި އެނބުރި އާއި ޔުއާންގެ މަންމަ ޒީނަތު ކައިރީ ދިމްރާގެ އުޅުން ހުންނާނީ އެހެންކަމާއި ހިތްބުރަ ނުކުރުމަށް އެދުނެވެ.ޒީނަތު އެއީ އެއްވެސް ކަމެއް ނޫން ކަމަށާއި ދިމްރާވެސް ދަރިއެއް ފަދައިން ދެކެންކަމަށް ބުންޏެވެ.އަދި ދިމްރާގެ އެ މިޒާޖުން ވަރުގަދަ ބަދަލެއް ގެއަށް އަންނާނޭ ބުނެލީ ހިނިތުންވެލާފައެވެ.އެއާއެކު ދާނިޝްމެންގެވެސް މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ.

އަލަށް އާއި ދިމްރާގެ ސަބަބުން ޔުއާންގެ އެ ދިރިއުޅުން ބަދަލްވާނެ ކަމަށް ޔުއާންގެ މަންމަ ޒީނަތުގެ ހިތް ބުނަމުން ދިޔައެވެ.އެއީ އޭނާ އިންތިހާއަށް ބޭނުންވެފައިވާ ކަމެކެވެ.ޔުއާންގެ ކުރީގެ އުޅުން އަނބުރާ ގެންނަން ޒީނަތު އިންތިހާއަށް ބޭނުންވެއެވެ.ކަންކަމުގައި އެކަހެރިވެ، މަޑުމައިތިރިވެފައި ހުންނަ ޔުއާންފެނި އޭނާ ދެރަވެއެވެ.ޔުއާންގެ، ދިޔާންއާއި ޝާރިމް ފިޔަވާއި އިތުރު ރަހުމަތްތެރިއެއްވެސް ނުހުންނާތީ އޭނާއަށް އެކަމާ ވިސްނެއެވެ.

ނޭނގެނީ އެ ބަދަލުތައް އައުމުގެ ސަބަބެވެ. ކޮންމެފަދަ ސިއްރެއް އޭގެ ފަހަތުގައި ވީ ކަމުގައިވިޔަސް އޭނާ ބޭނުންވަނީ ޔުއާންގެ ކުރީގެ އެ އުފާވެރި ހިނިތުންވުމާއިި އެ އެކުވެރިކަން އަނބުރާ ގެންނާށެވެ.އަދި އޭނާއަށް އެކަން ފުރިހަމަ ކޮށްދޭނެ ކުއްޖަކީ ދިމްރާއޭ އެހިތް ބުނަމުންދެއެވެ.

“ހޭ!އެނގޭތަ ނޫހުގަ އޮތް ހަބަރެއް..ރުޅި އަންނަ މީހުން ވަރަށް އަވަހަށް މުސްކުޅިވެޔޯ” ދިޔާން އައިސް ދިމްރާއަށް ހާއްސަކޮށްފައިވާ ކޮޓަރިއަށް ބޯ ދިއްކޮށްލިއިރު ދިމްރާ ހުރީ ހެދުންތައް އަލަމާރިއަށް ލާށެވެ.

“ރަނގަޅެއްނު..އޭރުން ގައިމުވެސް ދެން ބޭބީއެކޭ ނުކިޔާނޭނުން” ދިމްރާ އެހެންބުނެލީ އޭނާ ކުރަން ހުރި މަސައްކަތުގައި މަސްއޫލްވެގެން ހުރެއެވެ.

“މައި ލޯބިވާ ދިމް ޕްރިންސެސް..ރުޅިމަޑުކޮށްބަލަ ދެން” ދިޔާން އެކޮޓަރީ ހުރި ސޯފާ ގޮނޑިއަކަށް ޖެހިގަންނަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އަހަރެން ވާ ރުޅި މަޑޭނުން..މީ ހައްތަހާވެސް ޔާންގެ ކަންތަކޭ..އަހަރެން ފާޅުގަ އިންކާރު ކޮށްކޮށް ހުއްޓަ ޖެހޭތަ އެއްބަސްވާން”

“ދެން އަންނަ ހިތްވެފަ ހުރިލެން ބޮޑުކަމުން އެއްބަސް ވެވުނީއްޔޭ..ދެން ވިއްޔަ އަދި މިނިވަންކަމާއިއެކު އުޅެލެވޭނީ” ދިޔާން ލާނެއް ހިނިތުންވުމަކާއިއެކު އެހެން ބުނެލިއިރު ދިމްރާ ހުރީ މޫނު ހަދައިގެންނެވެ.

“ތީ ދޯ އެހާ އަވަހަށް އެއްބަސް ވެވިގެން މިއުޅޭ ސަބަބަކީ..ބުނާނެ އެއްޗެއްވެސް ދެން ނެތް ތިކަމަކަށް..ސޯ އަވަހަށް މިތަނުން ނުކުންނަން ފެންނަނީ..” ދިމްރާ އޭރުވެސް ހުރީ މޫނު ހަދައިގެންނެވެ.އަދި އެހެން ބުނެލުމަށްފަހު ކޮޓަރިން ނެރުމަށްޓަކައި ދިޔާންގެ އަތުގައި ހިފާ ދަމަން ފެށިއެވެ.

“އޯކޭ! އައިމް ސޮރީ.އައިމް ސޮރީ..މާފަށް އެދެންވެގެންނޭ މިއައީވެސް..އެވެސް ޕްރެޒެންޓަކާ އެއްކޮން” ދިޔާން މިހެންބުނެ ރަނގަޅަށް ނުނިމެނީސް ފެނުނީ ކޮޓަރި ތެރެއަށް އުޝާއާއި ރީމް އަދި ޝާރިމް އައިސް ވަތްތަނެވެ.

“ސަޕްރާއިޒް” ތިންމީހުން އެތެރެއަށް ވަންނަމުން ފުރަތަމަވެސް ބުނެލީ އެހެންނެވެ.އަދި އެއައްފަހު އެވެރިން ދިމްރާ ހެއްވަން މަސައްކަތް ކުރަން ފެށިއެވެ.އެ އެންމެން ކުދިކުދި ގޯނާތަށް ކުރަން ފެށުމުން ނުހޭން ހިތްވަރު ކުރަނިކޮންވެސް ދިމްރާއަށް ހެވިއްޖެއެވެ.އެއާއެކު ނަސީބަކުން މީހާގެ މޫޑުވެސް ރަނގަޅުވެ އެ އެންމެން ޖަހަމުންދިޔަ ސަކަރާތުގައި އޭނާވެސް ބައިވެރި ވެއްޖެއެވެ.

“ހޫމް!ދެން މިހާރު ވާވަރު ވެއްޖޭނުން..ދިމް ދޭ ފެންވަރަންޏާ ފެންވަރައިގެން ނުކުންނަން..ޑޭޑްމެނާ ސަލާމް ކޮށްލަން ދާންޖެހޭނޭނުން..އަހަރެމެން ސިޓިންރޫމްގަ މަޑުކުރާނަން”ދިޔާން މިހެންބުނެ ނުކުތްފަހަތުން ދެންތިިބި ތިންމީހުންވެސް ދިމްރާ ކައިރީ އަވަސްކޮށްލައިގެން އަންނާށޭ ކިޔާފަ ދިޔާންގެ ފަހަތުން ހިނގައިގަތެވެ.

ދިމްރާ ފެންވަރާލައިގެން ނުކުތީ ކަޅު ތިރިއަކާއި ރަތްކުލައިގެ މަތިކޮޅެއް ލައިގެންނެވެ.އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ބޮލުގައި ރަތްކުލައިގެ ބޭންޑެއް އަޅާލާފައިވާއިރު އިސްތަށިގަނޑު ހުރީ މިނިވަންކަމާއިއެކު ދޫކޮށްލާފައެވެ.ދިމްރާ ރީތިވެގެން ތިރިއަށް ފޭބިއިރު ހަތަރު މީހުންގެ އިތުރުން ޔުއާންވެސް ސިޓިންރޫމްގައި އިނެވެ.ދިމްރާ މާ ބޮޑު ކަމަކަށް ނުހަދެއެވެ.ޔުއާންއަކީވެސް އެ ޤުރޫޕުގައި ހިއްސާވާ ކުއްޖެއްކަމުން ޔުއާން އޭނާއާއި ހެދި ބާކީވެފައި ހުންނާކަށް އޭނާ ނޭދެއެވެ.

ހަމީހުން ދިޔާންމެން ގެއަށްގޮސް ވަރަށް ސަކަރާތް ޖެހިއެވެ.ސިނާ އާއި ދާނިޝްއާއި ސަލާމް ކުރީ ފުރަން ނުކުންނަން ދަމުންނެވެ.އަދި ދިޔާންގެ އަތަށް ގޭ ތަޅުދަނޑިފަތި ދެމުން ދިޔާންގެ އިތުރުން ދިމްރާއަށްވެސް އެތައް ނަސޭހަތެއް ދިނެވެ.ދާނިޝްމެން ނުކުމެގެން ދިޔުމުން އެމީހުންވެސް މާ ގިނައިރަކު ތިބޭކަށް ނުހަދައެވެ. އިޝާ ނަމާދު ވަގުތު ވުމުގެ ކުރިން ގެއަށް ދިޔުމަށް މިސްރާބުޖެހީ މަޣުރިބު ނަމާދު ނުކޮށް ތިބުމުންނެވެ.

ރޭގަނޑުގެ ވަގުތެވެ.ދިމްރާ އުޅުނީ ރޭގަނޑު ނިދާންލާން ގެނާއި އަތްދިގު ޕިޖާމާ ނުފެނިގެންނެވެ.ހަވީރު ދޮންބެމެންނާއި ސަލާމް ކުރަން ގޮސްފައި އާއިއިރު އޭނާ އައީ ނިދަންލާން އެ ހިފައިގެންނެވެ.އެއީ އޭނާ ވަރަށް އާދޭސް ކޮށްގެން ދިޔާން އަތުން އަތުލި އެއްޗެކެވެ. އޭނާއަށް އެ ޕިޖާމާ އެންމެފަހުން ލިބުނީވެސް އަތުގައި ހުރިއްޔާ ހުރި އުޝާގެ ފޮޓޮއެއް، ދިޔާންއަށް ދޭން އެއްބަސްވެގެންނެވެ.ފިރިހެން ކުއްޖެއްގެ އެއްޗަކަށް ވީ ކަމުގައި ވިޔަސް އޭނާ އެވަރަކުން އެ ބޭނުންވީ އޭގައި “D” އަކުރު ޖަހާފައި އިނީމައެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ދިމްރާ އެއުޅެނީ އެ ނުފެނިގެންނެވެ.އޭނާއަށް، އެގެއަށް އެ ގެނެވުނުކަން ޔަޤީނެވެ.އެހެނަސް އޭނާއަށް އެ ފެނުން ކަމަކަށް ނުވިއެވެ.އެހެންވެ ކޮޓަރި ބަލާ، އެވަރުން ނުވެގެން ސިޓިންރޫމްވެސް އޭނާ ބެލިއެވެ.ނަމަވެސް ދިމްރާގެ ލޮލުގައި އެ އަޅައިގެން ކަމަކަށް ނުވިއެވެ.

“ޔަޤީން!ޔާން ފޮރުވީކަން..ހުރެބަލަ ނިކަން”ދިމްރާ ދެ އުކުޅުގައި އަތްއަޅުވާލަމުން ކޮޓަރިން ނުކުމެ ދިޔާން ހޯދަން ހިނގައިގަތެވެ.ސިޑިއާއި ދިމާލުން ހުރަސްކޮށްލި ވަގުތު ކާގެއިން ނުކުތް ޔުއާން ދިމްރާގެ ލޮލުގައި އަޅައިގަތެވެ.ޔުއާން އައީ ނިދަން އޮށޯންނަށްވެގެން ކޮޓަރީގައި ފެން ހުސްވެފައި ހުރުމުން ނިދުމުގެ ކުރިން ފެންފުޅިއެއް ބަލައެވެ.

ދިމްރާ ހުރީ ހަމަ ހައިރާންވެފައެވެ.ޔުއާންއަށް އެހާ ފާޅުކަން ބޮޑުގޮތެއްގައި އެ ލާން ކެރުނީތީއެވެ. ޔުއާން ލާފައި ހުރި އެއްޗެއް ކިތަންމެ ވަރަކަށް އޭނާ ހޯދިޔަސް ފެންނާނެ ހެއްޔެވެ؟ޖެއްސުމަށްވެސް އެދެން ބޮޑުވަރެވެ.ދިމްރާއަށް ޔުއާން ކައިރިއަށް އައުމަށް ސިޑިން ފޭބުނު ގޮތްވެސް ނޭނގުނެވެ. އައިސްފައި ހުރި ރުޅިން އޭނާއަށް ރަނގަޅަށް ހެދޭ ނުހެދޭވެސް ނޭނގެއެވެ.އާއިގޮތަށް އައިސް އޭނާއަށް ހިފާލެވުނީވެސް ޔުއާން ލައިގެން ހުރި ޕިޖާމާގެ ކަރުވަޅުގައެވެ.

“ހައު ޑޭރ ޔޫ…ޖެއްސުން ކުރިޔަސް ތީ ބޮޑުވަރެއްނު” ނުވިސްނާ ހުއްޓާ ދިމްރާ އެކުރި ކަމަކުން ޔުއާން ދިޔައީ ރަނގަޅަށްވެސް ސިއްސައިގެންނެވެ.

“މިހާރު ކޮން މޮޔައެއް ވެގެން ތިއުޅެނީ”ޔުއާން ދިމްރާގެ އަތް ނައްޓުވާލަމުން ވާނުވާ ނޭނގިހުރެ ބުނެލިއެވެ.

“ހަމަ ނޭނގިގެންތަ ތި އަހަނީ..ކޮންމެހެން ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތް..އަހަރެންގެ އެއްޗެކޭ ލާފަ ތިހުރީ”

“އަހަރެން ތި ދިމްރާގެ އެއްޗެއް ނުލަން”

“އޯވ!މިހާރު އަމިއްލަ އެއްޗަކަށްވެސް ހަދާލީ ދޯ.. ބޭނުމިއްޔާ ރީއްޗަށް ބުނެބަލަ ދޯ..ވަގަށް ނުނެގިޔަކަސް” ދިމްރާ މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ.ދިމްރާގެ ހަރަކާތްތަކާއި ވާހަކަތައް ހުރިގޮތުން ވާނުވާ ނޭނގުނު ނަމަވެސް ޔުއާން ދިޔައީ ރުޅިގަދަ ވަމުންނެވެ.އޭރު ކާގޭގައި ކޮފީއެއް ބޯން ތިބި ނާސިރުއާއި ޒީނަތުވެސް އަޑުގަދަވާ އަޑަށް ކާގެ ދޮރު މައްޗަށް ނުކުމެ ތިއްބެވެ.އެމީހުންވެސް ތިބީ ވާނުވާ ނޭނގިފައެވެ.

“ދިމްރާއަށް ވިޔަސް އަހަރެން ބޮލުގަ ވަގު ތުހުމަތު އެޅުވުމުގެ ހައްޤެއް ނޯންނާނެ؟އަހަރެން މީ ދިމްރާއެއް ނޫން ވައްކަން ކުރާކަށް..އެކަލާންގެ އިރާދަކުރެއްވީތީ ދުނިޔޭގައި އަހަރެން ބޭނުންވެއްޖެއްޔާ އެތައް އެއްޗެއް ގަންނާނެ ފެންވަރު އަހަރެންގެ އާއިލާގެ އެބަހުރި..ސޯ ވައްކަން ކޮށްގެން އެއްޗެއް ހޯދާހާ ދަށު ދަރަޖައަކަށް އަހަރެން ވެއްޓޭކަށް ނުޖެހޭނެ” ދިމްރާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޔުއާން ބުނެލިއެވެ.

“އޯވ! އިޓް މީންސް ގަސްތުގަ އަހަރެން ރުޅި އަރުވަންވެގެން ޔުއާން ކޮށްގެން އުޅޭ ކަމެކޭ ދޯ ތީ”

“ކިތައް ފަހަރުތަ ބުނަންވީ އަހަރެން ދިމްރާގެ އެއްޗެއް ނުލަމޭ..އަޑެއް ނީވޭތަ”

“އެހެންތަ..ތިހެންޏާ ބަލާބަލަ..މި ކާކު ޓީޝާޓެއްތޯ ރަނގަޅަށް” ދިމްރާ މިހެންބުނެ ކުޑަކޮން ޕިޖާމާ ހިއްލައިލީ އޭގެ މޭ މަތީީގައި ލިޔެފައި އިން “D” އަކުރު ޔުއާންއަށް ދައްކާލުމަށެވެ.

“މި ޓީޝާޓަކީ ޔާން އަތުން އަހަރެން ހޯދި އެއްޗެއް” ދިމްރާ އެ ދައްކާލުމުން ޔުއާންއަށް ވީގޮތްފެނި އެއީ އޭނާގެ ޕިޖާމާކަން ދިމްރާއަށް ޔަޤީންވެގެން ދިޔައެވެ.

“ޔުއާން ތި ބޭނުންވިއްޔާ ތިހެން ތި ނުނަގާ ރީއްޗަށް އަހަރެން ކައިރީ ބުނެލިނަމަ..ފަހަރެއްގަ އަހަރެންނަށް އެހެންނޫންނަމަ ތި ދެވުނީސް ކަންނޭނގެ” ދިމްރާ ޔުއާންއާއި ހަތަރުކަޅި ހަމަކޮށްލަމުން މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. ދިމްރާ އެހެން ބުނެ އިރުކޮޅެއްވީތަނާ ދެން ފެނުނީ ޔުއާން އެ ޓީޝާޓު ބާލާ ދިމްރާއާއި ދިމާލަށް އެއްލިތަނެވެ.ރުޅިވެރި ނަޒަރަކުން ދިމްރާއާއި ދިމާލަށް ބަލައިލަމުން އޭނާ ބާރުބަރަށް ހިނގާލާފައި ގޮސް ސިޑިން މައްޗަށް އެރިއެވެ.މަންމައާއި ބައްޕަ ކުރިމަތީ ދިމްރާ އެ ކުރިކަމުން ޔުއާން ރަނގަޅަށްވެސް ލަދު ގަނެއްޖެއެވެ.ދިމްރާއަށް ނުފެނުނަސް ކާގެ ދޮރުމަތީ ހުރި މަންމައާއި ބައްޕަ އޭނާއަށް ފެނުނެވެ.ރަނގަޅަށް ވިއްޔާ މި ދިމްރާގެ ރޭވުމެކޭ ޔުއާންގެ ހިތް ބުނަމުން ދިޔައެވެ. އެހެންނޫންނަމަ ދިމްރާގެ އެއްޗެއް އޭނާއަށް ލެވިގެން ނުވާނެއެވެ.އޭނާ އެންމެ ދެރަވެގެން މިއަދު އަދި ދިމްރާގެ ކޮޓަރި ދޮރުމަތިންވެސް ހުރަސް ކޮށްލާފައި ނުވާނެއެވެ.އޭނާގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަންވެގެން ދިމްރާ ރޭވި ރޭވުމެއް ކަމަށް ޔުއާންއަށް ގަބޫލު ކުރެވުނެވެ.އޭނާ އެންމެ ރުޅިއައީ އޭނާގެ މަންމައާއި ބައްޕަގެ ކުރިމަތީ ދިމްރާ ޔުއާންގެ އަގު ވައްޓާލީމައެވެ.

ޔުއާންގެ ހަރަކާތްތައް ފެނި ދިމްރާއަށް ޔުއާން ގަސްތުގައި ކުރިކަމެއް ނޫންހެން ހީވިއެވެ.އެކަމަކު ޔުއާންއަށް އޮޅިގެން އޭނާގެ އެއްޗެއް ލެވެންވީ ވަކި ކީއްވެ ހެއްޔެވެ؟ޔުއާންއަށް ޔުއާންގެ ޓީޝާޓެއް ނޫންވިއްޔާ އެނގޭނެ ނޫން ހެެއްޔެވެ؟ޔުއާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ވިސްނުމަކަށް ގެއްލިފައި ހުރި ދިމްރާ ސިހިފައި ފަހަތަށް ބަލައިލީ ކޮނޑުމަތީ މީހަކު އަތް ބާއްވާލުމުންނެވެ.އެވަގުތު ކުރިމަތީ ހުރި ޒީނަތު އަދި ކާގެ ދޮރުމަތީ ހުއްޓިލައިގެން ހުރި ނާސިރުފެނި އޭނާާ ރަނގަޅަށްވެސް ލަދުގަތެވެ.

“ދަރިފުޅާ އަދި ތިއުޅެނީ އޮޅުމެއްގެ ތެރޭގަ.. ޔުއާން ގަސްތުގަ ކުރިކަމެއް ނޫންތީ..އަސްލު އޮޅުނީ ދައްތައަށް..ސިޓިންރޫމް ސޯފާގަ އެކޮތަޅު ހުއްޓާ ފެނުނީ ދައްތައަށް.ދައްތަ ހީކުރީ އެއީ އާންގެ ޓީޝާޓުކަމަށް..އަސްލު ތިވައްތަރު ޓީޝާޓެއް އާންވެސްލާނެ..އެކަމު އާންގެ ޓީޝާޓުގަ އިންނާނީ ތި ދެއްކި “ޑީ” އަކުރުގެ ބަދަލުގަ “ވައި” އަކުރެއް..އެވަރަކުން ދައްތަ ބަލައިލަންވެސް ހިތަށްނައީ އެހެން ކުއްޖަކު ތި ވައްތަރު ޓީޝާޓެއް ގެންގުޅިދާނެކަމަށް ހިޔާލަށްވެސް ނައީތީ..އެހެންވެ ކޮތަޅުން ނަގާފަ ދައްތަ ގެންގޮސް އާންގެ ކޮޓަރި އެނދުމަތީ ބޭއްވީ..އެހެންވެ ކަންނޭނގެ އާން އަށްވެސް އެވަރަކުން އެ ބަލާނުލެވުނީ”

“ސޮރީ ދައްތާ..ވަރަށް ބޮޑަށް ސޮރީ..ޔުއާންއާ ދޭތެރޭ އެހެން ކަންތައް ކުރެވުނީތީ އަޅުގަނޑު ލަދުވެސް ގަނެއްޖެ..ހަޤީގަތް ނުބަލާ އެ ގޮތަށް އަސްލު ވާހަކަ ދައްކައިގެން ނުވާނެ..ސޮރީ” ހަޤީގަތުގައިވެސް އެގޮތަށް އަމަލު ކުރެވުނީތީ އޭނާ ލަދުގަތެއްޖެއެވެ.ޔުއާންގެ ބޮލުގައި އެފަދަ ތުހުމަތެއް އެޅުވުނީތީ އޭނާ ދެރަވެސް ވެއްޖެއެވެ.މައާފަށް ވެސް އެދެން ބޭނުންވިއެވެ.

“ނޫނޭ ނޫނޭ!ދައްތަ ރުޅިއެއް ނާދެޔޭ ދަރިފުޅު ދެކެއެއް..ދަރިފުޅަށްވެސް ނޭނގުނީތީތާ ދޯ އެއްޗެހި ކިޔުނީ..އެހެންނޫނަސް ޔުއާންވެސް ފައިޓް ކުރަންޏާ ދަރިފުޅަށްވެސް ފައިޓު ކުރެވޭނޭނުން ދޯ” ޒީނަތު ހިނިތުންވެލާފައި ދިމްރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.ޒީނަތު ބުނި އެއްޗަކުން ދިމްރާގެ ތުންފަތްމައްޗަށްވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ދެން ދޭ އަވަހަށް ނިދަން އެނގޭ..ދައްތަ ވާހަކަ ދައްކާނަން އާން އާ..ދެކުދިންގެ ފައިޓް ތަކާއި ހެދި މިއޮތް ފަޅުވެފަ އޮތް ގެއަށް އެއްދުވަސް ތެރޭވެސް އެނގުންވެއްޖެ” ޒީނަތު އަނެއްކާވެސް ލުއި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.ނާސިރުވެސް ހޭންފެށި އަޑު ދިމްރާއަށް އިވުނެވެ.ނާސިރުގެ ހުނުމުގެ އަޑު އިވުމުން ދިމްރާ ހައްތަހާ ރަކިވޫން ނޫން ކަމެއް ނުވިއެވެ.އޭނާގެ މޮޔަ ކަމުން ވާހާ ކަންތަކެވެ.

ކޮޓަރިއަށްވަދެ އެރޭ ނިދަން މަސައްކަތް ކޮށްކޮށް ދިމްރާގެ ލޮލަކަށް ނިދިއާއި ކަމަކަށް ނުވިއެވެ. މީހާގެ ސިކުނޑި ހުރީ މާ ބޮޑަށްވެސް ހާސް ވެފައެވެ.ވާނުވާ ނުބަލާ ޔުއާންގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވުނީތީ އެހިތްވަނީ އެކަމާ ނުތަނަވަސްވެފައެވެ.އެހިތްވަނީ ޔުއާންގެ ކިބައިން މައާފަށް އެދެން އިންތިހާއަށް ބޭނުންވެފައެވެ. އެކަމަކު އެންމެ ދެރަވެގެން މައާފަށް އެދޭނެ ގޮތެއްވެސް އޭނާއަކަށް ނުވިސްނުނެވެ.ޔުއާންގެ ކިބައިން މައާފަށް އެދެން ޖެހޭތީ އޭނާއަށް އެކަން މާ ބޮޑަށްވެސް އުނދަގޫ ކަމަކަށް ވަނީއެވެ.

ނުނިދިގެން ދިމްރާ ތެދުވެ އެނދުގައި އިށީންނީ ރުޅިގަދަވިފައި ހުރެއެވެ.އެކަމަކު ދެން އެއީ ނުނިދިގެން އުނދަގޫވާންޖެހޭ ވަރު ކަމެއްވެސް ނޫން ވިއްޔާއެވެ.ނޭނގުމެއްތެރޭ އެފަދަ ކަމެއް ވެދާނެ ނޫން ހެއްޔެވެ؟ވިސްނި ވަރަކަށް މީހާގެ ހިތް ނުތަނަވަސްވެ ދިޔައީ ރުޅިގަދަވަމުންނެވެ.

ނަމަވެސް އެ ރުޅީގައި އެނދުން ތެދުވެ ހިނގައިގަތްތަނާ މީހާގެ ސިކުނޑިއަށް މޮޅު ހިޔާލެއް އައިސްފިއެވެ.އެއާއެކު ވަގުތުން އޭނާ އަވަސްވެގަތީ ނޯޓުފޮތްތަކާއި ދިމާލަށް ދާށެވެ.ނޯޓުފޮތުން ގަނޑެއް ކަނޑާލުމަށްފަހު އޭނާ ޔުއާންގެ ކިބައިން މައާފަށް އެދިފައި ކުރު ނޯޓުކޮޅެއް ލިޔެލިއެވެ.އަދި ސިޓީއުރައަކަށް ލާފައި ހަނދާންވާނެހެން ފޮތްތަކުމަތީ ބޭއްވީ މާދެން ހެނދުނު އެ ދޭން ނިންމާފައެވެ.

ކޮޓަރިއަށް ވަތްގޮތަށް ޔުއާންއަށް އައިސްފަ ހުރިި ރުޅި ބޭލުނީ ރީތިވާ ސަމާނުތަކަށެވެ.ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެވުނީ ތުރުތުރު އަޅައަޅަ ހުރި ހާލުގައެވެ.ރީތިވާ މޭޒުގައި ދެއަތް އަޅުވާލައިގެންހުރެ ފުން ނޭވާތަކެއް ލަމުން ދިޔައީ ރުޅި މައިތިރި ކުރަންހެން ހީވެއެވެ.

އޭރުވެސް މުޅި ސިކުނޑި ވަށާލާފައިވަނީ ދިމްރާގެ ހިޔާލު ތަކުންނެވެ.ދިމްރާ މުޅިން އޭނާ ބަދަލު ކޮށްލަފާނެހެން އޭނާއަށް ހީވާން ފަށައިފިއެވެ.ރުޅިއަޔަސް އޭނާއަކީ މީގެ ކުރިން މަންމަމެން ކުރިމަތީ އަނގައިން ބުނެ އުޅޭ މީހެއް ނޫނެވެ.މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓަސް އަނގަޔަކުން އޭނާ އެއްޗެއް ބުނެއެއް ނޫޅެއެވެ.ބަލާނީ ވީހާވެސް އަވަހަކަށް ކުރިމަތިން ދެވޭތޯއެވެ.ގޭގައި ހުންނަ އެއްޗިއްސަށް ވަރުބޭލިޔަސް އޭނާ އަނގަޔަކުން އެއްޗެކޭ ބުނާ އަޑެއް މީހަކަށް ނީވެނެއެވެ.

ނަމަވެސް ދިމްރާއާއި ހެދި މަންމަމެންނަށް އޭނާގެ ފަރާތުން އެކަންވެސް ފެންނަން ފެށީއެވެ.އޭނަ އެވަރަށް މިހާރު ވާހަކަ ދައްކާތީ މަންމަމެން ތިބޭނީ ރަނގަޅަށްވެސް ހައިރާންވެފައިކަން އޭނާއަށް އެނގެއެވެ.ހައްތަހާވެސް ދިމްރާގެ ކަންތަކެވެ.އޭނާ އެއްޗެއް ނުބުނަން ހުއްޓަސް ބުނެވެނީ ދިމްރާގެ ސަބަބުންނެވެ.އޭނާ މިހާރު މާ އަނގަ ގަދަ ވާންވެސް ފަށައިފިއެވެ.މިއީ ހަމަ ހުސް އެދިމްރާގެ ކަންތަކެވެ.

މީހާއަށް އެހާ ބަދަލުތައް އަންނާތީ އޭނާ ބޯ ހާސްވެއެވެ.އޭނާ އެއްވެސް ކަމެއް ބަދަލުކުރާކަށް ބޭނުމެއްނޫނެވެ.ބޭނުންވަނީ ހަމަ އެ ހަރުކަށި ބަސްމަދު ޔުއާންގެ ގޮތުގައި ހުންނާށެވެ.

އޭނާ އެންމެ ހައިރާން ވަނީ އެހެން ހުރިހާ އަންހެންކުދިންނޭ ބުނާގޮތަށް އޭނާ ދެކެ ޖެހިލުންވެ ބިރުން ސިހިސިހި ތިބޭއިރު އޭނާގެ ރުޅިވެރި ނަޒަރުން ދިމްރާއަށް އެކަހަލަ އެއްވެސް ކަމެއް ނުވާތީއެވެ. ބިރުނުގަންނަތާ އެ މޫނުމަތިން ހާސްކަމެއްވެސް ނުފެނެއެވެ.ބަދަލުގައި ދިމްރާވެސް އޭނާއަށް ހަދިޔާ ކުރަނީ އޭނާވެސް ދައްކާ ކަހަލަ ރުޅިވެރި ނަޒަރެކެވެ.

އެއީ ކޮންކަހަލަ އަންހެން ކުއްޖެއް ބާއޭވެސް ޔުއާންގެ ހިތަށް އަރައެވެ.އެ އަންހެންކުއްޖާ އާއިފަހުން އޭނާގެ އުޅުމާއި މުޅި ދިރިއުޅުމަށްވެސް ބަދަލު އައިސްފިއެވެ.ބަސްމަދު މީހާއަށް އަނގައިން ބުނެވޭވަރު ގިނަވެއްޖެއެވެ.ދުނިޔެދެކެ ފޫހިވާ މީހާއަށް ހަމަ އެ ދުނިޔެ ފޫހިފިލާ ތަނަކަށް ވެއްޖެއެވެ.ރުޅިގަދަވެ ހިނިތުންވާން ބޭނުންނުވާ މީހާއަށް އެހެން އެކަކަށް ނޭނގޭ ގޮތަށްވިޔަސް ހިނިތުންވެވޭ ތަން އަންނަން ފަށައިފިއެވެ. ހައްތަހާވެސް އެ އަޖައިބެއްފަދަ އަންހެން ކުއްޖާގެ ކަންތަކެވެ.

އެވަގުތު ލޯގަނޑުން ފެންނަމުން ދިޔަ ސޫރައިގެ މޫނުމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ.ހައިރާންވެފައި ވިސްނާލިއިރު އެއީ އޭނާގެ އަމިއްލަ ހިނިތުންވުންކަން ވިސްނިގެން ދިޔައެވެ.ހަމައެއާއެކު ސިިހިފާއި އެވަގުތު ދޮރާ ދިމާލަށް ބަލައިލެވުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.ބަލައިލިއިރު ދޮރު ހުޅުވާފައި މަންމަ އެތެރެއަށް ވަންނަނީއެވެ.މަންމަ އައިސް އެނދުގައި އިށީންދެ ކައިރީ އިށީންނަން ބުނުމުން ޔުއާން އައިސް މަންމަގެ މަގަތުގައި އިށީނެވެ.އެރޭ ވަރަށް ގިނަ ވާހަކަތައް ޔުއާން ކައިރީ ޒީނަތު ދެއްކިއެވެ.

އާ ދުވަހަކަށް އިރު ފެނުން ތޮޅިލުމާއިއެކު މުޅި މާލެ ހަލަބޮލިވެގެން ދިޔައެވެ.ސުކޫލަށް ދާން ތައްޔާރުވާ ކުދިންނާއި އޮފީސްފަދަ ތަންތަނަށް ދާން ތެދުވެ އުޅޭ މީހުންގެ އަޑުތަކުންނެވެ.އަދި އެކި ކޮޅުކޮޅު މައްޗަށް ދުއްވަމުންދިޔަ އުޅަނދުތަކުގެ އަޑުއަޑު ތަކުންވެސްމެއެވެ.ދިމްރާވެސް ތައްޔާރުވެލައިގެން ސިޑިން ތިރިއަށް ފޭބިއިރު ޔުއާންއާއި ދިޔާން ކާގެއަށް ވަންނަނިކޮން ފެނުނެވެ.

ދިމްރާ އަވަހަށްބެލީ ވަގުތުގެ ބޭނުން ހިފޭތޯއެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ސޯފާސެޓުމަތީ އޮތް ޔުއާންގެ ދަބަހަށް އެ ސިޓީއުރަ ލާށެވެ.އޭނާ ދުވެލާފައި ގޮސް އަވަސް އަވަހަށް އެ ދަބަހުގެ މަތީ ކުޑަ ވަތްގަނޑު ހުޅުވާލާފަ އެ ސިޓީއުރަ އެތެރެއަށްލާ ޒިބު އެޅުވިއެވެ.އަދި އަވަސް އަވަހަށް ނުވާކަމަށް ހަދާފައި ގޮސް ކާގެއަށް ވަނެވެ.

ހަމީހުން ގޮސް ސުކޫލަށް ވަތްއިރު ކުދިންތައް އެކި ކޮޅުކޮޅު މައްޗަށް ހިނގާތަން ފެނުނެވެ.ގަޑި ޖެހެން ކުޑަ ވަގުތު ކޮޅެއް އޮތުމުން ތިން އަންހެން ކުދިން ކުލާހާ ދިމާލަށް ހިނގައިގަތްއިރު ދިޔާންމެން މަޑުކުރީ ގަސްދަށުގައި ތިބި ފިރިހެން ގުރޫޕެއް ކައިރީގައެވެ.

ދިމްރާމެން ގޮސް ކުލާސް ދޮރުމައްޗަށް އެރިއިރު ޖެހިގެން އިން ކުލާހުން ލިމްނާމެންވެސް ނުކުންނަނީއެވެ.

“އޯވ! ކޮންގްރާ ނުކީ ދޯ މިއުޅެނީ” ލިމްނާމެނަށް އަޅާނުލާ އެތެރެއަށް ވަންނަން އުޅުން ތިން މީހުންނަށް މަޑުޖެހިލެވުނީ އެ ގުރޫޕު ކުއްޖަކު އެހެން ބުނި އަޑަށެވެ.އަދި ހުއްޓުނު ގޮތަށް އެތިންމީހުން ފަހަތަށް އެނބުރި ބަލާލިއެވެ.

“ޔާން ޖަހައިގަނެފަ އަދި އެވަރުން ނުވެގެން ރެން ވެސް ޖަހައިގަތީ ދޯ..ރާޝް ރެން ދެކެ ލޯބިވާތާ ވީ ދުވަހެއް އެނގޭތަ؟އާއި ގޮތަށް އައިސް މަހެއްވެސް ނުވަނީސް ރެން ޖަހާއިގަތީ ތި” އިތުރު އެހެން ކުއްޖަކު އެހެން ބުނެލިއިރު އޭނާގެ ބަސްތައް އަމާޒުކޮށްލީ ރީމްއާއެވެ.ނަމަވެސް އެއްޗެއް ބުނުމުގެ ބަދަލުގައި ރީމް އިޙްތިޔާރުކުރީ ހިމޭންކަމެވެ.

“ހާސްނުވޭ އަދި ނެތޭނުން ޔަޤީންކަމެއް މުޅި އުމުރަށް ގެންގުޅޭނެކަމުގެ..ހަމަ ޓައިމްޕާސް ކޮށްލަންވެސް ގެންގުޅިފާނެތާ ދޯ..އޯވ! އަޅެ ތި ދެކުދިންނަށްޓަކައި އަހަރެން ހިތުގަ ރަހުމް އުފެދެން ފަށައިފި މިހާރު..ޔަޤީންކަމެއް ނެތް ވިއްޔާ މާދަމާވެސް ދޫކޮށްލާފަ ނުދާނެކަމުގެ..އެދުވަހުން ތިިދެކުދިންނަށް ވާނެ ގޮތް ވިސްނާލާފަ އަހަރެން އެބަ ވަރަށް ދެރަވެ” ލިމްނާ ދެރަވާ ކަމަށް ހަދާފަ އެހެންބުނެލުމަށްފަހު ހޭންފަށަމުން ކައިރީ ހުރި ރާޝާއާއި ޓަޗެއް ޖަހާލިއެވެ.އެއާއެކު އެ އެންމެންގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.

“ދެން ދިމްރާ ކާކު ޖަހައި ގަންނަން ވިސްނައިގެންތަ ތިއުޅެނީ..ނޫނީ ބޭނުންވާ މީހާ ނުލިބިފަތަ އަނެއްކާ..ބުނެލައިގެން އުޅުނީމަ ދޯ އެހީއެއްވެސް ވެވޭނީ” މިފަހަރު ވާހަކަ ދެއްކީ ކައިރީ ހުރި ރާޝާއެވެ.އެއްޗެކޭ ނުބުނަން ހިތްވަރު ކުރި ދިމްރާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ އެ ހިސާބުންނެވެ.

“އެމީހުންގެ ގުޅުން ކެނޑިގެންދާ ދުވަހަކުން އެ މީހުންގެ ހިތާމައިގަ ބައިވެރިވަން އަހަރެން އެބަ ހުރިން..ސޯ ތިމީހުން އެކަމާ ހާސްނުވޭ..އެން އެމީހުން ޓައިމްޕާސްއަށް ގުޅުންނަމަ ސިއްރުންތާ އުޅޭނީ ދޯ..އެހާ ފާޅުގައެއް ނޫޅޭނޭނުން..ދެން އެމީހުންނަށް ނުލިބި އެދެކުދިންނަށް ޔާން އާ ރެން ލިބުނީމަ ޖެލަސްވާ ކުދިންވެސް އުޅޭނެތާދޯ..އެން އަދި އެއްވާހަކަ..އަހަރެން އުޅެނީ ކާކާ ގުޅިގެންތޯއެއް، ކާކު ނުލިބިގެންތޯއެއް ބެލުމުގެ ހައްޤެއް ތިތަނުން އެކަކަށްވެސް ނޯންނާނެ.. ހީކުރަން ހަނދާން ބަހައްޓާނެ ކަމަށް” ދިމްރާ މިހެންބުނެ އުޝާއާއި ރީމްގެ އަތުގައި ހިފާލައިގެން އެތެރެއަށް ވަނީ ކައިރި ތިބި ހުރިހާ ކުދިންގެ މޫނުތައް ރަނގަޅަށްވެސް ބަނަ ކޮށްލާފައެވެ. އެ މީހުން ރުޅިއަރުވާލާފައި ދިމްރާ އެތެރެއަށް ވަދެގެން ދިޔައީ ހިތްހަމަޖެހިލައިގެން ހުރެއެވެ.އޭރު ދިމްރާއެކޭ އެއްފަދައިން އުޝާއާއި ރީމްގެ ތުންފަތުގައިވެސް ލާނެއް ހިނިތުންވުމެއްވިއެވެ.

އެދުވަހުގެ ފަހު ގަޑީގައި ކުރިމަތިވީ އެއްވެސް ކުއްޖަކު ހީނުކުރާ ވަރުގެ ކަމަކާއެވެ.ގުރޭޑު 11A އަށް އަދި 12Aގެ ކުލާހަށްވެސް ދަނީ އެއްދިވެހި ޓީޗަރެއްކަމުން މިއަދުގެ ފަހުގަޑީގައި އަލީފް ސާރ ފިލާވަޅު ނަގައިދިނީ ދެ ކުލާސް އެއްކޮށްލާފައެވެ. ޓައިމްޓޭބަލް ވެސް ހަމަޖައްސާލީ ދެ ކުލާހަށް އެއް ގަޑިއަކަށް ދިވެހި އިންނަ ގޮތަށެވެ.ވަކި އެދެ ކުލާހަކަށް އެކަންޏެއް ނޫނެވެ.ދެންހުރި 11ގެ ކުލާސްތަކާއި 12ގެ ކުލާސްތައްވެސް ބެހިއެވެ.

ދެކުލާސް ދެކުލާސް އެއްކޮށްގެން ފިލާވަޅު ނަގަން ހަމަޖެއްސުމުގެ ބޭނުމަކީ ކުރިއަށް އޮތް އިވެންޓަކަށް ކުދިން ނެގުމަށެވެ.ނަމަވެސް އަލީފް ސާރ ފުރަތަމަ މިކަމެއް އެއްވެސް ކުއްޖަކަށް ނާންގައެވެ.އޭގެ ބަދަލުގައި ބުނީ ފިލާވަޅެއް ކަމުގައިވާ ޑްރާމާ ފިލާވަޅު ނަގައިދޭން ކަމަށެވެ.އަދި އެ ފިލާވަޅު ނިމެންދެން ކޮންމެ ދުވަހެއްގައިވެސް ދެން ފަހުގަޑީގައި ފިލާވަޅު ނަގައިދޭނީ ދެ ކުލާހަށް އެއްކޮން ކަމަށްވެސް ބުންޏެވެ.11A އާއި 12A ގެ ކުދިންނަށް ލިބިފައި އޮތް ގަޑިއަކީ ފަހު ގަޑި ކަމަށްވެސް ބުންޏެވެ.

ދިޔާންމެނާ އެއްތަންވުމުން ދިމްރާމެންވެސް ތިބީ ވަރަށް އުފަލުންނެވެ.ނޭނގި ނަމަވެސް ހަމީހުން އެއްތަންވެގެން ދިޔުމުން އެމީހުން ތިބީ މަޖާވެފައެވެ.އެދުވަހު އަލީފް ސާރ ފިލާވަޅު ނަގައި ދިނުމަށްފަހު ކުރަންޖެހޭ މަސައްކަތްވެސް ބުނެދިނެވެ.އެއީ ޑްރާމާއެއް ތަމްސީލް ކޮށްދިނުމަށްށެވެ.އަދި ކޮންމެ ބައެއްގެ ޑްރާމާއަށްވެސް އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެއްގެ ލަވައެއް ހިމަނަން ވާނެކަމަށް ބުންޏެވެ.އަދި ގުޅޭގޮތަށް ހެދުން ބޭނުންކުރަންވާނެ ކަމަށްވެސް ބުންޏެވެ.އަދި މިއީ މާކްސް ދެވޭނެ ކަމެއް ކަމާއި ސީރިއަސްކޮން އެކަމުގައި އުޅުމަށް ބުންޏެވެ.

“އެހެންވީމަ ހިނގާ ގުރޫޕުތައް ބަހާލަމާ ދޯ..މުޅި ޖުމުލަ މިތާ މިތިބީ 48 ކުދިން..އެހެންވީމަ އައް ގުރޫޕަށް ދޯ ބަހާނީ..ކޮންމެ ގުރޫޕެއްގަ ހަކުދިން ހިމެނޭ ގޮތަށް..އަމިއްލައަށް އިސްނަގައިގެން އައް ކުއްޖަކު ސާރ ކައިރިއަށް އައިިސްދީބަލަ”

“އޯ ޝިޓް މޭން..ދެނެއް އަހަރެންނަކަށް މިތާކުއެއް ނީންދެވޭނެ”

“ކިހިނެއްވީ؟” ޔުއާން، ދިޔާންއަށް އަޑުއިވޭ ވަރަށް އެހެން ބުނެލުމުން ދިޔާންއަކަށް ފުރަތަމަ ޔުއާން އެހެން ބުނަން ޖެހުނު ސަބަބެއް ނުވިސްނުނެވެ. ރަނގަޅަށް ސާރ ހުރި ދިމާލަށް ބަލައިލުމުން ޔުއާން އެހެން ބުނަން ޖެހުނީ ކީއްވެކަން ދިޔާންއަށް ނަގައިގަނެވުނެވެ.ސާރގެ ކައިރީ މަޑުކޮށްލައިގެން ހުރި ޝިފްނާއަކީ ޔުއާންއާއިހެދި މޮޔަވެފައި ހުންނަ އަންހެން ކުއްޖެކެވެ. ޝިފްނާއަށް ފުރަތަމަ ނަގަން ލިބިއްޖެނަމަ ފުރަތަމަވެސް ނަގާނީ ޔުއާންކަން އަލަށް ވަތް ކުދިން ނޫން ކޮންމެ ކުއްޖަކަށްވެސް އެނގޭނެއެވެ.

އެހާވެސް ޝިފްނާ ޔުއާންއާއިހެދި އުޅެއެވެ. އެތައްވަރަކުން ޔުއާން ހޯދަން ޝިފްނާ ވަނީ މަސައްކަތްވެސް ކޮށްފައެވެ.ނަންބަރު ހޯދުމަށްވެސް އެވަރަށް މަސައްކަތް ކޮށްފައިވެއެވެ.ޔުއާންއަށް ތަފާތު ހަދިޔާތައްވެސް ދީ ހަދައެވެ.އެކިކުދިން ލައްވާވެސް ދޭނެވެ.ގިނަފަހަރަށް ހުންނާނީވެސް ޔުއާން އިންނަ ޑެސްކު ވަތްގަނޑަށް ލާފައެވެ. އަދި އެވަރުން ނުވެގެން ޔުއާންގެ ގެޔަށްވެސް ހަދިޔާއާއި ކާޑުތައް ފޮނުވާ ހަދައެވެ.

ސުކޫލް ހުރިހާ ކުދިންނަށްވެސް ޝިފްނާ ޔުއާންއާއިހެދި އުޅޭކަން އެނގޭ އިރުވެސް އެ އަންހެން ކުއްޖާއަށް ފާޅުގައި ޔުއާންގެ ކައިރިއަށް އަދި އަންނަން ކެރިފައެއް ނެތެވެ.އެހެންކަމުން ޔުއާންއަށްވެސް ފާޅުގާ އެއްޗެއް ބުނާނެ ފުރުސަތެއް އަދި ލިބިފައެއް ނެތެވެ.ޔުއާން އެވަރަކުން އަޅާވެސް ނުލަނީ އެކުއްޖާއަށް ފާޅުގާ ޔުއާން ކައިރިއަށް އަންނަން ކެރިފާއި ނުވާތީއެވެ.

ޔުއާން ތެދުވެގެން ދިޔައީ ދިމްރާ އާއި އުޝާ އަދި ރީމްވެސް ހައިރާން ކުރުވާފައެވެ.ޝާރިމްއަށްވެސް ޔުއާން ދިއުމުގެ ސަބަބު އެނގޭތީ އެ މޫނު މައްޗަކު ހައިރާންކަމެއްނެތެވެ.ނަމަވެސް ދިމްރާމެން ތިބީ ހަމަ ރަނގަޅަށްވެސް ހައިރާންވެ ސުވާލު އުފެދިފައެވެ.އުޝާމެން ސުވާލުގެ ނަޒަރަކުން ބަލަން ފެށުމުން ދިޔާން ލޮލުގެ އިޝާރާތުން ފަހުން ބުނާނެކަމަށް އަންގާލިއެވެ.

ކަންދިމާކުރިގޮތުން އައްކުދިންގެ މެދުގައި ގުރުއަތު ނަގައިގެން ފުރަތަމަ ކުދިން ނަގަން ލިބުނީ ޔުއާންއަށެވެ.ޔުއާންއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭންވެސް ނޭނގެއެވެ.ދިޔާންއާއި ޝާރިމް ނުގެއްލޭނެކަން އެނގުމުން އޭނާ ހިތާހިތުން އުފާކުރިއެވެ.ޔުއާން ފުރަތަމަވެސް ނެގީ ދިޔާންއެވެ. ދެން ޝާރިމްއެވެ.ޝާރިމް ޔުއާން ބަޔަށް ނުގޮސް އެހެން ބަޔަކަށް ދާން ޖެހިގެން ހިތްހަމަ ނުޖެހޭނެތީ އެހެން ކުދިންނަކަށް ޝާރިމް ނަގާކަށް ނުކެރުނެވެ.އެހެންކަމުން ޝާރިމްވެސް ދިޔައީ ޔުއާން ބަޔަށެވެ.އުޝާއާއި ރީމްވެސް ދިޔައީ ހަމަ އެބަޔަށެވެ.

ޔުއާންގެ ހަރަކާތުން މިފަހަރުވެސް ދިމްރާ އިނީ ހިތްހަމަނުޖެހިފައެވެ.ޔުއާން އޭނާއާއި ދިމާލަށް ނުބަލާ އެކިދިމަދިމާލަށް ނަޒަރު ހިންގަންފެށި ގޮތުން ޔުއާން އެހެން ކުއްޖެއް ހޯދަނީ ދިމްރާ ނުނަގަންވެގެންކަން ދިމްރާއަށް ވިސްނުނެވެ.އޭނާ އެންމެ ހިތްހަމަ ނުޖެހުނީ އޭނަވެސް ރަހުމަތްތެރިންނާ ވަކިވާން ބޭނުންނުވެފައި ހުއްޓާ ޔުއާން އެގޮތަށް ކަންތައް ކުރަން ފެށުމުންނެވެ. ޔުއާން އޭނަދެކެ ހަމަ އެހާ ރުޅި އަންނަނީ ހެއްޔެވެ؟

“އާން!ތިދެން ކޮންކަމެއް..ޕްލީޒް ދިމް ނަގާ..އިތުރު އެހެން ކުއްޖެއް އަހަރެމެން ބޭނުމެއް ނޫން” ޝާރިމް ޔުއާންގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.އެއާއެކު ކައިރީ ތިބި ތިންމީހުންވެސް އަވަސް އަވަހަށް ބޯ ޖަހާލީ ޝާރިމް އާއި އެއްބަސްކަން އަންގާލުމަށެވެ.

“ތި މީހުންގެ އެދުމަށް މި ނަގަނީ..އެހެންނޫންނަމަ ނުނަގާނަން އިނގޭ” ޔުއާން މިހެންބުނެ ދެން ނަގާނީ ދިމްރާ ކަމަށް ބުންޏެވެ.ޔުއާން ދިމްރާ ނެގީތީ  އެހިތް އުފާވި ކަމުގައިވިޔަސް އޭނާގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަ ނުޖެހުމެވެ. ބާރުބާރަށް ހިނގާލާފައި ގޮސް އެމީހުން ކައިރިއަށް ހުއްޓުނު ގޮތުންވެސް އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ގުރޫޕު ތަކަށް ކުދިން ނަގާ ނިމުމުން ގުރޫޕުތަށް ވަކިން އިށީންނުމަށް އަލީފްސާރ ބުންޏެވެ.އަދި އިތުރަށް ބުނަންޖެހޭ އެއްޗެހިތަށް ބުނެދިނެވެ.

“މިއަދު މީ ބުދައޭނުން ދޯ..ދެން އަންނަ ހަފްތާ އާދިއްތަ ދުވަހަށް ހުރިހާ ކުދިންވެސް ތައްޔާރުވާނީ އެހެންވީމަ އެނގޭ..އަދި ބުނަން ސާރއަށް ރަނގަޅީ މިއަދު އިސްވެ ސާރ ކައިރިއަށް އާއި ކުދިން ޑްރާމާގެ އިސްރޯލް އަދާކުރިއްޔާ..މިތަންކޮޅަށް ހުރިހާ ކުދިންވެސް ވިސްނާނެ ކަމަށް ސާރ އުއްމީދު ކުރަން..އެހެންވީމަ ކުރިއަށް މިއޮތް ވިހި މިނެޓުގަ މިތާނގަ ތިބެގެން ހުރިހާ ކުދިންވެސް ކުޅޭނެ ތަމްސީލެއް ރާވަންފަށާ އެނގޭ..ސާރ މިދަނީ ޕްރިންސިޕަލް އާ ބައްދަލް ކޮށްލަން..ބޭރު ޓީޗަރެއް އަންނާނެ އިރުކޮޅަކުން” އަލީފް ސާރ މިހެންބުނެ ނުކުމެގެން ދިއުމާއިއެކު ހޯލްތެރެއަށް ހީވީ ބޮޑު އީދެއް އައީ ހެންނެވެ.ކުދިންތައް އެތަންމިތަނަށް ދުވަންފެށިއެވެ.އަޑުގަދަ ކަމުންވެސް ކަންފަތް ބައްވާހާ އަޑު ގަދަވެގެން ދިޔައެވެ.

ފޮނުވި ބޭރު ޓީޗަރު އައީ ފަސްވަރަކަށް މިނެޓު ފަހުންނެވެ.އެއާއެކު އަނެއްކާވެސް ހުރިހާ ކުދިންނަށް ޖެހުނީ ހަމަހިމޭންވާށެވެ.އަދި ކުޅޭނެ ތަމްސީލެއް ރާވަން މަސައްކަތް ކުރާށެވެ.އެކަމުގައި މަސްއޫލުވެގެން ތިއްބާ ހުރިހާ ކުދިންވެސް ސިއްސައިގެން ދިޔައީ ރާޝާގެ އަޑަށެވެ.

“އޯއެމްޖީ..ވެއާ އިސް މައި ފޯނު..ކާކު އަހަރެންގެ ފޯނު ނެގީ” ވާހަކަ ދައްކަމުން ދިޔައިރު ރާޝާ ހުރީ ރޮވޭ ގޮތް ވެފައެވެ.

“ކޮންތާކުތަ ރާޝް ފޯނު ބޭއްވީ” ލިމްނާ އެ ސުވާލު ކޮށްލީ ރާޝާއަށް އެ ފޯނު ހޯދައިދޭން އެހީވާން ހުރެއެވެ.

“އަތަށް ލައިގެން ގެންގުޅި ގެންގުޅިފަ ދެންމެ ހަމަ މޭޒުމަތީ ބޭއްވީ” ރާޝާ ހާސްވެފައިހުރެ ލިމްނާގެ ސުވާލަށް ޖަވާބުދިނެވެ.

“ހޫ ހޭޒް ޓޭކެން ހާރ ފޯނު…އާންސް މީ” އައިސް ހުރި ޓީޗަރު ސުވާލުކޮށްލީ ހުރިހާ ކުދިންނަށް އަޑުއިވޭ ވަރަށެވެ.

“ކޮންމެސް މީހަކު ވަގަށް ނެގީމަ ދޯ ނޯއްނާނީ.. މިސް ޕްލީޒް ޗެކް އޯލް އޮފް އަސް ބޭގްސް” ލިމްނާ ޓީޗަރ ކައިރީ ހުރިހާ ކުދިންގެ ދަބަސްތައް ބެލުމަށް އެދުނެވެ.

އެއާއެކު ހުރިހާ ކުދިންގެ ދަބަސްތައް ޗެކް ކުރަން ފެށުނެވެ.މާގިނައިރެއްނުވެ ދިޔާންމެން ދިމްރާމެން ތިބި ހަމާލަށް ޓީޗަރު އައެވެ.އަދި އެ އެންމެންގެ ދަބަސްތައްވެސް ފާސްކުރަން ފެށިއެވެ.ކައިރީގައި ރާޝާ އާއި ލިމްނާވެސް ވިއްދާފައި ހުއްޓެވެ. ދިމްރާވެސް އެހެން އެންމެންނެކޭ އެއްފަދައިން އެއްވެސް ހާސްކަމެއްނެތި ދިމްރާގެ ދަބަސް ޓީޗަރުގެ އަތަށް ދިނެވެ.

“މައި ފޯނު” ރާޝާ މިހެންބުނެ އަވަސް އަވަހަށް ދިމްރާގެ ދަބަހުގައި އޮތް ފޯނު ނެގިއެވެ.ހުރިހާ ކުދިންގެ ލޯތައް އަމާޒުވެގެން ދިޔައިރު ދިމްރާ ހުރީ ދެލޯ ބޮޑުކޮށްލައިގެން އެ ފޯނަށް ބަލަހައްޓައިގެންނެވެ.އެ ފޯނު އޭނާގެ ދަބަހަށް އަންނަން ޖެހުނު ގޮތެއް ހަމަ އެއްގޮތަކަށްވެސް ދިމްރާއަކަށް ނުވިސްނުނެވެ.އެނގޭހާވެސް އެއްޗަކީ އޭނާ މީހެއްގެ ފޯނުގައި އަތެއް ނުލާކަމެވެ.ހުރިހާ ކުދިން އޭނާ ވަށާލައިގެން މަންޒަރު ބަލަން ތިބި ގޮތުން ދިމްރާ ރަނގަޅަށްވެސް މިފަހަރު ލަދުގަނެއްޖެއެވެ.

“ދިމްރާ ތީ ވައްކަން ކުރާ މީހެއްކަންވެސް އަދި ކިރިޔާ މި އެނގުނީ..އެކަމު ބަލައިލާފަ ހީވެސް ނުވޭ” ރާޝާ ރުޅިވެރިކަމާއިއެކު ދިމްރާއާއި ދިމާލަށް ބުނެލިއެވެ.

“ލުކް!ތެދަށް މިބުނަނީ..އަހަރެންނެއް ތި ފޯނެއް ނުނަގަން..އަހަރެންގެ ދަބަހަށް ތި އާއި ގޮތެއް އަހަރެންނަކަށްވެސް ނޭނގެ”

“ދެން ތިބުނަނީ އެ ފޯނު އަމިއްލައަށް ހިނގާފަ އައިސް ދިމްރާގެ ދަބަހަށް ވަނީއޭތަ..ހާހާ..ސޯ ފަނީ މައި ޑިއާ” އެއްޗެކޭ ނުބުނެ ހުރި ލިމްނާ މިފަހަރު ވާހަކަދެއްކިއެވެ

“ދިމްއަކީ އެކަހަލަ ކުއްޖެއް ނޫން” އުޝާ ދިމްރާގެ ދިފާއުގައި ތެދުވިއެވެ.

“ތެދެއް ރާޝް!ތި ވާނީ އެހެން ކުއްޖެއްގެ ކަމަކަށް..ދިމްއަކީ އެކަހަލަ ކުއްޖެއް ނޫން” ދިޔާންއަށްވެސް ދިމްރާގެ ދިފާއުގައި ބުނެލެވުނެވެ. ޝާރިމްއާއި ރީމްވެސް ބޯ ޖަހާލީ އެތާތިބި ކުދިންނަށް ދިޔާން ދެއްކި ވާހަކައަށް ތާއިދު ކުރާކަން ހާމަކޮށްދިނުމަށްޓަކައެވެ.އޭރު ފާހާނާއަށް ގޮސް އެނބުރި ޔުއާންވެސް އައިސް ހުއްޓިލަނީއެވެ.އޭރު އަދި ވާނުވާއެއް ޔުއާންއަކަށް ނޭނގެއެވެ.ނަމަވެސް ދިމްރާ ވަށާލައިގެން ކުދިން ތިބި ގޮތުން ކޮންމެސް ކަމެއް ވެއްޖެކަން ޔުއާންއަށް ވެސް ނަގައިގަނެވުނެވެ.

“ދެން އެހެންވިއްޔާ އެދަބަހަށް ފޯނު އަންނަން ޖެހުނުގޮތެއް ބުނެދީބަލަ” މިފަހަރުވެސް ވާހަކަ ދެއްކީ ލިމްނާއެވެ.

“ތިއެއް އަހަރެންނަކަށް ނޭނގެ..އެނގެހާވެސް އެއްޗަކީ އަހަރެންނެއް ތި ފޯނެއް ނުނަގަންކަން”

ޓީޗަރުވެސް އެދުނީ ދިމްރާ ރާޝާ ކައިރިން މައާފަށް އެދުމަށެވެ.އަދި އެހެން ބުނުމަށްފަހު ދިމްރާ އެއްޗެކޭ ނުބުނަނީސް ސްޕަވައިޒަރ ގޮވައިގެން އެބަ އަންނަން ކަމަށްބުނެ ޓީޗަރު ނުކުމެގެން ދިޔައެވެ.

ކުށެއްނެތި އެފަދަ އިލްޒާމެއް އެޅުމުން ލަދަށްވުރެ ދިމްރާ އައީ ރުޅިއެވެ.ކޮންމެސް ބައެއްގެ ރޭވުމެއް ކަމަށްވިޔަސް ދެރައީ ސީދާ ކާކުގެ ކަމެއްކަން ނޭނގޭތީއެވެ.ކުށެއް ނެތަސް މައާފަށް އެދުން ނޫން ގޮތެއް ނެތުމުން ދިމްރާ އަމިއްލަ ނަފްސުދެކެވެސް ރުޅިއައެވެ.ނަމަވެސް މޫނުމަތިން އެކަން ނުދައްކާ ވޭތޯ އޭނާ ބެލިއެވެ.

“ސޮރީ” ދިމްރާ އެހެން ބުނެލީ ރާޝާގެ މޫނަށް ބަލައިލުމެއްވެސް ނެތިއެވެ.

“ހާދަ ރުޅިއައިސްފަ ތިބުނީ..އަދިވެސް ދިމްރާތަ ރުޅި އަންނަނީީ..ނޫނީ އަހަރެންތަ ރުޅި އަންނަން ޖެހޭނީ.ތިގޮތަށް ބުނެގެން މައާފް ލިބޭނެކަމަށް ހީކުރީތީ އަހަރެން ހަމަ ހައިރާންވެއްޖެ” ރާޝާ ހަށަންބަނދެލަމުން ބުނެލިއެވެ.

“އޯކޭ!އައިމް ސޮރީ..މާފު ކޮށްދީ” ދިމްރާ ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ހާލު މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ.

“އަހަރެންގެ ހިޔާލު ބަދަލުވެއްޖެ..އަހަރެން ދިމްރާއަށް މާފު ކުރާނަން..ބަޓް ޝަރުތެއްގެ މަތިން..އަހަރެންގެ ފައި ކައިރިއަށް ތިރިވެފަ މައާފަށް އެދެފިއްޔާ” ރާޝާ އެހެންބުނެލީ ނުލަފާ ޒާތަކަށް ހިނިތުންވެލައިގެން ހުރެއެވެ.

“ރާޝް” ޝާރިމް އަޑަށް ބާރުލާފައި ރާޝާއަށް ގޮވާލިއެވެ.އޭރު ރާޝާ ބުނި އެއްޗަކުން ދިޔާން އާއި އުޝާއާއި ރީމް ތިބީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ.

“ރެން އަޅާނުލާ..އަހަރެން މާފަށް އެދިފާނަން” އެންމެން ހައިރާން ކޮށްލާފައި ފެނުނީ ރާޝާގެ ފައި ކައިރިއަށް ދިމްރާ ތިރިވި ތަނެވެ.ފެނުނު މަންޒަރުން ދިޔާންމެންވެސް ތިބީ ދެރަވެ ޝޮކެއް ލިބިފައިވާ ބައެއް ހެންނެވެ.ފެނުނު މަންޒަރުން ހިތްދަތި ވެގެން ދިޔައިރު ދުލަކަށް ބުނާނެ ބަހެއްވެސްނައެވެ.ދިމްރާ އިސްދަށަށް ޖަހާލައިގެން އިނދެ މައާފަށް އެދިލި ގޮތުން އުޝާމެނަށް މޫނު އަނބުރާލެވުނީ އަނެއް ފަރާތަށެވެ.

ދިމްރާއަކީ އެކަހަލަ ކުއްޖެއް ނޫންކަން އެމީހުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.ދިމްރާ ކުށެއްނެތި މައާފަށް އެދެމުން ދާ މަންޒަރު ބަލާކަށް އެހިތްތަކަކަށް ކުޅަދާނަ ކަމަކަށް ނުވިއެވެ.މޫނު އަނެއްފަރާތަށް އަނބުރާ ލެވުނީ އެހެންވެއެވެ

“ދިމްރާ ތެދުވެ ކޮޅަށް” ރާޝާ ޖަވާބުގައި މައާފް ނުކޮށް އުޅެނިކޮން ދޮރުން އެތެރެއަށް ވަދެގެން އާއި ސްޕަވައިޒަރ ބުނެލި އަޑު އިވުނެވެ.އެއާއެކު ހުރިހާ ކުދިންގެ ލޯތަށް އަޑުއާއި ދިމާލަށް ހުއްޓިގެން ދިޔައެވެ.

“ދިމްރާ ނުޖެހޭނެ މާފަށް އެދޭކަށް..އަދި ދިމްރާއަކީ ކުށް ކުރި ކުއްޖެއް ކަމުގަވިިޔަސް ތިކުދިންނެއް ނޫން އަދަބު ދޭނީކީއެއް..ރާޝާގެ ތި އަމަލު ފެނި އަސްލުވެސް ސާރ ވަރަށް ދެރަވެއްޖެ..ތި ގޮތަކަށް ނޫން ދޯ ތިކުދިން އަމަލު ކުރަން ޖެހޭނީކީ..އެން ސާރއަށް ރަނގަޅަށް އެނގޭ ދިމްރާ އެފަދަ ކަމެއް ނުކުރާނެކަން..ސާރ އެހެންވީމަ ރީއްޗަށް މި އަހަނީ..މީ ކޮންކުއްޖެއް ކުރިކަމެއް” ސްޕަވައިޒަރ ދިމްރާއަށް ތެދުވުމަށް އިޝާރާތް ކޮށްލަމުން ހުރިހާ ކުދިންކުރެ އެހި ސުވާލަށް ޖަވާބު ދޭނެ އެކަކުވެސް ނުވިއެވެ.ތަނަށް ވެރިވެފައި އޮތީ އޭރު ހިމޭންކަމެވެ.

“ގަބޫލު ނުކުރެވެނީ ދޯ..ދިމްރާއަކީ މިކަހަލަ އެތައް ފޯނެއް ގަނެވޭ ވަރަށް ރުފިޔާ އޮތް ވޮލެޓެއް ސާރ އާ ހަވާލު ކޮށްދިން ކުއްޖެއް..އެދުވަހު އެ ވޮލެޓު ހޮވާފަ ގެނައިރު އޭގެން އެންމެ އެއްޗެއްވެސް މަދެއްނުވޭ..އެއީ އިތުރު އެހެން މީހެއްގެ ވޮލެޓެއް ނޫން..ސާރގެ ވޮލެޓް..އެވަރު ކުއްޖަކު ފޯނެއް ނަގާނެތަ؟..ސާރ އަކަށް ހިއެއް ނުވޭ..ނޫން..ސާރ އަށް ހަމަ ޔަގީން ދިމްރާ އެކަހަލަ ކަމެއް ނުކުރާނެކަން..އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އެ ކުއްޖަކު އަމިއްލައަށް ދެންވެސް އެއްބަސްވުން” ސްޕަވައިޒާރ ގެ ހަރުކަށި އަޑުން ހުރިހާ ކުދިންނަށްވެސް ސިހުން ނުލިބި ދާނެ ހެންނެއް ހިއެއް ނުވެއެވެ.ތަން ހަމަހިމޭންވެފައި އޮތުމުންވެސް ކުދިންތައް ޖެހިލުންވެފައި ތިބިވަރު ހާމަކޮށްދެއެވެ.

“އަޅުގަނޑު ކުރި ކަމެއް ތީ”

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (130)

  1. Dhimra and Yuan shipper

    Yayyy..me first dhw

    1. ithoo
      Dhimra and Yuan shipper

      Yeyy..hehehe..

  2. ????❤

    Wow….nyc❤❤❤

    1. ithoo
      ????❤

      Thanxx dearr ☺

  3. Shahna

    When will the next part be uploaded??

    1. ithoo
      Shahna

      Maadhen noon aneh dhuhun in sha Allah☺

  4. Green handi

    Masha Allah varah reethi me first dhw kon irakun next part varah inthizaaru kurevey eba

    1. ithoo
      Green handi

      Thanxx Green handi..in sha Allah maadhen noon aneh dhuhun up kuraanan ☺

    2. reader
      Green handi

      Alhe pls pls pls pls pls pls pls pls pls pls plsplspls pls pls pls pls pls pls pls pls pl s pls pls plz maadhan up khdheeeba i beg u.. story v lwbii

    3. ithoo
      Green handi

      Sryy dearr..serious kon maadhamaa aslu vx v bxy vaane..ithoo ge sis ge baby ah nan kiyaathy twrw..sryy dearr

  5. Dhimra and Yuan shipper

    When ix the next prt?Alheyy ithoo haadha rychey..Thix c riously ix the best stry I’ve eva read..Next prt ah v inthizaaru eba kurevey..Luvv u ithoo??

    1. ithoo
      Dhimra and Yuan shipper

      Seriouslyy..really really happy to hear that.. In sha Allah maadhen noon aneh dhuhun up kuraanan…luv u too☺

  6. Ghostyy

    Yuaaan ge kameh dhww…??

    1. ithoo
      Ghostyy

      Hahaha..balaanee dww kaaku kameh thw..hehe..

  7. Sheeby

    Alhey haadha salhi story ekey.. next part kon irakun???

    1. ithoo
      Sheeby

      Awwhh…thanxx sheeby..In sha Allah maadhan noon aneh dhuhun ☺

  8. Kittiy.

    V rythi.

    1. ithoo
      Kittiy.

      Thanxx Kittiy ☺

  9. Chum handi

    e rasha kuri kamakah vaanee… bodu bal*** acah vaa ehcheh aee… hahha… story salhi..

    1. ithoo
      Chum handi

      Alheyy..raashaa fakeerah thihen nukiyaa .thanxxx chum handi ☺

    2. Anonymous
      Chum handi

      Haha ? So, I have to wait until I know who it is…. I hate Rasha … I mean mi vaahakaiga ulhey rasha… my friend is good… ehen ve bunevunee… sorry if I disappointed you… my apologies ?

    3. Chum handi
      Chum handi

      Anonymous eh noon Chum handi buni ehcheh… name nuliyevunee

    4. ithoo
      Chum handi

      Haha..ithoo majalakahshey ehen buny…dnt take it serious dearr..ingey..ehen v ma chum handi ge vx raasha kiyaa frndeh hureythaa dww..☺

    5. Chum handi
      Chum handi

      alhey ithoooooo…. chum miulhenee maadhama nuvegen…… story kiyaahithun… iru iru kolhaa eba balaalevey story eh up koh fa indhey tho… btw i didn’t take it seriously… i was just making fun like yuan and dhim… hahahaha

    6. ithoo
      Chum handi

      Awwhh..thihaa inthixaaru kohdhey kamah takaa thanxx dear..miadhu v v v bxy koh ulhuny..so stry write kuraane time eh vx nulibi dhiyaee..ehen v ma maadhen rey thankolheh lahun vx up vedhaane ingeyy..sry for that..bt v ehme avahaheh kohdheynan ingey..hehehe..abdhu vx thigothah stry kiyaa iru enjoy kuramun gendhahchey ingey?

    7. Chum handi
      Chum handi

      ithooooooooooooooooooooo………… kobaatha vaahaka… I’m waiting… mirey genes dheh cheyyyy… I’m missing Yuan and Dhim…..

    8. ithoo
      Chum handi

      Srryy las vi kamah takaa.. Nw ihnaane up kohfa..avahah dhey dhim n yuaan ge haalu balan☺

  10. Ainy

    Wow salhi vaahaka eh.. mi yuaan aki angry bird eh dhw nd dhim ves… aslu kaaku tha ekameh e kury ekuri kushuge adhabehge gothun dhim ah jessi kahthan emeehakah jassaba.. dhen koh irakun next part genesdheyni mashan rangalhy v haa ves avahan genes dhiniyya eyrun vvv shukuru pls avahan genes dhehchey dhooyya

    1. ithoo
      Ainy

      Thanxx Ainy..yaa hama angry bird eh aee..haha ingeyne kon kujjeh kann nxt part ga ..in sha Allah maadhamaa noon aneh dhuhun up kuraanan..sry dhoonyaa evaru me ah vaany ingeyy..thanxx Ainy☺

  11. Rifa ismail

    Aslu ves varah reethu vaahaka

    1. ithoo
      Rifa ismail

      Thanxx Rifa.. V happy vejje rifa ah stry rythi v ma ingey☺

  12. Layaal ali

    Hama aslah mi bunny mi story aky mihaar layaa ge favorite….Nd ithoo ah vure best writer eh adhi layaa nudheken … seriously you are the best writer I have ever seen….so keep up the good work ithoo…ilysm..tvgc ithoo…Nd one more thing please please can you upload next part soon..I can’t wait to read next part… waiting

    1. ithoo
      Layaal ali

      Woww…serious kn v ufaa vehje layaa ge mi cmnt libuneema..layaa ge best writer ge magaamuga hureveythw abadhu vx masaihkaih kuraanan..thanxz thanxx dearr..yaa.. In sha Allah maadhan noon aneh dhuhun up kuraanan..thanx once again dearr ☺

  13. AthiMSN

    Nice.. waiting for the nxt part.. ??? kyp it up ithoo.. ?

    1. ithoo
      AthiMSN

      Thanxx dearr.. ☺

  14. AthiMSN

    Amazing.. ???? waiting for the nxt part

    1. ithoo
      AthiMSN

      Thanxxx dearr☺

  15. ReeXa

    Maashaa Allah. .. varah furihama mi part vx… thankolheh avahah next part upload kohdheeba plx plx plxxxxx plx

    1. ithoo
      ReeXa

      Awwhh..thanxx ReeXa.. Dear aee hama ithoo ah kurevey ehme avas dearr..sry for that dearr☺

  16. Naakko ❤

    Wow… varah salhi vaahaka eh.. i love it.. avahah up kohdhey chey .. plx plx ??????☺

    1. ithoo
      Naakko ❤

      Thanxxx Naakko.. In sha Allah maadhen noon aneh dhuhun ☺

  17. luhan

    V reethi…Kon irakn nxt prt up kurany?alhe avas kohdheythi ingey…

    1. ithoo
      luhan

      Thanxx luhan…In sha Allah maadhen noon aneh dhuhun..☺

  18. hajja

    mi part ves v reethi waiting for the next part

    1. ithoo
      hajja

      Thanxx hajja☺

  19. Saandy

    V salhi… Waiting for the next part Ithoo… Kon irakun next part up kollaany??

    1. ithoo
      Saandy

      Thanxx saandy..In sha Allah maadhen noon aneh dhuhun..☺

  20. Jazz

    Alhe yuan tha ehen e buny.. ekam hieh nuvey e ee yuan kuri kameh hen. . E vaanee aslu kuhveri ya hoadhan yuan kuri kamakah..jazz gabul eh nukuraanan?

    1. ithoo
      Jazz

      Haha.. Balaanee dw kon kujjeh tho…hehe.. Jazz hynukuraa gotheh vx vedhaane hama☺

  21. Samee

    Wow v nycc.. Anehkaa kaakuge reyvumeh baa??? Dhim ves dhn nukuraa kamehga rashaa ge kibain maafah edhnjehey thrrr… Rashaa i hate you.. Btw keep it up ithoo…

    1. ithoo
      Samee

      Hehe..dww dearr..thanxxxx samee?

  22. Ana

    I think Yuaan kanneyge ebunee alhugandu kuri kamekey

    1. ithoo
      Ana

      Hehe..nxt part ga balaanee dwww Ana ☺

  23. Shaa

    Varah varah reethi next part avax kohdhehchey.

    1. ithoo
      Shaa

      Thanxxx shaa☺

  24. Aki

    vvv reethi vaahaka…. next part up kohla dheebaa avahah

    1. ithoo
      Aki

      Thanxxx Aki☺

  25. shafu

    vvv reethi… next part avaha up kohdhechey…

    1. ithoo
      shafu

      Thanxxx shafu☺

  26. rau

    ithoo… when next part… i cant wait to read it… this was awesome…. really…

    1. ithoo
      rau

      Thanxxx rau .. In sha Allah maadhamaa noon aneh dhuhun dear☺

  27. imagination

    mi story kiyaafa heehee halaaku.. i seriously love this. dont have enough words to express.. <3 <3

    1. ithoo
      imagination

      Awwhh..really..happy to hear that dearr..thanxx u so much imagination <3

  28. Khajja

    Masha allah v rythi maadhamaa up nukureveynetha cant wait aee kaakutho balan beynun vany mihaaru ithoo alhe dailykoh genes dhybal pls pls pls luv it n gud nyt all

    1. ithoo
      Khajja

      Sryy dearr..v bxy koh miadhu miulheny..in sha Allah maadhama up kuraanan…sry for that dearr..n thanxxx dearr ☺

  29. Shahu

    This part is awesome ithoo.
    Love it ❤
    Class ga indhefaa vaahaka kiyaalee vx. ?
    Geyah aais assignment thakaa hedhi comment koh nulevigen mi ulhunee. I think aei rashah Kuri kamen Henn dho. But yuan kah neyge ehbas vaanee phn lee kamah. Dhim dhifaau Kuran. Shahu ah heevanee hama eh. Let’s see then?
    When is the next part dear

    1. ithoo
      Shahu

      Awwhh..thanxx shahu..thihaa bxy kon ulhemun dww thi kiyanyy..thihaa bxy koh ulhemun vx stry kiyaathy v v v bodah thanxx ingey my dearr..haha..yuaan kyhkuran dhim dhifaau kohdheyn v..hehehe..In sha Allah maadhama deare..thanxx shahu ☺

  30. Sanu

    Thanx c thoo, mihaa loabi loabi story eh alhugandumehnnah genes dhaytheeve. Vvvvv reethi alhugandah mi vaahaka. Mee adhi mihaathanah alhugandah kiyay ehenme reethi vaahakayay bunyas dhogakah nuvaane. Vvvvvvv loabi mi vaahaka. Luv u bigkih?????

    1. ithoo
      Sanu

      Awwh..thanxx sanooooo?..happy to hear that sanoo..n luv u too ???

  31. Park Chanyeol

    Is yuaan’s character described as me ??

    1. ithoo
      Park Chanyeol

      Aee park chanyoel ge character tha??..

  32. Sunoo

    Keep itup dear.haadha ufaleh veyey mihaa dhigu koh genesdheythy nd tnxx alot..v reethi vaahaka..next part ves mihaa reethi vaane kamah heekuran

    1. ithoo
      Sunoo

      Awwhh..thanxx sunoo…v happy vey ithoo ge work sunoo men thigothah appreciate kuraathy..thanxx dearr..☺

  33. lara

    wow v salhi yuaan dhw ehen buny

    1. ithoo
      lara

      Hehehe..nxt prt ga balaanee dww kon kujjeh tho..thanxx lara☺

  34. Cherry

    E Shifna kanneyge ragalhah viyya
    Btw v salhi igey

    1. ithoo
      Cherry

      Hehehe.. Vedhaane dww hama…thanxxx cherry ☺

  35. Azu

    Ma sha allah….vaahaka haadha ey reethee…..love it???ithoo ah liyuntheri kamugai v faagathi musthagubalakah edhi dhuaa kuran…..aameen..?

    1. ithoo
      Azu

      Awwhhh..thanxxv v v v bodah Azu..?

  36. Afy

    Ey yuaaan ah vaanee

    1. ithoo
      Afy

      Balaanee dww Afy..☺

  37. Anonymous

    Omg! Chanyoelie ?
    The reason why i started reading this ?
    Its really nice ?

    1. ithoo
      Anonymous

      Awwwhh.. Chanyoel ge fan eh dww..thanxxx dearr☺

  38. Dhimra and Yuan Shipper

    Mi rasha ge reyvumeh dhww

    1. ithoo
      Dhimra and Yuan Shipper

      A kyhve raashaa hen heevany dearr☺

  39. Eanal

    haaaah.. Finally kiyaalevijje.. reyga engun up kwhfa inkan.. but busy dhuwaskolheh v ma adhi mi kiyaalyy.. love the story ithoo.. waiting for next part.. love yah..

    1. ithoo
      Eanal

      Awwhh..happy vejje Eanal thihaa bxy koh ulhemun vx kiyaalythy..thanx Eanal..luv u more?

  40. bad comments

    vaahaka liyaakah neyge……..lol ……..kada man….hadi

  41. gnfgig

    salhi man…………….vaahaka liyaakah neygey….but vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv hadi

  42. Mimmi

    VVVVVVVVVVVVV……….. reethi mi vaahaka yuan dhw ehen e buny any way I love your story.? You are the best writter and my favorite.? Keep it up ithoo I love you ??

    1. ithoo
      Mimmi

      Awwhh..glad to hear that Mimmi..?.. N thanxx ithoo ge work appreciate kuraathy..so thanxx Mimmi n luv u too ?

  43. any

    school ge vaahaka mathafseelkoh genesdheythy v foohi kiyan home ga ulheybai v maja school ge bai madhu kohlaa pls

    1. ithoo
      any

      Srryy any..mi stry ge medhakaa hisaabun school ge bayeh nyhnaane..bt adhi ihnaane dearr..sry for that..bt geyge baithah vx fudhey varakah bodah ahnaanedhn..

    2. ithoo
      any

      7 noonee 8 parts varu ga adhi ahnaane kanneynge..dearr..

  44. haja

    Sifnaa dow mi kan kuree dim Fenix a jealous vee he he I know

    1. ithoo
      haja

      Hehe haja.. Ehme hee nukuraa gothah vx vedhaane..hama possible shifna ah vx vedhaane kamah..?

  45. Afy

    Yuaan badhalu hifanee
    ????????????☺☺☺☺☺

    1. ithoo
      Afy

      Yuaan anehkaa kon kamakaa badhalu hifany..☺

  46. Afy

    Asslu v bunelan beynun v v ragalhu hedhunu mivaahaka kiyaalan libuniyyaa v Gina kiyuntherin bey nunvaathee mibunelee

    1. ithoo
      Afy

      Ithoo vx beynunve v haa vx avahakah hama up kohdhyfa bain dhan..bt hama ithoo ah vaa varu aee adhi dear..bt kuriah oihthaa visnaanan ingey thikamaa..mrnin ga up kohdheyn☺

  47. Ree

    V salhi kobaa miyadhuge bai haadha lahey nukunnalen

    1. ithoo
      Ree

      Thanxx Ree.. In sha Allah maadhamaa up kohdheynan..

  48. observer

    Varah Sali Mi vaahaka…ithoo thy girl eh tha?????

    1. ithoo
      observer

      Thanxxx observer.. Yaa..grl eh mee..☺

  49. Anonymous

    Mee ah heevany ey eulhey Limnaa n raashaa r dhemeehun raavaign……
    ..kuri kameh hn mee..
    ” Alhugandu kuri kameh thy”…mihn ebuny yooaan kanneynge…dhim…raashaa kiba in maafah edheythan yooaan ah fenign…hithah udhagu vyma..yooaan ehn buny kanneynge eyy….dhimraa dhifaau kuran…ekm yooaan eh nun kanneynge 4n nagaany…eulhey Limnaa n raashaa raavaign kuri kameh kmh vaany e….mi ee mee ah heevaa goiy….
    Mi bai vs v reethi…waiting for the nxt part..
    =Tinkerbell=

    1. ithoo
      Anonymous

      Hehe..thi hykuraa gothah kahneynge vaanee vx dw dearr..btw thanxx a lot my dear tinkerbell☺

  50. Anonymous

    Stry vv reethi???……next part avhah up koh dechey?…BTW mi stry ga innany kithah prt thr??…ly ithoo❤❤❤

    1. ithoo
      Anonymous

      Thanxx dearr..happy to hear that..in sha Allah maadhamaa kureveythw mi balanyy..ly dearr?

  51. Afy

    Miadhu mivaahaka up nuvaanetha

    1. Afy
      Afy

      Comment ga bunefa einee maadhan upkuraavaahaka ehenve miahaalee

    2. ithoo
      Afy

      I mean In sha Allah today up kuraanan..bt mirey ge vaguthehga up vaany..maafah edhen las vaa kamah takaa.bt mi dhe dhuhu v bxy schedule ga ulhemun mi stry liyany..hope u all will understand..adhi mirey ah wait kuraane kamah umeedhu kuran..thankolheh las vx vedhaane..Afy..☺

  52. vishaa

    kobaatha vaahka waiting ithoo ..plxx uploade fast cant wait anymore.

    1. ithoo
      vishaa

      Sry dear las vaa kamah takaa..mirey kureveythw mi try kuranyy vishaa

  53. Mimmi

    Alhey ithoo avahah up koh dheeba I can’t wait pls pls pls pls pls. …………..

    1. ithoo
      Mimmi

      Srry dearr las vi kamah takaa..nw up vefa innaanyy..☺

  54. kiaa

    Stry VVVVV salhi…..
    Keep it up ithoooo??
    waiting for today part

    1. ithoo
      kiaa

      Thanxxx kiaa..☺

  55. Adhy

    Salhi waiting today’s episode?

    1. ithoo
      Adhy

      Thanxxx Adhy☺

  56. haw shia shaba shi r

    Mashaa Allah v v v reethi mi vaahaka,inthixaaru gai hurin,,mivaahaka nimunu fahun haw mi site ah nuves van nan,hithah aree dhen ehaa reethi vaanekaeh mi site ga up nukuraane kamah,BT miadhu hithah eree vejjje a check kohlan reethi vaahaka eh inthoa,E gothun mivaahaka kiyan feshunee,v v v v reethi mi vaahaka,n can’t wait for next part,plx plx up soon

    1. ithoo
      haw shia shaba shi r

      Alhey really thanxx dearr kiyaali kamah takaa..n hope kuraanan haw nimedhen kiyaalaane kamah..n thanxx for the compliment dearr..thanxx once again..feelin happy..?

  57. Maaji

    Wow nice story.. when will next part uploaded dear ?

    1. ithoo
      Maaji

      So Maaji…mihaaru innaanee up vefa dearr..☺

  58. Cherry

    Hey bbe koba
    Cherry ah mirey mi page refresh kurevunu vareh ves neyge
    Plz make it sooon plz
    ❤️????

    1. ithoo
      Cherry

      Alheyy ehentha..nw up vefa inaanee dear ☺

  59. mishele

    Ithoo plx avahah up kohladheebala plx

    1. ithoo
      mishele

      Sry las vi kamah takaa dearr..nw up vefa innaanee..☺

  60. kiaa

    Ithooo kobaa tha stry.
    Haadha lahey………
    waiting…..waiting………

    1. ithoo
      kiaa

      Nw up vefa innaanee dearr..sry las vi kamah takaa ingey

  61. Fayaz

    Varah varah reethi

Comments are closed.